އަބަދުވެސް ކަލާދެކެ ލޯބިވާނަން 1
މުޅި ކިލާސް ތެރެއައް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. އޮއްސެމުން ދިޔަ އިރުގެ ދޯދިތަކުގެ އަލިތައް ކިލާސް ތެރެއަށް އެޅިފައި ވުމުން އެތަން ވަނީ ކޮންމެވެސް ވަރަކަށް އަލި ކޮށްލާފައެވެ. ހުޅުވިފައިވާ ކުޑަދޮރުތަކުން އަންނަ ވައިރޯޅިން އައިލާގެ މޫނުގަޔާއި އެ ފަން އިސްތަށިގަނޑުގައި ބީހެމުން ދިޔަައީ ނުހަނު ހިތްގައިމު ކޮށެވެ. މޫނުމައްޗަށް ވެރިފައިވާ އިސްތަށިކޮޅުތައް އެޖެހޭ ވައިގައި ނަށަމުން ދިޔައިރު އެއިން އެއްވެސް ހިލަމެއް ނުވި އައިލާ ދިޔައީ އޭނާގެ ފޮތުގައި ލިޔަމުންނެވެ.
އެހެން ހުރިހާ ކުުދިން ގަޑި ނިމުމުން ގެއަށް ދިޔަ ކަމުގައި ވިއަސް، އެހެން ދުވަސް ތަކެކޭ އެއްފަދައިން އައިލާ އިނީ ފަހުން ދާށެވެ. ނިމުމެއް ނައިސް ލިޔަމުން ދިޔަ އައިލާއަށް ސިހުމެއް ލިބުނީ އޭނާގެ ފޯން ރިންގުވާން ފެށުމުންނެވެ. ފޯން ނަގާ ކަންފަތުގައި ޖަހާލުމުން އަޑު އިވުނީ އޭނާގެ ދޮންބެ،ލަމާންގެ އަޑެވެ. ލަމާނަކީ އައިލާގެ ހުރި ހަމަ އެކަނި އެއްބަނޑު އެއްބަފާ ދޮންބެއެވެ. މަންމައާއި ބައްޕައަށް ފަހު އައިލާދެކެ ދެން އެންމެ ލޯބިވާ މީހަަކީ ލަމާނެވެ.
“ހަލޯ….” މަޑުމަޑުން އައިލާ ފޯނު ކޯލަށް ޖަވާބުދިނެވެ. އައިލާގެ އެ މަޑުމައިތިރި އަޑު ލަމާންގެ ކަންފަތުގައި ޖެހުމުން އޭނާގެ ކަންބޮޑުވުން ފިލައިދިޔައެވެ. “ލަލް ކޮންތާކު ތިހުރީ.. ދޮންބެއަކަށް އެއްގޮތަކަށްވެސް ލަލް ނުފެނޭ..” ލަމާން އެހެން ބުނުމުން އައިލާ އޭނާގެ ގަޑި ބަލާލިއެވެ. އަދި މަޑުމަޑުން ނިތްކުރިމަތީ ޖެހިއެވެ. “ސޮރީ…އައިލާ ހަދާން ނެތިފަ މީނީ… މި ނުކުންނަނީ ވަރަށް އަވަހަށް..” އައިލާ އެހެން ބުނުމަށްފަހު ފޮތްދަބަސް ނަގައި އޭނާގެ ކިޔަވާ ސާމާނު އަޅަންފެށިއެވެ.
“ތިވަރޭ ލަލްއަށް ވާނީ…ފޮތަކާ ގަލަމަކާ އަތުގަ އޮތިއްޔާ ދޮންބެމެންނަށް ލަލް މި ދުނިޔެއިން ގެއްލެނީ ވިއްޔަ..” ލަމާން އެހެން ބުނުމުން އައިލާ ގާތަށް ހިނިއައެވެ. އައިލާގެ ހުނުމުގެ އަޑު ޖެހުމުން ލަމާނަށް ވެސް ނުހީ ނުހުރެވުނެވެ. އައިލާގެ ހުނުމަކީ ގިނަ ގިނަައިން އިވޭ އަޑެއް ނޫނެވެ. އެއީ ލަމާންވެސް އަދި އެދެމީހުންގެ މަންމަ އާއި ބައްޕަ ވެސް ދެރަވާކަމެކެވެ. “ހޫމްމްމް.. ދެން އަވަހަށް އާދޭ.. މަންމަމެން ތިބޭނެ އަންލެއް ލަސްވެފަ..” އައިލާ އޯކޭއޭ ބުނުމުން ލަމާން ފޯނު ކަޑައިލިއެވެ.
“އަހާން…ދެކުދިން ކީއްވެ ލަސްވީ؟” ކާގޭގައި ފެންތައްޓެއް ބޯން އައިސް ހުރި އަސްމާއަށް ދެކުދިން ގެއަށް އައިސް ވަނުމުން ބުނެލެވުނެވެ. އެހެން ނުބުނެވޭނެ ހެއްޔެވެ؟ ބައި ގަޑިއިރު ކުރިން އައިލާ ބަލާ ދަނީއޭ ކިޔާ ދިޔަ ލަަމާނަށް އައިލާ ގޮވައިގެން ގެއަށް އާދެވުނީ އަދި ކިރިޔާއެވެ. “އަޅެ މަންމަގެ އަންހެން ދަރި ކައިރީ އަހާލަބަލަ ލަސްވީ ކީއްވެހޭ” މޯޅިއަކަށް ދެމެމުން ލަމާން ބުނެލިވެ. އައިލާ ލަމާންގެ އަތުގައި ބޮނޑިއެއް އެޅއެވެ. އަސްމާއަށް އެމަންޒަރު ފެނިފައި ހިނިތުންވެލިއެވެ. އެހުމުގެ ބޭނުމެއް ނެތެވެ. އައިލާގެ ހަމަ އެކަނި އެހަރަކާތުން ވެސް އަސްމާއަށް އިގުނެވެ. އަދި ބޯހޫރާލަމުން ފެންތަށި ބޯލިއެވެ.
“އަހަރެމެންގެ ލަލްކޮޅުގެ ހަދާން ހަމަ ބަލީއޭ… ލަލްއަށް ހަނދާނެއް މާން ގަނެދޭންވީނުން” ކާގެއަށް ވަންނަމުން ފަޔާޒު ބުނެލިއެެވެ. “ޕިސް މާން ނުގަނެދޭނަން…..މާން ބޯ ގޮވާނެ ލަލްއަށް ހަނދާނެއް ގަނެދޭން ވެއްޖެއްޔާ” ލަމާން އެހެން ބުނުުމުން އައިލާ ލޯ ހަނި ކޮއްލިއެވެ. އަދި ދެ އަތް އުރާލާފައި ބުންޏެވެ. “އެ ކީއްވެ ދޮންބެގެ ބޯ ގޮވަންވި؟” “މިހިރަ ކުއްޖާ….ލަލްއަށް ހަދާނެއް ގަނެދިނުމެކޭ ނުގަނެ ދިނުމެކޭ އެއްގޮތް….އެހެންނޫނަސް ބައްޕަ ދައްކާ ވާހަކަ ބަލާބަލަ….މާން ކިހިނެއްތަ ހަދާން ގަންނާނި، އެ ވިއްކަން ވެސް ހުންނަ އެއްޗެއް ނޫން ވިއްޔަ” ލަމާން އަގަޔަށް ގޮތެއް ހަދާލާފަައި އެހެން ބުނުމުން އެއްމެން ހޭންފެށިއެވެ.
“މަންމަގެ ދަރިފުޅުމެންނޭ ދެން-” “މަވެސް ދަރިއަކަށްތަ ތި ހެދީ” ފަޔާޒު އަސްމާ އެހެން ބުނުުމުން ބުނެލިއެވެ. “ސާބަސް ފަޔާއަށް….އެހެންވެއްޖެއްޔާމަންމަގެ ދަރިންނާ ފިރިމީހާ، އެއުޅެނި އިރުކޮޅަކުން ބަންގިދޭން، އަވަހަށް ނަމާދަށް ތައްޔާރުވާން އުޅޭ.” އަސްމާ އެހެން ބުނެލުމުން އައިލާ ބޯ ޖަހާލާފައި އޭނާގެ ކޮޓަރިއަށް ވަނެވެ. ލަމާނާއި ފަޔާޒު ގެއިން ނުކުމެ މިސްކިތައް ދިއުމަށް މިސްރާބުޖެހިއެވެ.
“ޕިސް…ދެންތި އަމިއްލަ ތަށިން ކައިބަލަ..” ލަމާން އައިލާގެ ތަށިން ކާއެއްޗެހި ނެގުމުން އައިލާ ބުނެލިއެވެ. “ހާދަ ވަރުގަދަ ކަބަލެކޭ މީ… ހޫމްމް ދެން ނުނަގާނަަމޭ” ލަމާން މޫނު ކުނިކޮށްލުމުން އައިލާއށް ހެވުނެވެ. “ބޭބީ މާން” “އޭހ” ލަމާނަށް ބަހެއް ނުބުނެ ހުއްޓާލަން ޖެހުނީ ފަޔާޒަށް ފޯނު ކޯލެއް އައުމުންނެވެ.
ފަޔާޒު ފޯނު ބާއްވާފައި އިރު ކޮޅަކު ވާހަކަ ދައްކަން އިދެފައި ބުންޏެވެ. “އަދި ހަދާން ނެތިފައޭ މީނި….އަންނަ މަހު ސާވަން މެން މި ކޮޅަށް އަންނަ ވާހަކަ ބުންޏޭ” ފަޔާޒު އެހެން ބުނުމުން އައިލާގެ ކެއުމަށް ހުއްޓުން އެރިއެެވެ. އަދި އެބުނި އެއްޗެއް އަލުން ސިކުޑީގައި ރީޕްލޭ ކޮށްލިއެވެ. ވަކިން ހާއްސަ ކޮން އެއަޑު އިވުނު ނަމެވެ.
ސާވަން. ސާވަންއަކީ އައިލާ އެންމެ ކުޑައިރުއްސުރެ އެންމެ ގާތް ކޮން އުޅުނު އެކުވެރިއާއެވެ. ކުރި ހުރިހާ ކަމެއްވެސް ކޮށްފައި ވަނީ އެއްކޮށެވެ. އެކަކު އަނެކަކު ނުލާ ނޫޅެވޭނެހާ އުޅުނު ދެ އެކުވެރިންނެވެ. ނަމަވެސް ސާވަންގެ އުމުރުން އެގާރަ އަހަރު، އައިލާގެ އުމުރުން ދިހަ އަހަރު، ސާވަން ބައްޕަގެ އެދުމުގައި ސާވަން ކިޔެވުމަށް ދިޔައީ ޔޫ.އެސް އަށެވެ.
ސާވަން ޔޫ.އެސްއަށް ދިއުމުންވެސް އައިލާ އާ ސާވަންއާ ދެމީހުން ގުޅާ ވީޑިއޯ ކޯލްކުރެއެވެ. ނަމަވެސް އަހަރަކަށް ފަހު އަހަރަކު ފޯން ކޯލުތައް މަދުވެ އެދެމެދުގައި އޮތް ގުޅުމަށް ހުއްޓުމެއް އައެވެ. އަށް އަހަރުފަހުން ސާވަން އެނބުރި އަންނަ ކަމުގެ ޙަބަރު ލިބުމުން އައިލާއަށް ކުރެވޭ އިހުސާސް ދެނެ ގަންނަން އުދަގޫވިއެވެ.
ސާވަންގެ ޙިޔާލުތަކަށް ގެއްލިފައި އިން އައިލާއަށް ހޭވެރިކަންވީ ލަމާން ވާހަކަ ދައްކަން ފެށުމުންނެވެ. “އަސްލުވެސް؟” ޤަބޫލުނުކުރެވޭހާ ގޮތައް ލަމާން އަހާލުުމުން ފަޔާޒު ބޯ ޖަހާލިއެވެ. އަސްމާ ވެސް އިނީ ހައިރާންވެފައެވެ. އަށް އަހަރު ފަހުން ވަރަށް ޒަމާންވީ އެކުވެރިޔާ އާ ބައްދަލުވާތީ އުފާވެފައެވެ. ލަމާން ދެން ބަލާލީ އައިލާއަށެވެ. ލާނެއް ހިނިތުން ވުމަކާ އެކީ ލަމާން އައިލާއާ ދިމާކޮށްލިއެވެ. “ހައި ހައޭ…އަހަރެމެންގެ ލަލްކޮޅުގެ ޕާރޓުނާ އިން ކްރައިމް އަންނަނީ އޭ ދޯ….މަންމާ…މާން އަކަަށް ހީނުވޭ މާން މެންނަށް ސާވަންއާ ކުޑަ ވަގުތުކޮޅެއްވެސް ލިބޭނެހެނެއް..” ލަމާން އެހެން ބުނުުމުން އައިލާ އިސްއުފުލާ ބަލާލިއެވެ. ލަމާންގެ އެެސަމާސާގަނޑު ނަގައިނުގަނެފައި އިން އަސްމާ އެއްސެވެ.
“އެ ކީއްވެއޯ؟” “އަހެފަހެދޯ….މާން މިބުނީ ލަލްއަށް ސާވަން ފެންނަ އިރަށް ސާވަން މާން މެންނަށް ދޫކުރާނެ ހެނެއް ހިއެއްނުވެއޭ..” ލަމާން އެހެން ބުނުމުން ބޮޑިކަރުވާލާފައި އޮތް ޓިޝޫކޮޅެއް ނަގައި އައިލާ ލަމާންއާ ދިމާއަށް އެއްލިއެވެ. “މާން އަޅެ ކޯއްޗެކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ….މާ ވާހަކަ ގިނަނުކޮށް ތި ކައިބަލަ” އައިލާ އެހެން ބުނުުމުން ކާގެތެރެ ހުނުމުގެ އަޑުން ފުރާލިއެވެ. “އައްދެ…އައިމް ސްޓޭޓިން ދަ ޓުރުތް…ޔޫ ނޯ ދެޓް ޓޫ…” ލަމާން އެއްގޮތަކަށްވެސް ހުއްޓާކަށް ބޭނުމެއްނުވިއެވެ. މުޅި ކެއުން ކަހަލަ ގޮތަކަށް ދިޔައީ ލަމާން އައިލާއަށް ދިމާކުރުމުން އައިލާ ލަމާންއަށް ބޮނޑި އަޅަމުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
