Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިތުބާރު ގެއްލުވާނުލާ 5

Hudhuna Level 1
July 19, 2026 5 Mins Read
4 Comments

އޭނާގެ ރީތި ކަމަށް ހަސަދަވެރިވެވުނީރު އަހަރެންގެ އަތްފައި ވަނީ ފިނިވެފައެވެ. އަހަރެން ސަލާންކޮއްލަން އޭނާގެ އަތުގައި ހިފާލީ ކުރިއަށް އަންނަން އޮތް ތޫފާނުގެ ހިލަމެއް ނުވާ ހާލުގައެވެ.

****************

ފޯރީގައި ކުޅެން ތިބި ކުދިންނަށް ހޭވެރިކަމެއް އައީ ބަނގީގެ މޫރިތި ކަލިމަތަކުންނެވެ. އެހެންކުދިންނެކޭ އެއްފަދައިން އަހަރެން ވެސް މިސްރާާބު ޖެހީ ގެއަށް ދިޔުމަށެވެ. ނަމަވެސް އަހަރެންގެ މަގުސަދެއް އަދި ހާސިލެއް ނުވެއެވެ. އަހަރެންގެ މަގުސަދު ހާސިލް ވާނީ އޭނާއާ ބައްދަލުވެގެންނެވެ.ނަސީބު ވެސް ރަގަނޅީތާއެވެ. މާދުރުނޫން ހިސާބަކުން ޔައިނާ ފެނުނެވެ.

”ޔައިނާ ކުޑަ ވާހަކައެއް ބުނެލަން ކަމަށް” އަހަރެން ބުނީމެވެ. ”ޔެސް ކިޔާބަލަ” ސައިކަލަށް އަރަމުން އޭނާ ބުންޏެވެ. ” ޔައިނާ އަހަރެންނަކީ މިރަށު ކުއްޖެއް ނަމަވެސް އުޅެނީ މާލޭގަ، ވަރަށް ދުވަސް ކޮއްލާފަ ރަށަށް މިޔައީ، ކުރިން ނުފެންނަ އެތައް މޫނެއް މިއަދު އަހަންނަށް ފެނިއްޖެ، އޭގެ ތެރެއިން ޔައިނާ މަށަށް އެއްމެ ސްޕެޝަލްއީ”. އަހަރެން ޔައިނާ ހާއްސަ ކޮއްލީމެވެ. ”އަސްލުތަ! ވަރަށް ބޮޑަށް އުފާވެއްޖެ އައު އެކުވެރިއެއް ލިބުނީމަ، އޭ މީޝް އަހަންނަށް ކުޑަ ހެލްޕެއް ވެވިދާނެތަ؟” ޔައިނާ އަހާލިއެވެ. ”ބުނެބަލަ ކޮއްދެވޭ ވަރުގެ ކަމެއް ނަމަ ކޮއްދޭނަން” އަހަރެން ބުނީމެވެ. ”އަހަރެން އަދި މިރަށަށް މިޔައީ އަލަށް، އެހެންވީމަ އަހަރެން ބޭނުންވޭ މިރަށް ދަސްކުރަން ޗުއްޓީ ނިމުމުގެ ކުރިން، އޭރުންތާ ދެން އާދެވޭ ފަހަރަކު ވެސް އެކަނި އުޅެވޭނީ!” ޔައިނާ ބުންޏެވެ. އަހަރެން އޭނާގެ ހިޔާލަށް ތާއިދު ކުރީމެވެ. ”އެހެންވީމަ މާދަމާ ވާނެ ނުކުނަން ހަވީރު ހަތަރެއް ޖަހާއިރަށް އޯކޭދޯ!” އަހަރެން ލިބުނު ފުރުސަތުގެ ބޭނުން ހިފާލީމެވެ. މިކަހަލަ ފުރުސަތެއް ވެސް ލިބޭނީ މަދުފަހަރެއްގައެވެ. އަހަރެންގެ މަގުސަދު ހާސިލް ވާކަށް މާ ދުވަހެއް ނެތެވެ.

ލަސްވުމުގެ ކުރިން އަހަރެން އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. އަދިވެސް ބަނޑު ތެރޭގައި ދަނީ ކޮކާ އުދުހެމުންނެވެ. ވެފައި ހުރި ވަރުބަލިކަމާއެކު އަހަރެން ނިއްމީ ފިނިފެނުން ފެންވަރާލާށެވެ. ތާޒާވެލައިގެން ނުކުތުމަށްފަހު މަޤުރިބް ނަމާދު ކޮއްލީމެވެ. އެއާއެކު މީހަކު ދޮރުގައި ޓަކި ޖަހަން ފެށިއެވެ. އަނެއްކާ މިވަގުތު ކާކުބާވައެވެ. އެންމެން ވެސް ވާނީ ނަމާދަށް އަރައެވެ. އެ ހިޔާލުތަކުގައި ހުރެ ދޮރު ހުޅުވާލީ އޭނާ ފެންނާނެ ކަމަކަށް ނޫނެވެ. ހައިރާންވި ވަރުން އަތުގައި އޮތް ފިހިގަނޑު ވެސް ނުވެއްޓުނީ ކިރިއާއެވެ. ”މިލާން މިގަނޑީގަ…” އަހަންނަށް ބުނެވުނީ އެހިސާބަށެވެ. ”އާން ކިހިނެތްވީ ހާދަ ފާނޑަކަށް ބަލަން ތިހުރީ؟” މިލާން ބުންޏެވެ.

” މިލާން މިގަޑީގަ އައިމަދޯ!” އަހަރެން ބުނީމެވެ. އެއާއެކު އޭނާ ފެށީ ހޭށެވެ. ޕަަކަޕަކަ ލާފާ ހެމުން ދިޔައިރު މިލާން ބަލަމުން ދިޔައީ އަހަރެންގެ އަތުގަ އޮތް ފިހިގަނޑަށެވެ. އަނެއްކާ މިފިހިގަނޑު ރީތިވީ ހެއްޔެވެ؟، ނުނީ މިފިހިގަނޑުގައި އޭނާ ގަޔާވާ ކަހަލަ އެއްޗެއް އިނީ ހެއްޔެވެ. ހީވަނީ ޖިންނި މޮޔަވެފައި ހުރި ހެންނެވެ. ކުއްލިއަކަށް އެތަނަށް ޝާޔާ އައެވެ. ”ޝާޔާ ދޮންބެ ޖިންނި މޮޔަވެފަތަ އެހުރީ، އަހަރެން ބިރުގަނޭ އެބަ!” އަހަރެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްވެފައި ހުރި މިންވަރެވެ. އެއާއެކު އޭނާ ފެށީ ހޭށެވެ. ބިނދި ބިނދިފައި ހެމުން ދިޔަ ޝާޔާގެ ނަޒަރު ހުއްޓިފައި ހުރީ ވެސް ހަމަ އެ ފިހިގަނޑަށެވެ. މީކިނެތްވެގެން އުޅޭ ބައެއް ހެއްޔެވެ. މިހާވަރަށް ހޭންޖެހުނު ސަބަބެއް ހިލާ އަހަންނަކަށް ނުވިސްނުނެވެ.

”އެކަމަކުވާ މީޝް ދޮންބެގައިގަ ޖަހަންތަ ތިއުޅެނީ؟.” ހެމުން ހެމުން ޝާޔާ ބުންޏެވެ.އެއާއެކު އަހަންނަށް ހުރެވުނު ގޮތް ރެއެކާލީ ދެނެއެވެ. އަތުގައި ފިހިގަނޑެއް އޮތީރު ފިހިގަނޑު އޮތީ އެކޮޅު ކޮޅުންނެވެ. ހީވާގޮތުން ނަމަ އެއުޅެނީ މީހެއްގެ ގައިގައި ޖަހާށެވެ. ހާސްވެގެން ގޮސް މޫނުމަތި ރަތް ވާންފަށާފަ ހުރުމުންވެސް ނުހެވި ހުންނާނީ ކާކަށް ހެއްޔެވެ؟.

އެއާއެކު އަހަންނަށް ވެސް ހެވުނެވެ. ހައިރާންވި ވަރުން ހުރެވުނުގޮތް ވެސް ރެއެކާ ނުލީއެވެ.އަވަސް އަވަހަށް ކޮޓަރި ދޮރު ލައްޕަން އުޅުނީމެވެ. ”މަޑު ކޮއްްބަލަ ވާހަކަ އެއް ބުނަންވެގެންނޭ މިޔައީ، ކޮޓަރިއަށް ވަދުނަސް އެއްމެ ރަގަނޅުތަ؟” ދުރުމީހެއް ފަދައިން މިލާން އަހާލިއެވެ. ”ޔެސް ވަދޭ!” އަހަރެން އޭނާ އަށް ފުރުސަތު ދިނީމެވެ. އަނެއްކާ ޔައިނާއާ ވާހަކަ ދެއްކިކަން އިނގުނީ ހެއްޔެވެ. ނޫނެކެވެ. ޔައިނާ އެވާހަކަ ހިއްސާ ކުރާނެ ހެނެއް ހިޔެއްނުވެއެވެ. ނަމަވެސް މިލާން ބުނަން އުޅޭ ވާހަކަ އާމެދު އަހަރެން ހާސްްވިއެވެ.ޔައިނާ އަހަރެންގެ ވާހަކަ ހިއްސާ ކުރި ނަމަ އެގޮތަކަށް ވާހަކައެއް ނުދާކަނެކަމަށް ސިކުނޑިއަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ.

”މީޝް އަތުގަ އެބައޮތްތަ ނުވައެއްގެ އިސްލާމް ފޮތް؟”. މިލާން އަހާލީ އަހަރެން ހީވެސް ނުކުރާ ސުވާލެކެވެ. ” އާނ ގެނެއިން ކިހިނެތްވީ؟، އަހަރެންގެ އިސްލާމް ފޮތަށް ކިހިނެތް ހަދަން ތިއުޅެނީ؟” އަހަރެން އަހާލީމެވެ. ”ސާބަސް ކަމެއް ކުރާކަށް ނޫނޭ، ފޮތް ކިޔަންވެގެންނޭ”. މިލާން ދެން ވެސް އަހަރެން ހައިރާން ކޮއްލިއެވެ. އޭނާ އަކަށް ކިޔޭ އެއްޗެއް އިނގޭ ހެނެއް އަހަންނަކަށް ހިޔެއްނުވެއެވެ. މީން ދުވަހަކު ކިޔެވުމުގެ ވާހަކަ ނުދައްކާ މިލާން ފޮތް ބަލާ އަންނާނީ ރަގަނޅު މަގުސަދެއްގައި އެއް ނޫނެވެ. ޔަޤީނުން ވެސް އެއުޅެނީ ޔައިނާއަށް ދެއްކޭށެވެ. މާ ކިޔަވާ މީހެކޯލައެވެ. މީހުންގެ ލޯބި ހޯދަން ވެސް އެހާ މޮޅީއެވެ. މިލާން އައްަޓަކައި އޮތް ނަފުރަތު އިތުރުވިހެން ހީވިއެވެ. ނަމަވެސް އަހަރެންގެ ހަނދާނުން ކައްސާލީ މިލާން މާއިޝް ކައިރި ބުނި ޖުމްލަތަކެވެ.

އޭގެ އަނެއް ދުވަހެވެ. މެންދުރުގެ ހޫނުކަން ފިލާ ހަވީރުގެ ތެއްފިނިކަން ފެތުރެމުން ދިޔަ ވަގުތެވެ. ލޯގަނޑު ކުރިމަތީ ހުރެ ރީތިވަމުން ދިޔައީ ޔައިނާ އާއި ބައްދަލު ކުރަންދިޔުމަށެވެ. ލައިގެން ހުރި އޮފް ކަޅު ކުލައިގެ ދިގު ހެދުން އަހަންނަށް ނުހަނު ގުޅެއެވެ. ހާވާލެވިފައިވާ ފަންފަން އިސްތަށިގަނޑުން އިތުރަށް ރީތި ކަމަށް ދައްކައެވެ.  މޭކަޕަކީ އަހަރެން އެހާ ގަޔާވާ އެއްޗެއް ނޫނެވެއެވެ. ނަމަވެސް މިއަދު ހިތްފުރޭ ވަރަށް މޭކަޕު ކުރެވުނެވެ.ހަމަ އެއްމެ ސަބަބަކައްޓަކައެވެ. ޔައިނާ އަށް ވުރެން އަހަރެން ރީތިކަން އަންގާލުމަށެވެ. އޭނާ ދެކޭ ގޮތުގައި އޭނާ ފިޔަވާ އިތުރު ފަތްމިނިން މި ދުނިޔެ އަކު ނޫޅެއެވެ. ލިބިފައިވާ ރީތިކަމަށް ޝުކުރުވެރި ނުވެވެނީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ދަބަސް ހިފައިގެން ގެއިން ނުކުތީރު ޔައިނާ އިނީ އަހަރެންގެ އިންތިޒާރުގައި ސައިކަލުގައެވެ. ހިނިތުންވެލައިގެންނެވެ. އަވަސް އަވަހަށް ސައިކަލަށް އެރީމެވެ. ”މާ ލަސްވީ ދޯ!” އަހަރެން ބުނީމެވެ. ”ނޫން އެ އޯކޭވާނެ” ޔައިނާ ބުންޏެވެ. ”ހިނގާބަލަ ފުއްޓަރު ފަރާތު ތުނޑިއަށް ދާން، ވަރަށް ހިތްފަސޭހަ ވާނެ މިގަޑީގަ” އަހަރެން ބުނީމެވެ.އަހަރެން މައުލޫ ބަދަލު ކޮއްލީމެވެ.އަހަރެންގެ މަގުސަދު ހާސިލު ވާކަށް މާގިނައިރެއްނެތެވެ.

ހަވީރު ފިންޏަށް ގިނަބައެއްގެ މަންޒިލަކަށް ވަނީ އެރަށުގެ ފުއްޓަރު ފަރާތު ތުނޑިއެވެ.ބިއްލޫރި ކޮޅެއްފަދަ މޫދަށް ބަލަހައްޓައިގެން ތިބޭ މީހުންނާއި ރައްޓެހިން ގޮވައިގެން ގުރޫޕު ހަދައިފައި ތިބޭ މީހުން މަދެއް ނޫނެވެ. އާއިލާގެ ބެންބަރުންނާއި އެކީގައި ވަގުތުކޮޅެއް ހޭދަކޮއްލާ ފޮޓޯ ނަގަންދާާ ގިނަބައެއްގެ މަންޒިލަކަށްވެސް ވާނީ އެ ރީތި ތުނޑިއެވެ. ފެހިކަންގަދަ ގަސްތަކާއި މިއުޒިކެއް ފަދައިން އިވެމުންދާ ދޫނި ސޫފާސޫފީގެ އަޑާއި ޖެހިލާ އަރާމު ފިނި ވައިރޯޅިން ހިތްހަމަޖެހުން ހޯދަން ބޭނުން ނުވާނީ ކާކުހެއްޔެވެ.

އަހަންނާއި ޔައިނާ ގޮސް ޖައްސާލީ އެލުވައިފައިވާ އެނދޯލިތަކުގައެވެ.އެހެން ދުވަސްތަކާ ހިލާފަތް މިއަދު މީހުން ފެންނަލެއް ވަރަށް މަދެއެވެ. ” މީޝް އުޅެނީ މިލާންމެން ގޭގަދޯ؟، އަހަންނަށް އެޑުރެސް ފޮނުވާފަ އިނީ މިގޭގެ ނަން ވިއްޔަ”’. ޔައިނާގެ އެ ސުވާލާ އެކު އަހަރެންގެ ތުންފަތހުގައި ކުޅެލީ މަކަރުވެރި ހިނިތުންވުމެކެއެވެ. ފުރުސަތުގެ ބޭޭނުން ހިފާލީމެއެވެ. ”ޔެސް މަ އުޅެނީ މިލާންމެންގެ ގޭގަ، އޭނަގެ ކޮއްކޮ އޭ މަ ބެސްޓު ފުރެންޑަކީ” އަހަރެން ބުނީމެވެ. ”ވަޓު ރިއަލީ” ޔައިނާ އަށް ކުއްލި ޝޮކެއް ލިބުނު ފަދައެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާން ކަމެވެ. ”ވަރަށް ސުވާލު އުފެދިއްޖެދޯ! އެކަމަކު ކިހިނެތް މިލާން އިނގެނީ؟” އަހަރެން އަހާލީ ހިތުގައި އުފެދުނު އެއްމެ ބޮޑު ޝައްކެއެވެ.

”މިލާން އެއީ އަހަރެންގެ ލޯބިވެރިޔާ، ވަރަށް ކެއަރިން ވާނެ” ޔައިނާގެ ޖަވާބާއެކު އަހަރެން ދިޔައީ ތަރި ބުރައިގެންނެވެ. އަހަރެންގެ ޝައްކު ޔަޤީންވެގެން ދިޔައިރު އަހަރެން އިނީ ބަސް ހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަރެންނަށް ހޭވެރިކަމެއް އައީ ޔައިނާ ގޮވާލުމުންނެވެ. ” ކޮން ހިޔާލެއްގަ؟” ޔައިނާ އަހާލިއެވެ. ” އޮއް ސޮރީ ހިޔާލެއްގަ އެއް ނޫން، އެއްޗެއް އަހާލަންތަ؟” އަހަރެން ބުނީމެވެ. ”ތި މީހުން ކޮންއިރަކު ރައްޓެހިވީ؟ މިލާން މަ ކައިރި ނުބުނޭ ތި ވާހަކަ އެއް” އަހަރެން އަހާލީމެވެ. ”އަދި ނުވާނެ މާ ދުވަހެއް، އެކަމަކު މަށަށް އިނގޭ މީޝްއަށް މިލާން ނޭނގި ނުހުންނާނެކަން ކޮންމެވެސް ވަރަކަށް ކިޔައިދެވިދާނެތަ މިލާންގެ ވާހަކަތަށް؟”. ޔައިނާގެ އެ ސުވާލާއެކު އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފާލީމެވެ. މިލާންއެވެ. މިއޮތީ ވަގުތު އައިސް ޖެހިފައެވެ. އަހަރެން މިލާންގެ ހަގީގަތް ޔައިނާއަށް ކިޔައިދޭނީ އުފަލުންނެވެ. ތިކަހަަލަ ނުބައި މީހުން ކައިރިން އޭނާ ސަލާމަތް ކޮއްދޭނަމެވެ.

”މިލާން އަކީ އަހަރެންގެ ކުރީގެ ކުލާސް ކުއްޖެއް، ވަރަށް ކުލޯސް ވާނެ، އޭރުވެސް މިލާން ބަލާނެ އަހަންނަށް ދިމާކުރެވޭތޯ!، އަހަންނަށް އުނދަގޫ ނުކުރާ އެންމެ ދުވަހެއް ވެސް ނުދާނެ، އަނެއްކޮޅުން އެކަހަލަ ގޯސް މައިންބަފައިންނަށް އިހުތިރާމު ނުކޮށް އެމީހުންގެ ހިތުގައި ޖައްސާ ނުރޮއްވާ އެންމެ ދުވަހެއް ވެސް ނުދާނެވެ. ޝާޔާގެ ދޮންބެ ވީމަ އަހަރެންވެސް އޭރު ދެރަވި، އެކަމަކު އެކަހަަލަ މީހުންގެ ފާޑު އެއީ! ދުވަހަކުވެސް އެ އުޅުމެއް ދުލެއް ނުކޮއްލާނެ، ޝާޔާވެސް ވަރަށް ހިތާމަ ކުރި އެކަމާ، ކިއްކުރާނީ ހެދުން ބަދަލުކުރާހެން ބިޓުން ބަދަލު ކުރެ ކޮއްމެ ދުވަހަކު، އަންހެން ކުދިންގެ އިހްސާސްތަކާ ކުޅެން އިނގޭނި!….”

”ހުއްޓާލާ މީޝާ!، އަހަރެން މީޝާ ގާތު ބުނީ އޭނާަގެ ގޯސްވާހަކަތައް ދައްކާކަށް ނޫން، ހީކުރީ މީޝާގެ ބަސްތަކަށް އަހަރެން ހެއްލޭނެ ކަމަށްތަ؟. ކިހިނެތް އިނގޭނީ މި އިތުބާރު ކުރެވުނީ ވިހަގަދަ ހަރުފައަކަށް ކަމެއް، ހާދަހާ މޮޅޭ ދޭތެރެ ޖައްސާލަން ވެސް، އަހަންނާއި މިލާން އުފަލުގައި އުޅޭތީ އެކަމާ ހަސަދަވެރިވަނީތަ؟، މަ ޤަބޫލެއް ނުކުރާނަން މީޝާ ތިދެއްކި އެއްވެސް ވާހަކައެއް އަޑު އިވެއްޖެތަ!” ޔައިނާ ހަޅޭލަވައިގަތެވެ. އެއާއެކު ދެން އިވެންފެށީ އޭނާގެ މަޑު ގޮސްލުމުގެއަޑެވެ. އެފަކީރު ރޮއެރޮއެ ދެލޯ ރައްވިއެވެ. އަހަރެންގެ މޫނުމައްޗަށް ދަބަސް ހޫރާލުމަށްފަހު އޭނާ އެ ސަހަރައްދުން ވެސް ދިޔައެވެ.

އެއާއެކު އަހަރެންގެ ކޯތާފަތް ތެމުނީ ކަރުނައިންނެވެ. އަހަރެން ކުރަން ބޭނުންވި ކަންތައް ނުވީމަ ކަމައްވެސް ވެދާނެއެވެ. ނަމަވެސް ފަރުވާލެއް ނެތެއެވެ. ޔައިނާ އަށް ތިހުރީ އޮޅިފައެވެ. މިލާންއަށް މާ އިތުބާރު ކުރެވިފައެވެ. ދީވާނާވެފައެވެ. މިލާންގެ ހަގީގަތް އިނގޭ ދުވަހަކުން ރޮމުން އަހަރެންގެ ކައިރިއަށް ނާންނާއްޗެއެވެ. ޔައިނާގެ ނަޒަރުގައި މިލާން އަކީ ހީރޯއެކެއެވެ.ހހިތަށް އައިހާ އެއްޗެއް ކިޔަމުން ދިޔައިރު އެ ހާދިސާ އަޑު އަހަން އިތުރު ފަރާތެއް ހުރިކަމެއް އަހަންނަކަށް ރެއެކާވެސް ނުލައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hudhuna

Level 1

Other Articles

Previous

ހިޔަނިހެން 4

Next

ހަގީގަތަކީ ކޮބައިހޭ؟…35

Next
July 19, 2026

ހަގީގަތަކީ ކޮބައިހޭ؟…35

Previews
July 19, 2026

ހިޔަނިހެން 4

4 Comments!

  1. Shara says:
    July 19, 2026 at 2:20 pm

    Awwn finally..
    Mihr mivaagoi vrh salhi ekm emme reethi thankolhun thi nihmaali
    Cant wait for next ep
    Hope avahah kiyala libeyne kamh 🥹💗

  2. Lemonpuff says:
    July 24, 2026 at 3:58 pm

    Story liyumuga varah avas aruvaalaafa eh sentence aneh sentence ar gulhuvaairuvs varah Avas aruvaalaafa hunna kan faahaga Ey
    Mistakes gina
    Sifakohdhinun ehaa furihama eh noon
    Dhen reethi faadakah

    1. Shaina says:
      July 24, 2026 at 7:27 pm

      Thy tha eyna ah hihvaru dheygothaki ragalhu kankan ves ragalhu kuran vi kankan ves thi bahuruvaiga genes dhinima v hadi lemon puff ragalhu kuran vi kankan reechah bunyas ragalhu kuraane if u ever dont like dont read

  3. Shaina says:
    July 24, 2026 at 7:30 pm

    Hudhuuu
    Don’t stop writing when u got a negative comment just ekan kan ragalhu kohlachey ik u will btw story very perfect hama 🫶🏻🫶🏻 I liked soo much sifa kohdheygoi ves this is ur first story so might get some mistakes dont worry insha allah ragalhu vaane
    Can’t wait for another episode 💕

Comments are closed.

Next Episodeއިތުބާރު ގެއްލުވާނުލާ 6←


All Right Reserved!