Skip to content
އެސްފިޔަ

ހިތި މާޒީ – 02

“ބޮޑު ދައިތަ. މިއަދު ހާދަ އަވަހަކަށް ތިއައީ”. ދޮރުން އެތެރެއަށް ވަދެގެން އައި ޒޫނާ ފެނުމުން އިޝްހާ ބުނެލިއެވެ. “އާން. ފައިލް އެއް މަދު ވެގެން އެ ބަލައި މި އައީ”. ޒޫނާ އެހާ މަޑުން އިޝްހާ އާ އެ ވާހަކަ ދެއްކީ މިތާ ރައުޝާ އިނުމުން ކަން އިޝްހާ ގެ އިތުރުން ރައުޝާ އަށް އިނގުނެވެ. ޒޫނާ އަށް ހީވަނީ ރައުޝާ އަށް ޒޫނާ އިޝްހާ އަށް ކަންތައް ކުރާ ގޮތް ނޭންގޭ ކަމަށެވެ. އިޝްހާ އެހެން ހޭ ބުނެލިއެވެ. “ބޮޑު ދައިތަ މި އުޅެނީ 3 ހަފްތާ އަށް އޮފީސް ދަތުރެއް ދާން.މާދަން ނޫން އަނެއް ދުވަހު ފުރަން”. ޒޫނާ ނިކުމެގެން ދަމުން ބުނެލިއެވެ. އިޝްހާ ހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ. “މި ވީ މާ ރަނގަޅަކަށް ނޫން.އޭ. ދެން ހިނގާ ބޮޑު ދައިތަ ދާ ދުވަހުގެ އަނެއް ދުވަހު ނޫން އަނެއް ދުވަހު އަހަރެމެން ދަތުރު ދާން”. ޒޫނާ ނުކުމެގެން ދިޔަ ތަނުން ރައުޝާ ވަރަށް ފޯރިއާއެކު ބުނެލިއެވެ. “ހްމްމް”. އިޝްހާ ހޫމް އަޅުވާލިއެވެ. “ދެން މީނާ އަކަށް ނޭންގޭނެ އެނޫން އެއްޗެއް ކިޔާކަށް”.ރައުޝާ ވައްތަރެއް ޖައްސާލިއެވެ. ރައުޝާ ޖެއްސި ވައްތަރު ފެނި އިޝްހާ ގާތަށް ހިނި އައެވެ.

އެއްދުވަސް ފަސް..

މިއަދަކީ ޒޫނާ އެބުނާ ރަށަކަށް ދާ ދުވަހެވެ. މިއަދު ރައުހާ އަދި ކޮންމެސް އެހެން ފިރިހެނެއް މިގެއަށް އަންނާނެ ވާހަކަ ވަނީ ޒޫނާ ބުނެފައެވެ. ޒޫނާ ފުރުވާފަ އައިސް އިޝްހާ އުޅުނީ ރައުހާ އާ އެބުނާ ފިރިހެނެއް އަންނަން ވާ އިރަށް ކާ އެއްޗެއް ތައްޔާރު ކުރާށެވެ. އިޝްހާ ފިހާރަ އަށް ދާން ނުކުއިން މަގު މަތީގައި ރައުޝާ އާ ދިމާވިއެވެ. ދެމީހުން އެކުގައި ފިހާރަ އަށް ދިޔަ އެވެ. “އައުޗް”. އިޝްހާ ކުރިމަތި ނުބަލާ ދަނިކޮށް މީހެއް ގައިގާ ޖެހި ވެއްޓެން ދިޔައެވެ. އިޝްހާ ދެލޯ މާރާ ބާރު ކޮށްލީ ވެއްޓުނީމާ ތަދު ވާނެ ވަރު ހިތައް އެރުމުން ނެވެ. މީހަކު ގައިގަ އަތްލި ކަމުގެ އިހުސާސް ވުމުން އިޝްހާ ކުޑަ ކޮށް ލޯ ހުޅުވާލިއެވެ.ކުރިމަތީ ހުރި މީހާ އާ ދިމާއަށް އިޝްހާ އަށް ބަލަން ހުރެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. ކުރިމަތީގައި ހުރި ޒުވާނާ އަށް ވެސް ވީ އެވަރެވެ. “އެހެމް. އެހެމް”. ރައުޝާ ގަސްތުގައި ކަރު ކެހެލިއެވެ. ދެމީހުންނަށް ވެސް ހަމަ ބިމަށް އާ ދެވުނީ އަދި ކިރިޔާ އެވެ. ރައުޝާ ހުރީ ހީހީ ކޮލަށް ތަދުވެފައެވެ. “ދޮންބޭ”.ކުރިމަތީ ހުރި ރައުޝާ ގެ ދޮންބެ ކަމަށް ވާ އިޒްކާން އަށް ރައުޝާ ގޮވާލިއެވެ.” ޝާ. ކީއްކުރަނީ މިތާނގައި؟؟”.އިޒްކާން ރައުޝާ ކައިރީ ހުރި އިޝްހާ އަށް ބަލައިލަމުން ބުނެލިއެވެ.”ދޮންބެ ކީއްކުރަނީ މިތާނގައި ؟؟”ޖަވާބު ދިނުމުގެ ބަދަލުގައި ރައުޝާ ވެސް ކޮށްލީ ސުވާލެކެެވެ. “ދޮންބެ މި އުޅެނީ ފޫހި ވެގެން. ޝާ ތި ދާ ތާކަށް ދޮންބެ ގޮވައިގެން ދޭބަ. ވާން ވެސް އަންނާނީ މާދަން ވިއްޔާ”. އިޒްކާން މިހެން ބުނެލި އިރު ވެސް ހުރެވުނީ އިޝްހާ އަށް ބަލަހަށްޓައިގެންނެވެ.އެތަން ހަމަ ރަނގަޅަށް ވެސް ރައުޝާ އަށް ފެނުނެވެ.”ދެން ތިހާ ފޫހިވެފަ ހުރިއްޔާ ހިނގާ ދޯ އަހަރުމެންނާ އެކީ ދާން.އަަހަރުމެން މި ދަނީ ފިހާރައަށް”.ރައުޝާ ވަށްކަޅިން އިޝްހާ އަށް ބަލައިލަމުން ބުނެލިއެވެ.އޭރު އިޝްހާ ހުރީ އިސްދަށަށް ޖަހައިގެންނެވެ.އެންމެން އެކީ މިސްރާބު ޖެހީ ފިހާރަ އަށެވެ.”ބައި ދި ވޭ.މިއޮށް ހުރި ހާއިރު ވީ އިރު ވެސް އަހަރެން ކައިރި ނުބުނަމެއްނުން ނަމެއް”.އިޒްކާން އޭނަ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ.”އަހަރެން ގެ ނަމަކީ އިޝްހާ”.މީހާ އާ އެއްވަރަށް ނަން ވެސް ރީއްޗޭ އިޒްކާން ގެ ހިތައް އެރި އެވެ.”އޭ ދޮންބޭ.އިޝް މާރީތި ވީމަ ދޯ ތި އެވަރަށް އިޝް އާ ދިމާ އަށް ތި ބަލަނީ”.އިޝްހާ ތަންކޮޅެއް ދުރުގައި ހުރުމުން ރައުޝާ އިޒްކާން ގެ ކަންފަތް ބުޑު ގަތް ބުނެލިއެވެ . އިޒްކާން ގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ.

=ނުނިމޭ=

 

Comments (7)

  1. Horror queen

    Mi part was varah reethi

    1. Devil quiin
      Horror queen

      Thanks Horror queen

  2. Devil quiin

    Vrh bodah sorry mi part lahun up v ma?????????

  3. ayaa

    wowww??…when next ????..vrh reethi masha allah❤❤❤..ixkaan ah haadha varekey dho ehery vefa ish’ha fenifa?.vrh salhi ingey mi part vs..i luv this stry
    take care
    stay home
    stay safe

  4. Aimineen

    Varah reethi♥️… When next part… Curiously waiting….tc

  5. Eevss

    woww.very nice stry..masha allah ..keep it up ..when next..i like this story
    tc
    sh
    ss

  6. rausherrr

    woww lahun up vieh kamaku vrh reethi❤️❤️❤️next part ah waiting ??

Comments are closed.