Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަދިވެސް ބޭނުން.. އެހެނަސް! (2)

Tia Level 1
August 24, 2017 3 Mins Read
5 Comments

” އައްސަލާމަލައިކުމް .. ނަހީކްގެ ބެލެނިވެރިއެއް ދެއްތޯ؟ ” ގުޅިފަރާތުން ދެއްކި ވާހަކަ އެއް ވިއްޔާ އަދަބުވެރިކަމާއެކު ނިހާން އަޑުއެހިއެވެ. އަދި އަަވަސްވެގަތީ އެފަރާތުން އެދުނު ކަންތައް ކުރުމަށެވެ.

ނަހީކްގެ ވިޔާނުދާ ދިރިއުޅުމުގެ ސަބަބުން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ނަހީކް އަށް ބޭނުންވާ ހުރިހާކަމެއް ބަރާބަރަށް ކޮށްދިނުމަކީ ނިހާން ގަވާއިދުން ކުރާ ކަމެކެވެ. ބައްޕަ ނިޔާވުމުގެ ކުރިން ނިހާންގެ ގާތުން ހަމައެކަނި އެދުނު އެދުމަކީ ނަހީކް ރަނގަޅުގޮތުގާ ބަލާބޮޑުކުރުމެވެ. ނަހީކް އަކީ ނިހާންގެ އެއްބަނޑު ކުއްޖަކަށް ނުވި ނަމަވެސް ނިހާންގެ ހިތުގާ ނަހީކް އާ ދޭތެރޭވަނީ ހަގީގީ ލޯތްބެވެ. ނަހީކްގެ މަންމަ ދުނިޔޭގާ ނެތް ނަމަވެސް ނިހާންގެ މަންމަ ވަހީދާ ވެސް ދެކެނީ ނަހީކް އަކީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ވަހީދާ ގަބޫލު ކުރާގޮތުގާ އަދިވެސް ނަހީކް އަކީ ރަނގަޅު ހެޔޮލަފާ ކުއްޖަކަށް ހެދޭނެކުއްޖެކެވެ. ޖަލުން މިނިވަން ކުރިހާ އަވަހަކަށް ނަހީކްގެ އުޅުން ބަދަލު ކުރުމަކީ ވަހީދާގެ އަޒުމެވެ.

ފަހަރަކު ފިހާރަށް އަކަށްވަދެ ނުކުންނަމުން ދިޔަ އިރުވެސް ރިމީއަށް ކަމުދާ ކަހަލަ ހެދުމެއް ނުފެނުނެވެ.

” ދެންހިނގާ ގެއަށްދާން.. މި މާލޭޭގަވެސް ނެތޭ ރިމީ އަށް ކަމުދާނެ އެއްޗެއް؟ ރިއާ ބުންޏެވެ.

” ނޫނޭ.. ކޮފީއެއް ބޯލައިގެން ދޯ ގެއަށްދާނީ ” ކުރިންވެސް ރިއާ އަށް އެހެންހީވިއެވެ. ރިމީ އާ އެއްކޮށް ބޭރަށް ނުކުންނަ ކޮންމެ ފަހަރެއްގަވެސް ރިމީގެ ކަންތައް ހުންނާނީ އެކަހަލަ ގޮތަކަށެވެ.

ރިއާ އެކަނި ގެއަށް ފޮނުވާލަން ޖެހޭތީ ރިމީ ހިތްހަމަ ނުޖެހުނު ނަމަވެސް އެނޫންގޮތެއް ނެތެވެ.

މަޑުމަޑު ހިނގުމެއްގާ ކުރިއަށްދިޔަ ރިއާ ސިއްސައިގެން ދިޔައީ ފަހަތުން އައި ނިހާން ގޮވާލުމުންނެވެ.

” ނަސީބެއްނު ފޯނު ނުވެއްޓުނުކަން .. ” ނިހާން މަޖާގޮތަކަށް ބުނެލިއެވެ.

” ވެއްޓުނު ނަމަވެސް އިތުރަށް ވާނެގޮތެއްނެތް ކަންނޭގެ ” ފުރަތަމަ ފަހަރަށް ޖެއްސުމަށް ނަމަވެސް ރިއާ ރައްދު ދިނެވެ.

” އަހަރެން ނުދެނަހުރިން ނިހާންތީ ހިނގާފަ އުޅޭ މީހެއްކަމެއް ” ދެންވެސް ވާހަކަ ދެއްކީ ރިއާއެވެ.

” ތިކަހަލަ ރީތި ކުއްޖަކާ އެއްވަރަށް ހިނގާލާފަ ދާނެ ފުރުސަތެއް ލިބުނީމަ ސައިކަލުމަތީ އިންނާނީ މޮޔައެއް ” ނިހާން ގެ ވާހަކައަށް ލުއި ހިނިތުންވުމެއް ދިނުން ފިޔަވާ މާބޮޑުކަމެއް ރިއާ ނުކުރިއެވެ. އެހެންނޫނަސް އޮފީހުގެ ވެރިއަކަށްހުރި މީހަކާ އެއްކޮށް ހިނގާފަ ދިއުމަކީ ރިއާ އަށް އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. އެހެނަސް އެކަމާ ދެކޮޅަށް އެއްޗެއް ނުބުނުމާއެކު ރިއާގެ ފަސްފަހަތުން ނިހާން ގެއާ ހިސާބަށް ދިޔައެވެ. ދެއްކި ވާހަކައެއްވިއްޔާ ދައްކަންޖެހުނީ ނިހާން އަށެވެ.

ބާލީހުގާ ބައްދާލައިގެން އޮތް ރިއާގެ ހިތަށް އުނދަގޫތަކެއް ކުރުވަމުން ދިޔައީ ކުރެވެމުން ދިޔަ އިހުސާސް ތަކުންނެވެ. ރިއާގެ މުޅި ހަޔާތުގާވެސް ލޯބި ވެވުނީ އެންމެ މީހަކު ދެެކެއެވެ. އެހެން މީހަކުދެކެ ލޯބި ވެވިދާނެކަމަށް ނޫނީ ޙާއްސަ މަގާމެއް ދެވިދާނެކަމަށް ރިއާއަށް ގަބޫލުކުރަން އުނދަގޫވަމުން ދިޔައެވެ. ގަބޫލުކުރަން ބޭނުންނުވި ނަމަވެސް ރިއާގެ ހިތަށް އުނދަގޫކުރަމުން ދިޔައީ ނިހާންގެ ހިޔާލުތަކުންނެވެ. މީހަކު ދެކެ ލޯބިވެގެން އުފުލަން ޖެހުނު ވޭނާއި ކެކުޅުންތަކަކީ ދެވަނަ ފަހަރަށް ރިއާއަށް ތަހައްމަލު ކުރެވޭނޭ ކަންތައްތަކެއް ނޫނެވެ. އެދުވަސް ހިތަށް އެރި ނަމަވެސް ގައިން ހީބިހިނަގައެވެ. މާޒީގެ އެހިތި ހަނދާން އާކުރުމަކީ ރިއާގެ ހިތަށް އުނދަގޫ ކުރުވާ އެންމެ ބޮޑު ކަންތަކެވެ.

ލޮލުން ވެއްޓުނު ކަރުނަ ތިކި އަތުގެ ނުފުށުން ފޮހެލި ވަގުތެވެ. ފޯނަށް ލިބުނު މެސެޖް ހުޅުވާލީ ނިހާން ކަން އެނގިހުރެއެވެ.

ފަހަކަށް އައިސް ކޮންމެ ރެއަކުވެސް ނިހާންގެ މެސެޖެއް ލިބެއެވެ. ނިހާންގެ ދުރުދުރުން ދައްކާ ވާހަކަތަކުން ކިތަންމެ ރަނގަޅަކަށްވެސް ބުނަންއުޅޭ އެއްޗެއް ރިއާ އަށްދޭހަވާ ހާ ވެއެވެ. އެހެނަސް އެކަން އިނގޭކަމަކަށް ހަދަން ބޭނުންނުވާތީ ރިއާ އެކަމަށް ސަމާލުކަން ނުދެނީއެވެ.

އަމިއްލަ ބާރު ފޯރުވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ބައެއްފަހަރު އެކަން ކާމިޔާބު ކުރުމަކީ އަމިއްލަ އިހުތިޔާރުގާ ވާކަމެއް ނޫނެވެ.

****************************

މަސައްކަތާ މަސްއޫލުވެގެން އިނދެވުނުވަރުން ކައިރިން މީހެއްގެ ހިލަމެއްވީކަން އިހުސާސް ނުކުރެވުނީއެވެ.

” ރިއާގެ ލަވް ބުނީ އައިސްބަލާށޯ! ” ލާނެއްގޮތަކަށް ރިމީ ބުންޏެވެ.

” މި ރިމީވެސް ދޯ.. ” ރިއާ ހޫނނނ އަޅުވާލުމަށްފަހު އަކުރުތަކަށް ބާރުލަމުން ބުނެލިއެވެ.

ނިހާން ކެބިންއަށް ދިޔަ ވަގުތު ރިއާ އަށް އެއްކަމެއް ވަރަށް ބޮޑައް ފާހަގަ ކުރެވުނެވެ. އޮފީހުގާ މަސައްކަތްކުރާ އެހެން މުއައްޒަފުންގެ ސަމާލުކަން ރިއާ އަށް ހުއްޓިފާވާކަމެވެ.

ލެޕްޓޮަޕަށް ގެއްލިފަ އިން ނިހާން އާ ހަތަރުކަޅި ހަމަވިވަގުތު ރިއާ އަށް އިސްޖަހާލެވުނީ ހިތަށްކުރުވި އިހުސާސްތަކުންނެވެ. އޮފީހުގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދެއްކުން ފިޔަވާ މާބޮޑުކަމެއް ނިހާންއަކަށް ނުވިއެވެ. ދައްކަން ބޭނުންވި ވާހަކައަށް އަމިއްލަ ނަފުސު އިންކާރު ކުރިއެވެ. ރިއާ ކުރިމަތިން ފެނުމުން ނިހާންގެ ދުލުގާ ތަޅުއެޅުވޭ ކަހަލަ އެވެ.

ނުކުންނަށް އެޅި ފިޔަވަޅު ހުއްޓުނީ ނިހާންގެ ފަހު ޖުމްލައިންނެވެ.

” ރިއާ. ކެން ޔޫ ގޯ އައުޓް ވިތް މީ ޓްނައިޓް ” ހިތްވަރު ކުރުމަށްފަހު  ނިހާން ބުންޏެވެ. ރިއާގެ ޖަވާބު އަންނާނެ ގޮތެއް ނޭނގޭތީ ނިހާން ޖެހިލުންވިއެވެ. އެއްވެސް ޖަވާބެއްނުދީ ރިއާ ނުކުމެގެން ދިއުމުން އިތުރަށް ނިހާން މާޔޫސް ކުރުވައިފިއެވެ.

އާއްމުގޮތެއްގަ އޮފީސް ނިމޭ ވަގުތަށްވުރެ ކުރިން ރިއާ ގެއަށްދިޔަކަން ނިހާން އަށް އެނގުނީ ރިމީގެ ފަރާތުންނެވެ. ކުރި އެއްވެސް މެސެޖެއްގެ ހަބަރެއް ނުލިބުނުތާ އެއިން މެސެޖެއް ރިއާ ކިޔާލި ކަމުގެ ނިޝާނެއްވެސް ނިހާން އަކަށް ނުވިއެވެ.

” ރިއާ.. ކިހިނެތްވެފަ އިން ދުވަހެއް. ބަލީތަ މާއަވަހަށް އޮފީހުން އައީ ! ” ކުޑަކޮށް ބޮލުގަ ރިއްސާތީ ގެއަށް އައީ ކަމަށްބުނެ ހަމަޖައްސާލީ ހަގީގަތް ހާމަކުރުމަށް ބޭނުންނުވާތީ އެވެ. ނަމަވެސް ރިއާ އަށް އައިސްފަވާ ބަދަލު ނިހާދެނެގަންނާކަށް ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. ކުރުނުކޮށް ކިޔަން ފެށުމުން ރިއާ ކަންތައްވަމުން ދާގޮތާ ނިހާންގެ ހުރިހާ ވާހަކައެއް ނިހާއަށް ކިޔާދީފިއެވެ.

ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު ރިއާ އަށް ވިސްނަދޭން ނިހާ ވަރަށް މަސައްކަތް ކުރިއެވެ. ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއް ނޫންކަމެވެ. ރަނގަޅު މީހުންވެސް އުޅޭކަމެވެ. ރިއާ ވެސް ގަބޫލުކުރަން ބޭނުންވާ ހަގީގަތަކީ އެއެވެ. އެހެންކަމަށްވިޔަސް ހަޔާތުގާ ކަންތައް ދިމާވި ގޮތުން އެކަން ގަބޫލު ކުރަން އުނދަގުވަނީއެވެ.

އޮފީހަށް ނައިސް ދެދުވަސްވެގެން ދިއުމުން ނިހާން ގެ ހިތަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. އެގޮތަށް ނިހާ ކަންތައްކުރާނެކަން އިނގުނު ނަމަ ރިއާ ގާތުން ބޭރަށްދާކަށް ނިހާން ނޭދޭނެއެވެ.

މެންދަމުގެ ހަމަހިމޭންވަގުތު ނިދިން މަހުރޫމްވެފަ ނިހާން އިންނަންޖެހުނީ މާޔޫސްކަމާ އެކުއެވެ. ރިއާ އަށް މެސެޖް ކުރެވުނު އަދަދު ގުނާލަން ނޭނގެއެވެ. ލެޕްޓޮޕް ހުޅުވާލައިގެން އިނީ އެއިންވެސް ކަމެއްކޮށް މޫޑް ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް ހިތްހަމަޖެހުމެއް ނުލިބުނުތާ އިތުރަށް ހިތަށް އުނދަގޫވަމުން ދިޔައެވެ.

ހިޔާލުތަކަށް ގެއްލިފަ އިން ނިހާން ސިއްސައިގެން ދިޔައީ ބީޕް އަޑަށެެވެ. ފޯނު ހުޅުވާލީ އެއްވެސް ޝައުގުވެރިކަމެއް ނެތި އެވެ.

( ނުނިމޭ )

Share Article

Follow Me Written By

Tia

Level 1

Other Articles

Previous

އަވްލީން 2 ވަނަ ބައި

Next

ގޮއްޔެ (ބާބު2) ހަތަރުވަނަ ބައި

Next
August 24, 2017

ގޮއްޔެ (ބާބު2) ހަތަރުވަނަ ބައި

Previews
August 24, 2017

އަވްލީން 2 ވަނަ ބައި

5 Comments!

  1. warah vaahaka says:
    August 24, 2017 at 9:17 am

    haadha kurey dhen !! dhe folhuwaiy liyefa knme faharaku
    .warah foohi dhen

  2. xaan says:
    August 24, 2017 at 9:23 am

    v kuru thankolheh dhigukohli nama salhivees

  3. Al says:
    August 24, 2017 at 11:42 am

    Wowsome stroryy… Itx like story of my life.. . gud one dear.. All the best.

  4. someone says:
    August 24, 2017 at 12:02 pm

    next part kiyaalan libeynii konirakun baa? story varah reethi konme dhuvahaku up kohdhibala… plx plx plx plx….waiting for the next part..

  5. Tia says:
    November 12, 2017 at 2:35 pm

    Hey my friends, my phone was broken so I can’t up this story very very sorry ?

Comments are closed.



All Right Reserved!