ހިތި މާޒީ – 01
ފަތިހުގެ ވަގުތު ކަމުން މަގު މަތިން މީހުން ފެންނަލެއް މަދެވެ. މަގުގެ އެއްފަރާތެއްގައި މަޑު މަޑުން ދުވަމުން ދިޔަ އިޝްހާ ގެ މިސްރާބު ހުރީ އަތިރި މައްޗާ ދިމާއަށެވެ. އަތިރިމައްޗަށް ގޮސް އެތާ ހުރި ޖޯލި ފަތީގައި އިޝްހާ ޖައްސާލިއެވެ. އިޝްހާ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އިޝްހާ އަށް ވިސްނެމުން ދިޔައީ މީގެ 3 އަހަރު ކުރިން އިޝްހާ ގެ ހަޔާތާ އާއި މެދުއެވެ.
3 އަހަރު ކުރި..
“އިޝްހާ. އިޝްހާ “.ނިދިފައި އޮތް އިޝްހާ އަށް ހޭލެވުނީ އިޝްހާގެ ބޮޑު ދައިތަ ކަމަށް ވާ ޒޫނާ ގެ ބާރު އަޑަށެވެ. އިޝްހާ ކުޑަ ކޮށް ޖެހިލުންވިއެވެ. ނަމަވެސް އެކަން ފޮރުވާލަމުން އިޝްހާ ދޮރާ ދިމާއަށް ހިނގައި ގަތެވެ. މީކީ އިޝްހާ އަށް އާ ކަމެއް ނޫނެވެ. އުމުރުން 17 އަހަރުން ފެށިގެން އިޝްހާ ދިރިއުޅެމުން އައީ ޒޫނާ އާ އެކީ އެވެ. ސަބަބަކަށް ވީ އިޝްހާގެ މައިންބަފައިން މި ދުނިޔެއާ ދޫކޮށް ދިއުމުންނެވެ.ޒޫނާ ކައިރި އަށް އާ ފުރަތަމަ ދުވަސް ކޮޅު ވަރަށް ރަނގަޅޭ. އޭނަ އަށް ވުރެ ނަސީބު ގަދަ މީހަކު މި ދުނިޔޭގައި އުޅޭނެބާއޭ ވެސް އިޝްހާގެ ހިތައް އެރިއެވެ. ދެތިން ހަފްތާ ވުމުން ޒޫނާ ގެ ކުލަވަރު ތައް އިޝްހާ އަށް ފެންނަމުން ދިޔައެވެ. އިޝްހާ އަކީ އެގޭގައި ގެންގުޅޭ ނޯކަރެކޭ ބުންޏަސް މުޅި އަކުން ދޮގަކައް ނުވާނެއެވެ. އިޝްހާ އަށް އަނިޔާ ކުރުން ވެސް ޒޫނާ ގެ އާދަ އަކަށް ވިއެވެ. މީހުން ކުރިމަތީގައި އިޝްހާ ވަރެއް ނެތިފައި ޒޫނާ އުޅެމުން ދިޔައެވެ. “ކަލޭ ދެފައި ދަމާފައި ނިދަން އޮތީމާ އަހަރެން ކަނީ ކޯއްޗެއްތަ”. އިޝްހާ ދޮރު ހުޅުވާލުމުން ޒޫނާ އެއްޗެހި ކިޔައި ގަތެވެ. އިޝްހާ މިދަނީ ކަމަށް ބުނެ ކޮޓަރި އަށް ވަދެ ރީތި ވެގެން ނުކުމެ އަވަސްވެގެން ގަތީ ޒޫނާ އަށާއި އޭނާ ކާނެ އެއްޗެއް ތައްޔާރު ކޮށްލުމަށެވެ. ރޭގައި ނިދުނުލެއް ލަސް ކަމުން އިޝްހާ އަށް މިއަދު ޒޫނާ ސައިބޯން އަންނަ ގަޑި އަށް ސައި ތައްޔާރު ނުކުރެވުނީ އެވެ. އަވަސް ކުރަން އުޅެން ހަދައިގެން ވަރަށް ފުންކޮށް އިޝްހާގެ އިނގިލި ވެސް ކަނޑައިގެން ދިޔައެވެ. ޒޫނާ ކިތަންމެ ވަރަކަށް އޭނަ އަށް އެހެން ކަންތައް ކުރިއެއް ކަމަކު އިޝްހާގެ ހިތް ޒޫނާ އަށް ސާފެވެ. ޒޫނާ އޮފީސް އަށް ދިޔުމުގެ ދިހަ މިނެޓް ކުރިން ކާން ހެދުމުން އިޝްހާ އަށް ހަމަޖެހި ލެވުނެވެ . ވެފައި ހުރި ވަރުބައްޔެއްގެ ބޮޑު ކަމުން އިޝްހާ ސޯފާއެއްގައި ޖައްސާލިއެވެ. ޒޫނާ އައިސް ކާން އިށީނުމުން އިޝްހާ މިސްރާބު ޖެހީ ކޮޓަރި އާ ދިމާއަށެވެ. “އިޝްހާ”. ދޮރު ހުޅުވަން އުޅުނު އިޝްހާ މަޑު ޖެހުނީ ޒޫނާ ގޮވާލުމުންނެވެ. “މިތާ ހުހަށް މިހިރަ ދެކޮޓަރި ސާފު ކުރާތި”. ޒޫނާ މާ މައިތިރި ކޮށް ވާހަކަ ދެއްކުމުން އިޝްހާ ހައިރާން ވިއެވެ. އެހާމެ އުފާ ވެސް ވިއެވެ. “ލައްބަ”. އިޝްހާ ސާފު ކުރާނެ ކަމަށް އެއްބަސް ވިއެވެ. ކުރިއަށް މިވާން އުޅޭ އެއްވެސް ކަމެއް އިޝްހާ އަށް ރޭކާއެއް ނުލިއެވެ. ޒޫނާ ވިހަ ހިނިތުން ވުމެއް އިޝްހާ އަށް ރައްދު ކުރި އެވެ. “އިޝްހާ. ކަލޭ ދެން މާ ގިނަ ދުވަހަކު ދުނިޔެއަކު ނޫޅެވޭނެ” ޒޫނާ އިޝްހާ ކޮޓަރި އަށް ވައިން ތައް ފެނުމުން ހިތާ ހިތުން ބުނެލިއެވެ. “ދެން ޝާ. ބޮޑުދައިތަ ބުނީ އެ 2 ކޮޓަރި ސާފު ކުރަން މިއަދު. ދެން އެހެން ދުވަހަކުން ދާނީ ހިނގާލަން”.އެހެން ވީއިރު ޝާ މި ދަނީ ތި ގެއަށް”.އިޝްހާ ވާހަކަ ދައްކަމުން ދިޔައީ އޭނަގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ވާ ރައުޝާ އާ އެވެ ދެމީހުން ވެސް ފޯނު ކުރުކޮށްލީ ނަމާދަށް އަރަންށެވެ. އިޝްހާ އަސުރު ނަމާދު ކޮށްގެން ނިކުތީ ބޭރަށެވެ. އޭރު ރައުޝާ ވަރަށް ބާރަށް ހިނގާފައި އާދެއެވެ. އިޝްހާ އަދި ރައުޝާ ފިހާރަ އަށް ދިޔައީ ކޮޓަރި އަށް ބޭނުންވާ ބައެއް ސާމާނު ތައް މަދު ވާ ތީ ވެ އޭއްޗިހި ތައް ގަނެ ހަމަ ކުރާށެވެ. “އިޝް. ހިނގާބަލަ ނެކްސްޓް ވީކް ގަ ދަތުރު ދާން. ދޮންބެ ދާނެ. ދޮންބެ ގެ ފްރިއެންޑް ވެސް ދާނެ”. ރައުޝާ ފަތިވަރު އަމުނާލިއެވެ. “ޕިސް ޕިސް”. އިޝްހާ ޕިސް ޕިސް ތަޅާލިއެވެ. ދެމީހުން ވެސް ފިހާރަ އަށް ގޮސް ސާމާނު ހަމަ ކޮށްލައިގެން އަވަހަށް ގެއަށް ދިޔައީ ކޮޓަރި ސާފު ކުރާށެވެ. ދެމީހުން ކޮޓަރި ސާފު ކޮށް ނިމުން އިރު ހުރީ 5:30 ވެފަ އެވެ. ކުއްލިއަކަށް ދޮރު ހުޅުވުނު އަޑަށް ދެމީހުން ވެސް ދޮރާ ދިމާއަށް ބަލައިލި އެވެ.
=ނުނިމޭ=
Note: this is my first story in this site. I hope u all will love this story. And also please share a comment if u like the story. I’d open to all your comments. Please do tell me how to improve
6 Comments!
Comments are closed.

Curiously waiting for next part……… Varah reethi masha allah ??☺️??
Very good iluv this❤️❤️❤️❤️
thanks iphone 13?
Vvvvvvvvvvvvvvvv reethi mi part❤️❤️
thanks horror queen❤?
Laisha hawwa ge comment fenunee vrh fahun??
Thank u very much Laisha hawwa☺️❤️❤️❤️