ވިސްކާ
ކުޑަ އީދު ދުވަހެއެވެ . ރަށުގެ ކުދި ބޮޑު އެންމެ ކަހަލަ ގޮތަކަށް އުޅެމުން ދަނީ އީދު ނަމާދަށް ތައްޔާރު ވުމަށެވެ . ހައިކަލް އަކީ 19 20 އަހަރަށް ދާ ޒުވާނެކެވެ . ހައިކަލް އަކީ މާލޭގައި ވަޒީފާ އަދާ ކުރަމުން ދާ ޒުވާނަކީ މެއެވެ . ހައިކަލް ރަށަށް އައީ އީދު ގައި މަޖާ ކޮއްލުމުގެ ނިޔަތުގައެވެ . އޭގެ އިތުރުން އޭނާގެ ލޯބި ވެރިޔާ އާ ބައްދަލު ކުރުމަށެވެ . ހައިކަލް އީދު ނަމާދަށް ތައްޔާރު ވެލައިގެން ހައިކަލް ލޯބި ވެރިޔާ އާ ގުޅާ ލިއެވެ .
ހައިކަލް : ގުޑް މޯނިން
ނީލާ : މޯނިން
ހައިކަލް : ނިދަނީތަ
ނީލާ : ނޫން … މިޔޮޅެނީ އީދު ނަމާދާށް ދާން ލާނެ އެއްޗެއް އިސްތިރި ކޮށް ލުމަށް
ހައިކަލް : އެހެންތަ …… ފަހުން ގުޅާލާނަން
އެހެން ކިޔާފައި ހައިކަލް ދިޔައީ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތަށެވެ .
އިރު ކޮޅެއްގެ ފަސް އީދު ނަމާދު ކޮށް ނިމިއްޖެއެވެ . އީދު ސަލާމް ކޮށްފައި ހައިކަލް ގެ ރަހުމަތްތެރިން ގެޔަށާ ގާތްތިމާގެ މީހުން ގެ އަށް ޒިޔާރެއް ކުރިއެވެ . އެގަޑީގައި ހައިކަލް ގެ ފޯން ރިންގް ވާން ފެށިއެވެ . އެއީ ނީލާއެވެ . ފޯނު ނަގަން އުޅެނިކޮށް ފޯނު ކެނޑިއްޖެއެވެ . އަޅާވެސް ނުލާ މޭޒުމަތީގައި ފޯނު ބޭއްވިއެވެ .ދެވަނަ ބުރަށް ފޯނު އައެވެ . އެއީ އެލީނާ ކަން އެގުމުން ފޯނު ނެގިއެވެ ..
ނީލާ : ކޮންތާކު ؟
ހައިކަލް : މީނީ ބޮޑުދައިތަ މެން ގޭގާ ސައިބޯން … ކިހިނެއް ވީ ؟
ނީލާ : ކަމެއް ނުވޭ ….. އީދު ނަމާދު ކޮއްގެން ހަބަރެް ނުވާތީ އެހެން ވެ ގުޅާލީ ….. މިކޮޅަށް އާދެވިދާނެ ތަ <
ހައިކަލް : އާން ! މިދަނީ ….
އެހެން ކިޔާފައި ހައިކަލް އަވަސް ވެގަތީ ނީލާ މެން ގޭ ކާރިޔަށް ދިޔުމަށެވެ . ދިޔުމުގެ މަގުމަތީގައި ފިނިފެން މަލެއް ގަނެގެން ދިޔައެވެ . އެއީ ދެލޯބި ވެރިން ގެ ފުރަތަމަ އަހަރީ ދުވަހެއެވެ . އެ ގެޔާ ހަމަށް އާދެވިއްޖެއެވެ . ހައިކަލް ނީލާ ގެ ފޯނަށް ގުޅިއެވެ . ނީލާ ފޯނު ނެގިއެވެ …
ހައިކަލް : މިހުރީ ތިގޭ ކާރީގާ ….
ނީލާ : އާން މި ނިކުންނަނީ .
އެހެން ކިޔާފައި ފޯނު ކަޑާލިއެވެ . އަވަސް އަވަހަށް ނީލާ އެގޭ ބޮޑު ދޮރާށިން ނިކުތެއެވެ . ނީލާ އަކީ 14 15 ގެ ހަދު ފަދަ މޫނެއް ލިބިފައި ވާ ރީތި ޒުވާން ކުއްޖެކެވެ . އިސްކޮޅުން ދިގު ކުއްޖެކެވެ . ޒުވާން ފިރިހެން ކުދިން ހިތް ކަތިލަމުން ދާ ޒުވާން އަންހެން ކުއްޖެކެވެ .
10 Comments
Comments are closed.
Ibaaraiy kurun ehaa rangalheh nooon…
Thanx … adhi ragalhu vaane ……
Age thakolhen kudaveemaa loabige story eh veemaa ehaa ehaa eh nooh
nice ♡
Ibaaraaih kurumuge mahsala ebaulhey. but reethi vaanehen hyvany mi story. well, good luck 🙂
Keep it up ???
iraadha kureviyaa ragalhu vaane
Dhn aneh bai niah vure rangalhu vaane kamah ummedh kuran.. Good luck
How old is this writer??
Keep it up!