Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީ ވެވިފާ ބާކީ… (ނުވަވަނަ ބައި)

Shax Lyn
December 14, 2016
6 Mins Read
80 Views
78 Comments

ނުހަނު ލޯބިން މިތާ، ކުރީ ވައުދާ ހުވާ

ދެހިތް ވަކިވެވި ނުދާ. އަރަންޏާ އިރުހަނދާ

ތެމިއްޖެލޯ ކަރުނައިން ރޮވިއްޖެ ތިޔަ ހަނދުމައިން

ހިނގައްޖެ އުންމީދުތައް، މުޅިން ބޭކާރުވެގެން

ޚިޔާލާ ފިކުރުގާ ހުރީ ވަރުބަލިވެފާ

     ވަނީ ވެވިފާ ބާކީ… 

އެލަވައިގެ އަޑު އިކާންގެ ކަންފަތުގައި ޖެހުމުން ހިތަށް ގޮތްތަކެއް ވެގެން ދިޔަ ކަހަލައެވެ. ކެހިފައިވާ ދޮރުން ބޭރަށް ނުކުންނަން އިކާން ފިޔަވަޅު އަޅާލީ ވަށައިގެން ބަލާލަމުންނެވެ. އެއްފަރާތުގައި ހުރި ހުދުކުލައިގެ އުނދޯލީގައި އިށީންދެގެން މަޑުމަޑުން ހެއްލަމުން އޭނާ ލަވަކިޔަވަމުން ދިޔައިރު އޭނާ ހުރީ ފުން ވިސްނުމެއްގައިކަން އިކާނަށް އެނގުނެވެ. ނިއުޅުވާލަފައިވާ ފަން އިސްތަށިގަނޑު ވަޔާއެކު ވިހުރެމުން ދިޔައިރު އެކަމަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ކަޅު ކުލައިގެ ދިގު ހެދުމެއްގައި ހުރި އިރު އޭނާ ވަރަށް ވެސް ރީއްޗެވެ. އިކާން ކުރިއަށް ހިނގަމުން އައިސް މަޑު ޖެހުނީ އެ އުނދޯއްޔާ ދާދި ކައިރީގައެވެ.

އިކާން އައިއްސިކަން އެނގުމުން އިކާނާ ދިމާލަށް އޭނާ ބަލާލީ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްކައިރި ކޮށްލަމުންނެވެ. ޖީބުން ސިނގިރޭޓް ފޮއްޓާ ލައިޓަރު ނަގާ އިކާން ސިނގިރޭޓެއް ރޯ ކޮށްލިއެވެ. އެއްވެސް ވަރަކަށް ވާހަކަ ދައްކަން އިކާން ބޭނުންނުވާ ކަހަލައެވެ. ސިނގިރޭޓްގެ ދުންތައް އެތެރެ ކުރަމުން ދިޔަ އިކާނަށް ސިހުމެއް ލިބުނީ އޭނާގެ އަތުގައި އެ ފިނި އަތުން ހިފާލުމުންނެވެ.

“އިކާން… އަހަރެން މިއަދު ވަރަށް އެކަނިވެރިވެއްޖެ… މި ލަވަ މުޅި ދުވަހު ސިކުނޑީގަ މިއެނބުރެނީ.. އިކާނާ މީޓް ނުކޮށް ނުހުރެވޭނެކަން އިނގެޔެއްނު… މިލަވައަކީ އަހަރެމެން ދެމީހުންނަށް ވަރަށް ހާއްސަ ލަވައެއް… އިކާންގެ އަޑުން އަނެއްކާވެސް މިލަވަ އަޑުއަހާލާ ހިތްވަނީ… ހަނދާން އެބަހުރިތަ އަހަރެމެންގެ އެންމެ ފުރަތަމަ ބައްދަލުވުން… އޯ އިކާން އައި މިސްޑް ޔޫ…”ކައިރީ ހުރި އަޅިކެނޑިއަށް ސިނގިރޭޓް ބުރި ނިއްވާލަމުން އިކާން ފުންނޭވާއެއް އެތެރެ ކޮށްލިއެވެ. އެބުނާ ދުވަހަކީ އިކާންގެ ހިތުން ފޮހެވޭނެ ދުވަހެއް ނޫނެވެ.

އިކާން ލަވައިގެ މައިގަނޑު ކިޔާލީ ދުރުގައި ހުރި މޭޒާ ދިމާއަށް މަޑު ފިޔަވަޅުތަކެއްގައި ހިނގަމުންނެވެ. އިކާން މޭޒާ އަރާ ހަމަ ވުމުން މަޑުޖެހުނެވެ. ލަވައިގާ ކިޔާ ކޮންމެ އިބާރާތެއް އޭނާއާ ދިމާއަށް އިނގިލި ދިއްކުރަމުން ދާ ކަހަލައެވެ. އިކާންގެ އަޑު ކެނޑުނީ އޭނާގެ ފަހަތުން މީހަކު ގައިގާ ބީހޭކަމުގެ އިހްސާސް ވުމުންނެވެ. އިކާން ދެލޯ މަރާ ބާރުކޮށްލިއެވެ. ހަމަ އެއާއެކު އެނބުރި އެ ތުނި ހަށިގަނޑުގައި ބައްދާލިއެވެ. ދެމީހުން އެކަތިގަނޑެއްހެން ތިބި އިރު އެދެމީހުން ތިބީ އެކަކު އަނެކަކުގެ ހޫނު އިހްސާސްކުރަން ބޭނުންވެފައެވެ. އެކަމަށް ފެންބޮވައިގެންފައެވެ. އިކާނަށް އޭނާގެ ނަފްސު ހިފެހެއްޓޭ ގޮތެއް ނުވިއެވެ.

*** *** *** *** *** ***

ބަތްޕެން ސަމްސަލެއް ތަހުމީނާގެ ތުނބުގައި ޖައްސާލަމުން ތާރާ ވާހަކަ ދެއްކިއެވެ. “މަންމާ… އަދި ކުޑަ އެތިކޮޅެއް ބޯލަބަލަ… މިއަދު ހެނދުނުވެސް ރަނގަޅަށް ކެވުނީކީ ނޫން… ނުކަންޏާވެސް ހައްތަހާ ބަލިވާނީ…. އަދި ކުޑަ އެތިކޮޅެއް… ޕްލީސް…”

ބަތްޕެންފޮދު ބޯލިވަގުތު ކުޑަކޮށް ތަހުމީނާ ކޮށި އަރާގޮތްވިއެވެ. ކައިރީހުރި ކަބަޑުމަތީ ބަތްޕެން ތަށި ބެހެއްޓުމަށްފަހު ފެންތަށި ތަހުމީނާގެ ތުނބުގައި ޖައްސަން ތާރާ އަވަސްވެގަތެވެ. ކުޑަ ފެންފޮދެއް ބޯލުމުން ތަހުމީނާގެ ކޮށި ކެއްސުމަށް ލުޔެއް ލިބިގެން ދިޔައެވެ. ޓިޝޫކޮޅަކުން މަންމަގެ ތުންފަތް ފޮހެދިނުމަށްފަހު ތާރާގެ މަންމަ އެނދުގައި ބާއްވާލިއެވެ. މަންމަގެ ގައިމަތީގައި ހުދު ރަޖާގަނޑު އަޅައިދިނުމަށްފަހު އެނދުކައިރީ ހުރި ޕްލާސްޓިކް ގޮނޑީގައި ތާރާ އިށީނެވެ.

ތަހުމީނާ އެނދުމަތިކޮށްފައިވާ ޕްރައިވެޓް ކޮޓަރީގެ ދޮރު ހުޅުވާލަމުން އާތިފް އެތެރެއަށް ވަނެވެ. އޭރު ދެމައިންނަށްވެސް ވަނީ ނިދިފައެވެ. ތާރާގެ ބޮލުގައި އާތިފް މަޑުމަޑުން ފިރުމާލުމުން ސިހިފައި އޭނާއަށް ހޭލެވުމުން ދެލޯ ބޮޑުކޮށްލިއެވެ. “ބައްޕާ… ކޮންއިރަކު އައީ؟…” ގަދަކަމުން ދެލޯ ހުޅުވަން މަސައްކަތް ކުރަމުން ތާރާ ވާހަކަ ދެއްކިއެވެ.

“ދަރިފުޅާ.. މިހާރު ތިހެން ނުނިދާ ހޮސްޕިޓަލުގަ އުޅޭތާ ދެ ދުވަސްވީ.. ދަރިފުޅު ދޭބަލަ ގެއަށް އަރާމްކޮށް ނިދާލަން… ތިިހެން އުޅެނިކޮށް ދަރިފުޅު ބަލިވެދާނެ… އޭރުންނޯ…. ބައްޕަ މިތާ މަޑުކުރާނަން… ދަރިފުޅު ގެއަށް ދިޔައިމަ ނާސިހާމެންނާ އެކީ ކަމްލާވެސް އަންނާނެ…” ތަހުމީނާއަށް ހޭލެވިދާނެތީ  އާތިފް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

ދެ ދުވަސްވަންދެެން ގެއަށް ނުގޮސް އެހެން ހުރުމުން ތާރާ ހުރީ ވަރަށްބޮޑަށް ވަރުބަލިވެފައެވެ. ނިދާލަން ބޭނުންވެފައެވެ. އެހެންކަމުން ގެއަށް ދާން އޭނާ އެންމެފަހުން އެއްބަސްވެ ގޮނޑިން ތެދުވެ އަތް ދަބަސް ކޮނޑުގައި އަޅުވާލިއެވެ. މަންމަގެ ގައި މަތީގައި އަޅާފައިވާ ރަޖާގަނޑު ރީތިކޮށްލުމަށްފަހު އާތިފްއާ ކުރިމަތިލަމުން ތާރާ ވާހަކަ ދެއްކިއެވެ. “ދެންމެ ކުޑަ ބަތްޕެންކޮޅެއް ބުއި… މިރެއަށް މަންމައަށް ސޫޕެއް ދިނީމަ އޯކޭ ވާނެ ދޯ… ކަމްލާ ކައިރީ ބުނާނަން ސޫޕް ހަދައިގެން އަންނާށޭ… ފަހުން ހެދި ޓެސްޓުންވެސް ބުނީ ލޭ މަދުވާ ވާހަކަ…. އަދި މާދަން ޓެސްޓު ކޮށްފަ ލޭ އަޅަންޏާ އެނގޭނެ ކަމަށް ބުނީ.. ދެން ދަނީ އިނގޭ…”

ގެއަށް އައިސް ވަދެވުމުން ފައިވާން ބޭލުމަށްފަހު ތާރާ އަވަސްވެގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ފައިތިލައިގަޔާ ބުރަކަށީގައި ވާޅުކަމެއް ހުރުމުން އެކަމަށް ލުޔެއް ލިބޭތޯ ރީތިވެގެންއައިސް އެނދުގައި ޖައްސާލީ ނިދާލާށެވެ. އެނދުކައިރީ ހުރި ކަރަންޓު ބޯޑަށް ފޯނުގެ ޗާޖަރު ގުޅާލަމުން ފޯނު ޗާޖަށް ޖަހާލިއެވެ. އިކާނަށް ގުޅާލަން ހިތަށް އެރި ނަމަވެސް ފޯނު ނިވިދާނެތީ ތާރާ ފަހުން ގުޅަން ހިތަށް އެރިއެވެ. ބާލީހެއްގައި ބައްދާލަމުން ދެލޯ މަރާލީ ފުން ނިންޖަކުން ނިދާލާށެވެ. އެވަގުތު އެކޮޓަރީ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. ތުންގަނޑު އޫކޮށްލަމުން ދޮރާ ދިމާއަށް ތާރާ ބަލާލިއެވެ. “ކާކު…”

ދޮރު ހުޅުވާލަމުން އެތެރެއަށް ބޯދިއްކޮށްލި ކަމްލާ ފެނުމުން ތާރާ ފުންމައިގެން އެނދުން ތެދުވިއެވެ. “ކަމްލާ… ހަވީރު މަންމަ ކައިރއަށް ދާ އިރު ޗިކަން ސޫޕެއް ހަދައިގެން ގެންދޭ… ނާސިހާއްތައާ އެކީ ހަވީރުން ދާތި…” ވެފައި ހުރި ވަރުބަލިން ކަމްލާ ކައިރީ ބުނަން ހަނދާން ނެތުނު ވާހަކަ ބުނެވުނީތީ ތާރާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.

“ތާރާ… ކާ އެއްޗެއް ބޭނުންތޯ ބަލާލަން އަޅުގަނޑު މިއައީ…” ދެއަތަށް ބޯ ހަލުވަމުން ކަމްލާ އެ ކޮޓަރިއަށް އައި ސަބަބު ހާމަކުރިއެވެ. ނޫނެކޭ ބުނަމުން ތާރާ އެނދުގައި އޮށޯތުމުން ކަމްލާ އެ ކޮޓަރިން ނުކުމެގެން ދިޔައީ މަޑުމަޑުން ދޮރު ލައްޕާފައެވެ.

*** *** *** *** *** ***

އިކާނަށް ހޭލެވުނީ އޭނަގެ ފޯނު ރިންގް ވާތީއެވެ. ފޯނަށް ބަލާލުމަށްފަހު އިކާން ބަލާލީ އޭނާ އޮތް އެނދަށެވެ. އެނދުގެ ބެޑްޝީޓް ގަނޑުވަނީ އެބަޑިބަޑިން ޖަހާފައެވެ. އެހިސާބުން އިކާނަށް ބަލާލެވުނީ ފާޚާނާއާ ދިމާއަށެވެ. ފާާޚާނާގައިވެސް މީހަކު ނެތުމުން އޭނާ ދިޔައީކަން އިކާނަށް އެނގުނެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ޓެރަސްބަޔަށް އިކާން ނުކުތެވެ.

“އޭ. އިކާން… ކަލޭ ނިދަނީ ދޯ… އެއްކަލަ ލަވަ ރިލީސް ކުރަން މިއުޅެނީ… ވީ ނީޑްޔޫ ހިޔަރ… ބަލާ ދާންވީތަ؟…” ފިޒާމް ވާހަކަ ދައްކަމުން ދިޔައިރު އޭނާ އަވަސްއަރުވާލާފަ ހުރިކަން އެނގެއެވެ.

“އާން ދެންމެ މި ހިއްލާލީ… ގަޑިން ކިހާއިރެއްތަ އެވީ…” އާފުރެމުން އިކާން ވާހަކަ ދެއްކިއެވެ.

“ސާބަސް މެންދުރު ދޭއް ޖެހީ… ރޭގަ ނުނިދަނީތަ؟… މެރީ ކުރިފަހުން މީނަ ހާދަ ކަންނެތޭ…” ސަމާސާ ރާގަކަށް ފިޒާމް ވާހަކަ ދެއްކިއެވެ.

“އޯކޭ… ގިވް މީ ފިފްޓީން މިނިޓްސް… އާދޭ ބަލާ ގޭ ކައިރިއަށް… ކަޓް..” ފޯނު ކަނޑާލުމަށްފަހު އިކާން ފާޚާނާއާ ދިމާއަށް އަވަސްވެގަތެވެ. ގެއިން ނުކުތުމުގެ ކުރިން ހުސްބަނޑާ ހުންނަން އިކާން ބޭނުމެއް ނުވިއެވެ. އެހެންކަމުން ކޮޓަރީގައި ހުރި އައިސް އަލަމާރި ހުޅުވާލިއެވެ. ޖޫސް ޕެކެޓާ ކިރު ޕެކެޓްވެސް ހުރީ ހުސްވެފައެވެ. ބަނޑުގައި އަތް ކާއްތަމުން އިކާން ބޭރަށް ނުކުންނަން ހިނގައިގަތީ ރީތިވާ މޭޒުމަތީ އޮތް އަވިއައިނު ނަގަމުންނެވެ.

މަގުމައްޗަށް ނުކުތުމަށްފަހު އިކާން ބަލާލީ ފިޒާމް އައިސް ހުރިތޯއެވެ. ފިޒާމް ފެންނަން ނެތުމުން ކުރިމަތިން ފެންނަން ހުރި ފިހާރައާ ދިމާއަށް އިކާންގެ ފިޔަވަޅު އަވަސް ކޮށްލީ ލޮލުގައި އަވިއައިނު އަޅަމުންނެވެ. މަގު ހުރަސްކޮށް އެފިހާރަށް ވަދެ އިކާން ބަލާލީ ފްރިޖްގަ ހުރި ދަޅުތަކާ ދިމާއަށެވެ. އެތަނުން ‘އެކްސް-އެލް’ ދަޅެއް ނެގުމަށްފަހު ކައުންޓަރަށް ފައިސާ ދެއްކުމަށްފަހު އިކާން ފިހާރައިން ނުކުތީ އެ ދަޅުގެ މަތި ފޮހެމުންނެވެ. ފިހާރައިން ނުކުތް ވަގުތު އިކާންގެ އަތުން އެ ދަޅު ބިންމައްޗަށް ވެއްޓުނެވެ.

ޗޮކެއް ކަނޑާލަމުން އިކާން އެދަޅު ނަގާ ބަލާލިއެވެ. ޖީބުން ނެގި ޓިޝޫކޮޅަކުން ދަޅުގެ ކައިރި ފޮހެލިއެވެ. އެއަށްފަހު ގަޔާ ދުރަށްދަޅު ދިއްކޮށްލަމުން އެ ދަޅުގެ މަތި ކަނޑާލިއެވެ. އެދަޅުގައިވާ ބުއިންތައް ކެކިގެންފައި މައްޗަށް އަރާ ބުރުއްސައިގެން ދިޔުމުން އިކާނަށް ފަހަތަށް ޖެހެވުނެވެ.

“ކިހާ ދެރަ ކަމެއްތަ؟… ބައްޔެއް… މަގޭ ގަޔަށްތަ ދަޅުކަނޑަން އެނގުނީ…” ރުޅިވެރި ބަސްތަކުން އިކާނަށް އައި ހަމަލާގެ އަޑަކީ އިކާން ދަންނަ އަޑެއް ހެން ހީވި ނަމަވެސް ސޮރީއޭ ބުނަމުން އިކާންގެ ލޮލުގައިވާ އައިނު ނަގާ ބަލާލީ އެއީ އިކާން ގަސްތުގައި ކުރި ކަމަކަށް ނުވާތީއެވެ.

ރުޅިއައިސް ދެބުމަ ގޮށްޖަހައިގެން ހުރެ އެ އަންހެން ކުއްޖާ ދިޔައީ އޭނާ ލައިގެން ހުރި ގަމީސްކޮޅުގައި އަތް ހާކާ ފޮޅަމުންނެވެ. އިސް އުފުލާލަމުން އިކާނާ ދިމާއަށް އޭނާ ބަލާލީ ވަރުގަދަ އެއްޗެއް ބުނާށެވެ. ނަމަވެސް އަނގަ ހުޅުވި ގޮތަށް އިކާންގެ މޫނު ފެނި އޭނާގެ ބަސް ހުއްޓި މީހާ ގަނޑު ވިއެވެ.

ވެދިޔަ ކަންތައް ހިތަށް އެރުމުން ބުނާނެ އެއްޗެއްވެސް އިކާނަކަށް ނުވިސްނުނެވެ. “އޭ އިކާން… އާދޭ ދާން…” ފިޒާމްގެ އަޑު ޖެހުމުން އިކާން ކުރިއަށް ހިނގައިގަތީ ދަޅު އަނެއް އަތަށް ބަދަލު ކޮށްލަމުންނެވެ. ފިޒާމްގެ ސައިކަލަށް އަރަމުން އިކާން އަތުގައި އިން ދަޅުގައި ތުން ޖަހާލިއިރު އަނެއް އަތް ފޮޅާލިއެވެ. ދަޅުގައި ހުރީ ކޯވަރެއްހާ މަދު އެތިފޮދެކެވެ. އެ އެތިފޮދު ބޯލުމަށްފަހު އިކާން ހިނިގަނޑެއް ޖަހާލިއެވެ.

“ކީއްވެތަ ބަވާނުލީ… ބަލަން އެބަހުރި އާގަމަ ކައިފަ… މުޅި މީހާ ވެޓްކޮށްލާފަ އެ ދިޔައީ… މަ ހީކުރީ ޒިވީއަށް ވަރަށް ކެރޭނެކަމަށް…” ޒިވީ ކައިރި ހުރި އޭނާގެ އެކުވެރިޔާ ވާހަކަ ދެއްކިއެވެ.

އިކާން ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ޒިވީގެ ދަބަހުން ޓިޝޫއެއް ނަގާ މޭމަތީގައި ހާކާލީއެވެ. “ބަލާބަލަ… އަދި މޭމައްޗަށްވިއްޔާ އެ ދަޅު ވަރާލީ…”

“އަޅާނުލާ… ހިނގާ ގެއަށް ދާން.. އެއްޗިހި ބަދަލުކޮށްގެން ދެން ދެވޭނީ…” އެކުވެރިޔާއެކީ އަނބުރާ އައިކޮޅަށް ދާން ޒިވީ ފަސް އެނބުރި ހިނގައިގަތެވެ. އިއްތިފާގުންވެސް އިކާނާ ދިމާވުމުން ޒިވީގެ ހިތަށް އުނދަގޫތަކެއް ވިއެވެ. އެ ހަނދާންތަކާ ދުރަށްދާން ޒިވީ މަސައްކަތް ކުރިއަސް އޭނާއަށް އިކާން ކުރިމައްޗަށް އެރުމުން އެ ހަނދާންތައް އޭނާގެ ސިކުނޑި ވަށާލައިފިއެވެ. އިކާންގެ ކައިވެނީގެ ރެއަށްފަހު އަދި ޒިވީއަކާ އިކާން ބައްދަލެއް ނުވެއެވެ. އިކާނާ ބައްދަލު ކުރާކަށް އޭނާ ބޭނުމެއްވެސް ނުވެއެވެ. އެއީ މިހާރު ތާރާގެ އިކާނެވެ.

*** *** *** *** *** ***

ކޮފީ ބޯން އައިސް ތިބި އެންމެން އެތަނުން ދިޔަ އިރުވެސް ފިޒާމާ އިކާން އެތަނުގައި ތިއްބެވެ. “އިކާންމެން ފްރީކަން ދޯ… މެރީ ކުރީމަ މީހުންބުނޭ އެއީ ދެންހަމަ ޓްރެޕް އެކޭ… އިކާންމެންނަށް އެއްވެސް ކަމެއް ނޫން.. ދޯ.. ތާރާ އެކޮޅަށް ދިޔަ ފަހުން ހަފްތާއެއްވީ… ކޮންއިރަކުންނޯ އަންނަނީ…” އިތުރު ކޮފީއަކަށް އޯޑަރ ކޮށްލަމުން ފިޒާމް ވާހަކަ ދެއްކީ ފޯނާ ކުޅެން އިން އިކާނާއެވެ.

“ތާރާއަށް މި މެސެޖް ކުރަނީ… ތާރާ ސަލާމް ބުނި… އަދި ނޭނގެޔޯ އަންނަ ދުވަހެއް… މަންމަ ރަނގަޅުވަންދެން މަޑުކުރާށޭ އަހަރެން ބުނީ…” ފޯނުގެ ސްކްރީނުން ނަޒަރު ދުރުކޮށްލަމުން އިކާން ވާހަކަ ދެއްކިއެވެ.

“ހެހެހެ.. އޭރުންނެއްނު ދޯ… އަހަންނަށް އިނގޭ އިކާން އެއްކަލަ ކަންތައް ހަމަ ކޮންޓިނިއު ކުރާކަން… ނުބުންޏަސް އަހަންނަށް އިކާން ވަރަށް ރަނގަޅަށް އިނގޭ…” ފިޒާމް އަތުގައި އޮތް ލައިޓަރު އަނބުރާލަމުން ވާހަކަ ދެއްކިއެވެ.

“ހެހެހެ އެ ކިހިނެއް އިނގެނީ… ބުނެބަލަ… ކަލޭ އަސްލު ވަރަށް މޮޅޭ…” އިކާން ސިނގިރޭޓެއް ރޯކޮށްލަން ލައިޓަރު ދޭށޭ ބުނެ އަތުން އިޝާރާތް ކޮށްލިއެވެ.

“މަށަށްފެނޭ… މިހާރު ތާރާ ހުރީކީ ނޫން… ކަމެއްނުކުރަންޔާ އިކާން ކަރުދޮށުގަ މަދިރި ލޭ ބޮއެފަ ހުންނަ ތަންތަން ދޯ އެއީ… އެއީ އަޅެފަހެ ވެމްޕަޔަރ އެއްތަ؟… ކޮންމެ ރެއަކު ކޮންމެ ރެއަކު… ތިގޮލާ ކެތްގަދަ… ހަހަހަ” ފިޒާމް ހިނިގަނޑު ފަޅައިގެން ދިޔައެވެ. އިކާންގެ ތުންފަތަށްވެސް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.

ކޮފީ ނިންމާލުމަށްފަހު އިކާން ގެއަށް އައީ ރޭގަނޑު އެކެއްވެސް ޖެހި ފަހުންނެވެ. ގެއަށް އައިސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ބޮކި ދިއްލާލިއެވެ. އިކާންގެ ކަޅި ހުއްޓުނީ އެނދުމައްޗަށެވެ. ސެޓިން ފޮތީގެ ރަތް ހެދުމެއްގައި އޭނާ އޮށޯވެގެން އޮތީ ބަންޑުން ފޯނާ ކުޅޭށެވެ. އިކާނަށް ބަލާކަށް ނުހުރެވުނެވެ. ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން އެނދާ ދިމާއަށް ހިނގައިގަތެވެ.

އެނދުގައި އިށީނދެ އެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. އިސްތަށިގަނޑު އަތަށް އޮޅާލުމަށްފަހު އިކާނާ ދިމާލަށް އޭނާގެ ހަށިގަނޑު ކައިރިކޮށްލަން ދަމައިގަތެވެ. އެ މަސްތީ ދެލޯ މަރާލަމުން އިސްތަށިގަނޑުގައި އަތް ޖައްސާލަމުން ޗޫސް ދަމާލިއެވެ. “އިކާން… ހާދަ ލަސްވީ…”

އިކާން ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ހަށިގަނޑުގައި އޮޅުލައިގަތުމަށްފަހު ދެމީހުން އެކީ އެނދުމައްޗަށް ވެއްޓިގަތެވެ. ދެ ޖިސްމު އެކުވެ އެކަކު އަނެކަކުގެ ހޫނުން އަރާމު ހޯދަމުން ދިޔައެވެ. އެހެން ތިބެ ދެމީހުންނަށް ނިދުނީވެސް ފަތިސްވީ ފަހުންނެވެ.

ކަންނެތްކަމުން ތެދުވަން ބޭނުންނުވެފައި އިކާން އޮތީ އޭނާ ވެފައިވާ ވަރުބަލިންނެވެ. އެހެން ދުވަސްތަކާ ޚިލާފަށް އޭނާ ހޭލިއިރު އެނދުގައި އޮތީ އެކަނި ނޫންކަން އެނގުމުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އިކާންގެ މޭމަތިން ހުރަހަށް އޮތް އަތް ނަގާ ދުރަށް ޖައްސާލީ އެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. ފާޚާނާއާ ދިމާއަށް ދިޔައީ ތުވާލި ނަގާށެވެ. ތުވާލި އަނދެގެން ނުކުތް އިރު އިކާންގެ ފޯނު ރިންގްވަނީއެވެ. ތާރާގެ ކޯލެއްކަން އެނގުމުން އިކާން ފޯނު ނަގަމުން އެނދުގައި ގަދަޔަށް ނިދާފައިވާ އެ ދޮން މޫނަށް ބަލާލިއެވެ.

“އިކާން… ހެއި އައިމް ބެކް… މީނީ ގޭގަ… ތަޅުދަނޑި ނެތިގެން ނުވަދެވިފަ މީނީ…”

ކަންފަތުން ފޯނު ދުރުކޮށްލި އިރު އިކާންގެ ދެލޯ ވަނީ ބޮޑުވެފައެވެ. އޭރު ދޮރުގައި އަނެއްކާވެސް ޓަކި ޖަހާލި އަޑު އިކާނަށް އިވުނެވެ.

(ނުނިމޭ)

35
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shax Lyn

Other Articles

Previous

ހިތް އެކީ ދެވިއްޖޭ….12

Next

ވަންހަނާ (6)

Next
December 14, 2016

ވަންހަނާ (6)

Previews
December 14, 2016

ހިތް އެކީ ދެވިއްޖޭ….12

78 Comments

  1. loona says:
    December 14, 2016 at 7:59 pm

    salhi

  2. Sweety says:
    December 14, 2016 at 8:30 pm

    Oh no!!! Dhen vaanee kihineh??????
    Shaxlyn. Plz next part avaskollaathi. Cant wait…..

  3. Maahy says:
    December 14, 2016 at 8:33 pm

    Mihaaru onnaane ikaan bust vefa ?
    Anyways v salhi story ?

  4. Xoxo says:
    December 14, 2016 at 8:50 pm

    Akinge xoxo akee xivee eh noon dhw
    …

  5. Manje says:
    December 14, 2016 at 9:20 pm

    Ikaan dhw.. meega Baaky mivany thaaraaennu .. cheee .. Manama ikaam hetakah bawaalaanan .. huri nubaikan .. ma enme nahtany ekakun nufudhigen ulhey ekahala firihehun dheke.. mimeehunnah reethi veema e nimuny hurihaakameh ves ..huh.????

  6. ramy says:
    December 14, 2016 at 9:45 pm

    wow nice kiya kiya hutta nimejje dhen maa kuree ingey egey kuruvee kivve kan ves ekamaku dhen faharakun thankolheh dhigu kohlachey varah salhi habeys…

  7. Reader says:
    December 14, 2016 at 9:46 pm

    Story reethi ebavey… XO akee jinni eh tha? XO miharu sifa vee mansha story ga azeem aa alhaigaiy jinni gothah…

  8. Malaa says:
    December 14, 2016 at 10:12 pm

    Subhaan allaah bast vanee kanneynge, mioh v gotheh dhw, v reethi ma sha allaah.

  9. Brainless says:
    December 14, 2016 at 11:39 pm

    Mi ikaan gandah vegen e ulhenyy keehtha…
    Vvvvvvvv salhi mi story..
    Can’t wait…
    Avahah up kohlahcheyy…
    Plx plx…

  10. #PornStar says:
    December 14, 2016 at 11:40 pm

    kaley v ehnu erotic vaahaka eh liyan. anehkaa maana ingey tha erotic ge. hurey mi bunedheny neygenyaa “of, relating to, or tending to arouse sexual desire or excitement.” ehkahala vaahaka kiyaane varah ginna myhun vaane. kaley varah molhuvaane ehkahala vaahaka liyan. hyvey varah experience hurihen. kaley alhe liyedheyn v ehnu ehkahala vaahaka eh masha. adhives thankolhe bodah sex baitha detail kohdhinyaamun v salhi vaane.

    1. lol says:
      December 14, 2016 at 11:44 pm

      hahahaha

    2. nunnu says:
      December 14, 2016 at 11:50 pm

      thi dhen bodu varu dhw j viyas. shaz maa molha vaahaka liyaathy dhw thiulheny j vegen. konme echekiyas shaz vareh nuvaane ehves writer eh.

    3. #PornStar says:
      December 14, 2016 at 11:58 pm

      yeah yeah i totally agree with u @nunnu, eyna vareh nuvaane ehves writer eh. eynahaa vahushy koh vaahaka liyan ingey writer eh nuhunaane. eh level ah ehves writer ahakah nudheveyne. She is the one&only keke

    4. Anonymous says:
      December 14, 2016 at 11:59 pm

      Hahaha writer birugannavantha thiulhenee… Noonee mi vaahaka kiyaigen meenayah asareh kuree thoacheh… Mee real life ga beh meehunnah dhimaavaa kankan… Im happy the writer has the guts to write it this way… I dont find it porn… Ikaan ah basekoffa iniyyaa ikaan ulhey giy liyaa iru mikahala feel eh theenayah vanee thoacheh… Prostitute anhen kudhinge vaahakaves hurey ei massalaakah nuvey dhw

    5. #PornStar says:
      December 15, 2016 at 12:06 am

      yeah yeah i know. ehkam mihaa detail eh nuney eh story thakeh. adhi nukiyan mihaa detail dhivehi sex story eh. writer birugane dhaane thytha kaley anonymous ge namuga comment thi kurany. anonymous ge namuga thi comment kuraa myhaa ah neygeny mi vaahaka kiyaafa masha assaru kuraavaru.

    6. Jailam says:
      December 15, 2016 at 12:07 am

      Anonymous a haadha vare thivee. i think pornstar touched your heart or somewhere else. Difficult to digest the truth. LOL 😀

    7. #PornStar says:
      December 15, 2016 at 12:07 am

      anonymous namuga shazulynu dhw thi comment kurany keke

    8. #PornStar says:
      December 15, 2016 at 12:10 am

      yeah yeah jailam bro masha ves hyvany anonymous ge konmes thaaku ailevijje kanneyge ehen nunama dhn koh asereh eh kurany eheh

    9. mysterious says:
      December 15, 2016 at 12:11 am

      pornstarr haadha vareh thi vany kanbulo mi vaahaka kiyaafa.. ehenve ey bunany shaxlyn feelings describe kuraale molhy eyy.. pornstar ah hama hageegathuga ves goi vehjje.. goodjob writer

    10. #PornStar says:
      December 15, 2016 at 12:19 am

      yeah yeah @mysterious writer ah molha bunedheveyny ves writer ah experience kurevifa huri feeling thakenu. ehenve ey mi bunanany v experienced writer ehkey. mysterious ah ves thi bunevuny hama aharen buni vaahaka ehnu.

  11. Anonymous says:
    December 15, 2016 at 12:41 am

    Writer ah boy ehgge feelings kiyaidheyn e ingenee cox shes a boy dhw…. Thi bunaa ehchakun varah hini aadhey…. Kommehen nujehey writer feel kuraa scene eh kiyaidheykah… Hehehe…. Growup pornstar

    1. #PornStar says:
      December 15, 2016 at 1:39 am

      Anonymous aadheyba ma grow up kohdheyn thivaru vanyaa. writer kuran jehey kanthaa kuran nujehey kantha enme bodah ingeny anonymous ah tha.. hyvany writer amilla ah kohfa hunna comment ehen.

    2. Anonymous says:
      December 15, 2016 at 1:53 am

      Pornstar ah maa bodah getuvany thoache… Mashaky writer eh… Ekamu shaz eh noon ahahnaky… i knw alot abt writing…. Ehenve pornstar buni ehchaka aharn comment kuree… Pornstar ah kihaavaraka vaahaka kiyunbaaaaa.Then ok thaa. I knw ur a big fan of shaz kan mihaar. Iru irukolhun comments thah kiyaafa replyves dhey viyyaa.Thihaakah varah vaahakaeh kamudhaanee. I frankly love this story. Shaz dont think abt this negative comments. Story hama habbu

    3. Zeyn says:
      December 15, 2016 at 1:53 am

      #PornStar when did you said that This story writer is a boy. It seems only boys have sex & horny feelings, girls don’t have them. I think thats what Anonymous is trying to say. I’m really enjoying this man.

    4. Anonymous says:
      December 15, 2016 at 1:57 am

      Zeyn… Aharn buni echchakee pornstar buni writer vahushy veemaey mikahala gothah liyan ingeynee writer experience koffa hunna kankamey liyeveynee. So boy ehgge ihusaas girl writer akah nuliyeveyney dhw ebunanee. Girl akah e feel eh nuvaanethaa. I was saying that pornstar buni ehchakah radhdhu dhyfa. Ok bro

    5. Yushfa says:
      December 15, 2016 at 2:12 am

      Shazleen ah miathuren rangalha vaahaka liyan ingeyne dhn miyothy kon hadi eh haavaafa. Ahanna hyvaa gothuga mi vaahaka kiyaa ginna myhunnaky 18 aharun mathyge myhunhen. Vaahakaige cover ga 18+ jehumun eh vaahaka akee bodethi meehunge vaahaka ehkan engeyne. ehenviyas eyge maana akee hurihaa kame detail kurumeh noon. fenvaru rangalhu liyun therin konmehen nujeheyne maabodu detail eh readers ah dheykah. Readers amihlla ah writer bunedhen ulhey ehche sifa kuraane. Konmehen “mihaaru buraage vaagandu nataalaifiye, hury oriyaamaa ey” mikahala sentence tha beynun nukuriyas. Ahanna fenna gothuga mee writer visnaalan jehey point eh.

    6. lol says:
      December 15, 2016 at 2:22 am

      Hahahaha
      @yushfa
      I havent seen such sentence. Too fantasy high ppl.
      Lol hama heveneee.
      Porn akaa gaathahves nuliyevey. Ekamu porn eko.

    7. #PornStar says:
      December 15, 2016 at 2:23 am

      vara masaikaiy eba kurey writer dhifaau kuruma. Writer amilla ah kuraa comment viyaa

    8. Mansha says:
      December 15, 2016 at 2:25 am

      lol a nukiyeneenu shaz ge vaahaka ehenveema. I saw some sentences like that from ziban story. But Its my favourite story.

  12. xoo says:
    December 15, 2016 at 12:48 am

    Mi vaahaka varah down vaa vahtharakah dhiya But i can see an interest now. Vaahaka ah thi genai twist varah kamudhey. Ikaan bust vaan dhw e ulhenee. N previous comments kiyaafa hevenee. Pornstar i think u havent read 18+ stories. Thee kudakujjehdhw

  13. Azuna says:
    December 15, 2016 at 1:54 am

    V reethi

  14. mary says:
    December 15, 2016 at 1:59 am

    ??? v nice… Avahah next part …. Plsssssssssss…….. Love this story ???

  15. Flower says:
    December 15, 2016 at 2:07 am

    adhives mi vaahaka reeche noon 🙁

  16. gutt ayya says:
    December 15, 2016 at 2:31 am

    Hahahaha. Mathee coments kiyaafa h heveneeeeeeeel. Hahahaha kekekeke hahahahaha guys u dont have anything else todo ????

    1. Shazlyn says:
      December 15, 2016 at 2:36 am

      do you have anything else to do other than reading others comment and laughing gutt dude

    2. lol says:
      December 15, 2016 at 2:37 am

      lol shazlyn

    3. lol says:
      December 15, 2016 at 2:38 am

      Hahaha mashahves heveneeee

    4. Midnight says:
      December 15, 2016 at 2:38 am

      This story is too boring. but the comments are so hillarious this keeps me up at this hour. and its getting better & better… :’) :’)

    5. gutt ammadey says:
      December 15, 2016 at 2:42 am

      Midnight thibuny thedhe hyvany myhunge samaalukan hoadhan ulheyhen ehthedhe gattu ayya thyna ithurukameh nethytha comment tha kiyaafa ehen myhunaa dhimaalah kameh nethigen hey thiulheny thi kiyany 😛

    6. haha says:
      December 15, 2016 at 2:45 am

      hahaha gutt ayya and gutt ammadey    

    7. bulbul says:
      December 15, 2016 at 2:47 am

      foohi vaahaka eh

  17. dhondhooni says:
    December 15, 2016 at 2:33 am

    mee shazlyn amilla ah fans hodhan vegen kuraa kameh henn heevey. publicity stunt eh jahsanee kanneyge. Writers in kuraakameh mee.
    amilla ah negative comment kuranee eyrun readers ge sympathy hodhan vegen.

  18. lol says:
    December 15, 2016 at 2:35 am

    Another joke Hahaha

  19. bodu kameh says:
    December 15, 2016 at 2:40 am

    Fakkaaaaaaaaa

  20. anonymous says:
    December 15, 2016 at 2:56 am

    Kamudhaa vaahaka eh nun mi

  21. Badboy ? says:
    December 15, 2016 at 5:53 am

    Haadha vareh aruvaalaafa miothy. Migothah manshaa vaahakayah ves comments ai.ekamu mi meehun mi vaahaka nimendhen kiyaane. Kmme bayakah comment kuraane. Well in my opinion this story is good. Good luck shaz. N ikan is really bad ey dhw. I like it. ?

  22. pinker says:
    December 15, 2016 at 6:48 am

    Comments thah hama habeys……hahahahahahahaha???????????

  23. xum says:
    December 15, 2016 at 7:02 am

    OMG!!! haadha vareh aruvaafa miyothy. ehbunaahen mi story ves myge kurin nerunu story ves thankolhe over detail ey buneveyny. not nice

  24. pinker says:
    December 15, 2016 at 7:02 am

    Kommeves kameh v manu shaz lyn ge hurihaa vaahaka ehga ves 18+ jahaafa e hunnanee….lol

    1. xum says:
      December 15, 2016 at 7:04 am

      18+ vejjeya ehaa detail koh nugeneyas understand vaane dhw kiyaa myhaa ah. mithaa ehba ulhey 18+ eh koachekan neygey myhun like pinker.

    2. xum says:
      December 15, 2016 at 7:09 am

      I don’t think even the author of this story understand the meaning of 18+

  25. marie says:
    December 15, 2016 at 7:18 am

    ahaan miyothy konfadha roalhi eh araafa. kobaa shazlyn? mi story liyaa writer ehves echekey mikama nubunany kyveyo. shazlyn ge faraathun ehen liyuntherintha anonymous ge namuga talk kurany i mean mithaa zuwaab eh kurany i mean radhu dheny myhun kiyaa echessa.. this is fun early morning this made my day #pornstar lol 😛 😀

  26. D says:
    December 15, 2016 at 7:48 am

    THIS IS NOT A NICE STORY << MY OPINION
    IF ANYONE HAVE ANY PROBLEM WITH MY OPINION, PLS FEEL FREE TO F*** OFF
    URS D 🙂

  27. Xzv says:
    December 15, 2016 at 10:25 am

    this story rocks.. if u have any problem… then go to hell…I dont care who it is

    1. Muaa says:
      December 15, 2016 at 11:08 am

      Stiry hadi yas narakayah dhaakah nujehey

  28. purple says:
    December 15, 2016 at 10:27 am

    problem is not story but . maybe he / she is jealous with writer

    Right D for dugger???????

  29. hahah says:
    December 15, 2016 at 10:28 am

    boring and disgusting
    vaanuvaa ves neyngey Firihenaku goi neyney anhenaka hinga najaaiz gulhumeh. anekka jinniehtha e anhenaa aky?
    adhives eynage life ga dhe anhenun ithurah eba thibi.
    bed ah vaki meehaku,laari aa hedhi mery kuree. loabivanee ehen meehaku dheke. disgusting firi henun ulhey ekamu mee than kolheh boduvaru
    And writer hero akah eyna hadhaafa glorifying that disgusting man
    you should have a standard set for your main character.
    writing a little bit of erotic will do.

    1. Manje says:
      December 15, 2016 at 10:34 am

      hahah .. mashah dheraee kae mivaahaka keema.. dhen ves upkohfiyaa kiyaane ..koahchekey kaey men kiyaakahtha ..mee vaahaka ekey thihaa varu thi aranyky

  30. Manje says:
    December 15, 2016 at 10:31 am

    Pornstar kae dhaanveenu porn film kulhen!!kae ah haadha varekey dhw thivee..kae ah mi fenwarah vaahaka nuliyeveynethee kae j vany e’ee vaagothaky. mee kaakutha konmehen fupan..kaey sizuga hurey.. kae ey hih vare hureeya mi cmntah repli dheebala..???

  31. DOwn Grade says:
    December 15, 2016 at 10:31 am

    THIS IS A NICE STORY IF ANYONE I MEAN EVERYONE HAVE NO PROBLEM THEN F**** WITH DAMN D

  32. Anonymous dealer says:
    December 15, 2016 at 10:34 am

    Pornstar go to hell

    1. nasheed says:
      December 15, 2016 at 11:31 am

      Pornstar naraka ah dhiyaima Anonymous dealer suvaruge vadhevenee tha

  33. Manje says:
    December 15, 2016 at 10:37 am

    Pornstar kae birun fileeetha…. Hahhaha .. Kae ah thinoon vareh vaanetha.. kaey Sizuga hurey .. Noony ma kaey sixah kandaalafaanan??? Lol

    1. Gutt Ammadey says:
      December 15, 2016 at 10:56 am

      kae varuge cheap golayakuge mithaa ney. hithun vara majaa. varah gahdaavefa. Manje ge visnumuge koshikan engenee thivah thara commentu kureema. hama bunelee

    2. Manje says:
      December 15, 2016 at 10:58 am

      Ahentha..Kaley haadha molhey madhah judge kuran..kae ingeytha kaey thee kihaa cheap meehehkan..Thee namegga gutt ammadey tha..noony hama hageegathugaves kaey gutt tha hama…hieh nuvey ekam thee gutt golaeh heneh..lol???

  34. Civilized says:
    December 15, 2016 at 10:47 am

    haadhahaa naathahuzeebee kulavarekey thi dhakanee Manje eh kamaku. Writer ah hama hajamu nuvee. Hurihaa comment eh kiyaalumun faahaga vee ehen. V reeche bunun Majubooru baa Story eh kamaku.

    1. Manje says:
      December 15, 2016 at 10:54 am

      dhen kaley men thidhahkkany varah thahuzeebu kulavarehtha.. puh .. ma ehcheh bunyma thiyaa anga kofany.. nooney kaleyah hajamu nuvee.. mashah dheraee kaleymen story varuaruvaafa kiyaathee

  35. Afaa says:
    December 15, 2016 at 11:19 am

    My God!!! kihine mi vany. Shaxlyn koba? Writer mikamaa alhaanulanee keeve baa. Noony writer vez hury hama ekani story reechey bunaa kudhinnaa eku tha? thats sad 🙁 I read regularly but adhi ehaa reeche noon. unmeedhu kurany dhen huri part tha interesting vaane kamah.

  36. Afu says:
    December 15, 2016 at 1:54 pm

    Cmon guys, this is just a story. Ehen noonas writer e liyany baeh meehunnah dhimaavaa kamehge vaahaka dho. Mithaa eba huri kanneynge boys kudhin comment kohfa hadi ehchis kiyaafa. Thihen comment kuranya writers in kihaa foohi vaane. Self confidence gehley kanhala comment thikurany ves. Hiy hama nujehenya ehn buneveyne reethikoh comment kohfa ves. Ekam mithaa baeh meehunge comment thah varah hadi koh huree. Please don’t do that.

  37. Kiyaa says:
    December 15, 2016 at 1:55 pm

    Zumraaaaa dhw

  38. Orchid says:
    December 15, 2016 at 5:45 pm

    mulhi esfiya ga vez noolhey mi writer noony negative comment hajam nuvaa writer eh. Ekan miadhu saabithu vejje. writer aah ehkolha vaahaka dhakaafa thibi meehunge basmagu huri goi vez fenijje. Story eh vejjeyaa negative vez positive vez comment libeyne. Negative comment eh dhey konme meehakaa dhimaa ah araigannaaka adhi nuve. But mi thanun fennanee eyge opposite. Writer vez ekan huttuvaakah noolhe. As if this what she want. Esfiyaige ehen writers in namoonaa ah balan writer gaathun edhen.

  39. Eve says:
    December 16, 2016 at 5:44 pm

    Shazlyn vareh neh.
    dhen la la laaaaaaa..
    Bibibeeeee tototooooooo..
    puh.
    hama jay vaniii mi negative comments liyaaa meehun. LOL .

  40. Ruhi says:
    December 17, 2016 at 2:05 am

    XO akee kaakukan next part ga ingeyne nama. story ehaa drag nukurachey. Asluves mi Ican is too much.

  41. Zoyaaa says:
    December 17, 2016 at 2:41 am

    Reethi….
    Bloody hell izan nulafa…
    I hate him…
    Thara will be sad… If she find out…

  42. Brain says:
    December 17, 2016 at 1:12 pm

    Vvvvvvvvvvvvv hadi

  43. midhu says:
    December 18, 2016 at 12:33 pm

    Story v v reethi. Heekuran avahah update kuraane kamah

  44. Nadha says:
    December 18, 2016 at 12:54 pm

    rangalhu badhalakaa eku story kiyaalan libeyne kama heekuran

  45. Nahulaa says:
    July 1, 2017 at 1:19 am

    Vaahaka varah kamudhey. Keep it up

Comments are closed.

All Right Reserved!