ގޮއްޔެ (ބާބު2) ހަތަރުވަނަ ބައި
މިއަދު އެހެން ދުވަސް ދުވަހާއި ޚިލާފަށް ސަލްމާ ބޭނުންވީ އިރުކޮޅަކު އެނދުގައި އޮށޯވެލާށެވެ. ރޭގެ ނިދި ނުލިބުމުގެ އިތުރުން ފަހުދުގެ ޚިޔާލުތަކުން އަދިވެސް އެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. އެނދުގައި ހަަމަ ޖައްސާލުމާއެކު ވަރަށް ފަސޭހައިން ނިދިއްޖެއެވެ.
***********
އޮފީހުގެ ކަންކަން ނިންމާލާފައި ނަސީރު އާންމުކޮށް ގެޔަށް ދަނީ މެންދުރު ކާށެވެ. މިއަދުވެސް ބަރާބަރު ދޭއް ޖެހި އިރު ނަސީރު ކާގޭގައި އެއިނީ މެންދުރު ކާށެވެ. އެކަނި މާ އެކަންޏެވެ. ކައިރީގައި ހުރި ރޭޑިޔޯއިން ދިވެހިރާއްޖޭގެ އަޑުން ޚަބަރު ކިޔާއަޑު އިވިއިވި ހުއްޓެވެ. ސުފުރާމަތީގައި އެކަކަށް ވާވަރަށް ފަރުމަހު ރިހަޔާއި ފިޔާ ސަޓަންޔާ ބޮޑުހަނޑުލުގެ ބަތްތައްޓެއް ހުއްޓެވެ. މަޑުމަޑުން އިނދެ ކައި ނިންމުމަށް ފަހު ފެން ބޮއެގެން އަތްދޮވެލިއެވެ. ދެން ކައިގެން ވާޅުފިލުވާލުމަށް ގޮސް ޅޮސްގަހު ބުޑުގައި ހުރި ޖޯލިފަތީގައި އޮށޯވެލިއެވެ. އިރުކޮޅަކުން ފެނުނީ އެގެޔަށް ކައްކައިދޭން އައިސް އުޅޭ ޝަރީފާ ފޯއްތަބަކެއް ހިފައިގެން އައިސް ހުއްޓެލި ތަނެވެ. ނަސީރު އެއިން ދުފާނެ ވަރަކަށް ދުފަންދެން ޝަރީފާ ނަސީރަށް އެ ތަބަށް ދިއްކޮށްގެން ހުއްޓެވެ، ދެން އެ ހިފައިގެން ދާން ހިނގައި ގަތް ތަނާ ނަސީރުގޮވާލިއެވެ. “ޝަރީފާ…ނިކަން އައިސް ބަލަ”
ޝަރީފާ ހުންނަނީ އަބަދުވެސް ނަސީރުގެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށެވެ. ހިތާރުހުމުން ދެލޯދޭންވެސް ތައްޔާރެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ނަސީރަކީ ރަށުުގައިވެސް ހުރި އެންމެ ކެރޭ އެކަކެވެ. އޭނާ އެކުރާވަރަށް ވިޔަފާރި ކުރެވޭނެ މީހަކު މުޅި އަތޮޅަކުވެސް ނުހުންނާނެއެވެ. ރަށުގެ ކަތީބުކަމާ ހަވާލުވިފަހުން ވެސް ޅަފުރައިގެ އަންހެން ކުދިންގެވެސް ނުސީދާ ބަސްތައް ނަސީރަށް ރައްދުވެއެވެ. މިޒަމާނުގެ އަންހެންކުދިން ފިރިހެނުންނަށް ބަސްބަހުން ޖަހާލަންވެސް އެއްވެސް ޖެހިލުމެއް އަޅެ ނުވޭ ވިއްޔާއެވެ. އުމުރުން ފަންސާހާ ގާތްވެފައި ހުއްޓަސް މީހާ ބަލާލާފައި އަދި ސާޅީސްވެސް ނުވާނެޔޭ ބުނާހާ ޖާނުހުރި ބާމަތި ފުޅާ ރީތި އޮމާ މީހެކެވެ. އުޅުން ހުރި ހަރުދަނާ ފިރިހެކެވެ. ޝަރީފާ ނޫނަސް ކިތައްމެ އަންހެނަކު ނަސީރަށް ޖާނުދޭން ތައްޔާރެވެ. އެހެން ނަމަވެސް ނަސީރަށް ހުންނަނީ ކިހިނެތް ވެފައިބާވަޔޭ މިވެރިން ހިތައް އަރައެވެ. ދެންމެވެސް ނަސީރު ގޮވާލި ގޮތާ އެބަލާލިގޮތަކުން ޝަރީފާ ދެފައިކޮޅި ދިޔައީ ފިނިވެގެންނެވެ. އަތުގައި އޮތް ފޯއްތަބައް އެއްލާނުލެވުނީ ހަމަ ކިރިޔާއެވެ. މިއިން ކަމެއް މޫނުމަތިން ނުދައްކާވޭތޯ ބަލަމުން ނަސީރާދިމާލަށް އެނބުރިލިއެވެ. އަދި އެބުނަން އުޅޭ އެއްޗަކަށް ސަމާލުލުވެލިއެވެ.
” ޝަރީފާ އެކޮއެ ކިހިނެތް ތަ މިހާރު؟” ޝަރީފާއަށް ކުއްލިއަކަށް ‘އެކޮޔެ’ އެއްގެ ވާހަކަ ބުނުމުން އެބުނީ އުފަންދަރީގެ ވާހަކަ ކަންވެސް ހަނދާނުން ކައްސާލިއެވެ. ޝަރީފާއަށް ނަސީރު ބުނިއެއްޗެއް ނޭގުނޭ ހިތާ އަނެއްފަހަރު ނަސީރު ބުނެލިއެވެ.
“ޝަރީފާގެ ދަރިކޮއެ ކިހިނެތްހޭ، އިހަށް ދުވަހަކު ބުނީމެއްނުން ހުމާއޭ އޮތީ؟”
“އާނ…އޭނަ ދޯ! މިހާރު ހުންމައިތިރިވެއްޖ.ެއެކަމަކު އަދިވެސް ކަރުގަ ރިއްސަޔޯކިޔާ. އެދެން އެހެން ވާންނުން ، އެހާ ގަދައަށް ހުން އައީމަ”
” އާނ…އެހެންވާނީ….ދެން އެހެންވިއްޔާ އެކޮޔަށް ދީބަލަ ލުބޯހުތާ މާމުޔާއެއްކޮށްފަ، އެއީ ނިކަން ރަގަޅު އެއްޗެއް، ދެތިން ތިކި ހުތް ޖަހާލާނީ، އިރާދަކުރެއްވިއްޔާ ތިކަން ރަގަޅުވެދާނެ”
ނަސީރުދިން އިރުޝާދު ހަނދާނުގައި ބަހައްޓަން އިތުރު މަސައްކަތެއް ކުރާކަށް ޝަރީފާއަކަށް ނުޖެހޭނެ އެވެ. ނަސީރުގެ ކޮންމެ ކަމެއް ޝަރީފާގެ ހަނދާނުގައި އަބަދުވެސް ރައްކާކުރެވިފައި ވާކަހަލަ އެވެ. ކަތީބުގެޔަށް ކައްކާނެ މީހަކު ހޯދަން އުޅެން ފެށުމުން ވެސް އެންމެ ފުރަތަމަ އެކަމަށް ކުރިމަތިލި މީހަކަށް ޝަރީފާވާނެއެވެ. މީހަކާ އިނދެ ދަރިއެއްލިބުމަށް ފަހު ހުވަފަތްވެފައި އިން އަންހެނަކަށް ފިރިހެނެއްގެ ފަހަތުން ދުވެވޭނީ ދެން މިހާކަށް ވަރަށެވެ.ރަށުމީހުން ތުންތުން މަތިން މިވާހަކަ ދައްކާއުޅުނެއް ކަމަކު ޝަރީފާއަކަށް ފަރުވާލެއް ނެތެވެ. އެހެނެއް ކަމަކު އެއީ އޭނާ އުފާކުރާ ކަމެކެވެ. އެކަމަކު އެއީ ސިއްރުން ނެވެ. ހިތުގެ އެންމެެ ފުނުން އުފާކުރަނީ އެވެ. މީހުނަށް ދައްކަނީ މުޅިން އެހެން މޫނެކެވެ.
އިރުކޮޅަކު ނަސީރު ކުރިމަތީ ޝަރީފާ ހުއްޓިލައިގެން ހުރީ އިތުރު އެއްޗެއް ބުނޭތޯއެވެ. އެހެން ނަމަވެސް އިތުރު އެެއްޗެކޭ ނުބުނުމުން ދާން ހިގައި ގަނެފައިވެސް އަނެއްކާ ޚިިޔާލް ބަދަލުވެގެން ހުއްޓިއްޖެއެވެ. ނަސީރާއި ވާހަކަ ދައްކާލާން މިޔަށް ވުރެ ވަކިން ރަގަޅު ފުރުސަތެއް ނުލިބޭނެޔޭ ހިތްބުނީތީއެވެ.
“މިފަހަރު މިރަށުގައި އެއްވެސް ކުޅިވަރެއް ނޯންނާނެތޯ؟ އަންހެނުންގެ ކޮމެޓީން ބުނި އެމީހުން ގެ ބަނޑިޔާ ގުރޫޕް ކުޑަހުވަދޫއަށް ދާވާހަކަ” ޝަރީފާ ސިކުނޑިއަށް އެންމެ އަވަހަަށް ނަގައި ގަނެވުނު މަޢުޟޫއާއި ގެން ވާހަކަ ފެށިއެވެ. ނަސީރު ކުރިމަތީގައި ހުއްޓި ހުންނައިރު ސިކުނޑިވެސް މަސައްކަތް ކުރާލެއް ލަހީއެވެ.
” އާނ… މިފަހަރު އެރަށުން ދަޢުވަތު ލިބިފައޮތީ….މިކޮޅުގަ މާކަ ބޮޑުކަމެއް ކުރާކަށް އެއުޅޭ ޒުވާނުންނެއް ނުވިސްނާ، އަތޮޅު ފުޓުބޯޅާ އޮތީމަ އެކަމާއިގެން އެމީހުން އެއުޅެނީ. ދެން ޝަރީފާމެންވެސް ކަމެއް ރާވަބަލަ. މިއޮތީ ބޮޑުޢީދުވިއްޔާ، ރަށުގަ ކޮންމެވެސް ކަމެއްކޮށްލަންވާނުން..” ނަސީރުގެ ދުލުކުރީގައި އެއްބައި އޮއްވާ ޝަރީފާ ފެއްޓިއެވެ.
“ލައްބަ ލައްބަ މިއަދު ހަމަ މިހާރު އަޅުގަނޑު ތިޔަކަމާ އުޅޭނަން. އަޅުގަނޑު ބުނީމަ އެއުޅޭ މަރީނާ މެނަށް ވެސް ނުކޮށެއް ނުވާނެ، އަޅުގަނޑު ބުނެފާނަން ބަށި މުބާރާތެއް ބާއްވަން، ދެވައަށުދެމެދު، ކިހިނެތް ވާނެ މިގޮތް؟” ޝަރީފާ ނިކަންޖޯޝުގައި ވާހަކަ ދައްކަންފެއްޓެވެ. އެހެން ނަމަވެސް ނަސީރު ބޯޖަހާލާފައި ކުރިޔަށް ގެންދާށޭ ބުނގޮތުް އިތުރަށް ވާހަކަ ނުދައްކާ ޝަރީފާއަށް ޖެހުނީ އެތަނުން އެއްކައިރިވެލާށެވެ.
******
ބޮޑުޢީދުގެ ކަންކަން މާލޭގައިވެސް މިއަހަރު ވަރަށް ކުލަގަދަ ކޮށް ފާހަގަކުރުމަށް ސަރުކާރުންވެސް އެތައްކަމެއް ރާވަމުން އެބަގެންދަވައެވެ. އާ ސާސްކަފެއް ގެ ފެށުމާއި ދިމާކޮށް މުޅިއަހަރަށް ދެމިގެންދާނެހެން އެތައް ކަމެއްރޭވިފައި އެބަހުއްޓެވެ. މާލޭ އާބިދާހިޔާގެ އާއިލާވެސް ޢީދުފާހަގަ ކުރަން ރާވާފައިވެއެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު އެމީހުން ނިންމީ ރާއްޖެތެރޭގައި ޢީދު ފާހަގަ ކުރާ ގޮތް ބަލާލާ އެކުދިންގެ ބޮޑުބޭބެ ސުލައިމާނާއެކު ވަގުތު ކޮޅެއްހޭދަކޮށްލާށެވެ. ދ.ކުޑަހުވަދޫއަކީ ސުލައިމާނުގެ އުފަންރަށް ނޫނަސް އެރަށުގައިއުޅެ ފަންސަވީހަކަށް އަހަރުވެފައިވާރަށެކެވެ. ރަށުލޯބިޖެހިފައި އޮތް ތަނެވެ. އޭނާގެ އަނބި ފާތުމަތުއާއި އިންފަހުން އުޅެމުން ދަނީ ކުޑަހުވަދޫގައެވެ. އެމީހުންގެ ފަސްދަރިން މިހާރު މީހުނާ އިނދެ އަމިއްލަ ދިރިއުޅުން ފަށައިފިއެވެ. ދޮށީ ދެދަރިންނަށް ދަރިން ލިބިއްޖެއެވެ. އެކުދިން ވަކި ގެޔެއްގައި އުޅުނަސް ވެސް މަންމަޔާއި ބައްޕަގެ ކަންކަން ނުހަނު ގާތުން ބަލާހަދައެވެ. ދުވާލަކު އެއްފަހަރު ނަމަހީވެސް އެއިން ކޮންމެ ކުއްޖެއްވެސް މަންމަމެން އުޅޭގެޔަށް ވަދެލާނެއެވެ. އެގެޔަކު ކާންހުންނަ އެއްޗެއް ވިއްޔާ މަންމަގެޔަށް ގެނެސްދީ ހަދާނެއެވެ. ރަގަޅު ތަރުބިއްޔަތެއްގައި ބޮޑުކޮށްފައިވާ ރަގަޅު ދަރީން ތަކެވެ. ސުލައިމާނުގެ އާއިލާއަކީ ރަށުގެ ނިސްބަތުން ކިޔަންޏާ ތަނަވަސް އާއިލާއެކެވެ. ފާތުމަތުގެ ކަމަކީ ކުޑަކުދިންނަށް ޤުރުއާން ކިޔަވާދިނުމެވެ. އެއީ އެކުދިންގެ އިދުރުދައިތައެވެ. ދެމަފިރިން މިހާރު މާކަބުރަކޮށް އުޅޭން ނުޖެހުނަސް ދަރިންނަށް މުޅިން ބަރޯސާވާން ބޭނުން ނުވާތީ ކޮންމެވެސް ކަމެއް ކޮށްލަނީއެވެ. ސުލައިމާނުވެސް ރަށުމީހުން ބުނެލަނިކޮށް އަގަށް ތަންތަން ރާނާދީ އުޅެއެވެ.
ސުލައިމާނު މިދެތިން ދުވަހަކު އުޅެނީ ނިކަން އަވަދި ނެތިއެވެ. އެގޭ ގޯތިތެރޭގައި ފުންޏަކަށް ޖަހާފައިވާހުރި ވެލިބަސްތާތަކެއް އެތަނުން ނަގާ އެތަން ހުސްކުރުމުގައެވެ. އެދިމާލުގައި ޖޯލިފައްޗެއް ބަހައްޓާލާ އެތަން ތަންކޮޅެއް ހިތްފަސޭހަ ކޮށްލާން ވިސްނަނީ އެވެ. ފާތުމަތުވެސް އިހަށްދުވަހު އޮތީ އެވާހަކަ ދައްކާފައެވެ. މާލޭކުދިންނަށް ކަމުދާނެހެން ގޭތެރެ ތަރުތީބުކުރަން ބޭނުންވަނީއެވެ. އެކުދިންނަށް ރަށުގެ މާހައުލަކީ ހިތްފަސޭހަތަނަކަށް ހަދައިދޭން ފާތުމަތު ބޭނުންވެއެވެ. އެކުދިން އެރަށަށް އެއަންނަނީ އަލަށެވެ.ރަގަޅު މަރުޚަބާއެއް ކިޔާންވާނެތާއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.


SJKI.. M
v salhi.. eid annany dhw mi story aai eky. really excited to know kuree zamaanuga eid faahaga kuraa goiy 🙂
alheyyy marooon. knme faharakuvx eba hoadhaa ehvana 🙁 heheh .. mifaharuvx SJK akah nulibunu!! 😉 😀
Maroon abadhu inany mi story up veytho balabalaa..ehenvyma first libeynenun…hehe??
mi story ah v inthixaaru kurevijje. n finally!! 😀 adhivx kaahtey haadha smart ey dhw ehnvyma. hurihaa anhenunvx edhuvany kaahtey fahathun viyyaa 🙂 😉 ekam adhivx goyye nuun ehen myhakah kaahtey hitheh nudheyne. well, v reeethi mi part vx. alhey maroon ey hama first hoadhany 😀 😉 do you have any solution ?? 😉 😉 😉 hehehe
sjk dhen jeheynee saana bunan dho up kuraane ireh. hahaha…clue eh dhen tha, 25/08/2017ga. hahaha…
Hehe. Kiriyaa 1st libuny mifaharu.. offyhuga idhe mi story hadhaan vumun site balaali iru vefa iny. Reygaves v belin. In sha allah they will end up together dhw saana.
thank u maroon, hama abadhuves inthizar ga dho. maadhamaa first thing inthe morning ga balahchey, Sjk kaireenubunaathi…haha
Maroon hama v lucky gadhaeydhw.. 🙂
hehehe thi clue engeyne emmenahvx. aaaan maadhama furathama heylaa gothah mi site balaany, heheh 🙂 😉 maroon ah nidhin nuheylevey beys dheynvee dw eyrun maroon heynulaanu ehaa avahakaa 😉 😉 😀
Hehe. Goodluck. Saana next part ga my two fav characters meet kohdhehchey.. mee up vaa stories thakuge therein maroon kiyaa 3 stories in 1 story.
Hehe 🙂
Nice??????❤????
thank u mixoo n myly
Hehe… kaahteyge hunna smart kamakun mihaaruves kudhin kudhin thibeny mashah mashah kiyaala kiyaala dw??… ekam kaahtey adhives hama goyye ge inthixaaruga?❤…
hehe…naseer aki v smart meehekey. …thank u Adha
Salmaa aai naseeru dhimaavaane dhw eid ga? ?
Mi part ves varah reethi… ?
Dhiye alhe eid annan dhen madu kurey..thank u for reading goyye.
Haadha lahey mihaaru up kuraaleh. Mikahala vaahaka varah kiyaa hiyyvey. Kihaa saadhaa seedhaa.. huvaa mivaahaka konme dhuvaku up kobbala. Varah salhi mivaahaka..
thank u dear.
dear readers
midheytherein varah busy dhuvaskolheh dhiyaeema story medhukendifai othee…hurihaa readers ge kibain maafah edhen. inshaAllah dhen hama kuriekey ves eh gothah story kuriyah gendheveytho masaikai kuraanan. hurihaa kiyun therin nah varah bodah shukurihya thi dhehvaa hihvaraa support ah. adhi kiyuh vumah fahu comment eh kohlehvun edhen, ei positive as negative as alhugandu ufalun balaigan naanan.
love: Saana
Kaahthey hunaane smart goi imagine kohleve EBA mi haaru… Varah salhi mi part ves… Wonderful ?☺
thank u click a shot. maadhan inshaAllah next part inge. inthizaar kohlaa
V salhi ekamakuves liyeh nimaalumafahu efaharu check kolun ragalu kamah feney erun liyevifaivaa kuhthah ragalu kohlevene ehnun
Umeedu kuran ragalu kolaane kamah