Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަފާތެރިވުމުން ބޭވަފާތެރިވަނީހޭ (ޓުރެއިލާރ)

Butter Level 1
September 8, 2021 One Min Read
2 Comments

“ދަރިފުޅާ ޙަޔާ.. ދަރިފުޅު ހޯދަން ކުއްޖަކު އައިސް އެބައިން.. ތިތަންކޮޅެއް އަވަސްކޮއްލައިގެން ނިކުމެބަލަ..” ޙަޔާގެ ކޮޓަރިއަށް ވަދެ ފާހާނާގައި އުޅުނު ޙަޔާއަށް ހަނީފާ ގޮވަން ފެށިއެވެ.

 

ޙަޔާ ނިކުތުމުން ދެމީހުން ވާހަކަ ދައްކަން ފުރުސަތުދީފައި ހަނީފާ ބޭރަށް ނިކުތެވެ.

” ކާކު..” ކުރިމަތީގައި ހުރީ ޙަޔާ ދުވަހަކުވެސް ދެކެފައިނުވާ އަންހެން ކުއްޖެކެވެ. ” ތަނާލް..” އެއަންހެން ކުއްޖާ އޭނާގެ ނަން ބުނުމުން ޙަޔާ އެނަން ދެތިން ފަހަރު ކިޔާލިއެވެ. ނަމަވެސް އެނަން ކިޔާ ކުއްޖަކު މަތިން އޭނާ ހަނދާނެއްނުވިއެވެ.

 

” ޙަޔާއަށް އަހަރެން ނޭންގިދާނެ.. އެކަމަކު އަހަންނަށް ޙަޔާ ވަރަށް ރަގަނޅަށް އެނގޭ.. ” އެ ނުދަންނަ އަންހެން ކުއްޖާ ބުނެލިއެވެ. ޙަޔާ އޭނާ ދަންނަނީ ކިހިނެއްތޯ ސުވާލިކޮއްލިއެވެ.

 

” މީހުންގެ ފިރިން ފަހަތުން ދުވާ ތިކަހަލަ އަންހެނުންގެ މައުލޫމާތު އެފިރިންގެ އަނބިންނަށް ނޭންގިއެއް ނުދާނެއެއްނު..”

 

**********************

 

” ކީއްވެ އަކްމަލް އަހަންނާއި ދޭތެރޭ ތިގޮތަށް ކަންތައް ތިކުރީ.. އަހަރެންގެ ކުށަކީ ކޮބާ.. އަހަރެންގެ ލޯބީގެ އެއްވެސް އަގެއް ނެތީތަ. 12 އަހަރު ދުވަހު އެކީގައި އުޅުމައްފަހު އަކްމަލްއަށް އަހަންނާއި ދޭތެރޭ ތިގޮތަށް ކަންތައް ކުރަން ކެރުނީތީވެސް އަހަރެން ހަމަ އަޖައިބުވެއްޖެ.. ތީތަ އަހަރެން ދެކެވީ ލޯތްބަކީ.. ކީއްވެ އަހަންނަށް ބޭވަފާތެރިވޭ.”

 

” ބޭބީ ޕުލީޒް އެހަށް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ.. އަހަރެން ލޯބިވާ މީހަކު ތިނޫނީ ނުހުންނާނެ. އަހަންނަށް އިތުބާރުކުރޭ.. ” އަކްމަލްގެ ކުރިމަތީގައި ރޮއި ގިސްލަމުން ދިޔަ އަންހެން ކުއްޖާގެ އަތުގައި ހިފަން މަސައްކަތް ކުރަމުން އޭނާ ބުންޏެވެ.

 

” ހަބަރުދާރު ތިމުޑުދާރު ދެއަތުން އަހަރެން ގައިގަ އަތްނުލާތި.. އަދި މީގެ ފަހުން ތިދުލުން އަހަރެން ދެކެ ލޯބިވެޔޭ ނުބުނާތި.. ތީ ލޯތްބަކީ ކޮބައިކަން އެނގޭ މީހެއްނޫން..މިހާރު ތީ އަހަރެން ލޯބިވި އަކްމަލް އެއްވެސް ނޫން.. ތީ އަހަންނަށް ނެތް މީހެކޭ އެއްފަދަ. ދެން އަހަރެން ހޯދަން ނޫޅޭތި.. އަހަރެން އަކްމަލްއަށް ނަފްރަތުކުރަން..”

 

**********************

 

” އަކްމަލް ޕުލީޒް އަހަރެން ދޫކޮއްނުލާ.. އަހަރެން އަކްމަލް ދެކެ ވަރަށް ލޯބިވޭ.. އަހަރެން ތިދެމީހުން ދޭތެރަށް ވަނީ ގަސްދަކު ނޫނެއްނު.. އަހަންނައްވެސް ލޯބިވެވުނީއޭ.. އަހަންނަށް އެނގެޔޭ އަކްމަލްވެސް ލޯބިވަނީ އަހަރަން ދެކެކަން..”

 

“ތީ ކުއްހީޔެއް.. އަހަރެން އޭރުވެސް އަދި މިހާރުވެސް ލޯބިވާ މީހަކީ އެއީ..”

 

************************

 

 

Share Article

Follow Me Written By

Butter

Level 1

Other Articles

Previous

ތި ސޫރަ ނޫން 19

Next

ވެމްޕަޔާ 2

Next
September 8, 2021

ވެމްޕަޔާ 2

Previews
September 8, 2021

ތި ސޫރަ ނޫން 19

2 Comments!

  1. Butter says:
    September 8, 2021 at 12:40 pm

    Insha Allah next weekga vaahaka upload kuran fashaanan.

    1. Aishath Faruha Abdulla says:
      September 10, 2021 at 7:28 am

      Heevanee vaahaka vrh reethi vaanehen….❤️ I’m waiting… ❤️

Comments are closed.



All Right Reserved!