Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…35

Mysterious Woman Level 310 Stories100 Comments
July 19, 2026 3 Mins Read
1 Comment

އާދުވަހަކަށް މަރުޚަބާކީ ޝަދާނާއި މެހެކުގެ ދިރިއުޅުމަށް އާރޯކަމާއި ފާގަތިކަން ދެމުންނެވެ. އާ ޚަޔާތެއްގެ ފޮނި މީރުކަން އެރެއިން އެރެއަށް އިހުސާސުކުރަން ނުލިބުނަސް ޝަދާން ކެތްތެރިކަން އިސްކުރީ މެހެކަށް ވަގުތު ބޭނުންވާނެކަން އިނގޭތިއެވެ. ދެ ޙަޔާތެއްގެ ގުޅުން ވަރުގަދަވާނީ އޭގައި އިތުބާރާއި ޔަޤީންކަން އޮންނަ ކަމަށްވާނަމައެވެ. އިތުބާރަކީ ދިރިއުޅުމުގެ ތަޅުދަނޑިއެވެ. އެހެނަސް ދެ މީހުން ވެސް ބޭނުންވީ ގެއްލުނު އިތުބާރު ހޯދަންށެވެ. އެގޮތުން މެހެކު ވެސް ޝަދާނާއި ހީނަރުވެފައި އޮތް ގުޅުން ވަރުގަދަ ކުރާނެއެވެ. ހަމައެހެންމެ ޝަދާން ވެސް ގުޅުން ވަރުގަދަ ކުރަން މަސައްކަތްކުރާނެއެވެ.

ޝަދާނާއި ކައިވެނިވުމަށްފަހު މެހެކާއި ޝަދާން އުޅެނީ ވަކި ބައެއްގައެވެ. އެއީ އެ ދެމީހުންގެރ އިތުރުން އާލިޔާ ވެސް ބޭނުންވި ގޮތެވެ. މީހުންގެ ތެރޭގައި އެކުގައި އުޅެން އަދި ދެ މީހުންނަށް ވެސް އުނދަގޫވާނެކަން އާލިޔާ ދެނެގަތީއެވެ. ވަގުތާއި ޙާލަތު އެކަމަށް ތަންދީފިނަމަ ބަދަލެއް އަންނާނެކަން ގައިމެވެ.

ހެނދުނުގެ ނާސްތާއަށްފަހު އެކި މީހުން އެމީހެއްގެ އަމިއްލަ މަސްއޫލިއްޔަތު އަދާކުރުމަށް ހިނގައިގަތެވެ. މެހެކު ވެސް ބޭނުންވީ އެހަށް މަސައްކަތުގައި ޝާމިލުވާށެވެ. ކުރަން އުޅޭ މަސައްކަތުގެ އަލިމަގެއް ފެނޭތޯ މަސައްކަތްކުރާށެވެ. މިހާރު އޭނާ އެކަނި ނޫންކަން ވިސްނި ހިތްހަމަޖެހެވެއެވެ.

“މޭމް……މީހަކު އެބަހުރި މޭމް އާއި ބައްދަލުކުރަން އައިސް…..ކޮންމެ ވެސް ނަވީނެކޯ…” މެހެކުގެ ކެބިނުގައި ޓަކިދިނުމަސްފަހު ވަތް އޮފިސް އަންހެން ކުއްޖާ ބުނެލިއެވެ. މެހެކުގެ ހިތުގެ ތެޅުން ދެ ގުނައަށް ބާރުވިއެވެ. ނަވީން މިތާނގައި ކީއްކުރަނީ ހެއްޔެވެ؟ ދުވަހަކު ވެސް އޭނާ ހޯދާށޭ ކިޔާފައި އޮފީހަކަށް ނާންނާނެއެވެ. “މޭމް؟..” މެހެކުގެ ފަރާތުން އިޝާރާތެއް ނުވުމުން ދެވަނަ ފަހަރަށް އެ އަންހެން ކުއްޖާ ގޮވާލިއެވެ. “ބުނޭ އަންނާށޭ…” ދެ ފިކުރެއްގައި އިނދެ މެހެކު ބުނެލިއެވެ. އަބަދަކު ނަވީނަށް ފިލައިގެން ވެސް ނޫޅެވޭނެތާއެވެ. މިވީ ދުވަސްތަކުގައި އޭނާއަށް ނަވީން ހާސް ފަހަރު ގުޅާފައި އޮތެވެ. އޭނާ ފޯނު ނުނެގީ ގަސްދުގައެވެ. މިހާރު ނަވީން އެ ހުރީ އޮފީހަށް އައިހެވެ. ފަސޭހަ ގޮތުގައި ޖަވާބެއް ނުލިބެނީހެއް ނުދާނެކަން މެހެކަށް އިނގެއެވެ.

އިރުކޮޅަކުން އެ އަންހެން ކުއްޖާއާއި އެކު މެހެކުގެ ކެބިނަށް ނަވީން އައިސް ވަނެވެ. ނަވީންގެ މޫނުމަތީގައި ހުރި ބަނަކަމުން މެހެކަށް ހިންދިރުވާ ވެސް ލެވުނެވެ. ނަމަވެސް މެހެކު ހުންނާނީ އޭނާ އާންމުކޮށް ވެސް ހުންނަ ސާބިތުކަމާއިއެކުއެވެ.

“ކޮބާ މެހެކުގެ ފޯނު؟…..ތި ފޯނު ބަލާބަލަ ކިތައް ފަހަރު އަހަރެން ގުޅާފައި އޮތްތޯ؟….މެސެޖުތަކަށް ޖަވާބެއް ވެސް ދިނީކީ ނޫނޭ….” އަންހެން ކުއްޖާ ނިކުމެ ކެބިންގެ ދޮރުލެއްޕުމުން ނަވީންގެ ރުޅިގަޑު ފަޅައިގެންދިޔައެވެ. މެހެކު ވެސް ދިޔައީ ސިއްސައިގެންނެވެ. ނަވީން އައި ގޮތަށް އައިސް މޭޒުގައި ދެ އަތް ވިއްދާލިއެވެ. “ނަވީން…” މެހެކަށް ބުނެވުނުހާ ވެސް ބަހަކީ އެއީއެވެ.

“އަހަންނަށް ފިލަން މަސައްކަތްކުރަނީ ދޯ؟….ހީނުކުރައްޗޭ ކައިވެނި ކުރެވުނީމާ އަހަރެންގެ އުނދަގޫ ނުޖެހޭނެޔޭ…..” ނަވީން އިންޒާރެއްދިނެވެ. އެވަރުން ވެސް މެހެކަށް އެއްޗެކޭ ނުބުނެވުނެވެ. އިނދެވުނީ ނަވީންގެ މި ނުފެންނަ ސިފަ ފެނި އަންތަރީސްވެފައެވެ. އެހާ ރުޅިއައިސް އެހާ ރުންކުރުކޮށް މެހެކާ ވާހަކަ ވެސް ދެއްކި އެއީ ފުރަތަމަ ފަހަރެވެ. މެހެކަށް ހިންދިރުވާލެވުނެވެ.

“ނނނަވީން…..އަހަރެން ބިޒީވެގެން ފޯނާ ދުރުގައި މި އުޅުނީ……އެހެންވެ ފޯނު ނުނެގި އަދި ނަވީންގެ މެސެޖުތަކަށް ޖަވާބެއް ވެސް ނުދެވުނީ….” ހަމަޖެހޭގޮތް ދައްކަމުން މެހެކު ބުނެލިއެވެ. ނަވީން މެހެކާދިމާލަށް ބަލާލުމަށްފަހު ހިނިގަނޑެއް ޖަހާލިއެވެ. “މެހެކު….މީސަމްގެ ކޭސް ހުޅުވަން ނޫޅެއްޗޭ.އޭރަށް ނަތީޖާ ވަރަށް ހިތިވާނެ…..” އަނެއްކާ ވެސް ނަވީން އިންޒާރެއްދިނެވެ. “ކީއްވެ ތިހެން ތިބުނީ؟…” މެހެކު އަހާލިއެވެ. “މމިބުނީ….މެހެކަށް ގެއްލުމެއް ލިބިދާނެތީ….” ނަވީން ބުނެލިއެވެ.

“ކީއްވެ މަށަށް ގެއްލުން ލިބެންވީ….އަނެއްކާ ނަވީންގެ އަތެއް އެކަމުގައި ވަނީތަ؟..” މެހެކު ނޫން ގޮތަކަށް ބުނެލިއެވެ. މެހެކު ބޭނުންވީ ނަވީން ދޭނެ ޖަވާބެއް ބަލާލާށެވެ. އިރުކޮޅަކަށް ޖެހިލުންވުމެއް ނަވީންގެ މޫނުން ފެނިގެންދިޔައެވެ. ނަމަވެސް އިސާހިތަކު ޖެހިލުންވުން ފަރުދާކޮށްލިއެވެ. އަދި މީހާ ސީދާވެލާ މެހެކުގެ ކުރިމަތީ އިން ގޮނޑީގައި އިށީނެވެ.

“މަ ކޮންކަމަކާ ޖެހިލުންވާންވީ……އެހެން ބުނީ މެހެކަށް ރަނގަޅަކަށް…” ނަވީން މަޑު މަޑުން ބުނެލިއެވެ. މިފަހަރު އަޑުގައި ހުރީ މަޑުމައިތިރިކަމެކެވެ. މެހެކު ނަވީންގެ ކުރިމަތީގައި އިނެއްކަމަކު އެތެރެއިން އިނީ ރުޅިގަނޑު ހިންދާލައިގެންނެވެ. ނަވީންވާ ހާދަ މޮޅޭ އޭނާގެ ހިތަށްއެރިއެވެ. މީހުންގެ އިހުސާސުތަކާ ކުޅެލަން މޮޅު ފިރިހެނެކެވެ. ބޮޑާކަން ވެސް އިންތިހާއެވެ.

ކެންޓީނުގައި އާރާ އިނީ އެކަނިމާއެކަނި ކަޕުޗީނޯއެއް ބޯންށެވެ. އާރާގެ ޚިޔާލުގައި މިވަގުތު އެތައް ބައިވަރު ކަމެއް ހިނގަމުންއެބަދެއެވެ. ޝަދާންގެ ކައިވެނި ކުރެވުނުއިރުން ފެށިގެން ވެސް އެ ޚިޔާލުގައި ނީންނަ އިރެއްނުދާނެއެވެ. އާރާގެ ޚިޔާލުގެ ވާފަށްތައް ފުނޑުފުނޑުވެގެންދިޔައީ އައި ފޯނެއްގެ ސަބަބުންނެވެ. އާރާ ފޯނަށް އާރފައި އިން ނަމަށް ބަލާލިއެވެ. “ބޮސް” ގެ ނަމުން އައި ކޯލެކެވެ. އެ ފޯނު ކޯލު ނުކެނޑެނީސް އެއަށް އާރާ ޖަވާބުދީފިއެވެ.

ނަބީން ފޯނު ކޯލު ނިންމާލާފައި ސިނގިރޭޓެއް ނަގާ ތުމުގައި ޖައްސާލިއެވެ. ސިނގިރޭޓުގެ ދުންތައް ބޭރަށް ދުއްވާލިއެވެ. އެގޮތުގައި އިނުމަށްފަހު އޭނާ ތެދުވިއެވެ. އޭނާގެ އޮފީހުން ނިކުމެ މިސްރާބުޖެހީ ބޭރަށް ދިޔުމަށްށެވެ.

ޝަދާންމެންގެ ބައިގައި މިރޭ ވަރަށް ފޯރިގަދައެވެ. ކުރިން ވެސް ރޭވުނު ގޮތަށް އެމީހުން ރާވަމުންދިޔައީ މީސަމްގެ ކޭހަށް އަލިމަގެއް ހޯދުމުގެ މަސައްކަތެވެ. ނޯޓިސްބޯޑުގައި ބޭނުންވާ ހުރިހާ މައުޟޫމާތެއް ހުރީ ފެންނާށެވެ. ނަމަވެސް ހިތާމައަކީ އަދި ވެސް ނަވީންގެ އަތެއް އެކަމުގައި ސީދާވާކަން ފެންނަން ނެތީމައެވެ. މީސަމްގެ “ސިއްރު އެކުވެރިޔާ” އިން ވެސް ސީދާ އެއެއް ފެންނާކަށް ނެތެވެ.

“ދެން ކިހިނެއް ހަދާނީ؟…..” މެހެކު މާޔޫސްކަމާއިއެކު ބުނެލިއެވެ. “އޯކޭ އެބަ އޮތް އައިޑިޔާއެއް…..ނޭނގެ ދާންއަށް ކަމުދާނެކަމެއް އިނގޭ…..” ރާކިން ސީރިޔަސްވެލާފައި ބުނެލިއެވެ. “ބުނީމައެއްނުން އިނގޭނީ މަށަށް ކަމުދަންޏާ ވެސް…” ޝަދާން ކެތްމަދުވެފައި އިނދެ ބުނެލިއެވެ. “ހިނގާ ނަވީންގެ ދުލުން އެކަން ކުރިކަން ބުނުވަން……ޓްރޭޕު….” ރާކިން ބުނެލިއެވެ. “ޔެސް ތީތި ވަރަށް ސަޅި….އަސްލު ވެސް އެހެން ހަދަންވީ ދޯ؟…..” ނީރާ އަވަސް އަވަހަށް ބުނެލިއެވެ. އެންމެންނަށް ވެސް ރާކިންގެ އެ ޚިޔާލު ވަރަށް ކަމުދިޔައެވެ.

“އެކަމަކު މެހެކުގެ ވަރަށް ބޮޑު ހެލްޕެއް ބޭނުންވާނެ މިކަމުގައި….” ރާކިން މެހެކަށް ބަލާލުމަށްފަހު ބުނެލިއެވެ. “އެއީ…އަހަރުން އެންމެންނަށް އެކަން ވާނެއްނުން…..” ޝަދާން އަވަސް އަވަހަށް ބުނެލިއެވެ. މެހެކުގެ އެކަނި އެހީތެރިކަން ބޭނުންވާންވީ ކީއްވެ ހެއްޔެވެ؟ އެއާއިއެކު ނިތުގައި ފިރުމާލުމށްފަހު ރާކިންގެ ރޭވުން އެންމެންނާ ހިއްސާކުރިއެވެ. ރާކިންގެ ރޭވުން ހިއްސާކުރިކަމެއްނޭނގެ ބިޮލަށް އެރީ ޝަދާންގެ ހަމަލާއެކެވެ.

“ބަލަ އިނގޭތަ އޭރަށް ވާނެ ގޮތް….އަލިފާންގަނޑަކަށް އެރި އަމިއްލައަށް މަރުވުންފަދަ ކަމެކޭ އެއީ….” ޝަދާންއަށް އެއްގޮތަކަށް ވެސް އެ ޚިޔާލެއް ކަމަކުނުދިޔައެވެ. “ނޫން….އެ ނޫން ގޮތެއް ނެތްހެން ހީވަނީ….” އެންމެފަހުން މެހެކު ބުނެލިއެވެ. ޝަދާން މެހެކު ދެކެ ވެސް ހިތްހަމަނުޖެހުނެވެ. “ސީރިޔަސްލީ…..އެ ނަވީނާ އަމިއްލައަށް ކުރިމަތިލާ ގަތުލުވާންތަ ބޭނުމީ…..” ޝަދާން ރުޅިއައިސްފައި މެހެކާއި ދިމާލަށް ބުނެލިއެވެ. “އެހެނެއްނޫނޭ……ނަވީނަށް މަށަކަށް ގެއްލުމެއް ދޭކަށް ނުކެރޭނެ……” މެހެކު ބުނެލިއެވެ.

ޝަދާން އިރުކޮޅަކު މެހެކާއިދިމާލަށް ބަލަން އިނެވެ. އާއެކޭ ނުބުނާން ހުރުފައި އެންމެފަހުން ބޯ ޖަހާލީ އެ ނޫން ގޮތެއް ނެތިގެންނެވެ. މެހެކު އެހެރީ ކޮންމެފަދަ ކަމަކާ ކުރިމަތިލައިގެން ވެސް މީސަމަށް އިންސާފު ހޯދައިދޭން އަތުކުރިއޮޅާލާފައެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

އިތުބާރު ގެއްލުވާނުލާ 5

Next

ފޭދޭ ކުލަތައް-4

Next
July 19, 2026

ފޭދޭ ކުލަތައް-4

Previews
July 19, 2026

އިތުބާރު ގެއްލުވާނުލާ 5

One Comment

  1. Your fav bab Your fav bab says:
    July 19, 2026 at 1:43 pm

    Vrh reethi mi part vx MA💗
    Waiting for next…

Comments are closed.



All Right Reserved!