އީލާމް -19
އީލާމް އާއި ޝާމް މޭޒު ކައިރީ އިށިނދެލައިގެން އިން އިރު އީލާމް ކުރަން ބޭނުންވާ ވަރަށް ސުވާލު އެބަހުއްޓެވެ. ” އީލާމް އައި އޭމް ސޮރީ ، ހީކުރަން ސިޓީ ކިޔާފައި އަހަންނަށް މާފް ކުރިކަމަށް ” ޝާމް ދެއްކި ވާހަކައިން އީލާމް ސުވާލު އުފެދިފައިވާ ނަޒަރަކުން އޭނާ އާއި ދިމާލަށް ބަލާލިއެވެ. ” އަހަރެން ނުދެނަހުރިން ޝާމް އަހަރެން ކައިރިން މާފް އަށް އެދެން ޖެހޭނޭ ކެމެއް ، ހުރިހާ ކަމެއް ކޮށްފަ ކޮން މާފެއް ، ދެން ކޮން ސިޓީއެއްގެ ވާހަކަ ތި ދައްކަނީ ، އަހަންނަށް ހެޔޮ ޝާމްގެ ސިޓީއެއް ދުވަހަކު ނުލިބުނަސް ” އީލާމް ހަރުކަށިކާމާއި އެކު ބުނެލިއެވެ. އީލާމް ކާ މޭޒު ކައިރިން ތެދުވެ ޖެނީ އަތުން އަމައިރާ އުރާލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.
ޖޫލީ ކޮން ވާހަކައެއް ދައްކަން އެންމެނާ ވަކިން އޮތީ ؟ އަބީ ސުވާލުކޮށްލިއެވެ. ” ބޭބެއަށްވެސް އިނގޭނެ އަޅުގަނޑަށް މަނާވާނެ ސްކައި ހައުސްގެ ގޭޓުން އެތެރެއަށް ފިޔަވަޅެއް އަޅާލުންވެސް…. މިފަހަރުވެސް އައިސް މަންމައަށް ގުޅިން އެކަމަކު މަންމަ ބުނި މި ގެއަށް އައިސްގެން ނުވާނެޔޭ ، އެހެންވީމައި އަސްލު ހުންނާނެ އެއްވެސް ތަނެއް ނެތް ” ޖޫލީ އޭނާގެ ހާލަތު ކިޔާދިނެވެ. އަބީ އަށް ވިސްނާލެވުނެވެ .މީގެ ފަސް އަހަރު ކުރިން ޖޫލީ އިންޑިއާގެ މުސްލިމް ކުއްޖަކާ ރައްޓެހިވުމުން އޭނާގެ މަންމަ އޭނާ ގައިން ނެރެލައި ދެން އަނބުރާ ނައުމަށް އެދުނެވެ. ޖޫލީ އަކި ހިތްހަރު މިޒާޖެއްގެ ކުއްޖެއް ކަމުން މި ފާއިތުވި ފަސް އަހަރު ތެރޭ އޭނާ ވަނީ އެ އާއިލާ އާއި ވީހާވެސް ދުރުން އުޅެވޭތޯ މަސަތްކަތް ކޮށްފައެވެ. ” ބޭބޭ ދެން ޖަވާބެއް ދީބަ ، އަޅުގަނޑު މިގޭގައި ހުއްޓަސް އޯކޭތަ ؟ ޖޫލީ ބޮޑާ ހާކާލުމުން އަބީ އާނއެކޭ ބުނެލިއެވެ. ޖޫލީ އުފަލުން ހުރެ އޭނާގެ ބޭބެ ގައިގައި ބައްދައިގަތެވެ. ދެމީހުން ގޭތެރެއަށް ވަދެގެން އައިރު އީލާމް އަމައިރާ އުރާލައިގެން އޭނާ މަސަލަސް ކުރެވޭތޯ މަސަތްކަތް ކުރަމުން ދިޔައެވެ. ޖޫލީ ގޮސް އަމައިރާ އުރާލިއެވެ. އީލާމް އަބީ އާއި ދިމާލަށް އެނބުރިލުމަށްފަހު އޭނާގެ ލޮލަށް ބަލާލިއެވެ.” އީލާމް ، މިއަދުން ފެށިގެން ޖޫލީ އާއި ޝާމް އުޅޭނީ މިގޭގަ ” އަބީ ގެ ވާހަކައިން އީލާމް ބޮލަށް އެނބުރުން އަރައި ގޮތް ވިއެވެ. އީލާމް ހިތާ ހިތުން ކުދި ކިޔާލެވުނެވެ. ޝާމް އާއި އެއް ފުރާޅެއް ހިއްސާ ކުރާކަށް އޭނާއެއް ބޭނުމެއް ނުވެއެވެ. ނަމަވެސް ތަގްދީރު ބަލާބަލާށެވެ. އީލާމް ކައިރިން ހުއްދައެއް ނެތި ، އަބީ އެވަރު ބޮޑު ނިންމުމެއް ނިންމީތީ ރުޅިގަދަވިއެވެ. ޝާމް ސޯފާގައި އިށީދެލައިގެން ހުރިއިރު އޭނާގެ މޫނުމަތިން ކާމިޔާބީގެ ހިނިތުންވުމެއް ފާޅުވިއެވެ. ޖޫލީ އޭނާގެ ފުރަތަމަ ބޮޑު ދައިތަ ދަރިފުޅު އުރައިލައިގެން ނަށަމުން ދިޔައިރު ، ތުއްތު ތުއްތު އަމައިރާ ދަނީ އެކަމުގައި ބައިވެރި ވަމުންނެވެ . އީލާމް އަމައިރާ އުރާލުމަށްފަހު ، ގެއަށް އެއްކޮން ބަދަލުވަނީ ކޮން އިރަކުތޯ ސުވާލު ކޮށްލިއެވެ.” ޖޫލީ މާދަމާ ކަމަށް ބުންޏެވެ.”
އިރު ދޯދި ތަކުން ކޮޓަރިތެރެ އަލިކުރަމުން ދިޔައިރު އީލާމް އޭނާގެ ގައިމަތީ ފޮތިގަނޑު އަޅަމުން ދިޔައީ ތެދުވަން ބޭނުން ނުވާތީވެއެވެ. އަބީ އީލާމް އާއި ދިމާލަށް ބަލަމުން ދިޔައިރު އޭނާގެ ހިތުގައި އިއްޔެ ވީ ކަންތަކާއި މެދު ވިސްނެމުން ދިޔައެވެ. ކުޑަ ކުޑަ ކަމަކާ އީލާމް އަށް އަތް އިސްކުރެވުނީތީ އޭނާ ހުރީ ލަދުން މަރުވާވަރުވެފައެވެ. އަބީ އޭނާގެ އަނބިމީހާގެ މޫނުގައި ފިރުމަމުން ދިޔައިރު ، އީލާމް އަށް ނިދީގައި އޮތް އިރު، އޭނާގެ މޫނުމަތިން ހިނިތުންވުން ކުޅެލަމުން ދިޔައެވެ. އީލާމް ކުއްލިއަކަށް ދެލޯ ހުޅުވާ ބަލާލިއެވެ. ” އަބީ ، މިހާރަކު ނޫން ” އީލާމް އަނެއް ފަރާތަށް އެނބުރުނީ އިއްޔެ ހިނގާ ދިޔަ ކަންތައް ހިތުން ނުފިލާ ހުރީމައެވެ. އަބީ ތެދުވެ އޮފީހަށް ދާން ތައްޔާރު ވަމުން ދިޔައިރު އީލާމް އޮތީ އެ އޮތްގޮތަށް ތެދުވަން ބޭނުން ނުވެފައެވެ. އަބީ ނިކުންނަށް ދަމުން އީލާމް އާއި ކައިރިވެލާފައި ބުނެލިއެވެ. ” މިއަދު މެންދުރު ޖޫލީ މެން އަންނާނެ މިގެއަށް ، އަހަރެންނަށް ފަހަރެއްގަ އާދެވޭނީ ، އީލާމް އެ މީހުންގެ ކަންކަން ހަމަޖައްސާލަ ދެއްޗޭ “. އީލާމް ހޫން އަޅުވާލީ ދެލޯ ހުޅުވަން ބޭނުން ނުވާތީވެއެވެ. ” ބައި ދަ ވޭ ، ޕްލީޒް ފޮގިވް މީ ، އައި ލަވް ޔޫ ސޯ މަޗް ” އަބީގެ ފަހު ޖުމްލަ ބުނެލުމަށް ފަހު އީލާމްގެ ޖަވާބެއް އާދޭތޯ އިރުކޮޅަކު ހުރުމަށްފަހު ނިކުމެގެން ދިޔައި މާޔޫސްވެ ހުރެއެވެ. އީލާމް ގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާ އަބީ ދެކެ ވަނީ ހަގީގީ ލޯތްބެވެ. ނަމަވެސް އަބީގެ ބައެއް ކަންތައްތައް ހުންނަ ގޮތުން އޭނާ އަށް އުނދަގޫވެއެވެ.
ފެންވަރާލައިގެން އީލާމް ނުކުމެލުމަށްފަހު އޭނާގެ އަލާމާރި ހާވާލިއެވެ. ޝާމް އާއި ޖޫލީ އެގެއަށް ބަދަލުވާން ނިންމުމުން އީލާމް ގެ ހިތުގައި ޝާމްގެ ފަރާތުން އުނދަގުލެއް ވެދާނެ ކަމުގެ ބިރު ހީވަމުން ދިޔައެވެ. ޝާމް އަނެއްކާ އެ ދެއްކީ ކޮން ސިޓިއެއްގެ ވާހަކަތަ ؟ އީލާމް ހިތާ ހިތުން ސުވާލު ކޮށްލިއެވެ. އެރޭގެ ހަނދާންތައް އާކޮށްލިއެވެ. މީގެ އެއް އަހަރު ކުރިން އޭނާ ކަނޑުވި ހާދިސާ ހިނގަން ޖެހުނު ގޮތް ؟ އެރޭ އީލާމް މޫދަށް ފުންމާލީ ޝާމް ގެ އަތުން ސަލާމަތް ވުމަކަށް ނޫނެވެ. އޭނާ ހަވާލު ކުރަން ގެނެސް އޮތް މުދާ އުފުލާ ބޯޓު ފެނުމުން ރަނގަޅު ގޮތެއް ނުވާނޭ ކަން ޔަގީންވުމުންނެވެ. ޝާމް އޭނާގެ ކިބައިން އެރޭ މާފަށް އެދުނެވެ.އަދި އޭނާގެ ޖީބަށް ކޮތަޅެއް ލިޔެވެ. އީލާމް އަށް ކުއްލިއަކަށް ކޮތަޅު މަތިން ހަނދާން ވުމުން އޭނާ އަބީ އަށް ފެނުނު އިރު ލައިގެން ހުރި ހެދުން ހޯދާލިއެވެ. ޓީޝާރޓް އަކާއި ޖީންސެއް އަތަށްލައިގެން ، އީލާމް ގޮސް އިށީނީ ކޮޓަރިގައިވާ ބޮޑު ސޯފާގައެވެ.ޖީންސްގެ ޖީބުތަކަށް އަތް ކޮއްޕަމުން ދިޔައިރު ފަހަތު ޖީބުން އޭނާގެ އަތުގައި ކޮތަޅެއް ޖެހުމުން އެ ނަގާ ބަލާލިއެވެ. ކިއްލި އަޅާ ޕެކެޓްއެއް ތެރޭ ފަތް ޖަހާލެވިފައިވާ ކަރުދާސްކޮޅެއް އޮތެވެ. އީލާމް އަވަސްކޮށްލާފައި އެ ސިޓީ ނެގިއެވެ. ގަނޑު ކޮޅު ހުޅުވާލުމަށްފަހު އީލާމް އެ ސިޓީ ކިޔަން ފެށިއެވެ.
ލޯބިވާ އީލާމް އަށް … މިސިޓީ ކިޔާލަން ލިބޭއިރު އީލާމް ހުންނާނީ އަހަންނާ ވަރަށް ދުރުގަ … އެކަމަކު އަހަރެން އުއްމީދު ކުރަން މިކޔާ ނިމުމަށްފަހު މި ސިޓިގައިވާ ގޮތަށް އަމަލު ކުރާނޭ ކަމަށް ….އަހަރެން މިއަދު އީލާމް އަށް ލޯބި މި ހުށަހެޅީ ހިތުގެ ފުންމިނުންނެވެ…. ނަމަވެސް އަހަރެން މިރަށަށް އައީ އީލާމް ދެކެ ލޯބިވުމުގެ ނިޔަތަކު ނޫނެވެ. މީގެ އެއްމަސް ދުވަސް ކުރިން އަހަރެންނާ ހަވާލު ވެވިފައިވަނީ އީލާމް އިންޑިއާގެ ބޮޑު ވިޔަފާރިވެރިއަކާއި ހަވާލު ކުރުމަށް އަންގާފައެވެ. އެ މަސަތްކަތް ނިމުމުން އަހަރެންގެ މަންމަގެ އޮޕަރޭޝަނަށް ވައި ފައިސާ އަހަންނަށް ލިބޭނެއެވެ. އަހަރެންގެ މަންމަގެ ދެ ކިޑްނީ ވަނީ ފެއިލްވެފައި ، ޑައިލެސިސް ހަދައިގެން އަބަދަކު ދުނިޔޭގައެއް ނޫޅެވޭނެ ތީ މަންމަ އަށް އަވަސް ޝިފާ އެއް ހޯދުމަށް ލާރި ލިބޭނޭ ކަމެއް ހޯދަން މަޖުބޫރުވީއެވެ. .. އީލާމް ގެންދާ ހިސާބުން ފެށިގެން އެއް މަސް ދުވަސް ތެރޭ އަހަރެން އީލާމް އަނބުރާ މާލެ ގެންނާނެ ކަމުގެ ޔަގީން ކަން މިދެނީ …. އަހަންނާއ އީލާމް އާއި ދެން ދިމާވާނީ އިންޑިއާއިން ، އެކަމަކު އީލާމް އަށް އަހަރެން އިނގޭ ކަމަށް ހަދައިގެން ނުވާނެ އަހަރެން ފެނުމުން ” … އަހަންނަށް މާފު ކުރޭ ….އުމުރު ދުވަހު މަންމަ ދިން ތަރުބިއްޔަތާއި ހިލާފް އަމަލެއް މި ހިންގަން ޖެހުނީ ހަމަ އެ މަންމަ ސަލާމަތް ކުރަން …. އަހަރެން ބޭނުން އީލާމް އަހަރެންގެ މީހަކަށް ހަދަން …. އުއްމީދު ކުރަން އަހަންނަށް މާފް ކުރާނޭ ކަމަށް …. ވަރަށް ލޯބިވޭ … ޝާމް ….
އީލާމް އޭނާގެ ސިޓީ ކިޔަމުން ދިޔައިރު ދެލޮލުން ކަރުނަ އަންނަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. ނަމަވެސް މިއަދު މި ސިޓީއަކުން ވާނެ އިތުރު ފައިދާ އެއް ނެތެވެ . ޝާމް އަށް ގަސްތުގައި ކުރެވުނީ މާފް ނުލިބޭނޭ ކުށެކެވެ. އެހެންކަމުން އީލާމް އިތުރަށް ޝާމް އާއި ދޭތެރޭ ވިސްނާކަށްވެސް ބޭނުމެއް ނޫނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.


v reethi ekamu thankolhe kuree mi part
Thanks Aki 🙂
V v reethi keep it up zeesh
Thanks Dhonthi 🙂
Dhn shaam aa eelam nygulhavachey.. Eyra kada
Thanks Amin 🙂
wow reethi.
when next part
Thanks Sun shine 🙂 Avas Kohlaanan
Maabodahves kuru..
Reethi, ekamaku haaaadha kuda thankolhekey thi liyanee…v hama jehilaagen kiyan fashaairah nimifa onnany
Thanks Laal 🙂
V .obiness….hama habeys abhi tha anekaa eviyafaari veriyakee noonee abeege bos v reethi abhi aa eelaam vaki nukuruvachey….witing for next episode
Vv reethi vaaha abeeyaa eelaam vaki nukuraathi pls kon irakun next part. Vara kiyaa hithun mihuree ❤❤❤