Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
RedHand by Shabab
ކުރުވާހަކައެހެނިހެން

ރެޑް ހޭންޑް – 01

shiuraa Level 1
October 10, 2017 3 Mins Read
8 Comments

ކައިލީ ޖެނަރގެ އެންމެ ފަހުގެ ލިޕްސްޓިކްއެއް އަަތަށް ނެގުމަށްފަހު ޖުވޭ އޭގައި ޖަހާފައި އިން އަގެއް ބަލަން ހިމަ ދިގު ފުޅި އަތުތެރޭގައި އަނބުރާލިއެވެ. އަނގައަށް ވައްތަރެއް ޖައްސަމުން އަހަންނަށް އަގުކޮޅު ދައްކާލިއެވެ. އިން ވަރަށް ވުރެ ތަންކޮޅެއް އަގު މަތިވިނަމަވެސް ތިން އަކުރުން ނުފުދުނީހެވެ.

“ދެންވެސް ހިނގާ ތިބަހައްޓާފަ ދާން” އަހަރެން ހުރީ ލަސްވެފައެވެ. ޖުވޭރިއާގެ މަންމަމެން އޭނާއަށް ކިތަންމެ ވަރަކަށް އެއްޗިހި ގަނެދިނެއްކަމަކު ބާޒާރަށް އެއްޗެއް ނެރުމާއެކީ ގޮސް އޭގައި އަތްނުކާތައެއް އޭނާއަށް ފަރަކުނުޖެހެއެވެ. އަހަރެންގެ އާއިލާއަކީވެސް މާ ނިކަމެތި ބައެއްކަމުގައި ނުވިއަސް ޖުވޭރިއާގެ މަންމަމެން އޭނާއަށް ގަނެދޭ ފެންވަރުގެ އެއްޗިހި ގަތުމަކީ އެމީހުންނަށް ކޮށްދެވޭ ވަރު ކަމަކަށް ނުވެއެވެ. އެއްޗިހި ލިބިހުރެ އަދި އިތުރަށް ހޯދަން އުޅޭތީ ބައެއް ފަހަރު ޖުވޭ ދެކެ ނިކަން ފޫހިވެސް ވެއެވެ. އެކަމު އެއީ ހިތްހެޔޮ ރައްޓެއްސެކެވެ. އަހަރެންގެ ކޮޓަރީގައި ހުންނަ ވަރަށް ގިނަ އަންނައުނާ ރީތިވާ ސާމާނަކީ ޖުވޭގެ ފަރާތުން ލިބިފައިހުރި އެއްޗިހިކަން މަންމަމެންނަށް ވެސް އިނގޭނެވެ. ހެހެހެ.

އަހަރުމެން ދެމީހުންނަށް އަހަރެންގެ ގެއާ ހަމައަށް ދެވުނުއިރު ގޭ ކުރިމަތީގައި ޖުވޭގެ ކަޒިންއެއް އޭނާ ބަލާ އައިސް ހުއްޓެވެ. އޭނާއަށް ގޮވާލުމަށް ފަހު ޖުވޭއަށް ބައި ޖަހާލާފައި އަހަރެން ގެއަށް ވަނީއެވެ.

ސިޓިންރޫމްގައި މަންމަމެންނާއެކު އިރުކޮޅަކު އިނދެލާފަ އަހަރެން ކޮޓަރިއަށް ވަނީ ނިދާށެވެ. ޑްރެސިން ޓޭބަލް ކައިރިއަށް ގޮސް ބޮލުން ބުރުގާ ނަގާ އިސްތަށިގަނޑު މޮހެލީމެވެ. އަދި ޑްރެސިން ޓޭބަލް މަތީގައި އިން ކައިލީ ޖެނަރ ލިޕްސްޓިކް ނަގާ ބަލާލީމެވެ. އޭގެ އިރުކޮޅެއްކުރިން އަތްވެސް ޖައްސާލަން ބޭނުން ނުވެގެން އައި ވައްތަރުގެ ހަމަ އެ ނަންބަރުގެ ލިޕްސްޓިކެކެވެ. ކޮޓަރީގައި ދިއްލާފައި ހުރި ހޮޅިބުރީގެ މަޑު އަލީގައި އެ ސިފަވަނީ އަހަރެން އަތުގައި އޮތް ލޭފުޅިއެއް ހެނެވެ. ޖުވޭއާ ހިލާފަށް އަހަރެންނަކީ މާބޮޑަށް މޭކަޕް ކޮށް އުޅޭ މީހެއް ނުވެސް ނޫނެވެ. އަހަރެންނަށް އޭގެއިން ލިބޭ  އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޖުވޭ އެހާހޯދަން ބޭނުންވާ އެއްޗެއް އޭނައަށް ނުލިބެނިސް އަހަރެންގެ އަތުގައި އޮތުމެވެ. މާ ގިނަ ދުވަހެއް ނުވެ ޖުވޭގެ ކުސްތެޅުންތަކަށް ކެތްނުވެގެން އޭނާގެ މަންމަ ނޫނީ ބައްޕަ ބޮޑުއަގުދީފައި މީގެ ލިޕްސްޓިކެއް ގަނެދޭނެކަން ވެސް އަހަންނަށް އިނގެއެވެ. އޭރުން އަހަރެން މީތި ލާނީ އެއްލައެވެ.

އަހަރެން އެ ލިޕްސްޓިކް ވަގަށް ނެގީ މީގެ ތިން ރޭ ކުރިންނެވެ. ފިހާރަ ބަންދުކުރާ ގަޑި ކައިރިވެފައި ކަސްޓަމަރުން ބޮނޑިވަމުން ދިޔަވަގުތެކެވެ. އެކަމުގެ ފައިދާ ނަގައި ސެކިއުރިޓީ ކެމެރާއަށް ނިވާވެހުރެ އޮމާން ހަރަކާތަކާއެކު އަހަރެންގެ އަތުތެރެއިން ސޮއްސާލައިގެން ގޮސް އޭތި ވެއްޓުނީ އަހަރެންގެ އަނެއް އަތުގައި އެެއަށް އިންތިޒާރުގައި އަނގަހުޅުވައިގެން އޮތް ދަބަސް ތެރެއަށެވެ. އާދައިގެ ހިނގުމެއްގައި ފިހާރައިގެ ދޮރާދިމާލަށް އަހަރެން ހިނގަން ފެށީމެވެ. އިހްސާސް ވަމުން ދިޔައީ ފިހާރައިގެ މުވައްޒަފުން އަހަރެންނާ ދިމާލަށް ބަލަމުން ދާ ކަމަށެވެ. އަހަރެން އަތުން ލިޕްސްޓިކް ވެެއްޓުނުތަން އެމީހުންނަށް ފެނުނީއެވެ. އަހަންނާދިމާލަށް އެއްވެސް މީހަކު ބަލަން ހުރިތޯ ޔަގީންކުރަން އަހަރެން ބޭނުންވިއެވެ. އޮޅިގެން ދަބަހަށް ލެވިފައި އޮތް އެއްޗެއް ފެނިގެންކަމަށް ހަދާފައި ނަގާފައި އަލުން ބައިންދަންވެސް ހިތައްއެރިއެވެ. ނަމަވެސް އަހަރެންގެ ފައިގެ ހިނގުން ނުހުއްޓުއެވެ. މޫނުމައްޗަށް ހޫނުވާން ފެށިއެވެ. ދޮރާ ކައިރިއަށް ހިނގަމުން ދިޔައިރު ދޮރުގެ އަތްގަޑު ނޫން އެއްޗެއް އަހަރެންނަށް ނުފެނެއެވެ. އަހަރެންގެ ވަށައިގެން ހަރަކާތްތެރިވަމުން ދިޔަ މީހުންގެ އަޑުތައް މަސްހުނިވެ ކަންފަތުގައި ބޫން އަޑެއް ހިފާލިއެވެ. ދޮރުން ނުކުންނަން ދިމާކޮށްލި ވަގުތު ބޭރުން ފިހާރަތެރެއަށް މީހަކު ވަންނަން ފެށުމުން އަހަރެން މަޑުކޮށްލަން ޖެހުނެވެ. އެވަގުތު އަހަރެންގެ މުލައްދަނޑީގައި ކުއްލިއަކަށް މީހަކު ހިފިއެވެ. އަހަރެން ހިތް ހީވީ މޭފަޅާފައި ނިކުތްހެންނެވެ. ނަމަވެސް އަހަންނަށް ކުރެވުނީ ކުއްހީއެކެވެ. އެއީ ވެސް ހަަމަ ފިހާރައިން ނުކުންނަން ވެގެން އުޅުނު މީހެކެވެ. ނޭނގި އަހަރެން ގެ އަތުގައި ޖެހުނީއެވެ. އެމީހާ އަހަރެންނާ ދިމާއަަށް ބަލާލާފައި ހީވެސް ލިއެވެ. އަހަރެން އެއަކަށް ޖަވާބެއް ނުދެމެވެ. އެތެރެ ހަށި ކެކެމުން ދިޔަނަމަވެސް އަހަރެންގެ މޫނު ވަނީ ގަނޑުވެފައެވެ. ދޮރު ނުލެއްޕެނިސް އަހަރެން އެ ދޭތެރެއިން މަގުމައްޗަށް ނިކުތީމެވެ. ދަބަހުގެ ޒިބު އަޅުވަން ވެސް ހަނދާންވީ އެކޮށި ވެސް ފަހަނައަޅާ ދިޔަފަހުންނެވެ.

އެކަހަަލަ ކޮންމެ ފަހަރަކު އަމިއްލަޔަށް އަހަރެން ހުންނަނީ މޮޔަވެފަ ބާވައޭ ހިތައްއަރައެވެ. ސަލާމަތް ވެވުނުކަން ނަސީބެކޭ، ދެންވެސް އެއްޗެއް ވިސްނިގެން އެކަހަލަ ކަމެއް ނުކުރާނަމޭ ހިތާހިތުން އަޒުމްވެސް ކަނޑައަޅަމެވެ. އެކަމަކު ވާގޮތެއް ނޭގެއެވެ. ގިނަފަހަރު މާ އަގު ބޮޑު އެއްޗިހެއްވެސް ނޫނެވެ. އަތުގައި ހުރި ފައިސާއިން އެ އެއްޗެއް ގަނެގެން އާދެވޭނެ ކުދި ކުދި އެއްޗިހިިވެސް ނަގަމެވެ. ބޭނުންވީމާ އެ ނިމުނީއެވެ. އެއްޗެއް ވަގަށްނަގައިގެން ގެއައް އައިސް ކޮޓަރި ތަޅުލައިގެން ކިތަންމެ އިރަކު އެ ގެނައި އެއްޗެއް އަތައްލައިގެން އޭގައި އަތްކާތާލަ ކާތާލާ އިންނަމެވެ. އެންމެ ފޫހި ކަމަކީ އަގުބޮޑު ނުވަތަ މީހުނަށް ފާހަގަ ވާ ކަހަލަ އެއްޗިހި ބޭނުން ނުކޮށް ފޮރުވާފައި ބަހައްޓަން ޖެހޭތީއެވެ. ޖުވޭގެ ބޮލުގައި އަޅުވައިގެން ވެސް އެއްޗިހި ގެންގުޅެވޭނީ ވަކިވަރަކަށްތާއެވެ.

މި ނުބައި އާދަ ނުހުއްޓައި ކުރިއަށް އަހަރެން ގެންދާތީ މިހާރު މިކަމުގެ ކޮންމެސް ވަރެއްގެ މާހިރަކަށް ވެއްޖެއެވެ. ކޮންމެ ފަހަރަކު އެއަންނަ ބިރުވެރި ނޭވާހިފަހައްޓަންޖެހޭ ވަގުތުކޮޅަކަން ބަދަލެއް ނައިކަމުގައި ވިޔަސް، ފަޅާއެރުމެއް ނެތި މިކަންތައް ހިނގަމުން ދާތީ ފާޑެއް މޮޔަ ކެރުމެއް އަހަންނަށް ވަނީ ލިބިފައެވެ. އެންމެފަހުން އަހަރެންގެ ކުށް ފަޅާއެރީ އަހަރެން ދުވަހެއްގެ ކޮޅުންވެސް ހީނުކުރާ ގޮތަކަށެވެ.

(ނުނިމޭ)

Share Article

Follow Me Written By

shiuraa

Level 1

Other Articles

Previous

ހަވޭލީ (2)

Next

ތިޔަ ދިން އުފާ 23

Next
October 10, 2017

ތިޔަ ދިން އުފާ 23

Previews
October 10, 2017

ހަވޭލީ (2)

8 Comments!

  1. reader says:
    October 10, 2017 at 3:28 pm

    Kihineh baa vaany?

    1. shiuraa says:
      October 10, 2017 at 5:58 pm

      Jalakannu laanee ekahala kanthah kuranyaa.

  2. TCgirl says:
    October 10, 2017 at 5:15 pm

    Unique..?

  3. Girll says:
    October 10, 2017 at 5:49 pm

    Omg.. Does she have kleptomania??..

  4. sweetie. says:
    October 10, 2017 at 6:22 pm

    Mmmmm. Salhi gothrh ebahuri.

  5. samahaa says:
    October 11, 2017 at 2:14 pm

    Best of luck I hope this story will be nice???

    1. shiuraa says:
      October 11, 2017 at 3:03 pm

      Thanks. I also hope same.

  6. click a shot ? says:
    October 11, 2017 at 9:15 pm

    When next part..reethi story eh..TCgirl bunaahen varah unique vahthare jahaa..salhi??

Comments are closed.


All Right Reserved!