ދުރުގައިވިޔަސް… 29 ވަނަ ބައި
” އޯހް… ދެއާއަރ ޔޫ އާރ… މީޓް ހާ.. ކިއާރާ.. މައި …” ނަކީލް އާއި ކޮޑާއި ކޮޑު ޖައްސާއި ސަލާމްކުރަމުން ކައިލް ކިއާރާ ތައާރަފްކޮށްދޭން ފެށިއެވެ.
” ވައިފް” ކިއާރާ އެ ޖުމްލަ ފުރިހަމަ ކޮށްދިނީ ކައިލް ގައިގައި ކުޑަކޮށް ބައްދައިގަންނަމުންނެވެ. ނަކީލްއަށް ހީވީ މީހަކު ނަކީލްގެ ހިތުގައި ވަކި އެޅި ހެންނެވެ. ކުޑައިރުކޮޅެއްގެ ކުރިން މި ލިބުނު އުއްމީދު ފަޑުވީ ހެއްޔެވެ. މިއީ ކޮންފަދަ ސަމާސާއެއް ބާވައެވެ. މީއީ ހަޤީޤަތެއް ހެއްޔެވެ. ނޫނީ ހުވަފެނެއް ހެއްޔެވެ.
“ވައިފް… ވައިފް.. ވައިފް” އެ ބަސް ނަކީލްގެ ސިކުނޑީގައި އެބަސް އެތަށް ފަހަރަކު ކިޔާލެވުނީ ޤަބޫލުކުރަން އުދަނގޫ ކަމަށް ވެދާނެއެވެ. މާޔާ އެހެން މީހެއްގެ ހައްޤަކަށް ވެދާނެ ބާވައެވެ. އެހެން ނުވާނެއެވެ. އެއީ އަދިވެސް ނަކީލްގެ އަންހެނުންނެވެ. ނަކީލްގެ އެކަނި ހައްޤެކެވެ. އެހިތުގައި އެތަށް ސުވާލެއް އެއްފަހަރާ ފުނި ޖެހެނުވެ. ކޮން ކިޔާރާއެއް ހެއްޔެވެ. އެއީ ހަމަ މާޔާގެ ސޫރައެވެ. އެ ހަށިގަނޑެވެ. އެ އިސްތަށިގަނޑެވެ. ދެން ކޮން ކިޔާރާއެއް ހެއްޔެވެ. މާޔާގެ ޓްވިންސް އެއްވެސް ހުންނަނީ ކީ ނޫންވިއްޔާއެވެ. ދެން މިއީ ކިހިނތެްވާންވީ ކަމެއް ހެއްޔެވެ. އެއީ އަނެއްކާ މާޔާ ބާވައެވެ. ނުނީ އެހެން މީހެއްގެ ހައްޤަކީ ހެއްޔެވެ.އެއީ ހަމަ އެ ކިޔާ ކިޔާރާ ހެއްޔެވެ. ނަކީލް ބޯހާސްވާން ފެށުމުން ދެފަރާތަށް ބޯހޫރުވައިލެވުނީ އެހިޔާލްތަކުން މިންޖުވުމަށެވެ.
” އައި ޑިޑިންޑް ނޯ ޔުއާރ މެރިޑް… ކޮންގްރާ ބްރޯ” ނަކީލް ގަދަކަމުން ހިނިތުންވަމުން ކައިލްއަށް މުބާރިކްބާދީ ދިނީ ހިތްރޮމުންދާ ހާލުގައެވެ. ކައިލްގެ އަތުގައި ހިފައިގެން ހުރި ކިޔާރާގެ ވެސް ނަޒަރު ހުއްޓިފައިވަނީ ނަކީލްއަށް ކަމަކު ނަކީލް ބެލީ ކިޔާރާއަށް ނުބަލައި ވޭތޯއެވެ.
“ތޭންކްސް މޭން…. ހިނގާ ދޯ އެތެރެއަށް… މިހާރު ވަރަށް ވަރުބަލިވެފަ ނު ހުންނާނީ..” ކައިލްއަށް ނަކީލް މަޑުނ ހުންނަކަން ފާހަގަ ވުމުން ދަތުރު ވަރުބެލިވީ ކަމުގައި ނިންމާ ގޭތެރެއަށް ވަނުމަށް ދައުވަތުދިނެވެ.
………………………………………………………………………………..
” އިސް އިޓް ރިއަލީ ޔޫ މައި… ތިހެން ދެން ނުތަޅުވާ މައި… ދެން އާދޭ… އަހަރެން ހަމަ އަސްލުވެސް މޮޔަ ވެދާނެ… އިފް އޮން ލީ ޔޫ ކޭން ސީ… އައި އޭމް އިން ސޯ މަޗް ޕެއިން…. ލަވް… އާދޭ ދެން ތުޅަވުމާ…” އެދުގައި އޮށޯވެގެން އޮވެ ފޯނުން މާޔާ އާއި އެކު ނަގާފައިވާ ފޮޓޯއަކަށް ބަލައިގެން ހުރެ ޝަކުވާ ކުރަމުން ދިޔައެވެ. އެހިތުގެ ހާލު މާޔާއަށް އިވޭނެ ނަމައެވެ. އެ ހިތް ރޯވަރު މާޔާއަށް ފެންނާނެ ނަމައެވެ.
މިއަދު ކިޔާރާއާއި ބައްދަލުވި ގޮތަކީ ފުރަތަމަ ނަކީލްއާއި މާޔާއާއި ވެސް ދިމާވިގޮތެވެ. އެދުވަހު އެ މަލެއްފަދަ ނާޒުކު ކުއްޖާ ނުވެއްޓި ސަލާމަތްވީވެސް ހަމަ ނަކީލްގެ ކުޅަދާނަ ކަމުންނެވެ. އެ މަންޒަރު ލޯކުރިމަތީ ސިފަވިހިނދު މޭގައި އަތް އަޅައި ލެވުނީ ހިތަށް ލިބުނު ހިތްހަމަ ޖެހުމެއްސަބަބުން ކަމެއް ނުވަތަ ވޭނެއްގެ ސަބަބުންކަމެއް ނޭނގެއެވެ. އެދުވަހުވެސް ވީ ހަމަ ފިނި މޫސުމުގެ ދުވަހަކަށެވެ. މިގޮތަށް ސްނޯ ފައިބާފައި އޮތް ދުވަހަކަށެވެ. އެދުވަހު ފެނުނު ކުލަވަރުތަށް މިއަދު ވެސް އެކުއްޖާގެ މޫނުމަތިން ފެނުނީ އެއީ އިއްތިފާޤަކަށް ވީމަ ހެއްޔެވެ. ހީވީ މާޒީގެ އެ ސަފްހާ ކުރިމަތީ އަލުން ތަކުރާރު ވި ހެންނެވެ. އެއީ ފޮނި އުއްމީދުތަކެއް ދިރުވި އެ ދެހިތުގައިވެސް އާވިންދެއް އުފަންކުރުވި ދުވަހެކެވެ. އެދުވަހު ކުރެވުނު ކަހަލަ އިހްސާސެއް ހަމަ މިއަދުވެސް ކުރެވުނީ ކީއްވެހެއްޔެވެ.
ނަކީލްއަށް ހިޔާލީ ދުނިޔެއިން ބޭރަށް ނިކުމެވުނީ މީހަކު ދޮރުގައި ޓަކި ދިން އަޑަށެވެ. އެއާއިއެކު ފޯނު ބޭއްވުމަށްފަހު ގޮސް ދޮރު ހުޅުވައިލީ ކައިލް ކަމަށް ހީކޮށެވެ. ނަމަވެސް އެއާއި ހިލާފަށް ކުރިމަތީ ހުރީ ނަކީލްގެ ހިތާއި ކުޅެލުމުގެ ބާރު ލިބިފައިވާ ސޫރައިގެ ވެރިޔާއެވެ. ނަކީލް ކަޅިޖަހާނުލާ ބަލަން ހުރެވުނީ ކުރިމަތީ ހުރި ކުއްޖާ މާޔާއާއި އެއްވައްތަރުކަމުންނެވެ. ކިޔާރާ އިސް ޖަހާލީ ނަކީލް ބަލަމުންދާ ވަރުންނެވެ.
ހަޤީގަތުގައި މިޒުވާނާ ފެނިފައި ކިޔާރާގެ ހިތަށްވެސް ބުނެދޭން ނޭނގޭ ފަދަ ގޮތެއްެވެއްޖެއެވެ.. މޭގައި ހުސްކަމެއް ވާހެއް އިހްސާސްކުރެވެއެވެ. ތަނަކުން ފެނުނު ދަންނަ މީހަކާއި ވައްތަރުވަނީ ކީއްވެ ކަމެއް ހުދު ކިޔާރާއަކަށްވެސް ނުވިސްނެެއެވެ.
” މިއީ… މިއީ… ދޮންބެ… ބުނި އަންނާށޭ ކާން…” ކިޔާރާ އެހެން ބުނެފައި އެތަނުން ދުވެފައި ކަހަލަ ގޮތަކަށް ދިޔައީ މިއަދު އެ ޒުވާނާއާއި ކުރި ސަމާސާ ފަޅާއެރުމުންނެވެ. ކައިލްއަށް ދުވަހަކުވެސް ނަމުން މުހާތަބު ނުކުރާކަމުން ބުނެވުނީއެވެ.
ނަކީލްއަށްް ހުރި ފިޔަވަޅު މަތީ ހުރެވުނީ އެބުނި ބަސް ޤަބޫލުުނުކުރެވިފައެވެ. ކައިލް އަކީ ކިޔާރާގެ ދޮންބެ ހެއްޔެވެ. ނޫނީ ދެމީހުން ވެގެން ނަކީލް އިތުރަށް ތަޅުވަނީ ބާވައެވެ. ނޫނީ އަދި ބައްދަލުކުރަން ޖެހޭ އިތުރު މީހެއް ހުރީ ބާވައެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ނޭނގި ކިޔާރާ ދިޔަ ދިމާއަށް ނަކީލް ދިޔައައެވެ. ތިރިއަށް ދިޔުމުން މިސުވާލުތަކުގެ ޖަވާބު ލިބޭނެކަމަށް އެހިތް ބުނަމުން ދާތީއެވެ.
” އެހެން ވާނީ މީހުން ހައްދަން އުޅެންޏާ… ކޮބާ… ” ކައިލް ކިޔާރާގެ ބޮލުގައި މަޑުމަޑުން ޖަހައިލީ ހެމުންނެވެ. މީހާ ރަކިވެގެންގޮސް ވިރެން ތައްޔާރަށް ވެފައި ހުރިގޮތުން ނުހީ ކެތްވާނީވެސް ކާކަށް ހެއްޔެވެ. ތެދެކެވެ. ކިޔާރާ ބޭނުންވީ އެމީހާ ހައްދާލާށެވެ. ކުޑަ ދުވަސް ކޮޅަަކަށް ނަމަވެސް އެގޮތަށް އެކްޓް ކުރެވުނު ނަމަ ކިހާ މަޖާވީސް ހެއްޔެވެ. އެމީހާގެ ދެލޮލުން ފެނުނު އިހްސާސްތަކަށް ކިޔާރާ ބިރުގަތީއެވެ. އެބަސްނާހާ ހިތް އޭގެ ޖާގައިން ދޫވިކަން ގައިމެވެ.
” ހެވޭ… އެއީ ހަމަ ދޮންބެ ކަންތައް… ކިޔާ ލައްވާ އަބަދު ދޮންބެ ކިޔުއްވާތީ ވާގޮތް… ހޭނެ ކަމެއް ނެތް ކޮންމެހެން…” ކިޔާރާ ތުން ދިގުކޮށްލަމުން ބުނެލީ ރުޅިއައި ކަމަށް ހެދެމުންނެވެ. މިއަދު ދެން ކައިލް ދިމާކުރުން ހުއްޓާ ނުލާނެކަން އެނގޭތީއެވެ.
” ދެން ނަކީލް ކިޔާރާއަށް އަދަބު ނުދީފިއްޔާ ރަގަޅެއްނު… އެހެން ދެން މީހުން ހައްދަން ޖެހޭ ވިއްޔާ…ހެހެ” ކައިލް މޭޒުމަށްޗަށް ތަށިތަށް އަތުރަމުން ވާހަކަ ދައްކަމުން ދިޔައީ ކިޔާރާއާއި އެވެ.
” ހުއް… އަދަަބެއް ނުދޭނެއެއްނު… އެމީހަކަށް ކީއް ދެން …” ކިޔާރާވެސް ދެރަނުވާން ވެގެން މިހެން ބުނެލީ ސުފުރާމަތި ހަަމައަކަށް އަޅުވަމުންނެވެ. އެކަކު އަނެކަކާއި ވާހަކަ ދައްކަމުން ދިޔައީ ކޮރެއާ ބަހުންނެވެ.
“އަދަބު ލިބޭނެ…” ޑައިނިންގް ރޫމް ދޮރުމަތީ ނަކީލް ހުރީ އެމީހުން ޖަހަމުން ދިޔަ ހުރިހާ ސަކަރާތެެއް ބަލާން ފެއަށް މޭގައި ހުރަސްކޮށްގެންނެވެ . އެކަމަކު އެއްޗެއް ނުބުނެ ކެތްނުވީ މާޔާއާއި ވައްތަރު އެކުއްޖާގެ ފަރާތުން ފެންނަ ދުރުކަމުގެ ސަބަބުން ކަމަށް ވެދާނެއެވެ. އެއާއި އެކު ކިޔާރާއާއި ކައިލްއަށް އެއްފަހަރާކަހަލަ ގޮަތަކަށް ނަކީލްއާއި ދިމާލަށް ބަލައިލެވުނެވެ. އެދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ސީރިއަސް ކުލަވަރުތަކުން ހީވަނީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރީ ހެންނެވެ.
” ވަަރަށް މަޖާތަ…” ނަކީލް ގޮސް ކިޔާރާކައިރި ހުއްޓިލަމުން ސީދާ އެދެލޮލަށް ބަލަން ހުރެ ބުނެލި ގޮތުން ކިޔާރާ މުޅިން ފިނިވި ކަހަލައެވެ. ވަގުތުން ދެއަތް މޮޑެން ފެށުނީ ހާސްވިވަރުންނެވެ. ނަކީލްއަށް މިތަން ކިތަންމެ ރީއްޗަށްވެސް ފެނުނެެވެ. އަދި މޫނު މަތިން ފަޑު ހިނިތުންވުމެއް ދުވެލީ ހިތުގައި އުއްމީދެއް އާލާވުމުންނެވެ.
” ނޫ…ނޫން… ސޮރީ…އަދަބު ދޭން ނުވާނެ…” ކިޔާރާ އަޅައިގަންނަމުން ކަހަލަ ގޮތަކަށް ބުނެލީ ނަކީލްގެ ލޮލުން ނަޒަރުވަކިކޮށްލުމެއް ނޭތީސްއެވެ.
” ދޮންބެ ބުނެބަ…” ކިޔާރާ މިފަހަރު ކައިލްއަށް ބަލާލައި އެހީއަކަށް އެދުނީ އަދިވެސް ނަކީލް ގެ ސީރިއަސް ބެލުމުގެ ސަބަބުންނެވެ. އަރަތެއް ކަހަލަ މީހެކެވެ. އެވަރުގެކަމަކަށް އަދަބު ދޭން ވޭ ހެއްޔެވެ. ނުލާހިކު ކުޑަ ސަމާސާއެއް ވިއްޔާއެވެ. ކިޔާރާއަކީ ކައިލްގެ ކޮއްކޮ އަށްވިޔަސް މަންމައަށް ވިޔަސް ކީއް ހެއްޔެވެ. ބަލާގޮތުންވެސް ނޭނގޭގޮތެއް ވެއެވެ. މިއީ އަނެއްކާ އިންސާނެއް ބާވައެވެ. އެސޫރަ ހިތުގައި ބިންވަޅު ނެގުނީވެސް މާ އަވަހަކާ ވިއްޔާއެވެ. ހުރިހާވެސް ކުށަކީ އެހިތުގެއެވެ. މީހުންނަށް އެހާ އަވަަހަށް ހިތް ކިޔަން ޖެހޭ ހެއްޔެވެ.
ކިޔާރާގެ މޫނަށް އަރައި ފައިބަމުންދާ ކުލަވަރުތަކަށް ބަލަން ނަކީލްއަށް ހުރެވުނީ ކުޑަކިރުކޮޅެއްވަންދެނެވެ. ނުހޭންވެގެން ހިފަހައްޓައިގެން ހުރި ހިނިގަނޑު މަތަނުވެ ބާރަށް ހޭންފެށުނެވެ. ކައިލްއަށްވެސް ނަކީލް ހޭތަން ފެނުމުން ހޭންފެށުނީ ކިޔާރާ ހުރިގޮތުންނވެ. ލަދުގަތްވަރުން ކިޔާރާ އެތަނުން ގެއްލޭނެ ނަމައޭވެސް ހިތައްއެރިއެވެ.
ކެއުމަށް އިިންސާފުކުރަމުން ދިޔައިރު އިރުއިރުކޮޅާ ކިޔާރާ ސިއްރުސިއްެރުން ނަކީލްއަށް ބަލަމުން ދިޔާއީ ނަކީލްގެ ރީތިކަމަށް ތައުރީފްކުރާ ހާލުގައެވެ. ކޮރެއަން މޮޑެލްއަކަށް ދޫކޮށްނުލައެވެ.
” ނަކީލް… ހާސް ނުވޭ… މިއީ ހުސް ހަލާލް އެއްޗެހި… އަހަރުމެންނަކީ ވެސް މުސްލިމުން… ހަމަ ކާންވީ… ހަލާލްނޫން އެއްޗެއް ނުހުންނާނެ މިތާކު..” ނަކީލް ހަމަ އެކަނި ތަރުކާރީ ސެލަޑްއެއް ކާން ފެށުމުން އެއްޗެއް ހީވެގެން ކައިލް ބުނެލިއެވެ.
” ތޭންކްސް” ނަކީލްގެ ހިތުގައި އުފެދިފައި އޮތް ސުވާލަކަށް ޖަވާބު ލިބުނީތީ ޝުކުރުއަދާކޮށްލިއެވެ.
” ކިޔާރާ އެއީ ޔުއާރ ރިއަލް ސިސްޓަރ އެއްތަ… އައި މީން..” ނަކީލް ހިތުގައި ފުނިޖެހިފައިވާ ސުވާލުން ކުރެ ސުވާލެއް ކޮށްލީ ކިޔާރާ ކައި ނިމިގެން ކޮޓަރިއަށް ދިޔުމުންނެވެ. ކިޔާރާކޮށްފައިހުރި މަޖާކަންތައްތަކުގެ ވާހަކަ ދެކެވުމުގެ ތެރެއިން ނަކީލް އެ ފުރުސަތުގެ ބޭނުން ހިފައިލީއެވެ. އެއާއި އެކު ކައިލްގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުން ކޮންމެވެސް ވަރަކަށް ފަޑުވެގެން ދިޔަކަން ނަކީލްއަށް ފާހަގަކުރެވުނެވެ.
” ބަލާފަ ވެސް އެނގޭ ދޯ.. އެއީ އެމެރިކަން ޖީންސް އެއްނޫން.. ނުވި ތާކަން ކޮރެއަން ވެސް ނޫން… އޭޝިޔާގެ ކުދިންގެ ފަރާތުން ފެންނަން ހުންނަ ފީޗާސް ކިޔާރާގެ ފަރާތުން ފެންނަން ހުރީމަ…. އައި ވޯޒް ތިންކިންގް…” ކައިލް ހިތްހަމަނުޖެހުނީ ކަމަށް ވިސްނާ ނަކީލް އިތުރަށް ތަފްސީލުކޮށްދިނެވެ. ހަޤީގަތުގައި ނަކީލް ބޭނުންވީ ކިޔާރާއާއި ކައިލްއާއި ދެމެދުގައި އޮތީ ކޮން ގުޅުމެއްތޯ ބެލުމެއްނޫނެވެ. ކައިލްއަށް ކިޔާރާ އެގޭތާ ކިހާ ދުވަހެއް ވީކަން ދެނެގަތުމެވެ. ކިޔާރާގެ ފަރާތުން ކުޑަވަގުތުކޮޅަކަށް ނަމަވެސް ފެނުނު ބައެއް އަދާތަކަކީ ހަމަ ނަކީލްގެ މާޔާގެ ފަރާތުންވެސް ފެންނަ ކަންތަކަށް ވުމުންނެވެ. އެހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބުތަކާއި ހަމަޔަށް ވާސިލުވެވޭނީވެސް ކުޑަނަމަވެސް ހިތްވަރެއް ކޮށްގެންތާއެވެ.
” އެޑޮޕްޓެޑް… ބަލާފަވެސް އެގޭނު ޝީއިޒް ނޮޓް ފްރޮމް އަވަރ ރޭސްކަން… ވަރަށް ކުޑައިރު މަންމަމެން އެޑޮޕްޓް ކުރި ކުއްޖެއްއެއީ… ޔަތީމްޙާނާއަކުން ބޭރަށްގޮސް އަންނަމުން…އީވެން އައި ވޯޒް ސްމޯލް…އެެހެންވެ ނޭނގެ އެހާ ރަގަޅަކަށް… އެކަމް ވީ ނެވަރ ކޮންސިޑާޑް ހާ އޭސް އެން އައުޓް ސައިޑާ… ޝީ އިޒް މައި ލިޓިލް ސިސްޓަރ… ” ކައިލް އަށް މިސުވާލު މާކުރިންވެސް ކުރިމަތިވާނެކަން އެނގޭފަދައެވެ. އެހެންކަމުން އެއަށް ޖަވާބުދިނީ ހަމަޖެހެމުންނެވެ. މިއީ އަލަށް ކަައިލްއާއި ކުރިމަތިވި ސުވާލެއްވެސް ނޫން ވިއްޔާއެވެ. އެކަމަކު އެސުވާލުގެ ޖަވާބު ކޮންމެކޮންމެ މީހެއްކައިރީ ދިނުމަށް ފަސްޖެހެވެނީއެވެ.
“ކުރިން އަހާނެ ކިޔާ މިހާ ތަފާތީ ކީއްވެހޭ… ދެން ވީ ޔޫސް ޓު ސޭ… އެއީ ކިޔާ ހާއްސަ ވީމައޭ… ދެން އެނީވޭސް.. މިއީ ކޮރެއާ އެއްވެސް ނޫންތާ… އެހެންވެ އެހާ ފަސޭހައީ މިތަން… ދިސް އިޒް އަ ގުޑް ޕްލޭސް ފޯ ހާ..ހުރިހާ ގޮތަކުން ބެލިޔަސް..” ކައިލް އިތުރުކޮށްލިއެވެ. ” ކޮރެއާ އެއީ ދެން ވަރަށް އެހެން ކަހަލަ ތަނެއް… އެޓްލީސްޓް ފޯ މީ… ޑޭޑް އެމެރިކަންކަމަށް ވެފަ މަންމަ ކޮރެއާ މީހަކަށް ވީތީ ނަކީލްމެންނާ ބަލާފަ އީވެން އައި އެމް އަބިޓް ޓިފަރެންޓްނު… ކުރިން ގޮސް އުޅޭއިރު ވަރަށް މީހުން ބަލާ ހަދާ…. ބައްޕަ އާއި އެކީ ގޮސްފިއްޔާ ހާއްސަކޮށް…. ވަރަށް ބިރުވެރި އިހްސާސެއް އަސްލު ކުރެވެނީ.. ވީ ޑިޑިންޓް ވޯންޓް ކިޔާ ޓު ފީލް ދަ ސޭމް… ނަކީލްއަކަށް ނޭނގޭނެ ހައު އިޓް ފީލްސް ޓު ބީ ޑިފަރެންޓް..” ފަޑު ހިނިތުންވުމެއް ވެރިކުރުވަމުން ކައިލް ވެސް މާޒީން ކުޑަ ތަންްކޮޅެއް ހިއްސާކޮށްލިއެެވެ. ގިނަ ފަހަރަށް އެކަކު އަނެކަކާއި ތަފާތުވުމަކީ މީހުންނަށް ބަލައިގަންނަން އުދަނގޫކަމަކަށް ވެދެއެވެ. އެއްގައުމަކަށް ވިޔަސް ބަލިމަޑުކަމެއްގެ ސަބަބުން ލެވޭ އައިބަކަށް ނުވަތަ އުފެދުމުގައި ހުރި ތަފާތުކަމަކުން ވެސް މީހުންގެ ބެލުންތަކާއި ތަފާތުކުރުންތަކާއި ކުރިމަތިވަނީ މަދުންނެއް ނޫނެވެ. ތަފާތު ވުމަކީ މައްސަލައެއް ނޫނެވެ. ނުނީ ދެ ނަސްލުގެ މީހުން ކައިވެނިކުރުމަކީވެސް މައްސަލައެއްނޫނެވެ. މައްސަލައަކަށްވަނީ ފިކުރެވެ. ކަޑައަޅާފައިވާ އުސޫލުތަކާއި އިއްޒަތާއި ގަދަރުގެ ނަމުގައި ދައުވާކުރަމުންދާ ދައުވާކުރުންތަކެވެ. މިނަފްރަތުގައި ކިތަށް އާއިލާއެއް ރޫޅި ކިތަށް ކުދިން ބިކަވެ ދޭހެއްޔެވެ.ނޫނީ ކިތަށް މައުސޫމް ފުރާނަ ދުނިޔޭ ދޫކޮށްދޭ ހެއްޔެވެ.
“ހައް…. އައި ނޯ ހައު އިޓް ފީލްސް މޯދެން ޔޫ…. އޯ އެނީވަން އެލްސް… އައި ލޮސްޓް މައި ވައިފް.. މައި ސަން… މުޅި ދުނިޔެ… ކީއްކުރާނީ… އެނީވޭސް… ކައިލް ތިހީކުރާ ގޮތަށް އަހަންނަކީވެސް ހަތޭކަ އިންސައްތަ ކޮރެއާ މީހެއް ނޫން… މޯމް އިޒް ޗައިނީޒް އެންޑް ޑޭޑް އިޒް އަ ކޮރެއަން… މީހުންގެ ވިސްނުމެއް ބަދަލެއްނުވާާނެ… ކިތަންމެ ކުރިއަރައި ދިޔައަސް… އެހެން ނޫންނަަމަ މިއަދު މާޔާާ ހުންނާނީ އަހަރެން ކައިރީ..” ނަކީލް ހިނިތުންވުމެއް ވެރިކޮށްގެން ވާހަކަ ދެއްކި ކަމުގައި ވިޔަސް އެ އަޑުގައި ވާ ވޭން ކައިލްއަށްވެސް އިހްސާސްކުރެވުނެވެ. ތެދެކެވެ. އަނެކާއަށް ބަލާފައި އުފުލަމުންދާ ތަކްލީފެއް ނޭގިދާއެވެ. ހިނިތުންވުމެއް ވެރިކުރުވައިގެން ދުނިޔޭގެ ލޯތަކަށް އުފާވެރިކަން ދައްކަން އުޅޭމީހާގެ ހިތް އޮތީ ކޮން ހާލެއްގަ ކަމެއް ނޭނގޭނެއެވެ.
” އައި އޭމް ސޮރީ މޭން..” ކައިލް ނަކީލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލީ ހިތްވަރުކުރާށޭ ބުނާ ފަދައަކުންނެވެ.
” އީޓްސް އޯކޭ… ކައިލްއަކަށް ވެސް ކުރިއަކުން ނޭނގެނީތާ…” ނަކީލް މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވީ ކައިލް ހިތްހަމަޖެހޭތޯއެވެ.
” މާޔާ… އޯ… މިހާރު އެގިއްޖެ ކީއްވެކަން މާޔާ ކީ… ވެއާ އިޒް ޝީ.. ޑިވޯސްޑް؟… ބޭބީ ހުންނަނީ ވެސް މާޔާ ކައިރީތަ..؟” ކައިލްގެ އިތުރަށް ނަކީލްގެ ހަޔާތާއި ބެހޭގޮތުން އެނގުމުގެ ޝައުޤުވެރިކަން އުފެދުނެވެ. ކައިލް ދެކޭގޮތުގައި މިހާރު ނަކީލްއަކީ ވަރަށް ގާތް އެކުވެރިއެކެވެ. އެހެން ކަމުން އެކުވެރިޔާގެ ގިލަންވެރިކަން ކުޑަކުރެވޭނީވޭސް އެކުވެރިޔާއި ބޭހޭގޮތުން ކޮންމެވެސް ވަރެއް އެނގިގެންތާއެވެ.
” އައި ވިޝް… އޭރަށް އެނގޭނެތާ ހެޔޮހާލުގަ ހުރިކަން… ނޫނީ ހުރި ތަނެއް… މީގެ ތިން އަހަރުކުރިން އައި ލޮސްޓް ހާރ… ވީ ނުވީއެއް ނޭނގި ގެއްލުނީ.. އަހަރެން ވަރަށް މަސައްކަތް ކުރިން މައި ފެނޭތޯ… އެންމެ ފަހުން މީހުން ތުންތުން މަތިން ކިޔަން ފެށީ ޝީ އިޒް ޑެޑް އޭ… އެކަމަކުވެސް އަހަންނަށް އެނގޭ މައި އަދި އަންނާނެކަން… އެންޑް ޔާ… މައި ސަން… ވަރަށް ރަގަޅު ބަސްއަހާ ކުއްޖެއް އެއީ… ވަރަށް ލޯބި… ޖަސްޓް ލައިކް ހިޒް މަމް… އެކަމް ސަމްވަން ކިލްޑް ހިމް..” ނަކީލް މޫނު ދެއަތުން ފޮރުވައިލީ ނަތީޤްގެ ލެއިން ތަތްތެޅިފައިވާ ކުޑަ ހަށިގަނޑު ކުރިމަތިން ސިފަވުމުންނެވެ. އެއީ ދުވަހަކުވެސް ހިތަކުން ފިލައިގެން ދާނެ ހަދާނެއް ނޫނެވެ. އެ ހަދާންތަކާއި ގުޅިފައިވާ ވޭންވެސް އަދިވެސް ތާޒާކަމާއި އެކު އެހިތުގައި ވާފަދައެވެ.
” ޔޫ ނޯ ވަޓް… މައި އެކްސް ވައިފް ކިލްޑް ހިމް… މާޔާގެ ފަރާތުން ބަދަލް ހިފަން ވެގެން… ބެލްކަނިންގް ވައްޓާލީ… އެކުޑަކުޑަ ފުރާނަ… ހިތަށް އަރާ ހާދަ ރުއިމެއް ރޯނެއޭ… ހާދަ ބިރެއް ގަންނާނެއޭ… ބައްޕައެއްގެ ހައިސިއްޔަތުން އައި ކުޑުންޓް ޕްރޮޓެޓް ހިމް… އަމިއްލަ ދެއަތުން ގޮސް އެގެއަށްލީ…އިފް އައި ނިއު ބިފޯ… އާހް… ” ނަކީލް އެއިންގޮތަށް އިނދެ ފުރަތަމަ ފަހަރަށް އެވާހަކަތަށް މީހަކާއި ހިއްސާކުރަމުންދިޔައީ އެހިތަށްވެސް ލުޔެއް ލިބޭތޯއެވެ. ” އަދިވެސް ހަދާންވޭ… އެދުވަހު ބައްޕާއޭ ކިޔާ އެ ލޯބި އަޑުން ގޮވާލިގޮތް… ހީ ސެއިޑް ހީ ލަވް އަސް… ދެން އެއަޑު ނީވޭނެ އޭ ކުރިން އެނގުނުނަމަ…. އައި ލޮސްޓް އެވްރީ ތިންގް…” ނަކީލްގެ އަޑުގައިވަނީކޮންފަދަ ވޭނެއް ހެއްޔެވެ. ކޮންފަދަ ރިހުމެއް ހެއްޔެވެ. ކައިލްއަށް ވެސް ނަކީލް ތަޖްރިބާކުރަމުންގެންދާ ވޭން ކުޑަކޮށްނަމަވެސް އިހްސާާސްވިފަދައެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލައި ނަކީލް ބުރަކަށީ ފިރުމާލީ ހިތްވަރުދިނުމުގެ ގޮތުންނެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތަކަށްފަހު ހިތްވަރާއިއެކީ ކާމިޔާބީއަށް ވާސިލްވެވޭނީ ވަރަށްވެސް މަދު ބަޔަކަށެވެ. ކައިލްގެ ހިތުގައި ނަކީލްއަށް އޮތް ގަދަރު މަތިވެގެން ދިޔައީ ނަކީލްގެ ކެތްތެރިކަން ފެނިފައަވެ.
ކައިލްއާއި ނަކީލްއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ފަހަތަށް ބަލައި ލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. އެއާއި އެކު ދެމީހުންގެ މޫނު މަތިން ހާސްކަން ވެރިވެގެން ދިޔައީ ވެއްޓިފައި އޮތް ކިޔާރާ ފެނިފައެވެ. ކޮފީ މަގު ވެއްޓިފައިވީ އިރު އޭގެއިން ބިއްލޫރިކޮޅެއް ވަނީ ނިތުގެ ކަނައަތްފަރާތަށް ހެރިފައެވެ. އެތަނުން ލޭއަންނަމުން ދިޔައިރު ކިޔާރާގެ ހެޔެއްވެސް ނެތެވެ.
38 Comments!
Comments are closed.
I’m first yay…wow kihineh baa evey…..I’m so curious to read next part????
congrats… higaa dhw balamaa vaagotheh…
v.reethi mibaives
thanks you
Wow … Vvvvvv nice .. waiting for the next part!……
thank you Navii… liyevunu ha avahakah genesdhey tho balaanan
Nice..??me first❤❤
Thanks lian… hehe
Yey Maaya ge hadhaan aavany kanneyge. Maaya kury 50 50 ge operation eh v Ma coama ah dhaany. Dhen hey araigen maaxy hadhaan netheyny. Dhwwwwwww when next part dear. Vv interesting pls thankolheh dhigu koh genesdhy.
I ll try.. liyevunu ha avahakah genesdheynan… lets see to vaagotheh
nw kiya ge memory gain vaane dhw. so mai kidnap kuri meeha mai ehen bayakah dheefa dhiyai tha. varah reethi finally i feel they are going to get back together. cant wait for the next part love it.
hehe.. higaa dhw vaagotheh balaalama… thank you…
V rythi mi stry.❤❤
thank you Xna
Wow wow Masha allah v rythi?? kiaaraa handhaan vaan kanneynge e ulheny dhw wow v rythivaanethaa kuriyan oiy bai alhe avahah up kolladhybala plxplx plx wen nxt prt ?❤❤????
thank you Khajja… lets see dhw vaagotheh… liyevunuha avahahkah genesdheynan… I ll try
Aee hama maayaa ah hadhahchey plx… BTW stry is awsome….love yuh writer… waiting for the next part… vrh dheravey abadhu nakeel ah vaa gothun… plx miburu ehen nuhadhrthi….
higaa dhw vaagotheh balaalamaa.. thank you Mai… liyevunuha avahakah geneshdeynan
V v reethi.. next part thankolheh avahah upload kohladhyba.. pls..
thank you Maly… I ll try
Vvv reethi
thank you
Alheyy vvv reethi mi paryvx. aneh part kiyaa hithun hurevenyky noon. plx plx v avahaa up khdhehchey if u can. v salhi story mihaaru dhaagoih 🙂
Thanks… i ll try ingey… hama liyevunu ha avahakah genesdheynan
Wooooowww.???????????????.story iz just amaazing dear.v.touching. n v.unique.???keep it uo… waiting 4 the next part ingey☺
Thank you
Varah varah varah varah varah reethi mi part ves?…. waiting for the next part❤❤❤❤
Thnk you
Omg haadha rychey..nxt prt avas kohla dhybw..v inthixaaru eba kurevey..
I ll try… thank you
Lass lahun gennanyyaa foohi vaane dho kiyan ?
Mee ekm esfiyaiga mihaaru baakee in hamaekani reethi vahaka akee, so much hope in this story and goodluck. ❤
Btw ehcheh ahantha? Kureege handhaan thah nethey iru language eh handhaan nunetheynu? Maya ah dhivehin vahaka dhakkan ingenyya maya ah ingen vaane dho Maya akee dhivesseh kamaa kudairu ulhevuny kail men gaathu noon kan, because Kail mennakee dhivehin noon veema? Ethankolhu hama jassaalahchey dhen anna part ga. Ae dhen vrh odd Maya ah korea bas ingifa dhivehi neygeythee. ?
Hehe… lets see whether she is maya or not… mistery v avahah solve vaane… eyrah thi suwaaluge javaabu ves libeyne…writer ah vaguthu nuwany aslu… ehnve las vany
nice story!!!!!!!!!
Eiii Maya dw hurihaakeh hadhaan v dw vaahaka vvvvvvvvvvvv rythi☺?????? 30 vana bayah inthizaaru kurann hykurann avahah kiyann libeyne kamah☺☺☺☺☺
HEY nxt part kn iraku???
Adhi kitha prt ebaoi tha…….
kon irakun next part? plx plx avahah upload kohdhyba
Maa Sha Allah.. Really really Amazing??.. Just love every single episode of this story to the maximum.. Keep it up.. Sad maalahun up vaathee.. ??