އޭނާ އެންމެ ލޯބިވީ ފަރާތާއި މުޅިއުމުރަށް ވަކިވެވިދާނެ ހެއްޔެވެ ؟ މަލްހާގެ އެއްވެސް ކުށެއްނެތި އޭނާގެ ހިތުގައި ޖެއްސުމަކީ ލޫތުއަށްކުރެވިދާނެ ކަމެއްބާވައެވެ؟ މިއީ އިންސާފެއް ހެއްޔެވެ. ؟
ފަތިސް ނަމާދު ބަންގީގެ އަޑާއިއެކު ލޫތުއަށް ހޭލެވުނެވެ. އަބަދުވެސް ފަތިސްނަމާދަށް ހޭލަން އާދަވެފައިވާ ލޫތު އަށް މިއަދުވެސް ހަމަ އެގަޑިއަށް ހޭލެވުނީއެވެ. ކުޑައިރުކޮޅަކަށްނަމަވެސް ރޭގައިވި އެއްވެސް ކަމެއް ހަނދާނެތްވެސް ނެތް ކަހަލައެވެ. ލޫތު ފެންވަރާލާ ތާޒާވެލައިގެން މިސްރާބުޖެހީ މިސްކިތާއި ދިމާއަށެވެ. ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަކީ އަބަދުވެސް ލޫތު ވަރަށް ފަރުވާތެރިވެ ކުރާކަމެކެވެ. ހަމަ އެހެންމެ އެއީ ދުވަހުގެ ފެށުމެވެ. ލޫތުގެ މަންމަ ޒަރީނާ ގެ ފުރިހަމަ ތަރުބިއްޔަތެވެ.
ފިނިފިނި ފަތިހެކެވެ. ރޭގައި ވެހުނު ވާރޭގެ ތެތްފިނި ފަޒާގައި ހަރުލާފައި ހުރިކަހަލަ އެވެ. ހުޅަނގުފަރާތުން ޖެހެނީ އެއައްވުރެ ވެސް ފިނި ވައިރޯޅިއެކެވެ. ގަސްތަކުން ފުރޭނިގެންއައިސް ކޮކާ ހަނދުވަރުގެ އަލި ބިންމައްޗަށް އެޅިފައިވާ އިރު ޤުދުރަތުގެ ފުރިހަމަކަން ހިތްތަކަށް ވަޒަންކުރެވޭވަރަށްވުރެ މާ ފުރިހަމައެވެ.
ލޫތު އެއްވެސް ޚިޔާލެއްފިކުރެށް ނެތި ރަށުގެ ބޮޑުމަގުން ހިގާލާފައި އެދަނީ ރަސްފަންނާއި ދިމާލަށެވެ. ހަމަ ހިމޭން ފަތިހުގެ ހަމަހިމޭންކަން ކަނޑުވާލަނީ ދޭތެރެއަކުން ގޮވާލާ ކާޅާއި ކޮވެލީގެ އަޑެވެ.އޭގެ އިތުރުންމަދުންނަމަވެސް ދެކޮޅަކަށް ދުއްވާފައިއެދާ އެއްގަމުއުޅަނދުފަހަރުތަކުގެއަޑެވެ. ލޫތުއަށް އެހިސާބަށް އާދެވުނު އިރު އިރުމަތިފަރާތު އުދަރެހުން ރަންކުލަ ފާއްދާލައިފިއެވެ. ކިރުކުލައިގެ އެދޮންވެލި ގަނޑުގެ މެދާއިހަމަޔަށް އާދެވުމާއިއެކު ލޫތުއަށް މަޑުޖެހިލެވުނެވެ. ކުއްލިއަކަށް މިފެނުނީ ލޫތު އުއްމީދުވެސް ނުކޮށް ހުރި ކަމެކެވެ. ހައިރާންވެފައި ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާގެ އެ ފަން ދިގު އިސް ތަށިގަނޑު މިނިވަން ކަމާއިއެކު ދޫކޮށް ލެވިފައިވާއިރު ވާޔާއިއެކު ވިހުރިލާމަންޒަރު ވަރަށްވެސް ފުރިހަމައެވެ. ގަދަ ރަތް ކުލައިގެ ކަކުލާއިހަމަޔަށްދާ ހެދުމާއިއެކު ،ލައިގެން ހުރި ކަޅުކުލައިގެ ފަޔަށް ހިފާފައިހުރި ސްކިނީ ގެ ފައިކުރި މާކަޅުވާއާއި ހަމަޔަށް މައްޗަށް އަރުވާފައި ހުރިއިރު އެރީތި ދޮންދެފައިއެއޮތީ ރީތިކޮށް ފެންނާށެއެވެ. އެދިމާ ތަންކޮޅެއް ދުރުގައި ރާޅު ޖަހާފަށުގައި އިރުއަރާ މަންޒަރު ބަލާލަން އެހުރީ ޒިޔާ ފިޔަވައި ދެވަނަ މިހެއްނޫނެވެ.
މި ވަގުތު މިތަނުން ޒިޔާ ފެނުމުން ލޫތު ގެ ހައިރާންކަން އިތުރުވިއެވެ. ދުވަހަކުވެސް ޒިޔާ މިފަދަ ގޮތަކަށް ހުއްޓާ ލޫތުއަކަށް ފެނިފައެއްނުވެއެވެ. އަބަދުވެސް ފެންނަނީ އޭނާގެ އިސްތަށިގަނޑު ގަތާލާފައި އޮންނަތަނެވެ. އެހެންކަމުން ފުރަތަމަ ލޫތު ހީކުރީ ކޮންމެވެސް އެހެން ކުއްޖެއްކަމަށެވެ. ލޫތު ބަލާކަށްނުހުރެ ކުރިއަށް ދިޔައެވެ. ޒީޔާ ސިއްސުވާލުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނާއަށް ޒިޔާއާއި ދާދި ކައިރިއަށް ދެވުނު ތަނާ ފަސްއެނބުރި ބަލާލި އެވެ. އޭނާގެ ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑުއިވުނުހެން ހީވެގެންނެވެ. އެއާއެކު ޒިޔާއަށް ވެސް މިވީ ހަމަ ލޫތަށް ވީވަރެވެ. ކުއްލިއަކަށް ލޫތު ފެނުމުން އޭނާވެސް ހައިރާންވިއެވެ.
އެހެނަސް ޒިޔާގެ އެ ސަކަ މިޒާޖުން ލޫތު ސިއްސުވާލިއެވެ. ކުއްލިއަކަށް ގުދުވެފައި މޫދަށް އަތް ކޮއްޕާލުމަށްފަހު ލޫތުގެ މޫނާއި ދިމާއަށް ހޫރާލިއެވެ. ލޫތުހުރީ މިކަހަލަ ކަމަކަށް ތައްޔާރުވެގެން ނޫންކަމުން ޒިޔާ ގެ މި އަމަލުން ލޫތު ދިޔައީސިއްސައިގެންނެވެ. ޒިޔާ އޭ ކިޔާ ބާރަށް ގޮވާލެވުނެވެ. އެއާއެކު ޒިޔާގެ ލާނެތް ގޮތަކަށް ހީލަމުން ލޫތުގެ ކައިރިއަށް އައެވެ. ” މިއޮތް ފަތިހާ ހޭލައިގެން މިތަނަށް އަންނަންޏާ ވާނީ ތިހެން . ލޫތު މިގަޑީގައި ކީއްކުރަން މިތަނަށް ތިއައީ؟ ޒިޔާ ސުވާލު ކުރިއެވެ.
“ވަރަށް ރަނގަޅެއްނުން.. އެއްމެފުރަތަމަ ޒިޔާ ތިސުވާލަށް ޖަވާބު ދީބަލަ ..ނަސީބެއްނުން މަށަށް މިތަނަނަށް އާދެވުނު ކަން … އެހެންނޫންނަމަ ތި ރީތި ކުއްޖާ މީހަކު ވަގަށްގެންގޮސްފާނެ.. މިކަހަލަ ތަންތަނަށް ، މި ގަޑީގައި ޒިޔާ އެކަނިމާއެކަނި އަންނާކަށް ބިރެއްވެސް ނުގަނޭތަ ؟ މި ފަދަ ޒަމާނެއްގައި ތިކަހަލަ ރީތި ކުދިން އެކަނިމާއެކަނި މިފަދަ ތަންތަނަށް އައުމަކީ އެހާ ބުއްދިވެރި ކަމެއްނޫން..އަހެރެންވެސް ހީކުރީ ހަންޑިކުއްޖެއްކަމަށް.. ބިރުންމިހުރީވެސް..” …ވާއު! .. ބަލާބަލަ މިއޮއްރީތި ފަން އިސްތަށިގަނޑެއް.. ލާނެތް ހިނިތުންވުމަކާއިއެކު ވާހަކަ ދައްކަމުން ލޫތު ޒިޔާގެ އެ ފަށުވި ކޮޅެއްހާ މަޑު އިސްތަށި ގަނޑާއި ކުޅެލިއެވެ. ޒިޔާ ކުއްލިއަކަށް ކަމެއް ހަނދާންވީހެން އެއިސްތަށިގަނޑު އެއްކޮށްލަމުން އޮޅާލުމާއެކު ހުޅިއެއްޖަހާލިއެވެ. ލޫތު ހެވިފައި ޒިޔާއަށްބަލަހައްޓައިގެން ހުއްޓެވެ. ޒިޔާގެ މައުސޫމު ކަން ފެނިފައި ލޫތުގެ ހިތަށްއެރިއެވެ. ޔަގީނެވެ. އަދި ޒިޔާއަކަށް އަހަރެމެންގެ ދިރިއުޅުމަށް މިއަންނަން އުޅޭ ބޯވިލާގަނޑުގެ އެއްވެސް އަސަރެއްނުކުރެއެވެ. އެހެންނޫންނަމަ މިގޮތަކަށް އޭނައަށް ނުއުޅެވޭނެއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައިއޭނާގެ ޚިޔާލުތަށް އޭނާއަށް ކުރިމަތިވެފައިވާ މައްސަލައާއި ދިމާއަށް ދަތުރުކުރިއެވެ.”މިއީ ބޭބެ ލޫތުގެ ފަރާތުން އެދިލައްވާ އެންމެފަހުގެ އެދުން ކަންނޭނގެ”ލޫތުގެ ކަންފަތަށް އެޖުމްލަ އަލުން އަޑުއިވުނު ކަހަލައެވެ.
ކުއްލިއަކަށް ލޫތު އެދިޔައީ ސިއްސައިގެންވެ. ޒިޔާ ގޮވާލުމުންނެވެ. ކޮން ކަމަކަށް ގެއްލިފަ.. މިހާރު ހޭލާ ހުރެގެންވެސް ހުވަފެން ބަލަނީތަށް..؟ ޒިޔާ ލޫތުއާއި ވަރަށް ގާތުގައި ހުރެ ވާހަކަ ދެއްކިއެވެ. އިރުގެ ރަން ދޯދި އޭނާގެ އެ ދޮންމޫނަށް އެޅިފައިވާއިރު އެރީތިކަމަށް އިތުރުފުރިހަމަ ކަމެއް ގެނުވައެވެ. ލޫތު ޒިޔާގެ މޫނަށް ބަލާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ހިގާ ގެއަށްދާން ލޫތު ބުނެލިއެވެ.
ޔަގީނެވެ. ލޫތުގެ އެހާރަނގަޅެއްނޫނެވެ. “ކޮންމެވެސް ކަމެއްވެއްޖެއް..އަޅެ ބުނެބަލަ..!” ޒިޔާ ލޫތުގެ އަތުގައި ހިފާލަމުން ބުންޏެވެ. އަނެއްކާ މަލް އާއި ދެމީހުން މައްސަލައެއްޖެހުނީތަ ؟ޒިޔާ މަޑުމަޑުން އަހާލިއެވެ. ނޫން އެކަހަލަ ކަމެއް ނުވޭ.. ލޫތު ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. މިހާރު މާ ލަސްވެއްޖެ.. ދެންހިގާ ގެއަށް ދާން. ”
“އަދިވެސް ޒިޔާ މިތަނަށް ތިއައީ ކީއްވެގެންކަން ބުނެނުދެމެއްނުން.. ” ލޫތު އޭނާގެ ވާހަކަ ކިޔައިދޭން ބޭނުމެއްނުވިއެވެ. ޒިޔާ ހިނިތުންވެލާފައި ވާހަކަދައްކަން ފެށިއެވެ. “ގެއާއި އެހާކައިރިވީމަ އަބަދުވެސް ޒިޔާ މިތަނަށް އަންނަން.. ފަތިސްނަމާދު ކޮއްލައިގެން ކުޑާއްތައާއި އެކު ވަރަށްގިނައިން މިތަނަށް އަންނަން..އެކަމަކު މިއަދު މިއީ ޒިޔާ އެކަނި މިތަނަށްއައި ފުރަތަމަދުވަސް.. “ޒިޔާ ކުޑަކުއްޖަކުހެން ވާހަކަދެއްކިއެވެ. މިހާރު އޭލެވެލް ނިމިފައި ވިޔަސް އަދިވެސް ޒިޔާ އެކޭ ކުޑަކުއްޖެކޭ އެއްވެސް ތަފާތެއްނެތެވެ. ޒިޔާ އަކީ އޭނާގެ އުމުރުގެ މިވީ ހިސާބަށް ދިރިއުޅުމުގެ އެއްވެސް ކަމާކާއި އެހާ ސީރިއަސް ކޮށް ވިސްނާހަދާ ކުއްޖެއް ނޫންކަން ލޫތު ރަނގަޅަށް ދަނެވެ.
އަނެއްކާވެސް ޒިޔާ ވާހަކަދައްކަން ފެށިއެވެ.” ލޫތު ޒިޔާއަށް ފާރަލަނީ ދޯ..! ޒިޔާ އެކަނި އައި ފުރަތަމަ ދުވަހުވެސް ތިޔައައީވިއްޔަ ..! ދެން ހިގާދާން .. މިހާރު ކުޑާއްތަ ހުންނާނެ ޒިޔާ ދިޔަތަނެއްނޭގިގެން ކަންބޮޑުވެފަ. ކުޑާއްތަ ފާހާނައިގަ އުޅެނިކޮށް ނުވެސްބުނެ މިނުކުތީ .. ! ” ޒިޔާ ހީލާފައި ބުނެލިއެވެ. ލޫތު އާއި ޒިޔާ ވާހަކައިގައި ތިބެގެން ގެއާއި ދިމާލަށް ހިގައިގަތެވެ. ބަންދު ދުވަހެއްކަމުން މަގުމަތި ފެންނަނީ ވަރަށްވެސް އަމާންކޮށެވެ.
ޒިޔާ އާއިއެކު އެގެއަށް ދިއުމަށްފަހު ލޫތު ދެން ދިޔައީ ގެއަށެވެ. ހޮނިހިރުދުވަހަކީވެސް ލޫތު އަށް ރަސްމީދުވަހެކޭއެއްފަދައެވެ. އަލަށްހުޅުވި ފިހާރައިގެ ކަންތައްތަކުގައި މިދުވަސްކޮޅު އުޅެންޖެހެނީ ވަރަށް ބުރަކޮށެވެ. ލޫތު ފިހާރައަށްދިއުމަށްޓަކާ ތައްޔާރުވެލިއެވެ. އެވަގުތު މަންމަ އައިސް ސައިބޯން އަންނާށޭ ބުނެފައި ބަދިގެފަރާތަށް ދިޔައެވެ. ލޫތު އަނެއްކާވެސް މަންމަ ގެ އިތުރު ވާހަކަތަކާއި ކުރިމަތި ލާން ޖެހިދާނެކަމަށް ކުޑަގޮތަކަށް ސައިގެ ކަންތައްތައް ނިންމާލުމަށްފަހު ގެއިންނުކުމެ ސައިކަލަށްއަރާ ދުއްވާލިއެވެ.
ލޫތު އޮފީހަށްވަދެ އޭނާގެ ކެބިންއަށް ދިއުމަށްޓަކާ ލިފްޓާއި ދިމާއަށް ދިޔައެވެ. މިއީ ލޫތުގެ ނަސީބުގައި ލިޔެވިފައިވާ ގޮތްކަންނޭގެއެވެ. ލިފްޓުގެ ދޮރުމަތިން ލޫތުއާއި އެބައްދަލުވީ ދޮންބައްޕަ އާއިއެވެ. އެވަގުތު ދޮންބައްޕަވެސް މިހޯދަނީ ލޫތު ކަމަށް ބުންޏެވެ. ލޫތުގެ ހިތްތެޅިލިއެވެ. އަނެއްކާ ދޮންބައްޕަ މިއުޅެނީ ޒިޔާގެ ވާހަކަ ދައްކަންބާވައޭ ލޫތުގެ ހިތަށް އެރިއެވެ. ލޫތު ދޮންބައްޕައާއިއެކު އޭނާގެ ފަހަތުން ހިނގާލާފައި ގޮސް އެމަޑުކޮއްލީ މީޓިންގ ރޫމްގެ ދޮރުމައްޗަށެވެ. އަވަގުތު ދޮންބައްޕަގެ ފޯނު ރިންގްވާންފެށުމުން ފޯނުނަގާފަ ވަހަކަދައްކަމުން އެތެރެއަށް ވެދެ ގޮނޑީގައި ހަމަޖެހިއެވެ. ދޮންބައްޕަގެ ވާހަކަ ހުރިގޮތުން އެއީ މަންމަގެ ކޯލް އެއްކަން ލޫތު ދަނެގަތެވެ.އިރުކޮޅަކު ވާހަކަ ދެއްކުމަށް ފަހު މިހާރު ބައްދަލުވެއްޖެ އޭ ބުނެ ފޯނު ބާއްވައިފިއެވެ.
“ލޫތު . ކިހިނެތްތައް އަލަށް ހުޅުވި ފިހާރައިގެ ކަންތައްތަށް ކުރިޔަށް ދަނީ ؟ ލޫތުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލަމުން އަލީ ޔޫނުސް ވާހަދެއްކިއެވެ. އެއާއިއެކު ލޫތު ހިނިތުންވެލާފައި ބުންޏެވެ.” އިރާދަކުރެއްވިއްޔާ އަދި ދަނީ ރަނގަޅަށް.މިވީ ދެތިންދުވަސް ތެރޭ ގައި ހަމަ ވަރަށް ރަނގަޅު …” މިހާހިސާބަށް ވާހަކަދިޔަތަނާ ދޮންބައްޕަ ބުންޏެވެ. “އަސްލު ބޭބެ މިއަދު ބޭނުމެއް ނުވޭ ވިޔާފާރީގެ ވާހަކަ ދައްކާ ކަށް . ބޭބެއަށް އިނގޭ ލޫތު ބޭބެއަށްވުރެ މާރަނގަޅަށްވެސް ވިޔަފާރީގެ ކަންތަށްތަށް ކުރިޔަށް ގެންދާނެ ކަން . އަބަދުވެސް ބޭބެ ދެކެން ބޭނުންވަނީ ލޫތު ބޭބެގެ ހުރިހާކަމެއް ކޮށްދޭނެ ދުވަހެއް. މިއީ ބޭބެ އަށް ލޫތު އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް ކުރެވުނު އުއްމީދެއް . ދެން އޮތީ ބޭބެ ލޫތު ގެ ކިބައިން އެދޭ އެންމެފަހުގެ އެދުން . އެވާހަކަ ދައްކަން އަސްލުމިއަދު ބޭބެ ބޭނުންވަނީ.. ރޭގައި މަންމަ އެވާހަކަ ދައްކާފަދޯ އޮތީ ؟ ބޭބެ ގެ ދަރިފުޅު ޒިޔާ ގެ ވާހަކަ .” ދޮންބައްޕަ ހުރި ހާ ވާހަކައެއް އެއްފަހަރާ ދައްކާ ނިންމާލިއެވެ. އެއާއެކު ލޫތު މިކަމާއިމެދު ބުނަނީ ކީކޭތޯ އަހާލިއެވެ..
” ބޭބެ ! އަޅުގަނޑު ޒިޔާދެކެ ވަރަށްލޯބިވަން.. އަޅުގަނޑު ޒިޔާ ބަލަހައްޓާނަން . ދުވަހަކުވެސް އޭނާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން.” އެއަޑު އިވުމުން ދޮންބައްޕަ ހިނިތުން ވެލިއެވެ. ތިޔަ ދެކުދިން ބޮޑުވަމުން އައިދުވަސްވަރު އަހަރެންގެ ހިތަށްއަރާ ތިޔަކުދިންގެ މެދުގައި އެފަދަ ގުޅުމެއް އުފެދޭނެ ނަމައޭ..”
” އަޅުގަނޑަށް ޔަގީން ޒިޔާވެސް އަޅުގަނޑުދެކެ ވަރަށް ލޯބިވާކަން … އެކަމަކު ބޭބެ…… . ކައިވެނި ކުރާނީ ކިހިނެތް ؟ އަޅުގަނޑަށް ޔަޤީން ޒިޔާވެސް މިކަމާއި ދެކޮޅުހަދާނެކަން. ” ލޫތު މިހެން ބުނުމާއިއެކު ދޮންބައްޕަގެ މޫނު ގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
ދެކޮޅު ހަދާނެޔޭ ..! އަހަރެން ކުރިމަތީގައި ދެކޮޅުހެދުން ކަލޭމެންނަށް އޮތީ ކޮން ހައްޤެއް ؟ ލޫތު ގެންގުޅެ ތިވަރު ކޮށްފައި ތިހުރީދެވަނަ ކަމަކު ނޫން .. އަހަރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅައްޓަކާ.. ރަނގަޅު ފިރިޔަކު ހޯދައިދިނުމަށްޓަކާ..ލޫތު އަށް އެވަރު ނުވިސްނޭތަ ؟ ދޮންބައްޕަ ތަން ކޮޅެއް ބާރަށް ވާހަކަ ދެއްކިއެވެ. ލޫތު އެއްވެސް ޖަވާބެއްނުދީ އިސްދަށަށް ޖަހާލިގޮތަށް އިނީއެވެ. އަހަރެން ލޫތުގެ މަންމަ އާއި އިނީ ތިބުނާހެން ލޯބިވެގެނެއްނޫން … އެކަމަކު ބަލާބަލަ މިއޮއް އުޅެވެނީއެއްނުން.. ދުވަހަކުވެސް ދެމީހުން އަރާރުންވެ ޒުވާބު ކުރާތަނެއް ލޫތު އަށް ފެނުނުތަ ؟ ދުނިޔެގައި އަހަންނަށް އެންމެ މުހިއްމީ ޒިޔާ.. އެއީ ޒިޔާ ގެ މަންމަ ގެ ހަމައެކަނި ހަނދާން.” ދޮންބައްޕަ ދުރުބަލަހައްޓައިގެން ގެއްލިފައި ކަހަލަގޮތަކަށް އިދެ ވާހަކަދެއްކިއެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު އަނެއްކާވެސް ވާހަކަދެއްކިއެވެ. އަހަންނަށް އެންމެ ފުރަތަމަ ލޫތު ފެނުނު ދުވަހުވެސް ހިތަންއެރި ، އަހަރެންގެ އަންހެން ދަރިފުޅާއި ހަވާލު ވާނޭ ފަރާތެއް ލިބިއްޖެއޭ.. އޭރު ލޫތު ވަރަށްކުޑަ…”
ލޫތުއަށް ބުނާނެ އިތުރު އެއްޗެއް ނުވިސްނުނެވެ. އޭނާ އަށް ނޭނގި މާކުރިންވެސް މިކައިވެނި މިއޮތީ ހަމަޖެހި ނިމި ފައެވެ. ކުރިން އެކަން އެގިފައި އޮތްނަމަ އޭ ލުތުގެ ހިތަށްއެރިއެވެ. …. މަލްހާ ގާތު އޭނާގެ މިމަޖުބޫރީ ހާލަތު ކިޔައިދޭނީވެސް ކިހިނެތް ހެއްޔެވެ.؟ މިއީ ދޮންބައްޕަ އޭނަ ބަލާބޮޑުކުރުމުން އެކަމުގެ އަގު އަދާކުރަން ޖެހޭ ގޮތް ބާވައެވެ.؟ މަލްހާ މަތިން ހަނދާންވުމާއިއެކު އިތުރަށް ލޫތުގެ ބޯ ހާސްވިއެވެ.
މަދަމާ އަހަރެން ޒިޔާއާއި މިވާހަކަ ދައްކާނަން… އަހަރެން ޔަޤީން ކުރަން ލޫތު މިކަމާއި ދެކޮޅު ހަދަން ޒިޔާ އަށް ހިތްވަރު ނުދޭނެކަމަށް… ދޮންބައްޕަ މިހެން ބުނެފައި ތެދުވަމުން ބުނެލިއެވެ. ލޫތުވެސް އެގަޑީގައި ގޭގައި ހުންނާނެ ކަމަށް އުއްމީދު ކުރަން. …………………………..

3

7 Comments

 1. aloo

  August 25, 2017 at 11:41 am

  wooooooooow…vvv reethi…waiting for the next 🙂 🙂

 2. reader

  August 25, 2017 at 12:01 pm

  vaa loabi engeynama kalaa mi ?. change the story name too

 3. Greeny

  August 25, 2017 at 12:20 pm

  Me first dhw

 4. ???

  August 25, 2017 at 12:44 pm

  Nice bt I think name story as gulhey hen mibuny kuriyah vara gotheh neygey thee mi story belong to xiyaa so reader iny mivagutha ekani visnaafa then u know what to do if I want change so change I think xiyaa is better waiting for nxt part

 5. ❤❤❤

  August 25, 2017 at 8:33 pm

  Meege hurin vaahakayah film hadhanee mifaharu miyothee film balaagen vaahaka liyefa.. varah fake..

 6. click a shot ?

  August 25, 2017 at 8:56 pm

  Varah salhi mi part ves…waitting for next part

 7. Aish

  August 25, 2017 at 9:03 pm

  Mee vaaloabi egeynama kalaa e flim balaan liyaa storyeh fake dhn dho

Comments are closed.