ނީމް 4
ނާޒިމާއަށް ހީވީ އޭނާގެ މެއަށްމީހަކު ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. ދެލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ. ނަމަވެސް އޭނާހިތްވަރު ކުރާނެއެވެ. މިއޮއްހާ ދުވަހުވެސް ހިތްވަރުކުރީއެވެ. ދެންވެސް ހިތްވަރު ކުރާނެއެވެ. އޭނާގެ ލޯބިވާ ދަރިފުޅަށް ޓަކައެވެ.
ނީމް ހޭއެރީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ. ހޭއެރުމުން ޑޮކްޓަރު ނާޒިމާ ގާތު ވަނުމަށްބުންޏެވެ. އެތެރެއަށް ވަތްއިރު ނީމްގެ މުޅިގައިވަނީ ބެންޑޭޖް ކޮށްފައެވެ. ނާޒިމާ ނީމްއަށް ގޮވާލުމުން ނީމް ރޯންފެށިއެވެ. ނާޒިމާ ވަރަށް ހިތްވަރުކޮށްފައި ދަރިފުޅަށް ނަސޭހަތް ދިނެވެ. އަދި ދެރަވާން ނުޖެހޭ ކަމަށާއި، އަހަރުމެންނާއިއެކު ވޮޑިގެންވާ ފަރާތެއް ވާކަން ހަނދާންކޮށްދިނެވެ. މިގޮތުން ނީމް ހިތްހަމަ ޖައްސައިދިނެވެ. އަދި ނީމްގެ އުފަލަށްޓަކައި ޒީޝް އެތަނަށް ވެއްދިއެވެ. ޒީޝްވެސް ނީމްގެ ހިތްހަމަ ޖެއްސުމަށްޓަކައި ނީމް އާއި ޖެއްސުންކޮށް މަޖާކޮށް ހެދިއެވެ.
ޑޮކްޓަރު ބުނިފަދައިން ނީމް ބޮޑުވަމުން އައީ ލޮލުގެ ފެނުމުން މަޙްރޫމް ވެފައިވާ ކުއްޖެއްގެ ގޮތުގައެވެ.ނަމަވެސް އޭނާގެ ރީތިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.ފަންދިގު އިސްތަށިގަނޑާއި، ދޮންމޫނުގައިވާ ޖާދޫއެށްފަދަ ރީތިކަމަށް ޒީޝް އަބަދުވެސް ތަޢުރީފް ކުރެއެވެ. ނީމްއަށް ބަލާލާފައި އެއްވެސް ވަރަކަށް އެއީ ލޮލަށް ނުފެންނަ ކުއްޖެއްހެނެއް ހިޔެއްނުވެއެވެ. ނީމްގެ މަންމަ ނީމްއަށް ފަރުވާދޭން ވަރަށް ބޭނުންވެއެވެ. ނަމަވެސް ބޭރަށްގޮސްގެން ފަރުވާދެވޭހާ ތަނަވަސްކަން ނެތުމުން ކެއްތެރިކަމާއި އެކު އުޅެމުންދަނީއެވެ. ވަރުގަދަ ހިތްވަރަކާއި، ޢޒުމަކާއި އެކުއެވެ. އޭނާގެ އަބަދުގެވެސް ދުޢާ އަކީ އޭނަގެ ދަރިފުޅުގެ ލޮލަށް އަލިކަންލިބުމެވެ.
މިޙާރު ނީމްގެ ޢުމުރުން 18 އަހަރު ފުރުނީއެވެ. އެއަނދިރި ދިުނިޔޭގައި އުޅެން އޭނާއަށްވަނީ އާދަވާން ފަށާފައެވެ. އޭނާގެ މަންމަ ތަކެތި ގެންގުޅުމުގައި ތަރުތީބުކަމުން އޭނާއަށް ވަރަށް ފަށޭހައެވެ. މަންމަގެ އެހީއަކާއި ނުލާވެސް ފާޚާނާއަށް ގޮސް ފެންވަރާ ރީތިވެ ހަދަނީ އަމިއްލަޔަށެވެ. ނާޒިމާވަނީ ގޭތެރޭގެ ހުރިހާ ކަމެއް ނީމް އަށް ފަސޭހަވާނެ ގޮތައްބަދަލު ކޮށްފައެވެ. ޒީޝްވެސް އަދި އޭނާގެ ޢާއިލާ ނާޒިމާ އަށާއި ނީމްއަށް ވަރަށް ހެވެއެވެ. އެމީހުންގެ އެހީތެރިކައާއި އެކު ނީމް އާއި ނާޒިމާއަށް އައީ ހިތްހަމަ ޖެހުންލިބެމުންނެވެ.
އެއްދުވަހެއްގެ ހަވީރެވެ. ޒީޝް ވަރަށް ބާރަށް އައިސް ނީމްގެ ކޮޓަރިއަށް ވަނެވެ. އަދި ވަރަށް ބާރަށް އަވަސް އަވަހަށް ނޭވާލަމުން ބުނެލިއެވެ. “މިއަންނަ އަންގާރަ ދުވަހަކީ ބޮޑުޢީދުގެ ފުރަތަމަ ދުވަހެއްނު ދޯ،،،، ވަރަށް ކަންތައްތައް އޮވެޔޯ މިރަށުގަ….. އިނގޭތަ މާލެއިން ބަޔަކުވެސް އާދެޔޯ….. ” ޒީޝް އުފަލާއި އެކު ވާހަކަ ދައްކަމުން ދިޔަނަމަވެސް ނީމް އަކަށް އެއްވެސް އުފަލެއް ނުލިބެއެވެ. ނީމް އަނގައިން ނުބުނުމުން ޒީޝް ދެރަވެލާފައި ބުންޏެވެ. “ކީއްވެތަ އެއްޗެއް ނުބުނީ؟ ” އެވަގުތު ނީމް ބުންޏެވެ. “ތިކަމުގައި އަހަރެން ބުނާނީ ކީކޭ؟ ތިކަމުގައި އަހަންނަށް ލިބޭނެ އެއްވެސް އުފަލެއް ނޯންނާނެ….. އެއްވެސް ތަނެއް އަހަންނަކަށް ނުފެނޭ…. “މިހިސާބަށް ބުނެވުމާއިއެކު ނީމްއަށް ރޮވިއްޖެއެވެ.
8 Comments!
Comments are closed.

ހާދަ ކުރޭ.
މާ ލަހީ އަޕް ކުރާލެށް……..
ހަބޭސް
ކޮންއިރަކު އަނެއް ޕާރޓް އަޕްވަނީ؟؟؟/
knirakun anehbai up kohdheny
varah reeethi 🙂
Reethi viyas up eh nukurey… mihaaru miogen muskulhivany inthizaaru kuramun gos…up nukurevenyaaves bunan vaaneynun….
Shiya dhuniyeaga nethytha???
Saabas hama…nuninmenyaa keekuran liyani??? U r right sal…..