ވަފާތެރިވުމުން ބޭވަފާތެރިވަނީހޭޭ (ޕާރޓް 1)
ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި ފުލައިޓް ޖެއްސިތާ 20 މިނެޓް ފަހުން އިންޓަނޭޝަލް އެރައިވަލްސް ގޭޓްއިން ނިކުތް ދެއަންހެން ކުދިން އެކި ކޮޅުކޮޅު ހޯދަން ފެށީ އެމީހުން މައިންބަފައިން ފެނޭތޯއެވެ. އެތަނުގައި ތިބި 30 ވަރަކަށް މީހުންގެ ތެރެއިންގެ ތެރެއިން ވަހީދުއާއި ހަނީފާގެ މޫނު ފެނުމުން ޙަޔާ ދުވެފައި ގޮސް އޭނާގެ މަންމަ ގައިގައި ބައްދައިލިއެވެ. 6 އަހަރު ފަހުން ލޯބިވާ މަންމައާއި ބައްޕަ ފެނުމުން އެދެލޯ ސިކުންތު ކޮޅެއްގެ ތެރޭގައި އުފާވެރި ކަރުނުން ތެއްމައިލިއެވެ. ހަނީފާގެ ހާލަކީވެސް އެއީއެވެ.
” ދެން މިއަދު އިރުއޮއްސެއްދެން ދެމައިން މިތާގަތަ ތިބެނީ..” ވަހީދު އޭނާގެ ހުރި ހަމައެކަނި އަންހެނުންނާއި ކުޑަކޮށް ދުރަށް ޖައްސާލަމުން ބުނެލިއެވެ. ” ބައްޕާ..” ޙަޔާ ކުޑަކުއްޖެއްހެން ވަހީދުގެ ގައިގައި ބައްދައިލިއެވެ. ވަހީދަށްވެސްވީ ހަމަ ހަނީފާއަށް ވީވަރެވެ.
” މިހާރު ލަހެއް ނުވޭދޯ.. މަންމަ ކައިރިއަށް ފުރަތަމަ ދަރިފުޅު އައީމަ ބައްޕަ ޖޭވީއޭ.. ”
” މައީ ޖޭބޮކި ބައްޕާ.. ބައްޕައާއި މަންމަމަތިން އެއްވަރަކަށޭ އިނގޭ ޙަޔާ ހަމަ މިސްވީ.. ދެން ހިނގާބަލަ އަވަހަށް ގެޔަށް ދާން އަޅުގަނޑު ވަރަށް ވަރަށް ވަރުބަލިވެފަ ހުރީ.. އެންޑް މަންމަ ކައްކާ އެއްޗެއް ކާހިތުން ޕުލެއިން އިން އެކައްޗެެއްވެސް ނުކާ ހުރީމަ ވަރަށް ބަނޑުހައި ވެއްޖެ..” ޙަޔާ އެހެން ބުނުމުން ވަހީދު އަވަހަށް ޙަޔާގެ ފޮށީގައި ހިފައި ދަމަމުން އެއާޕޯޓްއިން ނިކުންނަ މައި ދޮރާއި ދިމާއަށް މިސްރާބު ޖެހިއެވެ.
” ޙަޔާ..” ޓެކްސީއެއްގެ އިންތިޒާރުގައި އެމީހުން ތިއްބައި ޙަޔާއާއި އެކީ ކިޔަވަން އުޅުނު އެކުވެރިޔާ ބަޙްތް އޭނާގެ މައިންބަޕައިންނާއި އެކު އައިސް މަޑުކޮއްލިއެވެ. ބޮޑެތި މީހުން ވާހަކަ ދައްކަން ފުރުސަތު ދީފަައި ދެއެކުވެރިން އެއްފަރާތަށް ޖެހިލިއެވެ.
” ޙަޔާ ހައު އޭމް އައި ގޮއިން ޑު ކޮންޓެކެޓް ޔޫ ބުރޯ.. އަހަރެން މިއަދު ރަށަށް ދާން ފުރަން.. ދެން އަންނާނީ ޑިއުޓީއަށް ނިކުންނަން ވީމަ..” ބަޙްތް ބުނެލިއެވެ.
” އަޅެ މަންމަ ނަމްބަރު އިންނާނެއެއްނު.. ބަޙްތް ސިމްއެއް ނަގާފަ ހަބަރެއް ވެބަލަ..އަހަރެންވެސް މިދާ މަގުމަތީގައި ސިމްއެއް ނަގައިގެންނޭ ދާނީ.. ބަޙްތްއަށް ހީވަނީ އަހަރުމެން މިއުޅެނީ މާ ކުރީ ޒަމާނުގަހެން ދޯ.. ދިމާވެފަ ދެން އުމުރަށް ގެއްލޭން..”
” ހަހަ.. ވެރީ ފަނީ.. ރަގަނޅު މީހެއްތީ މަށާ ދިމާއަށް ކުރީ ޒަމާނޭ ކިޔައިގެން އެއްޗެކޭ ބުނަން.. ކިތައް ފަހަރު ބުނާނީ ފޭސްބުކް، ސުނެޕް އަދި އިންސްޓާރ ޔޫސް ކުރަން އުޅޭށޭ..އޭރުން ފޯން ނަމްބާރ ނުލިބިގެން ކަންބޮޑުވާކަށް ނުޖެހޭނޭ.. ބަޓް ނޯ.. މެޑަމްގެ ބޯއީފުރެންޑް ލައިކް ނުވެދާނެތީ އެކަންވެސް ކުރާކަށް ނުކެރުނު.. އެހެންވީމަ ކާކުތޯ މި ކުރީ ޒަމާނުގެ ވިސްނުން މިހުންނަނީ.. މިއޮއްފަދަ ޓެކްނޮލޮޖީ ކުރި އަރަމުންދާ ޒަމާނުގަވެސް ތިދެމީހުން ނޫނީ ސޯސަލް މީޑިއާގަ ނޫޅޭ ބައެއް ނުދެކެން..ދެން ބުނާނީއެއް ނޫން ވައިބާރގަ އުޅެން ނޫންހޭ. ސޯސަލް މީޑިއާ އިޒް މޯ ދެން ޖަސްޓް ވައިބާރ އޯކޭ..” ބަޙްތްގެ ވާހަކަތަށް އަޑުއަހަން ހެވިފައި ޙަޔާއަށް ހުރެވުނީއެވެ. ވޭތުވެ ދިޔަ 6 އަހަރު ކޮންމެ ދުވަހެއްވެސް އޭނާ ހޭދަކުރީ ބަޙްތްގެ އެކަހަލަ ކޮންމެވެސް ލެކްޗަރެެއް އަޑުއަހައިގެންނެވެ. އެދެކުދިންގެ ދޭތެރޭގައި މިހާރު ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ.
” އޯ ބުރޯ.. ވައިބާރ.. އަހަރުންނަށް ވައިބާރ އިން ވާހަކަ ދެއްކޭނެ ދޯ ނިއު ނަމްބާރ ނެތަސް..” ކުއްލިއަކަށް އެކަން ހަނދާންވުމުން ބަޙްތް ބުނިލިއެވެ.
” ޔޭސް މައި އިޑިއެޓް ވީ ކޭން..އަދިވެސް ތި ސިކުނޑިގަ ތެތްކަމެއް އެބަ ހުރިދޯ އެހެންމަ..ހަމަ ހައިރާންވެއްޖެ..” ބަޙްތްއާއި ދިމާކޮއްލާނެ އެންމެ ފުރުސަތެއްވެސް ޙަޔާ ދުލެއްނުކުރެއެވެ.
” ދަރިފުޅާ ޙަޔާ.. މިއޮތް އައީ ޓެކްސީ.. އަވަހަށް ހިނގާ ދާން..” ހަނީފާ ޙަޔާއަށް ގޮވާލިއެވެ.
” އައިމް ގޮނަ މިސް ޔޫ ސޯ މަޗް..އަވަހަށް އަންނައްޗޭ.” ބަޙްތް ގައިގައި ބައްދަލަމުން ޙަޔާ ބުނެލިއެވެ. ” މީ ޓޫ.. ޑޯންޓް ޔޫ ޑެއާ ގެޓް މެރިޑް ބިފޯ އައި ކަމް ބެކް ..”
ޙަޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމައްފަހު ބަޙްތްގެ އަތުގައި ހިފައިގެން އެމީހުންގެ ބެލެނިވެރިން ކައިރިއަށް ދިޔައެވެެ. ޓެކްސީއަށް އަރައި ހަމަޖެހިލައިގެން ޙަޔާ ބަޙްތްއަށް ހާނާއަޅަން ފެށިއެވެ. ޓެކްސީ ބުރިޖުމަތިން ހުރަސް ކުރިއިރު ޙަޔާ އިނީ ލުއްވާގަނޑުން ބޭރު ބަލާށެވެ. އެއީ ޙަޔާއަށް މާލޭގެ ބުރިޖު ހަމަލޮލަށް ފެނުނު ފުރަތަމަ ފަހަރު ކަމައްވީތީއެވެ. ފެނުނު ފޮޓޯތަކައްވުރެ މާހިތްގައިމެވެ. މުޅި ދަތުރު ޙަޔާ ހޭދަކުރީ 6 އަހަރު ތެރޭ މާލެއަށް އައިސްފައިވާ ބަދަލުތަކަށް ހިތާހިތުން ތައުރީފުކުރުމުގައެވެ.
” މިއީ ޑރ.ޙަޔާ ވަހީދުގެ ކޮޓަރި..” އެކޮޓަރީގެ އެޕާރޓްމެންޓުގެ ދޮރުން ވަދެގެން އެންމެ ކައިރީގައި ހުރި ކޮޓަރީގެ ދޮރު ހުޅުވައިލަމުން ހަނީފު ބުނެލިއެވެ. ޙަޔާ އެތެރެއަށް ވަދެ ބަލައިލިއިރު މުޅި ކޮޓަރިވަނީ އޭނާގެ އެންމެ ރީތި ކުލަ ކަމުގައިވާ ފިޔާތޮށި ކުލައިގެ ތީމްއަކަށް ފަރުމާކޮއްފައެވެ. ” ވާއު..އިޓްސް ބިއުޓިފުލް.. ބައްޕަމެންނަށް ކިހިނެއް މިހާ ޓައިމް ލިބުނީ ކޮޓަރި ތައްޔާރުކުރަން..އަދި ވީކްއެއްވެސް ނުވެއެއްނު މިތަން ހިފިތާ..”
” އެޔެއް ދަރިފުޅު ބަލަނީ ކީއްކުރަން.. ދެން ފެންވަރައިގެން އަވަހަށް ނިކުމޭ ކާން..” ހަނީފާ އެހެން ބުނެފައި އެކޮޓަރިން ނިކުތެވެ.ފަހަތުން ވަހީދުވެސް ނިކުތީއެވެ.
ޙަޔާ ކިޔަވަން ދިޔުނުން ކުރިން އުޅުނު ދެކޮޓަރީގެ އެޕާރޓްމެންޓް ދޫކޮއްލައިފައި އެދެމަފިރިން އުޅުނީ އެއްކޮޓަރީގެ ތަނެއްގައެވެ. އެއީ ޙަޔާގެ ކިޔެވުމަށް ކުރަންޖެހޭ ހަރަދުތައް ކުރެވެން އޮތީ އިތުރަށް ފައިސާ ސޭވްކޮއްގެން ކަމަށްވާތީއެވެ. ކުޑައިރުއްސުރެ ޙަޔާ ދެކެމުން އައި ހުވަފެނުގައި ކުލަ ޖައްސައި ދިނުމަށް އެދެމަފިރިން ނުހަނު ބުރަ މަސައްކަތް ކުރިއެވެ. މާ ތަނަވަސް ނޫނެއްކަމަކު ޙަޔާގެ ކިޔެވުމުގެ ހުރިހާ ހަރަދެއް ކުރީ ދެމަފިރިންނެވެ. އެވެސް ޙަޔާ އެންމެ ބޭނުންވި ޔުނިވަރސިޓީ ކަމުގައިވާ ހާރވާޑް މެޑިކަލް ޔުނިވަރސިޓީ އިންނެވެ. 15 އަހަރު ދުވަހު އެކަމަށް ފައިސާ އެއްކުރަމުންނެވެ. 6 އަހަރު ދުވަހު ދަރިފުޅު ލޮލަށް ނުފެނި ހުންނަން ޖެހުނީވެސް ޗުއްޓީއަށް ރާއްޖެ ގެނެވޭނެ ތަނަވަސްކަން ނެތީމައެވެ.
ލޯގަނޑު ކުރިމައްޗަށް ހުއްޓި ޙަޔާ އެންމެ ފަހު ފަހަށް އަމިއްލަ ސޫރައަށް ބަލައިލިއެވެ. އަތުގައި އޮތް އެންމެ ރީތިހެން ހީވާ ހުދުކުލައިގެ ގަމީހާއި ވިލުނޫކުލައިގެ ޖިންސެއް ލައިގެން ހުރިއިރު އޭނާގެ ދިގު ރާޅުބާނީ އިސްތަށިގަނޑުވަނީ ދޫކޮއްލާފައެވެ. ލޮލުގައި އަދުން އަޅައިފައި ހުރުމުން އެދެލޮލުގެ ރީތިކަން އެތައް ގުނައަކަށް އިތުރުކަމަށް ދައްކައެވެ. ތުންފަތުގައި ޖައްސައިފައިވާ ގަދަ ރަތް ކުލައިގެ މޭކަޕް އޭނާއާއި ވަރަށް ގުޅެއެވެ. އެތަށް އަހަރެއް ފަހުން ލޯބިވެރިޔާއާއި ބައްދަލުވާން އުޅޭތީ އެހިތުގެ ތެޅުންވަނީ އަވަސްވެފައެވެ. މީހާ ހާސްވެ ކަންބޮޑުވަނީއެވެ. ނަމަވެސް އޭނާގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއްވިއެވެ. މީހާ ހަމައަކަށް އަޅުވަން ފުން ނޭވާއެއްލުމައްފަހު ކޮޓަރިން ނިކުމެ ސިޓިންރޫމް ސޯފާގައި އިން ހަނީފާ ގާތުގައި އިށީނެވެ. ބޭރަށް ދާން ހުއްދަ ހޯދަންވެގެނެވެ.
އަހާ ދަރިފުޅު ހާދަ ރީތިވެލައިގެން.. ތަނަކަށް ދާންތަ ތިއުޅެނީ..” ހަނީފާ ސުވާލުކޮއްލިއެވެ. ” އަޅުގަނޑު ރައްޓެއްސަކާއި އެކީ ބޭރަށް ގޮސްލަންކަމަށް..” މަންމަ ކައިރީ ދޮގުހެދުމަކީ ޙަޔާއަށް އުދަނގޫ ކަމެއް ކަމަށްވުމުން ހަނީފާއާއި ދިމާއަށް ބަލައިވެސް ނުލާ ޙަޔާ ވާހަކަ ދެއްކިއެވެ. ” އެނގޭ ޙަޔާ މިއަދު އައީމަ މަންމަމެން އެހާ އޯކޭ ނުވާނެކަން ޙަޔާ ބޭރަށް ދާން..އަކަމަކުވެސް އޭނަ މާވަކަށް އާދޭސް ކުރާތީ ޙަޔާ އެއްބަސްވީ”
” މަންމައަށް އޯކޭ ދަރިފުޅު ދިޔަޔަސް.. އެކުދިންވެސް ހަމަ ދަރިފުޅު މަތިން މިސްވާނެ ދޯ.. ދޭ އަވަހަަށް ގޮސްލާފަ އަވަހަށް އަންނަން..” ހަނީފާގެ ހުއްދަ ލިބުމުން ޙަޔާ އެންމެ ސިކުންތެއްވެސް ލަސްނުކޮއް ބޭރަށް ނިކުތީ އޭނާގެ އިންތިޒާރުގައި އަކްމަލް ތިރީގައި ހުރިކަން އެނގޭތީއެވެ.
އަކްމަލްގެ ހާލަކީތޯއެވެ.ހައަހަރު ފަހުން އެންމެ ލޯބިވާ ސޫރަ ދެކޭ ހިތުން އެދެލޯވަނީ ކެތްމަދުވެފައެވެ. ޙަޔާ އައިސް އޭނާގެ ކުރިމަތީގައި މަޑުކޮއްލުމުންވެސް ހުރީ ގަބޫލުނުކުރެވިފައެވެ. ދެލޯ ބޮޑުކޮއްލައިގެން ބަލަން ހުރެވުނީއެވެ. ” އަކޫ.. މޮޔައެއްހެން ބަލަން ނުހުރެ ހިނގާބަލަ މިތަނުން ދާން. މަންމަމެން މީހަކު ނިކުތިއްޔާ މާރަގަނޅެއް ނުވާނެ..” ޙަޔާ އަކްމަލްގެ އަތުގައި ހިފައި އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް އަކްމަލް ދެތިން ފިޔަވަޅު ކުރިޔަށް އަޅައިފައި އަނެއްކާވެސް ހުއްޓި ޙަޔާއަށް ރަގަނޅަށް ބަލައިލިއެވެ. ” ބޭބް.. ޔުއާރ ހެއާރ.. މަގޭ ޙަޔާ ހަމަ އިސްތަށިގަނޑު ދިގުކުރީތަ.. އެހެންވެ ދޯ ތިން އަހަރުވަންދެން އަހަރެން އެހާ ވަރަށް ކީއިރުވެސް ފޮޓޯއެއް ނުފޮނުވާ އުޅުނީ.. ސީ އައި ޓޯލްޑް ޔޫ އިސްތަށިގަނޑު ދިގު ކުރީމަ ޙަޔާ މާރީތިވާނޭ..” ކުޑައިރުއްސުރެ ޙަޔާގެ އިސްތަށިގަނޑު އަބަދުވެސް ބަހައްޓަނީ ކޮނޑައްވުރެ ކުރުކޮށް ކޮށާލައިފައެވެ. އެއީ ޙަޔާއަށް ފަސޭހަވެފަ ރީތިގޮތެވެ. އަކްމަލް އަބަދުވެސް އިސްތަށިގަނޑު ދިގުކުރަން ބުނެއެވެ. ދިގު އިސްތަށިގަނޑެއް ޙަޔާއާއި މާ ގުޅޭނޭ ކަމަށް ބުނެއެވެ.
” ސަޕްރައިޒް.. އައި ލަވް މައި ސޯޓް ހެއާރ އެކަމް.. ބަޙްތް ހުރީތީ މިހުރިހާ ދުވަހު މިހާ ދިގުކޮށް މިގެންގުޅެވުނީ.. ހާދަ އުދަނގޫ ކަމެކޭ މީ.. އޯކޭ ދޯ ދެން ކޮށާލިޔަސް..” އިސްތަށިގަނޑު އެއްފަރާތަކުން ކުރިމައްޗަށް ގެންނަމުން ޙަޔާ ވާހަކަ ދެއްކިއެވެ. ” ނޯ.. ދެން ޙަޔާ ހުންނަންވާނީ ތިހެން.. މިހާރު ކުރިޔައްވުރެ އެތަށް ގުނައެއް ރީތި..” ޙަޔާ ލަދުން އިސްޖަހައިލައި އަތުގެ އިގިލިތަލާއި ކުޅެންފެށިއެވެ.
ދެލޯބިވެރިން އެތާ ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވަދެ ކާއެއްޗިއްސަށް އޯޑަރުކުރުމައްފަހު އެކި ވާހަކަދައްކަމުން ދިޔައެވެެ. އެކަކު އަނެކަކު މަތިން ހަނދާންވިވަރާއި ލޯބިވާވަރު ބުނަމުން ދިޔައެވެ. ” ޙަޔާ ހަނދާންވޭތަ ކިޔަވަން ދިޔުމުގެ ކުރިންވީ ވައުދު މަތިން..” ޙަޔާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ” ސޯ ވެން.. އަހަރެން ބޭނުމެއްނޫން ދެން އެންމެ ދުވަހެއް މަޑުކުރާކަށް.. ވީހާވެސް އަވަހަށް ޙަޔާ އަހަރެންގެ މީހަކަށް ހަދަން ބޭނުން.. ”
” އަހަރެންވެސް ބޭނުމޭ އަކޫއާއި މެރީކުރަން.. އެކަމަކު ނޭންގެ މަންމަމެން ކައިރީ ބުނާނެ ގޮތެއް.. މަންމަމެން ރިއެޓްކުރާނެ ގޮތެއްވެސް ނޭންގެއެއްނު..”
” ކިހާ ދުވަހަކު އެމީހުންނަށް އަހަރުމެންގެ ގުޅުން ސިއްރުކޮއްގެން އުޅެވިއްޖެ.. 12 އަހަރު ވެއްޖެ މިހާރު ޙަޔާ.. ކިޔަވައިވެސް ނިމުނީއެއްނު.. ޙަޔާ ބުނީމެއްނު އައިސް މެރި ކުރާނަމޭ.. އަދިވެސް އަހަރެން އިންތިޒާރުގަ ބަހައްޓަންތަ ބޭނުންވަނީ.. ” އަލްމަލްގެ އަޑުގައިވީ ސީރިއަސްކަމެވެ. ” އަކޫ ވިސްނާލަބަލަ އަހަރެން ހަމަ ހުރެލާފަ ކިހިނެއްތަ ކައިވެނީގެ ވާހަކަ ދައްކާނީ..” އަކްމަލްގެ އަތުގައި ހިފައިލުމައްފަހު ޙަޔާ ސުވާލުކޮއްލިއެވެ.
” މިވެސް ޙަޔާ ބޭނުންވި ގޮތެއްނު.. އަހަރެން ކިހާ ވަރަކަށް ބުނިން ކިޔަވަން ފުރުމުގެ ކުރިން މަންމަމެން ގާތު އަހަރުމެންގެ ވާހަކަ ބުނަންވާނޭ.. ”
” އޭރު އަހަރެން ނުބުނި ރީޒަންވެސް އެނގެއެެއްނު. އަހަރެން އެއްގޮތަކައްވެސް ބޭނުމެއްނުވި އަހަރެމެންގެ ވާހަކަ ދައްކައިގެން މަންމަމެންނަށް ފީލްވާކަށް މިގުޅުމަކީ އަހަރެންގެ ކިޔެވުމަށް އެޅޭނެ ހުރަހެއްކަމަކަށް.. މަންމަމެން އަކޫއާއި ގުޅުން ކަނޑާލަން ބުނެފާނެތީ އަހަރެން ޖެހިލުންވީ.. އަކޫއަށް އިނގެއެެއްނު އަހަންނަށް އަކޫއާއި ނުލާ ނޫޅެވޭނެކަން.. އަހަރެން އަކޫދެކެ ވަރަށް ލޯބިވޭ.. ދުވަހަކުވެސް އަކޫއާއި ވަކިވާކަށް ބޭނުމެއްނޫން.. ނޭންގެ އަކޫއާއި ނުލާ އަހަރެން ދިރިއުޅޭނީ ކިހިނެއް ކަމެއްވެސް..” ޙަޔާގެ ވާހަކަތައް އަޑުއަހަން އިން އަކްމަލްގެ ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. ޙަޔާގެ ދުލުން އޭނާ ދެކެ ލޯބިވާ ވާހަކަ ބުނާ ކޮންމެ ފަހަރަކު އޭނާގެ ހިތް އުފަލުން ނަށައިލައެވެ.
” ޙަޔާ އަހަރެން ދެކެ ލޯބިވާ ވަރަށް ވުރެ މާ ބޮޑަށް އަހަރެން ޙަޔާ ދެކެ ލޯބިވޭ.. އެކަން އަބަދުވެސް ހަނދާން ބަހައްޓާތި.. އަހަންނައްވެސް ޙަޔާއާއި ނުލައެއް ނޫޅެވޭނެ.. ޙަޔާ ނޫނީ އަހަރެންގެ މީހަކު ހުރީއެއްވެސް ނޫނެއްނު.. އަހަންނާއި ޙަޔާ ދުވަހަކުވެސް ވަތްކެއްނުވާނެ.. ”
10 ޖެހުމުން ޙަޔާ ގެޔައްވަނީ ސުކޫލު ދައުރުން ފެށިގެން ފައްކާކުރަމުން އައި ލޯބި ކައިވެނީގެ ގުޅުމައް ވަރަށް އަވަހަށް ބަދަލުކުރާނެ ކަމަށް އަނެއްކާވެސް ވައުދުވެފައެވެ. މިރޭގައި މަންމަމެން ގާތު އެވާހަކަ ދައްކާނެ ކަމައްވެސް އެއްބަސްވެފައެވެ.
” ދަރިފުޅު އަވަހަށް އާދޭ ކާން..” ޙަޔާ އަންނާނެ އިރެއްގެ އިންތިޒާރުގައި ސޯފާގައި އިން ހަނީފާ ޙަޔާ އައިސް ވަންނަ އިރަށް ކާން ގޮވަންފެށިއެވެ. ” އަޅުގަނޑު މިއައީ ކައިގެން.. މަންމަ ތިއިނީ ޙަޔާ އަންނަންދެން ނުކައި ދޯ.. ހިނގާ އަޅުގަނޑު މަޑުކުރާނަން މަންމަ ކައި ނިމެންދެން މަންމަ ކައިރީގައި..” ހަނީފާގެ އަތުގައި ހިފައި ކާމޭޒު ކައިރީ ހުރި ގޮނޑިއެއްގައި ހަނީފާ ބައިންދައިފައި ޖެހިގެން ހުރި ގޮނޑީގައި ޙަޔާ އިށީނެވެ.
” ދަރިފުޅު މަންމަ ކައިރީ ވާހަކައެއް ބުނަން އޮތީތަ..” ހަނީފާ ކާން އިންއިރު ޙަޔާ މަވަރަކަށް ބަލާކަން ފާހަގަކުރެވިގެން އަހައިލިއެވެ. ޖަވާބުގައި ޙަޔާ އަހައިލީ ކިހިނެއް ވީ ތޯއެވެ. ” އަބަދުވެސް ވާހަކައެއް ބުނަން ނުކެރުނީމަ ދަރިފުޅު ތިވަރަށް ބަލާނީ.. މަންމަ އަބަދުވެސް ބުނަމެއްނު މަންމައަކީ ހަމަ ރައްޓެއްސެއްކަމަށް ދެކިގެން އުޅޭށޭ.. މަންމަ ކައިރީ ވާހަކަ ދައްކަން ޖެހިލުންވެ ލަދުގަނެގެން ނުވާނޭ..”
” އަޅުގަނޑު ކޮންމެ ވާހަކައެއް ބުންޔަސް މަންމަ ރުޅިއެއް ނާންނާނަންތަ؟.” އިށީންދެގެން އިން ގޮނޑި ހަނީފާއާއި ދިމާއަށް އަބުރައިލައި ހަމަޖެހިލަމުން ޙަޔާ އަހައިލިއެވެ.
(ނުނިމޭ)
One Comment
Comments are closed.

Here is the first part of the story. Typing and grammar mistakes huredhaane. Comment your view. Next part Insha Allah on Friday.