ނިހާ އޭނާގެ ތުއްތު ދަރިފުޅު އުރާލައިގެން މަޑުމައިތިރި ހިނގުމެއްގައި ގޮނޑުދޮށާ ދިމާއަށް ހިނގަމުން ދިޔައެވެ.އޭނާވަނީ ފުންހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ.މީގެ ދެއަހަރު ކުރީން އޭނާގެ މައިންބަފައިންނާއި އާއިލާގެ ނުރުހުމުގައި ކުރި ކައިވެނީގެ ހިޔާލުގައެވެ.ކޮންމެ އަންހެންކުއްޖަކުވެސް އެކުއްޖާގެ ކައިވެންޏާއިމެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރެއެވެ.ނިހާވެސް ހަމަ އެހެންކުދިންނެކޭ އެއްފަދައިން އޭނާގެ ކައިވެންޏަށް ވަރަށްރީތި ހުވަފެންތަކެއް ދެކުނެވެ. ނަމަވެސް އެހުވަފެންތައް ހަގީގަތަކަށް ނުވިއެވެ.އޭނާދުށް ކުލަރީތި ހުވަފެންތަށް ބިލާހަކަށް ވެގެންދިޔައީއެވެ. އޭނާގެ އަލަތުފިރިމީހާއަކީ އަދްޔަންއެވެ.މުއްސަނދި ދެމަފިރިއަކަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅެވެ.އަންހެންކުދިންގެ ހިތްތައްކަތިލާފަދަ ރީތި […]