Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ (ސަތާރަވަނަ ބައި)

Ahmed Ammu Level 210 Stories100 Comments
January 17, 2016 8 Mins Read
46 Comments

“ހިނގާ ދާން ދެންނީނދެވޭނެ މިހެންބަލާކަށް” ކެތްމަދުވެފައި އިން ފައިސަލް، ފަލާހް ކައިރިން އާދޭހުގެ ރާގެއްގައި އެހެންބުނުމުން ފަލާހް ގޮސް ސަނާގެ ކޮޓަރީގެ ތަޅުދަނޑި ހިފައިގެން އައިސް އެކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ނިދާފައި އޮތް ސަނާ ލައިގެން ހުރި ޓީޝާޓް ހިއްލިފައި އޮތުމުން ސަނާގެ ހަށިގަނޑުގެ ބައެއްއޮތީ ހާމައަށެވެ. އެވަގުތު ފައިސަލްގެ ހިތުވިންދު އަވަސްވެގެން ދިޔައެވެ. އަދި ފަލާހްއާއި އެކު ސަނާގެ އެނދާއި ދިމާއަށް ދެމީހުން އެކީ ހިނގައިގަތެވެ.

ދެމީހުންއެކީ ސަނާ ނިދާފައިއޮތް އެނދުކައިރިއަށް ގޮސް ސަނާގެ ގައިގައި ބީހެމުން ދިޔައެވެ. އެވަގުތު ނިދާފައި އޮތް ސަނާއަށް ސިހިފައި ހޭލެވުނުތަނާ ފަލާހް ސަނާގެ އަނގަމަތީ އަތްއެޅިއިރު ފައިސަލް ސަނާގެ ދެއަތުގައި ހިފަހައްޓައިގެން ހުއްޓެވެ. ސަނާ ގަދަދައްކަމުން ދާތީ ފައިސަލް ބަލާކަށްނުހުރެ އެނދުމައްޗަށް އަރާ ސަނާ ބަންޑުން ޖެހުމަށްފަހު ސަނާގެ ފަލަމަސްގަނޑު މަތީ ފައިސަލްގެ ކަކޫ ވިއްދައި ސަނާގެ އަތް ފުރަގަހައްގެނެސް އިތުރަށް ގަދަނުދެއްކޭނެހެން ސަނާ ހިފެހެއްޓިއެވެ. ސަނާއައް ވަމުންދާ ތަދުންނާއި ގަނެފައިވާ ބިރުގެ ސަބަބުން ރޮމުންގެންދިޔައިރު އެމަންޒަރު ބަލަންހުރި ފަލާހްގެ ހިތައް އެކައްޗެއްވެސް ނާރާ ކަހަލައެވެ. ހިލޭމީހެއްގެ އަތްދަށުވެގެން އެދަނީ ތިމާމީހާގެ ހަލާލް އަނބިމީހާކަންވެސް ފަލާހް ހަނދާންނެތް ކަހަލައެވެ. އެއައްވުރެ ބޮޑަށް މީހާވަނީ ޖާހިލުވެފައެވެ. ނުލަފާވައްތަރަކަށް ހިނިއައިސް ހުރެ ސަނާގެ މޫނުގައި ފަލާހްގެ ކަނާއަތުގެ އިނގިލިތަކުން ބީހެމުން ދިޔައިރު އަނެއްއަތުން ފަލާހް ލައިގެންހުރި ގަމީހުގެ ގޮއްތަށް ނައްޓަމުން ދިޔައެވެ. އެވަގުތު ސަނާގެ ހަށިގަނޑުގެ ފޮނިމީރުކަމަށް ފެންބޮވައިގަނެފައި ހުރި ފައިސަލް، ސަނާ ލައިގެންހުރި ޓީޝާޓު ފަހަތުން ވީދާލުމަށްފަހު ސަނާގެ ކަނދުރާގައި ބޮސްދެމުން ދިޔައެވެ. ސަނާކުރަމުންދިޔަ އާދޭހައް ބީރުކަންފަތެއްދީ
ފަލާހްއާއި ފައިސަލް، ސަނާގެ ހަށިގަނޑުގެ އުފާތައް ހޯދަމުންދިޔައީ އެއްވެސް ރަހުމެއްނެތިއެވެ.

*** *** ***

“ހަސަނާ ބަލާބަލަ އެއޮއްކަމެއް” ހެނދުނުގެ ބްރީފިން ނިންމައިލުމަށްފަހު ހަސަނާއިއެކު ޝާމިން މަސައްކަތައިގެން އުޅެނިކޮށް ފެނުނު މަންޒަރު ޝާމިން، ހަސަނަށް ދައްކައިލިއެވެ. އަދްނާންއާއި އޭނާގެ ރައްޓެހި ދެމީހަކު ސިނގިރޭޓު އަޅިކެނޑުމަށްޓަކައި ބަހައްޓާފައި ހުރި އަޅިކެނޑިތަކުން އެއްބައި ބޯލާފައި އޮތް ސިނގިރޭޓްބުރިއެއް ނަމަވެސް ފެނޭތޯ ހޯދަމުން ދިޔައެވެ. ހަސަނަށް އެމަންޒަރު ފެނުމާއިއެކުހެން ހިނިގަނޑުފަޅައިގެންދިޔަ ވަގުތު ޝާމިންއަށްވެސް ނުހުރެވި ހަސަނާއި އެއްބައިވެ ހޭންފެށިއެވެ.

” ޔަގީން އެއުޅެނީ ލިބުނު މުސާރަކޮޅު ހުސްކޮށްލައިގެން، ނަސީބޭނުން އަހަރެމެން ސިނގިރޭޓް ނުބޯކަން، އެއުޅެނީ އެމީހުން އުޅޭހާލު” އަމިއްލަ ނަފްސާއި ދޭތެރޭ ފަޚްރުވެރި ވެލުމަށްފަހު ޝާމިން އެހެންބުނެ އަނެއްކައިވެސް މަސައްކަތައިގެން ކުރިއައްދިޔައެވެ.

“އާނ އަދިމިހިރީ ހަނދާން ނެތިފައޭ، ރޭގަ ލަމްޔާ ކައިރީ ކީކޭ ކީ؟ އޭނަ ބުނި މަށަށްވެގެން ވާހަކަ ދައްކަންއުޅުނޭ” ކުއްލިއަކަށް ހަނދާން ވާކަހަލަ ގޮތަކަށް ހަސަނުއާއި ޝާމިން ސުވާލުކޮށްލިއެވެ. “ލަމްޔާ ބުނި ދޯ އެހެން؟ ފޯނު ނެގިގޮތަށް ދޫނީ އޭ ކިޔާފަ މަ ވާހަކަ ދެއްކީ، މަހީކުރީ ލަމްޔާ އެވާހަކަ ނުބުނާތީކަމަށް ޝާމިން އެވާހަކަ ނުދެއްކީ، އެހެންވެ ރޭގަ ހިނިއައިސް އިނދެވުނީވެސް” ޝާމިން ކުރިސުވާލަށް ޖަވާބުދީ ހަސަނު ބޯކަހައިލުމުން ޝާމިން ހިނިއައިސްހުރެ ދެކޮޅަށް ބޯހޫރާލިއެވެ.

ބަރަހަނާ ހާލުގައި ނިދާފައި އޮތް ފަލާހްއާއި ފައިސަލްގެ އަތް ސަނާގެ ގައިމަތީގައި އޮތްއިރު އަޅަމުންދާ ވޭނަށް ކޮޅަކަށް ގުޑިލާންވެސް ނުކެރިފައި އެނދުމަތީގައި ސަނާ އޮތީ އެނބުރެމުންދާ ފަންކަލާއި ދިމާއަށް ނަޒަރު ހުއްޓައިލައިގެންނެވެ. އޭރުވެސް ހިފެހެއްޓުމެއްނެތި ސަނާގެ ލޮލުން ކަރުނަތަށް ފައިބަމުންދިޔައެވެ. އަދި މިއަނިޔާވެރިންގެ ކިބައިން ސަލާމަތް ކުރައްވާތޯ ހިތާހިތުން ދުއާ ކުރަމުން ދިޔައެވެ.

ފަލާހްއަށް ހޭލެވުމުން މޯޅިއަކަށް ދެމިލުމަށްފަހު އެނދުމަތީގައި އޮތް ސަނާއަށް ބަލައިއެވެ. އެއްވެސް ހަރަކާތެއްނެތި ފަންކަލާއި ދިމާއަށް ނަޒަރު ހުއްޓައިލައިގެން އޮތް ސަނާގެ މޫނުގައި ހިފައި ފަލާހްއާއި ދިމާއައް އަނބުރައިލުމަށްފަހު ނުލަފާ ވައްތަރަކަށް ހީލައި ސަނާއާއި ދިމާއަށް އެއްލޯމަރައިލަމުން ފަލާހް އެނދުމަތިން ތެދުވެ ފާހާނައާއި ދިމާއަށް ހިނގައިގަތެވެ.

ފެންވަރައި ތާޒާވެލުމުން ބުނަންނޭނގޭކަހަލަ ހިތްހަމަޖެހުމަކާއި އަރާމެއް ފަލާހްއައް ލިބެމުންދިޔައެވެ. އަދި ފާހާނައިން ނިކުމެ ސަނާގެ ކައިރީގައި ނިދާފައި އޮތް ފައިސަލްއަށް ގޮވައިލައި އެއްޗެހިލުމަށްފަހު ފަލާހް، ސަނާގެ ކޮޓަރިން ނުކުމެ ސޯފާގައި ޖައްސައިލިއެވ.ެ

“ރޭގަ ކިހިނެތްވީ؟ އިއްޔެ ހުރިހާކަމެއް ރާވާފަ ދައްތަ ހަވީރު ކޮޓަރިއައް ވަތްގޮތަށް އެނދުގަ އޮށޯވެލިތަނާ ނިދުނީ، އަދި ކިރިޔާ މިހޭލެވުނީ” ކޮޓަރިން ނިކުތުމާއި އެކު ޒަރީނާއައް ސޯފާގައި އިން ފަލާހްފެނި ރޭގައި ހިނގައިދިޔަ އެއްވެސް ކަމެއް އެނގިފައި ނުވުމުން ފަލާހް ކައިރިން ސުވާލުކުރިއެވެ. އެވަގުތު ސަނާގެ ކޮޓަރީގެ ދޮރުހުޅުވައިލި އަޑަށް އެދިމާއަށް ބަލައިލިއިރު ޒަރީނާއަށް ފައިސަލް ފެނި ޒަރީނާ ނެތްކަމުގައި ވީނަމަވެސް އެދެމީހުން އެކަންތައް ވަރަށް ރަނގަޅަށް ކާމިޔާބު ކޮށްފިކަން ޒަރީނާއައް ވިސްނުނެވެ. އަދި ފަލާހްއާއި ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވުމެއް ރައްދުކޮށް މިއަދު ސައިހަދާނީ ޒަރީނާކަމުގައި ބުނެ ބަދިގެފަރާތައް ދިޔައެވެ.

*** *** ***

ދުވަސްތައް މަޒީވަމުން ގޮސް ޝާމިން ވަޒީފާގައި އުޅޭތާ ދޮޅުއަހަރު ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. މިވޭތުވެދިޔަ ދޮޅުއަހަރު ދުވަހުގެ ތެރޭގައި ޝާމިންގެ މަސައްކަތައް ރަނގަޅުވެފައި މަސައްކަތައް ބަހައްޓާ ފަރުވާއާއި ދޭތެރޭގައި މެނޭޖްމެންޓުން ހިތްހަމަ ޖެހުމުގެ ސަބަބުން އަނެއްކައިވެސް ޝާމިންއަށް މަސައްކަތުގެ ކުރިއެރުންލިބި ހައުސްކީޕިންގެ ސުޕަވައިޒަރަކަށް ބަދަލުކުރެވިގެން ދިޔައެވެ. ޝާމިންގެ އުމުރުން 18 އަހަރުގައި ހައުސްކީޕިންގެ ސުޕަވައިޒަރަކަށް ބަދަލުވެގެން ދިއުންވެގެން ދިޔައީ ޝާމިންއަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ. އެހުރިހާ ގޮތަކުންވެސް ހަސަނުގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި އަބަދުވެސް ޝާމިން، ހަސަނަށް ޝުކުރުވެރިވެއެވެ.

ފަލާހްމެން އަބަދުވެސް ފާރައައްތިބޭތީ މަރީނާމެން ސަނާއާއި ގުޅައި ވާހަކަ ދެއްކި ކަމުގައިވީނަމަވެސް ސަނާއުޅެމުންދާ ނިކަމެތި ހާލު މަރީނާއަށާއި ޝާމިންއަށް އަދިވެސް ވަނީ އެންގޭގޮތް ނުވެފައެވެ. އަދި ފަހަކަށްއައިސް ފަލާހް ފާހާނައަށް ވަންނަނީ ފޯނުވެސް ހިފައިގެން ކަމަށްވުމުން ސަނާއަށް އަދިވެސްވަނީ އަފީފްއަށްވެސް މިކަންތައް އެނގޭގޮތް ނުވެފައެވެ. ސަނާކިތަންމެ އާދޭހެއް ކުރިކަމުގައިވީނަމަވެސް ސަނާކުރާ އާދޭހުގެ އަޑުއަހާނެ މީހަކު އެގޭގައި ނެތުމުންނާއި ފަލާހްއާއި ފައިސަލްގެ ފަރާތުން ލިބެމުންދާ ޖިންސީ އަނިޔާތަކުގެ ސަބަބުން ސަނާ މިހާރަކަށް އައިސް އިންނަނީ ފާޑާކަށް ގަބުވެސް ވެފައެވެ.

ޝާމިންއަށް ލިބޭ މުސާރައިން ބައެއް މަރީނާއަށްދީ ގެވެސް ރަނގަޅު ފެންވަރަކަށް ޝާމިންގެ މަސައްކަތުން ހަދާފައިވާތީ މަރީނާ ހުންނަނީ އިންތިހާއައް އުފާވެފައެވެ. ނަމަވެސް އަދިވެސް ޝާމިންއަށް މަރީނާގެ ފަރާތުން ލޯތްބެއް ނުލިބެއެވެ. މިވޭތުވެދިޔަ ދޮޅު އަހަރު ތެރޭގައި ޝާމިން، މަރީނާ ކައިރިއަށް އައި ތިންފަހަރުވެސް ލިބުނު ހިތްދަތި ކަމުން ޝާމިންއަށްލިބޭ އޮފްދުވަސްތަކުގެ ތެރޭގައި ރަށަށް އަންނަން ބޭނުންވިކަމުގައިވީ ނަމަވެސް މަރީނާ ހިތްހަމަ ނުޖެހުމުގެ ސަބަބުން ޝާމިން ގަސްތުކުރީ ލިބޭ އޮފްދުވަސް ތަކުގައި ލަމްޔާގެ ރަށަށް ދިއުމަށެވެ. އަދި ލަމްޔާއާއި އިނދެގެން މަރީނާ ކައިރިއަށް އައުމަށް ޝާމިން ބުނެފައި އޮތުމުން އެދުވަހާއި ހަމައަށް ޝާމިން ނުފެންނާނެކަން އެނގި މަރީނާ ހުންނަނީ ހިތްހަމަ ޖެހިފައެވެ.

*

“ސޮރީ ޝާމިން، މަށަށް އެނގޭ ޝާމިންއާއި ދޭތެރޭ އަހަރެންނަށް ކަންތަށް ކުރެވުނީ ރަނގަޅަށް ނޫންކަން، އެދުވަހު އެހެންބުނިފަހުން މަށަކަށް ނުކެރޭ ޝާމިންއާ ވާހަކަ ދައްކާކަށްވެސް” ކުއްލިއަކަށް އަދްނާން އައިސް ޝާމިން ކައިރިން މާފަށް އެދުމުން ޝާމިން ހައިރާންވިއެވެ. ނަމަވެސް ޝާމިންގެ ހިތުގައި އަދްނާންއާއި ދޭތެރޭ ބުރަކަމެއް ނެތޭބުނެ އަދްނާންއަށް މާފްކޮށް ނަސޭހަތްދީ ހެދިއެވެ. ޝާމިން ދެއްކި ވާހަކަތަކަށް އިތުރު އެއްޗެއް ނުބުނު އަދްނާން ކުޑަކުއްޖަކު ފަދައިން ޝާމިންކައިރީ އިނދެ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހަމުން ދިޔައެވެ.

“އެއްކަލަ އަދްނާން އައިސް މަކައިރިން މާފަށް އެދިއްޖެ” ކޮޓަރިއަށް ވަތްގޮތަށް އެނދުމަތީ އޮތް ހަސަނު ކައިރީ ޝާމިން އެވާހަކަ ބުނުމުން ހަސަނަށް ހެވުނެވެ. “ނަސީބޭނުން އޭނައަށް ވިސްނުނުކަން، ދެން ޝާމިން ކީކޭ ބުނީ؟” ޝާމިން އެވާހަކަ ބުނުމުން އިތުރަށް ޝާމިންބުނި އެއްޗެއް އޮޅުންފިލުވަން ބޭނުންވާތީ ހަސަނު، ޝާމިންއާއި ސުވާލުކޮށްލުމުން އަދްނާންއަށް މާފްކުރިވާހަކަ ބުނެ ޝާމިން ހީލިއެވެ.

ސޯފާގައި އިށީނދެލައިގެން އިނދެ ސަނާ އިންތިޒާރު ކުރަމުން ދިޔައީ އޮފީސް ނިންމުމަށްފަހު ފަލާހް އައިސް ގެއައް ވަންނާނެ ވަގުތަކަށެވެ. ސަނާ އެހެން އިރުކޮޅަކު އިނުމަށްފަހު ފަލާހް ނައިސް ލަސްވެގެން ސަނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތްވަގުތު ގޭގެ ދޮރަށް ތަޅުދަނޑި ޖަހައިލި އަޑަށް ސަނާ ގޮސް ކޮޓަރިއަށްވަނެވެ. ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލައިގެން ސަނާ ސިއްރުން ބަލަންހުރީ ފަލާހް އައިސް ކޮޓަރިއަށް ވަންނާނެ ވަގުތަކަށެވެ. ފަލާހްގެ ފޯނު އަތުޖެހޭތޯ މިއީ ސަނާ ފާރަލާ ފުރަތަމަ ފަހަރެއްނޫނެވެ. މިވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ސަނާ ކުރަމުންދާ އެ މަސައްކަތަށް އަލިމަގެއް ނުފެނުނު ކަމުގައިވީނަމަވެސް އުންމީދު ކަނޑާނުލަައި ސަނާ އަދިވެސް މަސައްކަތް ކުރަމުންއެދަނީ ފަލާހްގެ ފޯނު އަތުޖެހޭތޯއެވެ.

ގެއައްވަތް ގޮތަށް ގޭތެރެއަށް ނަޒަރު ހިންގައިލައި ދޮރުތަޅުލުމަށްފަހު ފަލާހް ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަންނަގޮތަށް ފަލާހް ދޮރު ތަޅުނުލާކަން އެއީ ސަނާގެ ނަސީބެވެ. މަޑުމަޑުން ސަނާގެ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ފަލާހްގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އަދި ފަލާހްގެ ކޮޓަރީގެ ދޮރުކައިރީގައި ފަލާހް ފާހާނައަށް ވަންނާނެ ވަގުތެއްގެ އިންތިޒާރުގައި ސަނާ މަޑުކޮށްލިއެވެ. ފާހާނާގެ ދޮރު ޖެހުނު އަޑު އިވުމުން ސަނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފަލާހްގެ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލައި އެތެރެއަށްވަދެ ކޮޓަރީގެ އެކިތަންތަން ހޯދަމުން ދިޔައެވެ. ނަމަވެސް ސަނާއަށް މިފަހަރުވެސް ކާމިޔާބުވާގޮތް ނުވުމުން ކޮޓަރިން ނުކުންނަން އުޅެފައިވެސް އެނދު ކައިރިއަށް ވެއްޓިފައި އޮތް ފަލާހްގެ ފަޓްލޫނު ފެނުމުން ފަޓުލޫނުގެ ޖީބުގެ ބޭރުން ސަނާ އަތްލިއެވެ. ސަނާގެ ނަސީބުވެސް ރަނގަޅީއެވެ. ހަނދާންނެތި ނަމަވެސް ފަލާހްއަށް އެވަނީ ފަލާހްގެ ފޯނު ފަޓްލޫނުގެ ޖީބަށްލެވި ފާހާނައަށް ވަދެވިފައެވެ. ޖީބުގައި ބާއްވާފައި އޮތް ފޯނު ނެގުމަށްފަހު ސްކްރީނަށް ބަލައިލިވަގުތު އުފަލުންގޮސް ސަނާގެ ލޯ ފެންކަޅިވީ ކުރިން ފޯނުގައި ޖަހާފައިވާ ސިއްރު ކޯޑު ފޯނުގައި ޖަހާފައި ނެތުމުންނެވެ. އޭރު ފަލާހް ފެންވަރާއަޑު އިވެމުންދިޔައެވެ. ވަގުތު ބޭކާރުކޮށްނުލައި ރަށުގެ ޕޮލިސްޓޭޝަނަށް ގުޅައިލިއެވެ. “ހަލޯ ކުޅުދުއްފުށީ ޕޮލިސްޓޭޝަން” ފޯނު ރިންގުވި ފުރަތަމަ ފަހަރު ޕޮލިސްޓޭޝަންއިން ފޯނުނަގައި އެތަނުގެ ތައާރަފެއް ދިނެވެ. “ހަލޯ، އަޅުގަނޑުގެ ނަމަކީ ސަނާ، އަޅުގަނޑަށް އަފީފްއާއި ވާހަކަ ދައްކައި ދެވޭނެ ގޮތެއް ހައްދަވައި ދެއްވަފާނަންތޯ؟ ނޫނީ އަޅުގަނޑު….” ސަނާއަށް އެހިސާބަށް ބުނެވުނުތަނާ ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޕޮލިސްޓޭޝަނުން ފޯނު ނަގައިގެން ހުރި މީހާއަށް ސަނާރޯކަން އެނގި އިތުރަށް ސުވާލުކުރަމުން ދިޔައެވެ. ސަނާ ވަރަށް ހިތްވަރުކޮށްފައި ސަނާއަށް ދިމާވެގެން އުޅޭ ކަންތައް ކިޔައިދީ ސަނާގެ ހުރިހާ މައުލޫމާތާއި މިހާރު އުޅެމުންދާ ގޭގެ މައުލޫމާތު ދިނުމުން ޕޮލިސްޓޭޝަންއިން ވާހަކަ ދައްކަންހުރި މީހާ، އަފީފް މިވަގުތު ހުރީ މާލޭގައި ކަމުގައިބުނެ މަލޭ ޕޮލިސްޓޭޝަންއަށް ތިކަންތަށް އަންގަދޭނެ ކަމުގައި ބުންޏެވެ.
އެވަގުތު ފާހާނައިގެ ތެރެއިން އިވެމުންދިޔަ އަޑުކެނޑުމުން ސަނާ އަވަހަށް ފޯނުކަނޑައި ލުމަށްފަހު ފޯނުން ގުޅާފައިވާ ނަންބަރު ފުހެލިއެވެ. އަދި ފަލާހްގެ ޖީބަށް ފޯނުލުމަށްފަހު ސަނާ އެކޮޓަރިން ނިކުމެ ސަނާގެ ކޮޓަރިއަށް ވަނުމަށްޓަކައި ހިނގައިގަތެވެ.

“ކާކުބާ ދެންމެ ވާހަކަ ދެއްކީ؟” ފެންވަރަން ހުރިއިރު ކޮޓަރީގެ ތެރެއިން މީހަކު ވާހަކަ ދައްކާ އަޑު އިވުނުހެން ފާލާހްއަށް ހީވުމުން ފޯނުމަތިން ހަނދާންވެ ފާހްގެ ފޯނު ހޯދުމައިގެން އަވަސްވެގަތެވެ. ނަމަވެސް ފަޓްލޫން ޖީބުގައި ފޯނު އޮތުމުން އެއީ ފަލާހްއަށް ހީވިގޮތެއްކަމުގައި ބަލައި ހިތްހަމަ ޖައްސައިލިއެވެ.

“ލަމްޔާގެ މަންމައަށް ނޭވާލާން އުނދަގޫވާތީ މަރުކަޒުގަ ބާއްވާފަ އޮތީ” ހަސަނުގެ މަންމަ ހަސަނަށް ގުޅާފައި ލަމްޔާގެ މަންމައަށް ނޭވާލާން އުދަގޫވެގެން މަރުކަޒުގައި ބާއްވާފައި އޮތްކަމަށް ބުނުމުން ޝާމިން ކައިރީ ހަސަނު އެވާހަކަ ބުންޏެވެ. ނަމަވެސް ޝާމިން ކައިރީ ލަމްޔާ އެކަހަލަ ވާހަކައެއް ބުނެފައި ނެތުމުން ޝާމިން، ލަމްޔާއަށް ގުޅައިލިއެވެ. ” މަންމަ މާ ހާލުދެރަވީތަ؟” ލަމްޔާ ފޯނު ނެގުމާއިއެކު ޝާމިންއަށް ފުރަތަމަވެސް އަހައިލެވުނީ އެހެންނެވެ. “އާނ މިހާރު މަރުކަޒުގަ ބާއްވާފަ އޮތީ، އެކަމަކު އޮކްސިޖަން ގުޅާފައޮތީމަ ކުރިއަށްވުރެ ރަނގަޅު، ހަސަނުބެ ދޯ ބުނީ؟” ލަމްޔާ އެވާހަކަ ޝާމިންކައިރީ ބުނެފައި ނެތުމުން ޝާމިންއަށް އެވާހަކަ އެނގުނީ ހަސަނުގެ ފަރާތުންކަން ލަމްޔާއަށް ޔަގީންވިއެވެ.

” މިހާރަކަށް އައިސް ކުރިން ވާހަކަ ދައްކާހެން ސަނާ ވާހަކައެއް ނުދައްކާ، އަހަރެން އެވަރަށް ފޯނުން ވާހަކަ ދައްކާ އިރުވެސް ހުރެދާނެ އެއްޗެއް ނުބުނެ، އެހެންޏާ އެމަންޖެ އެހެންނެއް ނުހުންނާނެ، އެމަންޖެއަށް ކޮންމެވެސް ކަމެއް ވެއްޖެ” ސަނާ މިހާރަކަށް އައިސް ފޯނުން ވާހަކަ ދައްކާއިރުގައި މަރީނާ ދައްކާ ވާހަކަތަކަށް އެއްޗެއް ނުބުނެ ހުންނަކަން މަރީނާއަށް ފާހަގަވެފައިވާތީ އެކަމާއި ވިސްނަންއިނދެ ޝިފާނާއާއި ވާހަކަ ދައްކަމުން ދިޔައެވެ. “ދެރަނުވޭ މަރީނާ، އިރާދަކުރެއްވިއްޔާ ސަނާ ހުންނާނީ ގަދަވެ ސަލާމަތުން” މަރީނާ ދެރަވެފައި އިންތަން ފެނި ޝިފާނާ، މަރީނާއަށް ހިތްވަރުދިނެވެ.

“މިހާރަކަށް އައިސް ހާދަ ވަރަކަށް ނިދެޔޭ، މެންދުރު ނިދިއައިސްގެން ކޮޓަރިއަށް ވަތްގޮތަށް އަދިކިރިޔާ މިތެދުވެވުނީ” އިރު އޮއްސުމާއިއެކު ޒަރީނާ ކޮޓަރިން ނިކުމެ ސިޓިންރޫމްގައި ހުރި ސޯފާގައި ހަމަޖެހިލައިގެން ޓީވީބަލަން އިން ފަލާހްއާއި ވާހަކަ ދައްކަމުން ގޮސް ޒަރީނާ ބަދިގެއަށްވަނީ އެއްޗެއް ކާލުމުގެ ބޭނުމުގައެވެ.

އެވަގުތު ގޭގެ ދޮރުގައި މީހަކު ޓަކިދިން އަޑަށް ދުވެފައި ސަނާ ކޮޓަރިން ނިކުތުމުން ޒަރީނާއާއި ފަލާހްއަށް އެއްފަހަރާ ސަނާއާއި ދިމާއަށް ބަލައިލެވުނެވެ. “ކޮންތާކަށް؟ ކަލޭ ހޯދަން މީހަކު ނާންނާނެ މިތާކަށް” ސަނާއާއި ދިމާއަށް ފަލާހް އެހެންބުނެ ދޮރާއި ދިމާއަށް ހިނގައިގަތެވެ. އަދި ދޮރަށް ތަޅުދަނޑިޖަހައި ދޮރު ހުޅުވައިލުމަށްފަހު ދޮރުމަތީހުރި ފައިސަލް އެތެރެއަށް ވެއްދިއެވެ. މިއަދު ރިޕޯޓުކޮށްފައި އޮތުމުން ސަނާ ހީކުރީ ޕޮލިސްޓޭޝަންގެ ބަޔަކު އައީކަމަށެވެ. ނަމަވެސް ސަނާ ހީކުރި ގޮތާއި ހިލާފްވެ ފައިސަލްފެނި ސަނާވީ ފޫއްސެއްގެ ބޮޑުކަމުން ކޮޓަރިއަށް ވަދެ ދޮރު ޖެހުމަށްފަހު އެނދުގައި އިށީދެލިއެވެ. “އެމީހުން އަދިވެސް މާލެ ޕޮލިސްޓޭޝަންއަށް އެކަންތަށް ނާންގަނީބާ؟ އަނެއްކާ އެމީހާ އަހަރެން ދެއްކި ވާހަކަތަށް މަޖަލަކަށް ހެދީބާ؟ ނޫން، ނޫން، އެމީހާ އެހެންނެއް ނަހަދާނެ، އިރާދަކުރެއްވިއްޔާ މިރޭ އަހަރެން މިތަނުން ސަލާމަތްވާނެ، ނަސީބޭނުން އަފީފް މާލޭގަ ހުރިކަން” ސަނާގެ ހިތަށްއަރައި ފައިބަމުން ދިޔަ އެއްޗެހިން ސަނާ ހާސްވާގޮތްވިއެވެ. ނަމަވެސް ހިތްހަމަ ޖައްސައިލީ އަފީފް މާލޭގައި ހުރި ވާހަކަ ސަނާ ކައިރީ ބުނެފައިވާތީއެވެ.
އެނދުމަތީ އެހެން އިރުކޮޅަކު އިނުމަށްފަހު ބޮލުގައި ރިއްސަން ފެށުމުން ސަނާ އެނދުގައި އޮށޯވެލިއެވެ. އެވަގުތު ސަނާގެ ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު ފަލާހްއާއި ފައިސަލް އެތެރެއަށް ވަނުމުން ސަނާ ކޮޅަށްތެދުވެ ޖެހިބުދެއްހެން އެނދުކައިރީ ހުއްޓެވެ. “ސަނާ ފެނުނީމަ މިހިރަ ވާގޮތެއް، ދުރުގަ ހުންނަންވެސް އުދަގޫވޭ” ކޮޓަރިއަށްވަތްގޮތަށް ފައިސަލް އެހެންބުނެ ސަނާއާއި ދިމާއަށް އަންނަން ފެށުމުން ފާހާނައާއި ދިމާއަށް ސަނާ ދުއްވައިގަތެވެ. ނަމަވެސް ފައިސަލްގެ ހުށިޔާރުކަމުން މިފަހަރުވެސް ސަނާ ފައިސަލްގެ އަތްދަށުވީއެވެ. “ނޫން، މަށަށް ތިހެން ނަހަދާ، ފަލާހް އަހަރެން ސަލާމަތް ކޮށްދީ، އަހަރެން ބޭނުމެއްނޫން…” ސަނާއަށް އެހިސާބަށް ބުނެވުނުތަނާ ފަލާހް އައިސް ސަނާގެ އަނގަމަތީ އަތްއެޅުމަށްފަހު ދެމީހުން އެކީ ސަނާ ގެންގޮސް އެނދުމަށްޗަށް ވައްޓައިލިއެވެ. އަދި ފަލާހް ސަނާގެ ގައިމައްޗަށް ޖެހިގަނެ ސަނާ ލައިގެން ހުރި ހެދުން ވީދާލުމަށްފަހު ސަނާގެ ހަށިގަނޑުން އުފާހޯދުމަށްޓަކައި އެދެމީހުން އުޅެމުންދިޔައެވެ. ސަނާއަށް އަޅަމުންދާ ވޭނަށް ކެތްނުކުރެވި ރޮމުން ގެންދިޔަ ނަމަވެސް ފައިސަލްއާއި ފަލާހް ކުރަމުންއައި ކަންތަކަށް ހުއްޓުމެއްނާދެއެވެ. ސަނާ ރޮމުން ގެންދިއުމުން ފަލާހްގެ ކަންފަތަށް އުނދަގޫވެ ރުޅިއައިސް ސަނާގެ އަނގަމަތީ ފަލާހް ބާރަށް އަތް އަޅައެޅިއެވެ.

ހެވިދިލިފައި ސޯފާގައި ޓީވީ ބަލަންއިން ޒަރީނާއަށް ހިތްހަމަ ޖެހުން ލިބެމުންދިޔަކަލައެވެ. އެވަގުތު ބޭރުދޮރުގައި މީހަކު ޓަކިޖަހައިލިއަޑަށް ޒަރީނާގޮސް ދޮރުހުޅުވައިލިއެވެ. ޕޮލިސްޓޭޝަންގައި މަސައްކަތް ކުރަމުންދާ އިތުރު ތިންމީހަކާއި އެކު އަފީފް އައިސް ހުރުމުން ޒަރީނާގެ ދެލޯބޮޑުވެގެން ދިޔައެވެ. އަދި ބޭއިހްތިޔާރުގައި ޒަރީނާއަށް އަފީފްގެ ނަން ކިޔައިލެވުނެވެ.

އާފީފް އިތުރު ވާހަކައެއް ނުދައްކާ ގޭތެރެއަށް ވަނުމުން ޒަރީނާ ހާސްވިއެވެ. “ކީއްތޯ ތި.. ތިކުރައްވަނީ؟ ކިހިނެތް…ވީތޯ މިގެއަށްތި ދުރު…ވީ؟” ޒަރީނާ އާގަންނަމުން އަފީފް ކައިރީ ސުވާލުކުރަމުން ދިޔައެވެ. އޭރު ގޭތެރެއިން ޒަރީނާގެ އަޑު އިވެމުންދާތީ ފަލާހްއާއި ފައިސަލް ޒަރީނާ ދައްކާ ވާހަކަ އަޑުއަހަމުން ގެންދިޔައެވެ. ސަނާއަށް ޒަރީނާގެ އަޑު އިވުމުން ގެއަށް ބަޔަކު ވަދެގެން އުޅޭކަންއެނގި ވަރަށް ހިތްވަރުކޮށްފައި ފަލާހް އަތުގައި ދަތް އެޅުމަށްފަހު ހަޅޭލަވައިގަތެވެ. ފަލާހްވެސް އެކަހަލަ ކަމަކަށް ނުވިސްނަ ހުރުމުން ނޭނގުނީއެވެ. ސަނާ އިތުރަށް ހަޅޭލަވައި ގަނެދާނެތީ އަނެއްކައިވެސް ފަލާހް ސަނާގެ އަނގަމަތީ އަތްއެޅިއެވެ. އޭރު ފައިސަލް ބިރުން ތެޅިގަނެ އެނދުން ފައިބައި އެއްޗެހި ލާންފެށުމުން ފަލާހް ރުޅިއަންނަގޮތްވިއެވެ.

ފަލާހްއަށް ކޮޓަރީގެ ތެރެއިން މީހަކު ހަޅޭލަވައިގަތް އަޑުއިވުމުން އެކޮޓަރިއާއި ދިމާއަށް ހިނގައިގަނެ ދޮރުގެ ތަޅުގައި ހިފައި ނުހުޅުވުމުން ދޮރުގައި ތަޅަމުން ދިޔައެވެ. ފަލާހް ހަދާނެގޮތް ހުސްވެގެން ސަނާގެ ގައިމަތީ ބެޑްޝީޓް އެޅުމަށްފަހު ފަޓްލޫން ލައި ފާހާނައާއި ދިމާއަށް ދުއްވައިގަތްއިރު ފައިސަލްވެސް ފަލާހްގެ ފަހަތުން އައިސް ފާހާނައަށް ވަނެވެ.

“މިދޮރު ހުޅުވަބަލަ، ނޫނީ އަޅުގަނޑުމެންނަށް ޖެހޭނީ ދޮރު ހަލާކު ކޮށްލަން” އަފީފް ރުޅިއައިސް ހުރެ ދޮރުގައި ޓަކިޖަހަމުން އެހެންބުނިއިރު ޒަރީނާ ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. ކޮޓަރީގެ ތެރެއިން އެއްވެސް ހަބަރެއް ނުވުމުން އަފީފް އެދުމުގެ މަތިން ދެންތިބި މީހުންވެގެން ދޮރުގައި ބާރަށް ފައިން ދެތިން ފަހަރަކު ޖެހުމުން ދޮރު ހަލާކުވެ ހުޅުވުނެވެ. އަފީފްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެނދުމަތީގައި އޮތް ސަނާއެވެ. ސަނާގެ ލޯމެރިފައިވާއިރު އެއްވެސް ހަރަކާތެއް ނެތެވެ. އަފީފްއާއި އެކު އައިސް ހުރި އަންހެން ފުލުސްމީހާ ކައިރީ ސަނާގެ ހާލު ބެލުމަށް ބުނެ ކޮޓަރިތެރޭގެ ތަންތަން ބަލަން ފެށިއެވެ.
“ކާކު ރިޕޯޓް ކުރީ؟ ތިރިތަނެއްނަމަ ފެންލައިޓުންވެސް ނިކުމެ ފިލުނީސް” ފައިސަލް އެހެން ބުނުމުން ފަލާހް ފެންވަރަން ހުރި އިރު އެހީވި ހީވުމަކީ ކުއްހީއެއް ނޫންކަން ފަލާހްއަށް ޔަގީންވިއެވެ. ނަމަވެސް ދެންކުރެވޭނެ ކަމެއްނެތްތާއެވެ. ފައިސަލް ބުނިހެން އުސް އިމާރާތަކަށް ވުމުން ފެންލައިޓުންވެސް ނިކުމެވޭކަށް ނެތެވެ. ހެދޭނެ އިތުރު ގޮތެއް ނެތުމުން ފަލާހް ގޮސް ފާހާނައިގެ ދޮރު ހުޅުވީ ފައިސަލް ދޮރުނުހުޅުވާށޭ ގޮވަގޮވަ އޮއްވައެވެ. ނަމަވެސް އެނޫން އެހެން ގޮތެއް ނެތްކަން ފައިސަލްއަށްވެސް އެނގެއެވެ.

“މިވަގުތުން ފެށިގެން ތި ތިންމީހުން ތިތިބީ ހައްޔަރު ކުރެވިފަ” ފަލާހް އެހެންބުނެ ތިންމީހުންގެ އަތުގައި ބިޑި އެޅުވުމަށްފަހު ޕޮލިސްޓޭޝަންއަށް ގެންދިއުމަށްޓަކައި ގެއިން ނެރުނެވެ. އޭރު އެކި ފަންގިފިލާތަކުން ފަލާހް ބައިގައި އަޑުގަދަވެގެން ވެގެން އުޅޭގޮތެއް ބެލުމަށްޓަކައި ނިކުމެ ތިއްބެވެ. އެމަންޒަރު ފެނުމުން ޒަރީނާއަށް ސިފަވަމުން ދިޔައީ މީގެ އަހަރުތަކެއްކުރިން ޝާމިންއާއި ބެހުނު މައްސަލައިގައި ޒަރީނާ ޕޮލިސްޓޭޝަންއަށް ގެންދިޔަ އިރު މަގުމަތީގައި ޒަރީނާއާއި ދިމާއަށް ރަށުމީހުން ބަލަންތިބި ގޮތެވެ. އަނެއްކައިވެސް ލަދެއްގައި ބެދެން ޖެހުމުން ޒަރީނާ ގެއިން ނުކުމެ ޕޮލިސް ޖިޕަށްއެރުވިއިރު ހުރީ ދެލޯ ފެންކަޅިވެފައެވެ.

ސަނާގެ ހާލު ދެރަވެފައި ވުމުން ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އޭރުވަނީ އެމްބިއުލާންސްއަށް ގުޅާފައެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އެމްބުއުލާންސް އައުމުން ސަނާ އެއަށް ލުމަށްފަހު އޭ.ޑީ.ކޭ އާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދިއުމުން ސަނާގެ ހާލު ރަނގަޅުވަމުން ދިޔައެވެ. ސަނާގެ ލޯ މަޑުމަޑުން ހުޅުވައިލުމަށްފަހު ތަނުގެ ތެރެއަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު ކައިރީގައި ހުރި އަފީފް ފެނުމުން ސަނާއަށް ރޮވޭގޮތް ވިއެވެ. އަފީފް ސަނާއަށް ހިތްވަރުދީ ދެންހުރިހާކަމެއްވެސް ރަނގަޅުވާނޭ ބުނެ ސަނާގެ ބޮލުގައި ފިރުމައިލިއެވެ. “ޝާމިންއަށް ގުޅައިދީ ފާނަންތަ” ދެލޯ ފުހެލުމަށްފަހު ސަނާ ވަރަށް ހިތްވަރުކޮށްފައި އަފީފް ކައިރިން ޝާމިންއަށް ގުޅައިދިނުމަށް އެދި ޝާމިންގެ ނަންބަރު ކިޔައިދިނެވެ.

“ހާދަ ވިއްސާރަ ރެއެކޭ، ހިޔެއްނުވޭ މީން އިރަކު ހުއްޓާނެ ހެންނެއްވެސް ދޯ؟” ޝާމިންމެން އުޅޭ ކޮޓަރީގެ ދޮރުކައިރީގައި ހަސަނާއި ވާހަކަ ދައްކަންހުރެ ޝާމިން އެހެން ބުނެ ހަސަނަށް ދޯދިނެވެ.
“އާނ ދޯ، ދެން މަމިވަންނަނީ އެތެރެއަށް ޖައްސާލަން” ހަސަނު އެހެން ބުނުމަށްފަހު ކޮޓަރި ތެރެއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ނަމަވެސް އެތެރެއަށް ނުވަދެ ޝާމިން ބޭރުގައި މަޑުކޮށްލީ ވާރެ ވެހޭ މަންޒަރަކީ ޝާމިންބަލާ ފޫހި ނުވާނެ މަންޒަރެއް ކަމަށްވާތީއެވެ.

ވެހެމުންދާ ވާރޭގެ އަޑު ފިޔަވާ އިތުރު އަޑެއް ޝާމިންއަކަށް ނީވެއެވެ. ވިއްސާރަ ވެފައި ވުމުގެ ސަބަބުން ބޭރުތެރެއިން މީހެއްގެ ހިލަމެއްނުވާއިރު ޖެހެމުންދާ ވައިރޯޅިތަކުން ވިއްސަމުންދާ ވާރޭގެ ތިކިތަށް ޝާމިންގެ ގައިގައި ޖެހުމުން އަތުގައި ހުރި ލޯލިތަށް ކޮޅަށް ޖެހެމުން ދިޔައެވެ. އެވަގުތު ޖީބުގައި އޮތް ޝާމިންގެ ފޯނު ރިންގުވާއަޑަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ހަލޯ؟” ފޯނު ނެގުމާއި އެކު ޝާމިން އެހެން ބުނެލިތަނާ އެކޮޅުން ވާހަކަ ދެއްކި މީހާ މިގުޅައިލީ ސަނާ ބުނެގެން ކަމަށް ބުނެ ސަނާގެ އަތަށް ފޯނު ދިނެވެ. ފުރަތަމަވެސް ޝާމިންއަށް އިވުނީ ސަނާގެ ރުއިމުގެ އަޑެވެ. “ކިހިނެތްވީ ދައްތާ؟” ވެގެން އުޅޭގޮތް ނޭނގި ހުރެ ޝާމިން ސުވާލުކޮށްލުމުން ސަނާ ހުރިހާވާހަކައެއް ޝާމިންއަށް ކިޔައިދީ އަވަހަށް މާލެ އައިސް ދިނުމަށް އެދި ސަނާ ފޯނު ބޭއްވިއެވެ. ޝާމިންއަށް ބުނާނެ އެއްޗެއް ނޭނގި ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓައި ލަމްޔާ ގުޅުމުން ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ. “ޝާމިން މަންމަ ނިޔާވީ!!!” ލަމްޔާ އެހެންބުނެ ބާރަށް ރޮއެގަތެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ahmed Ammu

Level 210 Stories100 Comments

Other Articles

Previous

އަލްމާޝް 21

Next

ލޯބިވާ މަންމާ މަގޭ.. 14

Next
January 18, 2016

ލޯބިވާ މަންމާ މަގޭ.. 14

Previews
January 17, 2016

އަލްމާޝް 21

46 Comments!

  1. ram says:
    January 17, 2016 at 9:50 pm

    v nice nxt part thnkolhe avskodhchy

    1. Ahmed Ammu says:
      January 17, 2016 at 10:20 pm

      Thank You Ram. Iraadha kurehviyya v avahah up kohdheynan ingey ?

  2. fareeeaaa says:
    January 17, 2016 at 9:56 pm

    Vvv nice

    1. Ahmed Ammu says:
      January 17, 2016 at 10:21 pm

      Thank You Fraeeeaaa ?

  3. cr@z! says:
    January 17, 2016 at 10:14 pm

    next part ahvas koh dhee…maalahee up vaale

    1. Ahmed Ammu says:
      January 17, 2016 at 10:22 pm

      Iraadha kurehviyya v avahah up kohdheynan ingey Cr@z!. Varah bodah maafah edhen las v ma

  4. misty says:
    January 17, 2016 at 11:11 pm

    Varah reethi.. Varah avahah next part up koh dhechey.. Plx plx.. Eagerly waiting for the next part

    1. Ahmed Ammu says:
      January 18, 2016 at 7:58 am

      Thank You Misty. Iraadha kurehviyyaa v avahah up kohdheynan ingey ?

  5. Niz says:
    January 17, 2016 at 11:16 pm

    Oh lamyaa ah haadha dhera gothekey e dhimaa v dhe…finally anekkavex zaryna polihah gendhiya ey…mi prt v reethi..whn nxt…

    1. Ahmed Ammu says:
      January 18, 2016 at 8:01 am

      Thank You Niz. Yeah e kada meehekey. Ehnve gendhiyaee. Hehehehe. Next part iraadha kurehviyya v avahah up kohdheynan ?

  6. sheynn says:
    January 17, 2016 at 11:47 pm

    Woowww…v v nyc mi part vex…shaamin dhaany kaaku ge gaathah baa…sana ge gaathahthr nuny lamyaa ge gaathahthr??? Waiting for next part…avahah up kohdhehchey…plx plx

    1. Ahmed Ammu says:
      January 18, 2016 at 8:02 am

      Thank You Sheynn. Dhen genesdhey Part kiyaalamaa dhw sheynn. Eyrun engeyne ?

    2. Ahmed Ammu says:
      January 18, 2016 at 8:03 am

      Thank You Sheynn. Dhen genesdhey Part kiyaalamaa dhw sheynn. Eyrun engeyne ?. Iraadha kurehviyya v avahah up kohdheynan

  7. Sandy says:
    January 18, 2016 at 7:03 am

    Ammu avaskureyyy……story reethi kamunnn….masha Allahh

    1. Ahmed Ammu says:
      January 18, 2016 at 8:05 am

      Thank You Sandy. Iraadha kurehviyya v avahah up kohdheynan ingey ?

  8. Nookko says:
    January 18, 2016 at 8:17 am

    Varah reethi mi baives..keep it up ammu…i like this story alot..

    1. Ahmed Ammu says:
      January 18, 2016 at 12:55 pm

      Thank You Nookko ?

  9. Shine says:
    January 18, 2016 at 9:45 am

    Alheyy, shamin dhn kihineiy baa hadhaany… dhekolhun bedhuny… kaaku kairiah thr dhaany,,. Ammu upload fast,.., nxt vaane gotheh balaalaa hithun hureveny eh noon…
    Nd this partvx v v v v v rythi… plx, avahah up kurachchey ingey…Waiting…

    1. Ahmed Ammu says:
      January 18, 2016 at 12:57 pm

      Thank You Shine. Iraadha kurehviyya v avahah up kohdheynan ingey ?

  10. Naaz says:
    January 18, 2016 at 10:02 am

    Maasha Allah v reethi….thankolheh avaskoh genasdhybala

    1. Ahmed Ammu says:
      January 18, 2016 at 12:58 pm

      Thank You Naaz ?.
      Iraadha kurehviyya v avahah up kohdheynan ingey ?

  11. saf says:
    January 18, 2016 at 12:02 pm

    Thankolheh avahah up kohdhybela plxxxxxxxxxxxx

    1. Ahmed Ammu says:
      January 18, 2016 at 1:01 pm

      Iraadha kurehviyya v avahah up kohdheynan ingey Saf ?

  12. saadhu says:
    January 18, 2016 at 3:05 pm

    V best story e.

    1. Ahmed Ammu says:
      January 18, 2016 at 4:17 pm

      Thank You Saadhu ?

  13. Sophy says:
    January 18, 2016 at 3:14 pm

    Vr rythi mi part ves.maa lahee up kohdheyleh.

    1. Ahmed Ammu says:
      January 18, 2016 at 4:18 pm

      Thank You Sophy. Midhuvaskolhu busy v ma ehn evany. Ekamah V bodah maafah ehen ?

  14. Aimsithu says:
    January 18, 2016 at 3:24 pm

    Vahaaka kiyamun dhaa iru hama kuri mathin fenna kahala. Varah reethi mi part ves

    1. Ahmed Ammu says:
      January 18, 2016 at 4:18 pm

      Thank You Aimsithu ??

  15. nihaa says:
    January 18, 2016 at 4:40 pm

    V v v nice avah up kohdehchey plxxx ….mhr kiyaaa hithun hurevenyky nun…..v reethi hingey…:-):-)

    1. Ahmed Ammu says:
      January 18, 2016 at 7:57 pm

      Thank You Nihaa ?. Iraadha kurehviyya v avahah up kohdheynan

  16. anu says:
    January 18, 2016 at 4:57 pm

    vvvv salhi ingey vaahaka.. evves negetive comment eh neiih dhenneih :p

    1. Ahmed Ammu says:
      January 18, 2016 at 7:58 pm

      Thank You Anu ?. Hehehehe ehntha. Ekamaku Negative comment eh dhinas ufalaai eku balaigannaanan ?

  17. mteee says:
    January 18, 2016 at 5:24 pm

    Mi oh reethi vaahaka haadha lahunney up kuranee?alhe thankolheh avahah up kohbala.kiyaa hithun hiy maruvaneee

    1. Ahmed Ammu says:
      January 18, 2016 at 7:59 pm

      Thank You Mteee ?. Midhuvas kolhu Busy v ma ehn vany. Ekamaku time v varakun liyefa up kohdheynan iraadha kurehviyya v avahah ?

  18. Ali says:
    January 19, 2016 at 12:57 am

    Dhen oi bai ahna aharu genes dhinihyaa varah rangalhu

    1. Ahmed Ammu says:
      January 19, 2016 at 8:37 am

      Maa lahun up kohdheveny dhw. Aslu busy v ma ehn evany. V bodah maafah edhen. Ekamaku iraadha kurehviyya v avahah up kohdheynan ?

    2. Ali ge amaa says:
      January 19, 2016 at 3:25 pm

      Bala mihira ayyaa… ali haa free eh nuvaane ehmen neh. Shukuru kohbala mi site ah liyaa ehmen ves free koh vahaka liyaathee.. masakkathuga ulhefa free vaa vaguthu thakuga meehun mi site ah liyedheythee aharymen vahaka kiyaa meehun jeheyne dhoa appriciate kuran. Ali akah evaruves nuvey. Baeh meehun vahaka upload nukohgen gina dhuvas vaaurah hadi koh comment kuranilee heevaneee mi site ah vahaka liyaa meehun nah bodu musaara eh dheefa thibeyhen. Lol.

  19. nukko says:
    January 19, 2016 at 10:18 am

    Wow…. adhi alah kanneynge ammu ge stry akah mi cmnt kohlly… ekm nukko kiyan hurihaa stry eh vs ammu ge.. sifa kurun v rythi…gud job ammu… yay e xareena arrest kury.. I hate her…. hehe.. alhey kaaku kairi ah baa shaamin dhaanyy…? 😮 Curious to no… avahah up kohdhechey….. thnks mikahala rythi rythi vaahaka eh genes dheythee… 😀 waitin waitin hehehe 😀

  20. Ahmed Ammu says:
    January 19, 2016 at 11:14 am

    Thanks a lot Nukko. Next part kiyaalahchey up kureema eyrun engeyne. ? Iraadha kurehviyya v avahah up kohdheynan.

  21. Susy says:
    January 20, 2016 at 6:01 pm

    Vv salhi. Hama rovijje, me ahrn ge 1st comment. Reeti kamun hama nuhurevigen.. Bunaane ehcheh vs neh..

    1. Ahmed Ammu says:
      January 20, 2016 at 9:12 pm

      Thanks a lot Susy ?

  22. misty says:
    January 20, 2016 at 11:27 pm

    Ammu avahah nxt prt up koh dheeba… Plx plx.. Mihaaru kiyaa hithun hureveny eh ves noon..

  23. Aimsithu says:
    January 21, 2016 at 8:43 pm

    Koba tha nxt part… hama waitin ga

  24. cr@z! says:
    January 23, 2016 at 1:12 am

    alhe ammu koba tha aneh part

  25. sadhaaa says:
    January 23, 2016 at 3:01 pm

    Alhey aneh part kobatha ..varah eba kiyaa hihvey

Comments are closed.

Next Episodeމިއީ ތަޤްދީރު ހޭ؟ (އަށާރަވަނަ ބައި)←


All Right Reserved!