ވާނަން އުމުރަށް( 4)
އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޝައްފާން ދިން ޖަވާބު ވެގެން ދިޔައީ އަރްޔަން އުންމީދު ކުރި ފަދަ ޖަވާބަކަށް ނޫންކަން އަރްޔަން ގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަތަކުން ވެސް ހެކި ދެއެވެ.
__________________________
“އެ ކީއްވެ މިހާރު ޕައިލެޓަކަށް ވާން ބޭނުން ނުވަނީ ތަ؟” އަރްޔަން ކަންބޮޑުވެފައިވާ އަޑަކުން ވާހަކަ ދައްކަން ފެށުމުން ޝައްފާނަށް ހެވުނެވެ. “އެހެންނެއް ނޫން…..ބައްޕަގެ އުމުރު ދުވަހުގެ މަސައްކަތް ”ބްލައިންޑް“ކޮންޕެނީ އަކީ ބައްޕަގެ މިންނެތް މަސައްކަތް، ދުލުން ނުބުނި ކަމުގައި ވިޔަސް އަހަންނަށް އެނގޭ ބައްޕަ ބޭނުންވަނީ ވިޔަފާރި އާއި އަހަރެން ހަވާލު ވާން ކަން” ޝައްފާން ދުރު ބަލަހައްޓައިގެން ހުރެ ބުނެލި ގޮތުން އެކަނި ވެސް އެއީ ކިހާ އުނދަގޫ ނިންމުމެއް ކަން އަރްޔަން އަށް ވިސްނުނެވެ. “ވާވް…އެހެންވީމާ އަހަންނާ އެއްކޮށް ދޯ މެލޭ އަށް ދާނީ….ވީ ކޭން ބީ ޓުގެދާރ..” ހިނިގަޑެއް ޖަހާލަމުން އަރްޔަން ނަށާލީ ޝައްފާން ހެއްވާ ލުމުގެ ގަސްތުގައެވެ. ކިތަންމެ ރަނގަޅަކަށް ވެސް އަރްޔަން އެކަން ކާމިޔާބު ކުރި އެވެ.
_____________________
ލޯގަނޑު ކުރިމަތީ ހުރެ ތައްޔާރު ވަމުން ދިޔަ އައިލީން ވިސްނަމުން ދިޔައީ ޝަހީދު ގެ ބެލުން ތަކާއި މެދުގައި އެވެ. އެއީ ހަމަ އެކަހަލަ ބެލުމެކެވެ. ޝައިޠާނީ ބެލުމެކެވެ. ތަފާތު ހިޔާލުތަކުގައި ހުރެ ތައްޔާރު ވެގެން އައިލީން ނުކުމެވުނު އިރު ހާޝިމް ކައިރީގައި އޭނާގެ މަންމަ ވެސް އިނެވެ. “އެޔޮއް ނިކުމީ…. ހަވަހަށް ދޭ ގޮވައިގެން..” މަންމަ އެވެ. މައިމީހާ އެވެ. ނަމަވެސް އަހަންނަށް އިޙްސާސް ކުރެވެނީ އަހަރެން މިއީ އެ ޙަޔާތުގެ އަލި ކަމުގެ ތެރެއަށް އެޅިގެން ދިޔަ އަނދިރި ކަމެއް ގޮތުގައި އެވެ. ބަނޑުއަޅައި ވިހޭ މައިމީހާ މިއަދު އަހަރެންގެ ކިބައިން މިންޖު ނުވެވިގެން އުޅެމުން އަންނަ އިރު އަހަރެންގެ ހިތުގައި އުފެދޭ ހަމައެކަނި ސުވާލަކީ މި ދުނިޔެ މަތިން އަހަރެން ކިބައިން މިންޖު ނުވެ އުޅެން ބޭނުންވާ އެއްވެސް ފަރާތެއް ވާނެ ބާ އެވެ. މާޔޫސް ކަމުން ފުރިފައިވާ އަހަރެންގެ މި ޙަޔާތުގައި ބިރުވެރި ކަން ނޫން އެއްޗެއް ނެތެވެ. އައިލީން އަށް ހޭވެރިކަމެއް ވީ ކާރު ގެ އަޑުން ނެވެ. އާނއެކެވެ. އައިލީން ގެ ހިތުގައި އުފެދުނު ޝުޢޫރުތައް ހިންދާލަމުން އައިލީން ފަހު ފަހަރަށް އެތަކެއް ހަނދާން ތަކެއް އެކުލެވިގެންވާ އެ ނަރަކައެއް ފަދަ ގެއަށް ބަލާލި އެވެ. ބަލި ކަށި ހާލު މިއަދު އެތަން ދޫކޮށް ދިޔަ ނަމަވެސް އައިލީން ގެ އުއްމީދުތަށް ނުހަނު ވިހަ ގަދަ އެވެ. އަބަދުހެން ޝަކުވާއިން ފުރިފައިވާ އެ ޒުވާން ހިތް މިއަދު ފުރިފައި ވަނީ ނަފުރަތުންނެވެ.
__________________________
“ބްރޯ.. ދެން ކިޔަވަން ފަށާނީ ކުޑަ ބްރޭކަކަށް ފަހު ދޯ؟” ރަސްފަންނުގެ ހިތްގައިމު މާހައުލަށް ގެއްލި ހުސްވެފައި ހުރި އަރްޔަން ގެ ކޮނޑުގައި ޖަހާލާފައި ޝައްފާން ބުނެލީ ސަމާސާ ރާގަކަށެވެ. ” މަ އެތަނަކަށް އެންމެ ނަފުރަތު ކުރާ އެއް ފަސްގަނޑު މިއީ…..އެކަކައް ސަބަބު ނޭނގުނަސް އެކަން ވަރަށް ރަނގަޅަށް އެނގޭނެ މޭން އަށް…މަ ބޭނުމެއް ނޫން އެމީހުން ބޭނުންވާ ގޮތަށް މި ފަސްގަނޑުން އެންމެ ފަހަރަކު ވެސް ދާކަށް…..ޝައްފާން މިއީ ސަމާސާ އެއް ނޫން އަހަރެން ކިޔަވާކަށް ނުދާނަން “.އަރްޔަން ފަހު ޖުމްލަ ބުނެލީ ސާބިތު ކަމާއި އެކު އެވެ. “މޭން.. އެކޮޅައް ގޮސް އެއްކަލަ ކަންތައް ގަނޑު ވެސް ވާނެ ހަމައަށް އަޅުވާލަން ވާނެ ދެން ސަކަރާތް ނުޖަހާ…. މަށަށް އެނގޭ ޔަން ދާނެ ކަން ހަމަ މަގޭ ތަޅުވަން ދޯ ތި އުޅެނީ..” ލުއި ހިނިތުންވުމެއް ގަދަކަމުން ކަހަލަ ގޮތަކަށް ވެރިކުރުވައިގެން ހުރެ ޝައްފާން ވާހަކަ ދައްކަމުން ދިޔައީ އިވިގެން ދިޔަ އަޑުތައް ގަބޫލު ނުކުރެވޭ ހާލު ގައެވެ. “މޭން މަ ސަކަރާތެއް ނުޖަހަން ވަރަށް ސީރިއަސް….އެކަން..އެކަންތައް..އެ…އެއީ…މި…މިހާރު މި ހިތުގެ ހަމަޖެހުން” އަޅައިގަންނަމުން ކަހަލަ ގޮތަކަށް ނަމަވެސް އަރްޔަން ހާމަ ކުރީ ހަގީގަތެވެ. ޝައްފާން ގެ ނަޒަރު އަރްޔަން ގެ ލޮލާއި ސީދާ ވީ ހިނދު އެ ހިތް ތެޅިލީ އެ ލޮލުން ފެންނަމުން ދިޔަ ސާބިތު ކަމުގެ ސަބަބުން ނެވެ.
_____________________________
އެއަރޕޯޓް ތެރެއިން ނިކުމެގެން އައި އަންހެން ކުއްޖާ ގިނަ ބަޔެއްގެ ނަޒަރު ސީދާ ވަމުން ދިޔައީ ދެވަނައެއް ނުވާ އެ ސާދާ ރީތި ކަމުގެ ސަބަބުން ކަން ޔަގީނެވެ. އަމާޒުވަމުން ދިޔަ ނަޒަރުތަށް އައިލީން އަށް މާ ބޮޑު ކަމަކަށް ނުވާކަން އަންގައިދެނީ އެ މޫނުމަތީގައި ވާ ހިތްހަމަޖެހުމުގެ އަސަރުން ނެވެ. ވަރުބަލިކަން ކޮންމެވެސް ވަރަކަށް ފާޅުވާން ހުރި ނަމަވެސް ދޫކޮށްލާފައި ހިމަތޮޅި ހަށިގަނޑަކާއި މާ ދިގު ނޫން ނަމަވެސް ދިގު އިސްކޮޅެއް ލިބިފައި ވާއިރު އިތުރު ފުރިހަމަ ކަމެއް ގެނެސް ދެނީ ލައިގެން ހުރި ގަޔަށް ދޫ މަޑު ނޫކުލައިގެ ކުރުތާ އާއި ކަޅު ޖިންސުގެ ސަބަބުނެވެ. އިސްޖަހައިގެން ހުރެ ކުރިއަށް ހިނގަމުން ދިޔަ އައިލީން އިސް އުފުލާ ބަލާލީ ޝަހީދު ގެ އަޑު ކަންފަތުގައި ޖެހުމުން ނެވެ.
_____________________________
ރަސްފަންނުގެ މާހައުލު ހިތްގައިމު ވެފައި ހިތް ތަކަށް ހަމަ ޖެހުން ގެނެސް ދިން ނަމަވެސް މި ހިތްފަސޭހަ މާހައުލުގެ ހަމަޖެހުމާއި އުފާވެރިކަމުން މޫދަށް ނަޒަރު ހުއްޓާލައިގެން ތިބި އަރްޔަން އާއި ޝައްފާން ގެ ހިތާއި ހަމަޔަށް ވާސިލް ވުމުގައި ނުކުޅެދިފައިވާ ކަހަލަ އެވެ. ދެމީހުން ގެ ހިތުގައި ފުނިޖެހިފައިވާ ނުތަނަވަސްކަން އެ މޫނުމަތިން ވެސް ދައްކުވައި ދެއެވެ. “ދެން ކިހިނެއް ހަދަން ތި ވިސްނަނީ..” މޫދުގެ ހިތްގައިމު ރާޅު ތަކުން ނަޒަރު ވަކިކޮށް ލަމުން ޝައްފާން އަހާލީ އަރްޔަން ގެ މޫނަށް ނަޒަރެއް ދެމުން ނެވެ. “ނޭނގޭ.. ކިޔަވާކަށް މަ ބޭނުމެއް ނޫން…. މިތަން ދޫކޮށް ދާކަށް ވެސް ބޭނުމެއް ނޫން ނޭނގޭ…މާ މިއުޅޭ އުޅުން އުޅެން ދޫކޮއްލާ.. މިއަދަށް ވުރެ ފަހު ތިއީ އަހަރެންގެ އެކުވެރި އެއް ކީއްކުރަން.. އަދި ދަންނަ މީހެއް ވެސް ނޫން” އަރްޔަން ފަހަތަށް ފިޔަވަޅު އަޅަމުން ބުނަމުން ދިޔަ ކޮންމެ ލަފުޒެއް ޝައްފާން ގެ ކަންފަތާއި ހަމައަށް ފޯރީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. “ޔާން…ތިހުރީ ހަމަބުއްދި ފިލާފަތަ؟ޔާން ގެ މަންމަ އާ ބައްޕަ އަށް…….” އަރްޔަން ދުރުވަމުން ދިޔަ ކަމުގެ އިހްސާސް ކުރެވެން ފެށުމުން ޝައްފާން އަށް އެއްވެސް އިޙްތިޔާރަކާއި ނުލައި އެ ހިތުގައި ހިނގަމުންދާ ހަމަނުޖެހުންތައް ބޭރުކޮށް ލެވުނެވެ. ނަމަވެސް ޝައްފާން ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ އަރްޔަން ގެ ރުޅިވެރި ކަމުން ފުރިފައިވި ދެ ލޮލާއި އެ އަޑު ކަންފަތުގައި ޖެހުމުންނެވެ. “ކިހާ ބޮޑު ކަމެއް މިއީ ދެން. .. އަޑެއް ނީވޭތަ ތިއީ މަ އެކުވެރިއެއް ނޫނޭ ބުނީމާ ވެސް” ހަޅޭއް ލައިވައި ގަތުމަށް ފަހު އެތަން ދޫކޮށް އަރްޔަން ދިޔަ އިރުވެސް ޝައްފާން އަށް ހުރެވުނީ ހުރި ފިޔަވަޅު މަތީ ގައި ގަނޑުވެފައި އެވެ. ލޮލަށް ފެނުނު މަންޒަރާއި ކަންފަތަށް އިވިގެން ދިޔަ އަޑުތައް ގަބޫލު ކުރުމުގައި ޝައްފާން ވަނީ ނުކުޅެދިފައި އެވެ. އެ މޫނުމަތީގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އިހްސާސް ތަކެކެވެ. އެހެން ފޫދޭ ވަރަކަށް ވަގުތު ހޭދަ ވެގެން ދިޔަ ފަހުން ޝައްފާން ނިންމީ އެދުހުން އެދުވަހަށް މާލޭގެ ހަލަބޮލި މާހައުލު ދޫކޮށް ދިއުމަށެވެ. ކުޑައިރު ސުރެން އެކު އުޅެ ބޮޑުވި އެކުވެރިޔާ ގެ ނަފްރަތަކީ ޝައްފާން އަށް ބަރުދާސްތު ކުރެވޭ ވަރުގެ ވޭނެއް ނޫނެވެ. އެކުވެރިޔާ ގެ އެ ނިންމުމަކީ ބޯހާސްވެ ކަންބޮޑުވުމުގެ އަސްލެއް ކަން އެނގޭތީވެ އަރްޔަން އަށް ޝައްފާން ގެ ހިތުގައި އެއްވެސް ބުރަ ކަމެއް ނެތެވެ. އޭގެ ބަދަލުގައި އެ ހިތާއި ސިކުނޑި ފުރިފައި ވަނީ ޝަކުވާއިން ނެވެ.
_________________________________
ގެއަށް ވަދެގެން އައި އަރްޔަން ސިޑިން އަރައިގެން ދިޔައީ ސީޓިންރޫމް ގައި ތިބި އޭނާގެ މައިންބަފައިން ގޮވަ ގޮވާ އޮއްވައެވެ. އެ އަޑުތަކަށް ބީރުކަން ފަތެއް ދޭން ބޭނުން ނުވި ނަމަވެސް މިއަދު އޭނާގެ މަގުސަދު ހާސިލު ކުރުމަށް ޓަކައި އެކަން ކުރަން މިވަނީ މަޖުބޫރު ވެފައެވެ. އެންމެ ގާތް އެކުވެރިޔާ އާއި ދެމެދު އޮތް ގުޅުން ކަނޑައި އާއިލާ އާއި އޮތް ގުޅުން ހީނަރު ވެގެން ނޫނީ އަރްޔަން އަށް އޭނާގެ މަގުސަދާއި ހަމައަށް ވާސިލް ވުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ހީވާ ކަހަލަ އެވެ. އަރްޔަން ހުރީ ކޮންމެ ހާލެއްގައި ވެސް އޭނާގެ މަގުސަދު ހާސިލު ކުރުމަށް ފޫގަޅާފައި ގެންނެވެ. އެ ހިތުގައި މިވަގުތު އުތުރި އަރަމުން ދިޔަ ޖަޒުބާތައް އަރްޔަން ބޭރު ކުރަމުން ދިޔައީ ކަރުނައިގެ ސިފާ ގައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
