ޔާޝް ދިޔުމުން ރައިޝާއާއި މާއިޝް އެކަކު އަނެކާ ދިމާއަށް ބަލައިލިއެވެ. ކުޑަ އިރުކޮޅަކަށް ދެމީހުންނަށް އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބެވުނެވެ. އެހެން ތިބެވުނު އިރު އެތާ އިތުރު ބަޔަކު ތިބިކަން ހަނދާންވެސް ނެތް ފަދައެވެ. އެހެންނަމަވެސް، އެ ހިމޭންކަން ފޫދުއްވާލީ ރައިޝާގެ އަޑުންނެވެ. “މޫނު ވަރަށް ހަޑިވެފަ ހުރީ.. އެބަ އަންނަން ވޮޝްރޫމްއަށް ގޮއްސަ މޫނު ދޮވެލައިގެން..” އިސްޖަހާލަމުން ރައިޝާ ބުނެލީ މަޑުމަޑުންނެވެ. ބަދަލުގައި މާއިޝް ހަމައެކަނި ބޯޖަހާލާފައި ހިނިތުންވުމަކުން ފުއްދާލީއެވެ. ރައިޝާ ގޮސް ފާޚާނާއަށް ވަނުމުން މާއިޝް އެތާ ހުރި ގޮނޑިބަރީގައި އިށީނދެލާ، ފޯނާ ކުޅެން ފެށީ ވަގުތު ދުއްވާލުމުގެ ގޮތުންނެވެ. “މާއިޝް…” ކުރިމަތިން މީހަކު އޭނާއަށް ގޮވާލި އަޑު އިވުމުން މާއިޝް ފޯނުން ނަޒަރު ވަކިކޮށްލިއެވެ. އަދި ކުރިމައްޗަށް ބަލައިލީ ދަންނަ އަޑެއްހެން ހީވާތީއެވެ. އެވަގުތު ފެނުނު ސޫރައަކުން މާއިޝްއަށް ކުއްލި ސިހުމެއް ލިބުނެވެ. ކުރިމަތީގައި އެ ހުރީ އޭނާ މިތަނުން ބައްދަލުވެދާނެ ކަމަށް އުންމީދު ކުރި މީހެއް ނޫނެވެ. އަވަސްއަވަހަށް ފާޚާނާއާ ދިމާއަށް ބަލައިލެވުނީ ރައިޝާ އެ މަންޒަރު ފެންނަ ހިސާބުގައި ހުރިތޯ ބެލުމަށެވެ. ރައިޝާ އެތާ ބޭރުގައި ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު މާއިޝް ކުރިމަތީގައި ހުރި މީހާއާ ދިމާއަށް ބަލައިލީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ.

*******

**22 ވަނަ ޕާރޓް**

******

“ދޮންތަ މިތާ ކީއްކުރަނީ..؟” ކުރިމަތީގައި ފައިލެއް ހިފައިގެން ނަރުސް ޔުނީފޯރމްގައި ހުރި މާނާއާ ދިމާއަށް މާއިޝް ބަލައިލިއެވެ. “މާޝް… މީ ދޮންތަ ވޯރކް ކުރާ ތަނެެއްނު..” މާނާ އައިސް މާއިޝްއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެލިއެވެ. “އެކަމް… ދޮންތަ ވޯރކް ކުރަނީ އޭ.ޑީ.ކޭގަ ނޫންތަ..؟” މާއިޝްއަށް ބޯ ކަހާލެވުނެވެ. “އަޅެ މާޝް… ދޮންތަ މިހާރު އައި.ޖީ.އެމް.އެޗްއަށް ޓްރާންސްފަރ ވީތާ މަންތެއް ވަނީއޭ..” މާނާ މާއިޝްގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. “ދެން ކީއްވެ މާޝް ކައިރީގަ ކުރިން ނުބުނީ..؟” މާއިޝްގެ ސުވާލުތައް އަދިވެސް ހުސްނުވެއެވެ. “މާޝް މި މަންތެއްހާ ދުވަސް ތެރޭ މުޅިންވެސް ކޮޓަރީގަ.. ނުވެސް ނުކުންނަމެއްނު.. ދޮންތަ ދިޔަޔަސް މާއިޝް ބޭނުމެއްނުވޭނު އެއްވެސް މީހަކާ ވާހަކަ ދައްކާކަށް.. ދެން ކިހިނެއް މާޝް ކައިރި އެއްޗެއް ބުނަނީ..؟” މާނާ ކޮނޑު އަރުވާލިއެވެ. “އޯހހ.. އެހެން ދޯ..” ބަދަލުގައި މާއިޝް ހަމަ އެކަނި ބުނެލީ އެހެންނެވެ. “ބައި ދަ ވޭ، މާޝް މިތާނގާ ކީއްކުރަނީ..؟ ބަލިވީތަ..؟” މާނާގެ ސުވާލުން މާއިޝްގެ ދުލުގައި ތަޅެއް ލެވުނު ފަދައެވެ. ބުނާނެ އެއްޗެއް ނޭނގި ދުރު ބަލާލެވުނެވެ.

“ބަލަ މާޝް.. ދޮންތަ މި ވާހަކަ ދައްކަނީ މާޝްއާއޭ.. އެއްޗެކޭ ބުނެބަ.. ޔަގީނޭ ބަލިވީކަން..” މާނާ މާއިޝްގެ ކޮނޑުގައި ހިފާ، އޭނައާ ވީ ދިމާއަަށް އަނބުރާލިއެވެ. “އަމްމް.. އަސްލު ވީ ގޮތަކީ.. މީ އަނޭ.. މީ..” ބުނާނެ އެއްޗެއް ދުލުކުރިއަށް ނައުމުން މާއިޝްއަށް ދުލުގައި ދަތްއަޅާލެވުނު އިރު، ދައްކާނެ ބަހަނާއަކާމެދު ވިސްނާލެވުނެވެ. “ކޮން އޭއްސެކޭ މީއްސެކޭ ކިޔާކަށް..؟ އޭނނ..؟! ހަމަ ޔަގީން ބަލިވީ..” ކަންބޮޑުވެފައިވާ މާނާ މާއިޝްގެ މޫނުގައި ދެއަތުން ހިފަހައްޓާލާ ނިތްކުރީގައި އަތްޖައްސާލިއެވެ. މާއިޝްގެ މުޅި ހަށިގަނޑު ސްކޭންއެއް ކޮށްލާ ފަދައިން މާނާ މާއިޝްގެ ބޮލުން ފެށިގެން ފަޔަށް ބަލައިލިއެވެ. އޭނާއަށް ކަމެއް ވެފައިހުރިތޯ ބަލައިލުމަށެވެ. ލޯބިވާ ކޮއްކޮއަށް ކިތަންމެ ކުޑަކުޑަ ކަމެއް ވިޔަސް މާނާ އުޅޭ ގޮތަކީ އެއީއެވެ.

ދެލޯ މަރާ ބާރުކޮށްގެން އިން މާއިޝް އިނީ ދެންމެ ދެންމެ ރައިޝާ ފާޚާނާއިން ނުކުމެދާނެތީ ބިރުން ވިރިވިރިއެވެ. ރައިޝާއަށް މާނާ ފެނިއްޖެނަމަ ވާނޭގޮތެއް އެނގެނީކީ ނޫނެވެ. އަނެއްކޮޅުން، މާނާއަށް ރައިޝާ ފެނިއްޖެނަމަ، މާނާގެ ސުވާލު ގޯނި އޭނާގެ ބޮލަށް އޮހިގަންނަން ސިކުންތެއްވެސް ނުނަގާނެކަން ގައިމެވެ.

*******

މޫނަށް ފެންފޮދެއް ވިއްސާލާފައި ރައިޝާ ދެލޯ މަރާލިއެވެ. ދެވަނަ ފަހަރަށްވެސް މޫނަށް ފެންފޮދެއް ވިއްސާލަމުން ރައިޝާ އިސްކުރު ބަންދުކޮށްލީ ހިތްހަމަ ޖެހޭވަރު ވުމުންނެވެ. އިސްއުފުލާލާ، ލޯގަނޑުން އޭނާގެ އަމިއްލަ ސޫރައަށް ރައިޝާއަށް ބަލައިލެވުނެވެ. އެވަގުތު ދެންމެ މާއިޝް އޭނާގެ މޭތެރޭގައި ރައިޝާ ފޮރުވާލި ގޮތް ހިތަށް ސިފަވެލިއެވެ. ވަގުތުން އެ މޫނު ޖަންބެއްހާ ރަތްވެލި އިރު، އެ ތުންފަތިގައި ލަދުރަކި ހިނިތުންވުމެއް ކުޅެލާފައިވިއެވެ. ދެންމެ އެ ހިނގައިދިޔަ ވަގުތުކޮޅު މުޅި އުމުރަށް ދެމިގެންދާނެ ނަމައޭ ރައިޝާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް މާ ގިނަ އިރު ވިސްނާކަށް ނުހުރެވުނެވެ. ފޯނު ރިންގުވާން ފެށި އަޑަށް ރައިޝާ ދަބަސްތެރޭގައި އޮތް ފޯނު ނަގައި ބަލައިލިއެވެ. ގުޅަނީ ނައިރާކަން އެނގުމުން ފޯނު ނަގާ، ކަންފަތުގައި ޖަހާލިއެވެ.

“ހަލޯ.. ކީކޭ..” ޓިޝޫއަކުން މޫނު ފުހެލަމުން ރައިޝާ އަހާލިއެވެ. “ކޮބާ ދެން ކޮންއިރަކުން ގެއަށް ދަނީ..؟ އަދިވެސް މާފޮޅުވާ ނުނިމޭތަ..؟” އާދައިގެމަތިން އޭނާގެ މަޖާ ރާގުގައި ނައިރާ ސަމާސާ ކޮށްލިގޮތުން ރައިޝާ ކައިރިއަށް ހިނިއައެވެ. “ހޫމްމް.. މި ދަނީއޭ.. ޓޮއިލެޓްގަ މި ހުރީ.. ދެންމެ ނައިމެން ކުޅުނު ޑްރަމާއަކުން މުޅި މޫނު ހަޑިކޮށްލައިފިވިއްޔަ.. ހަމަ ސަންތިމަރިޔަނބެކޭ މަށެކޭ ތަފާތެއް ނެތް..” ދަބަސް ޒިބު އަޅުވާލަމުން، ރައިޝާ ޓިޝޫކޮޅު ޑަސްބިނަށް ލިއެވެ. އަވަހަށް ގެއަށް އައުމަށް އެދި ނައިރާ ފޯނު ކަނޑާލުމުން ރައިޝާ ގޮސް ފާޚާނާއިން ނުކުތެވެ.

އަތުގައި އަޅާފައި އޮތް ގަޑި ރަނގަޅުކޮށްލަމުން ރައިޝާ ފާޚާނާއިން ނުކުމެގެން ގޮސް މާއިޝް އިން ދިމާއަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައީ ލިބުނު ސިހުމަކުންނެވެ. ލިބު ސިހުމާ އެއްވަރަށް އޭނާ ދެރަވެ، ރޮވޭ ގޮތްވީ މާއިޝްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިން އަންހެން ކުއްޖާ މާއިޝްގެ މޫނުގައި ދެއަތުން ހިފަހައްޓައިގެން އިން ގޮތުންނެވެ. މާއިޝްވެސް އެކުއްޖާ ދުރުކުރަން މަސައްކަތް ނުކުރުމުންނާއި، އެކުއްޖާއާ ވާހަކަ ދައްކަމުން ދިޔަ ގޮތުން އެއީ މާއިޝް ދަންނަ ކުއްޖެއްކަން އެނގޭހާވެއެވެ. އެދެމެދުގައިވީ ޚާއްސަ ގުޅުން ފެނި، ރައިޝާއަށް މަޑަކުން ނުހުރެވުނެވެ. ދަތްކުނޑިވިކާލާފައި، އަތްމުއްކަވާލި ގޮތުން ހީވަނީ އެ އަންހެން ކުއްޖާ މަރާލަންވެސް ތައްޔާރަށް ހުރިހެންނެވެ. ފައިގައި ހުރި ބާރެއް ލާފައި ހިނގާފައި ގޮސް ރައިޝާ އެދެމީހުންގެ ފަހަތުގައި ހުއްޓިލިއެވެ. “މާއިޝް..!” ހަރުކަށި އަޑަކުން ރައިޝާ ގޮވާލުމުން މާއިޝްގެ އިތުރުން މާނާއަށްވެސް ސިހިފައި ފަހަތަށް ބަލައިލެވުނެވެ. އޭރު ރުޅިއައިސް ރަތްވެފައި ހުރި ރައިޝާ ފެނި، މާއިޝްއަށް ހިންދިރުވާލެވުނު އިރު، މާނާ އިނީ ވާނުވާގައެވެ. މި އަންހެން ކުއްޖާ އެހާރުޅިއައިސް އެހުރީ ކީއްވެގެން ބާވައޭ ހިތަށް އޭނާގެ ހިތަށް އެރިއެވެ.

“މާއިޝް.. ވަޓް ދަ ހެލް އިޒް ހެޕަނިންގ އިން ހިއަރ..؟!” ރައިޝާއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. “އަމްމް.. ރައީ.. ޔޫ ސީ… އައި… އިޓްސް ނޮޓް ވަޓް އިޓް ލުކްސް ލައިކް.. ޓްރައި ޓު އަންޑަރސްޓޭންޑް.. ޝީ އިޒް މައި-” މާއިޝްގެ ވާހަކަ ފުރިހަމަ ނުކުރެވުނީ މާނާ ވާހަކަ ދައްކަން ފެށުމުންނެވެ. “އެކްސްކިޔުޒްމީ މިސް… ވަޓް އިޒް ޔުއަރ ޕްރޮބްލެމް..؟ އެންޑް މޭ އައި އާސްކް ހައު ޔޫ ބޯތް ނޯވ އީޗްއަދަރ..؟ އެންޑް ވައި ޑޫ ޔޫ ލުކް ސޯ އެންގްރީ..؟” މާނާގެ އަޑުގައި ހިތްހެޔޮކަމުގެ އިތުރުން ރުޅިވެރިކަންވެސް ވިއެވެ. “ވެލް، ވައި ޑޯންޓް ޔޫ އާސްކް ދިސް ޔަންގްމޭން ދެޓް ކުއެޝަން.. މޭބީ ހީ ނޯވސް ދި އާންސަރ..” ރައިޝާވެސް ހަމަ މާނާ ބުނި ރާގުގައި ބުނެލީ މާއިޝްއާ ދިމާއަށް ބަލައިލަމުންނެވެ. އެވަގުތު މާނާވެސް މާއިޝްއާ ދިމާއަށް ބަލައިލީ މިވަނީ ކީއްހެއްޔޭ ބުނާ ފަދައަކުންނެވެ. މާއިޝް ބޮލުގެ ތެރެއަށް އަތް މަހާލަމުން އިސްޖަހާލިއެވެ. ކޮންމެއަކަސް، ބުޅާ ގޯނިން ބޭރުވާން އުޅޭހެން ހީވުމުން މާއިޝް ފުންނޭވާއެއް ދޫކޮށްލާފައި ވާހަކަ ދައްކަން ފެށިއެވެ.

“ފަރސްޓް އޮފް އޯލް، ރައީ… ޝީ އިޒް ނޮޓް ހޫ ޔޫ ތިންކް ޝީ އިޒް.. މީ މަގޭ އެއްބަނޑު އެއްބަފާ ދޮންތަ.. މާނާ.. އެންޑް ދޮންތާ.. ދިސް އިޒް ރައި.. މަގޭ… އަހްމްމް… ގަރލްފްރެންޑް.. ވީ ސްޓާރޓެޑް ޑޭޓިން ޖަސްޓް ޓުޑޭ.. ޖަސްޓް އަ ވައިލް ބިފޯރ ދިސް..” އެންމެ ފަހު ޖުމްލަ މާއިޝް ބުނެލި އިރު އެ އަޑުގައި ލަދުރަކިކަން ވިއެވެ. ޙަޤީގަތް އެނގުމުން ގަތް ލަދުން ބިންފަޅާފައި އަޑިއަށް ދާންވެސް ރައިޝާގެ ހިތަށް އެރިއެވެ. އަނެއްކޮޅުން މާނާ ހުރީ ހިނިގަނޑު ފަޅައިގެން ދާން ކައިރިވެފައެވެ. އެހެންނަމަވެސް، އެނާގެ ހިތުގައި އަދިވެސް ބައިވަރު ސުވާލު ހުއްޓެވެ. “ގަރލްފްރެންޑް… ދެން ހައު ޑިޑް ޔޫ ބޯތް އެންޑް އަޕް އިން ހިއަރ..؟” ވަށައިގެން ބަލައިލަމުން މާނާ ސުވާލު ކޮށްލިއެވެ. މާއިޝް ފުންނޭވާއެއް ދޫކޮށްލިއެވެ. މާނާގެ އަތުގައި ހިފާލަމުން އަލިފުން ޔާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީ މާނާ ދިމާކުރާނެވަރު އެނގި ހުރެއެވެ. ރައިޝާ އޭރުވެސް އިީ އިސްޖަހައިގެންނެވެ. ދެންމެ މާނާއާ ވާހަކަ ދެއްކުނު ގޮތުން އޭނާ ހަމަ ރަނގަޅަށްވެސް ލަދު ގަނެއްޖެއެވެ.

މާއިޝްގެ ވާހަކަ ނިމުނުތަނާހެން މާނާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. “ހަހަހާ.. ސާބަހޭ މާޝް.. މާޝް ތިހާ ފިލްމީކަމެއް އަދި ދޮންތިއަކަށް ނޭނގެ.. މައި ގޯޑް.. ފަހަރިއަށް ސެލިއުޓް.. އަޅޭ އައި ކާންޓް ސްޓޮޕް ލާފިންގ.. ހަހަހަހަ ލޮލް..” މާނާ އަދިވެސް ހޭވައްޓާލާފައި ހެނީއެވެ. އޭރުވެސް މާއިޝްއާއި ރައިޝާ ތިބީ އިސްދަށަށް ޖަހައިގެންނެވެ. \”އަޅޭ.. ފަހަރި ކޮއްކޯ.. ސޮރީ މާ ރޫޑްކޮށް ވާހަކަ ދެއްކުނީމަ އިނގޭ.. ރިއަލީ ސޮރީ..” ރައިޝާގެ އަތުގައި ހިފާލަމުން މާނާ ބުނެލިއެވެ. “ނޯ.. އައި ޝުޑް ބީ ސޮރީ.. އީވެން އައި ޓޯކްޑް ޓު ޔޫ ލައިކް ދެޓް.. ރައިޓް..؟ އައިމް ރިއަލީ ސޮރީ..” ރައިޝާ ބޯހޫރުވާލިއެވެ. “މާނާ.. ޑޮކްޓަރ އިޒް އާސްކިންގ ފޯރ ދި ރެކޯރޑް ފައިލް.. އަވަހަށް އާދޭ.. ވަރަށް އަވަސް..” އެވަގުތު އެތަނުން ދިޔަ ނަރުސް ކުއްޖަކު މާނާ ކައިރި ބުނެލުމުން މާނާ ގޮނޑިން ތެދުވިއެވެ. “އޯހ ޝޫޓް..! ޔެސް ޔޫ އާރ ރައިޓް.. މާޝް ދޮންތި ދިޔައީއޭ އިނގޭ.. އަވަހަށް ދޭ ގެއަށް..” ފައިލް ހިފައިގެން މާނާ އެ ނަރުސް ކުއްޖާއާ އެއްކޮށް ދިޔުމުން މާއިޝްއާއި ރައިޝާ ތެދުވިއެވެ. “ޑޯންޓް ވޮރީ.. ދޮންތި ވަރަށް ނައިސްވާނެ.. ނޯ ނީޑް ޓު ފީލް ޝައި އޯރ އެމްބޭރަސްޑް.. ލެޓްސް ގޯ..” މާއިޝް ރައިޝާގެ އަތުގައި ހިފައިގެން ހޮސްޕިޓަލުން ނުކުންނަން ދިޔައެވެ. ރައިޝާވެސް ބޯޖަހާލަމުން މާއިޝްއާއެކު ދިޔައެވެ.

*******

“އަމްމް.. ރައީ..؟” ސައިކަލުގައި އިނދެގެން މާއިޝް އަހާލިއެވެ. “ޔެސް..؟” ރައިޝާ ޖަވާބުދިނެވެ. “ދެންމެގަ ޔޫ ޖަސްޓް ސޯވ މީ ވިތް މައި ސިސްޓަރ.. އެންޑް ޔޫ ވަރ ސޯ އެންގްރީ.. ހީވަނީ ހަމަ ދެންމެ ދެންމެ މަ މަރާލަފާނެހެން ވިއްޔަ.. ހަހަ.. އައި ވޯޒް ޖަސްޓް ތިންކިންގ ވަޓް ޔޫ ވިލް ޑޫ ވެން ޔޫ ސީ މީ ވިތް އެނަދަރ ގަރލް..” މާއިޝް ހިނިގަނޑެއް ޖަހާލިއެވެ. އެވަގުތު ރައިޝާގެ ެމޫނުމަތިން ލަދުވެތިކަން ޖާގަ ހޯދި ނަމަވެސް، އެ އިޙްސާސް ރައިޝާ ފޮނުވާލީ ނުހަނު ކުޅަދާނަކަމާ ާއެކީއެވެ. “ހްމްމް… ލެޓްސް ސީ.. ވަޓް ވިލް އައި ޑޫ އިން ސަޗް އަ ސިޓއޭޝަން ދޯ..؟ އަމްމް، ލެޓް މީ ޖަސްޓް ޝޯވ ޔޫ އިންސްޓެޑް އޮފް ސޭއިންގ..” ލަދުވެތިކަމުގެ މައްޗަށް ލާނެތްކަން އިސްކުރަމުން ރައިޝާ މާއިޝްގެ ކަންފަތުގައި ހިފާފައި އަނބުރާލިއެވެ. ރައިޝާގެ އެކަހަލަ ޙަމަލާއެއް އަތުވެދާނެކަމަށް ތައްޔާރު ނުވެ އިން މާއިޝްއަށް ވީ ތަދުން ސައިކަލު ބެލެންސް ނުކުރެވި އަރިއަޅާލިއެވެެ. ހަމަ އެވަގުތު ރައިޝާއަށް މާއިޝްގެ އުނަގަނޑުގައި ބައްދާލެވުނީ ވެއްޓުމުން ވާނެ ތަދު އިޙްސާސް ކޮށްލެވުމުންނެވެ. ނަމަވެސް، އެއަށްވުރެ ކުރިން މާއިޝް ސައިކަލު ބެލެންސް ކޮށްލީ ހުށިޔާރުކަމާ އެކީއެވެ. އޭނާގެ ހަށިގަނޑުގައި ޖެހިފައިވީ ރައިޝާގެ ހަށިގަނޑުގެ ހޫނުކަން އިޙްސާސް ވުމުން މާއިޝްގެ ގައިން ހީބިހި ނަގައިގަތެވެ. މަޑުމަޑުން ސައިކަލު ދުއްވާލަމުން ދިޔައިރު، ރައިޝާގެ ހިތުގެ ތެޅުން ހުރިވަރު މާއިޝްއަށް އިހްސާސްވެއެވެ. އަނެއްކޮޅުން ރައިޝާ އިނީ ދެންމެ ކުރެވުނު ކަންތަކުން ލަދުގަނެ، ސިހިފައެވެ. އަވަސްއަވަހަށް މާއިޝްއާ ދުރުވެލަމުން ރައިޝާ ސައިކަލުގައި ހަމަޖެހިލިއެވެ.

“ހަމަ އެހާ ބާރަށްތަ ކަންފަތުގައި ހިފާ އަނބުރާލާނީ..؟ މަންމަވެސް ނުހިފާނެ އެހާ ބާރަކަށް..” ހީނގަންނަމުން މާއިޝް ރައިޝާއާ ދިމާކޮށްލިއެވެ. ހޫމްމް.. މީ އަދ ިބާރެއް ނޫނޭ.. ޔޫ ހޭވް އަ ލޮޓްމޯރ ޓު ސީ ޑާރލިން!” ރައިޝާ މާއިޝްގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. “ހޫމް.. އޯލް ދިސް ވައިލް އައި ތޯޓް ރައިއަކީ ވަރަށް މަޑުން ހުންނަ ޝައި ކުއްޖެކޭ.. ބަޓް އައި ޑޯންޓް ސީ އިޓްސް ލައިކް ދެޓް.. ރައިޓް..؟ ޔޫ އާރ ނޮޓް ދި ސޭމް ރައި ދެޓް އައި ނޯވ..” މާއިޝްގެ އަނގަވެސް މިއަދު ހަވީރުވީ ފަހުން ނުލެއްޕެއެވެ. “ދެއަރ އާރ އަ ލޮޓް ވިޗް ޔޫ ޑޯންޓް ނޯވ އެބައުޓް މީ ޑޫޑް.. ޔޫ ހޭވް ޓު ލަރން..” ރައިޝާ ފޮނިވެލާފައި ބުމ ައަރުވާލިއެވެ. “ހަހާ އޯކޭ.. ކޮންއިރަކުން ޓިއުޝަން އޮތީ.. އައިލް ޑެފިނިޓލީ ކަމް އިން ޓައިމް މޭމް..” ގެއަށް ދެވެންދެންވެސް މާއިޝްއާއި ރައިޝާ ދިޔައީ އެކަކު އަނެކާ އެކަހަލަ އެކަހަލަ ސަމާސާ ކުރަމުންނެވެ. ދެމީހުން ހޭވައްޓާލާފައި މަޖާ ކުރަމުން ދިޔައިރު ހީވަނީ އެތައް އަހަރެއް ވަންދެން އެކަކު އަނެކަކު ދަންނަ ދެމީހުން ހެންނެވެ.

*******

މާއިޝްއާއި ރައިޝާގެ ގުޅުމަށް މަހެއްހާ ދުވަސް ވެގެން ދިޔައިރު، ނުހާމެންނަށް ވަނީ އެގުޅުމުގެ ވާހަކަ އެނގިފައެވެ. އެމީހުން މާއިޝްއާ ބައްދަލުވެސް ކުރިއެވެ. މާނާގެ އެދުމުގެ މަތިން ރައިޝާ މާހީންއާއި މާނިޝްއާ ބައްދަލު ކުރި ނަމަވެސް، އަމާންއާ ބައްދަލު ނުކުރީ މާއިޝްގެ އެދުމުގެ މަތިންނެވެ. މާއިޝްއާއި އަމާންއާ ދޭތެރޭ ސީދާ ޖެހިގެން އުޅޭ މައްސަލެއް ނޭނގުނު ނަމަވެސް، މާނާގެ ފަރާތުން އެ ދެމެދުގައި ޖެހޭ ކުދިކުދި ކުނިކޮޅުގެ ވާހަކަ ރައިޝާއަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް، މާއިޝްގެ ކައިރީގައި އެ ވާހަކަ ނާހަނީ އެ ވާހަކަ ފެށޭއިރަށް މާއިޝް ގެ މޫޑު ޚަރާބުވާތީއެވެ. އަދި މާނާއާއި، މާހީންގެވެސް އެދުމުގެ މަތިންނެވެ. ކޮންމެވެސް ދުވަހަކުން ހުރިހާ ޙަޤީގަތެއް އެނގޭނެ ކަމަށް ބަލާ، ރައިޝާ ހުރީއެވެ. އެހެންނަމަވެސް، ވީހާވެސް އަވަހަކަށް ރައިޝާ އަމާންއާ ބައްދަލު ކުރަން މާހީން ބޭނުންވެއެވެ

*******

ޑިސެމްބަރު މަހުގެ މެދުތެރޭގައި ރައިޝާމެންގެ އޭ-ލެވެލްގެ ނަތީޖާ ލިބުނެވެ. ރައިޝާއާއި ނައިރާއާ ދެކުދިން ނިންމީ އާއިލާއާއި އެކީގައި އޮންލައިންކޮށް ނަތީޖާ ބަލާށެވެ. ނަތީޖާ ލިބުނު ދުވަސް އެއީ ހަމަ ޔަޤީނުންވެސް އެ ދެކުދިންގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހެވެ. މުޅި ރާއްޖެއިން އެއްވަނަ ހޯދާ، ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނު ކުދިންގެ ތިންކުދިންގެ ތެރެއިން އެއް ކުއްޖަކަށް ރައިޝާ ވުން އެއީ ރައިޝާއަށް ލިބުނު އެންމެ ބޮޑު އެއް ފަޚުރެވެ. އޭގެ އިތުރުން ދުނިޔޭގެ ވަނަތަކުގައި އަޅައިގަތުމަކީ ރައިޝާގެ އިތުރުން އޭނާގެ މުޅި އާއިލާގެ ނަންވެސް ވިދުވާލާ ފަދަ ރަން ވަނައެކެވެ. އޭނާގެ މައިންބަފައިންގެ ހުވަފެންތައް ކާމިޔާބު ކޮށްދެވުނީތީ ރައިޝާ ހުރީ ނުހަނު އުފަލުންނެވެ. ހަމަ އެފަދައިން ނައިރާވެސް ރާއްޖޭގެ ގަދަ ދިހައެއްގެ ހަވަނައިގައި އަޅައިގަތުމަކީ ނިޝާމެންނަށް ލިބުނު ނުހަނު ބޮޑު އުފަލެކެވެ. ދެކުދިން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ރިޔާޒްމެން ބޭއްވި ޕާރޓީ ވެގެން ދިޔައީ ނުހަނު ކުލަގަދަ ޕާރޓީއަކަށެވެ.

ރައިޝާއާއި ނައިރާގެ އިތުރުން މާއިޝް ހޯދި ނަތީޖާވެސް ނުހަނު ރަނގަޅެވެ. ރާއްޖޭގެ ގަދަ ދިހައެއްގެ ނުވަ ވަނައިގައި އަޅައިގަތުން ވެގެން ދިޔައީ މާއިޝް އުންމީދުކުރި ވަރަށް ވުރެވެސް ފުރިހަމަ ނަތީޖާއަކަށެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް މާއިޝްގެ ސަބަބުން އަމާންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔުމަކީ މާއިޝް އެންމެ އުފާވި ސަބަބެވެ. މުޅި އާއިލާ ފަޚުރުވެރިވާ ފަދަ ނަތީޖާއަކާއި އެކު ރައިޝާއާއި، ނައިރާއާއި، މާއިޝް މުޅި ރާއްޖޭގައި ނަން ވިދުވާލީ ކާމިޔާބަކީ މަސައްކަތްތެރިންގެ ޙައްޤެއްކަން އެންމެންނަށް ސާބިތުކޮށްދެމުންނެވެ.

*******

“ހޭ ރައީ.. ވަޓް އާރ ޔޫ ތިންކިންގ އެބައުޓް..؟” ރައިޝާގެ ކޮޓަރިއަށް ވަދެގެން އައި ނައިރާ އަހާލީ ރައިޝާ ފުން ވިސްނުމަކަށް ގެއްލިފައި އިނުމުންނެވެ. “ނައީ… އައިމް ރިއަލީ ވޮރިޑް..” ހިތުގައި އުފެދެމުންދާ ހައިޖާނުގަނޑު އެންމެ ގާތް އެކުވެރިޔާއާ ޙިއްސާކުރަން ރައިޝާ ބޭނުންވިއެވެ. “ވޮރިޑް..؟ އެބައުޓް ވަޓް..؟” ނައިރާއަކަށް ނޭނގުނެވެ. “ނައީ.. އައި ގޮޓް ދި ސްކޮލަރޝިޕް.. އައި ހޭވް ޓު ގޯ ޓު މެލޭ އިން އަ ފިއު ޑޭސް.. އެންޑް…” ރައިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އެންޑް..؟” ނައިރާ އަހާލިއެވެ. “ވަޓްސް ގޮއިންގ ޓު ހެޕެން ޓު މީ އެންޑް މާއިޝް..؟ އިޓްސް ގޮނަ ބީ އަ ލޯންގް-ޑިސްޓޭންޓް ރިލޭޝަންސިޕް.. އެންޑް އައިވް ހަރޑް ދެޓް ދޯސް ރިލޭޝަންޝިޕްސް ޑޯންޓް ވޯރކް އައުޓް އޮފްޓެން.. އައިމް ޖަސްޓް ވޮރިޑް.. އައި ޑޯންޓް ނޯވ ވަޓް ޓު ޑޫ.. އަދި މާއިޝް ކައިރި ނުވެސް ބުނަން…” ރައިޝާ އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. ނައިރާ އިރުކޮޅަކު ވިސްނާލަން އިނެވެ. އެންމެ ގާތް އެކުވެރިޔާގެ ހަޔާތުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ގޮތަކާއިމެދު ނައިރާ ވިސްނާލިއެވެ.

“ލުކް ރައީ.. އިފް ޔޫ ބޯތް ޓްރޫލީ ލަވް އީޗްއަދަރ އެންޑް ޓްރަސްޓް އީޗްއަދަރ، ދެން އިޓް ވިލް ބީ އޯލް އޯކޭ.. އިތުބާރަކީ ރިލޭޝަންޝިޕެއްގަ ވަރަށް ވަރަށް މުހިންމު އެއްޗެއް. ޚާއްސަކޮށް އެކަކު އަނެކަކާ ދުރުގައި އުޅޭ ނަމަ. ރައި އެންޑް މާއިޝް އެކަކު އަނެކަކު ދެކެ ޙަޤީޤީ ލޯބި ވަންޏާ ތި ގުޅުން މަރުވަންދެންވެސް ދެމިއޮންނާނެ.. ހަމަ ގައިމުވެސް މާއިޝް އޯކޭވާނެ ރައި އެކޮޅަށް ދާން.. ހީ ސަޕޯރޓްސް ޔޫ.. ޔޫ އާރ ސޯ ލަކީ ޓު ހޭވް ސަމްވަން ލައިކް ހިމް. ހީ ވިލް އޯލްވޭޒް ސަޕޯރޓް ޔޫ ޓު ފޮލޯވ ޔުއަރ ޑްރީމްސް އެންޑް އައިމް ޝުއަރ އެބައުޓް ދެޓް.. ޔެސް އޮފްކޯރޒް، އުނދަގޫ ވާނެ ދުރުގަ އުޅެންޏާ.. ބަޓް ޔޫ ބޯތް ހޭވް ޓު ފިގަރ އިޓް އައުޓް.. ތީކީ އެހެން މީހަކަށް އެހީތެރި ވެދެވޭނެ ކަމެއް ނޫން.. އަބަދުވެސް ރިމެމްބަރ.. ޓްރަސްޓް އެއީ އެންމެ އިމްޕޯރޓޭންޓް ތިންގް އިން އަ ރިލޭޝަންޝިޕް.. ޔޫ ބޯތް ހޭވް ޓު މޭކް އިޓް ވޯރކް އައުޓް.. ޔޫ ބޯތް އާރ މޭޑް ފޯރ އީޗް އަދަރ..” ނައިރާ ރައިޝާގެ އަތުގައިި ހިފާލިއެވެ.

“ބަޓް، ވަޓް އެބައުޓް މާއިޝް..؟ ކިހިނެއް އޭނަ ކައިރި ބުނާނީ..؟ ވަޓް އިފް ހީ ވޯންޓްސް ޓު ބްރޭކް-އަޕް..؟” ރައިޝާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ނައިރާއަކަށް ސިއްރެއް ނުވިއެވެ. “މިއަދު ހަވީރު މީޓްކޮށްފަ ބުނޭ.. އިފް ހީ ލަވްސް ޔޫ، ދެން ހީ ވިލް ބީ އޯކޭ.. އެންޑް އިފް ހީ ޑޯންޓް، ދެން ދެޓްސް ހައު ޔޫ ވިލް ނޯވ ދެޓް ހީ އިޒް ނޮޓް ދި ރައިޓް ވަން..” ރައިޝާއަށް ހިތްވަރު ދިނުމުގެ ގޮތުން ނައިރާ ބުނެލިއެވެ. “ތޭންކްސް ނައީ.. އައި ރިއަލީ ނީޑެޑް ދެޓް.. ތޭންކްސް އަ ލޮޓް.. އައި ލަވް ޔޫ..” ނޭފަތް ދަމާލަމުން ރައިޝާ ނައިރާގެ ގައިގައި ބައްދާލިއެވެ. “ލަވް ޔޫ ޓޫ މައި ބެސްޓީ..” ނައިރާވެސް ހިނިތުންވެލާފައި ރައިޝާގެ ބޮލުގައި ފިރުމާލިއެވެ. ނައިރާގެ ކޮނޑުމަތީގައި ބޯ އަޅައިގެން އޮތް އިރު ރައިޝާޢަށް ވިސްނެނީ ދެން ވާނެ ގޮތަކާއި މެދުގައެވެ.

މާއިޝް ހަދާނީ ކިހިނެއް ބާވައެވެ؟ އޭނާ ރައިޝާ އަންނަންދެން އިންތިޒާރު ކުރާނެބާވައެވެ؟ ރައިޝާގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް އޭނާ ހިތްވަރު ދޭނެބާވައެވެ؟ ނޫންނަމަ، މި ގުޅުން ވަގުތުން ވަގުތަށް ކަނޑާލާނީ ބާވައެވެ؟ މާއިޝް އޭނާގެ މަތިން ފޫހިވާނީ ބާވައެވެ؟ މިއީ، މިވަގުތު ރައިޝާގެ ހިތަށް އަރާ، ފައިބަމުންދާ ސުވާލުތަކެވެ. ކޮންމެއަކަސް، މި ސުވާލުތަކުގެ ޖަވާބު ހޯދަން ރައިޝާ ޖެހޭނީ މިއަދު މާއިޝްއަށް އިންތިޒާރު ކުރާށެވެ. މިއީ ހަމަ ގައިމުވެސް އޭނައާއި މާއިޝްގެ ގުޅުން ދެކަފިވެފައިވާ މަގަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އުންމީދު ކުރަމުން ރައިޝާ ދެލޯ މަރާލިއެވެ. އެވަގުތު އެ ދެލޮލަށް ބޮނޑިވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ.

ނުނިމޭ…

5

1 Comment

  1. Nayaa

    August 29, 2021 at 2:19 pm

    Salaam dear readers! Here is the 22nd part of my story… Hoping you all would love it… Thank you for everyone who read, like, and comment on my story.. Please leave your thought in the comment section… Both positive and negative comments are welcomed.. Love you all! Stay safe and take care! Luwsss <333

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!