ގޮއްޔެ (ބާބު2) ފަސްވަނަ ބައި
ސުލައިމާނު މިދެތިން ދުވަހަކު އުޅެނީ ނިކަން އަވަދި ނެތިއެވެ. އެގޭ ގޯތިތެރޭގައި ފުންޏަކަށް ޖަހާފައިވާހުރި ވެލިބަސްތާތަކެއް އެތަނުން ނަގާ އެތަން ހުސްކުރުމުގައެވެ. އެދިމާލުގައި ޖޯލިފައްޗެއް ބަހައްޓާލާ އެތަން ތަންކޮޅެއް ހިތްފަސޭހަ ކޮށްލާން ވިސްނަނީ އެވެ. ފާތުމަތުވެސް އިހަށްދުވަހު އޮތީ އެވާހަކަ ދައްކާފައެވެ. މާލޭކުދިންނަށް ކަމުދާނެހެން ގޭތެރެ ތަރުތީބުކުރަން ބޭނުންވަނީއެވެ. އެކުދިންނަށް ރަށުގެ މާހައުލަކީ ހިތްފަސޭހަތަނަކަށް ހަދައިދޭން ފާތުމަތު ބޭނުންވެއެވެ. އެކުދިން އެރަށަށް އެއަންނަނީ އަލަށެވެ.ރަގަޅު މަރުޚަބާއެއް ކިޔާންވާނެތާއެވެ.
އެގޭތެރެއަށް ބަލާލިނަމަވެސް ސުލައިމާނުގެ ހުރި ރޭނުމުގެ ކުޅަދާނަކަން ފެނިގެން ދާނެއެވެ. އެހެރަ ރާނާހިޔާކޮށްފަ ހުރިބޮޑުގެވެސް ހެއްކަކަށް ފުދޭނެއެވެ. ބޮޑުސިންގާ ހަތަރު ކޮޓަރިއާއެކު ހަތަރު ފާހަނާ އެންމެ ޒަމާނީ ގޮތަށް ހަދާލާފައި ހުރެއެވެ. ވަކިން ހަދާފައި ހުރި ބޮޑުބަދިގެޔާއެކު ފެންޑާފެންނައިރު ހީވަނީ އެއީ ޝާހީބަޔަކު އުޅެން ހަދާފައި ހުރި އިމާރާތެއް ހެނެވެ. ބަދިގޭގެ ތާހިރުކަމާ ތަރުތީބުކަމަށް ތައުރީފުކުރުން އޮތީ ސުލޭމާނުގެ އަނބި ފާތުމަތަށެވެ. އެއްވެސް އެއްޗެއް އެ އޮންނަންވީ ގޮތް ނޫން އެހެންތާކު އޮއްވައެއް ނުފެންނާނެއެވެ. ކައްކާފަޔާއެކު ތަންސާފުކޮށް ނިންމާލާނެއެވެ. މިހާރު ދެމަފިރިންވެސް އުމުރުން ދުވަސްވެ ދަރިން ބޮޑެތިވީމަ އެގޭގައި އެކަނި އުޅެން ޖެހުނަސް އިހު އެގެއަކީ ނިކަން ބައިބޯ ގެޔެކެވެ. އެކުދިންގެ އެކުވެރިންވެސް ގިނައިން އައިސް ކައިބޮއެ ހަދާ ޖަގަހައަކަށް އެގެ ވާނެއެވެ. ފާތުމަތަކީ ނިކަން މީހުނާ ގުޅޭމީހެކެވެ. ސުލައިމާނަކީ ވެސް ހަމަ އެކަހަލަ ސަކަމީހެކެވެ. ފާތުމަތާއި ސުލޭމާނުގެ އުޅުން އަދިވެސް ހުންނަނީ އަލަތު ދެމަފިރިންހާ ޒުވާން ކޮށެވެ. އެކުގައި ހިގަންދާއިރު ދެމަފިރިން އަތުގައި ހިފާލައިގެން ދާ މަންޒަރު ބަލަން ހުރިމީހަކުވެސް ހިތާހިތުން ތައުރީފުކުރާނެއެވެ. ލޮތްބަކީ ޒުވާންކަން ދަމަހައްޓައިދޭ އެއްޗެއް ކަމަށް ހެކިވާނެއެވެ. އެދެމެދުގައި އޮތް ލޮތްބާ ކުލުނު އެއީ އެމީހުންގެ ދަރިންނަށްވެސް ނަމޫނާއެކެވެ. އަދި ކީއްތޯއެވެ. މުޅިރަށަށް ވެސް އެއީ ނަމޫނާއެކެވެ. އެކަކު އަނެކަކަށް ކާންލަވާލަދީ ހަދާނެއެވެ. ބޮލުގެ އިސްތަށިގަނޑުގައި ފުނާއަޅައިދީ ގަތައިދޭނެއެވެ. ފާތުމަތު ގޭދޮށް ކަހާއިރު ކުނިތައް އެއްކުރީމައި ގޮސް އެނަގާ ގޯންޏަށް އަޅާދޭނީ ވެސް ސުލައިމާނެވެ. އެއްޗެހި ދޮންނަ ވަރަކަށް ހިއްކަން އަޅައިދޭނީ ސުލައިމާނެވެ. ދަރުން ކައްކާ ދުވަހަކު ވިއްޔާ ސުލައިމާނު ބަދިގެ ފަރަތުން އެއްކައިރިއަށްވެސް ޖެހިނުލާނެއެވެ. އެއީ ކީއްވެގެން ކަމަށް ތޯއެވެ. އޮޅުމެއްގައިވެސް ފާތުމަތުގަޔަށް އަލިފާން ކަންޏެއްވެސް ޖެހިދާނެ ކަމަށެވެ. ދެމަފިރިން އެކަކު އަނެކަކު ދެކެލޯބިވަނީ ދުނިޔެ އާއި އާޙިރަތައް ޓަކައެވެ. ސާފުތާހިރު ލޮތްބެވެ. ﷲއަށްޓަކައި ވާ ލޮތްބެވެ. ލޯބިވާންވީ މިހެންނުންތޯއެވެ. އެެހެން ނަަމަވެސް މީހުންގެ ދުލެއް ނުހިފެހެއްޓޭނެތާއެވެ. އަނބިދަށުވުން ކަމުގައި ދެކޭމީހުން ވެސް މަދެއްނޫނެވެ. މީހުން ބުނެފާނެ އެއްޗަކަށް ނުބަލާ އެކަކު އަނެކަކު އުފާކޮށްދެވުނީމާ ނިމުނީނޫންތޯއެވެ. ސުަލައިމާނު ވެލިބަސްތާތައް ނަގާ ތަންސާފުކޮށް ނިންމާލާއިރަށް ފާތުމަތު އައިސް ލުބޯހުތު ފަނިތައްޓެއް ސުލައިމާނުގެ އަތަށް ދިއްކޮށްލަމުން ބުނެލިއެވެ.
“ހިނަގާބަލަ މިދިމާލުގަ ޖާފާނު ރުއްކޮޅެއް އިންދާލަން….މިއޮއްބޮޑު ހިސާބުގަނޑު މިއޮތީ ނުލާހިކު ފަޅުކޮށްވިއްޔާ. ދެން މި ފޫޓު ތެރެއަށް އަކިރިލާ ނިކަން ރީތިކޮށްލަބަލަ”
ސުލައިމާނު ނިކަން ލޯބިން ފާތުމަތާއި ދިމާލަށް ބަލާލާފައި ސަމާސާކޮށްލަމުން ބުނެލިއެވެ. “އައްދެ، ފާތުމަތު އުޅޭގޮތުން ހީވަނީ އަލަތު ކައިވެންޏެއް ކުރަން އުޅޭހެން”
މިހެން ހަމަ ބުނެލުމާއެކު ފާތުމަތު ދެފަރާތަށް ތުންއަނބުރާލާފައި ބުނެލިއެވެ.
“މަގޯތި ސުލައިމާނަށް އެހެންހީވަންޏާ ދެން ކުރާނެ ކަމެއްނެތް. ދެނެއް އެދުވަހެއް އަނބުރައެއް ނުގެނެވޭނެދޯ” ސަމާސާކުރަން ދަންނަނީ ސުލައިމާނުއެކަންޏެއްނޫނޭބުނެލި ކަހަލައެވެ.
“ނާހަމަ ތެދެއް……ދެން އެދުވަހެއް ނާންނާނެތަ؟ ” ހިނިގަނޑަކާއެކު ސުލައިމާނު ރައްދެއް ދިނެވެ.
“އާނ… ގައިމެއްނުން. މިހާރު މަމެން މިތިބީ މުސްކުޅިވެފަ ވިއްޔާ، އެހެނެއްނޫން ، ސުލައިމާނު ޅަކޮޔައެއް ހޯދައި ފިއްޔާ އެދުވަސް އަލުން އަތުވެދާނެ” އެބުނި އެއްޗަކުން ހަމަ ވަގުތުން ސުލައިމާނުގެ މަޖާގޮތްގަނޑު ކެނޑި މޫނުމަތި މިލާލިއެވެ. ފާތުމަތުގެ އެކަހަލަ ސަމާސާއިން ސުލައިމާނު ނިކަން ހިތުގައި ޖެހެއެވެ. އެއީކީ ސުލޭމާނު ކުރަން ބޭނުން ކަމެއްނޫންވިއްޔާއެެވެ. ކުރާނެ ނަމަ
އަތަކަށް ފަޔަކަށް އަންހެނުންވީހެވެ. އަންހެނުން ހުސްވިތާކޮޅުމައްޗެއްނޫނިއްޔާއެވެ. ނިކަން ކަރުއެލުވާލެވިފައި ހުރެ ސުލައިމާނު ބިންގަނޑަށް ފައިވާނު ގެ ކޮޅު ވައްދަމުން ބަލާވެސް ނުލާހުރެ ބުނެލިއެވެ.
“ފާތުމަތު ގެނައީކީ އެހިތްދަތި މަންޒަރު ދައްކާކަށް ނޫން. ފާތުމަތު އަހަރެން ގެނެސްފައި ތިޔަހުރީ އަހަރެން ގެ ފަރާތުން އުފަލާ ހިތްހަމަ ޖެހުން ދޭން، އުމުރު ދުވަހަށް، އެގޮތް ކަމު ނުދަންޏާ މިހާރުވެސް ބުނޭ. ހަމަ ބޭނުން ގޮތެއް ހަދާ ދޭނަން”
ދެމަފިރިން ގެ ސަމާސާ ވިހަވެއްޖެއެވެ. އެކަމާ ފާތުމަތު ނިކަން ދެރަވެ ލަދުވެސް ގަތެވެ. ތިމާގެ ލޯބިވާ ފިރިމީހާ އަށް މިފަދަ ބަސްތައް ބުނުމަކީ ބޭއަދަބީ ކަމެކެވެ. އެސްފީނާއަކީވެސް އޮންނަ އެއްޗެކެވެ. އަނެއްކާ
ފާތުމަތު މިހެން ކިޔަމުންގޮސް އިސްތިރިވަރިތޮޅިވެސް ވެދާނެ ތޯއްޗެކެވެ. ބުނަންވާނެ އެއްޗެއްސާ ބުނެގެން ނުވާނެ އެއްޗެހިވެސް ހުންނާނެއެވެ.
“ސުލައިމާނު، އެކުން އެއްޗެކޭ ހީނުކުރޭ. މަށަށް އެނގޭ ތިޔަވަރުގެ ލޯބިވާ ފިރިއަކު ދެން ނުލިބޭނެކަން، މުސްކުޅިވެ ބަލިއެނދަށްދާން ބޭނުންވަނީ ތިއަތުގެ ހިމާޔަތުގަ އޮވެ. އަހަރެން ބޭނުމެއްނޫން ކޫސަނިކަންކަމާ ހިތުގަ ކިލަނބު އުފެދޭކަށް، ދެން އެކަންތައް ހަނދާނުން ފޮހެލާ، ސަމާސާ ވިހަވީ މަގޭ ސަބަބުން” ފާތުމަތު ހަގީގަތުގައިވެސް ނިކަން ހިތުގައި ޖެހުނެވެ. އެމޫނުމަތި ހިތާމައިގެ އަސަރު ފެނަންހުއްޓެވެ. ދާދި ދެންމެ އަކު ސުލައިމާނު ވައުދުވީ ފާތުމަތަށް އުފަލާ ހިތްހަމަ ޖެހުން ދޭނެ ކަމަށެވެ.
“މިފަރާތް ބަލާބަލާށޭ، ތިހިރީ ރުޅިން ކަމަށްހޭ
ހިތްހެޔޮ އަލުން ކުރާށޭ ، ކުއްވެރި އަކީ އަހަންނޭ…..”
މިހާރު އެންމެ ގިނައިން ރަށުތެރޭން އިވޭ އެއްލަވަ ކުއްލިއަކަށް ސުލައިމާނު ކިޔާލީ ފުރިހަމަ ހަރަކާތާއެކީއެވެ. އެއީކީ މުޅިއަކުން އާކަމެއްވެސް ނޫނެވެ. ފާތުމަތު ނުރުހުނީމައި ރުއްސަން މުޅިންވެސް ހަދާއުޅޭ ގޮތަކީ އެއީއެވެ. ދެމީހުން އެކަކު އަނެކަކަށް ޅެން ބައިތު ބައިތުން ވެސް ޖަހާނެއެވެ. އެއީ އެމީހުންގެ ލޯބި ދިރުވިގެން ދާ ސަބަބު ތަކުގެ ތެރެއިން ސަބަބެކެވެ.
*********
ސަލްމާއާއި އޭނާގެ އާއިލާ ޒަމާން ގަނޑަކަށް ފަހު ދުރުރަށަކަށް ދަތުރު ދެވެން އުޅޭތީ ގޭތެރެ ހީވަނީ އެހެން ކަމެއް ހެނެވެ. ރީނާ އެއްތާކު ދެފައި ހަރެއް ނުލައެވެ. ތަންތަނުން ފާޑު ފާޑުގެ ސާމާނު އެއްކުރަނީއެެވެ. ގައިގާ އުނގުޅާނެ ޒާތް ޒާތުގެ ކްރީމް ގަނެ ހަދައިފިއެވެ. މޫނު ނިވާަނެ ވަރުގެ ބޮޑު ތޮތްޕެއްވެސް ގަތެވެ. އެއާއި ޚިލާފަށް ސަމާ ގަތީ ބޮޑުބޭބެ މެންގޭ ގެ ކޮންމެ ކުއްޖަހަކަށް ހަދިޔާއެވެ. މިދަތުރުގައި ފަރުޝާގެ ދެމަފިރިން ނާއި ފަރީޝާގެ ދެމަފިރިން ވެސް ބައިވެރިވާ ގޮތަށް ހަމަ ޖެހުނީ ދެދުވަހެއް ކުރިން ނެވެ. އެހެން ނޫންނަމަ ދަތުރުގެ ބައިވެރިން ނަށްވީހީ ސަލްމާ އާއި އޭނާގެ މާމަދަރިން ނެވެ. ސަލްމާވެސް ސުލައިމާނުގެ ކުދިންނަށް ހަދިޔާގަނެ ހަދައިފިއެވެ. ކީއަވެކަމެއްނޭނގެއެވެ. މިދަތުރަކު ދާންކީއްސުރެ ސަލްމާހިތް އަވަސްވެފައި ވާކަހަލަ އެވެ. ލަނގޮޑީގައި އެއްޗެއް ތާށިވެފައި ހުންނަހެންވެސް ހީވެއެވެ. އާދަޔާޚިލާފު ގިނައިން ނަސީރުވެސް ހުވަފެނުން ފެންނަން ފަށައިފިއެވެ. އާންމުކޮށްވެސް ނަސީރު މަހަކު އެއްފަހަރު ނޫނީ ދެމަހުން އެއްމަހު ހުވަފެނުން ފެނެއެވެ. މިހާރު އެޔާއި ޚިލާފެވެ. ހަމަ ކޮންމެ ރެޔަކު ނަސީރު ހުވަފެނުގައި ސަލްމާއާއި ވާހަކަ ދައްކާތަން ފެނެއެވެ. ދައްކަނީ ކޮންވާހަކަ އެއްކަމެއް ހޭލީމާ ހަދާނެއްނުހުރެއެވެ. ދުވާލު އެއްކޮށް އެޚިޔާލުތަކުން ބޮލަށް ހުންނީ ބަރުވެފައެވެ. މިއަދުވެސް އެއްވެސް ކަމެއްކުރާހިތް ނުވެފައި އިންދާ ރީނާއައިސް ޢީދުދުވަހު ލާނެ ހެދުމެއް ފަހާދޭށޭ ބުނެގެން ސަލްމާ ފަހާފޮށި ދަށުގައި އިންނަތާ އެތައް އިރެއްވެއްޖެއެވެ. ރަގަޅަކަށް ރޮއްޖެއް ޖެހެނީ އެއްނޫނެވެ. ހަމަ ޖަހާހަފައްޗެއް މޮހަންވެސް އެބަޖެހެއެެވެ. ދެން ކުރިއަށް ނުގެން ދެވިގެން އެ ހެދުން ދަތްގަނޑު ދަށުގައި ބާއްވާފައި ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އިށީދެއްޖެއެވެ. ދެން އައި ޚިޔާލަކުން އަވަހަށް ތެދުވެ އަލަމާރި ހުޅުވާލައިފިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.


Good morning. SJKi ,adha, and saana. V v reethi.mibaives. Suleiman and Fatuma are couple goals dhw . maybe kaahtey ebunany avahah marry Kuran annaanshey
SJKi. … mifaruvx maroon first????????
Maroon sjk friday veema adhives nidhany kanneynge dw.. ehenveema kihineh first libeynee
Thihenvy kanneyge adha.. alhey v rom vaane dhw dhemyhunge bahdhaluvun ?
Hehe no adha. Nunidhan. But site hulhuvaali iru maroon iny first hadhaafa. Comment vx kurin but adhivx e comment publish eh nuvey. I think there is some problem….
Hehe. Dhn anna part ehga dhemyhun dhimaavaane kanneynge.. 🙂
Sjki nidhany kaneyge adhives…miadhu adhi morning eh nuve song joong akah…anekaa song hye kyo aa eku honeymoon akah dhiyaee kanege…haha??
Hehehe. Honeymoon eye
??? 🙂 konthaaaku.. Song hye kyo ulheny kudakh bxy kh shooting ehga ulhey thee.. Lol 🙂 😀
Ya..eye majalakah buneli ehcheh…
Gud morning. 🙂 anehkaa mifaharuvx maroon dhw. Thee alhey jinni eh tha??? Kame faharehga first first first. Hahaha. I think I should give up. Aslu scl ga ulhey jeheythee dhw SJK ah mikamaa nuulheveny. 🙂 ekamuvx adhivx try kuraanan. Maroon athan first hadhaanan ingey maroon.. 🙂 and saana. Mi part vx vvv salhi. Hehe goyye ah mihaaru maa ginain kaahteyge huvafen fennany dhw. Haha. Waiting for nxt part
Maybe i am jinni who has a phone and comments on esfiya. Dnt give up dear
Hahaha ofcourse you are. 🙂 yes i’ll not give up. Not yet… Hehe 🙂 kobaatha miadhu saana. Vaahaka knirakubaa up vaany……. Maroon miadhu pan charge ah jahaan bahata ingey. Maadhan phn ga aihlaany.. Knmx mi site ah nuvannaathi.. Hehehe so that I can get first.. 🙂 e majaa engey
Good morning mibaves varah salhi
Mi stry hrdha ryccheyyy dhwww
Saana. .. this story is awesome ❤❤❤ .. ur a great writer. .. keep it up n waitingssss
Goyye dream ga kaahtey ebunany…..” adhives mihury hama goyye ge inthixaaruga.. goyye noon meehaku dheke loaibbeh nuvevun… goyye knme fadha haalehga huhtass… muskulhiviyass.. goyye dheke abadhuves loabi vaanan.. come soon”.. ??hehehe??…..
Saana.. mi part ves hama superb…
Waitingssss❤❤❤❤
Asluves haadha salhiey mivaahaka. Miadhu thankolheh kuru thoahche dho. Ekam ves mivarah ves genesdhenyaa varah happy.. hama vvvvv reethi mivaahaka.
sulaimaanu marry kurydhw…varah salhi and interesting vaahaka eh mi…anehka konkahala huvafeneh baa efenany kaahtey ah…ehuvafenun faharega egidhaanenun salmaa ulheythaneh…mi part ves varah salhi..saana…??☺️