Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (30)

🌹YEOJA🌹 Level 610 Stories100 Login100 Comments
September 21, 2021 5 Mins Read
11 Comments

އެކަކު އަނެކަކުގެ އަތުތެރޭގައި ތިބި ޒިވްޔާ އަދި ޒަޔާން އަށް ސިހުން ލިބުނީ އެތަނަށް އައިސްވަން ލައިހާ ޔުލީން ރިޔާން ގެ އިތުރުން ޔޫއާންގެ އަޑަށެވެ. ޒިވްޔާ އަށް ހައިރާން ކަން ލިބުނަސް ޒަޔާންގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ޒަޔާން އާދިމާލަށް ބަލައިލި ޒިވްޔާ އަށް އެއީ ޒަޔާންގެ ކަމެއްކަން އިނގުމުން އޭނާ ވެސް ހިނިތުންވެލަމުން އޭނާގެ އެކުވެރިންނާ ދިމާލަށް ބަލައިލިއެވެ. ފުރަތަމަ ވެސް ޔުލީން އަދި ލައިހާ އެކުއެކީހެން އައިސް ޒިވްޔާގެ ގައިގައި ބައްދާގަތުމާއެކު ޒިވްޔާ ސިހިގެން ދިޔަވަރުން ފަހަތަށް ނުވެއްޓުނީ ކިރިޔާއެވެ. ތިން ފިރިހެން ކުދިންހެވިފައި މިމަންޒަރު ބަލަން ތިބި އިރު އެމީހުންގެ ލޮލުގައިވެސް ތަފާތު ވިދުވަރެއް ވެއެވެ. ” ކޮންގްރެޓްސް ޒިވް ” ޔުލީން އަދި ލައިހާ އެއްފަހަރާ ބުނެލިއެވެ. ޒިވްޔާ ވެސް ޝުކުރު އަދާކުރަމުން އެދެމީހުންގެ ބުރަކަށީގައި އަތްވަށާލިއެވެ. ” ކޮބާ ތި ތިންމީހުންގެ ޓައިމް ނިމުނީ އާ އަހަރެން އެއްޗެކޭ ބުނެލަންތަ ” އިރުކޮޅަކުން ޒަޔާން ބުނެލިއެވެ. އެއާއެކު އެތިންމީހުންނަށް ވެސް ބޯޖަހާލެވުނީ އެއްފަހަރަކާއެވެ. ” އަމް … ވަރަށް ބޮޑަށް އަހަރެން މާފަށް އެދެން ތި ހުރިހާ އެންމެން ކިބައިން ، އައިނޯ އަހަރެން ވަރަށް އަމިއްލަ އެދުން ބޮޑުކަން ބަޓް ނައު ޓްރަސްޓް މީ އައިއެމް ޗޭންޖް ” އިސްޖަހާލަމުން ކުށްވެރިއެއްފަދައިން ޒަޔާން ބުނެލިއެއްކަމަކު އެންމެ ފަހުބާ ބުނެލީ ވަރަށް ޔަޤީންކަމާއެކުއެވެ. އެއާއެކު ޒިވްޔާ އައިސް ޒަޔާންގެ އަތުގާ ހިފާލުމާއެކު ޒަޔާން އިސްއުފުލާލިއެވެ. ” ޒަޔާން ކުރީ ރަނގަޅުކަމެއް ނޫން އެހެންނަމަވެސް އަހަރުމެން އެންމެން މާފްކޮށްފިން ޒަޔާން އަށް ، ބަދަލުގައި ޒިވް އަށް ރަނގަޅަށް ބަލަން ވާނެ ، ” އެންމެ ފުރަތަމަ ވެސް ރިޔާން ބުނެލީ ޒިވްޔާގެ ބޮލުގައި ފިރުމާލަމުންނެވެ. ވާތުވެ ދިޔަ ދުވަސްތަކުގައި ރިޔާން ގެ ހިތުގައި ވެސް ވަނީ ޒިވްޔާ އަށްޓަކައި ކޮއްކޮ އެއްގެ ކުލުނު ޖެހިފައެވެ. ” ތެންކިޔޫ ، އައި ޕްރޮމިސް ޒިވީ އަކަށް ދުވަހަކުވެސް ދެރަ އެއްނުދޭނަން ” ޒިވްޔާ ގެ އުނަގަނޑުގައި އަތްއަޅުވާލަމުން ޒަޔާން ބުނެލިއެވެ. އެއާއެކު ފެނުނީ ރަކިވިވަރުން ޒިވްޔާ އިސްޖަހާލިތަނެވެ. ” އޯކޭ އޯކޭ ، ސޯ މީއެން މައި ލަވިން ހަސްބެންޑްގެ ފަރާތުން ތިދެ ނިއުކަޕުލްސް އަށް ސަޕްރައިޒް އެއް އެބައިން ކަމް ފޮލޯ އަސް ” ޔުއާންގެ އަތުގައި ހިފާލަމުން ޔުލީން ބުނެލިއެވެ. ހައިރާންވެފައި ހުރެ ހަތަރު މީހުން އެދެމީހުންގެ ފަހަތުން އައިސް ހިނގާފައި ދިޔައީ އެތަނާ ދުރުނޫން ރެސްޓޯރެންޓްއަކަށެވެ. ވަގުތުގެ ގޮތުން އެތަނުންމީހުން މަދުހެނެއް ހީނުވެއެވެ. އެހެންނަމަވެސް ޔުލީންމެން ބުކްކުރި މޭޒްދޮށުގައި ފެންނަން ތިބީ އެހަމީހުން އެކަންޏެވެ. ޔުލީންމެންގެ ފަހަތުން ވަން ދެޖޯޑަށް ހައިރާން ކަމެއް ލިބުނީ އެތަން ތައްޔާރުކޮށްލާފައިވާލެއް ފުރިހަމަ ކަމުންނެވެ. މުޅި އެތަން ވަނީ ހަމުން ފުރާލާފައެވެ. ފާރުގައި “ކޮންގްރެޗުލޭޝަން ” ޖަހާފައި އިން އިރު މޭޒުމަތީގައި ރީތިގޮތަކަށް ހުސްޗޮކްލެޓް އިން ފަރުމާކޮށްފައި އިން ކޭކް އެއް އިނެވެ. އެހަތަރު މީހުންގެ މޫނުމަތިންވެސް ލިބިގެން ދިޔަ ސަޕްރައިޒް ކަމުދިޔަކަމުގެ ކުލަވަރު ފެނިގެން ދިޔައީ އެ ތުންފައްތަކުގައި ކުޅެލެވިފައި އިން ހިނިތުންވުމުގެ ސަބަބުންނެވެ. ” ކޮބާ ކިހިނެއް ވަނީ ” ހެވިލާފައި ހުރެ ޔުލީން އަހާލިއެވެ. ” ވަރަށް ކަމުދޭ ، ތެންކްސް ޔުލީ ” ދެއަތްޖޯޑް ކޮށްލަމުން ލައިހާ ބުނެލިއެވެ. ” ތެދެއް ތެންކިޔޫ ” ޒިވްޔާ ވެސް ބުނެލިއެވެ. ” އޯކޭ އޯކޭ ދެން ހިނގާ ކޭކް ކަޓް ކުރަން ” ޔުލީން ބުނެލިއެވެ. ހަތަރުމީހުންވެގެން ވަޅީގައި ހިފާލަމުން ކޭކް ފަޅާލުމާއެކު އެތާ ގުގުމާގެން ދިޔައީ ޔުލީން ގެ އަތްތިލަބަޑިޖަހާލި އަޑެވެ.

އެކިއެކި ސަކަރާތުގައި ހަމީހުންވެސް އެތާ ރެސްޓޯރެންޓްގާ ތިބިއިރު ހަމީހުންގެ މޫނުމަތީގައި ވެސް ވަނީ އުފާވެރިކަމަވެ. އެކިއެކި މައޫލޫއަށް ވާހަކަ ދައްކާ ހަދަމުން ދިޔައިރު ކުރިން ކުރި ހިތާމަތައް މަތިން ހަނދާންވެސް ނެތުނު ކަހަލައެވެ. ” ދެބައި މީހުން މެރީކުރަން ވާނީ އެތްކޮށް އިނގޭ ” އެހެން އިނދެފާ ޔޫއާން ބުނެލިއެވެ. ” ޔަޤީނެއް ނު ” ފޯރިއާއެކު ރިޔާން ބުނެލިއެވެ. ” ހޫން ދެން ، އަހަރުމެންނަށް ވެސް މަޑުކުރެވުނު ނަމައެއް ނު ދޯ ޔޫއާން އޭރަށް މެރީވެސް ކުރެވުނީސް އެތްކޮށް ” ތުންކޮޅުއޫކޮށްލަމުން ޔުލީން ބުނެލިއެވެ. ” އެހެންނެއް ނުވާނީ ދެމީހުންގައިގައި ކެތްތެރިކަމެއް ހާހިސާބުވެސް ނުހުރޭ ވީއްޔަ ” ލާނެތް ރާގަކަށް ރިޔާން ބުނެލިއެވެ. އެއާއެކު ޔުލީން ނުވިސްނާހުރި ރިޔާންގެ އަތުގައި ބޮނޑިއެއް އަޅާލިއެވެ. ” ހޫން ދެން ނުތޮޅޭ ، ބޭބް ހިނގާ ދާން ދެން ، މި ނިއުކަޕުލްސް ބޭނުން ވާނު ޕްރައިވެސީ ” ޔުލީންގެ އަތުގާ ހިފާ ކޮށްޅަށް ނަގަމުން ޔޫއާން ބުނެލިއެވެ. ” ތެދެކޭ ދޯ ، ދެންދަނީ ގުޑް ނައިޓްސް ، ސީޔޫ ” މިހެން ބުނެ ޔުލީން ނިކުތީ ޔޫއާންގެ އަތާ އަތްގުޅުވާލައިގެންނެވެ. ގުޅުވާލެވިފައިވާ އަތާއެކު އެދެމީހުންވެސް އެއީ ދުނިޔޭގާ ހުރި އެންމެ އުފާވެރި އެއް ޖޯޑް ހެން ވެސް ހީވެއެވެ. ލަސްނުކޮށް ރިޔާން ލައިހާ ގޮވައިގެން އެތަނުން ނިކުތީ ޒިވްޔާ އަދި ޒަޔާން ވެސް އެކަނި ބައިންދާފައެވެ.

ރަސްފަންނުގާ ހުރި ސިމެންތި ގޮނޑިތަކުގާ އެކަކުއަނެކަކުގެ އަތުތެރޭގައި ތިބި ރިޔާން އަދި ލައިހާ ވެސް ދިޔައީ ހުއްޓުމެއް ނެތި އެކަކަށްފަހު އަނެކަކު ވާހަކަ ދައްކަމުންނެވެ. ދޭތެރެ މެދުން ރިޔާން އޭނާގެ ހިތުވާ ލޯބި ލައިހާ އަށް ހިއްސާކޮށްލައެވެ. އެއިން ކޮންމެ ފަހަރަކު އެތުންފަތަށް ވެރިވެގެން ދާ ހިނިތުންވުމަކީ ބަލާބަލާ ފޫހިވިޔަސް އެމައްޗަކުން ރިޔާން ފޫހިނުވާނެ އެއްޗެކެވެ. ” ދެން މެރީކުރެވޭނެ ދުވަހަކަށް އިންތިޒާރުކުރެވެނީ ، ބޭނުމީ އާ ވެޑިން އަވަސްވެސް ކުރެވޭނެ ދޯ ، ބަޓް އަދި މާ އަވަހީ ރައިޓް ލަވް ” ރިޔާންގެ މޭމަތީގައި ބޯއަޅާލައިގެން އިން ލައިހާގެ ބޮލުގައި ދަތްދޮޅުވިއްދާލަމުން ރިޔާން ބުނެލިއެވެ. ” ޔެސް ” ވައިއަޑުން ލައިހާ ބުނެލިއެވެ.  ހަމަހިމޭންކަމުގެ ސުކޫތަކަށް ފަހު އަނެއްކާ ވެސް ރިޔާން އާ ލައިޙާ ވާޙަކަ އިގައި ޖެހިގަތެވެ.

އެއްއަހަރު ފަސް

********

އަވަދިނެތި އެންމެން ހަލަބޮލިވެގެން އުޅޭތަން ބަލަން އިން ޔުލީން އަކަށް ވެސް ވަކިކެތެއް ނުވިއެވެ. ފަސްމަހުގެ ބަނޑާއެކުވެސް ޔުލީން ބެލީ އޭނާ އަށް ވީވަރަކުން އޭނާގެ ދެއެކުވެރިންގެ ކައިވެންޏަށް ތައްޔާރުވުމަށް އެހީވާށެވެ. ކުދިކިޔަމުން ޔޫއާން ޔުލީންގެ ފަހަތުގައި އުޅެނީ ޔުލީން އަށް ކަމެއް ވެދާނޭތީއެވެ. އަހަރެއް ވޭތުވެގެން ދިޔައެއްކަމަކު އަދިވެސް އެދެމެދުގާ ކުރިންވީހާ ސާފުތާހިރު ފުން ލޮއިތްބެއް ވެއެވެ. މިހާރުވީ އާވީ އިތުރެވެ. ލައިހާ ޒިވްޔާ އަދި ޒަޔާން ގެ ކޮއްކޮ ނުހާ އުޅުނީ ކައްކަން އުޅުނު ބޮޑެތިމީހުންތައް ކައިރިއެވެ. ކައިވެންޏާ ދިމާކޮށް ނުހާވެސް ސަޢީދުއާއެކު ޒަޔާން ގެ ކައިވެންޏަށް އައީއެވެ. ކައްކާ ތަނަށް ވަން ޔުލީން ގެ އަތުގާ ހިފަމުން ލައިހާ އަދި ޒިވްޔާ ވެސް އެތަނުން ނިކުތެވެ. ” ސާބަސް ކޮޔާ ، ހަމަ ނީދެވެނީތަ ތިހާލުގާ ވެސް ، ޔުއާރ ލަވިން ހަސް ވެސް އެހެރީ ވޮރިޑްވެފާ ، ރެސްޓް އެއް ނަގާބަލަ ނިކަން އަހަރެމެން ވަރަށް އުފާވާނެ ޔުލީ ރެސްޓްގާ އިނީއާ ، އެން ޙާއްސަކޮށް ބަދިގެއަށް ނުވަންނާތި ” އިންޒާރެއް ދޭފަދައިން ލައިހާ ބުނެލި ނަމަވެސް އެ އަޑުގައި ކަންބޮޑުވުން އެކުލެވިގެންވެއެވެ. ” ތެދެއް ތިއޮޅެނީ ޕާޓީ އޮންނަން ވާއިރަށް ވަރުބަލިވާން ސޯ ޕްލިޒް ޑޫއެސް ވީސޭ ” ޒިވްޔާ ވެސް ބުނެލިއެވެ. ” އޯކޭ އޯކޭ ، ތެންކިޔޫފޯ ދަ ލެކްޗާ އެކަމް ހާދަ ފޫއްސޭ ..” ޔުލީން އަށް ބުނެވުނީ މިހިސާބަށެވެ. އެތަނަށް އައި ރިޔާން އައިގޮތަށް ޔުލީންގެ ކޮނޑަށް އަތްވައްޓާލިއެވެ. ” ސިސް ، ހިނގާ އަހަންނާއެކު ފޫހިވާކަށް ނުޖެހޭނެ އެއްނު ރިޔާން ހުއްޓަކާ ” ފޮނިވެލާފައި ރިޔާން ބުނެލިއެވެ. ” ޔޭ ހިނގާ ދޮންބެ އިސް ދި ބެސްޓް ” ތުންފަތަށް ވެރިވެގަން ފުޅާ ހިނިތުންވުމާއެކު ޔުލީން ރިޔާން އާއެކު ދިޔައީއެވެ. ދަމުން ރިޔާން ފަހަތްބަލައިލީ ލައިހާ ބަލައިގެން ހުންނާނެ ކަމަށެވެ. ވީވެސް އެހެންނެވެ. ހިނިތުންވެލާގެން ހުރި ލައިހާ ފެނި ރިޔާން އެތްލޯމަރާލިއެވެ. އެއާއެކު ލައިހާ އިސްޖަހާލީ ގަތްލަދަކުންނެވެ.

އަމިއްލަ އިސްކޮޅު ހުންނަ ދިގުލޯގަނޑަށް ލައިހާ އަށް ބަލަން އިނދެވުނީއެވެ. އާދާގެ ކައިވެނި ރީތިހެދުމެއްގާ ލައިހާ އިންއިރު ބޮލުގައި އޮޅާލެވިފައިވަނީ ތަފާތު ގޮތަކަށް ކަމުން ލައިހާ މިއަދު ތަފާތުކަމަށް ދައްކައެވެ. މޫނުގައި ކޮށްލެވިފައިވާ ލުއިމޭކަޕް ގެ ސަބަބުން އެއްވެސް ޢައިބެއް ނުފެނެވެ. އެއިރު އެކޮޓަރިތެރޭގައި ނޫރީން، ނުޒްހަތް ، ޒިވްޔާ އަދި ޔުލީން ވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ލައިހާ އެކޭ އެއްފަދައިން ޒިވްޔާ ވެސް ވަނީ އާދައިގެ ގޮތަކަށް ތައްޔާރުވެފައެވެ. އެހެންނަމަވެސް ކިތަންމެ ހާ ވެސް ފުރިހަމައެވެ. ޔުލީންގެ ކައިވެންޏާ އެއްފަދައިން ލައިޙާ އަދި ޒިވްޔާ ވެސް ވަނީ ހަމަ އާދައިގެ ގޮތަކަށް ކައިވެނި ބާއްވަން ނިންމާފައެވެ. އާއިލާގެ އިތުރުން ގާތްތިމާގެ މީހުންނާ އެކުވެރިން ހިމަނާގެން މިކައިވެނި ރޭވިޔަސް މީހުންނެއް މަދެއް ނޫނެވެ. މިފަދަ ދުވަހެއްގައި އަރޫޝާ ގެ ހަނދާންވުމުން ޒިވްޔާގެ ލޮލަށް ކަރުނަތައް ޖަމާވާންފެށިއެވެ. އޭނާ އަށް ޙާއްސަ ދުވަހު އަރޫޝާ ކައިރީ ނެތުމުން ޒިވްޔާ ކިތަންމެ ބޮޑަށް ވެސް ހިތާމަ ފާޅުކުރެއެވެ. މިކަން ފާހަގަ ވީ ކައިރީ އިން ނޫރީން އަށެވެ. އެހެން ކަމުން އެއްދިމާލަކަށް ގެއްލި ފުންވިސްނުމުގައި އިން ޒިވްޔާގެ ބޮލުގައި ފިރުމާލީ ހިނިތުން ވެފައި އިނދެއެވެ. ސިހިގެން ގޮސް ފުރަތަމަ ވެސް ޒިވްޔާ އޭނާގެ ބޮޑުވާއިނގިލިން ލޯކައިރި ފޮހެލީ ހިތުން އެކަކަށް ވެސް ނުފެންނާނެ ކަމަށެވެ. އެހެންނަމަވެސް އެ ދެލޮލުގައި ވާ ވޭން އެތާ ތިބި ކޮންމެ މީހަކަށް ވެސްފެނުނެވެ. ” ޒިވްޔާ ދަރިފުޅާ ދެރަނުވޭ ، އަރޫޝާ ވެސް ދެރަވާނެ އެއްނު ، މިހާރު ޒިވްޔާ މަންމަ ވެސް ހުންނާނީ އުފާވެފާ ޒިވްއަށް މިދުވަސް ދެއްކެވީތީ ، މަންމަ ނެތޭ ކިޔާފާ ދެރަނުވާއްޗޭ ، ޒިވް ކައިރީ މިހުރީ ދެމަންމަ ، ލައީ ގެ މަންމަ ހެން މިހާރު ދައްތަ ވެސް މީ ޒިވް ގެ މަންމަ އެއްކަމަށް ބަލާ ” ނިކަން ލޯބިން ނޫރީން ބުނެލިއެވެ. އެއިރު ނުޒްހަތް ވެސް ކައިރީ ހިނިތުންވެފާ ހުއްޓެވެ. އުފާވެރިކަމުގެ ކަރުނަ އެވަގުތު ޒިވްޔާ ގެ ލޮލަށް ޖަމާވިއެވެ. އެތާ ތިބިއެންމެންގެ މޫނަށް ވެރިވެފައިވަނީ ފުޅާ ހިނިތުންވުމެކެވެ. ” އެހެންމާ މިހާރު ޒިވް އަކީ އަހަރުމެންގެ ކޮއްކޮ ދޯ ޔުލީ ” ޒިވްޔާ ކައިރި އަށްޖެހިލަމުން ލައިހާ ބުނެލީ ޔުލީން އަށް ދޯ އެއް އެއްލަމުންނެވެ. ” އާން ކިރިޔާ ، އަހަރެން އެންމެ ބޭނުންވިފަދައިން ކޮއްކޮ އެއްވެސް ލިބުނީ ” ހެވިފައިހުރެ ޔުލީން ވެސް ބުނެލިއެވެ. ” އަދި ފަހަރިއެއް ވެސް ” ޔުލީން އިތުރުކޮށްލިއެވެ. އެއާއެކު ލައިހާ ލަދުން އިސްޖަހާލީ ޔުލީން އަށް ލޯއަޅާލަމުންނެވެ. އެންމެން ވެސް އެކީ ސަކަރާތް ޖަހަން ތިބިއިރު ހީވަނީ އެއްއާއިލާއެއްހެންނެވެ. އެންމެން ގެ މޫނުގައި މިއަދުވާ އުފާވެރި ހިނިތުންވުން ކިތަންމެ ހާވެސް ފުރިހަމަ އެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ވާ ލޯބި އެނގޭނަމަ – 1

Next

ވާ ލޯބި އެނގޭނަމަ – 2

Next
September 21, 2021

ވާ ލޯބި އެނގޭނަމަ – 2

Previews
September 21, 2021

ވާ ލޯބި އެނގޭނަމަ – 1

11 Comments!

  1. Ayshath Thasny says:
    September 21, 2021 at 11:57 am

    really in love with ur storyxxxx❤

    1. ?YEOJA? says:
      September 21, 2021 at 3:24 pm

      Awwwwwwnnn Thank uuu sooo much ❤️
      That’s so sweet of u Thasny ❤️
      In so glade to hear that ❤️

  2. Fathimath Eevaa says:
    September 21, 2021 at 1:37 pm

    Alhey haadha reehchey mi part vs.. Kn irakun aneh part

  3. Fathimath Eevaa says:
    September 21, 2021 at 2:11 pm

    Mi vaahaka mihaaru nimenee dho mi… Yeoja liyaa vaahaka thah varah varah vs reethi… Mee emme fahu dhigu vaahaka dho Yeoja liyaa…

  4. Fathimath Eevaa says:
    September 21, 2021 at 2:55 pm

    Yeoja instagram use kuran tha

  5. ?YEOJA? says:
    September 21, 2021 at 3:27 pm

    Hlw readers❤️❤️
    Hope u like 30 vana part ❤️❤️
    Saydly dhn iny the last part of the stry ??❤️
    Keep waiting sweeties ❤️❤️
    Stay safe and tvgc ❤️

  6. Fathimath Eevaa says:
    September 21, 2021 at 4:23 pm

    Yeoja thee kon grade eh..

  7. Nayaa Nayaa says:
    September 21, 2021 at 5:32 pm

    masha allah sisooooo gandaaa thi vareh neiy.. mi prt vx hama vv reethi as usual ingey… hama speechless.. ehaavx lwbi.. alhe dhn emeehunge wedding day dhw mee.. hehe.. kaieni kurevey dhe joadah ufaaveri musthaqubalakah edhen.. and yuleen gadha ingey.. 5 mahuge bandaa ekuga vx haadha muraayyey dhw.. ekam firi soru e hunnanee manje fakeeerah kameh vedhaanethee abadhu foo buduga jassaafa viyya dhw.. evaru kuraakah nuvaane yuleenooo.. hahaha.. anyways, waiting for the nxt prt..
    ss nd tvgc darling..
    lyssssssssssssssssssssssssssssssssmmm my lovely sisyyyy <3333333333333333

    1. ?YEOJA? says:
      September 21, 2021 at 8:16 pm

      Thank uuu soo much Naayuuu lwbikoluuu .
      Im really happy to know ngeyy naayuu ah mi part vxx kamudhiyaamaa
      Alheeeeyy Rly it means a lotuuu dhoonyy. yess enmen ge wedding gaa mihaaru
      Dhw yuleen vxxx gadha kohlaageneyy euleny ehnuvaany eynage 2 besties eh nu dhw . Dhn vaa firisoruveeaa vaki kanbodunuve eh nuhunaane ehnu . Hehehehehee
      yess keep waiting ISA last one tmorow submit kohlevey varuvaany so keep waitting sweetie
      SS n TVGC u too darlin
      lymmmmmmmmmmm my lovely kokkieee <3333333

  8. ?YEOJA? says:
    September 21, 2021 at 7:58 pm

    YEOJA Mee grade 9 mihaaru :))))

  9. Fathimath Eevaa says:
    September 22, 2021 at 12:55 pm

    Kon irakun tha aneh part

Comments are closed.

Next Episodeގާތުގާވުމަށް ހިތް އެދެނީ (ފަހުބައި)←


All Right Reserved!