ޒިޔާ… (3)
ކުރީގެ އަދަދާއި ގުޅޭ: އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ބޮޑު ދޮރާށިން ވަދެވުމާއެކު ލޫތުގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ.
” ލޫތު އަޅެބުނެބަލަ. ބައްޕައަށް ކިހިނެތްވީ؟” ނޭގެ! ، ލޫތު މަޑުމަޑުން ބުނެލިއެވެ.
ހޮސްޕިޓަލުގެ ތެރޭ ގައި މީހުން ހޭލަމޭލައަކަށް އުޅެމުން ދެއެވެ. އެއްބަޔަކު އުފަލުން ފޮޅިފައިވާ މޫނުތަކާ އެކު ތުއްތު ކުދިން ގޮވައިގެން ނުކުންނައިރު ، އަނެއްބަޔަކު ކަންބޮޑުވެ ރޮވިފައިވާ ހާލު މުސްކުޅި މައިންނާއި ބަފައިން ގޮވައިގެން ފުރޮޅުލީ ގޮނޑި ދަމަމުން ދެކޮޅަކަށް ހިގާލާ މަންޒަރު ފެނެއެވެ.
ލޫތު އާއި ޒިޔާ އާދައިގެ ހިނގުމެއްގައި ހިގާފައި ގޮސް ބަލިމީހުން ބައިތިއްބާ ވޯޑު ގެ ކައިރިއަށް ދެވުމުން ލޫތު ހުއްޓުނެވެ. ”ޒިޔާ ! ކޮންމެގޮތެއްވިޔަސް ބައްޕަގެ ކުރިމަތީގައި ނުރޯތި. ” ލޫތު މިހެން ބުނެ ޒިޔާ ވޯޑުގެތެރެއަށް ވަންނަން ތަން ދެއްކިއެވެ.
”ބައްޕާ ! ޒިޔާއަށް ބާރަށް ގޮވާ ލެވުނެވެ.” އެއަޑަށް ޖެހިގެން އޮތް ބަލިމިހާގެ ކައިރީގައި ހުރި ނަރުސް ކުއްޖާވެސް ބަލާލިއެވެ.
ޒިޔާ ތުރުތުރު އަޅައިގަތެވެ. އޭނަގެ ބައްޕަ ގެ ދެލޯ މެރިފަ އޮތްތަން ފެނުމުން ޒިޔާއަށް ހީވީ އެބައްޕަ އެއޮތީ އަބަދުގެ އަބަދައްޓަކާ ލޯމަރާލާފައި ކަމަށެވެ. ޒިޔާ ހާސްވިއެވެ. ކަންބޮޑުވެފައި ވާ މޫނަކާއެކު އޭނާގެ ފުރަގަހުގައި ހުރި ލޫތު އާއި ދިމާލަށް އެބުރި ބަލާލިއެވެ. އެވަގުތު ލޫތު ބައްޕަގެ ކައިރިއަށް ދިއުމަށް އިޝާރާތް ކޮއްލިއެވެ.
ޒިޔާ މަޑުމަޑުން އޭނާގެ ބައްޕަ އޮތް އެނދު ކައިރިއަށް ދިޔައެވެ. ބައްޕާ! ޒިޔާ ދެވަނަފަހަރަށް ގޮވާލިއެވެ. އެއަޑު އިވުމުން ޒިޔާ ގެ ބައްޕަ ލޯހުޅުވާލިއެވެ. އެއާއެކު އެ ބަލިކަށި މޫނުމަތިން ހިނިތުންވުމެއްގެ އަސަރު ފާޅުވިއެވެ. ހަމަ ކުޑަހިނދުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ލޯމަރަލިއެވެ.
”ބައްޕަ އަނބުރައިގަނެގެން ވެއްޓުނީ .” ޒިޔާ ގެ ދޮންމަންމަ ޖަމީލާ އޮޅުންފިލުވައިދިނެވެ. ޒިޔާ ގެ ދޮންމަންމަ އެތާއިންކަން ޒިޔާއަށް ރޭކާލީވެސް ދޮންމަންމަ ވާހަކަދެއްކީމައެވެ. މިހާރު ގައިގައި އެއްވެސް ވަރެއްނެތް ! ޒިޔާ އޭނާގެ ބައްޕަ އާއިދިމާލަށް ބަލާލިއެވެ. ބައްޕަގެ އަތަށް ގުޅާފައިވާ އައިވީ ފުޅިން ތިއްކަކައްފަހު ތިއްކެއް ޖަހަމުން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ޒިޔާ ގެ އެ ރީތި ލޮލުން ކަރުނަ ފާއްދާލިއެވެ.
” ދެން ޓެސްޓު ހެދީމަ ވީގޮތެއް އެގޭނީ!” ދޮންމަންމަ ޖަމީލާ ބުނެލިއެވެ. އެ ވަގުތު ލޫތު އައިސް ޒިޔާ ކައިރިއަށް ހުއްޓުނެވެ. ބައްޕަ ގޮވައިގެން އިންޑިޔާއަށް ދާން މިނިންމީ ، ޒިޔާ ބޯޖަހާލިއެވެ. މަޑުމަޑުން ފަހަތަށް ޖެހި ލާފަ ސިއްރު ސިއްރުން ލޯފުހެލި އެވެ. އެތަންފެެނިފައި ލޫތު އޭނާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އެއާއިއެކު ޒިޔާ ލޫތުގެ ގައިގަ ލައްގަނެލިއެވެ.
ޒިޔާ ނުރޯތި. ލޫތު މަޑުމަޑުން ބުނެލިއެވެ. ޒިޔާ ރޯތަންފެނުނީމަ ބައްޕަ މާބޮޑަށް ކަންބޮޑުވެލައްވާނެ ، ޒިޔާގެ ކަންފަތްދޮށުގަ ލޫތު ބުނެލިއެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ޒިޔާ ބޯޖަހާލިއެވެ. ލޯފުހެލަމުން ލޫތުގެ މޫނަށް ބަލާލިއެވެ……………………..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


haadha kureyyyyyy
haadha kurey
Haadha kureyyyyy.thankolhe dhigukon up kohdheynekamah unmeedhu kuran
Kihineh thi hadhany…haadha kurey..?
Yes… Maa kury…. vaanuvaa ingenvaairah…..story a tereah furihamaeh vadeven vaairah story e ohnany nimifa….. dont do that writter….. if ur doing like that means no interest… pls
Haada kureyy ??Nax pls digukolaba and plx photo
Badhalu kolaba nugulhy gulhey pic ah lyma kiyan therin ge samaalukan ves libeyny but mi part ves nice ???
Stry v rythi ekamaku haadhahaa kurey maabodavves kuru rangalhah stry there ah nuvadhevi ulhenikon stry eba nimey keekkuraany ??? when nxt prt avahah up kollaa bala n dhigukoh up kollachchey gud nyt❤❤???
Story ga improve kuran jehey kan kan eba huri misaalakah dilogue thah komaa koalhi akah laafa inna nama thankolheh rythi vys kiyaalan vx faseyha vaane… nd thankolheh kury… dhn anna part thankolheh dhigu kohlaafa mistake thah rangalhu kuraane kamah hykuran… anyway story rythi… u can do better best of luck