Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޒިޔާ…10

Nax Level 110 Stories
September 4, 2017 3 Mins Read
6 Comments

މާދަމާ އަހަރެން ޒިޔާއާއި މިވާހަކަ ދައްކާނަން… އަހަރެން ޔަޤީން ކުރަން ލޫތު މިކަމާއި ދެކޮޅު ހަދަން ޒިޔާ އަށް ހިތްވަރު ނުދޭނެކަމަށް… ދޮންބައްޕަ މިހެން ބުނެފައި ތެދުވަމުން ބުނެލިއެވެ. ލޫތުވެސް އެގަޑީގައި ގޭގައި ހުންނާނެ ކަމަށް އުއްމިދު ކުރަން.  …………………………..

ލޫތު ވިސްނާލިއެވެ. ދެންހަދަންވީ ގޮތަކާއިމެދު އެވެ. އޭނާގެ ލޯބި ޤުރުބާން ކުރަންވީ ބާވައެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާ އަށް ހޮވަން މިޖެހުނީ އެއްބަނޑު އެއްބަފާ ކޮއްކޮ އެއްފަދަ ޒިޔާ ހެއްޔެވެ. ޒިޔާ އާއި ދިމާލަށް އަންބެއްގެ ނަޒަރުން ބަލާކަށް ދުވަހަކުވެސް އޭނައަށް ނުކެރޭނެ ކަން އޭނާއަށް ޔަޤީނެވެ.  ލޫތު އެ އުއްމީދު ކުރަނީ ޒިޔާވެސް މިކައިވެންޏާއި ނުގަބޫލު ވާނެ ކަމަށެވެ. ލޫތު ނިންމީ އެވާހަކަ ވީހާވެސް އަވަހަކަށް ޒިޔާ ގާތު ދެއްކުމަށެވެ francepharmacie.fr. އެއަށްވުރެ ރަނގަޅުގޮތެއް ދެން އެނާއަކަށް ނުވިސްނުނެވެ. އެހެންވެ ލޫތު ދެފަހަރަކަށް ޒިޔާގެ ފޯނަށް ގުޅާލިއެވެ. ނަމަވެސް ޒިޔާގެ ފޯނުވަނީ ނިއްވާލާފައެވެ. ލޫތު ކަންބޮޑުވިއެވެ.

އިރުކޮޅަކުން ޒިޔާ ލޫތުއަށް ގުޅިއެވެ. އަދިވަރަށް އަވަހަށް އެގެއަށް އައިސް ދިނުމަށް އެދުނެވެ. ޒިޔާ އަށް އޮފީހުން ގުޅިވާހަކަ އާއި އޭނާ އިންޓަވިއުށް  ދާންޖެހޭ ވާހަކަ ބުނެ، ފޯނު ބާއްވާލިއެވެ.

ލޫތު ކުޑައިރު ކޮޅަކުން ޒިޔާ އުޅޭގެއަށް ދިޔައެވެ.  އެގެ އާއި ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު ޒިޔާ އައިސް ސައިކަލުގެ ފަހަތަށް އަރާ ހަމަޖެހިލިއެވެ.  ޒިޔާހުރީ  ހިތް އަވަސްވެ ފައެވެ. އަލަށް އިންޓަވިއުއަކަށް ދާންޖެހުނީމައެވެ. އެހެންކަމުން ލޫތު ޒިޔާގެ ހިތްހަމަޖައްސައި ދެވޭތޯ ބެލިއެވެ. ކުޑަގޮތަކަށް އާއްމުކޮށް އިންޓަވިއުތަކުގައި ކޮށްއުޅޭސުވާލުތަށް ކިޔައިދިނެވެ.

” ފެމެލީކެއަރ” ކްލިނިކުގެ ދޮރުމަށްޗަށް ސައިކަލު މަޑުކޮށްލުމާއިއެކު ޒިޔާ އެތެރެއަށް ވަނެވެ. އެތަނުން ޒިޔާގެ ކްލާސްއެހެން ކުއްޖަކާއި ދިމާވުމުން ލޫތު ދެންދިޔަޔަސް ރަނގަޅުވާނެކަމަށް ބުނެފައެވެ.

އޭގެ އަނެއްދުވަހެވެ. ލޫތު އޮފީސް ނިންމާލުމަށްފަހު ގެއަށްއައީ ދެޚިޔާލެއްގައިހުރެގެންނެވެ. އޭނާ ވަދެގެން އެދިޔަގޮތަށް ދިޔައީ ބަދިގެ ފަރާތަށެވެ. ދޮންބައްޕައަށް ނުފެނި އަވަހަށް ކާލައިގެން ދާން ޚިޔާލުކޮށްގެންނެވެ.

ކާމޭޒު ދޮށުގައި ޒިވާ އަށް ކާންދޭން ޒިޔާ އިންތަން ފެނުމުން ލޫތު ދޮރުމައްޗަށް ހުއްޓުނެވެ. އެއީ ޒީވާ ގެ އާދައެވެ. ޒިޔާ އެގެއަށްއައިސްއުޅޭދުވަސްދުވަހު ޒިވާ ކާންބޭނުންވާނީ ދޮންތިއަތުންނެވެ.

ކުރީދުވަހު އޭނާގެ ދޮންބައްޕަ އެދެއްކީ ސަމާސާ ވާހަކައެއް ނޫންކަން ލޫތުއަށް ޤަބޫލުކުރެވުނެވެ. ”އެއޮއް އައީ ދޮންބެ ، ޒިވާ މިހެންބުނެލުމާއިއެކު ޒިޔާ އެބުރި ބަލާލިއެވެ. އަދި އިންތަނުން ތެދުވިއެވެ. ” ބައްޕަ އެބަހޯދާ ލޫތު ” ޒިޔާ ބުނެލިއެވެ. ލޫތު ޒިޔާގެ މޫނަށް ބަލާލިއެވެ. އޭނާއަކަށް އެއްވެސް ބަދަލެއް އައިސްފައިވާހެނެއް ހިޔެއްނުވެއެވެ. ޒިޔާ ގާތު އަދި އެވާހަކަ ނުދައްކަނީކަން ލޫތުއަށް ޔަޤީންވިއެވެ.  ” ހިނގާ ބަލަ ! ” ޒިޔާއައިސް ލޫތު އާއި އަރާހަމަވިއެވެ. ” ކޮބައިތަ މަންމަ ؟ ވަރަށްބަނޑުހައި ވެގެންނޭ މިއައީ !” ލޫތު ބެލީ ނުގޮސް ވޭތޯއެވެ.

“ވެއްޖެ ކޮޓަރީގަ ، ލޫތުއާއިވަރަށް ބޮޑު ވާހަކައެއް ދަށްކަން ވެގެންނޯ. އިހަށް ހިގާބަލަ އެއީ ކޮންވާހަކައެއްތޯ ބަލަން،” ޒިޔާ އައިސް ލޫތުގެ އަތުގައި ހިފައި ދަމައިގަތެވެ. ލޫތު ޒިޔާގެ ފަހަތުން ގޮސް އެކޮޓަރީގެ ދޮރު މައްޗަށް އެރިއެވެ. އޭރު އޭނާގެ ދޮންބައްޕަ އިނީ އެދުމަތީގައި އިށީނދެގެންނެވެ. އޭނަގެ މަންމަ އެތާކުނެތެވެ. ޒިޔާމެން ފެނުމާއިއެކު އެތެރެއަށް ވަނުމަށް އެދުނެވެ. ލޫތު ވަންގޮތަށްވަދެ އެތާ އެނދުކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. ޒިޔާ އިށީނީ އޭނަގެ ބައްޕަގެ ކައިރީ އެނދު މަތީގައެވެ.

” ދަރިފުޅާ ” އަލީޔޫނުސް އޭނާގެ އަންހެން ދަރިފުޅާއިދިމާއަށް ބަލާލިއެވެ. “ބައްޕަ މިހާރު އެންމެ ދެކެން ބެނުންވަނީ ދަރިފުޅު މީހަކާ އިދެގެން ދިރިއުޅުމެއް ފަށާތަން، ” މިޖުމްލަ އަޑުއިވުމާއިއެކު ޒިޔާ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ބައްޕަ މިފަދަ ވާހަކައެއް ދައްކަފާނެއޭ އޭނާ ފަހަރެއްގައިވެސް ޚިޔާލެއްނުކުރެއެވެ. ޒިޔާ ކަންބޮޑުވެފައި ލޫތުގެ މޫނަށް ބަލާލިއެވެ. ލޫތު އިނީ އިސްދަށަށް ޖަހައިގެންނެވެ.  ” ބައްޕަ ނޭދެން ދަރިފުޅު ކޮންމެ ކޮންމެ މީހަކާއި ، އިދެގެން މުޅިދިރިއުޅުން ބަރުބާދުކުރާކަށް….. އަލީޔޫނުސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

” އެކަމަކު… ބައްޕާ..! އަދި ކިޔަވަން ބޭނުން….! ޒިޔާ ބުނެލިއެވެ…..   ކުޑަ އިރުއްސުރެން މޮޅު ޑޮކްޓަރަކަށް ވުމަށް އުއްމީދުކޮށްގެން ކިޔެވި ކިޔެވުން މިހާހިސާބުން ހުއްޓާލާކަށް އޭނާ ބޭނުމެއްނުވެއެވެ. ” މީހަކާއި އިނަސް ކިޔަވަން ދެވިދާނެ ! ބައްޕަ ނުއުޅެން ކޮންމެހެން ދަރިފުޅުގެ ކިޔެވުން ހުއްޓުވާކަށް.. މިހާރުވެސް ޒިޔާ އަށް އެއޮތީ އޮސްޓްރޭލިޔާގެ “ޔުނިކާރސަލް ޔުނިވަރސިޓީ” އިން މެޑިސިން ދާއިރާއިން ކުރިއަށް ދިއުމަށް ފުރުސަތު ލިބިފަ ކަން ބައްޕައަށްވެސް އިނގޭ! އެކަމަކުމިވެސް ވަރަށް މުހިއްމުކަމެއް…   މުޅިއުމުރުދުވަހަށް ގެންގުޅޭނެ ރަނގަޅުފިރިއަކު ހޯދުން މާބުއްދިވެރި …ޒިޔާ އަށް ވިސްނާދޭންބައްޕަ މަސައްކަތް ކުރިއެވެ. ބައްޕަ ދުނިޔެގައި ހުއްޓާ ދަރިފުޅު މީހަކާއިއިނދެގެން ރަނގަޅު ދިރިއުޅުމެއް އުޅޭތަން ދެކެންބޭނުން.” އަލީޔޫނުސް ލޫތުއާއި ދިމާލަށް ބަލާލަމުން ވާހަކަދެއްކިއެވެ. އޭރުވެސް ލޫތު އިނީ އިސްދަށަށް ޖަހާލައިގެން ހަމަހިމޭނުންނެވެ.

ޒިޔާ ނުތަނަވަސް ވިއެވެ. އޭނާ އިތުރަށް ކިޔަވަން  ޚިޔާލު ކޮށްފައިވާތި އަދިމިހާތަނަށް  ލޯބީގެ ކުޅިގަނޑު ފަށާފައެއްނުވެއެވެ. އޭނާ ބައްޕައަށްދޭނެ އިތުރު ޖަވާބެއް ނުވިސްނުނެވެ. ޒިޔާ ވަށްކަޅިން ލޫތުއާއިދިމާލަށް ބަލާލިއެވެ. އޭނާގެ ދިފާއުގައި  އެއްވެސް އެއްޗެއް ބުނޭތޯއެވެ. ޒިޔާ އުއްމީދު ކުރީ ލޫތު އޭނާގެ ދިފާއުގައި ކޮންމެވެސް އެއްޗެއް ބުނާނޭ ކަމަށެވެ. އެހެނަސް  ލޫތު އިސްއުފުލާ ބަލާވެސް ނުލިއެވެ. ” އަދި މީހަކާއި އިންނަން ޚިޔާލު ނުކުރާތީ  ރަނގަޅު މީހަކާއި ދިމަލެއްވެސް ނުވޭ.”ޒިޔާ ވަރަށް ލަދުން ހުރެ ވާހަކަދެއްކިއެވެ. އެވަގުތު ޒިޔާގެ ދޮންމަންމަ ބޭރުންއައިސް އެކޮޓަރިއަށް ވަނެވެ. ޒިޔާ އަށްދެން އެއަށްވުރެ އެކަށޭނެ މީހެއްކޮބާ؟ ދޮންމަންމަ ޒިޔާގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ. އެތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. ދޮންމަންމަ ޒިޔާ ކައިރީ އެނދުގައި އިށީނެވެ. އެވަގުތު ޒިޔާ ހައިރާން ކަމާއިއެކު ބައްޕަގެ މޫނަށް ބަލާލިއެވެ.

” ދަރިފުޅާ ! ބައްޕަ ނުހަނު އޯގާތެރިކަމާއިއެކު ބުނަންފެށިއެވެ. ބައްޕަ މެން އެދެނީ ދަރިފުޅާ  ލޫތު އާއި ދެކުދިން ކައިވެނިކުރަން. ޒިޔާއަށް ލޫތުއާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު ލޫތުވެސް އިސްއުފުލާ ޒިޔާއާއި ދިމާލަށް ބަލާލިއެވެ. ޒިޔާ ގާތަށް ހިނިއަންނަން އުޅުނެވެ. ” ލޫތު އޭ ! އަހަރެން ދެކެނީ އެއީ ހަމައެއްބަނޑު އެއްބަފާ ބޭބެއެއްކަމަށް. ޒިޔާ ބުނެލިއެވެ.

” ކްންމެ ގޮތެއްވިޔަސް ތިއީ ހަމަ ކައިވެނި ހެޔޮވާ ދެކުދިންނެއްނު.”

 

 

 

Share Article

Follow Me Written By

Nax

Level 110 Stories

Other Articles

Previous

އަވްލީން (5 ވަނަ ބައި)

Next

އަގެއްނެތްލޯބި 8 ވަނަ ބައި

Next
September 4, 2017

އަގެއްނެތްލޯބި 8 ވަނަ ބައި

Previews
September 4, 2017

އަވްލީން (5 ވަނަ ބައި)

6 Comments!

  1. Shaina says:
    September 4, 2017 at 1:31 pm

    Haadha kurey ekamaku. Ehaa gina dhuvas kohfa up kuri irugaves ehaa kurukohn. Vrh kiyaa hithun kee story eh mee. Ekam mihaa kuru v ma vrh foohi. Next part dhigu kohlan feney nd avas kohladhehchey

  2. Nax says:
    September 4, 2017 at 4:01 pm

    Thanks….thihaa kiyaahithun kiyaathee ….iraadhakurehviyyaa next part dhigukoh up kuraana

  3. reader says:
    September 4, 2017 at 7:32 pm

    VAALOABI ENGEYNAMA KALAA COPY EH MI!hama same thing

  4. Ziyaa says:
    September 4, 2017 at 8:23 pm

    ha ha mavesh bunan miulheny hama thihen ” vaa loabi engey nama ” copy kohffa ea miothy

  5. Aish says:
    September 4, 2017 at 11:50 pm

    Dho

  6. ??? says:
    September 5, 2017 at 11:33 am

    Miii hama vaalobi egey nama kalaa film hama thafaatheh neh kamaku nudhey ?

Comments are closed.


All Right Reserved!