އާވާރާކަން…. (ހަވަނަބައި)
ކުއްލިއަކަށް އަހަރެން ސިއްސައިގެން އައީ އަހަރެންގެ ފަހަތުން ކޮނޑުކައިރިން ކުރިމައްޗައް އައި އަތެއް ފެނުނުމުންނެވެ. އެކަމަކު އަހަރެންގެ ހާސްކަމާއި ބިރުވެރިކަން ކެނޑުނީ އެއަތުގައިވާ އަގޮނޓިފެނިފައެވެ. ހަނދުން ދެމުންދިޔަ މިލަ ހަނދުވަރާއި އެކު އެ އަނގޮޓީގައިވާ ޖަވާހިރުން ވިދުންވާކަހަލައެވެ. “ވިލް ޔޫ ބީ މައިން” އަހަރެންގެ ކަނާތު ކަންފަތަށް ހޫނު އިޙްސާސްތަކަކާއި އެކު މަޑު މަޑުން ކަންފަތްކައިރީގައި ބުނެލި އަޑު އިވުނެވެ.
އަހަރެންހުރީ ވަރަށް އުފާވެފައެވެ. އަހަރެން ބުނާނެ އެއްވެސް އެއްޗެއް ދުލަކަށް ނައެވެ. އަނެއްފަރާތަށް އެނބުރުނުގޮތައް އަހަންނަށް އަޔާޒްގެ ގައިގައި ބައްދާލެވުނީ ފެންކަޅިވެފައިވާ ޙާލުގައެވެ. އޭރު ދުރުގައި ތިބެގެން ޒުލްމެން ދިޔައީ އަތްޖަހަމުންނެވެ. “އޭނ.. ނިންމާލާފަ ގުޅާ.. އަހަރުމެން އަންނާނަން” ޒުލްބުނެލި އަޑު އިވުނެވެ. “ޝައްފަ.. ރޮނީތަ .. ކިހިނެތްވީ މި އަގޮނޓި ކަމުނުދަނީތަ” އަޔާޒް ބުނެލިއެވެ. “ނޫން އަޔާޒް.. އަޔާ ދޭ ކޮންމެ އެއްޗެއްވެސް އެއީ އަހަރެން ލޯބިން ޤަބޫލްކުރާނެ ހަދިޔާއެއް” އަހަންނަށް ވާހަކަ ދެއްކުނީ ރޮމުންނެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން މިހުރީ ވަރަށް އުފާވެފައެވެ. ދުަވަހަކުވެސް އަހަންނަށް ނުލިބޭކަހަލަ އުފަލެއް މިރޭ މިވަގުތު އަހަންނަށް އެބަ އިޙްސާސްވެއެވެ. އަޔާޒް ގައިގަ ބައްދާލިގޮތަށް ދޫކޮށްލުމުގެ ވިސްނުމެއްވެސްނެތެވެ. މިހިނދު އަހަރުމެން ދެމީހުންގެ ދޭތެރެއިން ވައިރޯޅިވެސް ދަތުރުކުރާނެ ޖާގައެއް ބަހައްޓާކަށް ހިތެއް ނޭދެއެވެ. “އެހާވެސް ލޯބިވޭތަ ޝައްފަ އަހަރެންދެކެ..” އަޔާޒް އަހަރެންގެ ކޮނޑުގައި ހިފާ ގަޔާދުރުކޮށްލާފައި ބުނެލިއެވެ. “އާނ.. ޤަބޫލްނުކުރަނީތަ” އަހަރެން ވާހަކަ ދެއްކީ އިސްޖަހައިގެން ހުރެއެވެ. އަޔާޒްގެ ކަނާތުގެ ޝަހާދަތް އިނގިލިން އަހަރެންގެ ދަތްދޮޅީގައި ޖައްސާ އަޔާޒް އަހަރެންގެ އިސް އުފުލާލިއެވެ. ” ނޫނޭ އިނގޭ .. ޝައްފަގެ ލޯބީގެ ބާރުން އަހަންނަށްވެސް ޝައްފަ ދެކެ އިންތިހާ އަށް ލޯބި ވެވިއްޖެ” މިހެން ބުނެލުމާއި އެކު ދެތުންފަތްގުޅިގެންދިޔައެވެ. ދެލޯމެރި އިޝްޤީ ޖަޒްބާތުގައި ދެހިތް ގެބިގެންދިޔައެވެ.
ސިހުމެއް އަހަންނަށް ލިބުނީ އަހަރެންގެ ފޯނު ރިންގްވާން ފެށުމުންނެވެ. އެގުޅަނީ ޢާއިދެވެ. އަހަރެން ލަސްވެގެން އޭނަ ކަންބޮޑުވީއެވެ. ސައިލެންޓަށް ލާފައި އަހަރެން ޖީބަށް ފޯނުލީމެވެ. އަހަރެން އަޔާޒްގެ މޫނަށް ބަލާލީމެވެ. “އަޔާ.. އަހަރެން ދާންވެއްޖެ، ” އަހަރެން ވަރަށް ދެރަވެފައި ބުނެލީމެވެ. “ކިހިނެތް ދާނީ.. އަދި ޝައްފަ އާއި ބެހޭގޮތުން އަހަރެން އޮޅުން ފިލުވަންޖެހޭ ކަންކަން އެބަހުރި އެނޫނަސް ތި އަތުން ދެން ދޫކޮށްވެސް ނުލާނަން” އަޔާޒް ހީލާފައި ބުނެލިއެވެ. “ދެން ދޫކޮށް ނުލަންޏާ ނުވެސް ދެވޭނެ ނު.. އަހަރެންވެސް ދާކަށް ބޭނުމެއް ނޫން..އަޔާޒް އަކަށް ނޭގޭނެނު އަޔާޒް ހޯދަން އަހަރެން އުޅުނުވަރެއް.. އެކަމަކު ގޭގެ މީހުން ލަސްވެގެން އުޅޭނެ.. ” އަހަރެން ދެރަވެލާފައި ބުނީމެވެ. “އޯކޭ ދެން ގުޅުން އޮންނާނެ ނު ފޯނުންވެސް.. އެކަމަކު މާދަމާ ރޭ މީޓްކޮށްފަ މަ ދާނީ” އަޔާޒް ބުނެލިއެވެ.
އަހަރުމެން ދިޔައީ އެކަކު އަނެކެއްގެ ނަމްބަރ ބަދަލްކުރުމަށް ފަހުގައެވެ. ހަޔާތުގައި ދެން މިފަދަ ހިނދުކޮޅެއް ނާންނާނެއެވެ. އެއީ ހާދަ އުފާވެރި ވަގުތުކޮޅެކެވެ. އަޔާޒް އެއީ ހާދަ ލޯބި މީހެކެވެ. އަހަރެން އެންމެ ބޭނުންވިކަހަލަ މީހެކެވެ.
ޕޮލިސް ސްޓޭޝަން ކައިރިއަށް ދިޔައިރު ޢާއިދު ހުރީ ދެކޮޅުދެކޮޅަށް ހިގާލަ ހިނގާލައެވެ. “ސާބަސް ކިހާއިރެއް.. މަށަށް މިރޭ ވަރަށް ބަވާނެ” އަހަރެން ފެނުމުން ޢާއިދު ބުނެލިއެވެ. އަހަރެން ބަލާލީ ޕޮލިސް ސްޓޭޝަން ދޮރުކައިރީގައި ހުރި އަޔާގެ މޫނަށެވެ. އަދި އަޔާއަށް “ބައި” އޭ ބުނުމަށްފަހު ޢާއިދު އާއި އެކު ހިގައިގަތީމެވެ. “ކާކު އެއީ އަނެއްކާ.. ކަންތައްގަނޑެއް ދޯ” ޢާއިދު އަހަންނާއި ދިމާކުރަންފެށިއެވެ. “އެއީ އަހަރެންގެ ބޯއި ފްރެންޑް އިގޭ.. ޢާއިދުއަށް އެކަނި ގެއިން އެކަން އެގޭނީ.. ކިހިނެތްވަނީ އޯކޭދޯ އޭނަ” އަހަރެން ޢާއިދުގެ ހާސްކަންވެރިވެފައިވާ މޫނަށް ބަލާލުމަށްފަހު ބުނެލީމެވެ. “ކީކޭ މަ ބުނާނީ މަށަށް އެއީ ކާކުކަންވެސް އެގިގެންތާ.. އަވަހަށް ހިނގާ ގެއަށްދާން” ޢާއިދު ހުރީ ގެއަށްދާން ލަސްވެފައެވެ. އޭރުވެސް މަގޭ ފޯނު ދިޔައީ ރިންގް ވަމުންނެވެ.
ގެއަށް ދެމީހުން ވަދެގެން ދިޔައިރު މަންމަމެން އުޅެއެވެ. ނަސީބަކުން އެއްވެސް ސުވާލެއް ނައެވެ. ތިބީ ރަށުބަޔަކާއި އެކު ސަޅިބައިސާގައެވެ. ފަހަރެއްގައި ސުވާލެއް ނައީ އެހެންވެގެން ކަމަށްވެސް ވެދާނެއެވެ.
ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަތުމާއި އެކު އަހަރެން ބާލީހުގައި ބާރަށް ބައްދާލީ ހަޔާތުގައި މިހާތަނަށް ދިމާވި އެންމެ އުފާވެރި ވަގުތު ހަދާނަށް ގެންނަމުންނެވެ. އަޔާ އަށް ގުޅާނަމޭހިތާ އަހަރެން ފޯނު ނެގިއިރު އަޔާޒް ދިހަ ފަހަރު ގުޅާފައި އޮތެވެ. އަވަސް އަވަހަށް އަހަރެން އަޔާ އަށް ގުޅިމެވެ. “ހެއި ވަރަށް ގުޅައިފިންދޯ.. އަވަހަށް ގެއަށް އަންނަންވެގެން ހަދައިގެން ފޯނުވެސް ނުބެލުނު” އަހަރެން އަޔާއަށް ސަބަބު ބަޔާންކޮށްދިނީމެވެ. ” އޯކޭ.. ދެން ހަމަ މިސްވީމަ ގުޅާލީ.. މިސްކޯލު ބަލާލީމަ އެގިއްޖެ ދޯ މިސްވާ ވަރު” އަޔާޒް ވާހަކަ ދެއްކި އިރު އަހަރެންގެ މޫނު މައްޗަށް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ. ” ކީއްވެ ތިހާ ބިރުން އުޅެނީ.. ގޭގެ މީހުންނަށް އެގިއްޖިއްޔާ ގޯސްވާނީތަ..” އަޔާޒްގެ މިސުވާލަށް އަހަންނަށް ޖަވާބު ދޭން ދަށްޗެވެ. ” ނޫން.، އަދި ނޭނގޭތީވެ ދޯ.. ބައްޕަ އޯކޭވާނެ.. އެކަމަކު މަންމަ އަކީ ވަރަށް ފާޑެއްގެ މީހެއް.. މަންމަ އޯކޭ ނުވެއްޖިއްޔާ ވަރަށް އުދަނގޫވާނެ.. އެއީ ބައްޕަވެސް ގިނަ ފަހަރު ހުންނާނީ މަންމަގެ ބަސް އަހައިގެން.. ދެން ތަންކޮޅެއް ފަހުން އެމީޙުން ކައިރީ ބުނާނީ” އަހަރެން ހުރީ މަންމަމެންގެ ނުރުހުމެއް މިކަމަށް އައިސްދާނެތީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
ހެނދުނު އަހަންނަށް ހޭލެވުނު އިރު ދިހައެއްވެސް ޖަހައިފިއެވެ. ރޭގަ ނިދުނު އިރު ތިނެއްވެސް ޖަހައިފިއެވެ. ދެމީހުން އެކަކު އަނެކެއްގެ ވާހަތައް ހިއްސާކޮށް އަދިވެސް ނުނިމެއެވެ. ފޯނުގައި ހޭދަކުރި ވަގުތުތަކުގައި އަޔާޒްވެސް ވަނީ އަހަންނަށް އޭނަގެ ޢާއިލާގެ ތެރެއިން އައިސްދާނެ ކަންކަން ކިޔައިދީފައެވެ.
**************
ޝައްފަގެ މަންމަ އައިސްތު އަކީ ފިސާރި އަންހެނެކެވެ. އަބަދުވެސް މުއްސަނދި ދިރިއުޅުމަކަށް ލޯބި ކުރެއެވެ. ޝައްފަގެ ބައްޕަ ޤާސިމް ބޯޓްދަތުރުކުރަން ގޮސްފައި ލިބުނު ހާ ލާރިއެއް ދޭންޖެހުނީ އައިސްތު އަށެވެ. ޤާސިމްއަކީ މަޑުމައިތިރި ހިތްތިރި މީހެކެވެ. ނަމަވެސް އައިސްތު އަކީ ރުޅިގަދަ ނުލަފާ މީހެކެވެ. އައިސްތުއަކީ ސިޔާސީ އެކި ފަރާތްތަކާއި ގުޅުން ބޮޑު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ އަންހެނެކެވެ. ޤާސިމަކަށް އެއްޗެކޭ ބުނެވޭ ވަރަށްވުރެ އައިސްތު ހުންނަނީ އުހުގައެވެ. ވާނީވެސް އެހެންތާއެވެ. ޤާސިމްގެ ލާރިން ފިހާރައެއް ހުޅުވައިގެން ލިބޭ ލާރިން އައިސްތު އުޅުނަސް ޤާސިމްގެ އަމުރެއް އައިސްތުގެ މައްޗަކަށް ނުހިގައެވެ.
އައިސްތުއަކީ ސިޔާސީ ފަރާތްތަކާއި ގުޅުން ބޮޑު މީހެއްގެ އިތުރުން އެދާއިރާއަށް ހޭދަކޮށް ބޮޑެތި ގުރުބާނީތައް ވާމީހެކެވެ. މިހެންކަމުން އެކި އެކި މިނިސްޓަރ ފެންވަރުގެ ބޭފުޅުންނާއި މަޖިލިސްމެންބަރުންނާއި އައިސްތު އޮންނަނީ ގުޅިލާމެހިފައެވެ. މިގޮތުން އައިސްތުގެ ވިސްނުން ހުރީ ޝައްފަވެސް ސިޔާސީ ދާއިރާއަށް ނެރުމަށެވެ. ޝައްފަ ބޭނުން ނުވިޔަސް އެގޮތް މަޖުބޫރު ކުރަންވެސް އައިސްތު ހުރީ ތައްޔާރަށެވެ. އަދި މިވާހަކަ ޝައްފަގެ ބައްޕަ ޤާސިމް އަށްވެސް އައިސްތު ކިޔައިދިނެވެ. ނަމަވެސް މިއީ އެއްގޮތަކަށްވެސް ޤާސިމް ރުހޭ ގޮތެއް ނޫނެވެ. އޭނަ ބޭނުންވަނީ ޝައްފަ ބޭނުންވާ ރޮގަކުން ކުރިއަށްދާން ޝައްފަ އަށް ފުރުސަތު ދިނުމަށެވެ. ވަކި ދާއިރާއެއް މަޖުބޫރު ކުރުމަކީ ޤާސިމް ރުހޭގޮތެއް ނޫނެވެ.
ނަމަވެސް އައިސްތުވަނީ ޝައްފަ ސިޔާސީ މައިދާނަށް ނެރެދިނުމަށް އެކި އެކި ސިޔާސީ ލީޑަރުންގެ އަރިހުން އެދިފައެވެ. އޭނަ ހުރީ އެކަން ހުއްޓާލުމުގެ ވިސްނުމެއްގައެއް ނޫނެވެ. އައިސްތު ސިޔާސީ ފަރާތްތަކާއި އޮންނަ ގާތް ގުޅުމަކީ އޭނަގެ ހިތުގެ ތެރޭގައިވާ ފައިސާގެ ދަހިވެތިކަމެވެ. އެކި ދިމަ ދިމާލުން ކަޅުފައިސާ ހޯދާ ބޭނުންކުރުން އައިސްތުގެ ޢާއްމު ދިރިއުޅުމުގެ ބަޔަކަށް ވަނީ ވެފައެވެ. މިކަންތައް އެގިހުރެމެ ޤާސިމް ހުންނަނީ ބަހެއް ނުބުނެވި ގެވެށި އަނިޔާގައެވެ. ހިގާނީ އައިސްތުގެ ބާރެވެ. ބުނެވެނީ އައިސްތުގެ ބަހެވެ. ޤާސިމްއަކީ ދަރިންގެ ކުރިމަތީގައި “ފޭވަރިޓެވެ”. އެކުދިން އަބަދުވެސް އެދޭކަހަލަ ބައްޕައެކެވެ. ބޯޓްދަތުކޮށް އައިފަހުން އެކުދިން ދޫކޮށް ނުދެއެވެ. ގޭގައި ހުންނަ ކުޑަ ފިހާރައެއްގައި ބިދޭސީ މަސައްކަތްތެރިއެއްހެން އުޅެންޖެހުނަސް ޤާސިމް އޭނަގެ ދަރިންނަށް ލޯބި ދެއެވެ. އޭނަގެ ހުރިހާވެސް އުއްމީދަކީ އެކުދިންނަށް އުފާ ހޯދައިދީ ރަގަޅު މުސްތަޤްބަލަކަށް ގެންގޮސް ދިނުމެވެ. ނަމަވެސް މިކަންކަމަށް ހުރި ހުރަހަކީ އައިސްތުއެވެ. (ނުނިމޭ)
515 Comments
Comments are closed.
varah reethi..and me first…yay
vv reethi..?
Haadha bodah kureyy ?
Haadha kurey
vvv reethi
Dhn ehaa ryhcheh nooon
Midhen maa kuru.. Ehnve vaahaka eh hen hiyeh nuvey.. Reehcheh noon..
Thankolheh digu kohli nama v reethi vees, ehbai nugenes ineema, ok ekam genes dhineethee, kudakoh las v ma v dheravefai mihunnanee,
Shaam dhen holhuduah naaran tha thihunnanee, number change kohgen
sorey guys post kuri iruves egey kuru kan, ekam genes dheynvegen
Shaha: 2007 ga thirashah dhiya ee friend akaai eku, eyge fahun chanceh nulibey ehenve, dhen number changeh nukuran..
Haadha kurey. Ekm varah reethi
vara reethi…..
mivaahaka up nukuranytha?? nimmaalytha?
Mimihunnakah nuvaney mi kameh..????
Kobaatha mivaahaka aneh part… haadha lahey …. kiyaalaa hithun hureema las kurany dho… mivarun keekuran vaahaka liyany…