Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އައިރީން…(3)

Aufyy <3 Level 1100 Comments10 Stories
June 17, 2017 4 Mins Read
48 Comments

ނަޢީމާ ސައި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުންއިރު އުލްޔާ އަދި އައިރީން ވެސް އެހީވެދީ ހެދިއެވެ. ގޭގައި ކުޑަ ކުއްޖެ ނެތްނަމަވެސް 18 އަހަރުގެ އުލްޔާގެ މިޒާޖު ހުންނަ ގޮތުން ގޭތެރޭ ފަޅުކަން ފިލައެވެ. އައިރީން އާއި އުލްޔާއަކީ އެއްބަނޑު އެއްބަފާ ދެމީހުންކަމާ މެދުވެސް މީހުން ޝައްކު ކުރެއެވެ. ދެމީހުންގެ މިޒާޖު އެހާވެސް ތަފާތެވެ. އައިރީން ގޭގައި އުޅެމުން އުލްޔާގެ ސަކަރާތުގައި ބައިވެރި ވިއަސް އޭނާއަކީ ބޭރު މީހުން ކުރިމަތީ އަލިފެކޭ ބުންޏަސް ގޯހެއް ނުވާނެއެވެ. ނަމަވެސް އުލްޔާ އޭ އައިރީންގެ އިދިކޮޅެވެ. ލާނެތް ކަމުގެ ހައްދެއް އޭނާއަކަށް ނޯވެއެވެ. އޭނާގެ އަމަލުތައް ހުންނަނީ ކުޑަ ކުދިން އުޅޭ ގޮތަށެވެ.

ސައި ބޮއެ ނިމިގެން ތިންމައިން ތިބީ ސިޓިންގްރޫމްގައެވެ. ” ފެށޭ މަސްތެރޭ މޮމް ބޭސް ކުރަން ދާން ކަމަށް މި ވިސްނަނީ..” އައިރީން ބުނަން ނުބުނަން ކަހަލަ ގޮތަކަށް ހުރެ އިއްވާލި ބަސްތަކުން ނަޢީމާގެ ހިނިތުންވުން ފަނޑުވިއެވެ. “މޮމް ކަމް އޯން..މިތާ ތިބެގެން ތި ބަލީގެ ފަރުވާ ކުރެވޭކަށް ނެތޭ…ރީން އަކަށް ކެތެއް ނުވޭ މޮމް ތި ހާލުގަ އުޅޭތަން ބަލާކަށް…އެއް ދުވަހު ރަނގަޅަށް ހުރެއްޖެޔާ އޭގެ އަނެއްދުވަހު ތިއުޅެން ޖެހެނީ ބަލި އެނދުން ތެދުވާނެ ހިތްވަރު ނެތިފަ…ޕްލީސް މޮމް…” ނަޢީމާއަށް ވީ ގޮތް ފެނި ދާން ބޭނުން ނުވާކަން އެނގުމުން އެހިތައް ވަރަށް އަސަރު ކުރިއެވެ. އިތުރަށް އެއްޗެއް ބުނަން ބޭނުންވި ނަމަވެސް އުލްޔާ ދެކޮޅަށް ބޯ ހުރާލިތަން ފެނި ހިމޭންވާން އައިރީނަށް މަޖުބޫރުވިއެވެ.

އިތުރަށް އެތާ މަޑުކުރާނެ ހިތްވަރުނެތުމުން އައިރީން ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުޖެހިއެވެ. މިމަންޒަރު ބަލަން ހުރި ނަޢީމާ ލޯކަރުނުން ފުރިފަވާހާލު ހުއްޓުން އަރާފަ ހުރީ ހިތަށްކުރި އަސަރެއްގެ ބޮޑުކަމުންނެވެ. “މަންމާ..ދޮންތަ އެހެން ވާހަކަ ދެއްކީ މޮމް ދެކެ ރުޅި އައިސަގެންނެނޫން..ލޯބި ނުވާތީ އެއްވެސް ނޫން..މޮމްއަށް ކެއާ ކުރާތީ …މޮމް އަވަހަށް ރަނގަޅު ވާން ބޭނުންވާތީ…މޮމްއަށް ކެއްކުރެވޭނެތަ މާމަ ބަލިކޮށް އުޅޭތަން ބަލަން؟؟؟ ނުވާނެ ދޯ..ހަމަ އެގޮތައް ދޮންތައަށްވެސް ނުހުރެވޭނެ އެއްނު..ޕލީސް މޮމް ތިގޮތް ދޫކޮށް ދާން އެއްބަސް ވެބަ…އުލީ ވެސް ބޭނުން މޮމް ރަނގަޅު ކުރަން…” އުލްޔާގެ އަޑުގައިވަނީ މަޑުމައިތިރި ކަމާއި ލޯތްބެވެ.އެތެއް ގޮތަކުން އުލްޔާ ނަޢީމާއަށް ވިސްނަދިނުމުން އެންމެ ފަހުން އޭނަ ދާން އެއްބަސް ވިއެވެ.

“ކޮން އިރަކު ފުރުން އޮތީ؟؟ އުލީއަށް ދެވޭތަ؟؟؟”ކޮޓަރި ބެލްކަނި ތެރޭ އިން ގޮޑިއެއްގައި އިށީނދެގެން އިން އައިރީން ކައިރި އިށީންނަމުން އުލްޔާ އަހާލިއެވެ. އެ އަޑުންވެސް އުލްޔާ ދާން ބޭނުންވެފައި ހުރިވަރު އައިރީނަކަށް ސިއްރެއް ނުވިއެވެ.”ސޮރީ…ކިރިޔާ 2 ޓިކެޓް ހަމަޖެހުނީ ލޯން ނަގައިންވެސް…”އައިރީންގެ ޖަވާބުން އުލްޔާ މާޔޫސްވީ ނަމަވެސް މޫނު މަތިން އެކަން ނުދައްކަ ވޭ ތޯ ބެލިއެވެ. “މޮމް ދާން އެއްބަސްވި ތަ؟؟” އައިރީން ދުރު ބަލަމުން އަހާލިއެވެ.

“ހޫމް….އޭ ތިއެއް ނޫނޭ….ކޮބާތަ އެއްކަލަ ޓޫތްޕޭސްޓް ބޯއީ؟؟؟” ކުއްލިއަކަށް އެއްޗެއް ހަދާން ވި ފާޑަށް އުލްޔާ ބުނެލީ ލާނެތް ކަމާއެކުއެވެ.”ނޭގެ…އަހަންނަށްތަ އިނގެނީ އޭނަ އުޅޭ ނޫޅޭ ތަނެއް؟؟؟” އައިރީންގެ އަޑުގައިވަނީ ފޫހި ކަމެވެ.”މިއަދު ތިހެން ފޫހި ވައްތަރު ޖައްސާފަ ހުރެވިދާނެ…ބަޓް ފަހުން އޭނަ ފެނޭތޯ ތި ރީތި ދެލޯ ބޭޤަރާރު ވާނެ…” އުލްޔާ އައިރީން އާއި ދިމާކޮއްލިއެވެ.”ހައް…އޭނަ ފެނޭތޯ އަހަރެން އުޅޭނީ؟؟؟ ނޯ ވޭ…އެކަހަލަ މީހެއް ނުފެނިގެން މަ ވަކި އުޅޭނެތަ؟؟؟ އެއީ ރީތި ކަމެއް ދެއްވާފަ ހުރީމަ ބޮޑާވެގެން އުޅޭ މީހެއް…މި އައިރީން އެއް ނުދުވާނަން ހޭބަލި ވެގެން އެކަހަލަ ފިރިހެނުންގެ ފަހަތުންނެއް!!” އައިރީން އަޑަށް ވަރުލާފަ ބުނެލިގޮތުން ހީވީ އަމިއްލަ ނަފްސަށް ވަޢުދެއް ވިހެންނެވެ.”ނަފްރަތަކީ ލޯބީގެ ފެށުމޭ ބުނާ އަޑު އަހަންތަ؟؟” އައިރީނަށް ވީ ވަރު ފެނި އުލްޔާ އަދިވެސް ބޮޑަށް އޭނަ ރުޅި އަރުވާލަން ބޭނުންވިއެވެ.

“އޯ ޕްލީޒް….ލޯބި މައި ފުޓް….” މިފަހަރު އައިރީން ބުނެލި އެއްޗަކުން އުލްޔާ މިއޮއް ހުރިހާ އިރު ހިފަހައްޓައިން ހުރި ހިނިގަނޑު ދިޔައީ ފަޅައިންނެވެ. އައިރީންވެސް އެ ހުނުމުގައި ބައިވެރިވިއެވެ.”އެކަމްވެސް މިއަދު މިއުޅެނީ އޭނައާ މީޓް ކޮށްފަ ސޮރީ ބުނަން ކަމަށް…”ހުނުން މަތަކޮށް ހަމައަކަށް އަޅުވާލުމަށްފަހު އައިރީން ބުނެލިއެވެ. “އޯ މައި ގޯޑް…ޔޫ އެންޑް ސޮރީ އެވެސް ބޯއީ އަކަށް؟؟” އުލްޔާ ދެލޯ ބޮޑު ކޮއްލާފަ ބުނިގޮތުން ހީވަނީ ދުވަހަކު ވެސް އަޑު އިވޭނެ ކަމަށް ހީކޮށްފައި ނުވާ އެއްޗެއް އައިރީން އަނގައިން ބުނެވުނު ހެންނެވެ. މެންދުރު ނަމާދު ބަންގި ގޮވި އަޑަށް ދެބެން ބެލީ އަވަހަށް ވުޟޫ ކޮށްގެން ނަމާދަށް އެރޭތޯއެވެ.

ތެދަށް ބުނާނަމަ މިއަދު އައިރީނަށް ބަދަލެއް އައިހެން އުލްޔާއަށް ކުރެވުނު ޝައްކު ޔަޤީނަށް ބަދަލްވީ އައިރީން އެންމެ ފަހުން އިއްވާލި ބަސްތަކުންނެވެ. އެހެންޔާ އުލްޔާ ފިރިހެން ކުއްޖެއްގެ ވާހަކަ ދައްކަން ފަށާ ތަނުން ކޮންމެސް އެއްޗެކޭ ކިޔާ އެވާހަކައިން ރެކެން އުޅޭ ކުއްޖާ މިއަދު ހުރީ ހަމަޖެހިލައިގެންނެވެ. ކޮންމެއަކަސް މި ފިރިހެން ކުއްޖާއާ މެދު އުލްޔާގެ ޝައުގުވެރިކަން އިތުރުވިއެވެ.

ކަޅު ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމަކާއި އެކު ނޫ ކުލައިގެ ޖިންސެއް ލާފައި ހެޔޮވަރު ވަރަކަށް ފައި ކުރި އޮޅާލާފަ ވާއިރު އައިރީންގެ ރީތި ކަމަށް ތަޢުރީފް ނުކުރާ މީހެއް ހުންނާނެ ކަމާމެދު ޝައްކެވެ. އެހާވެސް އޭނަ ރީއްޗެވެ. މާ ބޮޑަށް މޭކަޕް ނުކުރިއެއް ކަމަކު ގުދުރަތުން އޭނައަށް ދެއްވާފައިވާ ދޮން ކަމުގެ ސަބަބުން އެމޫނުގެ ރީތި ކަމަށް ކުޑަކޮށް ވެސް ފަނޑު ކަމެއް ވެރިވެފައެއް ނެތެވެ. ލޭޔާސްކޮށް ކޮށާލެވިފައިވާ ފަން އިސްތަށިގަނޑު މިނިވަން ކަމާއެކު ދޫކޮށްލާފައި ވާއިރު ހީވަނީ ބޭރު މޮޑެލެއް ހެންނެވެ.

ލެޕްޓޮޕަށް ގެއްލިފަ އިން ލީވާން ސިހުނީ ފޯނު ރިންގު ވި އަޑަށެވެ.”ހަލޯ…ލައްބަ ބައްޕާ…މިހާރު މި ދުރުވަނީ..” ލެޕްޓޮޕް ލައްޕާލުމަށްފަހު ލީވާން ކެބިން އިން ނުކުމެ މިސްރާބު ޖެހީ އޭނަ ބައްޕަ ސަމާހުގެ ކެބިނާ ދިމާލަށެވެ. ދޮރުގަ ޓަކި ޖަހާލުމަށް ފަހު ހުއްދަ ލިބުމުން އެތެރެއަށް ވަނެވެ.

“އެންމެ ފަހުން ބޭއްވި މީޓިންގަ ދެކެވުނީ ޕްރޮފިޓް ދަށްވި ވާހަކަ…އެހެންވެ ގެއްލިފަ އޮތް ރެޕިއުޓޭށަން ހޯދަން މި ކްލައިންޓް އިމްޕްރެސް ކުރަން ވަރަށް މުހިއްމު…އޭރުން ޑީލް ފައިނަލް ވާނީ…” ލީވާންއާ މުހާތަބުކޮށް ސަމާހު ވާހަކަ ދެއްކިއެވެ.”ލައްބަ…ތި ކަމާ މިހާރު އަޅުގަނޑުވެސް މި އުޅެނީ…މިހާރު ޕްރެސެންޓޭޝަންގެ ބޮޑު ބައެއްވެސް އޮތީ ނިމިފަ…” ލީވާންގެ ޖަވާބުން ސަމާހު ވަރަށް ހިތްހަމަޖެހުނެވެ.

“އާނ…އަދި އެއްވާހަކަ އެބޯތޭ….ބައްޕަ ބުނީމެއްނު ބައްޕަގެ ވަރަށް ގާތް ރައްޓެސެއް މެލޭގަ އުޅެފަ މިކޮޅަށް ބަދަލް ވި ވާހަކަ….އެމީހުން ފެމެލީ މިރޭ އެބަ އާދޭ ޑިނާ އަކަށް…ދަރިފުޅު ވެސް ހުންނަންވާނެ…” ބައްޕަ ދެއްކި ވާހަކައަށް ބޯ ޖަހާލުމަށްފަހު ދާން ހިނގަގަތް ލީވާން ފޯނު އަނެއްކާވެސް ރިންގު ވިއެވެ.”ޔެސް؟” “ސަރ ހޯދަން ކުއްޖަކު އެބައިން….” އެކޮޅުން އިވުނީ ސެކެޓްރީގެ އަޑެވެ. “ޓެލް ހާ ޓު ވެއިޓް އިން މައި ކެބިން…” ލީވާން ފޯނު ޖީބަށްލައި ހަލުވިކަމާއެކު ހިނގައިފައި ގޮސް ކެބިނަށް ވަނެވެ.

އައިރީން ސިހުނީ ދޮރުކައިރި ހުރި ލީވާންގެ އަޑަށެވެ. “ޔޫ އަގެއިން؟؟” މިފަހަރުވެސް އެއަޑުގައި ވަނީ ހަރުކަށި ކަމެވެ. “އާ…މީ…އެއްކަލަ ރޭ…” އައިރީން ބުނަން އުޅުނު އެތި ފުރިހަމަ ނުވަނީސް ފެނުނީ ލީވާން އޭނައާއި ދިމާލަށް ހިނގައިގަތް ތަނެވެ. ވަގުތުން އައިރީން އަނގަވެސް ބަންދު ވި ކަހަލަ އެވެ.

ލީވާން ކުރިޔަށް ޖެހޭ ވަރަކަށް އައިރީނަށް ފަހަތަށް ޖެހެވުނީ ބޭއިޙްތިޔާރުގައެވެ. ފަހަތަށް ޖެހެމުން ޖެހެމުން އައިރީން ހުއްޓުންއެރީ ފާރުގައި ޖެހުމުންނެވެ. އޭރު ދެ މީހުންނަށްވެސް ތިބެވުނީ ކިރިޔާ މޫނު ޖެހޭ ނުޖެހޭ ހިސާބުގައެވެ. ލީވާން މަޑު މަޑުން އޭނާގެ މޫނު އައިރީންގެ މޫނާއި ކައިރި ކުރިއެވެ.

އައިރީންގެ ހިތްހީވާ މޭގަނޑު ފަޅާފައި ނުކުމެދާނެހެންނެވެ. ލީވާންގެ އަމަލުތަކުން އޭނައަށް ކުރެވުނުހާވެސް ކަމަކީ ލޯމަރާލުމެވެ. އައިރީނަށް ވީގޮތުން ލީވާނަށް މަޖާވިއެވެ. “އެދުވަހު އަހަރެންނަށް ދިން ހަދިޔާގެ ބަދަލު ބޭނުންވަނީ ކޮންގޮތަކަށް؟؟” “އައިމް ސޮރީ…”އައިރީންގެ ބަސްތަކުން ލީވާންގެ ހިނިތުންވުން ފުންވެގެން ދިޔަތަން އައިރީނަށް ނުފެނުނީ ލޯ މަރައިން ހުރުމެންނެވެ.

“ސޮރީ ގަބޫލު ކުރާނީ ޝަރުތެއްގެ މަތިން…”ލީވާން އެއިން ގޮތަށް އިނދެ ބުނެލިއެވެ. އައިރީނަށް ދެލޯ ބޮޑުކޮށްލާފައި ބަލައިލެވުނީ ކުއްލިއަކަށެވެ. “އަނެއްކާ މިމީހާގަނޑު އަހަރެން ލައްވާ ކީއްކުރަން ހިތުލައިގެން އެހެރީ؟؟..” އައިރީން ހިތާހިތުން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aufyy <3

Level 1100 Comments10 Stories

reading and writing stories is my hobby......<3

Other Articles

Previous

މަލާކް… 11ވަނަބައި

Next

ސިއްރު – 1

Next
June 17, 2017

ސިއްރު – 1

Previews
June 17, 2017

މަލާކް… 11ވަނަބައި

48 Comments!

  1. yaanaa says:
    June 17, 2017 at 8:30 pm

    Yayy me first kiyalaafa comment kohlaanan

    1. kiaara says:
      June 17, 2017 at 9:20 pm

      Yaayyyy…yaanaa first…??

  2. Khadheeja says:
    June 17, 2017 at 8:38 pm

    Alhe haadha kurey story mioh kiyaahithun ovvaa??

    1. kiaara says:
      June 17, 2017 at 9:10 pm

      Alhey…sorry v bodahh….avahah up kohla dheyn vegn ulhuny ehnve kuru vany…sorry…?

  3. hope says:
    June 17, 2017 at 8:40 pm

    V nice me 2nd

    1. kiaara says:
      June 17, 2017 at 9:19 pm

      Thank you…?

  4. Psenhi says:
    June 17, 2017 at 8:50 pm

    Rythi v interesting. Ekm ebain rangalhukohlanjehe thankolheh. Maikoh vahaka dhakkair mi dhuruvany nukiyaane. Mistakx hoadhaniyyehnoon Inge. Dhen faharakun rangalhukohlan engeyny eyrun dhw. Best of luck

    1. kiaara says:
      June 17, 2017 at 9:09 pm

      Owk…thank you… ?

  5. Adha? says:
    June 17, 2017 at 8:50 pm

    Varah reethi mi part ves.. ?kiyaahithun indha e nimuny.. waiting for next part ?❣ avahah up kohdhehchey?

    1. kiaara says:
      June 17, 2017 at 9:17 pm

      Thank you khajja…?

    2. kiaara says:
      June 18, 2017 at 5:24 am

      Adhaa* hehe …typing mistake… 🙂

    3. Adha? says:
      June 18, 2017 at 3:27 pm

      Hehehe…

  6. Khajja says:
    June 17, 2017 at 8:52 pm

    Alhey mi stry ge hurihaa prts eh ves v kuru ?? ehen nahadhabala plx stry v rythi v kiyaahithun kiyan fashaa iru innany nimifa anyway livaan e ulheny kon kamaku edhen baa livaan rulhi annakaman hedhunas aireen dheke loabivey dhw ?? livaan e ulheny e offeehuga in job aireen ah dheyn hen hyvany kon irakun nxt prt plx avahah up kolladhybala n nxt prt dhigukolla dheythi plx plx plx ??

    1. kiaara says:
      June 17, 2017 at 9:16 pm

      Hehe…vedhaane thihn ves…let see dhw kn kamehh tho leevaan aireen ge beynun vany….sorry vr bodahh kurukoh up kohdhevey thy…insha allah it will get better since m trying my best… ??

  7. maroon says:
    June 17, 2017 at 9:00 pm

    Beautiful and curious… waiting… ?

    1. kiaara says:
      June 17, 2017 at 9:13 pm

      Thank you…?

  8. Sophie says:
    June 17, 2017 at 9:01 pm

    alhey story vloabi.ekm maabodah kury ??

    1. kiaara says:
      June 17, 2017 at 9:12 pm

      Sorry…dhn dhigu vaane insha allah…?

  9. Layaa says:
    June 17, 2017 at 9:08 pm

    Ohhh kiaa mipartvess vs habeys. Ekmmaku thankolheh kuree ..and psenhi bunihen amillameehaa nubunaane midhuruvaneeyaa ingey .. ekahala thanthakolhu rangalhukohaleema eotheehama habbuvefa ..????”

    1. kiaara says:
      June 17, 2017 at 9:11 pm

      Ahaha…thank you so much layaa…yea…i’ll be careful dhn…??

  10. Song Hye-Kyo..KOREAN says:
    June 17, 2017 at 9:16 pm

    Mi part ves varah reethi!!
    Good work girl!!!

    1. kiaara says:
      June 17, 2017 at 9:18 pm

      Thank you dear….btw korean fan ehkan ngey…m also a fan…??

    2. Song Hye-Kyo..KOREAN says:
      June 17, 2017 at 9:26 pm

      Hehe?

  11. nonns says:
    June 17, 2017 at 9:31 pm

    Oh my god. Varah loabi and exciting mi part. Anekka kon sharutheh baa leevaan aireen ah husha alhaany. And varh reethi bith of thier names ves. Keep it up kiaa darling

    1. kiaara says:
      June 17, 2017 at 9:47 pm

      Thank you darlxx?….letx see dhw kn kameh tho aireen ahh leevan husha alhaany…??

  12. Xxxx says:
    June 17, 2017 at 9:33 pm

    Story iz nice..?.kuree thankolheh

    1. kiaara says:
      June 17, 2017 at 9:48 pm

      Thank you…insha allah next part miah vure dhigu vaane..?

  13. Zish says:
    June 17, 2017 at 10:21 pm

    Vvvvvv reetji mi story..btw kiaaa..ur name is vvvv cute…hehehheheh…next part knirakuntha??plx avahah up kohdhehcheyy…ly…

    1. kiaara says:
      June 17, 2017 at 10:27 pm

      Thnq…vr avahah up kohdheynan insha allah..?

  14. Zish says:
    June 17, 2017 at 10:23 pm

    reethi*

  15. ????❤ says:
    June 17, 2017 at 10:39 pm

    Wow.v rythi.kyp it up n hope wl upload tl the end.btw whn nxt prt?

    1. kiaara says:
      June 17, 2017 at 10:52 pm

      Thnq…insha allah nimendhen up kohdheynan…?

  16. Naana says:
    June 17, 2017 at 11:03 pm

    Vv rythi mi part vx….

    1. kiaara says:
      June 17, 2017 at 11:40 pm

      Thnq…?

  17. sam♥ says:
    June 17, 2017 at 11:27 pm

    wow .so cute n lovelyy stry ♥♥♥waiting next part .. v v v reeethi mi stry .. reen n samaah v lobii ..heheh thankxx….

    1. kiaara says:
      June 17, 2017 at 11:41 pm

      Thnq…?

  18. song joong ki..KOREAN says:
    June 18, 2017 at 4:57 am

    vvv reethi. when nxt part????

    1. kiaara says:
      June 18, 2017 at 5:28 am

      Insha allah soon…thnq…anehkaa vxx korean fan ehh dhw… 🙂 <3

    2. song joong ki..KOREAN says:
      June 18, 2017 at 12:22 pm

      hmm mee v friend dhe korean fanun ney. hehe

    3. kiaara says:
      June 18, 2017 at 12:24 pm

      Hehe… 🙂

    4. Song Hye-Kyo..KOREAN says:
      June 18, 2017 at 1:07 pm

      dhw song joong ki??

    5. Song joong Ki.. KOREAN says:
      June 18, 2017 at 1:30 pm

      ofcourse dear!! hehe 🙂

  19. mimmi? says:
    June 18, 2017 at 5:22 pm

    Oh my god. Love may foot. Hardly waiting for part 4 ?❤?

    1. kiaara says:
      June 18, 2017 at 5:48 pm

      ahahaha… 🙂 thnq bbg… <3 :*

  20. Appy says:
    June 18, 2017 at 6:57 pm

    Ooh wow nice story… I like it…. Whn next part ??

    1. kiaara says:
      June 19, 2017 at 1:06 am

      Awwnn…? thnq…mibalany v haa vxx avahahh up koh dheveytho…??

  21. Naana says:
    June 19, 2017 at 7:00 pm

    Mireyy nxt part genasdhevey netha????waiting……..

    1. kiaara says:
      June 20, 2017 at 1:39 am

      Thnq thihaa kiyaa hithun huryma…but not sure mirey up kohdheveyne hen….? maadhan i promise up kohla dheynan…?

Comments are closed.

Next Episodeއައިރީން…(4)←


All Right Reserved!