Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

..ހާދައޭ ބޭނުމީ ކަލާ.. ( ހަވަނަ ބައި )

suha Level 110 Stories
November 27, 2015 6 Mins Read
20 Comments

ތުންފަތުގައި ގަލަމުގެ ކޮޅު ޖައްސައިލައިގެން ކޮމްޕްއަށް ބަލަހައްޓައިގެން އިން ޒައިން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އައިރީންއަށް މި މަންޒަރު ފެނުމުން ސިއްސުވައިލައިހިތް ވިއެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުންދިޔަ އައިރީންގެ ފިޔަވަޅުތައް ހުއްޓުނީ ސްކްރީންއިން ފެންނަމުންދިޔަ ފޮޓޯތަކަކުންނެވެ. ” ވަޓް..؟ ” ހައިރާން ވެފައިހުރި އައިރީންއަށް އަދިވެސް ހުރެވުނީ ހަމަ އެހުރި ގޮތަށެވެ. ފަހަތް ބަލާލިއިރު ޒައިން އަށް އައިރީން ހުރިގޮތް ފެނުމުން އިތުރަށް ހިތުގައި ޖެހުނެވެ. މި ވީހައި ދުވަހަކަށްވެސް  ޒައިން ހިތުގެ ހާލަތު އައިރީން ކައިރީގައި ބުނެދީފައެއް ނޯންނާނެއެވެ.

 

” ތީ ހަމަ ޒޯރާތަ..؟ ލައިފަ ހުރި ފޮޓޯ.. ޕިސް ޕިސް.. ލަދެއްވެސް ނުގަނޭތަ އަންހެނުންގެ ފޮޓޯ އެފްބީ އަށް އެވައްތަރަށް ލާފަ ހުރިތަން ފެނުނީމަ.. އިއްޔެ ލައިފަ ހުރި ޕިކްތަކެއް ދޯ.. ” ކުޑަކޮއް ކޮމްޕިއުޓަރާއި ކައިރިއަށް ޖެހިލަމުން ރަނގަޅަށް ޑޭޓް ބަލައިލައިފައި ބުނެލިއެވެ.

 

ތެދެކެވެ. މީން ދުވަހަކުވެސް ޒޯރާ އެފަދަގޮތަކަށް ނަގައިފައިހުރި ފޮޓޮއެއް ޒައިން ނުދެކެއެވެ. ވީއިރު އެފްބީއަށް މިހާ ހަޑިކޮށް ނަގައިފައިހުރި ފޮޓޯ ތަކެއް ލާންވީ ކީއްކުރަން ހެއްޔެވެ. ކާކަށް ދައްކަން ހެއްޔެވެ.

 

އަށްވަރަކަށް ފޮޓޯ އެކި ގޮތްގޮތަށް އެއް ފޮޓޮއެއްގައި އަތުރައިލައިފައި ވާއިރު ޒޯރާ ހުރީ ތުނިތުނި ހުދުކުލައިގެ ނިވާކަން ކުޑަ ހެދުމެއް ލައިގެންނެވެ. ތިރިން ލައިފައިހުރި މަޑުނޫ ކުލައަކަށްދާ ޖިންސް ބޮކްސާއެކެވެ. އަނގަ މައްޗަށް އެކި ވައްތަރު ޖައްސަމުން ފޮޓޯ ނަގައިފައި ހުއްޓެވެ. ކޮޓަރި އެނދުމަތީގައި ސެލްފީ ނެގިޔަސް ތަންކޮޅެއް ބޮޑުވަރޭ ޒައިންގެ ހިތަށް އެރިއެވެ.

 

ކޮމެންޓް ތަކަށް ނަޒަރު ހިންގައިލިއިރު ގިނަ މީހުންގެ ކޮމެންޓް ތަކުގައި ‘ ސޯ ހޮޓް، ލުކްސް ލައިކް މޯސްޓް ސެކްސިއެސްޓް ގާރލް އިން ދަ ވޯރލްޑް، ލިބޭނެ ނަމަ ‘ އޭ ޖަހައިފައި ހުރިތަން ފެނުމުން ޒައިންގެ ހިތުގައި ފުރަތަމަ ފަހަރަށް ޒޯރާއާއި ދޭތެރޭ ނަފްރަތު އުފެދުނެވެ. ވާނީވެސް އެހެންތާއެވެ. އަނބިމީހާ އެންމެންތެރޭ މިފަދަގޮތަކަށް  އިސްތިހާރު ވާތަން ބަލަން ހުރެވޭނީ ކާކަށް ހެއްޔެވެ. މޭޒުމަތީ އަތުން ބާރަށް ޖަހައިލި ވަގުތު އައިރީންވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

 

އެއްގޮތަކަށްވެސް ޒައިންއަށް ރަނގަޅަށް މަސައްކަތެއް ނުކުރެވުނެވެ. ވީ އެންމެ އަވަހަކަށް ބޭނުންވީ ގެއަށްގޮސް ޒޯރާ އާއި ދިމާލަށް އެއްޗިހި ކިޔާލާށެވެ. އެވަގުތުވެސް ހިތާއި ހިތުން އެތައް އެއްޗެއް ޒޯރާއާއި ދިމާލަށް ކިޔަމުން ދިޔައެވެ. ގަޑި ޖެހުމާއި އެކު އެންމެ ފުރަތަމަވެސް އޮފީހުން ނުކުތީ ޒައިންއެވެ.

 

ސައިކަލް މަތީގައި ޒައިން އިން އިރު މީހާ އިނީ ރުޅިއައިސްގެން ތުރުތުރު ލައިލައިއެވެ. ސައިކަލް ޕާކް ކޮށްލައިފައި އެނބުރުން ގަޑީ މެއިމަތީ މީހަކުޖެހި ނުވެއްޓުނީ ކިރިޔާއެވެ. އެކުއްޖާގެ އުނަގަނޑުގައި އަތް އަޅުވައިލެވުންކަން އެއީ ނަސީބެކޭ ޒައިންގެ ހިތައް އެރިއެވެ. މޫނުމައްޗަށް އެޅިފައިހުރި އިސްތަށިތައް އެއްފަރާތް ކޮއްލުމަށްފަހު އެކުއްޖާވެސް ސީދާ ބަލާލީ ޒައިންގެ ދެލޮލަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދު ޒައިންގެ ހިތުގައި އެކުއްޖަކަށް ޓަކައި ލޯބި އުތުރި އަރައިގެން ދިޔައެވެ.

 

ކޮނޑާއި ހަމަޔަށް އަންނަ ފަންފަން އިސްތަށިގަނޑުގެ ކޮޅު އޮޅައިލައިފައި އޮތެވެ. އެ އިސްތަށިގަނޑުގައި ވަނީ މެރޫން ކުލައެވެ. އެއް އަރިއަކަށް ފުނާ އަޅައި މަޑު ފިޔާތޮށި ކުލައިގެ ދައްޗެއް ޖަހައިފައި ވެއެވެ. ލޮލާއި ހަމައަށް ނިތްކުރިމަތިން އެއް ފަރާތަކަށް ކޮށައިލައިފައި ވާއިރު އެ މޫނު ފެންނަލެ ވަރަށް ރީއްޗެވެ.

 

” ސާބަސް ޒައިންއަށްވެސް.. ކިރިޔާއޭނުން ނުވެއްޓުނީ.. ” މި ހުރެވެނީ މަގުމަތީގައި ކަންވެސް ހަނދާންވީ ދުރަށް ޖެހިލަމުން ޒޯރާ އެހެން ބުނެލުމުންނެވެ.

 

” ކިހިނެއް ހަދާފަ ތިހުރީ އިސަތަށިގަނޑަށް..؟ ” އެންމެ ފުރަތަމަވެސް ޒައިންއަށް ބުނެލެވުނީ އެހެންނެވެ. ” ކިހިނެއްވީ..؟ ހަޑީތަ..؟ ނިއު ސްޓައިލް.. އައި ލަވް އިޓް.. ” ދެ އަތް ޖޯޑުކޮއްލަމުން އެއްފަރާތައް ބޯ އަރިކޮށްލައިފައި ޒޯރާ މިހެން ބުނެލީ ތުއި ގޮތަކަށެވެ.

 

” އެބަ އަންނަން އިނގޭ މިތާ އަތިރިމައްޗައް ގޮސް ފޮޓޮއެއް ނަގައިގެން.. ” އެ ހުރިގޮތައްހުރެ ބުނެލި ޖުމްލައިން ޒައިންގެ މޫނު ބަނަވެގެން ދިޔައެވެ. މޫނު މައްޗަށް ރުޅިވެރިކަން ވެރިވީ ‘ ފޮޓޯ ‘ މި ލަފްޒު އަޑު އިވުމުންނެވެ. ބަލާކަށް ނުހުރެ ޒޯރާގެ އަތުގެ މުލައްދަނޑީގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހި އިރު ސާރާއަށް މި މަންޒަރުފެނި އަވަހަށް އެދިމާލަށް ދުއްވައިގަތެވެ. ސާރާގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދީ ދިޔަގޮތަށް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ޒޯރާ އެއްލައިލިއެވެ. އެއަށްފަހު ދޮރުލައްޕައި ތަޅުލިއެވެ.

 

” އަދިވެސް ހިތްފުރޭ ވަރަށް އެފްބީއަށް ފޮޓޯ ލެވުންލެ މަދީތަ؟ މުޅި އޮފީސް ތެރޭގަ އެވާކަ ދައްކަން ހެދީމަ މަ ވެސް ތި ފޮޓޯ ތަކެއް ބަލާލީމޭ.. ލަދުން ބޯ ފަޅައިގެން ދާވަރުވޭ.. ކާކަށް ދައްކަން ނަގާފަ ހުރި ފޮޓޯ ތަކެއްތަ އެ.. މީގެ ކުރިން ދުވަހަކުވެސް މަށެއް ނުދެކެން އެހާ ހަޔާތްކުޑަ ވައްތަރު ޖައްސަ ޖައްސާފަ ޒޯރާ ފޮޓޯ ނަގާފަ ހުއްޓައެއް.. ” ވާހަކަ މިހިސާބައް ހުއްޓައިލުމަށްފަހު އެނދުމަތީގައި ބަންޑުން އޮތް ޒޯރާގެ އަތުގައިހިފައި ދަމައިގަތެވެ. ބިރުން ގޮސް ޒޯރާ ހުރީ ވިރޭވަރު ވެފައެވެ. މި ވީހައި ދުވަހެއް ވީއިރުވެސް ޒޯރާ ކޮންމެ ގޮތެއް ހެދިކަމުގައި ވީނަމަވެސް ޒައިން ރުޅިއައިސްފަކައި ނެތެވެ.

 

” ހަބަރުދާރު މީގެފަހުން ގެއިން ނިކުމެގެންވެސް ނުވާނެ. ” ބާރަށް ދޮރު ޖަހައިފައި ޒައިން ނުކުމެގެން ދިޔައިރުވެސް ޒޯރާ އެ އޮތް ގޮތަށް އޮވެ ރޮމުން ދިޔައެވެ.

 

ބޭރަށް ނިކުމެ ނިކުމެ ހުރި ޒައިންއަށް ސާރާ ގޮވައިލުމުން މަޑުކޮށްލައި ‘ ފަހުން ކިޔައިދޭނަމޭ ‘ ބުނެ ހިނގައިގަތީ ސާރާގެ ހިތުގައި އޮތް އެއްޗެއްް ޒައިންއަށް އެނގިގެންހެން ހީވެއެވެ.

 

ފުރަގަސް ދީގެން ހުރި ޒައިންގެ ކައިރިއަށް އައިރީން ޖެހިލައި މިތަނަށް އަންނާށޭ ބުނީ ކީއްކުރަންހޭ އެހިއެވެ. އެ ހުރިގޮތަށް ހުރެ އައިރީން އާއި ދިމާއަށް ބަލައިވެސް ނުލައި ޒައިން ވާހަކަ ދައްކަމުން ދިޔައެވެ.

 

” އަހަރެންގެ އުމުރުން މި ވީހާތަނަށް ނީންނާނެ ޒޯރާ ނޫނީ އަންހެން ކުއްޖަކާ ވައި އެޅިލައިފަވެސް.. ރީތި ކުދިން ފެނުނަސް ރީތިހާ އެއްޗަކީ ރަނެއް ނޫނޭ ބުނާ އަޑު އަހަރެންވެސް އަހަން.. އަހަރެންނަށް ނުލިބެނީ ކޯއްޗެއް..؟ ފައިސާ ހުއްޓަސް މިއަދު އަހަރެންގެ އުމުރުގައި މަދު ދުވަސްކޮޅެއް ފިޔަވައި އުފަލަށްވުރެ އުފުލަމުން މިދަނީ ވޭނާއި ހިތާމަ.. ބުނާނެ އަންހެނުންނަކީއޭ ބަލިކަށި ބަޔަކީ. އެކަމް ލޯބީގަ އަންހެނުންނަށް ވުރެން ފިރިހެނުން މާ ބަލިކަށި.. އަހަރެން މޮޔަވެދާނެ.. ” ބޮލުގައި އަތް އަޅައިލަމުން ޒައިން ތިރިވެލީ ކޮޅަށް ހުންނާނެ ވަރު ނެތުމުންނެވެ. ފުރަތަމަ ފަހަރަށް ޒައިން ގިސްލުމުގެ އަޑު ޖެހުމުން އައިރީންގެ ދެލޮލުން ހޯސްލައިފައި ކަރުންތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ. ޒައިންގެ ކައިރިއަށް ޖެހިލަމުން އައިރީންވެސް އިށީންދެލިއެވެ. އެއަށްފަހު އަނެއްކައިވެސް ޒައިންގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

 

” އެނގޭތަ.. މި އަހަރެންނަށް ޒޯރާ އެންމެ ފުރަތަމަ ފެނުން ތަން.. ހިޔެއް ނުކުރަން އެއީ އެވަރުގެ ކުއްޖެއް ކަމަކަށް.. ވަރަށް ފަސޭހައިން ރަށްޓެހިވެސް ވި.. އޭނަ ކޮންމެ ގޮތެއް ހެދިޔަސް، ކޮންމެ އެއްޗެއް ކިޔަސް، ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެން ނުބުނަން ޗުއްޕުވެސް.. އަހަރެންނަކަށް އެ ހިތްވަރެއް ނުލިބޭ.. ނޭނގެ އޭނަ އަށް އެހާ ފަސޭހައިން އެގޮތައް ކަންތައް ކުރަން ކެރެނީ ކީއަވެކަމެއް.. މި ޒަމާނުގަ ކާކު މިގޮތަށް އުޅޭނީ.. ގިނަ މީހުންނަށް ކަމުނުދާ ސިފައެއް އެއްފަހަރު ފެނިލިޔަސް ވަރިކުރޭ.. އަހަރެން ހީކުރީ އިނީމަ ޒޯރާ މުޅިން ރަނގަޅުވާނެ ކަމަށް.. އެކަމަކު… ” ޒައިންގެ އިސްތަށިގަނޑުގެ ތެރެއަށް އައިރީންގެ އަތް ލައްވައިލުމާއިއެކު ޒައިން ބޯ ހިތްލައިލައި ބަލައިލިއެވެ.

 

” އަހަރެން ހީކުރީ ވަރަށް އުފަލުގަ ކަމަށް ޒައިން ޒޯރާ އާއި އެކު އުޅެމުން ތި ދަނީ.. ޒައިން ކެތްކުރާ ވަރަށް އެހެން މީހަކަށް ކެތް ނުވާނެކަން ޔަގީން.. އަހަރެން ހިތަށް އަރާ ތީ އަހަރެންގެ….. ” ޒައިންގެ ފުސް ވަމުންދާ ދެލޮލަށް ބަލަހައްޓައިގެން އިނދެ ހިތުގައިވާ އެއްޗެއް ނުބުނެވުނީ ކިރިޔާއެވެ. ނަސީބަކުން ޒައިން އަށް ރަނގަޅަށް ސާފުނުވުމުން ދެންމެ އެއްޗެކޭ ބުނިންހޭ އަހައިލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރުވައިލައި ޒޯރާއަށް ވިސްނައިދޭށޭ ބުނީ ނަސޭހަތް ދޭފަދައިންނެވެ.

 

އިރު އޮއްސުމާއިއެކު ޒައިން އައިސް ގެއައް ވަދެލިއެވެ. ޒޯރާވީ އަދިވެސް ކޮޓަރިތެރޭގައޭ ސާރާ ބުނުމުން އެދިމާއަށް ޒައިން ހިނގައިގަތެވެ. ޒޯރާގެ ހުނުމުގެ އަޑު ޖެހުމާއިއެކު ތަޅުގައިވެސް ހިފަން ނޭނގިފައި ޒައިން އަށް އިރުކޮޅަކު ހުރެވުނެވެ. މަޑުމަޑުން ދޮރު ހުޅުވައިލުމަށްފަހު ވަދެގެންއައި ޒައިން ފެނި ޒޯރާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ” ކާކަށް ގުޅައިގެން.. ” އެއްވެސް ޖެހިލުމެއްނެތި ޒައިން އަހައިލިއެވެ. ” މަންމައަށް.. ” ޒޯރާ ބުނެލިއެވެ. އިތުރު އެއްޗެކޭ ނުބުނެ ސައި ހަދައިދޭން އައުމަށް ޒައިން އަމުރުކޮއްލިއެވެ. ތުން އަނބުރާލުމަށްފަހު ޒައިންގެ ފަހަތުން ޒޯރާ ހިނގައިގަތީ ފަހުން ގުޅާނަމޭ ބުނަމުންނެވެ.

 

ބަނޑަށް ތަދުވާ ވަރުން ނީޝް ތެޅި ފޮޅެނީއެވެ. މީހަކަށް ގޮވައިލާނެ ހިތްވަރެއް ނެތިފައި މުށިތަކުމަތީ ބަނޑުގައި އަތް އަޅައިގެން އޮވުން ނޫން ކަމެއް އެވަގުތު ނުކުރެވުނެވެ. އެނދުމަތީގައި އޮތް ފޯނުގައި އަތް ޖައްސައިލެވޭތޯ ކުރި މަސައްކަތްވީ ބޭކާރެވެ. އާފަލެއް ކަމުން ކޮޓަރިއާއި ދިމާލަށް ދިޔަ ޒައިންއަށް ނީޝްގެ ގިސްލުމުގެ އަޑު އިވުމުން ސާރާއަށް ގޮވިއެވެ. ސާރާ އައިސް ދޮރު ހުޅުވައިލުމާއި އެކު މަގޭ ދަރިފުޅާއޭ ކިޔާ ހަޅޭއްލަވައިގަތެވެ.

 

އެމްބިއުލާންސްގެ އަޑު މުޅި ސަރަހައްދައް ފެތުރިގެން ދިޔައެވެ. ޒައިން އާއި ޑްރައިވަރ ވެގެން ނީޝް އެމްބިއުލާންސްގެ ތެރެއަށް ލިއެވެ. ހޮސްޕިޓަލްގެ ދޮރުން ވަދެވުމާއިއެކު އެނދުމަތިކޮއްގެން ވެއްދިއިރުވެސް ނީޝް އަށް ރޮވެނީއެވެ.

 

ޒެފައަށް އާދެވުން އިރު ނީޝް ވަނީ ވިއްސާ ކޮޓަރިއަށް ވެއްދިފައެވެ. ސާރާމެން ތިބި ސަރަހައްދުގައި ނަރުސް ދެކުއްޖަކު ތިއްބެވެ. އެތަނަށް ދެވުމާއި އެކު ނީޝް ރަނގަޅުތޯ ސުވާލު ކުރުމުން އެތަނުން އެއްކުއްޖަކު ވާހަކަ ދައްކަން ފެށިއެވެ.

 

” ވަރަށް ސީރިއަސް.. ވީ އެންމެ އަވަހަކަށް ވިހެއުމަށް ޑަކްޓަރ ލަފާ ދިނީ.. އެހެންނޫނީ ދަރިފުޅަށް ނުވަތަ މައިމީހާއަށް ގެއްލުމެއް ވެދާނެ.. ” އިވުން ބަސްތަކުން ޒެފްގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލިހެނެވެ. އެންމެންވެސް ތިބީ ވަރަށް ކަންބޮޑު ވެފައެވެ. ޒެފް އާއި ނީޝް އަކީ އެކަކު އަނެކަކާއި ނުލައި ނޫޅެވޭނެ ބައެއްކަން އެންމެންނަށްވެސް އެނގެއެވެ.

 

ޒެފް ނޫނަސް ޒޯރާ އާއި ސާރާވެސް ހުރީ ވަރަށް ކަންބޮޑު ވެފައެވެ. ” ދޮންބޭ.. ހިތަވަރު ކުރޭ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ” ޒެފްގެ ކޮނޑުގައި އަތް ޖައްސައިލަމުން ޒައިން ބުނެލިއެވެ. ދެގަޑިއެއް ހާއިރު ފަހުން ފުޅާ ހިނިތުން ވުމަކާއިއެކު ނަރުސް ކުއްޖާ ނިކުތްއިރު އަތުގައި ކުޑަ ކުޑަ ކުއްޖެއް އޮތެވެ. އަންހެން ކުއްޖެކޭ ބުނެ ސާރާ އަތައް އެ ކުއްޖާ ލައިދީފައި ނަރުސް ކުއްޖާ ވަނީ އެތެރެއަށެވެ. ޒެފް ވީ އުފަލެއްގެ ބޮޑުކަމާއެވެ. ދަރިފުޅު އުރައިލައި ހިތްވިޔަސް އުރާކަށް ނުކެރުނެވެ. ޒޯރާގެ އަތަށް ކުއްޖާ ލައިދިން ތަނާހެން ދޮރު ހުޅުވައިލުމަށްފަހު ނީޝް އޮތް އެނދު ނެރެލިއެވެ. އެއަށްފަހު ވާރޑް އަށް ބަދަލު ކުރަން އުޅުމުން ޒެފް ބޭނުންވީ ރޫމް އަކަށް ބަދަލުވާށެވެ. ނަސީބު ކަންދިމާކުރި ގޮތުން ނީޝް އަކަށްވެސް އަދި އެ ކުޑަ ކުޑަ ދަރިފުޅަކަށްވެސް އެއްވެސް ގެއްލުމެއް ނުވެއެވެ. ދުވަސް ނުފުރައި ވިހެޔެއް ކަމަކު ދަރިފުޅު ވަރަށް ލޮތްބެވެ. ހަމަ ހީވަނީ ކުޑަ ކުޑަ ނީޝް އެއް ހެނެވެ.

 

މުޅި ގޭތެރެ ހަލަބޮލިވެ މީހުންތައް އެކި ކަންކަމުގައި އުޅުނީ ނީޝްގެ ދަރިފުޅަށް ނަން ކިއުމުގެ އުފަލުގައި މެންދުރުގެ ކެއުމައް ތައްޔާރު ވުމަށެވެ. ދަރިފުޅަށް ކިޔުމަށް އެންމެ ކަމުދާ ނަމަކަށް ނީޝް އަށްވީ ‘ ނިޝާ ބިންތު ޒެފް ‘ އެވެ. އެ ނަން ޒެފް އަށް ވެސް ވަރަށް ރީއްޗެވެ. ކޮންމެ މީހަކުވެސް ހަފްލާއަށް އައިސް ނިޝާ އާއި އެކު ފޮޓޮއެއް ނަގާލައެވެ. އެންމެން ކާން ތިބޭތާ ކައިރީ ކުޑަ ކުޑަ ސްޓޭޖް އެއް ހަދާ ކުޑަ ކުޑަ އެނދެއްމަތީ ނިޝާ ބާއްވައިލައިފައި އޮތީ އެންމެންނަށް ފެންނަގޮތަށެވެ. ކައިރީގައި ނީޝް އާއި ޒޯރާ ވެސް ތިއްބެވެ. އިރު އިރު ކޮޅުން ސާރާ އާއި ޒެފްގެ އިތުރުން ޒައިދުވެސް އެތަނަށް ގޮސްލައި ހަދައެވެ. ޒައިންގެ އޮފީސް ހުރިހައި މުވައްޒަފުންނަށްވެސް ދައުވަތު ދިނެވެ.

 

އައިރީން އެގެއަށް ވަތް ފުރަތަމަ ދުވަހެވެ. މުޅި ގޭތެރެ އޮތީ ފިޔާތޮށި ކުލައިން ޒީނަތްތެރި ކޮއްފައެވެ. ނިޝާ ބާއްވައިލައިފައި އޮތް ސްޓޭޖްމަތީ ބެނާއެއް ދަމައިލައިފައި ވާއިރު އޭގައި ނިޝާގެ ނަން ޖަހައިފައި އޮތެވެ. މީހުން ގިނަކަމުން އެހާ ގިނައިން އައިރީން އަކަށް ކާކަށް ނުކެރުނެވެ. ނަމަވެސް ކުޑަ ގޮތެއް ހަދައިލުމަށްފަހު ނިޝާ ގާތަށް ގޮސް ކުޑަކޮށް ގުދުވެލައި ފޮޓޮއެއް ނަގައިލިއެވެ. ހެވިލައިފައި ޒޯރާއަށް ބަލައިލި ވަގުތު ތުން އަނބުރައިފައި އެތަނުން ހިނގައިގަތް މަންޒަރު ބަލަން ޒައިން ހުރީ ދަތް ވިކަވިކައެވެ. ޒޯރާގެ ފަހަތުން ޒައިން ހިނގައިގަތްތަން އައިރީން އަށް ފެނުމުން އެމީހުން ފަހަތުން ބާރަށް ހިނގައިގަތެވެ.

 

” ކީއް ވެގެންތަ ތި އުޅެނީ..؟ ރައްޓެހިންގެ ކުރިމަތީގަ މަ ބޭޒާާރު ނުކިރެވިގެން ޒޯރާ ކޮންކަމެއް ސާބިތުކޮށްދޭންތަ ތިހެން ތި ހަދަނީ..؟ ކޮން ދުވަހެއް މިހާރު ތި ވައްތަރެއް ޖައްސާތާ.. އަހަރެން އެއްޗެކޭ ނުބުނަމޭނުން.. އެކަމް މިހާރު ޒޯރާގެ ކަންތައް މާ މައްޗައް ތިދަނީ.. އިންސާނަކަށް ކެތްވާނީވެސް ވަކި ވަރަކަށްދޯ.. ” މީހުން ނޫޅޭ ހިސާބަށް ދެވުމާއި އެކު ޒޯރާގެ އަތުގައި ހިފައި ޒައިން އާއި ދިމާއަށް އަނބުރާލަމުން ބުނެލީ ހިތްހަމަ ނުޖެހިފަ ހުރެއެވެ.

 

” ޔަ އައި ޑޯންޓް ލައިކް ޔޯ ނައު.. އައި ލަވް… ” ބުނަން އުޅުން އެތި ފުރިހަމަ ނުވަނީސް ކޯ މައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. މި މަންޒަރު އައިރީން އަށް ފެނިގެން ދިއުމާއި އެކު އަނގަމަތީ އަތްއަޅައި ލެވުނީ ޒައިން ޖެހިލެ ބާރުކަމުންނެވެ..

 

 

( ނުނިމޭ )

Share Article

Follow Me Written By

suha

Level 110 Stories

Other Articles

Previous

ކަނޑުފެން (ސާދަވަނަ ބައި) KanduFen P-14

Next

ކެއްކުރީމޭ އެހެނަސް…

Next
November 27, 2015

ކެއްކުރީމޭ އެހެނަސް…

Previews
November 26, 2015

ކަނޑުފެން (ސާދަވަނަ ބައި) KanduFen P-14

20 Comments!

  1. maash says:
    November 27, 2015 at 8:56 am

    Nice! When next part

  2. zee says:
    November 27, 2015 at 8:57 am

    story is the best

  3. Aaaaafffwwn says:
    November 27, 2015 at 9:10 am

    Its nisha binthu..not bin..

    1. Aisha says:
      November 27, 2015 at 12:09 pm

      Bin kiyany firihen kudhin ah… Binthu kiyaany anhen kudhin ah

  4. eshal says:
    November 27, 2015 at 9:13 am

    mi part ves v habeys , avahah up koh dhehchey & also thankolheh dhigukoh

  5. naax says:
    November 27, 2015 at 11:42 am

    V rythi mi vaahaka masha allah.. suha u r best.. keep it up.. when next part…

  6. Ira says:
    November 27, 2015 at 11:43 am

    Mi zora varah foohi stry is awesome 🙂 😉

  7. Yaaan says:
    November 27, 2015 at 12:05 pm

    V.salhi keep it up,

  8. suha says:
    November 27, 2015 at 12:17 pm

    Hehe.. Thnkx guys.. Tomorrow next part insha Allah.. 😉

  9. nish says:
    November 27, 2015 at 1:03 pm

    Nice keep it up

  10. Ammu says:
    November 27, 2015 at 1:31 pm

    Nice ?

  11. Red Rose says:
    November 27, 2015 at 6:31 pm

    Guys! Aslu anhen kudhinnah nan kiyaany binthi laigen, for example: Nishaa Binthi Zeff

  12. Crazi says:
    November 27, 2015 at 6:50 pm

    YH red rose u r rite…but stiry shalhi

  13. Queen says:
    November 27, 2015 at 6:51 pm

    nice hope to see next part soon

  14. lillygirl says:
    November 27, 2015 at 7:38 pm

    vvvvvvvv rythii

  15. lam says:
    November 27, 2015 at 9:27 pm

    wow mihiry hama bunaane ehcheh neyngifa rythikamun

  16. Ahmed Ammu says:
    November 27, 2015 at 9:27 pm

    Good Job Shuhakko. Keep it up 😀

  17. suha says:
    November 27, 2015 at 9:51 pm

    Thnkx red rose, crazi, queen, lillygirl, lam and Ammu.. :-*

  18. suha says:
    November 27, 2015 at 9:51 pm

    And nish.. 😉

  19. Sam says:
    November 28, 2015 at 12:22 pm

    Wow…its realy nyc stry…I love it…

Comments are closed.


All Right Reserved!