“އި. އިޔާން. ކީއްވީ”.އިޔާން އޭނަ އާ ދިމާއަށް އަންނަން ހެދުމުން އިޝްހާ ޖެހިލުންވެ ފައި އަހާލިއެވެ.” އޭ”. ފަހަތުން އިވުނީ ރައުޝާ ގެ އަޑެވެ. ސިއްސައިގެން ގޮސް އިޔާން ވެސް ފަހަތް ބަލާލި އެވެ. އިޔާން ރައުޝާ އަށް ލޯ އަޅާލުމަށް ފަހު އެތަނުން ނިކުމެގެން ދިޔައެވެ. “ނަސީބެއް ނުން އަހަންނަށް އާދެވުނު ކަން ވެސް. އެހެންނޫންނަމަ ނޭންގޭ އިޝް އަށް ވާނެ ގޮތެއްވެސް”. ބިރުން ވިރި ވިރި ހުރި އިޝްހާ ކައިރި އަށް ދަމުން ރައުޝާ […]
މީނާ އަށް މިކަން އެގުނީ ކިހިނެއް ބާއޭ އިޒްކާން ހިތައް އެރިއެވެ. “މަ އެބަ ބަލަން ތަ އިޝް އާ ދިމާއަށް. ދެން ޝާ ވެސް ދައްކާ ވާހަކަ”.އިޒްކާން ހިތައް އައި އެންމެ ފުރަތަމަ ދޮގު ހަދާލައިފައި ދުރައް ހިނގައިގަތެވެ. ރައުޝާ ދެފަރާތައް ބޯ ހޫރާލަމުން އިޝްހާ ގާތައް ޖެހިލިއެވެ.” ކޮބައިތަ އިޒްކާން”.ފިހާރަ ތެރެއަށް ނަޒަރެއް ހިންގާލަމުން އިޝްހާ ކައިރީ ހުރި ރައުޝާ އާ ސުވާލު ކުރިއެވެ. “އޭނަ ވެއްޖެއް އެފަޅީ ގައި”. ތަން ކޮޅެއް ދުރުގައި […]
“ބޮޑު ދައިތަ. މިއަދު ހާދަ އަވަހަކަށް ތިއައީ”. ދޮރުން އެތެރެއަށް ވަދެގެން އައި ޒޫނާ ފެނުމުން އިޝްހާ ބުނެލިއެވެ. “އާން. ފައިލް އެއް މަދު ވެގެން އެ ބަލައި މި އައީ”. ޒޫނާ އެހާ މަޑުން އިޝްހާ އާ އެ ވާހަކަ ދެއްކީ މިތާ ރައުޝާ އިނުމުން ކަން އިޝްހާ ގެ އިތުރުން ރައުޝާ އަށް އިނގުނެވެ. ޒޫނާ އަށް ހީވަނީ ރައުޝާ އަށް ޒޫނާ އިޝްހާ އަށް ކަންތައް ކުރާ ގޮތް ނޭންގޭ ކަމަށެވެ. އިޝްހާ […]
ފަތިހުގެ ވަގުތު ކަމުން މަގު މަތިން މީހުން ފެންނަލެއް މަދެވެ. މަގުގެ އެއްފަރާތެއްގައި މަޑު މަޑުން ދުވަމުން ދިޔަ އިޝްހާ ގެ މިސްރާބު ހުރީ އަތިރި މައްޗާ ދިމާއަށެވެ. އަތިރިމައްޗަށް ގޮސް އެތާ ހުރި ޖޯލި ފަތީގައި އިޝްހާ ޖައްސާލިއެވެ. އިޝްހާ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އިޝްހާ އަށް ވިސްނެމުން ދިޔައީ މީގެ 3 އަހަރު ކުރިން އިޝްހާ ގެ ހަޔާތާ އާއި މެދުއެވެ. 3 އަހަރު ކުރި.. “އިޝްހާ. އިޝްހާ “.ނިދިފައި އޮތް އިޝްހާ […]