Skip to content
އެސްފިޔަ

އުމުރަށްވެސް

ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން މުޅިއުދަރެސް ބައްދާލާފަައިވަނީ ކަނުއަނދިރިކަމުންނެވެ. ތުނިތުނިކޮށްވާރޭ ވެހެމުންދިޔަނަމަވެސް މާލޭގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ އެލްއޭގެ ވެރިޔާ އާމިރުގެ އެބޮޑުގޭގެ ހޯލުގައި މީހުންތައް އަވަދިނެތި ކޮޅުކޮޅު މައްޗަށް ހޭލިމޭލިވަމުންދެއެވެ. އެގެމިރޭވަނީ ކުލަކުލައިގެ ބޮކިތަކުންނާއި ފޮތިތަކުގެ އިތުރަށް މާމެލާމެލިން ވަރަށް ބޮޑަށް ޒީނަތްތެރިކުރެވިފައެވެ. މިރެއަކީ އާމިރުގެ ހުރި ހަމައެކަނި އަންހެންދަރިފުޅުގެ ކައިވެނިކުރެވޭރެއެވެ. މުޅިހޯލުތެރެ އަލަތު އަނތްބެއްހެން ޒީނަތްތެރިވެފައިވާއިރު މިރޭގެ ހަފްލާ ނިސްބަތްވާ އާމިރުގެ އަންހެންދަރިފުޅު ލިޒްމީ ފުރިހަމަވެފައިވާނެވަރު ވަޒަންކުރެވެއެވެ.
ލިޒްމީއަކީ ރީތި ކުއްޖެކެވެ. އެއީ ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާ އިސްކޮޅުން ކުރުކުއްޖެކެވެ. އާދަޔާޙިލާފު ދޮންކަމެއް ލިބިފައިވާ ކުއްޖެކެވެ. ލިޒްމީގެ ބުޅިއިސްތަށިގަނޑު އޭނާގެ އުނަގަނޑާއި ހަމައަށް ފައިބައެވެ. ބިއުޓީޝަނުންގެ ކުޅަދާނަކަމާއެކީ މިރޭ ލިޒްމީގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެގެންގޮސްފައިވެއެވެ. އޭނާގެ އެދިގު އިސްތަށިގަނޑަށްވަނީ ގޮތް ގޮތް ހަދާފައެވެ. ލައިގެންހުރި ހުދާއި ވައިލެޓްކުލައިގެ ވެޑިންގ ޑްރެސްގައި އޭނާ ހީވަނީ ފުރިހަމަ ހަނދެއްހެންނެވެ. އޭނާ ވަނީ އުފަލުން ފޮޅިފައެވެ. އެކުވެރިންގެ ސަމާސާ ބަސްތަކުން އޭނާގެ ކޯތާފަތް ރަތްވެގެންދެއެވެ.
ކައިވެނިކުރަން ހަމަޖެހިފާވާ ވަގުތުވެސް ދަނީ ކުޑަތަންވަމުންނެވެ. އޭރުވެސް އާއިލާގެ މީހުންނާއި ދެފަރާތުގެ ރައްޓެހިންވެސް އަންނަމުންދިޔައެވެ. ނަމަވެސް އަދިވެސް ލިޒްމީގެ ވާން އުޅޭ ފިރިމީހާ އާނިލްއެއްނާދެއެވެ. ލިޒްމީވެސްހުރީ އާނިލް ނައިސްގެން ހާސްވެފައެވެ. ލިޒްމީގެ ކޮއްކޮ ލިޒާން ލިޒްމީ އުޅޭގޮތުން އޭނައާ ސަމާސާ ކުރަމުންދިޔައެވެ. ކޮއްކޮގެ ލާނެތް ބަސްތަކުން ލިޒްމީއަށްހެވެއެވެ. މަންމަ ލީޝާ ގޮވުމުން ލިޒާން ދިޔައެވެ. އެވަގުތު ލިޒްމީގެ ފޯން ރިންގުވާންފެށުމުން އޭނާ ފޯންނަގާ ކަންފަތުގައި ޖައްސާލިއެވެ. އިރުކޮޅަކުންފެނުނީ އޭނަގެ އަތުން ފޯން ދޫވެގެން ގޮސް ޓައިލްސްތައް މައްޗަށް ވެއްޓުނުތަނެވެ. ކަކުލުގެ ބާރުދޫވެގެން ލިޒްމީ އެނދުމައްޗަށް ތިރިވިމަންޒަރެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހިގަތީވެސް އޭގެ ކުޑައިރުކޮޅެއްފަހުންނެވެ. ކަރުނުންފުރިފައިވި ދެލޮލުން އޭނާގެ ވެޑިންގ ޑްރެސް އަށް ބަލާލިއެވެ. ހުޅުވިފައިވާ ކުޑަދޮރުންފެންނަމުންދިޔަ ބޭރުގެ މާހައުލަށް ބަލާލިއެވެ. އެއާއެކު އަނެއްކާވެސް އޭނާއަށް ރޮވިއްޖެއެވެ. ”އާލް އާލް ” އޭނާއަށް ބާރަށް ގޮވާލެވުނީ ބޭއިޙްތިޔާރުގައެވެ.
އެރެއަށްޓަކާ އޭނަ ކިހާފޮނި ހުވަފެންތަކެއް ދުށް ހެއްޔެވެ؟ ކިހާ އުންމީދުތަކެއް ކުރިހެއްޔެވެ؟ ކިހާ ދިގު އިންތިޒާރެއް ކުރި ހެއްޔެވެ؟ ޔަޤީނެވެ. ކޮންމެ އަންހެންކުއްޖަކުވެސް ފުރާވަރަށް އެރުމާއެކު އެންމެ އިންތިޒާރު ކުރާނެ ރެއަކީ އަލަތު ކައިވެނީގެ ރެއެވެ. އަދި ހަޔާތުގައި އަންނާނެ އެންމެ އުފާވެރިރެއަކީވެސް އަލަތު ކައިވެނީގެ ރެއެވެ. ނަމަވެސް ލިޒްމީ އަށް އެރޭމިވީ ހަޔާތުގައިވެސް މީގެކުރިން ނާންނަހާ ހިތާމަވެރި ހިތްދަތިރެއަކަށެވެ.
އާނިލް އަކީ މުޅި ރާއްޖެއަށް މަޝްޙޫރު ޑޮކްޓަރެއްކަމުގައިވާ ޑޮކްޓަރ ޝަފީގުގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. މަޑުމައިތިރި ސާދާސީދާ މިޒާޖެއްގެ ކުއްޖެކެވެ. މެލޭޝިއާގެ ކޮލެޖަކުން އާރކިޓެކްޗަރ އިން މާސްޓަރ ނިންމާލުމަށް ފަހު މާލެ އައިތާ މިވީ މަސްދުވަހެވެ. ދެމިީހުންގެ ގުޅުންފެށުނީ މެލޭޝިއާގައި ކިޔަވަން އުޅުނު ދުވަސްވަރުއެވެ. ދެއާއިލާގެވެސް ރުހުމާއެކު ދެމީހުން ބައްދަލުކޮށް އުޅުނީ ވަރަށް މިނިވަންކަމާއެކުގައެވެ. ދެމީހުންގެ ކިޔެވުން ނިމި އާނިލްއަށް ވަޒީފާ ލިބުމުން އިތުރަށް މަޑުކުރާކަށް އެމީހުން ބޭނުމެއް ނުވިއެވެ. އެހެންކަމާއެކު ދެއާއިލާ ވާހަކަދެއްކުމަށްފަހު ކައިވެނީގެ ކަންތައްނިންމީއެވެ. އާމިރަކީ އޭނާގެ ދަރިންދެކެ ވަރަށް ލޯބިވާ މީހެކެވެ. އޭނާގެ ދެކުދިންއެދޭ ކޮންމެ ކަމެއް އޭނާއަށް ކުރެވެން އޮތް އެންމެ ފުރިހަމައަށް ކޮންދިނުމަކީ އޭނާގެ އާދައެކެވެ. ޙާއްސަކޮށް ލިޒްމީ އެދޭ ކޮންމެ ކަމެއް ވެސް އޭނާ ކޮށްދެނީ ވަރަށް ލޯބިންނެވެ. ކޮންމެވެސް ދުވަހަކުން ލިޒްމީ އެމީހުން ދޫކޮށް އެހެންބައެއް ކައިރިއަށް ދާނެކަން އެނގޭތީ ކަންނޭނގެއެވެ.
ލިޒްމީ ބޭނުންވީ އޭނާގެ ކައިވެނީގެ ހަފްލާ ވަރަށް ފުރިހަމައަށް ބާެއްވާށެވެ. ޚުދު އާމިރުވެސް ބޭނުންވީ މުޅިމާލެއަށް ފާހަގަކުރެވޭވަރުގެ ހަފްލާއަކަށް ލިޒްމީގެ ކައިވެނީގެ ހަފްލާވުމަށެވެ. ޝަފީގާއި އާމިރު އެކަން ކުރީ ވަރަށް ފުރިހަމައަށެވެ.
އެނދުމަތީގައި ހުއްޓުންއަރާފައިއިން ލިޒްމީއަށް ހޭވެރިކަންވީ ލިޒާން އައިސް ގޮވަންފެށީމައެވެ. ދާދިދެންމެއަކާ ޖެހެންދެން ނުހަނު އުފަލުންހުރި ލިޒްމީގެ މޫނުމަތިން ފެންނަމުންދާ ހިތާމަޔާއި ހިތްދަތިކަމާ ދެލޮލުން ފައިބަ ފައިބާހުރި ކަރުނަތަކުން ލިޒާންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ.
“ދޮންތީ ކިހިނެއްވީ؟؟ ކީއްވެ ތި ރޮނީ؟؟ މީހަކު ދޮންތިއާ ދިމާލަށް އެއްޗެއް ބުނީތަ؟؟
ނޫނީ ތަނަކަށް ތަދުވަނީތަ؟؟؟ވީގޮތެއް ބުނެބަލަ ދޮންތީ .. ވާހަކަ ދައްކަބަލަ ޕްލީޒް…” ލިޒްމީގެ ދެކޮޑުގައި ހިފާ ތަޅުވައިގަންނަމުން ލިޒާން ސުވާލުތައް އަމުނާލިއެވެ. ”ކޮކީ އާލް!!! ” ލިޒްމީއަކަށް އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނެވުނެވެ. ދެލޮލަށް ބޮޑިވެފައިވާ ކަރުނަތައް އަނެއްކާވެސް ކޯތާފަތްމައްޗަށް އޮހިގަތީއެވެ. ” ދޮންތިބެއަށް ކިހިނެއްތަވީ؟؟ ޕްލީޒް ޕްލީޒް ދޮންތި ބުނެބަލަ..” ލިޒްމީ އަށް ވީގޮތެއް ނުބުނެވުނު ނަމަވެސް އާނިލް އަށް ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އެނގުމުން ލިޒާން އަށްވެސް ރޮވިއްޖެއެވެ. ” ދަރިފުޅާ ލީޒް ކޮބާތަ އާނިލް؟؟ އަދިވެސް އޭނަގެ ޚަބަރެއް ނުވޭތަ؟؟ ” ކޮޓަރިއަށްވަދެގެންއައި އާމިރުއަށް އަދި އެއްވެސްކަމެއް ނޭނގޭ ކަހަލައެވެ.
އެއްވެސް މީހަކު ވިސްނާނުލާހުއްޓާ ދުވެފައި ލިޒްމީ ކޮޓަރިން ނިކުމެއްޖެއެވެ. ވާނުވާނޭނގިފައިހުރި އާމިރަށާއި ރޮވިފައިހުރި ލިޒާން އަށް ވެސް ލިބުނީ އިތުރު ހައިރާންކަމެވެ. އެމީހުންގޮވިނަމަވެސް ލިޒްމީ މަޑެއްނުކުރެއެވެ. ދުވަމުން ގެއިންނުކުމެ ހޯލުތެރެއިންލާފައި ގޭޓުން ނިކުމެ މަގުމައްޗަށް ނިކުތެވެ. ގޭތެރޭގައި އެކިކަންކަމުގައި ތިބިމީހުން ވާނުވާނޭނގިފައި ބަލަން ތިއްބެވެ.
ވެހެމުންދިޔަ ވާރޭގެ އަސަރެއް އަދި،މަގުމަތިން އޭނައަށް ބަލަމުންދާ މީހުންނަކަށްވެސް މިރޭ ލިޒްމީގެ ފަރުވާލެއްނެތް ކަހަލައެވެ.އޭނާ ދުވެފައިވަނީ އައި ޖީ އެމް އެޗް އަށެވެ. ހޮސްޕިޓަލުތެރޭތިބި މީހުންވެސް އޭނާއަށް ބަލަމުންދަނީ ހައިރާންކަމުން ފުރިގެންވާ ނަޒަރަކުންނެވެ. ދުވެފައި އޭނަ ދިޔައީ އައިސީޔޫ އާ ދިމާލަށެވެ. އޭރުއެތާގެ ބޭރުގައި ޝަފީގާއި މުނާއާއި އެއާއިލާގެ އިތުރު އެހެން މެންބަރުންނާއި އާނިލްގެ އެކުވެރިންވެސް ތިއްބެވެ. އޭގެއިތުރުން ޕޮލިހުންވެސް އެތަނުގައި ހަރަކާތްތެރިވަމުންދިޔައެވެ.އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ އިންތިހާއީ ހިތްދަތިކަމެވެ. “އާލް ބައްޕާ ކޮބާ އާލް؟ ” ޝަފީގުގާތަށް ހުއްޓެމުން ލިޒްމީ އެހިއެވެ. ޝަފީގް ލިޒްމީގެ އެކުށެއްނެތް މައުސޫމް މޫނަށް ބަލާލީ ކަރުނުން ފުރިފައިވާ ދެލޮލުންނެވެ. “އޭނަވީ އެތެރޭގަ ދަރިފުޅާ..” ލިޒްމީގެ ބޮލުގައި ފިރުމާލަމުން ޝަފީގް ބުނެދިނެވެ. އެއާއެކު އޭނާގެ ދެލޮލަށް ބޮނޑިވެފައިވާ ކަރުނަތައް ސައިލެއްހެން ފައިބައިގަތީ އާނިލް އޮތް ހާލު ލޯ މައްޗަށް ސިފަވީމައެވެ. “ޝަފީގު ކިހިނެއް ވެގެން މި އުޅެނީ؟ އާނިލް އަށް ކިހިނެއްވީ؟” އާމިރު އެތަނަށް އައީ އެވަގުތެވެ. އެރޭ އަށެއް ޖެހުމުގެ މާކުރިން އާނިލް ތައްޔާރުވެގެން ލިޒްމީމެން ގެއަށް ދިއުމަށް ނިކުތެވެ. އެގެއަށް ދިޔަ މަގުމަތީ ކާރުގައި ގިފްޓް ޝޮޕެއް ކައިރީ މަޑުކޮށްލީ ލިޒްމީއަށް ހަދިޔާއެއް ގަތުމަށެވެ. ފިހާރަތެރޭގައި ހުރެފައި އޭނަ ބޭރަށް ނިކުތީ ރައްޓިއްސެއްގެ ފޯން އައުމުންނެވެ. އޭނާ ފޯނުން ވާހަކަ ދައްކަން ހުއްޓާ ފަހަތުން މީހަކު އޭނާގެ ބުރަކަށްޓަށް ތޫނު ހަތިޔާރަކުން ހަމަލާ ދިނީއެވެ. ދެތިންް މީހަކުވެގެން އޭނާއަށް ވަނީ ވަރަށް ބޮޑެތި އަނިޔާދީ ޒަޙަމު ކޮށްލާފައެވެ.ފިހާރަތެރޭ ހުރި މީހަކު ޕޮލިހަށް ގުޅީއެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާގެ ހެއެއްނެތެވެ. ޝަފީގަށް އެހަބަރު ދިނީ ހޮސްޕިޓަލުންނެވެ. ލިޒްމީ އަށް އެޙަބަރު ލިބުނީ އާނިލްގެ އެންމެ ގާތްރަހްމަތްތެރިޔާ ރާއިދުގެ ފަރާތުންނެވެ.
އާނިލްއަށް ހަމަލާދިން ބަޔަކުވަނީ އޭނާއަށް ހަމަލާދިނުމަށްފަހު ފިލާފައެވެ. ޕޮލިހުންދަނީ އެހާދިޘާ ތަޙުޤީޤުކުރަމުންނެވެ. އެންމެންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލަކީ އާނިލްއަށް ހަސަދަވެރިވަނީ އަނެއްކާ ކާކުބާއެވެ؟ އެމީހަކު ނޫނީ އެބަޔަކު ހަސަދަވެރިވަނީ ކޮންކަމަކާބާވެއެވެ؟ ނޫނީ އާނިލްގެ ފުށުން އެއްވެސް މީހަކަށް އަނިޔާއެއް، ގެއްލުމެއް ނޫނީ ދެރައެއް ލިބިފައިވަނީބާވެއެވެ؟ އެހެންކަމަށްވާނަމަ އެއީ ކޮން ގެއްލުމެއް، އަނިޔާއެއްބާއެވެ؟
އިރުކޮޅަކުން ޑޮކްޓަރ ނިކުމެ އާނިލް މިކެހިވެރި ދުނިޔެއާ އަލްވަދާޢުކީ ކަމުގެ ހިތާމަވެރި ޙަބަރުދިނެވެ. މުނާ ވަގުތުން ޙަބަރު ހުސްވިއެވެ. ލިޒްމީ ތެދުވެގެން ގޮސް އައިސީޔޫ އަށް ވަނެވެ. އޭނާގެ ފަހަތުން އެހެންމީހުންވެސް ވަންނަށްފެށިއެވެ. އާނިލް އޭނަ ދޫކޮށްލާފައި އަބަދުގެ އަބަދަށް ދިޔައީކަމަކަށް އޭނައަށް ޤަބޫލެއް ނުކުރެވެއެވެ.
“އާލް ލޯހުޅުވާލާފަ ބަލާލަބަލަ.. އާލްގެ ލިޒީއޭމީ..ލިޒީ މިހިރީ ވެޑިންގ ޑްރެސްގަ އާލްގެ ކުރިމަތީގަ.. އާލް ބުނީމެއްނު ލިޒީ ވެޑިންގ ޑްރެސްގަހުންނައިރު ވަރަށް ބަލާލަން ބޭނުމޭ.. މިހާރު މިހިރީ އާލްގެ ކައިރީގަ.. ޕްލީޒް ދެން ލޯހުޅުވާލާފަ ބަލާލަބަލަ..” ލިޒްމީ ވާހަކަ ދެއްކީ އާނިލްގެ މޫނުގައި ފިރުމަމުންނެވެ. އޭނާގެ ވާހަކައިން އެތާ ތިބި އެންމެންނަށްވެސް ރޮވުނެވެ. ލިޒްމީ އާނިލްގެ ފުރާނަނެތް މަސްގަނޑާ ދުރުކުރެވޭތޯ އާމިރު މަސައްކަތް ކުރަމުންދިޔައެވެ. އާނިލް އޮތް ޙާލާއި ލިޒްމީއަށް ލިބިފައިވާ ހިތާމައާއި ހިތްދަތިކަންފެނިފައި އޭނާއަށް ވެސް ވަނީ ވަރަށް ފުން އަސަރުތަކެއްކޮށްފައެވެ. ޕޮލިހުންއައިސް އާނިލްގެ ހަށިގަނޑު ގެންދަންއުޅެން ފެށުމުން ލިޒްމީ އެކަން ހުއްޓުވަންއުޅުނެވެ. އާމިރާ ލިޒާންގެ އިތުރުން ރާއިދުވެސް ލިޒްމީ ހިފެހެއްޓިއެވެ. އިރުކޮޅަކުން ލިޒްމީ ވެސް ހެއަށް ގޮތްވެގެން އަރިއަޅާލިއެވެ.
ލިޒްމީއަށް ހޭވެރިކަންވީއިރު އޭނަކައިރީގައި އިނީ ލިޒާން އެކަންޏެވެ. އާމިރު އާއި ލީޝާވީ އާނިލްގެ މޫނުދުށުމަށް ގޮހެވެ. ހޭވެރިކަންވުމާއެކު ލިޒްމީގެ ލޮލަށް ސިފަވީ އާނިލް އޮތް ހާލެވެ. މޫނުގައި ހުރި ޒަޙަމުތަކެވެ. ކަނދުރާގައާއި މޭގައި ހުރި ފުން ޒަޙަމުތަކެވެ. އަނެއްކާވެސް ލިޒްމީއަށް ރޮވުނީ އާނިލްގެ ހަށިގަނޑުގައި އަޅާނެވޭން އިހުސާސް ކުރެވުމުންނެވެ. ލިޒްމީ އުޅެމުންދިޔަ ގޮތުން ލިޒާންވެސް ހުރީ ވަރަށް ދެރަވެފައެވެ. ކުރިން ލިޒްމީ އުޅުނީ ކިހާ އުފާވެރިކޮށް ހެއްޔެވެ؟ އެކައިވެނި ހަމަޖެހުނީއްސުރެ އޭނަ އުފަލުގާ ނުނަށާ އެންމެ ދުވަހެއްވެސް ނުދެއެވެ. ލިޒްމީއަށް ލިބިފައިވާ އުފަލުގައި މުޅި އާއިލާވެސް ބައިވެރިވިއެވެ.އެކަމަކު އާނިލް ވަކިވެގެން އެދިޔައީ ލިޒްމީގެ ސޫރަވެސް ނުދެކިއެވެ. މިހާރު ލިޒްމީއެކޭ ހަޔާތުގައި ދުވަހަކުވެސް އުފަލެއް ނުދެކޭ މީހެކޭއެއްފަދައެވެ. މީގެ ކުރިން ލިޒްމީ އެހާދެރަވެފައި ހުއްޓާ ލިޒާން އަކަށް ނުފެނެއެވެ.އާނިލް އޮތް ހާލުފެނިފައި ޙުދު އޭނާއަށްވެސް ރޮވުނެވެ. އާނިލް އަކީ ރަނގަޅު މީހެކެވެ. މައިންބަފައިންނަށް ޤަދަރާއި ޢިޙްތިރާމު ކުރާ އޯގާތެރި ކިޔަމަންތެރި ދަރިއެކެވެ. އާއިލާގެ މީހުންނަށާއި އެކުވެރިންނަށް އެހީތެރިވެދޭ ހިތްހެޔޮ މީހެކެވެ. ލިޒްމީއަށް އަޅާލާ ލޯބިދިން ވަފާތެރިއެކެވެ. ނޭނގި ނަމަވެސް އޭނައަށް މީހަކަށް ގެއްލުމެއް ދެވިފައިވަނީ ހެއްޔެވެ؟ އެހެނަސް އެއީ ލިޒާންގެ ސިކުނޑި ގަބޫލުކުރާ ކަމެއްނޫނެވެ.
“ކޮކީ ކޮބާ އާލް؟؟ ” އެތައް އިރަކު އެއްޗެއް ނުބުނެ އޮތުމަށްފަހު ލިޒްމީ އަހާލިއެވެ. ދައްތަގެ އެސުވާލަށް ދޭނެ ޖަވާބަކާ ދޭތެރޭ ލިޒާން ވިސްނަނީ ކަހަލައެވެ. ” ދޮންތީ އޭނަމި ދުނިޔެއަކު ނެތޭ މިހާރު.. ގަބޫލު ކޮށްބަލަ.. ދޮންތިއަށް ހީވޭތަ އެހުރިހާ ޒަޙަމުތަކާއެކީ އޭނައަށް އުޅެވޭނެހެން.. އަލުން ރަނގަޅު ނުވާނެވަރަށް އެމީހުން ހުރީ އޭނައަށް އަނިޔާދީ ޒަޙަމުކޮށްލާފަ..” ދައްތައަށް ލިބިފައިވާ ހިތާމައާއި ހިތްދަތިކަންފެނިފައި ލިޒާންގެ ކެތްތެރިކަން ކޮޅުންލީއެވެ. ނުރޯން ހިތްވަރުކުރި ނަމަވެސް އޭނައަށް ރޮވުނީ ބޭއިޙްތިޔާރުގައެވެ. ލިޒްމީވެސް ހިމޭންކަމާއެކު ރޮމުންދިޔައެވެ. މުޅިއެރޭވޭތުވީ އެކަހަލަ ގޮތެއްގައެވެ. އާނިލްގެ އާއިލާއަށާއި ލިޒްމީގެ އާއިލާއަށް ހިތްދަތިރެއެއްގެ ގޮތުގައެވެ.
ދެދުވަސްފަހުން އެމައްސަލައިގައި ޝައްކުކުރެވޭ 2މީހަކު ޕޮލިހުން ހައްޔަރުކުރިއެވެ. ތަހުގީގުގައި އެދެމީހުންވެސް ވަނީ އާނިލްއަށް ހަމަލާ ދިންކަމަށް އެއްބަސްވެފައެވެ. އާނިލްގެ ބައްޕަ ޝަފީގް އެމީހުންނާ ބައްދަލުކުރުމަށް ބޭނުންވާތީ ޕޮލިހަށްދިޔައެވެ. އޭނާ އެމީހުން ގާތު އާނިލްއަށް ހަމަލާ ދިނީ ކީއްވެތޯ ސުވާލުކުރުމުން އެމީހުން ބުނީ އާނިލްއަށް ހަމަލާ ދެވުނީ އޮޅިގެންކަމަށާއި އެމީހުންނަށް މާފުކޮށް ދިނުމަށް އެދުނެވެ.
” އޮޅިގެންނޭ؟؟ އެނގޭތަ ތިކުރެވުނު ކަންތައް؟؟ މަޔެއްގެ ހުރި ހަމައެކަނި ދަރިފުޅޭ އެ ވަކިވެގެން ދިޔައީ..އެމަންމަގެ ހުރިހާ އުންމީދޭ އެދަރިފުޅަކީ.. އެނގޭތަ އެދަރިފުޅު އެހާލުގައި އޮއްވާ ފެނުމުން އެ މަންމައަށްވީ ގޮތް؟؟ އެމަންމައަށް ކުރާނެ އަސަރު އިހުސާސްވޭތަ؟؟ ކުށެއްނެތް މައުސޫމު އަންހެންކުއްޖެއްގެ ދިރިއުޅުމޭ ތި ހަލާކުކޮށް ލެވުނީ.. އެނގޭތަ އެކަން.. އެއަންހެންކުއްޖާ ހުރީ ކައިވެނީގެ ހެދުމުގައި އާނިލްގެ އިންތިޒާރުގައި…..އެކަމަކު އެރޭ ކައިވެނިކުރަން ހަމަޖެހިފަ އޮތް ވަގުތުގަ އޭނާއަށް ލިބުނީ އޭނާގެ ވާންއުޅޭ ފިރިމީހާ މަރާހަނގުރާމަ ކުރަމުންދިޔަ ޙަބަރު.. އޭނައަށް ކިހިނެއް އިނގޭނީ އެއުފާވެރިރޭ އެކަހަލަހިތާމަވެރި ޙަބަރެއް ލިބޭނެކަމެއް.. އެއަންހެންކުއްޖާއަށް ކުރާނެ އަސަރާ ދޭތެރޭ ވިސްނާލަބަލަ……. ކަލޭމެންނަށް މާފުކުރިއްޔޭ ކިޔާފަ އަހަންނަށް އަހަރެންގެ ދަރިފުޅު ލިބޭނެތަ؟؟އޭނައަށް އަނިޔާ ނުލިބޭ ކަމަށްވާނެތަ؟؟ އޭނާގެ މަންމައަށް އޭނަ އަލުން އަނބުރާ ލިބޭނެތަ؟؟ ލިޒީއަށް އޭނަގެ ބަރުބާދުވި ދިރިއުޅުން ލިބޭނެތަ؟؟ އޭނަގެ ބައިވެރިޔާ އަލުން ހޯދައިދެވޭނެތަ؟؟ އޭނާގެ ހަޔާތަށާ އަހަރުމެންގެ އާއިލާއަށް ލިބިފައިވާ ހިތާމައާއި ފަޅުކަން އަދިއެއުނިކަން ފޫބައްދައި ދެވޭނެތަ؟؟” ޝަފީގް ރޮމުން ވާހަކަ ދެއްކިނަމަވެސް އޭނާގެ އަޑުގައިވަނީ ނުރުހުމާއި ރުޅިވެރިކަމެވެ. ހުރިހަމަ އެކަނި ދަރިފުޅުގެ އެ ހިތްދަތި ވަކިވުމުން އޭނާއަށްވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.
އޭނާގެ ހިތަށް ވަންނަމުންދަނީ މުނާއަށާއި ލިޒްމީއަށް ލިބިފައިވާ ހިތާމައާއި ހިތްދަތިކަމެވެ. އޭނާގެ ދަރިފުޅު މަރާލި ޤާތިލުންނަށް ދެވެންހުރި އެންމެ ހަރުކަށި އަދަބެއް ދިނުމަށް އޭނާ އެދުނެވެ.
އޮއްސެމުންދިޔަ އިރާދިމާލަށް ބަލަހައްޓައިގެން ލިޒްމީ އިނެވެ. އޭރުވެސް އޭނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެމުން އޭނާގެ ކޯތާފަތް ތެތްމަމުންދިޔައެވެ. ކުރިން މަޖާ ހަލަބޮލި މިޒާޖުގެ ލިޒްމީ މިއަދު އެވަނީ މުޅިންއެހެން ލިޒްމީއަކަށް ބަދަލުވެފައެވެ. ލިޒްމީއަށް ލިބުނުެ ފޫބެންދެއްނެތް އެ ހިތްދަތިކަމުގެ އަސަރު މުޅި އެއާއިލާއަށް ކޮށްފާވެއެވެ. އެންމެ ލޯބިވާ ދަރިފުޅަށް ދިމާވި އެހާދިޘާގެ ސަބަބުން އާމިރާއި ލީޝާވެސް ވަރަށް ހިތާމަކުރެއެވެ. ދަރިއެއް ފަދައިން ލޯބިވި އާނިލްގެ ވަކިވުން އެމީހުން މިއަދުވެސް ހަނދާންކުރެއެވެ. މިދުނިޔެމަތިން ލިޒާން އެންމެ ލޯބިވާ އޭނާގެ ހަމައެކަނިހުރި ދައްތައަށް ދިމާވި އެކުއްލި ހިތާމަވެރި ޙާދިޘާގެ ސަބަބުންނާއި އާނިލްގެވަކިވުމާއި އެކަމުން ލިޒްމީއަށްއައި ބަދަލުން ލިޒާންގެ ހަޔާތުންވެސް އުފާވެރިކަން މުޅިން ނެތިގެންދިޔަފަދައެވެ.
ބަޔަކަށް އޮޅިގެން އެމަރާލެވުނީ ހަމައެކަނި އާނިލްއެއް ނޫނެވެ. ލިޒްމީގެ އުފާތަކާއި އޭނާގެ މަޖާ ދިރިއުޅުމާ، އޭނާގެ އާއިލާގެ އުފާވެރިކަމާ ހަމަޖެހުމުގެ އިތުރަށް ޝަފީގާއި މުނާގެ ހަޔާތުންވެސް އުފާވެރިކަން ޙަތިމު ކުރެވުނީއެވެ. އާނިލްގެ އުނިކަން އެއެންމެންގެ ހަޔާތުގައިވެސްވެއެވެ. އަދި އަބަދަށްވެސްވާނެކަން ގައިމެވެ.
ދުވަހަކުވެސް ލިޒްމީގެ ހިތުން އެ ހިތާމަވެރި ރޭގެ ހަނދާންތައް ފިލާނެބާއެވެ؟ ކުރީގެ އެ މަޖާ އުފާވެރި ހަލަބޮލި މިޒާޖުގެ ލިޒްމީ އަލުން ފެނިދާނެބާއެވެ؟؟ ދެވަނަ ފަހަރަށް އެފަދަ އުފާވެރިރެއެއް އޭނާގެ ހަޔާތަށް އަތުވެދާނެބާއެވެ؟؟ އެނގޭހާވެސް އެއްޗަކީ އާނިލް ލޯތްބާއި އެހަނދާންތަކެއް ދުވަހަކުވެސް ލިޒްމީގެ ހަޔާތުން ވަކި ނުވާނެކަމެވެ. މުޅިއުމުރަށްވެސް އެހަނދާން އޭނާގެ ހިތުގައިވާނެކަން ކަށަވަރެވެ. އާނއެކެވެ. އޭނާ ލޯބިވީ މުޅިއުމުރަށެވެ. އެހެންކަމުން އެލޯތްބާއި އާނިލްގެ ފަރާތުން ލިބުނު ލޯބި އޭނާގެ ހިތުގައި އަބަދަށްވާނެއެވެ. އަދި އެލޯބީގެ ހައްގުގައި އޭނާ އާނިލްއަށް ޓަކައި އަބަދުވެސް ހެޔޮ ދުޢާކޮށް ދޭނެއެވެ. މުޅިއުމުރަށްވެސްމެއެވެ.
-ނިމުނީ-

Comments (23)

  1. nunnu

    Esfiyaige enme hadi vaaahaka

    1. Phaarie
      nunnu

      . i agree with nunnu

  2. aalaa

    i dont agree

  3. Dreamy

    thnx guys for the comment.. v ufaavejje theda stry like nuvaa vahaka bunyma.. ekimyhuna kamudhanyy eki kahala stry dw.. insha allah v avaha thikudhina kamudha kahala stry e genes dheynan.. tc

  4. maahy

    v v v v nice..hama rovijje vaahaka kiyaafa….

  5. Dreamy

    thnks maahy but please don’t cry igeyy

  6. hiyaaly

    vvv salhi

  7. Sinthy

    Mives vaahaka ehtha

  8. zoya

    .Very touching and nice story
    .I always like short love stories
    Keep it up

  9. zoya

    ……….For all readers………….
    .Lets appreciate what others write. All are not professional writers
    .Start commenting with something positive and then tell them what to correct

  10. Dreamy

    thnks guys for the comments.. yhh i m not a professional writer but at least i can try b a professional.. mistakes makes us to improve

  11. aNglE

    Rozy”hiyaal husha alhuhvaaa ” jahaafa inna iru emewhwhge hiyaaal dw liyaaany..stry hadia bunaanny hadiyya liyuntherinnah vs evaaame kuri erumakh vs truse buny ma ma …kkkkkk

  12. aNglE

    Zoya a ingey

  13. unknown

    ehnenun kaneyge vany dhw.. bae liyun therin liya liyun mi sitege daily readers a kamudany.. emyhun knme h liyunas k vany ehnu

  14. shine

    shine ah miliyun v kamudhey…mi ee hamaekani vaahakaeh noon….mi ee mihaaru miraajjeyge haalathu….baeh meehunge dhiriulhumuga mifadha hithi thajuribaathah mihaaruves edhany kuramun…….konme loabiveriyakee haasil vaane meeheh noon….mi vaahakain v ragalhu msgeh libey…

  15. Dreamy

    thnx shine.. yhh mihaaru rajeyga mifadha kantha higaairu exprience kohfa thibi kudhin vx ulheyne nd efadha haadisa thakun family a vx v asaru kuraane

  16. xai

    Wou nice story…

  17. Al.haa

    STORY VRH REATHI
    EKM MAA VAHA NIHMAALI MA MAHSALAKI THANKOLHE DHIGUKOH VAAHKA GENES AAL MARUVAA HISAABUN NIHMAANULAA EII ADHI STORY GE FESHUMAKAH BALAIGEN STORY KURI AH GENDHIYA NAMA VRH SALHI VEES .. ALKO AH FEHNANI MI STORY GE S2 KURI AH GENDHAN

  18. zeenaa

    Vaahaka reethi.
    Ekam 2,3 part a bahaalaigen than kolheh long koh liyunu nama adhi v reethi vis. Mihaa kuru koh write kureema aslu ehaa gina fee a nuhurey.

  19. Dreamy

    thnx Zeena and alhaa.. yhh.. ehn kujje vx thi idea dhin insha allah thikama visnan eba

  20. laaaaaanaaaaa

    ewwww, mi dhn ehcheh. u shud quit,,

  21. nanna

    asxlu olhigenn maraaalyyma hadeee.. ehn nun nama vrhh salhi veeex

  22. Maxu

    alheyy…hama rovijje…dreamy ge mi stwrie hama varah awesome…i luv it..

Comments are closed.