Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭނަމަ-6

eevss Level 210 Stories100 Login
October 5, 2021 2 Mins Read
4 Comments

“ހިނގާ ދަމާ”ޔަނާލް އަތުކުރީ އޮތް ގަޑި އަށް ބަލައި ލަމުން ބުނެލި އެވެ..”އާނ..ހިނގާ”ލައިހާ ތެދުވެ ހިނގައި ގަތެވެ..އެމްމެން ވެސް ބަދަރާާއި ހަމަ އަށް ދިޔަ އިރު ހުރީ ހަތެއް ޖަހަން އެއް މިނެޓަށް ވެފަ އެވެ..ލޯންޗަށް އަރާ ދެމީހުން ވެސް ހަމަ ޖެހިލިއެވެ…ލައިހާ ފޯނު ނަަގާ އިންސަގްރާމް އަށް ވަދެ އަވަހަށް ސްޓޯރީ އަޕް ކޮށްލިއެވެ..

“އަނެއްކާ ވެސް އަހަރުމެން އެކަނި ދޯ ގޭގަ އުޅޭނީ..ދެން ޝައި ވަރަށް ފޫހި ވާނެ ގޭގަ”..ޝައިރާ ލޯންޗް ދިޔަ ދިމާއަށް ބަލަން ހުރެ ބުންޔެވެ..”ޝައި ކީއްވެ ފޫހިވާންވީ..މިރޭ މާހިލް އާ ލީނާ އަންނާނެ”…މާހިލް އަކީ ޔަނާލް ގެ ބޭބެ އެވެ..ލީނާ އަކީ މާހިލް ގެ ވާން އުޅޭ އަބިމީހާއެވެ..”އޯހް..ދެންނުވާނެ ދޯ ފޫހި އެއް”..ޝައިރާ ހިނގައިގަތީ ގެއާ ދިމާއަށެވެ..ޔަނާލް ވެސް ޝައިރާ ފަހަތުން ހިނގައިގަތެވެ..

ދިގު ދަތުރަކަށް ފަހު ރަށުތެރެއަށް ދެމީހުން ވެސް ހިނގައިގަތީ އަވަހަށް ގެއަށް ދިއުމަށެވެ..ފުރަތަމައިނުން ވެސް ލައިހާ އެގެއަށް ދިޔަ ގޮތަށް ފެން ވަރައިގެން ނިދީ ވަރުބަލި ވެފައި ހުރުމުންނެވެ..

އައިމަން އަށް ހޭލެވުނީ އައިމަން ގެ ދައްތަ އައިހާ ގޮވާއަޑަށެވެ..ކިތަންމެ ނިދައި ހިތް ވެފައި ހުރި ނަމަވެސް އައިހާ ނުތެދުވަނީސް ނުދާނެކަން އެގޭނތީވެ ތެދުވިއެވެ…”ދޭ ރީތިވެގެން ކާން އަންނަން ..އެމްމެން އެތިބީ ކާގޭގަ އައިމަން އަންނަންދެން”..އައިހާ އެތަނުން ދިޔަ އީ އައިމަން ކޮށްޕާލާފައެވެ..އައިމަން ކާގެއަށް ދިޔަ އިރު އޭނަގެ އިންތިޒާރުގައި އެމްމެން ތިއްބެވެ..އައިމަން ގޮސް އިށީނުމުން އެމްމެން ކައި ނިމްމާލީ ހަމަހިމޭން މާހައުލެއްގައެވެ..ސަބަބަކީ ކައި ގަޑީގައި ވާހަކަ ދެއްކުމަކީ ހާޝިމް އެހާ ހިތްހަމަ ޖެހޭ ކަމަކަށް ނުވާތީ އެވެ..ހަވީރު ގެ ސަޔަށް ފަހު ލައިހާ ހިނގާލަން ގިޔައީ އައިމަން ގެ އެދުުމުގެމަތިންނެވެ…ވރަށް ހިނގުމަށް ފަހު އިރުއޮއް މަންޒަރު ބަލަން ދެ މީހުން ގޮސް ވައިމަތީ ތިއްބެވެ..

ރޭގަޑު ގެ ވަގުތެވެ..

ޝައިރާ އަދި ޔަނާލް ބަދަރަށް ދިޔައީ މާހިލް މެން ބަލަ އެވެ..އެތަނަށް ގޮސް މާހިލް އަށް ގުޅާ ލުމުން މި ލެފެނީ ކަމަށް ބުނެ ފޯނު ކަޑާލިއެވެ..މާ ގިނަ އިރު ތަކެއް ނުވެ ލޯންޗް ރަށަށް ލެފި އެވެ..ޔަނާލް ހިނގައިގަތީ އެދިމާއަށެވެ..ލޯންޗް އިން މީހުން ތަށް ފައިބާ ނިމެން ކައިރި ވުމުން މާހިލް މެން ލޯންޗް އިން ފޭބިއެވެ..ލޯންޗް އިން ފޭބިގޮތަށް ހިނގައިގަތީ ތަން ކޮޅެއް ދުރުގައި ހުރި ޝައިރާ ކައިރި އަށެވެ..”ޝައި,މީ މާހިލް ދެން މީ ލީނާ..ދެން މީ މަގޭ އަންހެނުން ޝައިރާ”…ޔަނާލް ތިން މީހުން ތައަރަފް ކޮށް ދިނެވެ..ހަތަރު މީހުން ވެސް ހިނގައިގަތީ ގެއާ ދިމާއަށެވެ..

“ހިނގާ ދުއްވާލަން ދާން”..އެހެން އިދެފައި އައިހާ ބުނެލި އެވެ..”ސާބަސް އައި އަށް..މީނަ އަބަދު ބޭނުންވާނީ ބޭރުގަ އުޅެން”..އައިހާ ގެ ފިރިމީހާ ހާއިޝް ބުނެލި އެވެ..”ދެން..ހަމަ ދެވިދާނެ ދޯ”..އައިހާ ބޮޑައިހާކައިގަތެވެ..”އާނ..ހިނގާ”ދެމީހުން ޒުވާބު ކުރަން ފެށުމުން އައިމަން ބުނެލި އެވެ..އޭރު ހެވިފައި ލައިހާ އެދެމޯހުންނަށް ބަލަން ތިއްބެވެ..ދުއްވާލަން ގޮސް ގެއަށް އެމްމެން އައިރު ހުރީ އެގާރަ ޖަހާ ބޮޑުވެފައެވެ..އެމްމެން ވެސް އެމީހެއްގެ ކޮޓް ރި އަށް ވަނީ  ނިދާށެވެ..ނަމަވެސް އައިމަން އަދި ލައިހާ އޮތީ ދެމީހުން ދެމީހުންނާ މެސެންޖާއިން ވާހަކަ ދަށްކާށެވެ..ދެމީހުން ނިދި އިރު ހުރީ އެކެއްޖަހަން ފަސްވަރަކަށް މިނެޓަށް ވެފަ އެވެ..

ގެއަށް ދިޔަ މަގުމަތީ ޝައިރާ އަދި ލީނާ ވަނީ ވަަރަށް ގަތް ދެއެކުވެރިންނަށް ވެފައެވެ..ދެމީހުން އެމީހެއްގެ އަމިއްލަ ވާހަކައިގައި ދިޔަ އިރު އެތާ އެހެންމީހުން ތިބިކަން ވެސް ހަދާން ނެތް ފަދައެވެ..ދެމީހުން ގެއަށް ގޮސްވެސް އެތަށް އިރަކު ތިބުމަށް ފަހު ވާހަކަ ކުރުކޮށްލީ ނިދަން ދާށެވެ..

އިރު އެރީ ޝައިރާ އަދި ލައިހާ ވީޑިއޯކޯލް ކޮށް ގެން ތިއްބައެވެ..އެތަނަށް ލީނާ އައުމުން ލައިހާ އެީ ކާކުތޯސުވާލު ކުރިއެވެ..”މީ މާހިލް ގެ ވާން އުޅޭ އަނބިމީހާ”..ޝައިރާ ލީނާ ތައަރަފް ކޮށްދިނެވެ..މާ ގިނަ އިރުތަކެއް ނުވެ ލީނާ އަދި ލައިހާ ވެސް ގާތް އެކުވެރިންނަށް ވިއެެވެ..ތިންމީހުން ވެސް ފޯނުކޯލު ކުރު ކޮށްލީ އައިަމން އައުމުން ނެވެ..”މަޑު ކުރަށްޗޭ..މި އުޅެނީ ލީޝާ އަށް ގުޅަން ވެގެން ..ލައިހާ ލީޝާ އަށް ގުޅާލިއެވެ..”ހަލޯ..ލީޝް..ވަރަށް ދުވަސް ވެއްޖެދޯ ނުގުޅޭ ތާވެސް”..ލީޝާ ފޯނު ނެގުމާއިއެކު ލައިހާ ބުނެލިއެވެ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eevss

Level 210 Stories100 Login

Other Articles

Raigerifulhu-cover
Previous

ރަތްގެރިފުޅު – 3

Next

ހިތުގެ ޝަކުވާ… 28

Next
October 5, 2021

ހިތުގެ ޝަކުވާ… 28

Previews
October 5, 2021

ރަތްގެރިފުޅު – 3

Raigerifulhu-cover

4 Comments!

  1. Horror queen says:
    October 5, 2021 at 8:29 pm

    Amazing. Vvvvvvvv reethi ❤️❤️❤️

    1. Eevss says:
      October 5, 2021 at 8:51 pm

      thanks horror queen

  2. mariyam rausherrr says:
    October 6, 2021 at 10:38 am

    woww vr lwbi.. comment nukurevunas baraabarah kiyan.. ☺️☺️
    waitin for the nextt sisss❤️

    1. Eevss says:
      October 7, 2021 at 8:50 am

      thanks kuds..

Comments are closed.

Next Episodeވާ ލޯބި އެނގޭނަމަ-7←


All Right Reserved!