Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭނަމަ – 2

eevss Level 210 Stories100 Login
September 21, 2021 2 Mins Read
1 Comment

“ހުމް ހިނގާ.. ދެން ލައި އެންޑް އައިމަން ދޭ ފިހާރަ އަށް.. އަހަރުމެން މިތަން ރެޑީ ކުރާނަން”..ޔަނާލް އަށް އެހިޔާލު ކަމު ދިޔަ އެވެ..އައިމަން މެން ވެސް ގެއިން ނުކުމެގެން ދިޔައީ މާދުރުނޫން ހިސާބެއްގައި ހުރި ފިހާރައަށް ށެވެ…ދިހަވަރަކަށް މިނެޓް ތެރޭ ހުރި ހާ އެއްޗެއް ގަނެގެން އައިމަން މެން ގެއަށް ދިޔަ އިރު ޔަނާލް މެން އެތަން ރެޑީ ކުރަން އުޅެއެވެ…އެމީހުން އަށް އެހީ ވެދިނުމުގެ ގޮތުން އައިމަން މެން ވެސް ގޮސް ޔަނާލް މެންނާ ބައިވެރިވި އެވެ.. “ލައި.. ދޭބަ ސޮސެޖު ބޮޑިތަށް ނަގާފަ ފެން އެއްޗެއް ގެ ތެރެ އަށް ލާން… ދެން އައިމަން އެންޑް ޔަނާލް ދޭބަލަ ކުކުޅު ތަށް ނޮޅަން.. މިތަން ކޮޅު ނިންމާލައިފާ އަހަރެން މި ދަނީ ޕާން ތަށް ފިހަން”.. އެތަން ރީތިކޮށް ނިމެން އުޅެނިކޮށް ޝައިރާ ބުންޔެވެ… ތިން މީހުން ވެސް ބަސް އަހާ ކުޑަ ކުދިން ތަކެއް ފަދައިން ގޮށްސިއެވެ.. އެރޭ ބާބަކިއު ހަދާ ނިމުނީ އެގާރަ ވެސް ޖަހާ ބޮޑުވި ފަހުންނެވެ..

********************

ހެދުނު ގެ ވަގުތުވެ..

އިރު ގެ ރަން ދޯދި ތަށް އުޑުމަށްޗަށް ދަށްކާލީ ލައިހާ އަދި ޝައިރާ ހެދުނު ގެ ސައި ހަދަން ތިއްބައެވެ.. “ޝައި.. އަހަރެން މިއަދު މެންދުރު މި އުޅެނީ ލީޝް މެން ގެއަށް ދާން”… ލީޝާ އަކީ ލައިހާ ގެ ސްކޫލް ދައުރުގައި ދިމާވި ކުއްޖެކެވެ… ދެމީހުން ވަކިވީ ލީޝާ މެލޭޝިޔާ އަށް ކިޔަވަން ފުރުމުން ނެވެ… ލީޝާ އަކީ ވެސް ލައިހާ އެކޭ އެއްފަދައިން ބުރުސޫރަ ރީތި ހަށިގަނގެއްގެ ވެރި އެކެވެ.. “އޯހް.. ކޮން އިރާކު ލީޝް އައީ މި ކޮޅަށް.. ޝާއި ވެސް ބޭނުން ލީޝް ކައިރި އަށް ދާން”…ޝައިރާ ފިޔާއެތި ހިފައިގެން އައިސް ބުނެލި އެވެ..” އިއްޔެ ލީޝް މި ކޮޅަށް އައީ.. .. ސޯ ވަން އަށް ރެޑީ ވަށްޗޭ “.. ލައިހާ ވެސް ޝައިރާ އަށް އެހީ ވާން ގާތް ވި އެވެ.. އެކި އެކި ވާހަކަ ތަށް ދަށްކަމުން ސައި ހަދާ ނިމުނު އިރު ހުރީ ހަތެއް ޖަހަން ގާތް ވެފައެވެ.. އޭރު ޔަނާލް އަދި އައިމަން ވެސް އައިސް ބަދިގެއަށް ވަންނަނީ އެވެ.. އެންމެން ވެސް ސައި ބޮއެ ނިންމާލީ އުފާ މާހައުލެއްގައެވެ… “ޝައި.. ލައި.. މަންމަ މެން އާދޭ އަންނަ ހަފްތާ.. އެކަމް އަދި ނޭންގޭނެ ލައި މި ކޮޅަށް އައި ކަމެއް.. ވާނެ ސަޕްރައިޒް އެއް ދޭން”..ޔަނާލް އޭނާގެ މައިންބަފައިން އާ ވާހަކަ ދެއްކުމަށް ފަހު އައިސް ބުންޔެވެ…” ހްމްމްމް”.. ލައިހާ އަށް އެހިޔާލު ކަމު ދިޔަ އެވެ..

އެއް ހަފްތާ ފަސް..

މިއަދަކީ ޔަނާލް މެން ގެ މައިންބަފައިން ރަށަށް އަންނަ ދުވަހެވެ.. ހަތަރު މީހުން ވެސް އަވަދިނެތި އުޅުނީ ގޭތެރެ ރީތި ކުރާށެވެ.. އެއްގަޑި ބައި ވިއިރު ހުރިހާ މަސައްކަތެއް ނިމިއްޖެއެވެ.. ޔަނާލް އަދި ޝައިރާ ޖެޓީއަށް ދިޔައީ އެމީހުންގެ މައިންބަފައިން ބަލައެވެ.. ޖެޓީއާހަމަ އަށް އެރި އިރު ލޯންޗް ކިރިޔާ ރަށަށް ލަފަނީ އެވެ.. ޔަނާލް މެން ގެއަށް އައި އިރު މުޅި ތަން ވަނީ އަދިރި ކޮށްލާފައެވެ.. “ސަޕްރައިޒް”.. ގޭ ދޮރު ހުޅުވުމާއިއެކު ލައިހާ ހުންމާލީ އެންމެން ގެ ކުރިމަށްޗަ ށެވެ…..

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eevss

Level 210 Stories100 Login

Other Articles

Previous

ގާތުގާވުމަށް ހިތް އެދެނީ (30)

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސާސް ވަނަ ބައި)

Next
September 22, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސާސް ވަނަ ބައި)

Previews
September 21, 2021

ގާތުގާވުމަށް ހިތް އެދެނީ (30)

One Comment

  1. rausherrr says:
    September 22, 2021 at 2:33 pm

    haadha reethi ey mi part vss..kon irakun aneh part

Comments are closed.

Next Episodeވާ ލޯބި އެނގޭނަމަ – 3←


All Right Reserved!