Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (14)

Hath Level 110 Stories100 Comments
October 19, 2017 One Min Read
14 Comments

އިޔާ އެކަރުނަތިކި ވެއްޓުމާއިއެކު އޭނާގެ އަތް ލައްޕާލިއެވެ. އަދި މޭގައި ޖައްސާލިއެވެ. މިއީ އަހަރެންގެ ހައްގެކޭ ބުނާފަދަ ބީދައަކަށެވެ.

އަހަރެންނަށް އިސް ޖަހާލެވުނެވެ.

” އަހަރެން އިޔާ ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން… ” އަހަރެން ބުނެލީމެވެ.

” އަވަހަށް ބުނޭ! ” އިޔާ ތެދުވެލާފައި އަހަންނާއި އިތުރަށް ކައިރިވެލަމުން ބުނެލިއެވެ.

އިޔާ ތެދުވެ އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލުމަށްފަހު އަހަރެންގެ އުނަގަނޑުގައި އަތް ވަށާލާފައި އޭނާގެ ގަޔާ ކައިރިކޮށްލުމަށްފަހު ކޮލަށް ދޮނެއް ދިނެވެ. އަދި އަހަރެންގެ އަތުގެ އިނގިލިތަކުގެ ތެރެއަށް އިޔާގެ އިނގިލިތައް މަހާލަމުން އަހަރެންގެ ލޮލަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. އަހަންނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މިކަން އެނގި އިޔާގެ ހިތަށް ތަދުވާނެ ވަރު  އަހަންނަށް އަންދާޒާ ނުކުރެވޭނެކަން ގައިމެވެ. އެހެނަސް ބުނަން މަޖުބޫރެވެ. އަހަރެން އިޔާ ބޮޑު އޮޅުންގަނޑެއްގެ ތެރޭ ބަހައްޓާކަށް ބޭނުމެއް ނޫނެވެ.

” އިޔާ! ބައްޕަ ވިދާޅުވީ ބައްޕަ ބޭނުންވެލައްވަނީ އަހަންނާއި ވިރާހު އަންނަ މަހު އެކެއްގައި ކައިވެނި ކުރަން ކަމަށް. އެހެންވެ  މިހާރުން ފެށިގެން ކައިވެނީގެ ތައްޔާރީތައް ފަށަނީއެ… މިއަދުން ފެށިގެން.. ”  އަހަރެން މިހިސާބަށް ބުނުމާއި އެކު އިޔާ އަހަރެންގެ އަތަށް ފިތާލިއެވެ. ވަރަށް އަސަރު ކޮއްފިކަން ޔަގީނެވެ. އަހަރެން އިނީ އިސްޖަހާލައިގެން ކަމުން އިޔާގެ މޫނަށް އަރާ ފޭބި ކުލަވަރެއް ނުފެނެއެވެ.

” އަހަރެންވެސް ބޭނުމެއް ނޫން މިކައިވެނި ކުރާކަށް. މި ކައިވެނިން އަހަރެންނަށް އެއްވެސް އުފަލެއް ނުލިބޭނެކަން ޔަގީން. އިޔާއަށް އިނގޭނެ ވަރަށް ރަނގަޅަށްވެސް އަހަރެންނަކީ ބައްޕަގެ އެދުމަކަށް ދުވަހަކުވެސް ފުރަގަސްދޭނެ މީހެއް ނޫންކަން. އަހަންނަށް  ދުވަހަކު އުފަލެއް  ނުލިބުނަސް،  އަދި  ހިތް  ހަލާކު  ވެގެން  ތާއަބަދު  ރޯން  ޖެހުނަސް  އަހަރެން  އެދެނީ  އަހަރެންގެ މައިންބަފައިންގެ ހިތް ހަލާލު. އަހަރެން ބޭނުންވަނީ އެދެމީހުން އުފަލުގައި ބައިތިއްބަން. އަދި އިނދެގެން ވިރާހު ކިތަންމެ ގޯހަސް އަހަރެން ނުބުނާނަން ބައްޕަމެން ގާތަކު. އަހަރެން މަޑުން ހުރެ ހުރިހާ ކަމަކާވެސް ކުރިމަތިލާނަން. އެކަމަކު އަހަރެންގެ  އަބަދުގެވެސް ދުޢާ އަކީ  އަހަރެންނަށް ކޮންމެވެސް ދުވަހަކުން އިޔާގެ  ލޯބި  ލިބުން..  އަހަރެންނަށް  އެންމެ  ދުވަހަކަށް  ވިއަސް  އިޔާގެ  އައިންބެއްގެ މަގާމުގައި ހުރެލަން ލިބިއްޖެނަމަ އަހަރެން އެއްވެސް މީހެއްގާތު އަހަރެން އެންމެ ބޭނުންވާ ލޯބި ނުލިބިގެން އެއްވެސް  ޝަކުވާއެއް ދުވަހަކުވެސް ނުކުރާނަން. އެންމެ ދުވަހެއްގެ 24 ގަޑިއިރު އިޔާގެ  އައިންބެއްގެ  މަގާމުގައި ހުރެވިއްޖެ ނަމަ އެ 24  ގަޑިއިރުގެ  ކޮންމެ  މިނިޓެއް،  ކޮންމެ  ސިކުންތެއް  އަހަރެން  ހިތުތެރޭ  ފޮރުވާނަން. އަހަންނަށް އުމުރަށް އެހަނދާންތަކާއި އެކު އުފަލުގައި އުޅެވިދާނެ… ” މިހާ ހިސާބަށް ބުނެވުނު އިރު އަހަންނަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ.

އިޔާ ވާހަކަ ދައްކަން ފެށުމުން އަހަރެން ބޯހޫރުވާލާފައި އިޔާގެ ތުންފަތުގައި އިނގިލި ޖައްސާލީމެވެ.

” އަދި އަހަރެންގެ ވާހަކަ އެއްކޮށެއް ނުނިމޭ… އަހަރެން ވިރާހުއާ ކައިވެނި ކުރުމަށް ފަހު އިޔާއަކާ އެއްވެސް ގުޅުމެއް  ނުބާއްވާނަން. އަހަރެން އަހަރެންގެ ފިރިމީހާއަށް ކޮންމެ ހާލެއްގައި ވިއަސް ވަފާތެރިވާނަން. މީ އަހަންނަށް ކުރަން ވަރަށް އުނދަގޫ ކަމަކަށް ވާނެކަން ޔަގީން… އެހެންވިއަސް އަހަރެން ބޭނުން އަހަރެންގެ ފިރިމީހާއަށް ވަފާތެރިވާން… އިޔާ ޕްލީޒަ.. އަހަރެންގެ މި  އަޒުމަށް ގުޑުން އަރާނެފަދަ އެއްވެސް ކަމެއް ނުކުރާތި.. އިޔާ އައިސް ބައްދަލު ކުރަން އުޅޭނަމަ، އަހަންނަށް ކުރެވެސްވިދާނެ…  އެކަމަކު އަހަރެން ބައްދަލު ނުކޮށްފިނަމަ އަހަންނަށް ހިތްބަރު ނުކުރާތި.. އަހަރެން އަހަރެންގެ ފިރިމީހާއަށް އަދާ ކުރަންޖެހޭ އެންމެހާ ވާޖިބުތައް އަދާ ކޮއްދިނަސް އަހަރެންގެ ހިތުގައި ފެވިފައިވާނީ ހަމައެކަނި އިޔާގެ ނަން. ”  އަހަންނަށް ގިސްލެވުނެވެ. ނަމަވެސް ހުރިހާ އެއްޗެއް ކިޔައިދީ ނިންމާލީމެވެ..

އިޔާ އަހަރެންގެ ގައިގައި ބައްދާލިއެވެ..

” އަހަރެން މިއަދު ވަރަށް ފަޚުރުވެރިވެއްޖެ ތިމް އާމެދު.. އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ މައި ޑާރލިންގ.. އަދި އަހަރެން ވަރަށް އުފާވެސް ވެއްޖެ ތިމް ކަހަލަ ކުއްޖެއް އަހަރެން އެންމެ ލޯބިވާ ކުއްޖާއަށް ވީމަ.. އަދި އަހަރެންގެ ބެސްޓްފްރެންޑަށް ވީމަ…  އަހަރެން އަސްލުގައިވެސް ހިއެއްނުކުރަން ތިމް ތީ ތިހާ އޮބީޑިއެންޓް ގާރލްއެއް ކަމަކަށް… އެހާ މައިންބަފައިންނަށް އަޅާލައި އެހާ މައިންބަފައިން ހިތުގައި ޖައްސަން ބޭނުން ނުވާ ކުދިން މިހާރު މިޒަމާނުގައި ވަރަށް ނޫޅޭނެ. އެކަމަކު ތިމް ތީ އޭގެ ކުއްޖެއް. އަދި ފިރިމީހާއަށް އެހާ ރެސްޕެކްޓް ކުރަން ބޭނުންވާ، އެހާ ވަފާތެރިވާން ބޭނުންވާ ކުއްޖެއް މުޅި މި ދުނިޔެއިންވެސް ކިހިނެތް ހޯދާނީ؟ ތީ މިހާރު ވަރަށް މަދުން ނޫނީ ނުފެންނާނެ ސިފަތަކެއް. ރަނގަޅު.. ތިމް ވަރަށް ހައިރާންވޭ ދޯ އެބަ އަހަރެން ދެރަވެފައި ނުހުރީމަ… އަހަރެންގެ ހިތަށް އެބަ ވަރަށް ތަދުވޭ… އަހަރެން ވަރަށް ބޮޑަށް ހިތުގައި ޖެހިފައި މިހުރީ.. އެކަމަކު އަހަރެންގެ ހިތަށް ކުޑަ  ލުޔެއްވެސް ހަމަ ތިވާހަކަ ތަކުން ގެނެސްދީފި… އެއީ ތިހާ އަޚްލާޤް ރަނަގަޅުވީމައި.. އަހަރެންވެސް ދުއާކުރާނަން އަހަރެންގެ އައިންބަކަށް ތިމް ހެދޭތޯ.. އަހަރެން  ނުވިސްނަން  ތިމް  ނޫން  އެހެން  ކުއްޖެއް  އަހަރެންގެ  ހަޔާތާ  ގުޅުވާކަށް.  އަހަރެން އަބަދުވެސް ތިމްއަށް އިންތިޒާރު ކުރާނަން… ” އިޔާ އިނީ ވާހަކަ ދައްކާ ނިމުން އިރު ފެންކަޅިވެފައެވެ.

އިޔާ އަހަރެން ގައިގައި ވަރަށް ބާރަށް ބައްދާލުމުން  އަހަންނަށް  ވަރަށް  ގަދައަށް  ގިސްލެވިފައި  ރޮވުނެވެ..  މިއީ ދުނިޔޭގެ އާދަހެއްޔެވެ.. ؟ ހަމަ ހަޤީޤަތުގައިވެސް ލޯބިވާ  ދެމީހަކަށް އެކުގައި އުޅުމުގެ ފުރުސަތު ލިބެނީ މަދުފަހަރަކު ހެއްޔެވެ؟ ހަމަ ކޮންމެވެސް ސަބަބަކާ ހުރެ އަބަދުވެސް ލޯބިވެރިން  ދުރުވާން ޖެހެނީ ކީއްވެބާއެވެ..؟

———————————————————————————————–

އިޔާގެ ކޮޓަރީގައި ހުންނަ ކުޑަ ލައިބްރަރީ ހާވައިގެން ފޮތެއް ކިޔުމަށް މަޑުކޮއްލުމަށްފަހު ގަޑި  ބަލާލި  އިރު  މެންދުރު  ބާރަ  ޖަހަން ގާތްވެފައި ހުރުމުން އަހަރެން އިޔާ ކައިރީ ގުޅާނެ ކަމަށް ބުނެފައި ގެއަށް ދާން ނިކުތް ގަޑިއެވެ. އިޔާމެންގޭ ދޮރާށިކައިރީގައި އެއްފައި ފާރުގައި ލައްކޮއްލައިގެން ހުރި ވިރާހު ފެނިފައި އަހަރެން ސިއްސައިގެން ދިޔައެވެ. ނިކުމެވުމާއި އެކު ވިރާހު އަހަރެންގެ އަތުގެ ފަލަމަސްގަނޑުގައި ހިފާ ދަމައިގަތެވެ.

” ތީދޯ ތި ގަންނަ ގަނޑަކީ؟؟ ” އަޑަށް ބާރުލާފައި ވިރާހު ބުނެލިއެވެ. އަހަރެން އަތުގައި ހިފާ ދަމަމުން ވިރާހު ދިޔައެވެ.

” ވިރާހު ޕްލީޒް. ތިހެން ނަހަދާ! އާދޭސް ކޮއްފައި ބުނަން. އަހަންނަށް ތިހާ އިހާނެތިކޮށް ކަންތައް ނުކުރޭ.. އަހަރެން މީގެ ފަހުން ވިރާހު ކައިރީ ބުނަފއި މިގެއަށް އަންނަންޏާ އަންނާނީ. ތިގޮތަށް އަހަރެން އަތުގައި ހިފައިން ދަމާފައި ނުގެންދޭ.. އަހަރެންގެ  ބައްޕަގެ ނަމަށް ހުތުރު އަރާނެ.. ހިފަން ބޭނުންނަމަ ރީތިކޮށް ހިފާ.. އަހަރެން ފޮޅުވައެއް ނުލާނަން.. ” އަހަންނަށް ރޮމުން ބުނެވުނެވެ.

އެވަގުތު އަހަރެންގެ ހިތަށް އެރިޔެވެ… އަހަރެން ގެއިން ނިކުމެގެން ދިޔަ އިރު ނީހަކު ބަލަން ހުރިހެން ހީވީ ހީވުން އެއީ ރަނގަޅު ހީވުމެއްތާއެވެ. ވިރާހު އަހަންނަށް ފާރަލާއިގެން މިހާ ހިސާބަށް އައީކަން ގައިމެވެ.

އަހަރެންގެ ފަލަމަސްގަނޑުން އަތް ދޫކޮށްލުމުން  އަހަރެންގެ  އަތުގައި  ހިފާލުމަށް  ވިރާހުއަށް  އަހަރެން  އަތް  ދިއްކޮށްލީމެވެ. އަތުގައި ހިފައިގެން ދަމުން ބޭއިހްތިޔާރުގައި މަތި ބަލާލި އިރު ފެނުނީ އިޔާ ބަލަން އޮތް ތަނެވެ. އަހަރެމެން ދެމީހުންވެސް ” ސްވިޗްޑް އެޓް ބަރތް ” ބެލުމުން ކޮންމެވެސް ވަރަކަށް ސައިން ލެންގުއޭޖް އެނގޭތީ އިޝާރާތުން އަހަރެން އިޔާގާތު ” ސޮރީ ”  ބުނެލީމެވެ. ނަސީބަކުން ވިރާހު އަކަށް އެތަނެއް ނުފެނެއެވެ.

މިހެންގޮސް ދުވަސްތައް ވޭތުވެގެން ދިޔައެވެ…..

ކައިވެނީގެ ކަންކަމުގައި އެންމެންވެސް ވަރަށް ބުރަކޮށް އުޅުނެވެ. އަހަރެންގެ ހެދުމާއި ވިރާހުގެ ކޯޓު ފަޓުލޫނުވެސް ނިމިއްޖެއެވެ. ވަލީމާގެ ކާޑުތައްވެސް ހަދާ ނިމިއްޖެއެވެ. ހަމަ އެކަނި ދެން އޮތީ ދުވަސް ކައިރި ވުމުން ކާޑުތައް ބަހާލުމާއި ޕާޓީއަށް ގޭގެ ޓެރަސް ތައްޔާރުކުމެވެ. ނަމަވެސް ކޮންމެ ރެއަކުވެސް އަހަންނާއި އިޔާ ތިބެނީ އިރު އަރަންދެން ފޯނުގައެވެ. އަހަރެމެންގެ ގުޅުމުގައި ވިރާހުގެ ސަބަބުންވެސް އަދި ކައިވެނީގެ ތައްޔާރީ ތަކުގެ ސަބަބުންވެސް އެއްވެސް ކުނިކޮޅެއް ނުޖެހެއެވެ. އަހަރެމެން އުޅެނީ ހަމަ އެހެން ލޯބިވެރިންވެސް އުޅޭ ގޮތަށެވެ. ތަފާތަކީ އެދުވަހުގެ ފަހުން  އަހަރެމެން އަދި އެކަހެރި ވެގެންނެއް ބައްދަލެއް ނުކުރަމެވެ.

ކައިވެނި ކުރަން ދިހަ ދުވަހަށް ވެފައި ވަނިކޮށް ވިރާހުގެ ފޯނަށް ރާއްޖެއިން ބޭރުން ކޯލެއް އައެވެ…

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hath

Level 110 Stories100 Comments

My hobby is writing stories. :)

Other Articles

Previous

ހަވޭލީ (10)

Next

އީލާމް-15

Next
October 19, 2017

އީލާމް-15

Previews
October 19, 2017

ހަވޭލީ (10)

14 Comments!

  1. reader says:
    October 19, 2017 at 7:10 pm

    Oh e vaany eyna ge gf ah kanne. Or preg v kanne viraahu ge dhariakaha, konmes girl eh

    1. reader says:
      October 19, 2017 at 7:10 pm

      Me first?

    2. unaal says:
      October 19, 2017 at 8:33 pm

      I also think like this ..stry nice

    3. Hath Mikal says:
      October 19, 2017 at 11:59 pm

      heheh dho. vedhaane. lets see dho vaagotheh.. and yeah, you’re the first 🙂

    4. Hath Mikal says:
      October 20, 2017 at 12:03 am

      Thankyou unaal 🙂

  2. Yal v says:
    October 19, 2017 at 8:34 pm

    Alhey iyaa aa thim aa dhemyhun gulhenii plxx edhekudhij gulhuvaafa vvv loabi koh vaahaka nimmaaladhee . Anyway vvv reethi mi vaahaka.

    1. Hath Mikal says:
      October 20, 2017 at 12:00 am

      Thankyou so much dear 🙂

  3. khajja says:
    October 19, 2017 at 8:48 pm

    Masha allah v v super?? viraah ge gf eh dhw e gulhy ekujjaa avves landeh dhyfa ais e ulheny rangalhah viyyaa dhw viraah n thim ge kaiveni nukureveyne goiy hadhaabala thi n iyaa gulhuvaa plx stry v v awsome whn nxt prt avaskolladhybala ??❤?????????????

    1. Hath Mikal says:
      October 20, 2017 at 12:00 am

      Thankyou so much dear 🙂

    2. Hath Mikal says:
      October 20, 2017 at 12:01 am

      Trying to update as soon as possible. In sha Allah v avahah genesdheynan inge 🙂

  4. Ammuty says:
    October 19, 2017 at 10:11 pm

    Keehvetha story ge ehbai nufennany?. 2 sid3 in ves ehnai madhuvefa hunnanym plx fix this issue. Story v reethi hama

    1. Hath Mikal says:
      October 20, 2017 at 12:02 am

      Thankyou dear 🙂 in sha Allah mi massala hallu kohdheveytho balaanan 🙂

    2. Xee says:
      October 20, 2017 at 12:22 pm

      HH

  5. SJK says:
    October 20, 2017 at 4:21 am

    amazing.. whn nxt part? avas kohlahchey. 🙂

Comments are closed.

Next Episodeއިންތިޒާރު ކުރި ލޯބި (15)←


All Right Reserved!