Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… 28 ވަނަ ބައި

writer Level 310 Stories100 Comments
July 26, 2017 7 Mins Read
38 Comments

 

ނަކީލް އިންތިޒާރުކުރަމުން ގެންދަނީ މާޔާ އަންނާނެ ދުވަހަކަށެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް މާޔާ ދުނިޔޭގައި ނެތް ކަން ނަކީލް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ. މުޅިއުމުރުވެސް މިގޮތުގައި ހުސްކޮށްލަން ޖެހުނަސް ވަރިހަމަ ފަދައެވެ. މާޔާގެ ލޯބީގައި ދީވާނާވެފައި ވާއިރު ކޮންމެ ސިކުންތެއްވެސް މިހާރު ވޭތުކުރަމުންދަނީ ވޭނާއި ކެކުޅުމުގައެވެ. ލޯބި ވުމަކީ ކުށަކީ ހެއްޔެވެ. މާޔާ ލިބުން ހަމަ ނަސީބުގައި ނެތީހެއްޔެވެ. މިހުރިހާ ޝަކުވާއެއް އަހާނެ މީހެއްވެސް ނެތީހެއްޔެވެ. ރަހުމެއްވެސް ނެތީހެއްޔެވެ. ހަޔާތުގެ ނައު ތޫފާނެއްގައި ޖެހި ކަނޑުވީ ހުރިހާ އުއްމީދުތަކެއްވެސް ފުޑުފުޑުކުރަމުންނެވެ. ބިނާކުރަމުން އައި އުފާވެރި ގަނޑުވަރު ވީރާނާވީއެވެެ.މިއީ ނިމުމެއް ނެތް އިންތިޒާރަކީ ހެއްޔެވެ.

ޝަކުވާ ހިތާކުރީމޭ ނަސީބެއް ނެތުނީމާ

ތަޤްދީރުގައި އަހަންނަށް މިހެން ދިމާވީމާ

ގޮތް ހުސްވެގެން ދަނީޔޭ އެކަނިކޮށްލީމާ

ދެރަވޭ އަދު މަ ބާކީ ވާންވީމާ…

ހީވޭ ބެދޭހެން ދާން ވީ ދިމާ

ވީމޭ މިދުނިޔޭން މާޔޫސްވެފައިި

ލޯބީގެ ތަރިތަށް ވީ އޮއްސިފާ

ލޯބީގެ މަންޒިލް ވީ ގެއްލިފާ

ބޭނުން މަވެސް  ވޭ ލޯތްބާ އުފާ…

………………………

ގައިމޭ ބަދަލެއް އައިކަން އަހަންނަށް

ބުނެދޭން ނޭނގޭ ގޮތްގޮތް ވަނީ އޭ

ކެތްވާނެބާ….

މިހިތަށް ލޮޅުމެއް ވެއްޖޭ ޔަޤީނޭ

ލިބުމަށް އެހީއެއް ބޭނުން ވަނީއެ

ކެތް ވާނެވާ…

ބިރުގެންފިޔޭ މިހެން ވީމާ

ނުހިފެއްޓުނޭ ކަރުނަ އައިމާ

އިންސާނުނަށް މިހެންވޭ ލޯބި ވީމާ…

ހީވޭ ބެދޭހެން ދާންވީ ދިމާ…

…………………………………………………………………………

ތިން އަހަރު ފަސް

އިރުގެ ރަން ދޯދިތައް ކޮޓަރިތޭރޭގެ ފަރޫދާތަކުން ފުރޭނިގެން އައިސްފައިވަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ތަނަވަސް ކޮޓަރީގެ ސައިޑް ޓޭބަލް މަތީ ހުރި ގަނޑި އެލާމް ވާއަޑު މުޅިކޮޓަރި ތެރޭގައި ހިފާފައި ވެއެވެ. ނަކީލް ކަންނެތް ކަމާއި އެކީ ލޯ ހުޅުވާލުމަށް ފަހު ބާލިސް ނަނގާ ބޯމަތީ އެޅީ އެ އެލާމް ގެ އަނޑުގަދަވުމުންނެވެ. އެހެން ނަމަވެސް އެގޮތުގައި ކެތްކޮށްގެން މާގިނަ އިރަކު އޮންނާކަށް ކުޅަދާނަ ނުވުމުން ތެދުވެ އެލާމް ނިއްވާލުމަށްފަހު ފާހަނައަށް ވަނީ ފެންވަރައި ތާޒާވެލުމަށެވެ.

ފެންވަރައި ނިމިގެން އައިސް އަލަމާރީގެ ތެރެއިން ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓްލޫނެއް ނަގައި ތައްޔާރުވާން ފެށީ އަވަސް އަވަހަށެވެ.  އެއާއީ ގުޅޭ ކަހަލަ ކަޅުކުލައިގެ ހިމަ ޓައި އެއް އަޅައިލީ ފަރިތަކަމާއި އެކުގައެވެ. އަވަސް އަވަހަށް ބޯ ކުރިމައްޗަށް ވާގޮތަށް ފުނާ އެޅުމަށްފަހު  ކަޅުކުލައިގެ ކޯޓު އަތަށް ހެޔޮވަރުކޮށްލަމުން ނަކީލް އަދި އެއްފަހަރު އަމިއްލަ ސޫރައަށް ބަލައިލީ ފަޑުހިނިތުންވުމެއް ވެރިކުރުވަމުންނެވެ.  ނަކީލް ޓްރެސިންގް ޓޭބަލް މަތީ ބަހައްޓާފައި ހުރި ފްރޭމް އަތަށް ނެގުމަށް ފަހު އޭގައި ފިރުމައިލީ މަޑުމަޑުންނެވެ. ނަކީލް އާއީ މާޔާ ނަތީޤްގައިގައި ބައްދައިގެން ތިބިއިރު މެދުގައި ނަތީޤް ހުރީ ވަރަށް ލޯބިގޮތަކަށް ހެވިފައެވެ. ނަކީލްގެ އުފާވެރި ކުޑަކުޑަ އާއިލާގެ ފޮޓޯއެކެވެ. ބަލާލަން ކިތަންމެ ހާވެސް ހިތްގައިމެވެ. ފުރިހަމަ ވެފައި ލޯތްބެވެ. ނަމަވެސް މިއަދު އެ އުފާވެރިކަން ކޮބައި ހެއްޔެވެ. ނަކީލްގެ ހިތުގެ ވިންދު ކޮބައި ހެއްޔެވެ.

” އައި މިސް ޔޫ… އެންޑް އައި ލަވް ޔޫ.. މައި… އަދިވެސް އިންތިޒާރުކުރަން… ދެން އިތުރަށް ނުތަޅުވާ މައި…” ނަކީލް ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތަށް އަތުގެ ނުފުށުން ފޮހެލިއެވެ. ވޭތުވެ ދިޔަ ތިން އަހަރު ތެރޭގައި ނަކީލް އަށް އެތަށް ފަހަރެއްެގެ މަތިން މާޔާ ހޯދަން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. އެހެންނަމަވެސް އަދިވެސް އުއްމީދު ފަޑުކޮށްނުލާ ހުންނަނީ މާޔާ އަދި އަންނާނެކަމަށް ޤަބޫލުުކުރެވޭތީއެވެ. އެކި ފަހަރުމަތިން ނިހާލް އާއި މެލިސާ ވެސް ނަކީލް ކައިރީ އާހަޔާތެއް ފަށަން އެދުުމުންވެސް އެކަމަށް ބީރު ކަންފަތެެެއް ދެނީ އެހެން ވެގެންނެވެ. މުޅި އުމުރު ހުސްކޮށްލަން ޖެހުނަސް ނަކީލް މާޔާއަށް އިންތިޒާރުކުރާނެކަން ޤައިމެވެ.  ދުރުގައިވިޔަސް ނިމުމެއް ނެތް އިންތިޒާރެއް ކުރަނާއެވެ.

“އޯހް… އައި ފޮގޮޓް… އައި ހޭވް އަ ވެރީ އިމް ޕޯޓެންޓް މީޓިން … ވިޝް މީ ލަކް ވައިފީ… މިސް ޔޫ..” ފަހު ފަހަރަށް އެ ފޯޓޯގަނޑުގައި ފިރުމުމަށްފަހު އޭގައި ބޮސްދީފައި ބެހެއްޓީ ފަރުވާތެރިކަމާއި އެކުގައެވެ. މިއަދާއި ޖެހެންދެންވެސް  އެއްވެސް އެއްޗަކަށް ކުޑަނަމަވެސް ބަދަލެއް ނުގެނެސް ނަކީލް ބެހެއްޓީ މާޔާއާއި ނަތީޤްގެ ހަދާނެއެއްގެ ގޮތުގައެވެ.  އެގޭގައި ވާ ކޮންމެ އެއްޗަކީވެސް އެތަށް ހަދާންތަކާއި ގުޅިފައިވާ އެއްޗެއްކަމަށް ވީތީއެވެ.

……………………………………………………………………………..

ނަކީލް ކާރުން ފޭބުމައި އެކު އަވަސް ވެގަތީ ނަކީލްގެ ކެބިންއަށް ދިޔުމަށެވެ. މިއަދު މީޓީންގެ ކުރިން ނިންމަންޖެހޭ މުހިއްމު ކަންތައްތަކެއް ހުރުމުންނެވެ. ނަކީލް އޮފީސް ތެރެއަށް ވަަނުމާއި އެކުހެން އެންމެންގެ ނަޒަރު ނަކީލްއަށް އަމާޒުވަމުން ދިޔަކަމުގައި ވިޔަސް އެއަށް ވެސް ފަރުވާލެއް ނެތީ އެކަމަށް އާދަވެފައިވާތީއެވެ. ހުރިހާ އަންހެން ކުދިންގެ ހިތްތަށް އެދިގޮވަނީ ނަކީލްއަށެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ވޭތުވެ ދިޔަ ތިންއަހަރު ތެރޭގައި ނަކީލްގެ ހަށިގަނޑުވަނީ ކުރިއަށްވުރެ ވަރުގަދަވެ ކަސްރަތީވެފައެވެ. ކުރިއެކޭ އެއްގޮތަށް އަދިވެސް ނަކީލްގެ ރީތިކަމަކަށް ފަޑުވުމެއް ނާންނައިރު އެ މޫނުން ފެންނަމުންދަނީ ތާޒާކަމެވެ. އަންހެން ކުދިންގެ ސަމާލުކަން ނަކީލްއަށް އިންތިހާ ލިބޭތީ އެކަމާ ހަސަދަވެރިވާނެ ފިރިހެނުންވެސް އެ އޮފީހުގައި މަދެއް ނޫނެވެ.  ގިނަ އަންހެން ކުދީން އަބަދުވެސް މަސައްކަތް ކުރަނީ ނަކީލްއާއި ވާހާކަ ދެއްކޭނެ ގޮތެއް ހޯދޭތޯއެވެ. އެހެންނަމަވެސް ނަކީލްގެ ފަރާތުން އެކުދިންނަށް ފެންނަމުންދާ ސީރިއަށް މިޒާޖުގެ ސަބަބުން ފާޅުގައި ހިތުގެ ހާލަތު ބާޔާންކުރަން ފަސްޖެހެނީ ކަމަަށްވެސް ވެދާނެއެވެ.

ކެބިން އަށް ވަދެވުވާއި އެކު މޭޒުމަތީ ހުރި ސްވިޗަށް ފިއްތާލުމަށް ފަހު ފުންނޭވައެއް ލިއެވެ. އިރުކޮޅެއް ފަހު ނަކީލް ކެބިންގެ ދޮރުގައި ޓަކިޖެހުމަށްފަހު ނަކީލްގެ އިޒްނައާއި އެކީ ވަދެގެން އައީ ނަކީލްއާއި ދާދި އެއް އުމުރެއްގެ މީހެކެވެ. ނޫކުލައިގެ ޖެކެޓްއަކާއި ހަމަ އެކުލައިގެ ފަޓްލޫނަކާއި ޓައި އެއް އަޅައިގެން ހުރި މީހާ ފެނި ނަކީލް ދެފަރާތަށް ބޯ ހޫރުވައިލީ ހިނިތުންވުމެއް ވެރިކުރުވަމުންނެވެ.

” ސާރ… މިއޮތީ ޑޮކިއުމެންޓް… ހުރިހާ ކަމެއްވެސް ހަމަ ރެޑީ… މީޓިން ބާއްވަން ހޯލް ރެޑީ ކުރުވަންވީތޯ..” ޕިލް ސޫކް އެއްނޭވާއިން ހުރިހާ ވާހަކައެއް ދައްކާނިންމާލިއެވެ.

”  ސޫކް… ރިލޭކްސް.. އައި ވޯންޓް އީޓް ޔޫ އެލައިވް… އެހެން ނޫނަސް ނޫކުލައަށް އަހަރެން އެލާޖިކްވޭ..”  ޕިލް ސޫކްގެ ހެދުން އެޅުމުގައި ހުންނަ ގޮތްގަޑާއި ނުބެހި ނަކީލްއަށް ކެތްވާކަމަކަށް ނުވެއެވެ. އެހެންނަމަވެސް އެގޮތަށް މީހުންނާއި ތަފާތުކޮށް ހެދުން އަޅަން އެކުރާ ހިތްވަރަށް ނަކީލްވެސް ފަހުރުވެރިވާފަދައެވެ. ޕިލް ސޫކް އާއި ދިމާވީ މީގެ ދެއަހަރުުކުރިން ކަމުގައި ވިޔަސް އެދެމެދުގައި އުފެދިފައިވަނީ ވަރަށް ގާތް ރަހްމަތްތެރި ގުޅުމެކެވެ. މާޔާގެ ހަދާނުގައި ކުރަމުން ދިޔަ ހިތާމަކަށަށް ކުޑަ ނަމަވެސް ލުޔެއް ލިބުނީ އެ އެކުވެރިޔާގެ ސަބަބުންނެވެ.

” ނަސީބެއްނު… ނައު ބީ ސީރިއަށް ..” ޕިލް ސޫކްވެސް ނަކީލްގެ ސަމާސާގައިބައިވެލުމަށް ފަހު ބުނެލީ ނަކީލް ދިމާކުރަން ފަށައިފިއްޔާ ކުރިއެރުމެއް އެކަމުން ނުލިބޭނެކަން އެނގޭތީއެވެ.

“ޑޯންޓް ފޮގެޓް އައި އޭމް ޔުއާރ ބޮސް…” އެއްް މިޔަކަނުން ހީލަމުން  ޕިލް ސުކްއާއި ދިމާލަށް ބަލައި އެއް ލޯ މަރައިލިއެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އެހެން މުއާޒަފުންގެ ކުރިމަތީ ހަރުކަށިކަން ދެއްކިޔަސް ޕިލްސޫކް އާއި އެކީ މަސައްކަތުގައި އުޅެމުންދަނީ މިފަދަ ގޮތަކަށެވެ.

” މީޓިން އަށް ކޮންމެހެން ހޯލް ރެޑީ ނުކުރިޔަސް ވާނެ… މި ކޮޓާރީގައި މީޓީން ބާއްވާނީ…  ދެން ހިނގާ ދޯ ކުރަން ހުރި މަސައްކަތާއި ގެން ކުރިއަށް ދާން… ހީ ވިލް ބީ ހިޔަރ ވިތް އިން އޭން އަވަރ..” ނަކީލް ފައިލްއަށް ބެލަމުން ބުނެލިއެވެ.

………………………………………………………………………………..

” ސާރ ވީ އާރ ހިޔަރ…” ޑްރައިވަރ ކާރު މަޑުކޮށްލުމަށް ފަހު އެހެން ބުނެލުމުން ކާރުގެ ފަހަތު ސީޓުގައި އިން ޒުވާނާ އަޅައިގެން ހުރި އަވިނަނގައި ހިއްލާލުމަށްފަހު ކާރުން ބޭރަށް ބަލާލިއެވެ. ޑްރައިވަރ އައިސް ދޮރު ހުޅުވުމުން ކާރުން ފައިބައި ލައިގެން ހުރި ކަޅުކުލައިގެ ކޯޓު ގަޔަށް ހެއޮވަރު ކޮށްލިގޮތުންވެސް ހައިބަތު ހާމަވެގެން ދެއެވެ. ޒުވާން އަންހެން ކުދިންގެ ހިތްތަށް ކަތިލާހާ ފުރިހަމަކަމެއް މި ޒުވާނާއަށް ލިބިފައިވާއިރު އެންމެ ހިނިތުންވުމަކުންވެސް ޒަލްޒަލާ ގެނުވާނެކަން ޤައިމެއެވެ.

” މިސްޓަރ ކައިލް.. ނައިސް ޓު މީޓް ޔޫ.. އައި އެމް ޕިލް ސޫކް… ސާރ އިޒް ވެއިޓިން ފޯޔޫ..” ޕިލް ސޫކް އައިސް ކައިލް އާއި ސަލާންކުރަން އަތްދިއްކޮށްލީ ކުޑަ ތައާރަފެއް ދެމުންނެވެ. އެއާއި އެކު އެޒުވާނާވެސް ހިނިތުންވުމަށްފަހު ޕިލް ސުކް އާއި އެކު ހިނގައިގަތެވެ.

ޕިލް ސޫކް ނަކީލްގެ ހުއްދައާއި އެކު  ކައިލް އަށް އެތެރެއަށް ވަނުމަށް ދައުވަތު ދިނެއެވެ.  ކައިލް  އެތަަނަވަސް ކޮޓަރީގެ އެކި ދިމަދިމާއަށް ބަލަމުން ދިޔައީ ކޮޓަރިން ފެންނަމުން ދިޔަ ސާދާކަން ފެނި އާޝޯހް ވެފައިވާހާލުގައެވެ.

” ހެލޯ… މިސްޓަރ ކައިލް… އައި އޭމް ހެޕީ ޓު މީޓް ޔޫ… ” ނަކީލް މަސައްކަތް ކުރަން އިން މޭޒުކައިރިން ތެދުވެގެން އައިސް ކައިލްއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ.  ނަކީލް ސަލާން ކުރަން ދިއްކުރި އަތުގައި ހިފުމުގެ ބަދަލުގައި ކައިލް ނަކީލް ގެނެސް ކޮޑާއި ކޮޑު ޖައްސައި ސަލާންކުރީ ހިނިތުންވެ ހުރެެއެވެ.

” ވަރަށް އަޑު އަހަފިން ނަކީލް އާއި ބެހޭގޮތުން… އެންެމެ ފަހުން ނަކީލް އާއި ބައްދަލު ވުމުގެ ނަސީބުވެސް މިލިބުނީ… ” ކައިލް ހިނިތުންވެ ހުރެ ނަކީލްއާއި ވާހަކަ ދައްކަމުން ދިޔައީ ވަރަށް ކުރިންވެސް ދަންނަ ގާތް އެކުވެރިއެއް ފަދައިންނެވެ.ނަކީލް ކޮޓަރީގެ ކަނެއްގައި ހުރި ސޯފާާ ތަކަށް އިޝާރަތްކުރަމުން އެދިމާލަށް ދެމީހުން އެކީ ދިޔައީ އެފަދަ އެކިއެކި ވާހަކަތައް ދައްކަމުންނެވެ.

ކައިލް އަތުގައި އޮތް ފައިލްއަށް ރަގަޅަށް ކިޔާލުމަށް ފަހު ގަލަން ނަގައި އޭގައި ސޮއެ ކޮށްލީ ދެވަނަ ވިސްނުމަކަށްވެސް ނުގޮހެވެ. އެކަމުން ނަކީލް ކުޑަކޮށް ހައިރާންވި ނަމަވެސް އެއާއި ބޭހޭގޮތުން އެއްޗެއް ނުބުނީ ކައިލް ފަދަ މަޝްހޫރު ބިޒްނަޒް ޓައިކޫން އެއް އެފަދަ ނިންމުނެއް ނިންމާނީ ކުރިންވެސް އެކަށޭނެ މައުލޫމާތު އެއްކުރެވިފައި ހުރުމުން ކަމަށް ޤަބޫލުކުރެވޭތީއެވެ.

” މަރްހަބާ… އަހަރުމެންނަކީ މިއަދުން ފެށިގެން ޕާޓްނާސް… އެކަމަކު އެންމެ ސުވާލެއް ކޮށްލަން ބޭނުންވަނީ…”  ކައިލް ފައިލް މޭޒުމަތީ ބޭއްވުމަށް ފަހު ނަކީލްއަށް ބަލާލަމުން ބުނެލިއެވެ. ” ވައި ދިސް ވެރީ ސްޕެސިޕިކް ނޭމް… މާޔާ..” ނަކީލް ބޮލުގެ އިޝާރާތުން ކުރިއަށް ދިޔުމަށް އެދުމުން ކައިލް ސުވާލުކޮށްލިއެވެ.

” އެއީ ވަރަށް ހާއްސަ ނަމެއް އެކަމް …. މި ހޮޓެލް ހުޅުވިއްޖިއްޔާ އިޓް ވިލް ބީ އާ ހިއުޖް ސަކްސެސް… ” ނަކީލް މާޒީ ސިއްރުކުރަމުން ގަދަކަމުން ހިނިތުންވެލިއެވެ.

” އިޓްސް އޯކޭ މޭން… ކޮންމެހެން ނުބުންޏަސް އެނގޭ އެއީ ކޮންމެ ފަރާތަކަށް ވިޔަސް ވަރަށް ހާއްސަ ފަރާތެއްކަން… އެކަމް  ރިކުއެސްޓެއް އެބައޮތް.. އަހަންނާއި އެކު އެމެރިކާއަށް ދާންވީ… ތަނެއް ފައިނަލްކުރެވެންދެކަށް…އެންޑް ސިންސް މީނޫނަސް މިހާރު ބިސްނަސް ޕާޓްނާސް އަށް ވީތީ ވެސް އަހަރެން ބޭނުން އެކޮޅުގެ އަހަރެންގެ  އޮޕީހުގައި ކަންތައް ދާގޮތްވެސް  ނަކީލްއަށް އަންގަން… ” ނަކީލް ހީވެސް ނުކުރާ ކަމަކަށް ކައިލް އެދުމުން ނަކީލް ވިސްނާލަން ވަގުތު ބޭނުންވިއެވެ. އެހެންނަމަވެސް މާޔާއަށް ހާއްސަ ތަނަަކަށް ވުމުން އެކަމާއި އެއްބަސްވީ މި މަޝްއޫ ވީހާވެސް ފުރިހަމަ އަކަށް ނިންމަން ބޭނުންވާތީއެވެ.

” އެކޮމޮޑޭޝަން އިން މައި ޕްލޭސް…” ނަކީލްއަށް އިތުރު އެއްޗެއް ނުބުނެވެނީސް ކައިލް ޖުމަލް ފުރިހަމަކޮށްލިގޮތުން ނަކީލްއަށް އަނގަހުޅުވި ގޮތަށް ލައްޕަންވެސް ނޭނގިފަ ހުރެވުނެއެވެ. ކައިލް ކުރުނުކޮށް ކިޔަން ފެށުމުން ނަކީލް އެއްބަސްވީ އެނޫން ގޮތެއް ނެތުމުންނެވެ.

އެންމެ ބައްދަލުވުމަކުން ދެމީހުންގެ ދެމެދުގައި ގާތް ގުޅުމެއް އުފެދިގެން ދިޔާއީ ދެމީހުންގެ ވެސް މިޒާޖްވެސް އެއްގޮތް ވުމުންކަމަށް ވެދާނެއެވެ.

……………………………………………………………………………

ހަފްތާއެއް ފަސް

ކައިލް އަކީ ކޮރެއާ މީހަކާއި އެމެރިކާ މީހަކަށް ލިބިފައިވާ ކުއްޖެއްކަމުން ރަށްވެހި ވެފައި އިންނަނީ އެމެރިކާގައެވެ. ކައިލްގެ މައިންބަފައިންނަކީ  އެމެރިކާގައި ނަން ހިނގާ މުއްސަދި މަހްޖަނުންނަށް ވުމުގެ ސަބަބުން ކާމިޔާބީއަކީ މާ އުދަނގޫ އެއްޗެއްކަމުގައި ނުވެއެވެ. ނަމަވެސް މީގެ އަހަރެއް ކުރިން ހިނގާދިޔަ  ފްލޭން ކްރެޝްއެއްގައި  އެދެމީހުންވަނީ މިދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. މައިންބަފައިންގެ ހުސްކަން އިހްސާސް ވިޔަސް ކައިލް ވަނީ އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދީފައެވެ. ވިޔަފާރީގެ ގޮތުން އެކިއެކި ކުރިއެރުންތައް ހޯދައި މުޅި ދުނިޔޭގެ މަޤްބޫލުކަން ލިބޭ ވަރުގެ ހަރުދަނާ ޒުވާނަކަށް ވެފައެވެ.

ދުވަހަކީ އާދިއްތަ ދުވަސް ކަމުގައި ވުމުން ކައިލް އިނީ ގޭގެ ފެންޑާގައި ހޫނު ކޮފީއަކަށް އިންސާފުކުރާށެވެ. ގެއަކީ އެންމެ ޒަމާނީގޮތަށް ފަރުމާކޮށްފައިވާ ޝާހީކަން ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަން ހުރި ރީތީ ފަސް ބުރީގެ އިމާރާތެކެވެ.  ދުވަސް ވަރަކަކީ ފިނި މޫސުމުން ކަމަށް ވުމުން ފަޒާތެރޭގައިވަނީ ތެތްފިނި ކަމެކެވެ.  ރޭގައި ފޭބި ސްނޯއިން ހީވަނީ ބިމުގައި ހުދު ކުލައި ސާލެއް އޮޅާލެވިފައިވާހެނެވެ.

ކައިލް ބޯންއިން ކޮފީ ޖޯޑު  އެތާ ކައިރީ ހުރި ކުޑަ މޭޒުމަތީ ބެހެއްޓީ ފަހަތުން މީހަކު އައިސް ކޮނޑުގައި ބޯ އަޅާލުމުންނެވެ. ” އޮއްޕާ…” އަކުރުތަކަށް ދަމާފައި އެކުއްޖާ ކޮރެއާ ބަހުން ކައިލްއަށް ގޮވާލީ ވަރަށް ވެސް ލޯބިގޮތަކަށެވެ. ކައިލް ހިނިތުންވެލީ އެއަޑުގައި ހުރި މައުސޫމް ކަމުންނެވެ.

 

“ޑު ޔޫ ވޮނަ ބިލްޑް އަ ސްނޯ މޭން… ކަމޯން ލެޓްސް ގޯ އެންޑްް ޕްލޭ… ” ފްރޭޒެންގެ ލަވައިގެ އެތަންކޮޅު ރާގަށް އެކުއްޖާ ކިޔައިލީ ފުރިހަމަ ކަމާއި އެކުގައެވެ. އެއަޑަކީ އެހާމެ ހިތްގައިމު މިއުޒިކީ އަޑެކެވެ.

” ރިއަލީ… މިއީ ދޯ މިއަދު މާ އޮއްޕާ ވެގެން އުޅޭ ސަބަބީ…  އެކަމް ވެސް ހެޔޮ ސްނޯއާ ކުޅެން ދެވެނީ ތި ހެދުން ބަދަލުކޮށްގެން… ބަލާބަ މީހާ ތޮއްގެން ގަނޑުވަނީ… ލެޓް ގޯ އިން…” ކައިލް އެކުއްޖާއަށް ވިސްނައިދިނީ ވަރަށްވެސް ލޯބިންނެވެ.

“އޯކޭ ބޮސް…” ތުން ދަމާލަމުން މިހެން ބުނެ އެތެރެއަށް ދުއްވައިގަތީ ހެދުން ބަދަލުުކުރުމަށެވެ.

……………………………………………………………………………..

ގޭގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމުން ނަކީލް ކާރުން ފޭބީ އެއްއަތުން ދަތުރުކުރަން ގެންގުޅު ފޮށީވެސް ނަގަމުންނެވެ.  ކައިލްގެ އެދުމަށް އެގޭގައި މަޑުކުރަން އެއްބަސްވިނަމަވެސް ޑްރައިވަރެއް ފޮނުވަން އެއްބަސް ނުވީ އަމިއްލައަށް ޓެކްސީއެއްގައި މަގު ހޯދައިގެން ދަތުރުކުރުމުން ލިބޭ ހިތްހަމަ ޖެހުން ނުލިބޭނެތީއެވެ. އާދައިގެ މީހުން އުޅޭ ދިރުއުޅުން ތަޖްރިބާ ކުރެވޭނެ އެއްމެ ފަސޭހަ މަގަކީ ގައުމުން ބޭރުގައި މީހުންގެ ލޯތަކާއި ދުރުގައި ކަމަށް ވުމުންވެސް މެއެވެ.   އެއްއަތުން ފޮށި ދަމަމުން އަނެއް އަތް ލާފައި ހުރި ރަތްކުލައި ޑައުން ޖެކެޓްގެ ޖީބަށް ޖެހީ އަތަށް ފިނިކަން އިހްސާސްކުރެވެން ފެށުމުންނެވެ.  ނަކީލް ގޮސް ގޭޓު ކައިރީ މަޑުކޮށްލުމުން ސެކިއުރިޓީ ބަލައްޓާ މީހާ ދޮރު ހުޅުވަދިނީ އަދަބު އަދާކުރާ ހާލުގައެވެ. ނަކީލް އަތުން ފޮށި އަތުލަން އުޅުމުންވެސް ނުދިނީ އުދަނގޫ ނުވާކަށް ބުނަމުންނެވެ. ނަކީލް ކުރިއަށް ދެވުނީ ކުޑަ ތަންކޮޅަކަށެވެ.  ފިޔަވަޅުތަށް މަޑުޖައްސާލަން ޖެހުނީ ސިހުނު ވަރުންނެވެ. ކުއްލިއަކަށް ދުވެފައި އައި އަންހެން ކުއްޖަކު ނަކީލް ގައިގައި ޖެހިފައި ނުވެއްޓުނީ ކިރިޔާއެވެ. ނަކީލް ހުށިޔާރު ކަމާއި އެކު އެކުއްޖާގެ އުނަގަނޑުގައި އަތްއަޅުވާ ހިފަހައްޓާލެވުނު ކަމީ ނަސީބެކެވެ. އެހެންނޫންނަމަ ދެމީހުންވެސް ވެއްޓޭނީ އެފިނި ސްނޯގެ ތެެރެއަށް ކަން ގައިމެވެ. ދިގު ކަޅު އިސްތަށިގަނޑުން އެކުއްޖާގެ  މޫނުގެ ބައެއް ނިވާވެފައިވާއިރު އެރީތި ތުންފަތުގައި ވަނީ މަޑުތުރުތުރުލުމެއް އުފެދިފައެވެ. ފިިނީގެ ސަބަބުން ތުންފަތް އިތުރަށް ރަތްވެފައިވާއިރު  އެ ދިގު ބޯ އެސްފިޔަތަށްވަނީ މެރިފައެވެ. ބިރުން ލޯ ހުޅުވަން ހުވާ ކޮށްގެން ހުރިފަދައެވެ. ވަޔާއެކު މޫނު މައްޗަށް އެޅިފައިވި އިސްތިށިކޮޅު އެއްފަރާތް ވިހިނދު ނަކީލްގެ ހިތުގެ ހިގުން އަވަސް ވި ފަދައެެވެ. ކަޅި ޖާހާލަންވެސް ނޭނގިފައި އެމޫނަށް ބަލަހައްޓައިގެން ހުރެވުނީ ގާބޫލުކުރަންވެސް ދަތިވެފައިވާ ހާލުގައެވެ. ރީތި ކަމުގެ އިންތިހާއެވެ. އަދިވެސް އެރީތިކަމަކަށް ކުޑަނަމަވެސް ބަދަލެއް އައިސްފައިނުވެެއެވެ. ކުރިއަށް ވުރެ ރީތިކަަމަށް ދައްކައެވެ. ހަމަ އެމޫނެވެ.މީގެ  އަހަރުތަކެއްކުރިން ނަކީލް ގެ ހިތާއި ކުޅެލާއި ރަނިކަން ކުރަމުންދާ ރާނީގެ ތަސްވީރެވެ. އެ ހަދާންތަކުގައި އެތަކެއް ރެއެއްގެ ނިދި ނަގައިލި ހިތުގެ މަލިކާއެވެ. ނަކީލްގެ ހިތުގެ ފިނިކަމެވެ. އެ ސޫރަށް ފެނުމަށް އެހިތް ބޭގަރާރުވެފައިވާ ސޫރައެވެ.

” މާޔާާ” ނަކީލްއަށް މަޑުމަޑުން އެހެން ބުނެވުނީވެސް އިހްތިޔާރުން ބޭރުގައެވެ. އެއާއި އެކު އެކުއްޖާ ލޯހުޅުވާލާ ނަކީލްއާއި ދުރަށް ޖެހިލީ ޖެހިލުންވެފައި ހުރެއެވެ. ނަކީލް އެއްޗެއް ބުނަން އުޅެފައިވެސް މަޑުޖެހިލީ ކައިރިއަށް އަންނަމުން ދިޔަ ކައިލް ފެނިފައެވެ.

” އޯހް… ދެއާއަރ ޔޫ އާރ… މީޓް ހާ..  ކިއާރާ.. މައި …”  ނަކީލް އާއި ކޮޑާއި ކޮޑު ޖައްސާއި ސަލާމްކުރަމުން ކައިލް ކިއާރާ ތައާރަފްކޮށްދޭން ފެށިއެވެ.

” ވައިފް” ކިއާރާ އެ ޖުމްލަ ފުރިހަމަ ކޮށްދިނީ ކައިލް ގައިގައި ކުޑަކޮށް ބައްދައިގަންނަމުންނެވެ.  ނަކީލްއަށް ހީވީ މީހަކު ނަކީލްގެ ހިތުގައި ވަކި އެޅި ހެންނެވެ. ކުޑައިރުކޮޅެއްގެ ކުރިން މި ލިބުނު އުއްމީދު ފަޑުވީ ހެއްޔެވެ.  މިއީ ކޮންފަދަ ސަމާސާއެއް ބާވައެވެ. މީއީ ހަޤީޤަތެއް ހެއްޔެވެ. ނޫނީ ހުވަފެނެއް ހެއްޔެވެ.

ނޯޓް: ލަސްވީތީ ނިހާޔަތަށް މާފަށް އެދެން… އިންޓަރނެޓް ރަގާޅިވީ އަވަހަކާ އަޕްލޯޑް މިކުރީ.. ވަރަށް ބޮޑަށް މާފަށް އެދެން… ބުނި ދުވަހަށް ނުގެނެސް ދެވުނީމަ… އުއްމީދުކުރަން ކަމުދާނެކަމަށް.. ބާއްޖަވެރި ދުވަހަކަށް އެދެން

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (އެގާރަވަނަ ބައި)

Next

ވިސްކާ

Next
July 26, 2017

ވިސްކާ

Previews
July 26, 2017

ހިތުގެ މިލްކުވެރިޔާ (އެގާރަވަނަ ބައި)

38 Comments!

  1. Flufkin says:
    July 26, 2017 at 10:18 pm

    OMG! Writer u r back??
    Me alhugandah mi site ge emme reethivi vaahaka. I am so happy right now.. varah inthixaaru kurin and finally its here❤❤… its a great surprise on independence day.. and btw story is awesome as always
    Happy independence day writer.??❤❤❤

    1. writer says:
      July 26, 2017 at 10:24 pm

      Happy independence day…aslu writer mihry v birun… kiyuntherin hiyhama nujehifa thibeyne varu ingeythy… vvv ufaa vejje mi comment fenifa…thank you so much

  2. Flufkin says:
    July 26, 2017 at 10:19 pm

    Me first tha???

    1. writer says:
      July 26, 2017 at 10:24 pm

      Hehe…yh…have a good day

  3. AKI says:
    July 26, 2017 at 10:21 pm

    reethi mi part ves ekamu thankolhe kuree mi part

    1. writer says:
      July 26, 2017 at 10:26 pm

      Sorry aki.. next time ragalhu kureveytho balaanan

  4. Amin says:
    July 26, 2017 at 10:29 pm

    Kihine mi v

    1. writer says:
      July 26, 2017 at 10:39 pm

      Kihinei ?

  5. Saamii says:
    July 26, 2017 at 10:39 pm

    Thankyou writer ❤
    Loved this part ?❤

    1. writer says:
      July 26, 2017 at 10:50 pm

      Thank you Saamii…happy independence day

  6. Navii says:
    July 26, 2017 at 10:39 pm

    Vvvv nice.. When next part???…

    1. writer says:
      July 26, 2017 at 10:52 pm

      Thank you Navii… on saturday

  7. Ely says:
    July 26, 2017 at 11:02 pm

    Did i read this story before.. hama mihen vanee.. i remember.. nunee ei ehn story ehtha ?

    1. writer says:
      July 26, 2017 at 11:29 pm

      This is dhurugai viyas… my idea…so ehn thaakun or kurin mivaahaka fenifa eh neenaane…this is not a copy… i spent days and days thinking about the content… ?… its a new story… story feshigen kiyaalanikoh thi ah javaabu libidhaane hen heevany…so far i havent seen any dhivehi story written about love between a korean and maldivian in this way…

  8. Xxxx says:
    July 26, 2017 at 11:51 pm

    Dear sooo happy ☺☺☺☺☺???????….v.inthizaaru kurevihjje..story v.v.nice..waiting 4 next part….

    1. writer says:
      July 27, 2017 at 8:50 am

      Thank you for waiting. .

  9. Naxy says:
    July 26, 2017 at 11:55 pm

    Varah salhi… varah balan mi story up veytho…. varah reethi vaahakaeh mieee

    1. writer says:
      July 27, 2017 at 8:59 am

      Thank you for waiting

  10. ??? says:
    July 26, 2017 at 11:58 pm

    Vvvv inthizaaru kurevihjje vvvvvvvvvv rythi ekam maaya ah nakeel thihenn efakeeru nurohvahchey a badhu☺??

    1. writer says:
      July 27, 2017 at 9:03 am

      Thank you for waiting…higaa dhw ae nakeel ge mayaa tho balama

  11. khajja says:
    July 27, 2017 at 1:37 am

    Masha alla v rythi v waitin when nxt prt avahah up kolladhybala plx gud nyt??❤❤❤??????

    1. writer says:
      July 27, 2017 at 9:09 am

      Thank you for waiting… i ll try

  12. song joong ki..KOREAN says:
    July 27, 2017 at 6:00 am

    heyyy it’s related to my country KOREA!! 😀 😉 mi part vvvv salhi. aslahvx. vaahaka up khdhinun delay viyas no pro as this part is fabulous.. good luck writer. mihaaru adhi maa interesting vejje mi story korean aa gulhunyma. hahaa.. waiting for nxt part. when nxt part dear??????

    1. writer says:
      July 27, 2017 at 9:11 am

      Thank you for waiting… i ll try veeha ves avahah veytho…

    2. song joong ki..KOREAN says:
      July 27, 2017 at 9:16 am

      ok try ur best

  13. Too much says:
    July 27, 2017 at 6:43 am

    Vrh foohi vey vahaka handhaan netheyhaa dhuvas koffa adhi ehaa kuru koh genesdheythee ?
    Adhi ithurah meehunnah dhigu hen heekuruvan vegen bodu lava yeh laafa, LOL hama. ?
    Vahaka reehchas kuraa kameh kuran jehey gothah kobbala.
    Mihaaru esfiyaiga ulheny hama huss thikahala meehun. Muthaa/ S. Hithadhoo, fantasy –> mi writer men ehn than thanah vahaka liyan feshyma mithaa vahaka liyaaney ihulaastheri baeh neh dhen. Vrh dhera. Writer men rangalhu kobbala nikan

    1. writer says:
      July 27, 2017 at 8:58 am

      Too much… let me tell u something… hama reechah hurefa break eh nagaahithun noon buny vakin post eh liyefa vaahaka fahun upload kuraanamey… i am not a professional writer i am a medical student so aamu students a balaafa every single day in my life even my holidays will be busy…readers gaboolu kury uzuru… v faahaka vey too much anti fan eh kan… writer mihaathanah kuri komme kameh readers ah egeyne… las v sababaa …. nubune las v nama ok thihen bunan…and alah lava eh lee…. part dhigukuraakah noon…ae kurin genesdheefa in baige thankolheh ebai nulai mi part kuriyah gosfiya some wont even knw vaanuwaa eh… ehn noonas e lava a nula ves word count inaany kuryga ves kuraa varah… i am busy person… vaguthu huskohgen v varakun liyany… vaahaaka foohi vanya nukiyas i dont mind… ae hama kiyuntherinah egeyny

    2. song joong ki..KOREAN says:
      July 27, 2017 at 9:07 am

      so true writer so true. dhn too much ah vaahaka hadiyya nukiyun dhw rangalhy. but plx don’t say like that words to any writer. if u did, they will surely lose thier confidence!!! so be careful n respect others FEELINGS TOO!!!!

    3. .Noor says:
      July 27, 2017 at 9:22 am

      I agree both writer ,& song joong ki..KOREAN..life ge eki kankamaa struggle kuramun ves liyun therin vaahaka genes dheny varah bura masakkathun..i dnt undstand thigothah liyun therinnah hithah ai haa echcheh govaigen kiyun therinnah libeny kon satisfactory ek kameh..really a sad thing..?

    4. song joong ki..KOREAN says:
      July 27, 2017 at 9:24 am

      noooor!! i’m waiting for ur new storyy!!

    5. .Noor says:
      July 27, 2017 at 9:51 am

      Oh.ThanQ…im on it dear.

  14. Anonymous says:
    July 27, 2017 at 11:14 am

    Vvv reethi… nxt prt kn knirakun…..btw mi stry ga adhi kithah prt eboitha

  15. Adha? says:
    July 27, 2017 at 12:03 pm

    Happy to see you back ? varah varah reethi mi part ves.. waitingss ❤❤❤❤

  16. Aamin says:
    July 27, 2017 at 2:43 pm

    Hai varan varan reethi mi part vs igy??
    When next part

  17. Pop says:
    July 29, 2017 at 7:07 pm

    Mirey up vane dhw

  18. ish says:
    July 29, 2017 at 8:19 pm

    vaahaka aneh hen ok. Ekam lasvi varaa balaafa kuru. lyrics eh liye dhigu kollaaafa mi iny

    1. writer says:
      July 29, 2017 at 9:56 pm

      Lyrics ae kury part ge thankolheh… lyrics aa nulaa ves ehn part thakuge dhiguminah fetheyne…and las v exams dhuwas varu v ma…and now i attend classes komme dhuwahaku 4 hours traveling ah heydha kohfa… chutty viyas varah busy koh miulheny… sorry dear.. vaki dhigu kuraakah noon ae … next part maadan genesdheynan liyevunu varakun..m it wont be super long..m i dont have time to write aslu dhigu dhigu episodes… v busy koh ulheny… no one will understand it?

    2. ish says:
      July 30, 2017 at 9:33 am

      ohhh it’s ok better
      kiyevun furathama iskuran vaany
      stories liyevidhaane
      ekam kiyavan libey vaguthu beykaaru vejjeyaa eyeh nulibeyne fahun
      varah strong kujjakah vegen study well
      tc :-*

Comments are closed.

Next Episodeދުރުގައިވިޔަސް… 29 ވަނަ ބައި←


All Right Reserved!