*މާގިނަ އިރެށޤ ނުވޭ ރާޔާ ރެޑްވޭވް ކައިރިއަށް ދިޔަ އެވެ. ނަމަވެސް ރާޔާ އަށް ފެނުނީ ރީށާ ފިރިހެން ކުއްޖަކާ ވާހަކަ ދައްކަން ހުއްޓާ އެވެ. “ރީއްކޯ!!!” ރާޔާ ގޮވާލި އަޑު އިވުމުން ރީށާ ބަލާލި އެވެ. އެވަގުތު ކައިޒަން ވެސް އެ ދިމާއަށް ބަލައިލި އެވެ. “ދޮންތީ!!” ރީށާ ގެ ދެލޯ ބޮޑު ވި އެވެ.*

 

“ހައްވާ ރީށާ މިވަގުތު މަގުމަތީގަ ފިރިހެން ކުދިން ނާ ވާހަކަ ދައްކަން… ޕިސް ޕިސް މަންމަ ހުންނާނީ ވަރަށް ޑިސްއަޕޮއިންޓް ވެފަ… ހިންގާ ގެއަށް ދާން މިހާރު” ރާޔާ ފަތިވަރު ގޮވަން ފެށި އެވެ. “ޕްލީސް ސްޓޮޕް އަހަރެން ބޭނުމެއް ނޫން ދޮންތި ގެ ޕްރޮޓެކްޝަން އެއް…ކޮންމެ ފަހަރަކުވެސް ދޮންތި ރުޅި އައިސް ފިއްޔާމު އަބަދުވެސް މަންމަ ޑިސްއަޕޮއިންޓް ވާނީ”ރީށާ މިހެން ބުނުމަށް ފަހު ރޮވެން ފެށުނެވެ. “ރީއްކޯ އައިމް ސޮރީ… އެނީވޭ ވާހަކަ އެއް ބުނަންތަ؟… މީ ކޮން ފިރިހެން ކުއްޖެއް” ރާޔާ އަހައިލި އެވެ. “މީ އަހަރެން ގެ ފްރެންޑް އެއް އަހްމަދް ކައިޒަން… ތިން ރުކީ ކައިރިން އަހަރެން ސަލާމަތް ކޮށް ދިނީ” ރީށާ ކަރުނަ ތަށް ފުހަމުން ބުނެލި އެވެ. “ހްމްމް އިންޓްރެސްޓިން” ރާޔާލާނެތް ގޮތަކަށް ބުނެލި އެވެ. “ކައިޒަން މީ އަހަރެން ގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ރާޔާ” ރީށާ ބުނެލި އެވެ. “ކައިޒަން ދޯ… ތެންކްސް އަހަރެންގެ ކޮއްކޮ ސަލާމަރް ކޮށްދިނީތީ އައި އޯ ޔޫ” ރާޔާ ބުނެލި އެވެ.

 

“ރީއްކޯ ހިންގާ…އެންޑް ކައިޒަން… ޑޫ ޔޫ ވޮނަ ޖޮއިން” ރާޔާ ބުނެލި އެވެ. “އައިޑް ލަވް  ޓު ޖޮއިން” ކައިޒަން ހީލާފައި ބުނެލި އެވެ. ދެން ތިން މީހުން ދިޔައީ އެތާ ކައިރީގައި ހުރި ކެފޭ އަކަށް ށެވެ. “ވޭޓާ!! 2 މިލްކް ކޮފީ އަކާ 1ކަޅު ކޮފީ” ކައިޒަން ވޭޓަރު ކައިރީގައި ބުނެލި އެވެ.އެރޭ 8:00 ޖަހާ ދެކަށް ތިން މީހުން އުޅުނީ މަގު މަތީ ގަ އެވެ. “އަހަރެމެން މިދަނީ ދާން ލަސް ވެއްޖިއްޔާމު މާމަ ރުޅިއައިސް ދާނެ” ރާޔާ ބުނެލި އެވެ. މިހެން ބުނެފައި ރާޔާ އާއި ރީށާ ގެއަށް ދާން ހިންގާގަތެވެ.

 

ގެއަށް ގޮސް ވަތް ތަނާހެން ދެ މީހުން ވެސް ދިޔައީ ސިއްސާގެން އެވެ. “ޕިސް މާމާ ތިހެން ނު ސިއްސޔވަ ބަލަ ދެން” ރާޔާ ބުނެލި އެވެ. “ކޮންތާކުން ތަ ދެމީހުން ތި އައީ” ރުގިއްޔާ އަހައިލި އެވެ. “އޯމި އައީފްރެންޑް އަކާއި އެކު ކޮފީ އަކަށް ގޮސްފަ” ރީށާ ބުނެލި އެވެ. “ހްމްމް… އޯ އަދި އެއްވާހަކަ ރާޔާ ޕީ.އެޗް.އެލް ކޮންޕެނީގެ ބޮޑުމީހާ އެވަހުރި ސިޓިން ރޫމް ގަ” ރުގިއްޔާ ބުނެލި އެވެ. ރުގިއްޔާ މިހެން ބުނުމުން ރާޔާ އަވަހަށް ފާވަން ބާލާފަ އަވަހަށް ދުއްވާގަތީ ސިޓިން ރޫމް އާއި ދިމާލަށް ށެވެ. “ހެއި ރާޔާ …ވަރަށް ރީތި ގެ އެއް މީ” އިވާން ލާނެތް ގޮތަކަށް ބުނެލި އެވެ. “ހެއި ރިޗް ބޯއި މެނާސް ކޮޅެއް ވެސް ހުންނަންވާނެ ދޯ މީހެއްގެ ގެއަށް އައިސް” ރާޔާ ރުޅި އައެވެ. “ޗިލް ޗިލް އަހަންނެއް ނޫޅެން މި ގެ އަކުން ވައްކަން ކުރާކަށް” އިވާން ބުނެލި އެވެ. ” ކީއްކުރަން މި ގެއަށް އައިސް ތިހުރީ” ރާޔާ އަހައިލި އެވެ. “އޯ އެ ދޯ؟ ވެލް އަހަރެން މިގެއަށް މި އާކަމަކީ އަހަތެންގެ އަނެއް ސެކްކެޓަރީ އެއް މިވަގުތު ރާއްޖެ އަކު ނެތް އެހެންވެ އަހަރެން މި އައީ ރާޔާ ގާތުގަ އެހީއަށް އެދެން” އިވާން އެއް މިޔަކަޅިން ހީލާފައި ބުނެލި އެވެ. “ކީއް ކުރަން ވީ” ރާޔާ ލާނެތް ގޮތަކަށް ބުނެލި އެވެ. “އޯކޭ ހިންގާ ކޮންޕެނީ އަށް” އިވާން މިހެން ބުނުމަށް ފަހު ރާޔާގެ އަތުގެ ތަނބިކަށީގައި ހިފާފައި ރާޔާ ހިފައިގެން ހިނަގާގަތީ ކާރާއި ދިމާލަށް ށެވެ.

*********************************************

“މާމާ!! ދޮންތި ހާދަ ބިޒީ ކޮށް އެއުޅެނީ އެންމެ ފުރަތަމަ ދުވަހުގަ؟” ރީށާ ހައިރާން ވިއެވެ. “މާމަ ބުނާނެ އެއްޗެއް ނެތް ދަރިފުޅާ ހިންގާ މާމަ އާ އެކު ތާސްބާ ކުޅެން ދާން ދޯ؟” ރުގިއްޔާ މިހެން ބުނެފައި ރީށާ އާއި އެކު ގޭތެރެއަށް ވަނެވެ.

*********************************************

 

ކާރަށް އެރުމަށް ފަހު ރާޔާ ސީޓް ބެލްޓް އެޅުވި އެވެ. އިވާން ވެސް ކާރަށް އަރާފައި ސީޓް ބެލްޓު އެޅުވި އެވެ. އިވާން ކާރު ސްޓާޓް ކޮށް ލުނަށް ފަހު ކާރު ދުއްވަން ފެށި އެވެ. އިވާން މިސްރާބު ޖެހީ ޕީ.އެޗް.އެލް ކޮންޕެނީ ގެ ޕާކިން ލޮޓަށް ށެވެ. ކާރު ގޮސް މަޑު ކުރުމުން ރާޔާ އާއި އިވާން ކާތުން ފޭބި އެވެ. ދެން އެ ދެމީހުން ކޮންޕެނީ އަށް ވަތް އިރު އެކަކު ވެސް ނޫޅެ އެވެ. ދެން އެ ދެމީހުން ދިޔްއީ ޗެއަރ މެން ގެ އޮފީހަށް ށެވެ. ރާޔާ ގޮސް އެތާން ގައި ހުރި ސޯފާ ގައި އިށީން ދެލި އެވެ.އިވާން ގޮސް އޭނާގެ ޑެސްކު މަތީގައި ހުރި ފައިލްތަށް ގޮސް ރާޔާގެ އަތަށް ދިނެވެ. “އަން އަހަންނަކަށް ނޭންގެ މިކަހަލަ ހައި ލެވަލް ބިޒަނަސް އެއް އެހެންވެ އަހަރެން ރާޔާ ގާތުގައި އެހީއަށް ދިޔައީ ހެލްޕް ވެދޭނަން ތަ؟” އިވާން ފައިލް ތަށް އެތާން ގައި ހުރި ކޮފީ ޓޭބަލް މަތީގައި ބެހެއްޓުމަށް ފަހު ބުނެލި އެވެ. “އޯކޭ އެކަމު އަހަންނަށް ލެޕްޓޮޕް އެއް ލިބި ދާނެ ތަ؟” ރާޔާ ބުނެލި އެވެ. “ޔާ މަޑު ކޮށްލާ އިންގެ” މިހެން ބުނެފައި އިވާން ދިޔައީ އެތާން ގައި ވަހައްޓާފައި ހުރި ލެޕްޓޮޕް ބަލަ އެވެ. ލެޕްޓޮޕް ހިފައިގެން އައިސް ރާޔާ އަތަށް ދިނުމަށް ފަހު އިވާން އޭނާގެ ޑެސްކު ކާރީގައި އިށީންނި އެވެ. އިވާން އޭނާގެ ކޮންޕެނީގެ ގޮދަޑި ތަކާއި އޭއްޗިސް ގެ ޑިޒައިން ތަށް ކުރަހަން ފެށި އެވެ. ރާޔާވެސް މަސްއްކަތާގެން ކުރި އަށް ދިޔަ އެވެ.

 

2 ގަޑިއިރު ފަސް…

 

“އޭ ރިޗް ބޯއި” ރާޔާ އިވާން އަށް ގޮވާލި އެވެ. “ކީކޭ ޕުއާ ގާރލް ” އިވާން ރައްދުގައި ބުނެލި އެވެ. “ކޮފީ ތައްޓެއް ގެނެސް ދީބަ އަދި ކޮބާތަ ކުރީގެ ފައިލް ތައް” ރާޔާ ބުނެލި އެވެ. “ކުރީގެ ފައިލް ތައް ހުންނާނެ މި ކަބަޑް ތެރޭގަ އެންޑް އަހަރެން އެބަ އަންނަން ކޮފީ ތައްޓެއް ހިފާގެން” މިހެން ބުނެފަ އިވާން ދިޔައީ ބޭ ރަށް ށެވެ. ރާޔާ ގޮސް އަލަމާރި ހުޅުވާ ފައި ފައިލް ތަށް ލޯދަން ފެށި އެވެ. ދެން މަތީގައި ހުރި ފައިލް ތަށް ފެނުމުން ރާޔާ ކޮރަން ފެށި އެވެ. އެކަމަކު އޭނާގެ އަތެއް ނުފޯރި އެވެ. ދެން އެތާންގައި ހުރި ގޮނޑި އަކަށް އަރާފައި އަތް ފޯރާތޯ ބެލި އެވެ. އެކަމަކުވެސް އޭނާގެ އަތެއް ނުފޯރި އެވެ. ދެން ރާޔާ ކޮރަން ފެށި އެވެ. ކޮރާގެން ރާޔާ ފައިލް ތަކުގައި ރީއްޗަށް ހިފާލެވުނެވެ. ނަމަވެސް ރާޔާގެ ބެލެންސް ގެއްލިގެން ވެއޓެން ދިޔަ އެވެ. އެވަގުތު އިވާން އައިސް ކެބިން ތެރެއަށް ވަތްއިރު ރާޔާ ވެއްޓެން ދިޔުމުން އޭނާގެ އަތުގައި ހުރި ކޮފީ ތަށި ދޫކޮށް ލާފައި ހިފުމަށް އެދިމާލަށް ދިޔަ އެވެ. އިވާން އެތާންގައި މަޑު ކޮށްލި ތަނާހެން ރާޔާ އިވާން ގެ ގާމައްޗަށް ވެއްޓުނެވެ. ރާޔާ ހުރީ ބިރުން ލޯ މަރާގެން އިވާން ގެ މޭމަތީގައި ބޯ އަޅާލާގެން އެވެ. “ރާޔާ އާޔޫ އޯކޭ” އިވާން މިހެން ބުނުމުން ރާޔާ އޭނާގެ ދެ ލޯ ހުޅުވާ ލާފައި އިވާން ގެ މޭމަތިން ބޯ ހިއްލާލި އެވެ. “އި..އި..އިވާން” ރާޔާ އިވާނއގެ މޫނަށް ބަލާލުމަށް ފަހު އޭނާގެ ދެ ކޯ މަތިން ޖަންބު ކުލަ އެރި އެވެ. “ރާޔާ އޯކޭތަ” އިވާން އަނެއްކާވެސް އަހައިލި އެވެ. “ޔާ އަ..އައި.. އައިމް ފައިން” ރާޔާ ލަދުން ހުރެ ބުނެލި އެވެ. “ގޫޑް ހިންގާ މި ރެއަށް ނިންމާލަން ދޯ” އިވާން މިހެން ބުނެފައި ބިންމައަޗަށް ވެރިފައި ހުރި ފައިލް ތަށް ނަގަން ފެށި އެވެ. ރާޔާ ވެސް އިވާން އަށް އެހީވާން ފެށި އެވެ. ފައިލް ތަށް ނަގާނިންމާފައި ރާޔާ އެތާންގައި އަޅުވާފައި އޮތް ފޮތި ކޮޅަކުން ބިންމައްޗަށް ވެރިފައި ހުރި ކޮފީ ތަށް ފުހަން ފެށި އެވެ. ފުހެ ނިންމާފައި ފެން ކޮޅަކުން ފޮތި ކޮޅު ދޮވުމަށްފަހު ހިއްކަން އެޅި އެވެ.

 

އިވާން އާއި ރާޔާ ގޮސް ކާރަށް އެރި އެވެ. “ރާޔާ! ހަންދާން ވޭތަ އަހަރެމެން އެންމެ ފުރަތަމް ދިމާވި ދުވަސް؟” އިވާން ހުރެލާފައި އަހާލި އެވެ. “ހެކް ޔާ އަހަރެން އިވާން ގެ ބޫޓަށް އައިސް ކޮރީމް އެޅި ދުވަސް” ރާޔާ ބޮޑަށް ހީލުމަށް ފަހު ބުނެލި އެވެ. “އައިމް ގެސިން ނޮޓް ރާޔާ ޔޫޑޯންޓް ރިމެންބާ އަހަރެމެން ނަކީ ސްކޫލް ގަ އުޅުނު އިރު ފްރެންޑްސް ރާޔާ އަހަރެން މަތިން އެއްގޮތަކަށް ވެސް ހަނދާނެއް ނެތް” އިވާން ހިތާހިތުން ބުނެލި އެވެ. “އިވާން ހިންގާ ދާން” ރާޔާ ބުނެލި އިވާން ގެ ކޮނޑު ގައި ކޮއްޓާލާފައި ބުނެލި އެވެ. “ހަހް ހިންގަ” އިވާން ބުނެލި އެވެ.މިހެން ބުނުމަށް ފަހު ކާރު ސްޓާޓް ކޮށްލުމަށް ފަހު ދުއްވަން ފެށި އެވެ. އިވާން ގޮސް ކާރު މަޑު ކުރީ ރާޔާމެން ގޭގެ ދޮރު މަތީގަ އެވެ. ރާޔާ ކާރުން ފޭބުމަށް ފަހު އަވަހަށް ގެއަށް ވަނެވެ. އިވާން ދެން މިސްރާބު ޖެހީ އޭނާގެ ގެއަށް ށެވެ.

 

އޭނާ ގެ އަށް ގޮސް ވތް އިރު ނިޝާނާ ހުރީ އިވާން ނައިސް ގެން ލަސްވެފަ އެވެ. “އިވާން ކޮންތާކުން ތަ ތި އައީ؟” ނިޝާނާ އަހައިލި އެވެ. “މިއައީ ކޮންޕެނީ ގައި ހުރި ނުނިމޭ ޑޮކިޔުމެންޓް ތަކެއް ހަދާފައި އަހަރެންގެ ސެކްރަތަރީ ގެއަށް ލާފަ…މަންމާ އަދި ވާހަކަ އެއް ބުނަންތަ އެއީ އަހަރެމެންގެ ކޮންޕެނީ ގެ ސިކްސެސް އޭނަ ނާނަމަ އަހަރެމެންގެ ކޮންޕެނީ އޮންނާނީ އެންމެ ތިރީގަ… އެންޑް މަންމާ ކާން ހަދާދީބަ ވަރަށް ބަންޑުހާވެއްޖެ” އިވާން މިހެން ބުނެފައި ދިޔައީ އޭނާގެ ކޮޓަރިއަށް އެއްޗިސް ބަދަލް ކުރަން ށެވެ. އެއްޗިސް ބަދަލް ކޮއްގެން ތިރިއަށް ފާބާ ބަލާލި އިރު މޭޒުމަތި ހުރީ އެއްކޮށް ފުރާލާފަ އެވެ.

“މަންމާ އަހަރެން އެކަޏޭ ކާންހުރީ” އިވާން ހައިރާން ވި އެވެ. “ދަރިފުޅު އެކަންޏެއް ނޫން ހުރީކީއެއް ދަރިފުޅު ގެ ދޮންތަ ވެސް އަދި އެއް ނުކާ އެހުރީ” ނިޝާނާ މިހެން ބުނުމުން އިވާން ދުއްވާގަތީ އޭނާގެ ދޮންތަ އީޝަލް ގެ ކޮޓަރި އަށް ށެވެ. “ދޮންތާ!!!!” އިވާން އަޑު އޮތް ކޮޅަށް ގޮވާލި އެވެ.

 

❤—ނުނިމޭ—❤

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!