Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝެރިން (32 ވަނަ ބައި)

Faxoo
January 1, 2016
7 Mins Read
21 Comments

“ވީ އާރ ރިޔަލީ ސޮރީ…” ޔޫކޯ ޝެރިންގެ އަނެއް ފަރާތުން އައިސް އަރާ ހަމަ ކުރަމުން ބުނެލި އެވެ. އެއަޑުން އޭނަ ހުރީ ނުހަނު ދެރަވެފައި ކަން ދޭހަވެ އެވެ.

 

………………………………………….

ހަތަރު އަހަރުގެ ކައިލާން ސިޓިންގް ރޫމްގައި ކުޅެން އިންއިރު ގާތުގައި ދާނިޔާވެސް އިނެވެ.

“ދޮންތާ، ކައި ކުތަހާފަ އިން ސުޕޭސް ޗިޕެއް މީނީ… ތިއްތިދޯ؟” ރަނގަޅަށް އަދިވެސް ރ ނުކިޔޭ ކައިލް ދާނިޔާ އާއި ދިމާއަށް މިހެން ބުނުމުން ދާނިޔާވެސް ބުމަ ހިއްލާ، ދެލޯ ބޮޑުކޮށްލަމުން ހައިރާންވާ ގޮތް ދައްކާލި އެވެ.

“އާތާ… ދޮންތަގެ ކައި ހާދަ ތިއްތިއޭ ދޯ ކުރަހާލެއް… ކާކުތަ މީނީ ސްޕޭސްޝިޕް ތެރޭގަ؟” ދާނިޔާވެސް މަޖާވެލާ ފައި ކައިލާން ގާތު އެއްސެވެ.

“އެއީ ކައި… ކައި އެދަނީ ކައިގެ ކުޑަދޮންތި ސޭވް ކުރަންވެގެން. ދެން ވިލިއަންސް ތައް މަރުކޮށްލަން ވެގެން.” ކައިލާންގެ ލޯބިލޯބި ބަހުރުވައިން މިހެން ބުނިއިރު ދާނިޔާ ކުޑަކޮށް ސިހުނެވެ. ކޮން ކުޑަދޮންތައެއް ހެއްޔެވެ؟ އެއީ އަނެއްކާ ޝެރިން ކޮއްކޮ ހެއްޔެވެ؟ އެކަމަކު ކައިލާނަށް ޝެރިން އެނގުނީ ކިހިނެތް، ކާކުގެ ދުލަކުން ހެއްޔެވެ؟ ހަމަ ގައިމުވެސް އޭނައެއް ނުބުނެ އެވެ.

“ކޮންނަމެއްތަ ކިޔަނީ ކުޑަދޮންތި އަށް؟” ވަރަށް ލޯބިން ދާނިޔާ އެއްސެވެ.

“ޝެތިން ދޮންތި… ކައި މަންމި، ކައި ބައްޕި ގާތު ބުނަނިކޮށް އަޑުއިވުނީ… ކައި އޮތީ ނިދާ ކަމަށް ހަދައިގެން އަޑުއަހަން ވެގެން.. ކައި ހުވަފެނުގަ ވެސް ފެނުނީ ޝެތިން ދޮންތި ކައި ކައިތިއަށް އައިސް ބުނާތަން. ކުޑަ ދޮންތި ބުނީ ދޮންތި ވަތަށް އަވަހަށް ކައި ކާތިއަށް އަންނާނަމޯ…. ދެން ކައި މިހާ ވަރު ހެޕީވީ…” ކައިލާން އޭނާގެ އަތް ދެފަރާތަށް ދަމާލަމުން މިން ދައްކާލި އެވެ. “ދޮންތި އަށް އިނގޭތަ؟ ކައި ކައިތިއަށް ކުޑަ ދޮންތި…….” ކުޑަކުޑަ ކައިލާން ހުއްޓުމެއް ނެތި ވާހަކަ ދައްކަމުން ދިޔައިރު ދާނިޔާ އިނީ އެހެން ދުނިޔެ އަކަށް ގެއްލި ހުސްވެފަ އެވެ. ހީވަނީ ކައިލާން ކުރަހާފައި އިން ސްޕޭސްޝިޕަށް އަރައިގެން ދުނިޔެއިން ބޭރަށް ދެވިފައި އިންހެންނެވެ.

“ޝެރިން؟” ދާނިޔާ ހުވަފެނުގައި ވާހަކަ ދައްކާހެން ބުނެލި އެވެ. އޭނާ ހަނދާންވީ މީގެ ދެދުވަހެއްވަރު ކުރިން ކައިލާއި، ބައްޕަ ދެއްކި ވާހަކަ ތަކެވެ. އޭނާ ވަނީ އެވާހަކަތައް ސިއްރު ސިއްރުން އަޑުއަހާފަ އެވެ:

” ‘މިކްޔާލްގެ މެސެޖެއް ބައްޕައަށް ލިބިއްޖެ…’ ސުޖާޢު ބުންޏެވެ. އޭރު އޭނާއާއި ކައިލް ތިބީ ޓެރަސް މަތީގަ އެވެ.

‘އެހެންތަ؟ ކޮން އިރަކު؟ ކީކޭ ބުނެފަ އިނީ؟’ ކައިލް އަވަސް އަވަހަށް އެހި އެވެ.

‘މިދިޔަ ހަފްތާ… ހޮޓް މެއިލުން. ބައްޕަ މެއިލް ޗެކް ނުކުރާތާ ދެތިން މަސް ވެދާނެ… މިހާރު ޖީ.މެއިލް ބޭނުން ކުރަން ފެށިފަހުން ހޮޓް މެއިލަކަށް ނުވަދެވޭ…’ ސުޖާޢު ކިޔާދިނެވެ. ކައިލް ސުޖާޢު އިން ފަރާތަށް ޖެހިލީ ލެޕްޓޮޕް ސްކްރީނުން ފެންނަ އެއްޗެއް ކިޔާލުމުގެ ނިޔަތުގަ އެވެ.”

ނަމަވެސް ދާނިޔާއަކަށް އެމެއިލެއް ނުކިޔުނެވެ. ނަމަވެސް ކައިލް  މިކްޔާލް ސަލާމް ބުނި ވާހަކަ ކުރިން ދުވަހަކު ބުނެފައިވެ އެވެ. ޝެރިން ކޮއްކޮމެން ސަލާމަތް ވަނީ ހެއްޔެވެ؟ އެހެން ވެއްޖެ ނަމަ ހާދަ ރަނގަޅެވެ. ޝެރިން ނެތުމުން އޭނަ ހާދަ ފޫއްސެއްވެ އެވެ. ނަސީބަކުން ކައިލާން އެބަ ހުއްޓެވެ. އޭނައަށް ގޮތެއް ވެއްޖެއްޔާ ދާނިޔާ ހާދަ ދެރަވާނެ އެވެ. ދާނިޔާ ހިތާހިތުން ޝެރިންމެންނަށް ރަނގަޅުގޮތް ވުމަށް ދުޢާ ކުރެވުނެވެ.

އެވަގުތު ގަޑިން ދޭއް ޖެހި ކަމުގެ ސިގްނަލް ލިބުމުން ދާނިޔާ އަވަސްވެގަތީ ސުކޫލަށް ދިޔުމަށެވެ. އަޙުމަދިއްޔާ ސުކޫލުގެ ބިޒްނަސް ޓީޗަރެއްގެ ގޮތުގައި ދާނިޔާ ދަނީ މިހާރު މަސައްކަތް ކުރަމުންނެވެ. ޢުމުރުން ބާވީސް އަހަރުގައިވެސް އޭނާގެ ސިފައަކަށް ބަދަލެއް ނާދެ އެވެ. ހަމަ އެ މަޑު މުށިކުލައިގެ ދިގު ރާޅުބާނީ އިސްތަށިގަނޑެވެ. އާމަންޑް ކުލައިގެ ލޮލާއި، ހިތިފަތު ބުމަ އަދި ކޯތާފަތުގަ އިންނަ ކަޅުތިލަ އަކީ ދާނިޔާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ސިފަތަކެވެ.

 

…………………………………….

“ޔާލް ބޭބެމެން ނޭނގެ ވީތަނެއްވެސް… އަހަރެމެންގެ ޕްލޭން ފުނޑުފުނޑުވީ އަހަރެމެން އެކަކު އަނެކަކަށް ގެއްލުމުން. މަށަށް ހީވަނީ ބޭބެމެން މިހާރު ހައްޔަރު ކުރީހެން…” ޝެރިން ނާއުންމީދު ވެފައި ބުނެލި އެވެ.

“ނޫން… މަށަކަށް ހިއެއްނުވޭ ޝެރިންގެ ބޭބެމެން ހައްޔަރު ކުރިހެނެއް… އެމީހުންގެ ތެރޭގަ ޔައިނާ ޖޭޑް ހުރެއްޖެއްޔާ މިތަނުގެ ހުރިހާ ފާރަވެރިންގެ ދުވަސް ދުއްވާލުމަކީ އުނދަގޫ ކަމެއް ނޫން…” ޔޫކޯ އޭނާގެ ޚިޔާލު ފާޅު ކުރި އެވެ.

“ހޫމް… ތިވެސް ވެދާނެ ކަމެއް…” ޝައްކެއްގެ މަތީހުރެ ޝެރިން ބުނެލީ އިތުރަށް ޔޫކޯ އާއި މިޒޫކީ ގާތު އެކަމާ ވާހަކަ ދައްކަން ބޭނުން ނުވީމަ އެވެ.

 

………………………….

 

“އެކަކު އެއްއަޑެއްވެސް ލައްވައިގެނެއް ނުވާނެ!” މިކްޔާލް އެންމެނަށް އަމުރުކުރި އެވެ. އޭނާ ގާތު ޔައިނާއި، ޖޭޑާއި، އިތުރު ދެގާޑުން ތިއްބެވެ. އެމީހުން ތިބީ ރޮބިންގެ ކޮޓަރީ ތެރޭގަ އެވެ. ނުހަނު ވަރުގަދަ ހަނގުރާމައެއް ކޮށް ނިންމާފައި އައިހެން ހުރިހާ އެންމެންގެވެސް މޫނާއި ގައިގެ އެތަންމިތަން ވަނީ ކުޑަކޮށް ދުޅަވެ، ނޫފައިގެންފަ އެވެ. އެއީ ޝެރިނާއި ވަކިވި ހިސާބުން އެމީހުންނާއި ދިމާވި ފާރަވެރިންތަކާއި ހަނގުރާމަ ކުރުމުގެ ނިޝާން ތަކެވެ.

“ހިނގާ ނިކުންނަމާ!” މިކްޔާލް އަވަސް އަވަހަށް މިހެން ބުނުމުން އެންމެން އެކޮޓަރިން ނިކުތީ ކާމިޔާބުގެ ހިނިތުން ވުމަކާއިއެކުގަ އެވެ. ނަމަވެސް އެމީހުންގެ އެކަކު މަދުވުމުގެ ހިތާމައާއި ވެސް އެކުގަ އެވެ.

“ވަރަށް ދެރަކޮށް މިދިމާވީ… ޝެރިން އެގެއްލުނީ އަނެއްކާ…” ކޮޓަރިން ނިކުމެ، މިކްޔާލް ދެފަރާތަށް ބޯހޫރާލަމުން ބުނެލި އެވެ.

“މިދިމާއަށް ދާން ހިނގާ… މަށަށް ހީވަނީ މިދިމާއިންހެން ޝެރިން ދާނީ…” ޔައިން ކުރިމަތީ ފެންނަން ހުރި އަނދިރި ބިންގަރާސް މަގަށް އިޝާރާތް ކުރަމުން ބުންޏެވެ.

މިކްޔާލް ޔައިނާއި ދިމާއަށް ބަލާލަމުން އަވަސް އަވަހަށް ކުރިއަށް ހިނގާގަތެވެ. ފަހަތުން އައުމަށް އިޝާރާތް ކުރަމުންނެވެ.

 

(ދެގަޑިއިރު ފަސް)

“ޝެރިން… އެބަ އިވޭތަ އަޑެއް؟” އެންމެ ފަހަތުގައި ހުރި މިޒޫކީ ބާރުބާރަށް އައިސް ޝެރިންގެ އަތުގައި ބާރަށް ހިފާލި އެވެ.

ފަހަތުން އިވޭ އަޑަށް ޝެރިންމެން ސަމާލުވި އެވެ. އަނެއްކާ މިޖެހުނީ އަނެއް ކަންތަކާ އެވެ. މިއީ ދުވަހަކު ނިމޭނެ ކަމެއް ހެއްޔެވެ؟ އަބަދުވެސް މިޖެހެނީ ކޮންމެވެސް ތަނެއްގަ ހައްޔަރުވެފަ ހުންނާށެވެ. ނަމަވެސް ފެނުނު މަންޒަރަކުން ޝެރިންގެ ހިތް ހީވީ އުދުހިގެން ދިޔަ ހެންނެވެ. އުފަލުން އެދިމާއަށް ދުއްވާގަނެވުނީ އެތަނުގައި ތިބީ މިކްޔާލް މެން ކަމަށްވީތީ އެވެ.

“ޝެރީން!! ބޭބެގެ ޝެރިން!” މިކްޔާލް ޝެރިންގެ ގައިގައި ބައްދާލި އެވެ.

“ޔާލް ބޭބޭ! ޔާލް ބޭބޭ!! ދެން ނުދައްޗޭ!! ޕްލީޒް… ދެން ދުވަހަކުވެސް ޝެރިން އެކަނިކޮށްފަ ނުދައްޗޭ! މިހާރު ވާވަރުވެއްޖެ، މާބޮޑަށްވެސް…. ހިނގާ މިތަނުން ދާން! މަންމަމެން ކައިރިއަށް…” ޝެރިން ރޮމުން މިހެން ބުނިއިރު ޔޫކޯ އާއި މިޒޫކީވެސް ތިބީ ހިނިތުންވެފަ އެވެ.

“އާން…. ދެން މިހާ ހިސާބުން މިކަންތައް މިނިމުނީ… ބައްޕަ އާ ގުޅައިގެން ކަންތައް ހަމަޖައްސައިފިން… ދެން ލަހެއްނުވެ އަހަރެމެން ސަލާމަތްވާނެ އިންޝާﷲ!” މިކްޔާލްގެ އަޑުގައިވި އިތުބާރުގެ ބޮޑުކަމުން ޝެރިން ނުހަނު ހިތްހަމަ ޖެހުނެވެ.

 

ގަޑިއިރެއްގެ ތެރޭގައި އެބޮޑު ބިންގަރާހުގެ ތެރެއިން އެމީހުންނަށް ނިކުމެވުނެވެ. ވަރުބަލި ކަމާއިއެކު، އެހެނަސް ހިތްވަރާއިއެކު އެމީހުން ވަށައިގެންވާ ތަނަށް ނަޒަރު ހިންގާލި އެވެ. އެއީ އަނދިރި ގޮޅިއެއް ކަހަލަ ތަނެކެވެ. އެތަނުގެ އެއްފަރާތެއްގައި މައްޗަށް އެރޭނޭހެން ރޯނު ހަރުގަނޑެއް ހުއްޓެވެ. ފަހަރަކު މީހެއް އެފުންމިން ނޭނގޭ ވަޅުގަނޑެއް ކަހަލަ ތަނުގެ ތެރެއިން، މައްޗަށް އެރެން ހުރި ދަގަނޑު ހަރުގަނޑުގެ އެހީގައި އަރަން ފެށިއެވެ. އެންމެ މައްޗަށް އަރާފައި ފޭބުނީ ކުޑަ ކޮޓަރިއަކަށެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުރި ދެރަދެރަ އެނދަކާއި، ކަނުގައިހުރި މަކުނުވާ ޖަހާފައިވާ އަލަމާރި ފިޔަވާ އެހެން އެއްޗެއް އެތަނުގައެއް ނެތެވެ. އެނދު ހުރީ އެއްފަރާތަށް ޖައްސާފަ އެވެ. ދެންމެ ނިކުމެވުނު ‘ވަޅު’ ހުރީ އެއްފަރާތަށް ޖައްސާފައި ކަން ޝެރިނަށް އެނގުނީ މިތަނަށް ކުރިން އެއްފަހަރު އައިސްފައިވާތީ އެވެ.

ޝެރިން ހިނގާގަތީ ކުރިމަތީ ހުރި ބޮޑު ތަޅު އަޅުވާފައިހުރި ލަކުޑި ދޮރާއި ދިމާއަށެވެ. ދޮރު ހުރީ ވަރަށް ދެރަކޮށް ކަމުން އެމީހުންނާއިއެކު އައިސް ހުރި ދެގާޑުންގެ ކުޑަ މަސައްކަތަކާއިއެކު ދޮރު ވައްޓާލައިފި އެވެ. ވަރަށް ހަމަޖެހިލާފައި މިކްޔާލްމެން ކޮޓަރިން ނިކުމެގެން އަންނަނިކޮށް އެރެވުނީ މުސްކުޅި އަންހެނެއްގެ ކުރިމައްޗަށެވެ.

“މިއީ… މިއީ ކާކު؟” މިކްޔާލް މިހެން އެހިއިރު އޭނާގެ މޫނުމަތިން ހައިރާންކަން ފާޅުވެވި ހުއްޓެވެ.

“ނޭނގޭތަ މަށެއް؟ ތިޔަ މީހުން ކުޑަކުދިން އެތެރެ ކުރުމަށް ބޭނުން ކުރާ ވަސީލަތެއްނު އަހަރެންމީ…” އެއަންހެން މީހާގެ އަޑުގައި ހިތާމައާއި އުދާސްކަމުގެ އިތުރުން ހިތްހަމަ ނުޖެހުންވެސް އެކުލެވިގެންވެ އެވެ.

“ނޫނޭ ދައްތާ… މީ އެތަނުން ފިލައިގެން އުޅޭ ކުދިންކޮޅެއް…” މިކްޔާލް ޝެރިންމެންނާ ދިމާއަށް ބަލާލަމުން ބުންޏެވެ. އޭރުވެސް އޭނާގެ ހައިރާން ކަމަކަށް ބަދަލެއްނާދެ އެވެ. “އަހަރެމެން މިއައީ މިކުދިން ސަލާމަތް ކޮށްގެން… އަދިވެސް ގިނަ ޢަދަދަކަށް ކުޑަކުދިން ހައްޔަރުވެފަ އެބަ ތިބި…. އަހަރެމެން މިއުޅެނީ އެކުދިންވެސް ސަލާމަތްކުރަން ވެގެން…”

“މިކުދިން ކިހިނެތް ސަލާމަތް ކުރީ؟ އެ ރޮބިން އަކީ ޖާހިލެއް… ނުބައި ކަމުގެ އިންތިހާ… މަށަށް ބިރުދައްކައިގެން އަހަރެންގެ ގޭތެރެއިން ސިއްރު މަގެއް ހެދީ.. އެމީހުން އެކުދިންނަށް ވަރަށް އަނިޔާ ކުރޭ… މަ ހިތަށް އަރާ އެއީވެސް އިންސާނުންބާއޭ… އެކަމަކު މިއަދު ދައްތައަށް ހިތްވަރެއް ލިބިއްޖެ… ތިކުދިންގެ ހިތްވަރުން މަދު ކުއްޖެއް ނަމަވެސް އެ ތަނުން ސަލާމަތް ކުރީތީ… ހުރިހާވެސް ޝުކުރެއް ހެއްދެވި ފަރާތަށް…! ދައްތަ އަށް ކޮށްދެވޭ ވަރުގެ ކަމެއްނަމަ ކޮށްދޭނަން… ތިޔަ ކުދިން ބޭނުން ވަނީ ކޮންކަމެއް؟” އެމުސްކުޅިޔާ އެހެން ބުނިއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެ އެވެ.

“މިގޭގަ އެބަހުރިތަ ފޯނެއް؟” ޔައިން އެއްސެވެ.

އެހެން ބުނުމާއިއެކު އެއަންހެން މީހާ އަވަސް އަވަހަށް ބޯހޫރާލި އެވެ. “އެއީވެސް މަށަށް މަނާއެއްޗެއް… އަހަރެން ސިފައިންނަށް ގުޅާފާނެތީ އެމީހުން އަހަންނަށް އެފަދަ އެއްޗެއް ބޭނުން ކުރުމުގެ ހުއްދައެއް ނުދޭ…” އޭނާ ބުންޏެވެ.

“ދައްތަ އަށް އެހެންވީއިރު އެނގޭތަ މިއީ ކޮން ހިސާބެއްކަން؟” ޝެރިން އެއްސެވެ.

“މީ ބަރލިންގެ ކުޑަ އަވަށެއް… އެންމެ މީހުން ނޫޅޭ އެއް ހިސާބު މީ… ޕްރެންޒިލާ ބާގްގެވެސް އެންމެ ފަޤީރު ސަރަޙައްދު…” އެއަންހެން މީހާ ޖަވާބުދިނެވެ. “އަން… ތިކުދިން އަތުގަ ބާއްވާ މި ފައިސާކޮޅު. ދައްތަ ދިން އެއްޗެއްމި.. ރަނގަޅު ކަމެއް ކުރާނަމަ ދައްތަގެ އެއްބާރުލުން ވެސް ލިބޭނެ އެނގޭ.”

“ދައްތަ ހާސް ނުވޭ އެނގޭ… އަހަރެމެން ވަރަށް އަވަހަށް މިކަންތައް ނިންމާލާނަން…” މިކްޔާލް މިހެން ބުނެފައި އެއަންހެން މީހާއަށް ވަރަށް ހިތްވަރު ދިނެވެ. އެއަށްފަހު އެންމެން މަގުމަށްޗަށް ނިކުމެލި އެވެ. ހީވީ ދުނިޔޭގެ ވައިފެން ނުލިބި އެތަށް ޒަމާނެއް ވަންދެން އުޅެވުނު ހެންނެވެ. ތާޒާ ފިނިފިނި ވައިރޯޅިތައް އެމީހުންގެ ހަށިތަކުގައި ޖެހިލުމުން އެތަށް ދުވަހަކަށްފަހު ފިނިކަންވެސް އިޙުޞާޞް ކުރެވިއްޖެ އެވެ.

ޝެރިންމެން މަގުމަތީހުރެ އެގެއަށް ބަލާލި އެވެ. ކުޑަވަރެއްގެ ގެއަކަށެވެ. އެއީ އާދައިގެ ރަތް ފުރާޅެއް ލާފައިވާ، ގޯތި ތެރޭގައި ވިނަ ހައްދާފައިވާ ގެއެކެވެ. ތަފާތަކީ، އެގޭގެ ވިނަގަނޑުގެ ދެފަރާތުގައި އަބަދަށް ފެހިކޮށް ހުންނަ ކަހަލަ ގަސްތަކެއް ހައްދާފައި ވާކަމެވެ.

މިކްޔާލްމެން ގެނައި ވޯކީޓޯކީ އާއި ފޯނުތައް ވަނީ ޒަމާން ވެގެން ހަލާކުވެފަ އެވެ. އެހެންކަމުން ތަންކޮޅެއް ދުރަށް ގޮސްފައި، އެންމެ ފުރަތަމަ ވެސް އެޅުނު ޓެލެފޯނު ސާވިސް އިން މާލެއަށް ގުޅި އެވެ. އަދި ސުޖާޢުއަށް ކަންތައް ކުރަންވީ ގޮތާއި، އެމީހުން މިހާރު ތިބި ހިސާބު ކިޔާދިނުމަށްފަހު ބޭއްވި އެވެ.

އެއަށްފަހު ކައިރީ ހުރި ކުޑަވަރެއްގެ ރެސްޓޯރަންޓަކުން ކައިލައިގެން ނިކުމެ އެތަނުގައި މަޑުކުރި އެވެ.

ގާތްގަނޑަކަށް ހަތަރުވަރަކަށް ގަޑިއިރު ތެރޭ ޕޮލިސް ކާރެއް އެއްކަލަ ކުޑަ ގޭކައިރިއަށް ޕާކު ކޮށްފި އެވެ. އަދި މިކްޔާލްމެން ގާތުން މަޢުލޫމާތު ސާފުކޮށްފައި، އެގެއަށް ވަދެގަތެވެ. އޭރު މިޒޫކީ އޭނާ ފޮރުވައިގެން އުޅުނު ރޮބިންގެ ޖަރނަލްވެސް ޕޮލިހުންނާ ހަވާލުކޮށްފި އެވެ.

މިކްޔާލްމެން ޤައުމަށް ގެނެސްދިނުމަށްފަހު ތަޙުޤީޤު ކުރިއަށް ދިޔަ އެވެ. މިހާރު އައިރިސް ޕްރައިވެޓް ލިމިޓެޑް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ރޮބިންގެ ކޮޓަރީގައި މިކްޔާލްމެން އީދަ ގޭސް ބޭނުންކޮށްފައި ހުރުމުން ރޮބިން ވަނީ ހޭނެތިފައި އޮއްވާ ހިފަހައްޓާފަ އެވެ.

 

………………………………….

ހެންވޭރު ގަރޑަން ވޭލީއަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ކާކޮޓަރީގައި ގިނައިރު ނުކޮށް ކައި ނިންމައިގެން އެންމެން އެރީ ޓެރަސް މައްޗަށެވެ. މިގޭގެ ޓެރަހަކީ ކުޑަވަރެއްގެ ބަގީޗާއެއް ކަހަލަ ތަނެކެވެ. ކުލަކުލައިގެ މާގަސްތައް އެބޮޑު ބެލްކަނީގައި އަތުރާލާފައިވާއިރު މީހަކު ހައިރާންވެ، އާޝޯޚުވެދާނެ އެވެ. ބެލްކަނީއަށް ނިކުމެވޭއިރު ފެންނަނީ މަޑު ފެހި ކުލައިގެ ލޭސްފޮތިގަނޑެއް އަޅާފައިވާ ވަށް ބިއްލޫރި ކޮފީމޭޒެކެވެ. މަޑު ޕީޗް ކުލައިގެ މުށި ޖަހާފައިވާއިރު ބެލްކަންޏަށް އަލިވަނީ ދިއްލާފައިވާ މަޑު ފެހި ކުލައިގެ އަލިންނެވެ. ޓެރަސް ތެރޭގައިވެސް ވަނީ މަޑު ޕީޗްކުލައެއްގެ މުށިޖަހާފައެވެ. އެއްފަރާތެއްގައި ހުރި ގުރާކޮށި ވެސް އެބޮޑު އާއިލާގެ އުފަލުގައި ބައިވެރިވަނީ ކަންނޭނގެ އެވެ. ގުރާ ތަކުގެ އަޑުން މާޙައުލު އިތުރަށް ހަލަބޮލި ކޮށްފި އެވެ. އެއުފާވެރި މާޙައުލަށް އިތުރު ދިރުމެއްވެސް ލިބެ އެވެ. ބެލްކަނީ ފިނި ކަމުން އެންމެން ތިބީ ޓެރަސްތެރޭގަ އެވެ. އާއިލީ އެއްވުމެކެވެ. ވަރަށްވެސް އުފާވެރި އެވެ. މުޅި މާހައުލު އެއްވަސްވެފައިވަނީ ލެވެންޑާ އުއްބައްތީގެ މީރުވަހުންނެވެ. މިގޭގައި އެއާ ފްރެޝްނަރ ފަދަ ޤުދުރަތީ ނޫން އެއްޗެހި ބޭނުމެއް ނުކުރެ އެވެ. ޝެރިންމެން އަނބުރާ އައުމުން އެއެންމެނަށްވެސް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ދިނާޔާ އާއި ސަޢުދިއްޔާވެސް ތިބީ އުފަލުން މޮޔަވެފަ އެވެ. ފަސް އަހަރަށްފަހު ހުރިހާ އެންމެން އެއްތަން ވުމުން އެހެންމެނަށްވެސް ލިބިފައިވަނީ ދުލުން ގަލަމަކުންވެސް ބަޔާން ނުކުރެވޭހައި ބޮޑު އުފަލެކެވެ. އެއުފާ ދެގުނައަށް ބޮޑުވީ ކުޑަކުޑަ ކައިލާން ހުރުމުންނެވެ. އެތުއްތު ފުރާނަ ލުކީމިޔާގެ ޝިކާރައަކަށް ވެފައިވި ނަމަވެސް، ޝެރިނާއި މިކްޔާލް ފެނުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ޖާވިން (ޖޭޑް)ވެސް އެމީހުންގެ އާއިލާ މެންބަރެއްގެ ގޮތުގައި ބަލައިގަތެވެ. މިކަމާ ޝެރިން ވާންވީ އުފާ ކަމެއް، ކުރަންވީ ހިތާމަކަމެއް ނޭނގުނެވެ. އެނގޭ ކަމަކީ ޖޭޑަކީ އޭނާގެ ބޭބެކަން ރޮބިންގެ ފަރާތުން އެނގުނު ދުވަހުންފެށިގެން އޭނާގެ ހިތް ކުދިކުދި ވެފައިވާ ކަމެވެ. ދެން ދުވަހަކުވެސް އެހިތަށް ފުރިހަމަ ހިތްހަމަ ޖެހުމެއް ނުލިބޭނޭ ކަމެވެ.

 

އައިރިސް ޕްރައިވެޓް ލިމިޓެޑްގެ މައްސަލަ ތަހުޤީޤުކޮށް ނިމި، ބަޔާން އިއްވުމުން، އެންމެންގެ މޫނުމަތިންވެސް ކަރުނައިގެ އަސަރު ފާޅުވެވި ހުއްޓެވެ. އެއީ ހިތާމައާއި ހިތްދަތި ކަމުގެ ކަރުނަ އެއް ނޫނެވެ. މޮޅިވެރިކަމާއި، ބަދުނަސީބުގެ ކަރުނައެއްވެސް ނޫނެވެ. އަދި އުދާސް ކަމާއި ހާސްކަމުގެ ކަރުނައެއްވެސް ނުމެނޫންމެ އެވެ. އެއީ އެތަށް ޒަމާނަކަށްފަހު ތުއްތު އެތަށް ފުރާނައަކަށް މިނިވަންކަން ލިބުމުން ކުރެވޭ އުފަލާއި، ޝުކުރުގެ ކަރުނަ އެވެ. އެތަށް އަހަރަކަށްފަހު މައިންބަފައިން ގާތަށް ދެވޭކަމުގެ އުފަލުގައި އޮހެމުން ދާ ކަރުނަ އެވެ.

ތަޙުޤީޤުން އެނގުނު ގޮތުގައި ރޮބިން އަކީ މީގެ ތިރީސް އަހަރު ކުރީން ފަށައިގެން ކުޑަކުދިން ލައްވާ މަސައްކަތް ކުރުވަމުން އައި މީހެކެވެ. އޭނާގެ މަޤުޞަދަކީ އޭނާގެ ދަރިފުޅުގެ މަރުގެ ބަދަލު ހިފުން ކަމުގައި ވިޔަސް، މިއީ އެކަމަށް އެންމެ އެކަށޭނަ ނިންމުމެއް ނޫންކަން ކޯޓުން ނިންމި އެވެ. އަދި ރޮބިންގެ ކޮމްޕެނީ އިން ދެކުޑަކުދިން މަރާލާފައިވާ ކަމަށްވެސް ހެކި ލިބިފައިވެ އެވެ. މީގެ އިތުރުން މިކްޔާލްމެންނަށް އެމީހުންގެ ނަސްލު އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަމަށް ރޮބިން އަމިއްލައަށް އިޢުތިރާފް ވުމުން މިކްޔާލްމެންނަށްވެސް ލިބުނީ ކުއްލި ޝޮކެކެވެ. އެހެންވީމާ އޭގެ މާނައަކީ ޖޭޑަކީ ޝެރިންގެ އެއްބަނޑު އެއްބަފާ ބޭބެއެއް ނޫންކަމެވެ.

މިފަދަ ކިތަންމެ އޮޅުން ބޮޅުމެއް ފިލާ ސާފުވެއްޖެ އެވެ. ރޮބިންގެ ލާއިންސާނީ އަނިޔާދޭ ކުންފުނި ބޮއިކޮޓް ކޮށްފި އެވެ. އެތަށް ކުޑަކުދިންނެއް ސަލާމަތްވެ، އެތަށް ބަޔަކަށް ރައްކާތެރިކަންވެސް ލިބިއްޖެ އެވެ. އަދި ޖަރުމަންގައި ހުންނަ ކުޑަ ގޭގައި އުޅެމުންދާ މުސްކުޅި އަންހެން މީހާގެ ބަޔާންވެސް ފުލުހުންނަށް ހުށަހަޅައި، ނިންމައިފި އެވެ.

 

………………………………………..

“ޝެރިން… އަހަރެން ވާހަކައެއް ބުނަން ވެފަ އެބައޮތް…” ޔައިން ޝެރިނާއި ވާހަކަދެއްކީ ގަރޑަން ވޭލީގެ ކުރިމަތީ ހައްދާފައިވާ ބަގީޗާ ތެރޭ ހުރެގެންނެވެ. ވަގުތަކީ ހަވީރުގެ ވަގުތު ކަމުން މުޅި ތަނަށް އިރުގެ ރަން ދޯދިތައް ފެތުރިފައިވަނީ ވިދަވިދާ އޮތް ސާލެއް ފަދައިންނެވެ. މާމަލުގެ މީރުވަސް މުޅި ފަޒާގައި ފެތުރިފައިވެ އެވެ.

“ކޮން ވާހަކައެއް؟” ޝެރިން އޭނާގެ އިސްތަށިގަނޑުގައި ފިނިފެންމަލެއް އަމިއްލައަށް ހަރުކުރަން މަސައްކަތް ކުރަމުން އެހި އެވެ. އެވަގުތު އެ މާ ޝެރިންގެ ފަންފަން އިސްތަށިގަނޑުގައި ބީހިލާފައި ބިންމައްޗަށް ވެއްޓިއްޖެ އެވެ.

އެވަގުތު ޔައިން ފުރަގަހުން އައިސް ޝެރިންގެ ގައިގައި ބައްދާލި އެވެ. ދުވަހަކު މިފަދަ ކަމަކަށް ހީނުކޮށް ހުރި ޝެރިނަށް ލިބުނީ ހައިރާން ކަމެވެ. މަޑުމަޑުން ހުރެ، ޔައިނާއި ދިމާއަށް އިސްއުފުލާލި އެވެ. އެވަގުތު ޔައިން، ޝެރިން އަތުން ވެއްޓުނު ފިނިފެންމާ ޝެރިނަށް ދިއްކޮށްލި އެވެ.

“ޑް ޔޫ ސްޓިލް ލައިކް ހިމް؟” ޔައިންގެ މިސުވާލުން ޝެރިން ސިހިފައި ޔައިނާއި ދިމާއަށް އެނބުރިލީ އެބުނި އެއްޗެއް ނަގައެއް ނުގަނެވުނޭ ބުނާ ކަހަލަ ގޮތަކަށެވެ.

“މިބުނީ… ޝެރިން އަދިވެސް އޭނަ ދެކެ ލައިކް ވޭހޭ؟” ޔައިން ކުރިއަށް ވުރެން މަޑުން ބުނެލި އެވެ.

“ހޫ؟” ޝެރިނަށް މިހެން ބުނެވުނީ ފުން ނޭވާއަކާއިއެކުގަ އެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ގެންދިޔަ އެވެ. ޔައިން އެކަހަލަ ވާހަކައެއް އެދައްކަނީ ކީއްވެގެން ހެއްޔެވެ؟ ގައިމު މިއިން ދުވަހަކު އެކަހަލަ ވާހަކައެއް ނުދައްކަ އެވެ.

“ދަ ބޯއި ވިތް ދަ ހޭޒަލް އައިސް… ދަ ބޯއި ފްރޮމް ދަ ކޮމްޕެނީ…” ޔައިން މިފަހަރު ބުނީ ވައި އަޑަކުންނެވެ.

ޝެރިނަށް އަވަސްއަވަހަށް އިސްޖަހާލެވުނެވެ. ހަޤީޤަތަށް ބުނަންޏާ އޭނާއަކަށް ދާންވީ ދިމާލެއް ނޭނގެ އެވެ. ޖޭޑަކީ ރަނގަޅު ކުއްޖެކެވެ. އޭނާ ވަނީ ޝެރިނަށް އެތަށް ގޮތަކުން ހިމާޔަތް ދީފަ އެވެ. އެކުންފުނީގެ އެތަށް ގަވައިދެއް ވަނީ ޝެރިނަށްޓަކައި ފުނޑުފުނޑު ކޮށްލާފަ އެވެ. އަދި އޭގެ ސަބަބުން އޭނާ އަމިއްލަ އަށްވެސް ވަނީ އަދަބު ލިބިގެންފަ އެވެ. ނަމަވެސް ޔައިނަކީވެސް ހަމަ ނުހަނު ރަނގަޅު ކުއްޖެކެވެ. ޝެރިން އެންމެ ކުޑައިރުންސުރެން ފެށިގެންވެސް އެކުގައި އުޅެމުން އައި ދެ ރަޙުމަތްތެރިންނެވެ. ދުވަހަކު ޝެރިނަށް ގޯނާ ކޮށްފައެއް ނުވާނެ އެވެ. އެއީ ހެޔޮ އެދޭ ރަނގަޅު ރަޙުމަތްތެރިއެކެވެ. ނަމަވެސް ޝެރިނަށް މިދެމީހުންނާއިމެދު ތަފާތު އިޙުޞާޞްތަކެއް އުފެދުނީ އޭނާއަށް ނުވެސް އެނގި އެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟ އެއްފަހަރާ ދެމީހަކު ދެކެ ލޯބިވެވިދާނެ ހެއްޔެވެ؟ އެއީ ހަމަ ވާނޭ ކަމެއް ހެއްޔެވެ؟ ޝެރިނަށް ދެލޯމަރާ ބާރުކޮށްލެވުނެވެ.

26
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Faxoo

Other Articles

Previous

މަންމަވެސް ލޯބިވަން ދޯއެވެ؟؟

Next

ފޮހެވޭނޭ ބާއޭ… 49

Next
January 2, 2016

ފޮހެވޭނޭ ބާއޭ… 49

Previews
January 1, 2016

މަންމަވެސް ލޯބިވަން ދޯއެވެ؟؟

21 Comments

  1. Faxoo says:
    January 1, 2016 at 11:09 pm

    hey guys! here’s the next part! 😀 after a looooooong time, huh? ehenve mifaharuge part dhigu kofa innaany.. >v< thanks ans enjoy 😉 😉

  2. Ryn says:
    January 1, 2016 at 11:23 pm

    omg faxu vrh vrh salhi mi prt.. n tht kailaan sooo cute alheyy heheheh.. vh rythi ingey..<3 n vh dhuvas khlaafa dhw missd u… hehehe… tc 😉 😉

    1. Faxoo says:
      January 3, 2016 at 5:36 pm

      aw thats so sweer Ryyn dear!! 😀 😀 i am sooooo happy to see ur comment! thanks! <3

  3. aroo says:
    January 2, 2016 at 6:26 am

    Kurin jade sherin aa dhimalah bunyehnu jade ey sherin hoadhaign e company ah genaee..ekyhvegentha

    1. Faxoo says:
      January 3, 2016 at 5:37 pm

      ohh you are such a wonderful reader 😉 hama thi aa gulhey bai thah dhen oi baiga annaany vx! good guess 😀 😉 dhen othy emme fahu bai

  4. mice says:
    January 2, 2016 at 6:53 am

    Varah reehi mi prt vex

    1. Faxoo says:
      January 3, 2016 at 5:37 pm

      thanks Mice 😀

  5. Lol ? says:
    January 2, 2016 at 9:22 am

    Nice

    1. Faxoo says:
      January 3, 2016 at 5:38 pm

      oh thanks! ?

  6. Kai says:
    January 2, 2016 at 10:40 am

    Nice 😛 😛 varah kiyaa hithun kiyan indhaa e nimunee 😉 heheheh oh finally sherin men save vee dw 🙂 when is that next prt

    1. Faxoo says:
      January 3, 2016 at 5:41 pm

      really? ? thanks!
      yaa Sherin men vx abadhaku hayya ru vefa eh nuhunnaane ehnu dhw 😉 thanks for the comment Kai

  7. maahish? says:
    January 2, 2016 at 10:44 am

    Nice…adhi nunimeyy dhw

    1. Faxoo says:
      January 3, 2016 at 5:51 pm

      yes Maahish 😉 adhi eba oi eh bai 🙂 thanks for the comment varah bodu koh 😉

  8. nuzoo says:
    January 2, 2016 at 8:25 pm

    haadha lahey dhw up keraaleh… dhn thankolheh makah kamey hithaigen kuriyah gendheba plz… vahaka reethi but reders wait kuraa kan hithah araigen than kolheh avas kollan feney

    1. Faxoo says:
      January 3, 2016 at 5:54 pm

      awwnn.. i am so sorry… 🙁 but as u know, Alevel ge jan exam kairivaathy las vany. but next part is the last part… so i am trying my best to make it faster… thanks anyway, Nuzoo! 😉

  9. raiya says:
    January 2, 2016 at 9:21 pm

    V rythi faxoooo masha Allah

    1. Faxoo says:
      January 3, 2016 at 5:57 pm

      oh thanks Rai! 😉 and i hope to see a story frm u too 😉

  10. Ah dong sung says:
    January 3, 2016 at 8:01 pm

    Varah hadivaane meethi dhn avahah nihmaafiyya
    Dhn enme reethi vaany sharin aai yain aai jeydu ge luv story genesdhineema

  11. nuzoo says:
    January 4, 2016 at 9:06 pm

    kihineh mivanee?? v kuru koffa huri hen feel vanee…. avahah nimman beynun vegen liyefa huri hen heevanee…. eyoh hurihaa dhuvahu thafseelu kon genessa hama kulli akah kuru kollafa v fohivey thigothah selfish kon liyanyya… huh

    1. Nuxu says:
      January 6, 2016 at 11:19 pm

      hey nuzoo ge namuga comment koffa mi in myyhaa ah bunelan othy fohi vanya geyga onnaashey kommehen mi vaahaka yah comment nukuraashey. dhen ma vx varah foohi vey thiya myyhaa thihen bunyma. mostly because this is my favourite story and sherin is also my best friend 😉 thanks Faxoo for the lovely story <3

  12. Faxoo says:
    January 12, 2016 at 1:52 pm

    thanks hurihaa kudhinnah varah bodah 😀

Comments are closed.

All Right Reserved!