ފްލައިޓަށް އަރަމުން ރައިޝާ ފަހަތް ބަލައިލާ އެންމެންނަށް ހަނާއަޅާލިއެވެ. ހީލަމުން ރައިޝާ ފްލައިޓަށް އަރާ، ސީޓުގައި ހަމަޖެހިލިއެވެ. ކުޑަދޮރުން ބޭރު ބަލައިލިއިރު، ނުހާމެން ތިބި ތަން ފެނުމުން ދެލޮލުން ކަރުނަ ފާއްދާލިއެވެ. އަތުގައި އޮތް ރިހިކުލައިގެ އަލިމަސް ޖެހި އަނގޮޓިއަށް ނަޒަރު ހުއްޓާލާ، ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ ފްލައިޓް ރަންވޭއިން ނައްޓާލުމުން އެންމެ ފަހު ފަހަރަށް ރައިޝާ ކުޑަދޮރުން ބޭރު ބަލައިލިއެވެ. އޭރު ވިލާތަށް ފޫއަޅޫވާލާފައި ފްލައިޓް މައްޗަށް އަރައިފިއެވެ. ތިރީގައިވާ ނޫކުލައިގެ ސާލެއްފަދަ ހަމަހިމޭން ކަނޑުގައިވާ އޭނާގެ އުފަން ވަޒަނަށް ނަޒަރު ހިންގާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު، ސީޓުގައި ބޯ ޖައްސާލާ، ދެލޯ މަރާލީ މި ފެށެނީ އޭނާގެ ޙަޔާތުގެ މުޅިން އާ ބާބެއްކަން ހަނދާން ކުރަމުންނެވެ.
******
**24 ވަނަ ޕާރޓް**
******
ފްލައިޓް ގޮސް އެއާރޕޯޓަށް ޖެއްސުމާއެކު ރައިޝާ އަވަސްވެގަތީ ޗެކްއައުޓްގެ ކަންތައް ހަމަޖައްސާ، ހުރުމަށް ހަމަޖެހިފައިވާ ހޮޓެލަށް ދިޔުމަށެވެ. ދިގު ދަތުރެއް ކޮށްފައި އައުމުން މީހާ ހުރީ މުޅިން ލޮޑުވެފައެވެ. ފްލައިޓުގައި އިން އިރުވެސް ހޮޑު ނުލާ އޭނާ އިނީ ވަރަށް ކެތްކޮށްގެންނެވެ. ފްލައިޓުން ފޭބި އިރުވެސް ބޯއަނބުރާފައި، ހޮޑު ލެވޭހެން ހީވަމުން ދިޔައެވެ. ޓްރެވަލް ސިކްނެސްއަކީ ރައިޝާ ވަރަށް ކުޑައިރުއްސުރެވެސް ހުންނަ އެއްޗެއްކަމުން މިއީ އައު ކަމަކަށް ނުވިއެވެ. ކަނޑު ދަތުރެއް ކުރިނަމަވެސް، ނުވަތަ ވައިގެ ދަތުރެއް ކުރިނަމަވެސް ރައިޝާގެ ހާލަކީ މިއެވެ.
ފްލައިޓުން ފައިބާފައި ކަންނެތް ގޮތަކަށް ސޫޓްކޭސް ދަމަމުން ހިނގައިގަތީ އޭނާ ބަލާ އަންނަން ބުނި ޑްރައިވަރު މިހާރު އަންނާނެތީއެވެ. ޗެކްއައުޓް ވެލާފައި ރައިޝާ އިރުކޮޅަކަށް ހިނގާލުމަށްފަހު އެތާ ހުރި ގޮނޑިބަރީގައި އިށީނދެލީ އިތުރަށް ހިނގާނެހާ ވަރު ނެތުމުންނެވެ. ދެންމެ ދެންމެ ބެލެންސް ކަޓާފާނެހެން ހީވުމުން ރައިޝާ ބޮލުގައި އަތްއަޅާލިއެވެ. ބޮލަށް އެނބުރުން އަރަމުންވެސް ދިޔައީ ކުޑަކޮށެއް ނޫނެވެ. ހިތާހިތުން އަވަހަށް އެ ޑްރައިވަރު އާދޭތޯ ދުޢާކުރަމުން ރައިޝާ ދެލޯމަރާލީ ބޮލަށް ކުޑަނަމަވެސް ލުޔެއް ލިބޭތޯއެވެ.
ދެލޯ މަރާލައިގެން އިން ރައިޝާއަށް ހޭވެރިކަމެއްވީ މީހަކު ގޮވާލުމުންނެވެ. “މެޑަމެ.. މެޑަމް..” އެމީހާ ރައިޝާއާ މުޚާތަބު ކުރި ގޮތުން ރައިޝާއަށް އެއީ ކާކުކަން ޔަޤީންވިއެވެ. “އާރ ޔޫ އައިމިނަތް ރައިޝާ އަހުމަދު ރިޔާޒް..؟” އަތުގައި އޮތް ފޮޓޯގަނޑު ދައްކާލަމުން އެމީހާ އެއްޗެވެ. “ޔެސް އައި އޭމް..” ކުޑަކޮށް ހިނިތުންވެލަމުން ރައިޝާ ބުނެލިއެވެ. “އައި އޭމް ޔުއަރ ޑްރައިވަރ.. އައި ކޭމް ޓު ޕިކް ޔޫ އަޕް.. ޝެލް ވީ ގޯ..؟” ރައިޝާގެ ފޮށީގައި ހިފަމުން މުސްކުޅިވަރެއްގެ އެމީހާ ބުނެލިއެވެ. ހިނިތުންވެލަމުން ރައިޝާ ދަބަސް ކޮނޑުގައި އަޅުވާލަމުން އެމީހާގެ ފަހަތުން ހިނގައިގަތީ އަވަހަށް ގެއަށް ދިޔުމުގެ ބޭނުމުގައެވެ. ވެފައި ހުރި ވަރުބަލިން އޭނާ ހުރީ އަވަހަށް ތަނެއްގައި ޖައްސާލަން ބޭނުންވެފައެވެ.
*******
“ވީ އާރ ހިއަރ މެޑަމް..” ކާރުގެ ދޮރުފަތް ހުޅުވާލަމުން އެމީހާ ބުނެލިއެވެ. “ޕްލީޒް ޑޯންޓް ކޯލް މީ ދެޓް.. ޖަސްޓް ކޯލް މީ ރައިޝާ.. ޑޯންޓް ބީ ސޯ ފޯރމަލް.. އެނީވޭސް، އައިމް ދި ވަން ހޫ ޝުޑް ކޯލް ޔޫ ވިތް ރެސްޕެކްޓް ސިންސް އައިމް ޔަންގަރ ދޭން ޔޫ..” ކާރުން ފައިބަމުން ރައިޝާ ބުނެލީ ހިތްހެޔޮ ކަމާއެކުގައެވެ. ރިޔާޒްމެން ނެތުމުން މި މުސްކުޅި ބޭބެވެސް މިވަގުތު އޭނައަށް ސިފަކުރެވެނީ އަމިއްލަ ބައްޕަ ފަދައިންނެވެ. އެ ބޭބެ ހިނިތުންވެލުމަށްފަހު، ރައިޝާގެ ބޮލުގައި ފިރުމާލާ ބޯޖަހާލިއެވެ. ފޮށިތައް ވެއްދުމަށް ރައިޝާވެސް އެ ބޭބެއަށް އެހީވެދިނެވެ. އޭރު އުޑުމަތި ރޭގަނޑުގެ އަނދިރިކަމުން ބައްދާލައިފިއެވެ.
އެޕާރޓްމެންޓާ ހަމައަށް ދެވުމުން ރައިޝާ އެ ބޭބެ ފޮނުވާލީ އޭނަ އެކަނި ވަންނާނަމޭ ބުނަމުންނެވެ. އެ ބޭބެ ދިޔުމުން ރައިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ރިޔާޒްގެ ފަރާތުން މި އެޕާރޓްމެންޓްގައި އިތުރު ދެކުދިން އުޅޭކަން އޭނައަށް ވަނީ އެނގިފައެވެ. އެއީ ކޮން މިޒާޖެއްގެ ކޮން ކަހަލަ ކުދިންތަކެއް ކަން ނޭނގުނު ނަމަވެސް، ރައިޝާ އުންމީދު ކުރަމުން ދިޔައީ ހިތްހެޔޮ ރަނގަޅު އެކުވެރިންތަކެއް ލިބޭނެކަމަށެވެ. ނިކަން ރަނގަޅަށް ތައްޔާރުވެލާފައި ރައިޝާ ބެލް އަޅާލީ އޭނާގެ ރޫމްމޭޓްސްއާއި ބައްދަލު ކުރުމަށެވެ.
އެތެރެއިން ދޮރު ހުޅުވި އަންހެން ކުއްޖާ ހިނިތުންވެލުމުން ރައިޝާވެސް ބަދަލުގައި ހިނިތުންވެލިއެވެ. “ހޭއި.. ރައިޝާ ދޯ..” އެ ކުއްޖާ ފަރިތަކޮށް ދިވެހިން ވާހަކަ ދެއްކުމުން ރައިޝާއަށް އެއީ ދިވެހި ކުއްޖެއްކަން އެނގޭކަށް މާ އުނދަގުލެއް ނުވިއެވެ. ހިނިތުންވެފައި، ބޯޖަހާލަމުން ރައިޝާ ސޫޓްކޭސް ހިފައިގެން އެތެރެއަށް ވަތް އިރު، އެ ކުއްޖާވެސް ރައިޝާއަށް އެހީވެދިނެވެ. “ސޯ، އަމްމް… އަހަންނަށް ކިޔަނީ މަލަކް.. ބައެއް ފްރެންޑްސް ގޮވާނެ މަލް ކިޔާފަވެސް.. އޯކޭ ރައިޝާވެސް އެހެން ގޮވިޔަސް.. ހާފް އެމެރިކަން ހާފް މޯލްޑިވިއަން.. ބަޓް އައި ވޯޒް ބޯރން އެންޑް ރެއިޒްޑް އިން މޯލްޑިވްސް.. ދެން އުޅޭނީ ލުޖެއިން.. އޭނައަކީ އިންޑިއަންއެއް.. ވަރަށް ޔުނިކް ފީޗަރސްތަކެއް ހުންނާނީވެސް.. އޭނަގެ މަމް މުސްލިމް، ޑޭޑް ހިންދޫއެއް.. ވިއަރޑް ދޯ.. ހެހެ.. ދެން އެމީހަކު ބޭނުންވާ ގޮތަކަށްތާ ކަންތައް ކުރާނީ.. އެނީވޭސް، މީ ރައިގެ ރޫމް.. އިނގޭ އަންނަ އިރު ވަރަށް ވަރުބަލިވެފަކަން ހުންނާނީ.. އެހެންވެ ސާފުވެސް ކޮށްފަ މިހުރީ..” ރައިޝާގެ ކޮޓަރިއާއި ހަމައަށް ދެވެންދެންވެސް މަލަކް ވާހަކަ ދެއްކުން ހުއްޓައެއް ނުލައެވެ. ހީވާ ގޮތުން މަލަކް އަކީ ވަރަށް އަނގަގަދަ، މަޖާ މިޒާޖެއްގެ ކުއްޖެކެވެ. މަލަކް އުޅޭ ގޮތުން ރައިޝާ ނައިރާގެ މަތިން ހަނދާންވިއެވެ. ދެމީހުންގެ މިޒާޖު އެއްގޮތް ކަމުންނެވެ.
ރައިޝާ ވަރަށް ފަރުވާތެރިކަމާއެކު މަލްކައާއި ދިމާއަށް ބަލައިލިއެވެ. ދޮން ހަންގަނޑެއް ލިބިފައިވީ އިރު ވަރަށް އައްޔެވެ. އެ މަޑުނޫކުލައިގެ ދެލޮލާއި، ދިގު ބްލޮންޑް އިސްތަށިގަނޑު ވަރަށް ގުޅެއެވެ. އެ ބުޅި އިސްތަށިގަނޑުން އެތައް ކެރެކްޓަރިސްޓިކްސް ތަކެއް ދައްކުވައިދެމުން ދިޔަ އިރު، ރައިޝާއަށް ތަޢުރީފް ކުރެވުނެވެ. މަލަކްގެ ހިމަތޮޅި ހަށިގަނޑެއް ހުއްޓަސް އޭނަ ހުތުރެއް ނޫނެވެ. އެކަމަކު، ހިކި ކަމުން ގޮސްވެސް ގީވަނީ ދެންމެ ދެންމެ ބިންދައިގެން ގޮސްދާނެހެންނެވެ. އެމެރިކަން ސިފަތަކެއް ލިބިފައި ހުރި އިރު، ރާއްޖެ ކުއްޖެކޭ ބުނަން އުނދަގޫ ވާނެއެވެ. އިސްކޮޅުން ރައިޝާއަށްވުރެ ކުޑަ ތަންކޮޅެއް ކުރެވެ. ހިތާހިތުން މަލަކްއަށް ތަޢުރީފް ކުރެވުނު އިރު، ރައިޝާއަށް ހުރެވުނީ އޭނައާ ދިމާއަށް ބަލަހައްޓައިގެންނެވެ. ހޭވެރިކަމެއްވީ މަލަކް އޭނައަށް ގޮވާލުމުންނެވެ. ބޯހޫރާލާފައި ރައިޝާ ވަށައިގެން ހޯދާލިއެވެ.
ކުއީން ސައިޒަށްވުރެ ތަންކޮޅެއް ކުޑަ އެނދަކާއި، ތިން ދޮރުފަތްލީ އަލަމާރިއަކާއި، ޑްރެސިބންގ ޓޭބަލްގެ އިތުރުން އެކޮޓަރީގައި ހުރީ ސްްޓަޑީ ޓޭބަލްއެކެވެ. މާ ބޮޑު ކޮޓަރިއެއް ނޫންނަމަވެސް، ތަރުތީބުކަމުން ރައިޝާ ހިތްމަޖެހުނެވެ. ރައިޝާ އަވަސްވެގަތީ ފޮށީގައި ހުރި އަންނައުނުތައް އަލަމާރިއަށް އަޅާ، ތަރުތީބު ކުރުމަށެވެ. ރައިޝާއަށް އެހީވާން މަލަކްވެސް މަޑުކުރިއެވެ. އޭރުވެސް، މަލަކް ދިޔައީ ހުއްޓާނުލާ ވާހަކަ ދައްކަމުންނެވެ. މަލަކްގެ މިޒާޖުގެ ސަބަބުން ރައިޝާ ދެރަވާނެ ވަގުތުތައް މަދުވާނެކަން އެނގުނެވެ. މިފަދަ ތަނެއްކައި އެކު އުޅޭނެ އެކަހަލަ އެކުވެރިއެއް ލިބުނީތީ ރައިޝާ ނުހަނު އުފާވިއެވެ.
“ކޮބާތަ ލުޖެއިން..؟ އޭނަ ނޫޅެނީތަ..؟” ދެކެވުނު ވާހަކަތަކުގެ ތެރެއިން ރައިޝާ އެއްސެވެ. “އޭނަ ދޯ.. އޭނަ ގިނައިން ކޮޓަރިން ނުވެސް ނުކުންނާނެ.. ކުޑަކޮށް ރޫޑް ގުތެއްވެސް ހުންނާނެ.. ބަޓް، އެކަމާ އެހާ ބޮޑަށް އަޅާނުލައްޗެ.. ޑިފަރެންޓް މިޒާޖުތަކުގެ ކުދިން އުޅޭކަން އިނގޭތީ މަލަކްވެސް އެއްޗެއް ނުބުނަނީ.. އޯކޭނު..” ރައިޝާ ކުރި އެންމެ ސުވާލެއްގެ ޖަވާބު މަލަކްގެ އަނގައިން ނުކުތީ ހީވެސް ނުކުރާހާ ދިގުކޮށެވެ. ލުޖެއިންގެ މުޅި ވަނަވަރު ކިޔާލިހެން ހީވިއެވެ. ދެކުދިންގެ މެދުގައި އެތައް ވާހަކަތަކެއް ދެކެވުނެވެ.
މަލަކް ދިޔުމާއިއެކުހެން ރައިޝާ އެނދުމަތި ފޮޅާލާފައި ފާޚާނާއަށް ވަނީ ފެންވަރާލުމުގެ ބޭނުމުގައެވެ. ވަރުބަލިވެ، ނިދިއައިސްފައި ހުރުމުން ރައިޝާ ބޭނުންވީ އަވަހަށް އޮށޯވެލާށެވެ. ފެންވަރަށް ހުރި އިރުވެސް ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. އެވަރަށް ބޯ އަނބުރަމުން ދިޔައެވެ. ރައިޝާ އާންމުކޮށް ބޭނުންކުރާ ޝަވަރޖެލްގެެ މީރު ވަސް ދުވުމުންވެސް ހީވަނީ ހޮޑުލެވިދާނެހެންނެވެ.
ވަރަށް އަވަސްކޮށްލައިގެން ފެންވަރައިގެން ނުކުތް އިރުވެސް ރައިޝާ ދިޔައީ ދެއަތަށް ހެލެމުންނެވެ. ގައިގައި ލޯޝަން ލުމަށްފަހު، މެރޫންކުލައިގެ ޓީޝާރޓަކާއި، ހުދުލުކައިގެ ބޮޑު ހަރުވާޅެއް ލިއެވެ. ދެން އިތުރަށް ކޮޅަށް ހުރެވޭނެހެން ހީނުވުމުން ތުވާލި އެއްލާލުމަށްފަހު، ރައިޝާ އެނދުމައްޗަށް ވެއްޓިގަތީ އިސްތަށިގަނޑުން ފެންވެސް ނުހިއްކައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިދީގެ އަރާމު އައިސް ރައިޝާ ވަށާލިއެވެ. ދެލޯ މެރެމުން ދިޔަ ވަގުތު ރައިޝާގެ ބަނޑުން އަޑު ގޮވަން ފެއްޓިއެވެ. އެހެންނަމަވެސް، ކެއުމުގެ ޚިޔާލު ދޫކޮށްލީ ކައިފިނަމަ، އެ އެއްޗެއް ބޭރުވާނީ ހޮޑުންކަން އެނގޭތީއެވެ.
މިކަހަލަ ދަތި ވަގުތެއްގައި ނުހާއާއި ރިޔާޒްގެ މަތިން ރައިޝާ ހަނދާންވާން ފެށީ އިންތިހާއަށެވެ. ބަލިވެ އުޅޭއިރު، އޭނަ ނުކާން ބޮޑާހާކާ ކޮންމެ ފަހަރަކު، ނުހާ ދޭ ފިނި ކިރުތަށްޓާއި، ރިޔާޒް އައިސް ގަދަކަމުން ބޭސް ދޭ މަތިން ހަނދާންވުމުން ފެންކަޅިވިއެވެ. ރައިޝާ ޑޮކްޓަރަށް ދައްކަން ދާން ބިރުން އުޅޭ ކޮންމެ ފަހަރަކު ރިއާޝްއާއި ޔާޝް އައިސް މަލާމަތްކުރާ މަތިން ހަނދާންވިއެވެ. އެ އުފާވެރި، މަޖާ ވަގުތުތައް ހަނދާންވުމުން ރައިޝާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ. ބަންޑުން އޮށޯވެލަމުން ބާލީޙުގައި އޭނާ މޫނު ފޮރުވާލީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ނިދޭތޯއެވެ. އެހެންނަމަވެސް، އެކަމަށް ހުރަސްއެޅީ ރިންގުވާން ފެށި އޭނާގެ ފޯނެވެ. ގުޅަނީ ނައިރާކަން އެނގުމުން ވަރުބަލިވެފައި ހުރި ނަމަވެސް، އޭނާ ފޯނު ނެގިއެވެ.
“ހަލޯ..” ފޯނު ނަގައި އެހެން ބުނެލި އިރު އެންމެން ފެންނަން ތިބުމުން ރައިޝާ ނުހަނު އުފާވިއެވެ. ނުހާއާއި ރިޔާޒްއާއި، ރިއާޝްއާއި، ޔާޝްއާއި، ރީޝާގެ އިތުރުން ނިޝާވެސް އިނީ ހިނިތުންވެލައިގެންނެވެ. އެއްވެސް މީހަކު ރޯތަން ނުފެނުމުން ރައިޝާގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެން ދިޔައެވެ. “ދަރިފުޅު ރަނގަޅުތަ..؟” ނުހާ އަހާލީ ރައިޝާ ދަތުރެއް ކޮށްފިއްޔާ ވާ ވަރު އެނގޭތީއެވެ. ހީލަމުން ލައްބައޭ ބުނެ ރައިޝާވެސް އެންމެންނާ ވާހަކަ ދައްކަމުން ދިޔަ އިރު އައިސްފައި ހުރި ނިންޖާއި، ވެފައި ހުރި ވަރުބަލި މަތިންވެސް ހަނދާން ނެތުނެވެ. އެތައް އިރަކު އެމީހުންނާއި ވާހަކަ ދެއްކުމަށްފަހު، ރައިޝާ ފޯނު ބޭއްވި އިރު ފުލުފުލުން މާއިޝްގެ މެސެޖުތައް އައިސްފައި ހުރި ތަން ފެނުނެވެ. ހިނިތުންވެލަމުން ރައިޝާވެސް މާއިޝްއަށް ރިޕްލައި ދޭން ފެށިއެވެ. ވަގުތުން މާއިޝްގެ ރިޕްލައިތައްވެސް އަންނަން ފެށިއެވެ. އެންމެފަހުން ރައިޝާއަށް ހުއްޓާލަން ޖެހުނީ ފޯނުން ޗާޖު ގޮސްގެން ފޯނު ނިވުމުންނެވެ. ފޯނު ޗާޖަށް ޖެހުމަށްފަހު އަނެއްކާވެސް ނިދޭތޯ މަސައްކަތް ކޮށްލިއެވެ.
*******
އަރައިގެން އައި އިރުގެ ރަން ދޯދިތައް ދުނިޔެއަށް ދައްކާލީ އެއްބައި ހިތްތައް އުފާވެރި ކުރުވަމުންނެވެ. އަނެެއްބައި ހިތްތައް ހިތާމަވެރި ކުރުވަމުންނެވެ. އޭގެތެރެއިން ރައިޝާ ވެގެން ދިޔައީ މިދެ އިޙްސާސްވެސް ކުރުވި އިންސާނަކަށެވެ. ދެރަވީ ޢާއިލާއާއި، އޭނާގެ ހިތުގެ ރާޖާއާއި އެތައް މޭލެއް ދުރުގައި ހުންނަން ޖެހުމުންނެވެ. އުފާވީ، އޭނާގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެއްސުމަށް އިތުރު ފިޔަވަޅެއް އެޅޭނޭ މަގު ފަހިވުމުންނެވެ. އެއްް ހަފްތާ ތެރޭގައި ކޮލްޖެގެ ކިޔެވުން ފެށޭނެކަމަށް މަލަކް ބުނުމުން ރައިޝާ ހުރިހާ ވަގުތެއްހެން ހޭދަކުރަމުން ދިޔައީ އެކަމަށް ތައްޔާރު ވުމަށެވެ. އެހެންނަމަވެސް، ކޮންމެ ދުވަހަކަުވެސް މަދުވެގެން އެއްފަހަރު ނުހާމެންނާއި، މާއިޝްއާއި ގުޅޭތޯ ރައިޝާ ވަރަށް މަސައްކަތް ކުރެއެވެ. މިގޮތުގައި އެއް ަފްތާ ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވިމިނުގައެވެ.
*******
އަރާމުކޮށް އެނދުގައި ނިދާލާފައި އޮތް ރައިޝާއަށް ހޭލަން މަޖުބޫރުވީ އޭނާގެ ފޯނުން އިވުނު ބަންގީގެ އަޑަށެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުވާލާފައި އޭނާ ތެދުވެ މޯޅީއަކަސް ދެމިލިއެވެ. ފާޚާނާއަށް ވަދެ ވުޟޫކޮށް، ނުކުމެ ނަމާދުކޮށް ނިންމާފައި ދެއަތް އުފުލާ ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވީ އެނާގެ ތަޢުލީމީ ދަތުރުގައި ބަރަކާތް ލެއްވުމަށް އެދި ދަންނަވަމުންނެވެ. ނަމާދުކޮށްލައިގެން، އެނދުމަތި ރީތިކޮށްލާފައި، ޤުރުއާން ކިޔަވަން އިންދާ ނުހާ ގުޅިއެވެ. އަދިވެސް، ނުހާ ކޮންމެ ދުވަހަކުވެސް މިގަޑީގައި ގުޅަނީ ރައިޝާ ތެދުވެ ނަމާދުކުރިތޯ ބެލުމަށެވެ. ކިތަންމެ ދުރުގައި ހުއްޓަސް، މަންމަ އޭނާގެ ކަންތަކުގައި ފަރުވާ ބަހައްޓާ މިންވަރު ފެނި ރައިޝާ އަބަދުވެސް އެކަމަށް ޝުކުރުވެރި ވެއެވެ.
ކުޑަގޮތަކަށް ރީތިވެލުމަށްފަހު ރައިޝާ އިސްތަށިގަނޑުގައި ލުއި ހުޅިއެއް ޖަހާލަމުން ބަދިގެ ބަޔަށް ވަނީ ކޮފީއެއް ބޯލުމުގެ ނިޔަތުގައެވެ. އޭރު ބަދިގޭގައި ލުޖެއިންވެސް ހުއްޓެވެ. އެ ފަން އިސްތަށިގަނޑު ކަކުލާއި ހަމަޔަށް އަރާހާ ދިގެވެ. އެ ބޯ އިސްތަށިގަނޑުން ލުޖެއިންގެ މޫނު ފޮރުވާލެވިފައިވީއިރު، ބަދިގޭގައި ދިއްލާފައި ހުރި އޮރެންޖް ބޮކީގެ ފަނޑު އަލިން ލުޖެއިން ވައްތަރުވީ އޭނާ ބަލާ ބިރުވެރި ފިލްމުތަކުގައި އުޅޭ ވެމްޕަޔަރ ޒާތުގެ މަޚުލޫޤަކާއެވެ. ދެންމެ ދެންމެ އައިސް ރައިޝާގެ ލޭ ބޯލަފާނެހެން ހީވިއެވެ. އެކަހަލަ ކޫސަނި ޚިޔާލުތައް އައިސް ރައިޝާގެ ބޮލުގައި އެނބުރެން ފެށުމުން ރައިޝާއަށް ދެފަރާތަށް ބޯ ހޫރުވާލާ، ހީލެވުނެވެ.
ލުޖެއިން އަކީ ސިއްޙަތު ރަނގަޅަށް ހުރި ރީތި ކުއްޖެކެވެ. އިސްކޮޅުން ރައިޝާއާ ދާދި އެއްވަރެވެ. އެހާ ފަލަ ނޫނަސް އެހާ ހިއްކެއްވެސް ނޫނެވެ. މޫނުގައި އޮށާޅައާއި، ބިހި ނަގާފައި ހުރި ނަމަވެސް، ހުތުރެއް ނޫނެވެ. އެ ސިފަތަކުން އޭނަ އިތުރަށް ރީތި ކަމަށް ދައްކައެވެ. އަޅިކުލައިގެ އެ ކުޑަކުޑަ ދެލޮލާއި، އެ މަޑު މުށިކުލައިގެ ހަންގަނޑު ނުހަނު ގުޅެއެވެ. ވީއިރު، ލުޖެއިންއާއި ދޭތެރޭގައި އެހެން ދެކެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ފެންބޯން ހުރި ލުޖެއިންއާއި ދިމާއަށް ހީލުމުން ބަދަލުގައި ލުޖެއިންވެސް ހީލިއެވެ. އެހެންނަމަވެސް، ކިރިޔާ އެނގޭ ވަރަށެވެ. މަލަކް އެދުވަހު ލުޖެއިން ފޮނިވެފައި، ރުޅި ގަދައޭ ބުންޏަސް ރައިޝާއަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. ލޯބިން ވާހަކަ ދައްކައިގެން އެންމެ ހަރު ހިތްތައްވެސް މަޑު ކަފަކޮޅަކަށް ބަދަލުކޮށްލެވިދާނެ ކަމަށް އޭނާއަށް ޤަބޫލުކުރެވުނީ މާއިޝްއާއި ދާދި އެއްގޮތް ސިފަތަކެއް ލުޖެއިން ގައިގައިވެސް ހުންނާތީއެވެ.
ކަބަޑުން ކޮފީ ޕެކެޓެއް ނަގައި، ހޫނުފެނުގައި ގިރާލުމަށްފަހު، އެތަނުގައިވާ ބޮޑު ބެލްކަންޏަށް ރައިޝާ ނުކުމެލިއެވެ. އެ ބެލްކަނީގައި އިންދާފައިވާ ތަފާތު ވައްތަރުތަކުގެ މާގަސްތަކުން މުޅި އެތަނުގައި މީރު ލުއިލުއި ވަހެއް ވެތުރިފައިވެއެވެ. ބަލައިލަންވެސް ނުހަނު ހިތްގައިމު އެ ބަގީޗާޢަށް ވަދެ ރައިޝާ ރެއިލިންގައި އަތްއަޅުވާލައިގެން ތިރިއަށް ބަލައިލިއެވެ. ފަތިހުގެ ވަގުތުކަމުން މާ ބޮޑު ހަލަބޮލިކަމެއް މަގުތަކުން ނުފެނުނު ކަމުގައި ވިޔަސް، މާލެއާ ޚިލާފަށް މިވަގުތުވެސް ކާރުތަކާއި، ބަސްތަކާއި، ވޭންތައް ދުއްވާފައި ދާތަން ފެނުނެވެ.
އާވިއަރައަރާ ހުރި ކޮފީތަށިން ފަހަރަކު އެތިފޮދެއް ބޮމުން ދިޔަ އިރު ރައިޝާއަށް ވިސްނެމުން ދިޔައީ މިއަދު ކޮލެޖަށް ދިޔުމުން ދެން ކަންތައް ވެގެން ދާނެ ގޮތަކާއި ދޭތެރޭގައެވެ. ކިޔެވުން ކިތަންމެހާވެސް ބުރަ ވާނެކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް، އޭނާ ހުރީ ކޮންމެފަދަ ޤުރުބާނީއެއް ވެގެން ނަމަވެސް، ހުވަފެންތައް ކާމިޔާބު ކުރުމުގެ ޢަޒުމުގެ މަތީގައެވެ.
އެކި ޚިޔާލުތަކުގައި ހުއްޓާ ފޯނެއް އަންނަން ފެށުމުން ރައިޝާ ބަލައިލިއެވެ. ގުޅަނީ އޭނާގެ ހިތުގެ ހަމަޖެހުމާއި، ނިދި ނަގާލި، އޭނާގެ ލޯބިވާ މާއިޝްކަން އެނގުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވީ އިޚްތިޔާރަކާ ނުލައެވެ. ދެވަނަ ފިކުރަކަށް ނުގޮސް ރައިޝާ ފޯނު ނެގީ އެ ހިތުގެ ރާޖާގެ އަޑު އަހާލާހިތްވެފައި ހުރުމުންނެވެ.
“ހަލޯ..” އިސްނަގައި އެންމެ ފުރަތަމަ ވާހަކަ ދެއްކީ ރައިޝާއެވެ. “ހަލޯ.. ނަމާދުކުރަން ތެދުވެ ދޯ ތިއުޅެނީ..؟” މާއިޝް އެއްސެވެ. ޖަވާބުގައި ހޫމްއެއް ލައްވާލަމުން ރައިޝާ ކޮފީފޮދެއް ބޮއެލިއެވެ. “މިއަދު ކޮލެޖް ފެށޭތީ ކުޑަކޮށް ނަރވަސް..” ރައިޝާގެ އިޙުސާސްތައް މާއިޝްއާ ޙިއްސާކުރިއެވެ. “އެ އޯކޭވާނެ.. ފުރަތަމަކޮޅު ވާނެ އެހެން.. ފަހުން ރަނގަޅުވާނެ.. މަށަށް އިނގޭ ރައި ރައިގެ ބެސްޓް ދޭނެކަން.. ދެޓްސް ވައި އައި ލަވް ޔޫ ސޯ މަޗް ދޫނި..” މާއިޝްގެ ލޯބިން ފުރިގެންވީ ބަސްތަކުން ރައިޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވުމުގައި ކާމިޔާބު ހޯދިއެވެ. “އެކަމް އަހަރެން ބިރުގަންނަނީ ދެން ކިޔެވުން ފެށުނީމަ މާއިއާ ނުގުޅޭނެތީވެ.. ކުރިން ޑޮކް ކަން ކިޔެވި ކުދިން ބުނޭ އެހެން ކަމަކަށް ފޯކަސް ކުރެވިދާނެ އެއްވެސް ވަގުތެއް ނުވާނެޔޭ.. ކޮންމެ ދުވަހަކު ނުގުޅިއްޖެއްޔާ-” “ކޮންމެ ދުވަހަކު ނުގުޅިޔަސް އޯކޭއޭ.. އިނގޭ ރައި ވަރަށް ބުރަކޮށް ކަން އުޅޭނީ.. އައި ޓްރަސްޓް ޔޫ.. އަހަރެން ރައިއަށް އިތުބާރު ކުރަން.. އިނގޭ ރައި ގޯސްކޮށް ކަމެއް ނުކުރާނެކަން.. ވީކްއަކު އެއްފަހަރު ގުޅިޔަސް އޯކޭވާނޭ ލޯބީ..” ވިސްނައިދޭ ކަހަލަ ރާގެއްގައި މާއިޝް ބުނުމުން ރައިޝާއަށް ހިނިތުންވެވުނެވެ. “އާނ.. އަދި ހަނދާން ނެތުނީއޭ.. ގައުމީ ޓީމްއިން ޓްރެއިނިންއަށް ޗާންސް ލިބިއްޖެ.. ހީވަނީ ވަރަށް އަވަހަށް ނިމޭނެހެން..” މާއިޝްގެ އަޑުގައި އުފާވެރިކަން ވިއެވެ. “އަސްލުވެސް.. ސޯ ޕްރައުޑް އޮފް ޔޫ މައި ލަވް..” ރައިޝާވެސް އިންތިހާއަށް އުފާވިއެވެ.
“އޭ.. އަދި އިނގޭތަ އިއްޔެ ނައިއާ އާޝްއާ ދެމީހުން ޑޭޓަކަށް ގޮސްގެން.. މަ ދިޔައީ އެމީހުން ފަހަތުން.. އެ ނައި އުޅެނީ ކޮށިއެރީމަ އަނގައިގަ ހުރި ޖޫސްފޮދު އާޝް މޫނަށް ޖަހައިގެން.. ހުވާ މަ ހީހީ ހަލާކު..” އެންމެފަހުން ނައިރާއާއި ރިއާޝް ކުރާ ކަންތައްވެސް މި ފޮނިބޯކިބާ ގަނޑު ފަޅާއަރުވާލީތާއެވެ. މަޑުން ހުއްޓަސް އަނގަ ގަދަ ގޮލައެކެވެ. މީސްމީހުން ޑޭޓުތަކަށް ދާއިރު ގައިމު ފަހަތުން ގޮސް ޖާސޫސް ކުރަން ހެޔޮވާނެތޯއެވެ؟ މާއިޝް އެހެން ބުނުމުން ރައިޝާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. “އާޝްމެން އުޅެނީ ތްރީ އިޔަރސް ފަހުން މެރީ ކުރަންވެގެން.. އޭރުން ނައިގެ ސްޓަޑީޒްއާ އެކޮށް އާޝްގެ ސްޓަޑީޒްވެސް ނިމޭނެތީވެ.. ރައި އަންނާނަން ދޯ ބްރޭކްއެއް ނަގައިގެން ވެޑިންގަ ޕާރޓިސިޕޭޓް ވާން..؟” މާއިޝް އުންމީދުން ފުރިގެންވީ ރާގެއްގައި އަހާލިއެވެ. “އޮފްކޯރޒް.. ދާނަމޭ.. އޭރުން މާއިވެސް ފެންނާނު.. ތްރީ އިޔަރސް ފަހުން ވެޑިންގްއަށް މާލެ ގޮއްސަ ވަން މަންތް ވަރު ކޮށްލާފަ ދެން މިކޮޅަށް އަންނާނީ..” އެކަހަލަ އެތައް ވާހަކައެއް ދެއްކުމުގައި މި ދެ ލޯބިވެރިން ވަގުތު ހޭދަކުރުމަށްފަހު ފޯނު ބޭއްވީ މަލަކް އައުމުންނެވެ.
*******
ކާރުން ފޭބުމަށްފަހު ރައިޝާ ފުން ނޭވާއެއް ދޫކޮށްލީ ކޮލެޖާ ދިމާއަށް ބަލައިލަމުންނެވެ. މެލޭޝިޔާގައި ހުންނަ އެންމެ މަޝްހޫރު މެޑިކަލް ޔުނިވަރސިޓީތަކުގެ ތެރެއިން އެއް ޔުނިވަރސިޓީ ކަމުގައިވާ “ޔުނިވަރސިޓީ އޮފް މަލާޔާ”ގެ ނަމުން މަޝްހޫރުވެފައިވާ އެ ކޮލެޖަށް ވަންނަން ރައިޝާ ހިނގައިގަތީ ހިތްވަރާއެކުގައެވެ. ޢަޒުމާއެކުގައެވެ. ހެއްދެވި ފަރާތަށް ވަކީލު ކުރަމުން ލައިގެން ހުރި ގަދަ ނޫކުލައިގެ ކުރުތާ ރަނގަޅު ކޮށްލަމުން ރައިޝާ ގޮސް ކޮލެޖަށް ވަނެވެ.
ކޮލެޖުގެ ފުރަތަމަ ދުވަސް ދިޔަލެއް ވަރަށްވެސް ރަނގަޅެވެ. މަލަކްއާއި އެއް ސެކްޝަނެއްގައި ކިޔަވަން ފުރުސަތު ލިބުމުން ރައިޝާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. އެތަކެއް އައު ކުދިންތަކަކާއި ބައްދަލުވެ، އެކުވެރިކަން އުފެދުނީ އެންމެ ދުވަހެއްގެ ތެރޭގައެވެ. އެކި މިޒާޖުގެ ތަފާތު ކުދިންތަކެއްގެ ތެރޭގައި އުޅެން އުނދަގޫވި ނަމަވެސް، ރައިޝާ އެކަން ދަނެ، ހިތްވަރުކުރިއެވެ. ފުރަތަމަ ދުވަހުގެ ކިޔެވުން ނިންމާފައި ގެޔަށް ދެވުނު އިރު ހުރީ ރޭގަނޑު ވަރަށް ލަސްވެފައެވެ. މިއީ އަދި ފުރަތަމަ ދުވަހެވެ. ކުރިޔަށް އޮތް ދުވަސްތައް އަދި ބުރަވާނެ ވަރު ވިސްނާލެވުމުން ރައިޝާގެ ބޮލުގައި ރިއްސައިގަތެވެ. އެރޭ ނުހާމެން ގުޅިއެވެ. މާއިޝްވެސް ގުޅިއެވެ. ރައިޝާއާއި މެދު ފަޚުރުވެރިވާވަރު ބުނެދިނެވެ. އެތައް ނަސޭޙަތްތަކެއް ދިނެވެ. ރައިޝާ އެ ހުރިހާ ކަމެއް ޤަބޫލުކޮށް ހިތްވަރުކުރީ ކިތަންމެ އުނދަގޫ ރާސްތާއެއް ކަޑައްތު ކޮށްފައި ނަމަވެސް މައިންބަފައިން ފަޚުރުވެރި ކުރުވުމުގެ ނިޔަތުގައެވެ.
ދުވަސްތައް ވޭތުވަމުން ދިޔައީ ހީވެސް ނުކުރާހާ ހަލުވިމިނުގައެވެ. ރައިޝާގެ ކިޔެވުން ފެށުނުތާ އަށް މަސްވެފައިވާ އިރު ރައިޝާއާއި މާއިޝްގެ ގުޅުންވެސް ދަނީ ހުރަހެއް ނެތި ކުރިޔަށެވެ. ބުރަކޮށް އުޅޭތީ މަހަކު ދެތިން ފަހަރު ގުޅޭ ފަަރުވެސް އާދެއެވެ. އެހެންނަމަވެސް، މާއިޝް އެއިން އެއްވެސް ކަމަކާ ޝަކުވާ ނުކުރަނީ ރައިޝާ މަސައްކަތް ކުރާ ވަރު އެނގޭތީއެވެ. އިޙްސާސްވާތީއެވެ. ރައިޝާއަށް އިތުބާރުކުރެވޭތީއެވެ، ރައިޝާވެސް ހިތްވަރާއިއެކު ކިޔަވަމުން ވީވަރަކުން މާއިޝްއަށް ވަގުތު ދެވޭތޯ ބަލައެވެ. ރޭގަނޑުގެ އަރާމު ނިދި މަޙުރޫމް ކޮށްގެން ރައިޝާ ކޮންމެ ރެޔަކުހެން ސްޓަޑީ ޓޭބަލްގެ ދޮށުގައި އިންނަނީ ފޮތްތައް ކިޔުމުގައެވެ. މާއިޝްގެ އެއްވެސް ޝަކުވާއެއް ނާންނާތީ، ރައިޝާއަށް ނުހަނު ހަމަޖެހިލައިގެން މަސައްކަތް ކުރެވެއެވެ. އެކަހަލަ މީހަކު އޭނާގެ ޙަޔާތަށް އައީތީ ﷲއަށް ޝުކުރުވެރި ވެއެވެ.
*******
އަހަރެއް ފާއިތުވެގެން ދިޔައީ އެސްފިޔައެއް ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބައެއް ފަހަރު ކުދިކުދި ކުނިކޮޅު ޖެހުނުކަމުގައި ވިޔަސް، މާއިޝްއާއި ރައިޝާގެ ގުޅުން އަދިވެސް ދަނީ ކުރިއަށެވެ. އަހަރުގައި ނެގި މިޑް ސެމިސްޓަރ އިން ސެކަންޑް ރޭންކާއި ފައިނަލް އެގްޒާމުން ފަރސްޓް ރޭންކް ރައިޝާއަށް ލިބުން ވެގެން ދިޔައީ ނުހާމެންނަށާއި މާއިޝްއަށްވެސް ލިބުނު ބޮޑު އުފަލަކަށެވެ. ހަމަ އެފަދައިން އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ޓީމުން މާއިޝްއަށް ފުރުސަތު ލިބި މެޗްތައް ކުޅެވުން ވެގެން ދިޔައީ ރައިޝާވެސް ފަޚުރުވެރިވާ ފަދަ ކާމިޔާބީއަކަށެވެ.
ފުރަތަމަ މާއިޝްއަށް އަމާންގެ ނުރުހުން ލިބުނުކަމުގައި ވިޔަސް، މާއިޝް ދަންނަ މީހުން އިތުރުވެ، އެއީ އަމާންގެ ދަރިއެއްކަން އެނގުމުން މީހުން ތަޢުރީފު ކުރުމުން އަމާންވެސް ހިތްހަމަޖެހުނެވެ. އަދިވެސް، އަމާން ވިސްނަނީ އަމިއްލަ ނަފްސާއި ދޭތެރޭގައެވެ. އުފާކުރަނީ މާއިޝްއަކީ އޭނާގެ ދަރިފުޅުކަން އެނގުމުން މީހުން އޭނައަށް ތަޢުރީފު ކުރާތީއެވެ. ދަރިފުޅުގެ އުފަލަށް ނުވަތަ ހޯދާ ކާމީޔާބީއަކަށް ނޫނެވެ. މާއިޝްއާއި ރައިޝާގެ ގުޅުން އެނގުމުން ފުރަތަމަ ނުރުހުން ވިޔަސް، އެއީ މާލޭގެ އެންމެ މަޝްހޫރު އެއް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސީއީއޯ ރިޔާޒްގެ ހަގު ދަރިފުޅުކަން އެނގުމުން ބޮލާ ފައިން އެކަމަށް އެއްބަސްވިއެވެ. ބައްޕަގެ އަމިއްލަ އެދުން ބޮޑު މިންވަރު ފެނިފައި، މާއިޝްއަށް ބައެއް ފަހަރު ރުޅިއައިސްގެން އެއްޗެތި ބުނެވޭ ފަހަރުވެސް އާދެއެވެ.
**ދެ އަހަރު ފަސް**
މަތިން އައިސް މާލޭ އެއާޕޯޓުގެ ރަންވޭއަށް ޖެއްސި ފްލައިޓުން ފައިބައިގެން އައި އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. އެހެންނަމަވެސް، މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓާ، އެ އަންހެން ކުއްޖާ ދިޔައީ އޭނާގެ ހިތް ތާއަބަދު ދުށުމަށް އެދޭ ސޫރަ ފެނޭތޯ ހޯދަމުންނެވެ. އައިސްބްލޫކުލައިގެ ކަކުލާއި ހަމައަށް އަރާ ޑެނިމް ގަމީހާއިއެކު، ތިރިން ލާފައި ހުރި ހުދުކުލައިގެ ޖިންސުން ވަރަށް ރީތިކަމަށް ދައްކައެވެ. އަޅައިގެން ހުރި މެރޫންކުލައިގެ ޝޯލްއާއި، އުނަގަނޑުގައި އައްސާފައިވާ މެރޫންކުލައިގެ ބެލްޓުން އެ ހަށިގަނޑުގެ ނިކަމެތިކަމާއި، ހިމަތޮޅިކަން ހުރީ އެނގޭށެވެ. ކުޑަވަރެއްގެ ސޫޓްކޭސްއެއް ހިފައިގެން ހިނގަމުން ދިޔަ އެ އަންހެން ކުއްޖާގެ ފިޔަވަޅުތައް ހުއްޓުނީ ދުރުން ފެނުނު ސޫރައަކުންނެވެ.
އަވަސްވެފައިވާ ހިތަކާއިއެކު، މާއިޝް ދިޔައީ އޭނާގެ ހިތުގެ މަލިކާ ފެނޭތޯ ހޯދަމުންނެވެ. އެތައް ދުވަހަކަށްފަހު، އޭނާ ކުރަމުން ދިޔަ އިންތިޒާރުގެ ނިމުން އައީތީއެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި، ނޫކުލައިގެ ޖިންސުން މާއިޝްގެ ފިރިހެންވަންތަކަށް އިތުރުވެފައިވާ ފަދައެވެ. ގަމީހުގެ އަތުކުރި އޮޅާލެވިފައިވީއިރު، ކުރިޔަށްވުރެ ބޯކޮށް ފަޅާފައި ހުރި ތުނބުޅި ޓްރިމްކޮށްލާފައި ހުރިގޮތުން އިހަށްވުރެ، ހަރުދަނާކަމަށް ދައްކައެވެ. ކުއްލިއަކަށް މާއިޝްގެ ފިޔަވަޅުތައް މަޑުޖެހުނީ ދުރުން ފެނުނު އަންހެން ކުއްޖާގެ ސޫރައިންނެވެ. ކުރިއަށްވުރެ ހިކިވެފައި، ނިކަމެތިކަމަށް ދެއްކިޔަސް، އެ ސޫރައަކީ މާއިޝްއަށް ދުވަހަކުވެސް އޮޅުވާލެވޭނޭ ސޫރައެއް ނޫނެވެ. އެ ސޫރަ ފެނުމާއިއެކު، ލިބުނު ސިހުމަކުން އިރުކޮޅަކަށް ހުއްޓުން އަރާފައި ހުރެވުނު ނަމަވެސް، ވަގުތުން ދުއްވައިގަތީ އެ ކުޑަކުޑަ ހަށިގަނޑު އޭނާގެ އަތުތެރޭގައި ފޮރުވާލުމުގެ ނިޔަތުގައެވެ. ގައިގައި ހުރި ބާރެއް ލާފައި، ދުވެފައި ގޮސް، މާއިޝް އެ ކުއްޖާގެ ގައިގައި ބައްދައިގަތީ ލޮލުން ކަރުނަ އަންނަ ޙާލުގައެވެ. “އައި މިސްޑް ޔޫ ސޯ މަޗް.. ރައީ..” ވައި އަޑަކުން މާއިޝް ބުނެލި އިރު އެ ލޮލަށް ބޮނޑިވެފައި ހުރި ކަރުނަތައް މިނިވަންކޮށްލީ ކަރުނައިގެ ތެރެއިން ހީލަމުންނެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







So beautiful story nayaa
I am curious to know about the next part
Keep it up like this❤️❤️❤️??
Salaam dear readers.. Hope you liked this part as well… Next part hama nimunuhaa avahakah submit kohlaanan insha allah… Love you all.. Stay safe and take care everyone..
In reply to Aminath Mai zer…
Hey dear… Saw ur cmnt on the previus part too.. But, unfortunately, the cmnt section was closed beafore i cloud reply 🙁 Sorry… and thanqiuuuu soooo much darling.. Really means a lot to me.. next prt hama liyevunuhaa avahakah submit kohlaanan… insha allah it won’t take too long… i’ll try my best to submit it asap… keep waiting sweetie… won’t disappoint u for sure 🙂
love u moreee dear..
ss nd tvgc darl…
<333333
oohhhhh myyyyyy….. Raiiiiiiiiiii????? Rai Maley ah gos mihaaru break ah vx aeethrrrrr…. alheyyyy maaish dhariyaaa.. koyaaa naseemAAA ma mi cmnt fashaanee k9n hisaabakun kameh vx neynge.. hahaha alheyy klw maaish meehun date ah dhaairu jaassoosu kuran jehey thr.. ahahah alhey klw naira aash brw moonu mahchah juice thashi jeheeru majaafasheh hunnaane dhwww… alhe e maaish foto kolheh negi nama eyru???? koyaaa nairaaaaaaa mihaaru riaas aa dhemeehun ninmanee dhw aharumen mihen thihbbaaa.. nooney ma vx miulhenee armaan aa innan vegen ekm magey rudra ais ma huhtuvaane iraadha kurehvihyyaa… klww eyy ma v hini aadhey mi raisha men abadhu rasfannah dhaathee… enoon thaneh nethee thr dhaan?? ???? keehthr vaanee ras rangnah gos phase 2 ah jahssaalaa lonuziyaaraiy park kahala than thanah dhangnaa.. mihaaru rasfannuga ulheynee hus bondhun.. mihaaru lwbiverin maafolhuvan dhaanee phase 2 ashey buney rai mn kairy… dhen e ulhey riaash kairy buney nai goyye govaigen lonuziyaarathah dhaashey.. ethaanga nikan privacy onnaane
ok bye bey love u
hai haey nayaa
kihineh tha aharumenge nayoo
unmeedhu kuran rangalhu vaane kamah
sooooooooooooo kihineh dhimaa vefa rai kithah aharashey e fureee 5 dhw buny i think ok ehen veema dhen rai balaaves dhiyaee elhahithuge raaja dhw hehehe
ekam e lujain sifa kohdhin goii hama ehaa dhigu tha eynage isthashi gandu kakulaa hamaah kanne buny dhigumin aranee ma huree kos vefa hama ekam hini ves ai
ey dhnee migadee nuvaane innakah mihen eyrun hahboaraas annaaane santhi mariyabu dhw eyna ge ves kabareh dhabareh nuvey
tc
ss buh bye
and me stry ga ulhey hurihaa parents ah parents dayge thahuniyaa aris kuran
hmmmm rai mihaaru break ah e aee.. hehe.. dhn mihaaru thio othee feshifa ennu manjey.. aakey brw maaish soru ehn huttas nikan laaneh vaane ey.. ma buneemennu.. aan dhw.. ekm photo nagaa varakah e soruge sikundeega theiy kameh nuhurey.. aaekey aash and nai ninmanee ey manjey.. aharumen adhi mi thibee thibi gothah dhw.. haha.. alhe manjeyy mashakah neyngey maaleyga hunna maa gina thanthanuge nameh.. dhn ehenve abadhu rasfanney liyevenee.. e ok vaaney brw.. hmm hmm dhn bunaanamey emeehun kairi thihen vx.. ok bye… love you more..
heyyy luvzyyyy…
i’m gud hama luvzy kihinehtha??
yhhh 5 years ah dhiyaee… ekm 3 yrs kohfa e aee nai mn ge wedding ah.. getu vey dhw.. haha aan hama ehaa dhigey.. nayaage isthashigandu vx kurin hama ehaa dhigu vaane ekm mihaaru koshaalee karaa hisaabah.. hahah.. aan aan santhi dhw.. eythi eba othennu cl up kohfa.. ma vx dhanee eythi kiyan… adhi neynge cmnt eh kohleveyne kameh vx…
ss nd tvgc dear..
nuhahtha aa nishahtha aa riyaazbe aa maaheen dhahtha aa amaanbe bunee tyank you o 😉 hehe… bye ingey darl..
EY KOYAA MASHAKAH HIYEH NUVEY THEEGA ULHEY AMAAN EHAA HIIYY HEYO HENEH EHEN BUNYMA THANK U BUNAN LOL EKAM DHEN THIBI PARENTS EII HAMA BEST OF THE BEST PARENTS LOL
AANN GETU VEJJE
CMNT NUKOH KIYAALIYAS RANGALHU VAANE REESH EHAA ALHAEH NULAANE AUNTY CMNT NUKOH INAS LOL
MAVES ISTHASHI GANDU KOSHAA LAIGEN MIULHENY DHIGU NUVE DAMAGE VEGEN …….
SAD VEJJE AY DHANEE DHAAN MANMMMA LACKCHARU BANDI LHAANE IRUKOLHAKUN BYE