އެއް ހަފްތާ ކުރި އެތަށް އިރަކު ގިސްލުމުގައި ހޭދަކުރުމުންވެސް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ލޮލުން ކަރުނަ ހުސްވާނެ ނަމައޭ ޙަޔާގެ ހިތަށް އެރިއެވެ. ކިތަންމެ ހިތްވަރުކޮއްފައި ދެން ނުރޯނެކަމަށް އަޒުމް ކަނޑައަޅައި ކަރުނަ ފުހެލިޔަސް މިނިޓެއްގެ ތެރޭ އެކަން ބަދަލުވެދެއެވެ. އަކްމަލްއާއި އެކީ ހޭދަ ކުރި އުފާވެރި ވަގުތުތައް ހަނދާން އާވަނީއެވެ. ވީ ވައުދުތަކާއި މުސްތަގްބަލަށް ކުރި ޕުލޭންތައް ހަނދާންވެ ހިތް އިތުރަށް ޒަހަމްކުރަނީއެވެ. 3 އަހަރު ކުރިން ބަޙްތް ދެއްކި ވާހަކަތައްވެސްމެއެވެ. އެދުވަހު ބަޙްތްއަށް […]
” މީހުންގެ ފިރިން ފަހަތުން ދުވާ ތިކަހަލަ އަންހެނުންގެ މައުލޫމާތު އެފިރިންގެ އަނބިންނަށް ނޭންގިއެއް ނުދާނެއެއްނު..” އެނުދަންނަ އަންހެން ކުއްޖާގެ ފަރާތުން އިވުނީ ދުވަހުވެސް މީހެއްގެ ފަރާތުން އަޑުއަހަން ބޭނުންނުވާ ކަހަލަ އެއްޗެކެވެ. އަދި އެއީ ހަގީގަތެއްވެސް ނޫނެވެ. ” ތި އާދެވުނީ ނުބައި ޙަޔާއެއް ކައިރިއަށް.. އަހަންނަކީ ދުވަހަކުވެސް މީހެއްގެ ފިރިއެއް ފަހަތުން އުޅުނު މީހެއްނޫން..” ޙަޔާ ޔަގީންކަމާއިއެކު ބުނެލިއެވެ. މީހެއްގެ ފިރިއެއް ކީއްކުރަން ހެއްޔެވެ. އޭނާއަކީ އަކްމަލް ނޫން ފިރިހެނަކާއި ރައްޓެހިވެސްވި މީހެއްނޫނެވެ. […]
” އަޅުގަނޑު ކޮންމެ ވާހަކައެއް ބުންޔަސް މަންމަ ރުޅިއެއް ނާންނާނަންތަ؟.” އިށީންދެގެން އިން ގޮނޑި ހަނީފާއާއި ދިމާއަށް އަބުރައިލައި ހަމަޖެހިލަމުން ޙަޔާ އަހައިލިއެވެ. ” އަޅުގަނޑު ވޯކްއަށް ނިކުތުމުގެ ކުރިން ކައިވެނިކުރަން ބޭނުން..” ޙަޔާގެ ފަރާތުން އެކަހަލަ ވާހަކައަކަށް އެއްވެސް ވަރަކަށް އުއްމީދުނުކޮށް އިން ހަނީފާ ކުށިއަރުމުން ޙަޔާ ފެންތަށި ހަނީފާގެ އަތަށް ލައިދިނެވެ. ” އައިމް ސޯ ސޮރީ އިނގޭ ކުއްލިއަކަށް މިހެން ބުނީމަ މަންމައަށް ވާނެ ގޮތް..” ” ދަރިފުޅު އުޅެނީ […]
ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި ފުލައިޓް ޖެއްސިތާ 20 މިނެޓް ފަހުން އިންޓަނޭޝަލް އެރައިވަލްސް ގޭޓްއިން ނިކުތް ދެއަންހެން ކުދިން އެކި ކޮޅުކޮޅު ހޯދަން ފެށީ އެމީހުން މައިންބަފައިން ފެނޭތޯއެވެ. އެތަނުގައި ތިބި 30 ވަރަކަށް މީހުންގެ ތެރެއިންގެ ތެރެއިން ވަހީދުއާއި ހަނީފާގެ މޫނު ފެނުމުން ޙަޔާ ދުވެފައި ގޮސް އޭނާގެ މަންމަ ގައިގައި ބައްދައިލިއެވެ. 6 އަހަރު ފަހުން ލޯބިވާ މަންމައާއި ބައްޕަ ފެނުމުން އެދެލޯ ސިކުންތު ކޮޅެއްގެ ތެރޭގައި އުފާވެރި ކަރުނުން ތެއްމައިލިއެވެ. ހަނީފާގެ ހާލަކީވެސް […]
“ދަރިފުޅާ ޙަޔާ.. ދަރިފުޅު ހޯދަން ކުއްޖަކު އައިސް އެބައިން.. ތިތަންކޮޅެއް އަވަސްކޮއްލައިގެން ނިކުމެބަލަ..” ޙަޔާގެ ކޮޓަރިއަށް ވަދެ ފާހާނާގައި އުޅުނު ޙަޔާއަށް ހަނީފާ ގޮވަން ފެށިއެވެ. ޙަޔާ ނިކުތުމުން ދެމީހުން ވާހަކަ ދައްކަން ފުރުސަތުދީފައި ހަނީފާ ބޭރަށް ނިކުތެވެ. ” ކާކު..” ކުރިމަތީގައި ހުރީ ޙަޔާ ދުވަހަކުވެސް ދެކެފައިނުވާ އަންހެން ކުއްޖެކެވެ. ” ތަނާލް..” އެއަންހެން ކުއްޖާ އޭނާގެ ނަން ބުނުމުން ޙަޔާ އެނަން ދެތިން ފަހަރު ކިޔާލިއެވެ. ނަމަވެސް އެނަން ކިޔާ ކުއްޖަކު މަތިން […]