Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ ( ބާބު 2) ފުރަތަމަ ބައި

saana Level 110 Stories
August 11, 2017 One Min Read
31 Comments

ވަކިވީ ލޯބިވާ ޔާރާ

ފޮނި ހަދާން ތަކުންހިތް ކަތިލަމުން

ދުރުވީ މަޖުބޫރަކުން ޔާރާ

ނެތް އިންތިޒާރެއްގެ ވާހަކަ ބުނަމުން

ދެން ނުވެސްފެންނާނެތޯ ޔާރާ

ގާތަށް އައިސް ކިހާލޯބިން ދުރުކޮށްލަމުން…………………

އިބާރާތްތައް އެކުލަވާލަމުން ދޭތެރެ އަކުން ހުއްޓާލުމަށް ފަހު ކިޔާލިއެވެ، އަލުން އާ ބައިތެއް ލިޔެލިއެވެ، ހިތްހަމަ އެއް ނުޖެހުނެވެ. ގަލަމުން ކަނޑާލައިފިއެވެ. މިރޭގެ ކަންތައް މިހިރީ ފެށިފައެވެ. ސިޓީލިޔާ ފޮތެއްގެ ހުރިހާ ގަނޑެއް ހުސްވާއިރުވެސް ނަސީރުގެ ހިތުގައި އޮތް އެއްޗެއް ފޮތަކަށް ނާންނާނެއެވެ. މިހެން ކިތައްރޭ އިރު އަރަންދެން ވޭތުކޮށްފި ހެއްޔެވެ.  ނަސީރުގެ އެކަނިވެރި ދިރިއުޅުމުގެ ވާހަކަތައް މިހެން ގަލަމު ގެ އެހީގައި ބޭރުކޮށްލެވޭތޯ އެކި ފަހަރު މަތިން އުޅެފިއެވެ. ބައެއް ރޭރޭ ކަރުނައިން އެފޮތް ތެއްމާލައެވެ. ހިތި ހަނދާންތަކަކުން ހިތް ޒަހަމް ކޮށްލައެވެ. އެއީ ނަސީރުގެ މާޒީއެވެ. ގޮއްޔެއާއި ގުޅިފައިވާ ހަދާން ތަކެވެ. އެތައް އަހަރެއް ވިޔަސް އެދުވަސް ތަކާ އެހަނދާންތައް ނަސީރުގެ ހިތުގައި އަދިވެސް އިއްޔެވީ ކަމެއްހެން އާވެ އާވެ ހުރެއެވެ. ގޮއްޔެ އާއި ވަކިވުން ވެގެން ދިޔައީ ނަސީރުގެ ހަޔާތައް ބޮޑެތި ބަދަލު ތަކެއް ގެނުވި ކަމަކަށެވެ. ގޭތެރޭގެ ކަންކަމުގައި އިހަށް އައިމިނަ އަށް އަތްގާތްކޮށްދޭންވެސް އުޅުނު އައިމިނަގެ ދޮންފުތުގެ އުޅުމަށް އައި ކުއްލި ބަދަލުން އައިމިނަ ވިސްނީ އެސޮރު އަވަހަށް މީހަކާ ދެވާށެވެ. ފުރަތަމަ ނަސީރު އެކަމާ ދެކޮޅު ހެދި ނަމަވެސް ގޮއްޔެ ، ނަސީރު ގާތު އެދިފައި އޮތް އެދުން ހަދާން ވުމާއެކު ހިތާ ދެކޮޅަށް ގޮއްޔެ އަށް ޓަކައި އެކައިވެނިކުރީއެވެ. މަހެއްވެސް ނުވެ ސަހީމާ ނަސީރުގާތުން ވަރިވެގެން ގޮސް އައްޑޫ މީހަކާއިނީއެވެ. އެކަމުން ވީ ދެރައެއް ނެތަސް ނަސީރުގެ އެކަނިވެރިކަން އިންތިހާއަށް ދިޔައެވެ. މުޅިން މާޔޫސްވެ ދުނިޔެ މަތިން ފޫހިކުރުވިއެވެ.

ދުވަސް ގަނޑަކަށް ފަހު ނަސީރަށް މާލޭން ސިޓީއެއް ލިބުނެވެ. އޭގައިވާ އިބާރާތަކީ މިއީއެވެ. ފުރަތަމަ ބިސްމިއާއި އެޑްރެހެވެ. ދެން އޮތެވެ.

ނަސީރަށް

ހާލު ރަގަޅުވާނެ ކަމަށް ހީކުރަމެވެ. އެއީ އަބަދުގެވެސް ދުޢާއެވެ. ނަސީރެވެ.

މަޒީއަށް ފަސްއަޅާ ފޮރުވުމަށްވުރެ ވަކިމޮޅުގޮތެއްކޮބާ؟

ކުރިފަސް ލިބޭނީ ގަދައަޅާ މަސައްކަތްކޮށްގެން. ތިޔަ އުޅެނީކީ ރަގަޅަކަށް ނޫން. ތިއީ މަ ދަންނަ ނަސީރެއްނޫން. ތިޔަހެން ނޫޅޭ. ކާމިޔާބު މީހަކަށް ވޭ. ހިތް ހެޔޮކުރާތި

އިހްތިރާމް ޤަބޫލުކުރުން އެދެން. ޚާދިމަތްކުމް، ނަސީރަށް އަބަދުވެސް ހެޔޮ އެދޭ ގޮއްޔެ

ނަސީރަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެޔާ އެކު އެހާމެ އުފާވިއެވެ. އެއްފަހަރުވެސް ގޮއްޔެގެ ސިޓީއެއް ލިބޭނެއެކޭ ހީވެސް ނުކޮށް ހުއްޓާ ސިޓީއެއްލިބުން ވެގެން ދިޔައީ ނަސީރުގެ ފުރާނައިގެ ކާނާއަކަށެވެ. ހަށިގަނޑަށްވެސް ދިރުން ލިބިއްޖެހެން ހީވިއެވެ. އެތައްފަހަރަކު އެސިޓީ ގައިވާ އިބާރާތްތައް ކިއެވެ. ލިޔުންކޮޅުގައި އިގިލިޖއްސާލާ ފިރުމާލި އަދަދުވެސް ނޭނގެއެވެ. ހީވީ ގޮއްޔެގައިގައި ފިރުމާލަން މަސައްކަތް ކުރާހެނެވެ. “މަގޭ ގޮއްޔެ މަށާމެދު ވިސްނާވަރު ނިކަން ދެކިބަލާށެވެ.” ނަސީރަށް ބުނެލެވުނެވެ.

އެންމެ ސިޓީއަކުން ނަސީރުގެ އުޅުން ހަމަ މަގަށް އެޅުނެވެ. ލޯބީގައި ހުރިބާރު ނިކަން ދެކިބަލާށެވެ. ކުރު ކުރު ފޮނި އިބާރާތްކޮޅެކެވެ. ބާރުގަދަ ބަސްކޮޅެއްތާއެވެ. އަގުނުކުރެވޭނެ ފަދަ ނަސޭހަތް ކޮޅަކަށް އެ ނަސޭހަތް ކޮޅުވެސް ވިއެވެ. ނަސީރު އިހުނަށް ވުރެ މުރާލިިވެ އެތައް ގޮތަކުން ދިރިއުޅުން ކުރި އަރައިގެން ދިއައެވެ. މަޑުމަޑުން އަތްމަތި ތަނަވަސްވިއެވެ. ނަސީރާ ރުހި ގަބޫލުވެގެން އެތައް އަންހެނުންނެއް މީހުން ފޮނުވާ ހަދައެވެ. އެހެން ނަމަވެސް އެހުރިހާ އެންމެން ނަށްވެސް ދެނީ އެއް ޖަވާބެކެވެ. އަދި ވަގުތު ނުޖެހެނީއެވެ. ވަގުތު ޖެހޭނީ ކޮން ޒަމާނަކުން ބާއެވެ. ނަސީރަށް އޮނަފަންސާސްވަނީއެވެ. ފެންނަ ފެނުމަށް އަދިވެސް އެހަށިގަނޑަކަށް ބަދަލެއް ނާދެއެވެ. މޫނުމަތިން ތާޒާކަން އަދިވެސް އެބަހުއްޓެވެ. ބޮލުގެ އިސްތަށިގަނދުގައި މަދު މަދުން ނުރަ އިސްތަށި ހުރި ނަމަވެސް ރީތިކޮށް ތެޔޮލާ ފުނާއަޅާފައި ހުންނަ އިރު އެ ނުރަތައް ފޮރުވާލެވެއެވެ. ގައިގައި އަދިވެސް ޖޯރު އެބަހުއްޓެވެ. ޅަކުދިންނާ ވާދަކޮށްލެވޭނެހާވެސް ބުންވަރު އެބަހުއްޓެވެ. ހަމަ އެކަނި އެދިރިއުޅުމުގައި މަދީ ގޮއްޔެ އެވެ. ގޮއްޔެ އަށްޓަކައި ހިތުން ދީފައި އޮތް ޖާގައަށް އެއްވެސް ބަދަލެއް ނައިސް އެބަ އޮތެވެ. އަދިވެސް އެހިތް އެދެނީ އެލޮތްބަށެވެ.

******

މާރޗްމަހުގެ ހޫނުގަދަ ދުވަސް ތަކުގެ ތެރެއިން ދުވަހެކެވެ. މަގު ހިނގާފައި ދާއިރުވެސް ހީވަނީ މަގުތަކުގައި އަތުރާފަ ހުރި ގާތަކު މަތިންވެސް އާވި އަރާހެނެވެ. ނުވިތާކަށް މިހިރަ ދުއްވާ ސައިކަލު ތަކުގައ ތިބޭ ޒުވާނުން ގަނޑުވެސް ތަންފުކެއް މަޑުން އެއެއްޗެއް ދުއްވާފައި ދާނަމަ މިހިތައް ލިބޭ ސިހުން ކުޑަވީހެވެ. ސައިކަލަކަށް އެރިއްޖެއްޔާ ލައްކައެކޭ ހީވަނީއެވެ. ހިތާ ހިތާ އެއްޗެހިގޮވަމުން ސައިކަލުގައި ދުއްވާފައި ދާ ޒުވާން ފުރައިގެ ކުދިންނަށް ކަޅި އަޅަމުން ސަލްމާ ހިގަމުން ދަނީ އަމީނިއްޔާ ސުކޫލުގެ ލިލީމަގު ގޭޓާ ދިމާއަށެވެ. ސީދާ ގޭޓާ ކުރިމަތިވާ ގޮތަށް ގޮސް ހުއްޓިލިއެވެ. ސުކޫލު ދޮށަށް ކުދިން ބަލާއައިސް ތިބި އެތައް ބަޔަކު ހިޔާކޮޅުކޮޅުގައި މަޑުކޮށްލައިގެން ތިއްބެވެ. މީ ސަލްމާގެެ ދުވަހުގެ ތާވަލް ގެ ތެރެއިން އެންމެ ޚާއްސަ ސަމާލުކަމެއް ދީގެން ކުރާ ކަމެވެ. މާމަ ދަރިން ގަނޑި ނުޖެހި ސުކޫލު ދޮށަށް ގެނެސް ގެންގޮސްދިނުމެވެ. އެކުދިން ނަށް ވެސް އެންމެ ކަމުދަނީ އެކުދިންގެ މާމައާއެކު ސުކޫލުން ނިމޭގަޑީގައި ގެޔަށް ދިޔުމާދެމެދު އެލިބޭ ހަދިޔާއެވެ. ގެޔަށް ދަމުން ސުކޫޕުން އައިސްކޯނު ގަނެދިނުމަކީ ސަލްމާ ކުރާ ކަމެކެވެ. ސަލްމާގެ ފަރުޝާ އާއި ފަރީޝާއަށް އެކަން ސިއްރުން ނެވެ. އެމީހުންނަށް އެކަން އެނގޭ ދުވަހަކު ބޮޑު ތަގުރީރު ފޮތް ހުޅުވައިގެން އެކިޔާ ދޭއިރު ސަލްމާ އާއި ސަލްމާގެ މާމަ ދަރިން ތިބޭނީ ސައިޒަށް ފެތިފައެވެ. އަނގައިން ނުބުންޏެއް ކަމަކު ބަނޑަށް ހީލަހީލައެވެ. މިއަދަކީވެސް ފިސާރި ދުވަހަކަށް ވާނެއެވެ. ކުދިން ފުރަތަމަ ޓާރމް ޓެސްޓު ނިންމާފައި ޕޭޕަރުތައް ދައްކާ ދުވަހެއެވެ. ކޮންމެ ހެންވެސް މިއަދު އައިސްކުރީމް ދޭންޖެހޭނެއެވެ. ސުކޫލުގެ ބެލް ޖަހާލި އަޑާއެކު ކުދިންތައް ނިކުންނަން ފަށައިފިއެވެ. އިރުކޮޅެއް ނުވެ ސަލްމާގެ ރީނާ އާއި ސަމާ އަތުގައި ހިފާލައިގެން އައިސް ސަލްމާ ގާތު ހުއްޓުނެވެ.

“ދަރިފުޅާ ކޮބާ ކިހިނެތްވީ. ؟” އެކުދިންގެންނާނެ ވަނަ ކުރިންސުރެވެސް ސަލްމާއަށް އެނގިފައި އޮންނަ ކަހަލަ އެވެ. އެކުދިންގެ ފެންވަރާއި މެދަކު ސަލްމާ ހިތުގައި ޝައްކެއްވެސް ނޯވެއެވެ. ﷲގެ ހެޔޮ ރަޙްމަތް ފުޅުން ސަލްމާގެ އުފަންދަރިންނަށް ވުރެވެސް މާމަ ދަރިން ކިޔެވުމަށް މޮޅުވެފައި ވިސްނުން ތޫނެވެ.

“މާމަ…ފުރަތަމަ ސުކޫޕް. ދެން މާރކްސް” ރީނާ މާމަގެ އަތުގައި އެލިގަނެފައި ބޮޑާ ހާކާލާހެން ތުން ދަމާލާފައި ބުނެލިއެވެ.

“ހޫނ…މާމަ ކިރިޔާ ނުވެއްޓުނީ #.. ރީތި ކޮށް ހުރެބަލަ. އެއޮއްދާ ކުދިންތައްވެސް ރީނާއާ ދިމާއަށް ބަލަމުން އެދިޔައީ” ރީނާއާއި ސަމާ އެކުދިން ތަކާ ދިމާއަށް އެނބުރި ބަލާލިއެވެ. އެސް އީސީގެ ދެތިން ފިރިހެން ކުދިން ސަމާމެން ފަސްދީ ދެއެވެ. އެއްކުއްޖަކު މަޖަލަކަށް އެއްލޯމަރާލުމާއެކީ ސަމާ ތުންއަނބުރާލާފައި މާމައާއި ދިމާއަށް އެނބުރުނެވެ. ރީނާއަށް މިމަންޒަރު ފެނިގެން ފެށީހޭށެވެ. “މާމާ އެއީ ސަމާގެ ބިޓެއް” ރީނާ މިހެން ހަމަ ބުނެ ނުނިމެނިސް ސަމާ ރީނާގެ ފައިމައްޗައް އަރާ ތަދުކޮށްލިއެވެ.

“އައްދޯއި މާމަ ބަލާބަލަ.”

“ހޫން..ހޫނ.، ކަންތައް ފެށީ އެ. ހިނގާދެން ދަމާ މިހާރު ސްކޫޕު ބަންދުކުރަން އުޅެނީ”

އައިސްކުރީމް ބޮއެގެން ގެއަށް ގޮސް ވަތް އިރު ފަރުޝާ ހުރީ ކުދިންގެ އިންތިޒާރުގައެވެ.

“ދަރިފުޅުމެން ތިހާ ލަސްވީ ކީއްވެ. އައިސްކުރީމް ބުއީދޯ” ނިކަން ފާޑަކަށް މޫނު ހަދާލަމުން ފަރުޝާ މިހެން ބުނެ ނުނިމެނިސް މަޑުމަޑުން ސަލްމާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. އިރުކޮޅެއް ފަހުން ރަނާ ވަނީ ވަރަށް ހެވިފައެވެ. އޭރުވެސް ރަނާ ޔުނީފޯމް ނުބާލާ ހުރުމުން އެކަމާ ސަލްމާ ސުވާލު ކުރިއެވެ.

“މާމަ އަޅެ ނިކަން މަޑުކޮށްބަލަ، މިދައްކާ ވާހަކަ އަޑުއަހާލީމަ ދާނަމޭ ޔުނިފޯމް ބަދަލުކުރަން”

ސަލްމާ މާޖަހަންއިން ބުރު އެނދުމަތީގައި ބާއްވާލާފަ ހުރިހާ ސަމާލުކަމެއް އޭނާގެ ލޯބިވާ މާމަދަރިފުޅަށް ދިންކަން ދައްކާލިއެވެ. ރަނާވެސް ނިކަން ބޮޑު ވާހަކައެއް ދައްކަން އުޅޭހެން އެނދަށް އަރާ ދެފައި ވައްކޮށްލިއެވެ.

“މާމާ..ޗުއްޓީތެރޭގަ ކްލާސްކުދިން ދަތުރުދާން އެބަރާވާ ކުޑަބަނޑޮހަށް، އެއްވެސް ބެލެނިވެރިއެއް ނުގެންދޭ، ޓީޗަރސް ވެސް،……. މިވާހަކަ މަންމަގާތު ބުނެދީބަލަ. ”

ސަލްމާ ވިސްނާލިއެވެ. ރަނާއަކީ ސަލްމާގެ ދެލޮލުގެ ނޫރުފަދަ ލޯބިވާ މާމަ ދަރިފުޅެވެ. ގޮތްނޭނގޭ ބަޔަކާއެކު ފޮނުވާނީ ކިހިނެތް ހެއްޔެވެ. އެވެސް އަދި އެއްފުރާކުދިންނެވެ. ކަމެއްދަމެއް ބޮޑުވިޔަސް ހަދާނެ ގޮތެއް ނޭގޭނެ ވިއްޔާއެވެ. އެކަމަކުވެސް ރަނާ އެހާދާން ބޭނުން ނަމަ ކޮންމެވެސް ގޮތެއް ހަދާދޭން ޖެހޭނެއެވެ. ” ދަރިފުޅާ. ތިކަމާ ހާސްނުވޭ، ދަތުރުކުރިއަށް ގެންދޭ، މާމަ ހުރިއްޔާ ދަރިފުޅުގެ މަންމަ ހަމަ ޖައްސާނަން” ރަނާވީ އުފަލުން މާމަ ގައިގައި ބައްދައިގަތެވެ. “މާމާ ހާދަ ރަގަޅޭ. މާމަ ހުންނަކަން ހަމަ ނަސީބު ، އެހެންނޫނީ އެހެރަމަންމަ ގަނޑެއް އަބަދު ހުންނާނީ އަހަރެންގެ ބޯކާލާފަ” މިޔާއެކު ދެމައިން އެކުގައި ހޭން ފެށިއެވެ.

**********

 

 

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

މިިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ -1

Next

ޔާރާއޭ

Next
August 11, 2017

ޔާރާއޭ

Previews
August 10, 2017

މިިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ -1

31 Comments!

  1. Ram says:
    August 11, 2017 at 12:56 am

    YAyy… me first.. v v reethi.. ❤

    1. saana says:
      August 11, 2017 at 9:35 am

      thank u Ram. heylaa huregen story keema thanx..hehe

  2. Aish says:
    August 11, 2017 at 1:50 am

    Dhen naseeru bahataaneetha musskulhivandhen thihen kamakunudhaane konmess gothe hadhaa

    1. saana says:
      August 11, 2017 at 9:36 am

      Aish, mioh dhanvaruves story keethee v ufaavehje. Naseeru muskulhiviyas loaibakee muskulhivaa ehcheh nooneh nun dho…

  3. Kamana says:
    August 11, 2017 at 6:04 am

    OoOh enme fahun zamaan ves badhaluveedho. Mibai varah salhi. Ekam naseer ehen bahattaigen dhera nukurahchey..

    1. saana says:
      August 11, 2017 at 9:37 am

      Kamana hendhunu hendhunaa story dho kee… thank u so much. naseerakee varah kehtheri insaanekey kamanaaa

    2. Kamana says:
      August 11, 2017 at 9:15 pm

      Hahaha.. dhelo hulhuvumaa ekee beleny vaahaka up vefa intho.. eyahfahu adhi ehen kamakah dhevenee ves. Ingey goas kameh kan namaadhah vure ehen kameh iskurumakee.. huvaa ekamaku a ee hama vaavaru..

  4. maroon says:
    August 11, 2017 at 7:05 am

    Yay!! Heeves nukoh huttaa 2 vana baabu… kaahtey haadha dhera vaaney dhw… dnt hurt him too much… story is awesome. Vaguthaa zamaan badhalu vejje.. waiting to see how u describe mi zamaan… ❤❤❤

    1. maroon says:
      August 11, 2017 at 7:36 am

      Btw kobaatha dhun boat mihaaru adhi sulaimaanu?? Next part in egeyne dhw…

    2. saana says:
      August 11, 2017 at 9:34 am

      thank u maroon, kuriyah huri baithakah inthizaaru kohlaashey buneveynee..hehe

    3. click a shot ? says:
      August 11, 2017 at 1:04 pm

      Maroon haasnuvey…saana gulhuvadheyne gohye and kaahtey and then kaashitheyo couple will live happily ever after…hehe??

    4. maroon says:
      August 11, 2017 at 10:00 pm

      Kon dhuvahakun next part???

    5. song joong ki..KOREAN says:
      August 11, 2017 at 10:38 pm

      koba maroon ehkala dhun boatuge habarehvx nuveynu

    6. maroon says:
      August 12, 2017 at 6:19 am

      Next partga annaane kanneyge dhun aruvamun SJK…kaashitheyo couple is like an old fairy tale now click a shot!!!cnt wait for the happy ending..

    7. song joong ki..KOREAN says:
      August 12, 2017 at 6:48 am

      yeah maroon n click a shot!!. alifaan vx araane kanneynge bolun.. dhw.

    8. click a shot ? says:
      August 12, 2017 at 9:40 am

      Hehe..ya dhw?

    9. song joong ki..KOREAN says:
      August 12, 2017 at 6:03 pm

      😀 Hehe… zamaan badhalu veeruvx kaahteyge boluga laa kaashi thelakah badhaleh naadhey dhw ! 😉 😉 🙂

    10. click a shot ? says:
      August 12, 2017 at 6:36 pm

      Hmm..anehka song joong ki ah meeruvas dhuvaatha kaashi theyoga ?

    11. song joong ki..KOREAN says:
      August 12, 2017 at 7:02 pm

      nooo. i’ll will be the first one who will run away if that smell touches my nose !! yuk. 😀 .

  5. song joong ki..KOREAN says:
    August 11, 2017 at 9:44 am

    yeyyyyyy 😀 site hulhuvaali irah sihsaigen dhiyaee 😀 vv happy vejje ehaa avahah nxt part thah genesdheyn fehteema, u’re the best 😀 vvvv reethi mi part. alhey kaahtey ah ehaa hurt nukohba.. ehkala dhun boat kobaabaa mihaaru. ok waiting for nxt part 🙂 🙂 🙂 ly

    1. saana says:
      August 11, 2017 at 11:46 pm

      thank u songjoong,madu madun mees meehun v than hoodhamun midhanee dho,.inthizaar kurey

  6. click a shot ? says:
    August 11, 2017 at 11:36 am

    Dhevana season genesdheyn feshydhw….varah salhi mi part ves..next part ah inthixaarukuran…happy to know that you started this strys season 2??

    1. saana says:
      August 11, 2017 at 11:51 pm

      click, thank u very much. InShaAllah story up kohdheveytho balaanan sunday ga

  7. Mysh says:
    August 11, 2017 at 11:47 am

    Zamaan badhalu wee dho..Alhey gohye ah kudhin libuny tha?Gohye ehaa avahah Naasir mathin hadhaan nahthaalyba?thix ix so sayd..Naasir aai Gohye gulhuvadhyba..

    1. saana says:
      August 11, 2017 at 11:48 pm

      Mysh, goyye hadhaan nahthaa laane hen heeveytha. hehe….love cannot be deleted dho. inthizaar kurey

  8. khajja says:
    August 11, 2017 at 2:51 pm

    Ohh wow yeyyy i’m surprise ????? mihaa avahah 2 baab feshyma v v v bodah thanks ?? zamaan badhaluvi iruves Naseeru hury kaashitheyo laalaa dhw?? nt bad mi prt.ves v hiygaimu kobaatha sulaimaan eynayah v gotheh balaa lanbeynun v n goyye ah kids libeyne dhw mihaaru ohhhh wow wow just wow when nxt prt avahah up kollaadhybala plx plx plx??❤❤❤???????

    1. saana says:
      August 11, 2017 at 11:49 pm

      sulaiman ves mihaaru boduvaanun dho. hurey eyna kobaa tho balaa la dheynan inge Khajja. hehe

  9. Lucifer says:
    August 11, 2017 at 10:26 pm

    V reethi. Waiting for next part. Mi vaahaka nerey dhuvastha bunela dhevidhaane tha.

    1. saana says:
      August 11, 2017 at 11:44 pm

      mihaathanah goyye vaahaka konme 24 gadi iru therein ehfaharu genes dheefa onaanee.
      InShaAllah, bodu kameh dhimaa nuvan yaa migothah genes dheveytho balaanan mi part ves

  10. Adha? says:
    August 12, 2017 at 2:14 pm

    Alhe goyye ah dharin libi maama keetha mihaaru.. dhen kihinehtha kaahtey nd goyye gulheynee.. dhen othy dharin ge vaahaka kanneynge dw..
    Varah reethi mi part ves..?
    Waitingss ❤❤❤❤

  11. Dhiye ? says:
    August 13, 2017 at 11:13 am

    Naseeru fakeeeru ?
    Haadha loabbekey evany goyye dheke ❤️
    Mi part ves varah reethi ?

Comments are closed.


All Right Reserved!