Skip to content
އެސްފިޔަ

މަންމަގެ ޑައިރީ 12 ވަނަ ބައި (ގުޅުން ބަދަހިވުން)

ޓްރީން ޓްރީން ޓްރީން… މޭޒުމަތީގައި ބަހައްޓާފައި ހުރި އެލާމް ގަޑި ރިންގުވާން ފެށިއެވެ. ދަންވަރު ހޭލާ ޑައިރީ ކިޔަން އޮތުމާއި އެކީ ޝާލީއަށް ހޭލެވުނީ ވަރަށްގިނައިރު ގަޑި އެލާމްވިފަހުންނެވެ. ހޭލެވުމާއި އެކީ ކަންނެތްކަމާއި އެކު އެނދުމަތީ އޮވެ މޯޅިއަކަށް ދެމިލިއެވެ.އެއްފައި ކުރުކޮށް އަނެއްފައި ދަމާލަމުން އެތްއަތުން އަނގަމަތީގައި އަތްއަޅާ އަނެތްއަތް ދަމާލާ މުޅިމީހާ ހޭލައްވާލުމަށް ދެމިލި މޯޅިން ކަންނެތްކަންވެސް ފިލައިގެން ދިޔަ ކަހަލައެވެ. ޝާލީ އަވަހަށް ތެދުވެ އެނދުމަތީގައި އިނށީދެ ގަޑިއަށް ބަލާލިއެވެ.  ގަޑިން ފަސްގަޑި ބައިވީއެވެ. ގަޑި ފެނުމާއި އެކު ޝާލީގެ ހުރިހާ ހަރަކާތެއްވެސް އަވަސްވިއެވެ. ދުވަމުން ތެޅެމުން ފޮޅެމުން ކަހަލަގޮތަކަށް އައިސް ތުވާލިނަގާ ކޮނޑުމައްޗަށް އެއްލުމަށްފަހު ދަތްއުނގުޅާ ބުރުސް ހިފައިގެން ގޮސް ފާހާނާއަށްވަދެ ފެންވަރާއިގެން އައިސް ނަމާދުކުރިއެވެ. އެއަށްފަހު އަލަމާރި ހުޅުވާލުމަށްފަހު އޭނާގެ ހުދު ޔުނީފޯމް ނަގާ ސުކޫލަށް ދާންތައްޔާރުވިއެވެ. ޝާލީ އޭނާގެ ހުދު ޔުނީފޯމްގައި ބޫޓަށްއަރާ ފުރިހަމަވެފަ ހުންނައިރު އޭނާއެހެން ކުދިންނާތަފާތީ ހަމަ އެންމެ ކަމަކުންނެވެ. އެހެންކުދިންގެ މަންމަ އެކުދިންނާއި އެކު އުޅޭއިރު ޝާލީގެ މަންމަ އޭނާއާއި އެކު މިދުނިޔެއަކުނެތެވެ. އެހެންކުދިންނަށް އެކުދިންގެ ބައްޕައާއިއެކު ސުކޫލަށްގޮސް، ކުޅެ، މަޖާކޮށް ހެދުމުގެ ހުރިހާ ފުރުޞަތުތަކެއް ލިބިފައިވާއިރު ޝާލީއަށް އޭނާގެ ބައްޕައަކީ ކާކުކަންވެސް ނޭނގެއެވެ. އެހެންކުދިން އުފަލުގައި އުޅޭއިރު ޝާލީގެ ހަޔާތުގައި ހިތާމައާއި މާޔޫސްކަން ނޫން އެހެންއެއްޗެއް ނެތުން އެއީ ޝާލީއާއި އެހެންކުދިންނާއި ހުރި ތަފާތެވެ.

ޝާލީއަކީ އޭނާގެ މަންމަ ފަދައިން ސްކޫލުގައި ނަން ވިދާލާ ތަރިއެކެވެ. އޭނާގެ މުޅި އަލަމާރިމަތި ފުރާލާފައިވަނީ އޭނާއަށް ލިބިފައިވާ އެކިއެކި ޓްރޮފީތަކުންނެވެ. ޝާލީ ސްކޫލަށް ދާން ތައްޔާރުވުމަށްފަހު އެންމެ ފަހުކަމެއްގެ ގޮތުން މަންމަގެ ފޮޓޯއަށް ބަލާލުމަށްފަހު އެ ފޮޓޯ އަލަމާރީގެ ތެރޭގައި ބޭއްވިއެވެ. އަދި ސްކޫލަށްގޮސް ރަނގަޅަށް ކިޔަވާނެކަމުގައި މަންމަގެ ގާތުގައި އޭނާ ބުނެލިއެވެ.

އާދައިގެ މަތިން ސްކޫލުގައި ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި އުޅެފައި އައިސް ޝާލީއަށް ގެއަށް ވަދެވުނީ މެންދުރުން އަނބުރާ ދެގަޑިބައިވެސް ވީފަހުންނެވެ. ގެއަށް އާދެވުމާއި އެކީ ޝާލީ އޭނާގެ ދަބަސް ބަހައްޓާހަރުގައި ދަބަސް ބެހެއްޓުމަށްފަހު ގޮނޑިއެއްގައި އިށީންދެ ބޫޓާއި އިސްޓާކީން ބޭލިއެވެ. އަދި ބޫޓު މަހައްޓާތަނުގައި އެ ބެހެއްޓުމަށްފަހު ކޮޓަރީގެ ތެރެއަށްވަދެ ޔުނީފޯމް ބޭލުމަށްފަހު އެއްޗެހި ބަދަލުކުރިއެވެ. އެ ޔުނީފޯމް އަލަމާރީގައި އަޅުވާލުމަށްފަހު ގަބުވެފާ އިރުގަޑެއްވަންދެން ޝާލީ އޭނާގެ މަންމަގެ ފޮޓޯއަށް ބަލަން ހުއްޓެވެ. ރޮއި ގިސްލާހާލުގައެވެ. މަންމަ މަތިން ހަނދާންވާތީ އެކަންޏެއް ނޫނެވެ. މަންމަ އުފުލި ވޭނާއި އުޅުނު ހާލު ހިތައްއަރާފައެވެ. ޝާލީ ރޮމުން މަންމަގެ ފޮޓޯ ނަގާ މޭމަތީގައި ޖައްސާލުމަށްފަހު ދެއަތުން އޭގާ އޮޅުލައިގަތެވެ. ހީވަނީ ދަރިއަކު މަންމައެއްގައިގާ ބައްދާހެނެވެ. އޭގާ ބައްދަމުން ގިސްލަމުން މަޑުމަޑުން ފަހަތައް ޖެހެމުން އައިސް އެނދުގައި އިށީނެވެ. އަދި މަންމަ އާއި ވާހަކަދައްކަންފެށިއެވެ. “މަންމާ، ޝާލީ ގެންދޭ މަންމަ ގާތަށް ގެންދޭ. ޝާލީ ބޭނުމެއްނޫން މިތާ އެކަނި އުޅޭކަށް. މަންމަގެ ގާތަށް ޝާލީ ގެންދޭ”. ބާރުބާރަށް އަޑުން އަޑުނަގާ ރޮމުން ޝާލީ އޭނާގެ މަންމަގެ ގާތަށް ގެންދިއުމަށް އާދޭސް ކުރިއެވެ. އެކަމަކު މިއަދު ޝާލީއަށް އެކަން ކުރެވޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ.

ރުއިމާއި ގިސްލުމުގައި ވަގުތުތައް ހޭދަކުރިއެވެ. ޝާލީ ވަރުބަލިވެގެން އެނދުމަތީގައި އޮށޯތުމަށް އެނބުރިލުމާއި އެކު އޭނާގެ ލޮލުގައި އަޅާއިގަތީ ރޭގާ ކިޔަން ގެންގުޅުންގޮތައް އެނދުމައްޗަށް ވެއްޓިފައި އޮތް އޭނާގެ މަންމަގެ ޑައިރީއެވެ. ކިތަންމެ ދެރަވެފައިވާ ގަޑިއެއްގައި މި ޑައިރީ ފެނުން ކަމުގައި ވިޔަސް ޝާލީ އެޑައިރީނެގިއެވެ. އަދި އެނދުގައި ލައްވެލުމަށްފަހު ޑައިރީއިން ކިޔަންވީ ހިސާބު ހޯދާ ކިޔަންފެށިއެވެ. ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދަނިކޮށެވެ. ގިސްލަ ގިސްލާފާ ރޮވޭހާލުގައެވެ. ވާނީވެސް އެހެންތާއެވެ. މިއަދު ޝާލީގެ ހަޔާތުގައި ރުއިމާއި ގިސްލުމާއި ހިތާމަކުރުމާއި ކަރުނަ ނޫން އެއްޗެއް ނެތެވެ.

“ސަކިންތާ. މި ގެ މިހާރު މިހިރީ ވަރަށް ބާވެފައެއްނު. ޝާލީވެސް މިހާރު އެހެރަ ބޮޑުވަނީ. އޭނާ އޮންނާނެ ކުޑަ އެނދެއްހާމިންވެސް ވައްދާނެ ތަނެއް މިގެއަކު ނެތެއްނު. އަނެއްކާ ކާންވެސް މި ޖެހެނީ މިތަނުގަ. އަހަރެން އެބަ ހިޔާލުކުރަން ގޭގެ ދެކުނު ފަރާތުގަ އެއޮތް ހުސްބައިގަ ކޮޓަރިއަކާއި ކައްކާ ކެވޭގޮތައް ތަންކޮޅެއް ހަދަން. ސަކިންތަމެންނަށް އޭރުން މިބައި ބާކީކޮށްލާފަވެސް އުޅެވޭނެއެއްނު. ނިޝްރާއަށްވެސް މާ ފަސޭހަވާނެކަންނޭނގެ އެގޮތް.” ރާޝިދު އޭނާ ކުރަން ބޭނުންވާކަންތަކުގެ ވާހަކަ ވަރަށް ހާމަކަން ބޮޑުގޮތަކަށް ބުނެލިއެވެ. ސަބަބުތައްވެސް ދައްކަމުންނެވެ. އޭގައި ފޮރުވިފައި ވަނީ ކޮންކަމެއްކަމެއްވެސް އޭރު މަންމައަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ރާޝިދު އަހަރެމެން އެންމެނަށްވެސް ވަރަށް ހެޔޮކަމެވެ.

ރޭގަނޑުގެ ކައިނިމުމާއި އެކީ ތަށިތައް ނެގުމަށްފަހު މަންމަވެސް އަރާމުކޮށްލުމަށް ނުކުމެލީ ބޭރު ޖޯލިފައްޗަށެވެ. ދަރިފުޅުވެސް ނިދާފާ އޮތުމާއި އެކީ މަންމަ އެތަނުގައި މަޑުކޮށްލީ އެކަނިވީމައެވެ. ސަކިންތަވެސް ކުޑަކޮށް ބަލިކަމުން މިރޭ އަވަހަށް ނިދީއެވެ. ގޭގެ އަސްކަނި ދަށަށްވާގޮތައް ހަދާފައިހުރި ޖޯލިފަތީގައި މަންމަ އޮށޭވެ އޮތްއިރު ކައިރީގައި ހުރި ބަނބުކެޔޮގަހުގައި އުޅޭ ވާލާއި ކާޅުގެ އަޑު ފިޔަވާ ހަމަ އެހެން އެއްވެސް އަޑެއް ނީވެއެވެ. ހަމަ ހިމޭންކަމުން ފުރިފައިވާ މިރެއަށް އިތުރު ހަމަހިމޭން ކަމެއް ގެނެސްފައިވަނީ މަންމަގެ ހަމަ ހިމޭން ކަމެވެ. މާޒީއާއި ދޭތެރޭ ވިސްނުމުގައި މަންމަ ވަގުތުކޮޅެއް ހޭދަކުރީމެވެ. ޝާހީންއަށް ވީގޮތެއް ނޭނގޭތީ އެކަމާއި ވިސްނެން ފެށުނެވެ. މިއަދު ހިނގާދިޔަ ކަންތައް ހިތައްއަރާ ހާސްވާން ފެށިއެވެ. ރާޝިދު ކުރި ސުވާލުގެ ޖަވާބު ނުދެވުނީތީ އުނދަގޫވާން ފެށިއެވެ.

މިކަހަލަ ފިކުރު ތަކެއްގައި އޮއްވާ މަންމަގެ އެކަނިވެރިކަން ފިލުވާލަދިނީ ރާޝިދުއެވެ. “ނިޝްރާ.ހާދަ ބޮޑު ފިކުރެއްގަ އަނެއްކާ ކޮންކަމެއްގަ. ހާދަ ފޫހިރެއެކޭ. މަގެއްމަތީ މީހަކުވެސް ނެތް. އޯކޭތަ މަ މިތާ މިޖޯލީގަ އިށީނަސް” ރާޝިދު އޭނާގެ ސަމާސާ ރާގުގައި މަންމަގެ ގާތުގައި މިހެން ބުނެލިއެވެ. ރާޝިދު ބުނި ބުނުމަކަށް އިންކާރުކުރާކަށް މަންމައަކަށް ނުކެރުނެވެ. އެހެން ކަމުން އެ ޖޯލީގައި އިށީނަސް އެންމެ ރަނގަޅުކަމުގައި ބުނެލީމެވެ. މަންމަ އިނީ ދެ ޖޯލި ހުރި ޖޯލިފައްޗެއްގައި ކަމުން ރާޝިދުއައިސް މަންމައާއި އެހާ ގާތުގައި އިށީނުމުން މިއަދުގެ ސުވާލުމަތިން މާބޮޑަށް ހަނދާންވިއެވެ.

ހަގީގަތުގައި ނިޝްރާއަށް ހަނދާން ކުރެވުނީ އެހެން ކަމެކެވެ. އޭނާގެ ލޯމަތީގައި ސިފަވަމުން ދިޔައީ ރާޝިދު ޖަހާފައިވާ ޑާރިޖު ސެންޓުގެ ވަސް ބަލާލަން، އޭނާގެ މޭމަތީގައި މިއަދުއޮތްހެން ބޯއަޅާލައިގެން އޮންނަ މަންޒަރެވެ. އޭނާގެ ހިތް ތެޅެމުން ދިޔައީ ރާޝިދުގެ އެ ތުންފަތުގެ ޝަރުބަތުން ކަރުހިއްކުން ފިލުވާލަދޭނެ ނަމައޭ ހިތައް އަރާފައެވެ. އޭނާގެ ހިތް އެދި ގޮވަމުން ދިޔައީ ރާޝިދު އޭނާގެ ގައިގާ ބީހިލާ އެ ހަށިގަނޑުގެ ހޫނު ނިޝްރާގެ މުޅިގަޔަށް ފޯރުކޮށްދޭނެ ނަމެއެވެ.

ރާޝިދުވެސް ވިސްނަމުން ދިޔައީ ހަމަ މިކަހަލަ އެއްޗެހިތަކެވެ. އޭނާވެސް ބެނުންވަނީ ލޭކޮޅެއްފަދަ ނިޝްރާގެ ތުންފަތުގައި ބޮސްދޭށެވެ. ކަރުހިތްކުން ފިލުވާލާށެވެ. ނިޝްރާގެ އެ ހަންއޮމާން ހަށިގަޑުގައި ބީހިލުމަށް ރާޝިދުގެ ހިތް އެދިގޮވަމުން ދިޔައެވެ. ނިޝްރާގެ އެ ދޮން ހަށިގަނޑުގެ އެ ރީތިވަނާތަކުން އަރާމު ހޯދުމަށް ރާޝިދުގެ ހިތްވެސް ތެޅިފޮޅެނީއެވެ. އެކަމަކު ދެމީހުންކުރެ އެކަކަށްވެސް އިސްނަގާ އެކަމާއި ކުރިމަތިލާކަށް ނުކެރުނެވެ. ނިޝްރާ އަށް ނުކެރުނީ އޭނާ މިއަދު ރާޝިދު ގެ މޭގައި އަތްއަޅާ ކޮށްޕާލާ އެކަން ނުކުރުމަށް ބުނެވުނީތީ އެކަމާއި ލަދުންނެވެ. ރާޝިދުއަށް އެކަމާއި ކުރިމަތިލާން ނުކެރުނީ ނިޝްރާ މިއަދު އޭނާ ރާޝިދު ދުރުކޮށްފައިވާތީ އެކަމާއި ޖެހިލުންވާތީއެވެ.މީ ކޮންކަހަލަ ދެމީހުނެތް ހެއްޔެވެ؟ ގުދުރަތުން އެކަކުގެ ހިތުގައި އަނެކަކަށް ޖާގަ ހަދައިދީފައިވާއިރުވެސް އެކަމާއި ކުރިމަތިލާން ނުކެރެނީކީއްވެބާއެވެ؟ އެކަކަށް އަނެކަކުގެ މޭގައިވާ ހިތުގެ ވިންދުގެ އަޑު އިވޭއިރުވެސް އެ ވިންދުން އެކަކު އަނެކަކަށް ބުނެދޭ ސިއްރު ނޭނގޭތީ އަޖައިބު ވާވަރުވެއެވެ.

ދަރިފުޅާއެވެ. ރާޝިދުވެސް ވާހަކަ ނުދައްކާ އިނުމާއި އެކީ މަންމަ ވާހަކަދައްކަން ފެށީމެވެ. “ރާޝިދު. ކީއްކުރަން ހަދަން އުޅޭ ތަނެއްތަ އެއީ. ކާކަށް ހަދާ ތަނެއްތަ އެއީ.” މަންމަ ނާހާން އިނދެފާވެސް އޭނާ ހަދަން އުޅޭތަނާއި ބެހޭގޮތުން ސުވާލުކޮށްލީމެވެ. ޖަވާބުގައި އޭނާ ބުނީ އެއީ އޭނާ މިރަށުގައި އުޅެން ގަސްތުކުރާތީ އޭނާ އުޅެން ހަދާ ތަނެއް ކަމުގައެވެ. “އަހަރެން ގަސްތުކުރަނީ މިރަށުގަ އުޅެން. މިރަށުން މީހަކާ އިންނަން. ނިޝްރާ މަށާ އިންނަންވީނު” ރާޝިދު އޭނާގެ ސަކަމަޖާ ގޮތްގަނޑު އަނެއްކާވެސް ދައްކާލިއެވެ. މަންމަ އޭނާއަށް ކިތަންމެހާވެސް ގަބޫލެވެ. އެކަމަކު މަންމަގެ މާޒީގެ ކަންތައްތައް ރާޝިދުއަށް އެނގިދާނެތީ ގަތްބިރުން ޖަވާބެއް ދޭންވެސް ނުކެރުނެވެ. އަނެއްކޮޅުން އޭނާގެ ސަމާސާ ރާގުގާ ބުނުމުން އެއީ އޭނާ ބޭނުންވާ ގޮތްކަން ނުވަތަ ނޫންކަންވެސް ނޭނގޭތީ މަންމަވެސް އޭނާއަށް ރައްދު ދިނީމެވެ. “ހޫނ. މި ރާޝިދު ދުވަހަކުވެސް ސީރިއަސް އެއް ނުވާނެ. ވަރަށް ފޫހިވޭ. ތިހެން އަންހެނުންނަށް ފުލާޓް ކުރަނިކޮށް ކުއްޖަކު ތިމަޅީގައި ޖެހިއްޖެއްޔާ ކިހިނެތް ހަދާނީ” ރާޝިދު ދެއްކި ވާހަކައާއި ބައިވެލަމުން މަންމަ މިހެން ބުނެލީމެވެ.

ދެމީހުން ދުނިޔެވީ އެތައް ވާހަކައެއް ދެއްކުމުގައި އެތަނުގައި ހޭދަކުރީމެވެ. ރާޝިދު އޭނާގެ ހަޔާތުގެ އެތަކެއް ވާހަކައެއް މަންމައަށް ކިޔައި ދިނެވެ. މަންމަވެސް ޝާހީން އާއި ލޯބީގެ ގޮތުން ގުޅުން ވާހަކަ ކިޔައި ދިނީމެވެ. މާމަގެ ހަރުކަށިކަމާއި މިހާރު އުޅޭ ނިކަމެތި ހާލުގެ ވާހަކަ ކިޔައިދިނީމެވެ. އެއްމެފަހުން މަންމަގެ ހުރިހާވާހަކައެއްވެސް ގޮސް ހުސްވަނީ ހަމަ އެންމެ ތަނަކަށެވެ. ދަރިފުޅު އެއީ ކިހިނެތް ލިބުނު ކުއްޖެއް ހެއްޔެވެ؟ ދަރިފުޅުގެ ބައްޕައަކީ ކާކު ހެއްޔެވެ؟ މި ސުވާލުތަކަށް ދޭނޭ އެއްވެސް ޖަވާބެއް ނެތުމުން ފަށާ ކޮންމެ ވާހަކައެއްވެސް ކުންނާ ހަމައަށްގޮސް ޖެހުނީ ނިންމާލާށެވެ. އެ ހުރިހާ ވާހަކަ ތަކަކާއި ހެދި މަންމަގެ ހިތް ފަޅާއިގެން ދިޔައެވެ. ބާރުބާރަށް ރޮވުނެވެ. ރާޝިދުގެ ގާތުގައި އިނދެގެނެވެ.

އެދުވަހަށްފަހު މަންމައާއި ރާޝިދުއާއި ދެމެދު އައީ ގުޅުމެއް އުފެދެމުންނެވެ. ރާޝިދު ފެނުމަށް މަންމަގެ ލޯ އެދި އާދޭސް ކުރަން ފެށިއެވެ. އޭނާއާއި ވާހަކަދައްކާލާ، ހީސަމާސާކޮށް ހެދުމަށް މިހިތް ބޭނުންވާންފެށިއެވެ. އޭނާއާއި އެކު ވަގުތު ހޭދަކޮށްލުމަށް މިހިތް އެދި ގޮވަން ފެށިއެވެ. ރާޝިދުގެ ހިތްވެސް ހަމަ އެހެން ބުނާކަހަލައެވެ. ރާޝިދު މިހާރު މަންމައާއި އެކު ވާހަކަ ދައްކާ މަންމައާއި އެކު ވަގުތު ހޭދަކުރާ ވަރު ކުރިއަށްވުރެ މާގިނައެވެ. އަނެއްކޮޅުން ދަރިފުޅާއި މެދު ކަންތައްކުރާލެއްވެސް މާރަނގަޅެވެ. މަންމައާއި ރާޝިދު އާއި ދެމެދު ގުޅުމެއް އުފެދެމުން ދިޔަ ކަމުގައިވިޔަސް ދެމީހުންކުރެ އެކަކުވެސް އެގުޅުމަށް އެކަކު އަނެކަކު ގާތަކު ނާހައެވެ. ހަމައެކަނި ދެމީހުން އެކަކު އަނެކަކަށް ބޭނުންވާތީ އެކުގައި ވަގުތު ހޭދަކުރެވެނީއެވެ. މިގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވެގެން ދާއިރު ރާޝިދު ހަދަން ފެށި ކޮޓަރިވެސް ހަދާ ނިއްމާ ފަރުނީޗަރުތައްވެސް ނުލާހިކު އަވަހަށް ވެއްދިއެވެ. އަދި މަންމައާއި ސަކިންތައަށް އެ ކޮޓަރީގައި ދަރިފުޅު ގޮވައިގެން އުޅުމަށް ބުނުމަށްފަހު ރާޝިދު މުސްކުޅި ގޭގައި އުޅޭގޮތައް ދިރިއުޅުން ހަމަޖައްސަންފެށިއެވެ.

އެއްރެއެއްގެ ރޭގަނޑެވެ. މަންމަ އިނީ ސިޓިންރޫމުގައެވެ. އެހެން އިންދާ ބޭރުން އައިސް ރާޝިދު ވަރަށް ބާރަށް ގޮވާލިއެވެ. “ނިޝްރާ. ނިޝްރާ އާދެބަލަ”. ރާޝިދު މަންމައަށް ގޮވާލުމަށްފަހު އަތުގައި ހިފާ ދަމަމުން ކަހަލަގޮތަކަށް ގެންދިޔައެވެ. އޭރު ދަރިފުޅާއި ސަކިންތަ ނިދައިފިއެވެ. ރަށުތެރެވެސް ހަމަހިމޭންވެ މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މަންމަގެ އަތުގައި ހިފައިގެން ގޮސް އޭނާ ވަނީ މުސްކުޅިގޭގެ ތެރެއަށެވެ.

 -ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. Hu-c

    v salhi bt ma dhigu vyma kiyan foohsey….

  2. malee

    dhogeh ingey..adhives dhigu kohlyma ragalhy..kiyaa hithun indhaa enimuny.. avahah up kohdhehche..nd miah vure ves dhigu koh 🙂 varah reethi vaahaka..

  3. mary

    haadha kurey thankolheh dhigu kollaba..plz plz..

  4. xaash

    iraadhukurevviyyaaaa next part maadhan up koh dheynnan… thankolheh dhiguves kuraaanan…

  5. marry

    xaash thi ulheny ehfaharun vaahaka nimmaalan tha? e goi kamakunudey…

  6. lady gaagaa

    ehme kiyaa hihvaa irah nihmaalaani abadhu
    story vrh reathi kurukoh foni kohlaba
    kobr tha shaaheen ???

  7. kiyuntheriyaa

    plx dnt letnishras past come back again

  8. ibrahim

    Nice waiting for next part. Plz updated fast plz plz

  9. thuthu

    koba mi adhuivx mi nimeny adhivx vaahaka up eh nuvey….

  10. Dhona

    Please update the story, waiting for it

  11. Dhona

    kon iraku tha vaahaka update kuranee…. please let the readers know the right info

  12. neem

    v v v nince story………waiting for next part. Plz updated fast Xaash plz plz plz plz plz plz plz

  13. kiyuntheriyaa

    xaash wat r u dng

  14. Shix

    Koba anneh bai? Haadha slow ey up vaaleh! Aadheys kohgen dho vaahaka eh ves kiyaalan milibenee. Thivarah kiyun therin foohi nukuruvaa vaahaka avahah upload koh dhee…

Comments are closed.