މާއިޝް ހަދާނީ ކިހިނެއް ބާވައެވެ؟ އޭނާ ރައިޝާ އަންނަންދެން އިންތިޒާރު ކުރާނެބާވައެވެ؟ ރައިޝާގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ހިތްވަރު ދޭނެބާވައެވެ؟ ނޫންނަމަ، މި ގުޅުން ވަގުތުން ވަގުތަށް ކަނޑާލާނީ ބާވައެވެ؟ މާއިޝް އޭނާގެ މަތިން ފޫހިވާނީ ބާވައެވެ؟ މިއީ، މިވަގުތު ރައިޝާގެ ހިތަށް އަރާ، ފައިބަމުންދާ ސުވާލުތަކެވެ. ކޮންމެއަކަސް، މި ސުވާލުތަކުގެ ޖަވާބު ހޯދަން ރައިޝާ ޖެހޭނީ މިއަދު މާއިޝްއަށް އިންތިޒާރު ކުރާށެވެ. މިއީ ހަމަ ގައިމުވެސް އޭނައާއި މާއިޝްގެ ގުޅުމަށް ދެކަފިވެފައިވާ މަގަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އުންމީދު ކުރަމުން ރައިޝާ ދެލޯ މަރާލިއެވެ. އެވަގުތު އެ ދެލޮލަށް ބޮނޑިވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ.

*******

**23 ވަނަ ޕާރޓް**

*******

“ގުޑް ލަކް ރައީ.. އައި ނޯވ ދެޓް ޔު ކޭން ޑޫ ދިސް.. އައި ބިލީވް އިން ޔޫ.. ފައިޓިންގް..” މުއްކަވާލާފައިވާ އަތް ނަގާ، ރައިޝާއަށް ދައްކާލަމުން ނައިރާ ބުނެލީ ރައިޝާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. “ތެންކްސް ނައީ..” ކުޑަކޮށް ހީލަމުން ރައިޝާ އެންމެ ފަހު ފަހަރަށް ލޯގަނޑު ކުރިމައްޗަށް ހުއްޓި އޭނާގެ ސޫރައަށް ބަލައިލިއެވެ. ހުދުކުލައިގެ ކުރުތާއަކާއި އެކު ތިރިން ލާފައިވާ އައިސްބްލޫ ކުލައިގެ ޖިންސްގެ ފައިކުރި ކުޑަކޮށް އޮޅާލިއެވެ. އަދި އަޅާފައިވާ މެރޫންކުލައިގެ ޝޯލް ރަނގަޅުކޮށްލަމުން ހީލްސްއަށް އަރާ ކޮޓަރިން ނުކުތީ ފޯނު ހިފައިގެންނެވެ. ނައިރާއާ އެކު ގެއިން ނުކުމެފައި ރައިޝާ ފުން ނޭވާއެއް ދޫކޮށްލީ ގޭ ކުރިމަތީގައި ސައިކަލުގައި ފޯނާ ކުޅެން އިން މާއިޝް ފެނުމުންނެވެ. މިއަދު އެނާ އެ ދަނީ މާއިޝްއަށް އޭނާގެ ޙާލަތު ވިސްނި، އޭނާ އަންނަންދެން އިންތިޒާރު ކުރާނެކަމުގެ އުންމީދީ ހުޅުކޮޅު ރޮއެކުރާށެވެ. ނައިރާއާ ދިމާއަށް ބަލައިލުމަށްފަހު ދަނީއޭ ބުނެ ރައިޝާ ގޮސް މާއިޝްގެ ކައިރި ހުއްޓިލާ މާއިޝްއަށް ގޮވާލީ މާއިޝްގެ ސަމާލުކަން ހޯދުމަށެވެ.

ފޯނަށް ގެއްލިފައި އިން މާއިޝް ކުރިމައްޗަށް ބަލައިލީ، އެއީ އޭނާގެ ހިތުގެ މަލިކާ ކަން ޔަޤީންވުމުންނެވެ. ރައިޝާ ފެނުމާއެކު މާއިޝްއަށް ބަލަހައްޓައިގެން ހުރެވުނީ އެ ލޯބި މޫނުކޮޅު މިއަދު ފުރިހަމަކަމުންނެވެ. މާ ބޮޑު މޭކަޕެއް ކޮށްފައި ނެތް ނަމަވެސް، މާއިޝްއަށް އެ މޫނު ފެންނަމުން ދިޔައީ ސާދަވިލޭރޭގެ ހަނދަށްވުރެވެސް އަލިކޮށެވެ. ރައިޝާގެ ޙާލަކީތޯއެވެ؟ މާއިޗްގެ އެ ކަތި ނަޒަރު އޭނައާ ސީދާވެފައިވާ އިރު، މާއިޝްގެ ރީތިކަމަށްވެސް ހިތާހިތުން ތަޢުރީފް ކުރެވުނެވެ. ލާފައި ހުރި ކަޅު ކުލައިގެ ހުޑީއާއި، އައިސްބްލޫކުލައިގެ ޖިންސުން މާއިޝްގެ ފިރިހެންވަންތަކަން ފުރިހަމަކޮށްދޭ ކަހަލައެވެ.

“ހޮއޭ.. ދެމީހުން ދެމީހުންނަށް ބަލަންވީކީ ނޫނޭ.. ތި ދާ ތާކަށް ދާން ނައްޓާލަންވީ.. ބަންގި ގޮވުމުގެ ކުރިން ގެއަށް އަންނާތި.. ބަސްއަހައިގެން ތިބޭތި.. ދެކުދިން ނުތޮޅޭތި އިނގޭ.. އަވަހަށް ދޭ..” ދޮރުކަނީގައި ލެނގިލައިގެން، އަރިކަށީގައި އަތްވިއްދާލައިގެން ހުރި ނައިރާ ބާރުބާރަށް ހަޅޭލަވައިގަތުމުން ރައިޝާއަށާއި މާއިޝްއަށް ހަމަބިމަށް އާދެވުނުފަދައެވެ. ނައިރައާ ދިމާއަށް ބަލައިލާފާ ދެމީހުން ލޯއަޅާލި ގޮތުން ނައިރާ ގާތަށް ހިނިއައެވެ. ހެމުން ހެމުން “މަށެއް ނޫނޭ” ގޮވަމުން ނައިރާ އެތެރެއަށް ދެމިގަތީ އެތާ ތިބި އެންމެން ކަހަލަ ގޮތަކަށް ބަލަން ތިބުމުންނެވެ. ނައިރާ ގެއަށް ވަނުމުން ރައިޝާއަށް ވަށައިގެން ބަލައިލެވުނެވެ. އޭރު އެމީހުންނާއި ދިމާއަށް ބަލަން ތިބި މީހުންގެ ނަޒަރުތަކުން ރެކިގަތުމަށް ރައިޝާ އަވަހަށް ސައިކަލަށް އަރާ ދުއްވާލާށޭ ބުނެލިއެވެ. މާއިޝްވެސް އެއްމިޔަކަނިން ހީލަމުން ސައިކަލު ސްޓާރޓް ކޮށްލިއިރު، މަންޒިލަކަށް ވެފައިވަނީ ރަސްފަންނެވެ.

*******

“މި އާދެވުނީ..” ސައިކަލު މަޑުކޮށްލުމަށްފަހު މާއިޝް ފަހަތަށް ބަލާލިއެވެ. އެއާއެކު ރައިޝާ ސައިކަލުން ފައިބާ، މާއިޝް ސައިކަލު ޕާރކް ކުރަންދެން މަޑުކުރިއެވެ. ސައިކަލު ޕާރްކް ކޮށްފައި މާއިޝް ރައިޝާގެ އަތުގައި ހިފައިގެން ހިނގައިގަތީ އެތަނަށް ވަންނާށެވެ. ދެމީހުން ގޮސް ބެންޗެއްގައި ހަމަޖެހިލާ، އެކި ވާހަކަ ދައްކަން ފެއްޓިއެވެ. އޭރުވެސް ރައިޝާ އިނީ އޭނަ ބުނަން ބޭނުންވާ ވާހަކަ ބުނަން ނުކެރި، ނެގިމަޑުވެފައެވެ. ރައިޝާ އިން ގޮތުން މާއިޝްއަށް ނީނދެވިގެން އެންމެ ފަހުން ރައިޝާ ގާތު ސުވާލުކުރީ ކޮންމްވެސް ގޯހެއް އުޅޭހެން ހީވާތީއެވެ.

“ރައީ.. ވަޓްސް ރޯންގް..؟” ރައިޝާގެ ކުޑަކުޑަ އަތްތިލަ އެނާގެ އަތުގެތެރޭގައި ހައްޔަރު ކޮށްލަމުން މާއިޝް އެހިއެވެ. އެވަގުތު ރައިޝާގެ ލޮލުން ރޮނގަކަށް ވާހެން ކަރުނަ ފޭބިއެވެ. ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު މާއިޝްއާ ހިއްސާކުރަން އޭނާ ނިންމީ ކަށީގައި ނެތް ހިތްވަރު ލައިގެންނެވެ.

“މާއިޝް.. އައިމް ގޮއިން އަވޭ… ނެކްސްޓް މަންތްގަ..” ދެލޯ މަރާ ބާރުކޮށްލަމުން ރައިޝާ ބުނެލިއެވެ. އެއާއެކު މާއިޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “ދަނީއޭ..؟ ކޮންތާކަށް..؟ ކީއްކުރަން..؟ ކިހާ ދުވަހަކަށް..؟” އެއްފަހަރާ އެތަކެއް ސުވާލުކޮށްލިއިރު އެ އަޑުގައި ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ރައިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “މެލޭއަށް ދަނީ.. ފޯރ ފައިވް އެންޑް ހާފް އިޔަރސް.. ޑޮކް ކަން ކިޔަވަން ވެގެން.. އައި ނޯވ މާއިޝް.. އައި ނޯވ.. އެއީ ވަރަށް ގިނަ ދުވަސް.. އެހާ ގިނަ ދުވަސް ވަންދެން މާއިޝްއަށް އަހަންނަށް އިންތިޒާރު ނުކުރެވޭނެކަން އިނގޭ.. މާއިޝް މިހާރުވެސް އަހަރެން ދޫކޮށްލަން ބޭނުމިއްޔާ ދޫކޮށްލިޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. އަހަރެން…” އިތުރަށް ވާހަކަ ކުރިޔަށް ނުގެންދެވި ރައިޝާއަށް ގިސްލެވެން ފެށުނެވެ. އެ މަންޒަރު ބަލަން ކުޅަދާނަ ނުވުމުން މާއިޝް ރައިޝާ ގެނެސް އެ އަތުތެރޭ ހައްޔަރުކޮށްލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ.

“ނޯ ވޭ ރައީ. އައި ލަވް ޔޫ ސޯ މަޗް.. އައި ޓްރަސްޓް ޔޫ.. ރައި ކިޔަވަން ބޭނުމިއްޔާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. ވީ ކޭން ސްޓިލް ކީޕް އިން ޓަޗް.. ޑޯންޓް ވޮރީ.. އަހަރެން ދުވަހަކުވެސް ރައި ދޫކޮށެއްނުލާނަން.. ރައި އަންނަންދެން އަހަރެން އިންތިޒާރު ކުރާނަން.. ކިތަންމެ އުނދަގޫ ވިޔަސް ވީ ވިލް ގޯ ތްރޫ ދިސް.. ޓުގެދަރ..” ރައިޝާގެ ބޮލުގައި ފިރުމާލަމުން މާއިޝް ބުނެލިއެވެ. ތެޅިތެޅި އޮތް ރައިޝާގެ ހިތަށް ހަމަޖެހުމެއް ލިބުނީ މާއިޝްގެ ޖަވާބު އަޑު އިވިފައެވެ. މާއިޝް ރައިޝާ ގަޔާ ދުރުކޮށްލަމުން ރައިޝާގެ މޫނު ފުހެލިއެވެ. “ހެހެ.. ތިވަރަށް ރޯކަށް ނުވާނެ.. ރައިއާ އިނދެގެން މަ ކިހިނެއްބާ ރައި ގެންގުޅޭނީވެސް..” މާއިޝް ސަމާސާ ކޮށްލީ ޚަރާބުވެފައިވާ ރައިޝާގެ މޫޑު ބަދަލުކޮށްލެވޭތޯއެވެ. މާއިޝް އެހެން ބުނުމުން ރައިޝާ ލޯއަޅާލާފައި މާއިޝްގެ މުލައްދަނޑީގައި މަޑުމަޑުން ަހާލިއެވެ. މާއިޝްވެސް ތަދުވާ ކަމަށް ހަދާލާފައި، އެތަނުގައި ފިރުމަން ފެށުމުން ރައިޝާ ކައިރިއަށް ހިނި އަންނަން ފެށިއެވެ. “ހެހެ އޯކޭ ދެން.. ހިނގާ އައިސްކޯނެއް ބޯލަން ދާން.. މިހާރު މުޅި މޫނު ތިހުރީ ރޮއުނީމަ ހަޑިވެފަ..” މާއިޝް ވަރަށް ލޯތްބާއެކު، ރައިޝާގެ މޫނު ފުހެލައިދިނެވެ. ރައިޝާގެ އަތުގައި ހިފައިގެން ތެދުވެ، އައިސްކްރީމް ސްޓޯރއަށް ދާން މާއިޝް ހިނގައިގަތެވެ. ބަލައިލާ ކޮންމެ މީހެއްގެ ދުލުންވެސް “މާޝާﷲ” އޭ ބުނެވޭހާ އެދެމީހުން ލޯތްބެވެ.

*******

ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދިޔައީ އެސްފިޔައެއް ޖަހާލާހާ ހަލުވިމިނުގައެވެ. މާޒީވެގެން ދާ ކޮންމެ ދުވަހަކާއިއެކު، ރައިޝާއާއި މާއިޝްގެ ގުޅުން ދަނީ ވަރުގަދަ ވަމުންނެވެ. ދެމީހުންގެ ހިތުގައިވެސް އެކަކ ުއަނެކަކާ ދޭތެރޭގައިވާ ލޯބި ފުންވެފައި ވާއިރު، ދުރުވާން ޖެހޭތީ ދެހިތްވެސް ވަނީ މާޔޫސްވެފައެވެ. ޝަކުވާއިން ފުރިފައެވެ. އެހެންނަމަވެސް، މިއީ މިވަގުތު ﷲ ދެއްވާ އިމްތިޙާނެއް ކަމަށް ބަލާ، ބޭރުން އެކަން ނުދެއްކޭތޯ ދެމީހުންވެސް މަސައްކަތް ކުރަނީ އެކަކު އަނެކަކު ދެކެ ވާ ލޯބީގެ ބާރުގައެވެ.

ރައިޝާއާއި މާއިޝްގެ ގުޅުމަށް ދެމަސް ވީ އިރު، ރައިޝާ ފުރަން ޖެހޭ ދުވަސް އައިސް ކައިރިވެއްޖެއެވެ. އެކަމާ ކިތަންމެ ދެރަވީ ނަމަވެސް، މަސްނޫޢީ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވައިގެން ހުންނަނީ، އޭނާ ދާއިރު، އެއްވެސް މީހަކު ދެރަވެފައިވާ ހުންނަތަން ދެކެން ބޭނުންނުވާތީއެވެ. ނުހާއާއި ރިޔާޒްގެ އިތުރުން ޔާޝްއާއި ރިއާޝްވެސް ރައިޝާ ފުރުމުގެ ކުރިން ކުރަން ޖެހޭ ބައެއް މުހިންމު ކަންތަކުގައި މަސްއޫލުވެގެން އުޅެއެވެ. ކޮންމެ ދުވަހަކުހެން ރައިޝާއާއި މާއިޝް ބައްދަލު ކުރާއިރު، ފޯނުން ގުޅައިގެން ތިބޭލެއްވެސް މަދެއް ނޫނެވެ. އެކަކުއަނެކަކާ ވަކިވުމުގެ ކުރިން ހޭދަކުރާ ލޯބި ވަގުތުތައް ފޯނުގެ ޒަރިއްޔާއިން ރައްކާކުރަމުން ދަނީ ދުރުގައި ތިބޭ އިރުވެސް، އެ ލޯބިވެތި ހަނދާންތައް އާކުރުމުގެ ބޭނުމުގައެވެ.

*******

“މަންމާ.. މިހެދުންވެސް ލާނަން..” އެނދުމަތީގައި އޮތް ރަތްކުލައިގެ ހެދުމެއް ނަގާ ފަތްޖަހަމުން ރައިޝާ ބުނެލިއެވެ. ރައިޝާގެ އިތުރުން ނުހާއާއި، ނައިރާއާއި، ނިޝާއާއި، ރީޝާވެސް ތިބީ ރައިޝާގެ ފޮށި ތައްޔާރު ކުރުމުގައި އެހީވެދޭށެވެ. މުޅި އަލަމާރި ހާވަމުން ފެންނަހާ ހެދުމަކާއި، ޖިންސަކާއި، ޝޯލްއަކާއި، ފައިވާނެއް ރައިޝާ ނަގަމުން ދިޔައެވެ. އެ ބޮޑު އަލަމާރީގެ ދެބައިކުޅައެއްބައި ހުސްވާވަރަށް އަންނައުނުނެގުމަށްފަހު ފަތްޖަހާ، ފޮށްޓަށް އަޅަން އުޅުނެވެ. “އަޅެ ރައީ.. ހާދަ މިސްވާނޭ.. ރައި ނެތިއްޔާ ވަރަށް ފޫހިވާނެ..” ތުންކޮޅު ދަމާލަމުން ނައިރާ ބުނެލިއެވެ. “އަޅޭ.. މަވެސް ވަރަށް ވަރަށް ބޮޑަށް މިސްވާނެ.. އެހެންނޫނަސް، ދެން ނައި ފޫއްސެއްނުވާނު.. މިހާރު ކޯސް ފެށޭކަށް ނެތެއްނު މާ ގިނަ ދުވަހެއް.. ދެން ކޯހުގެ ކަންތަކުގަ ބިޒީ ވީމަ ނުވާނޭ މަގޭ މަތިން މިސްވާނެ ވަގުތެއްވެސް..” ނައިރާގެ ކޮލުގައި ހިފާލަމުން ރައިޝާ ބުނެލިއެވެ. “ދޯ.. މަންމެން އެންމެންވެސް ވަރަށް މިސްވާނެ..” ނުހާ އެހެން ބުނެލުމުން ރައިޝާ ގޮސް ނުހާގެ ގައިގައި ބައްދާލިއެވެ. “އަޅެ މަންމަމެން ދެރަނުވެބަ.. ރައި އަންނާނަމޭ ކިޔަވައިގެން މަންމެން ޕްރައުޑް ވާ ވަރުގެ ކުއްޖަކަށް ވެގެން.. ފައިވް އިޔަރސް އެއީ ގިނަ ދުވަހޭ ހީވިޔަސް ވަރަށް އަވަހަށް ފާއިތުވާނެ.. ބަލައްޗެ..” ރައިޝާ ބުނެލީ ނުހަނު ލޯބިންނެވެ. އެވަގުތު ފޯނު ރިންގުވާން ފެށުމުން ރައިޝާ ފޯނު ނެގިއެވެ. ގުޅަނީ މާއިޝްކަން އެނގުމުން ބެލްކަންޏަށް ނުކުމެލީ އެކަނިވެލާ، ވާހަކަ ދައްކާލުމަށެވެ.

“ހަލޯ… ރައީ މިއަދު ހަވީރު ބޭނުން މީޓްކޮށްލަން.. ކޭއެފްސީ އިން މީޓްކުރެވިދާނެތަ..؟ ރައި މާދަމާ ފުރަމެއްނު..” އެންމެ ފަހު ޖުމްލަ ބުނެލި އިރު މާއިޝްގެ އަޑުގައި އެކުލެވިފައިވީ ވޭން ރައިޝާއަށް ސިއްރެއް ނުވިއެވެ. “އޯކޭ.. ދާނަން ފައިވް އެހާކަށްހާއިރު..” ރައިޝާ ބުނެލިއެވެ. ފަނަރަ ވަރަކަށް މިނެޓު ވަންދެން މާއިޝްއާ ވާހަކަ ދައްކާލާފައި ރައިޝާ ފޯނު ބޭއްވީ ނުހާ ގޮވާތީއެވެ.

*******

ކޭއެފްސީއަށް ވަދެލާ ރައިޝާ ވަށައިގެން ހޯދާލީ މާއިޝް ފެނޭތޯއެވެ. އެވަގުތު މޭޒެއް ދޮށުން މާއިޝް ހަނާއަޅާލިތަން ފެނި، ރައިޝާ ހިނިތުންވެލާ، އެދިމާއަށް ހިނގައިގަތެވެ. ރައިޝާ އިށީނުމުން މާއިޝް ގެންނަންވީ ކޯޗެއްތޯ އަހާލިއެވެ. މިލްކްޝޭކެކޭ ބުނުމުން މާއިޝް ވެއިޓަރަށް ގޮވާ، އޯޑަރު ދިނެވެ. “ވަން ޗޮކްލެޓް މިލްޝޭކް އެންޑް ވަން ވެނީލާ މިލްކްޝޭކް ޕްލީޒް..” އޯޑަރު ދިނުމަށްފަހު މާއިޝްއާއި ރައިޝާ އެކި ވާހަކަ ދެއްކުމުގައި ތިއްބެވެ. ދެކެވުނު ހުރިހާ ވާހަކައެއްގެ ތެރެއިންވެސް މާދަމާ ރައިޝާ ފުރާ ވާހަކަ ދެކެވުނީ ވަރަށް މަދުންނެވެ. އެ ވާހަކަ ދައްކައިގެން ރައިޝާ ދެރަކުރުވާކަށް މާއިޝް ބޭނުމެއް ނުވެއެވެ. ފަހަރުގައި މިއީ ރައިޝާ ފުރުމުގެ ކުރިން އޭނައާ ދިމާވާ އެންމެ ފަހު ފަހަރު ކަމަށްވެސް ވެދާނެތީއެވެ. ކައި ނިމުމުން މާއިޝް ރައިޝާ ގޮވައިގެން ހިނގައިގަތީ ރަސްފަންނާ ދިމާއަށެވެ. ތަންކޮޅެއް މީހުން މަދު ދިމާއަކަށް ގޮސް މާއިޝް މަޑުކޮށްލާ، ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވަނީ ވަރަށް ބޮޑު ކަމެއް ކުރަން ތައްޔާރުވެލީހެންނެވެ.

ރައިޝާގެ ފިޔަވަޅުތައް ހުއްޓުނީ ފަހަތުން މާއިޝް އޭނާގެ އަތުގައި ހިފާލުމުންނެވެ. މާއިޝްއާ ދިމާއަށް ބަލައިލަމުން ރައިޝާ ބުމައަރުވާލީ ކިހިނެއްވީހެއްޔޭ އަހާ ފަދަ ގޮތަކަށެވެ. އެވަގުތު މާއިޝް އެއްފައި މައްޗަށް ތިރިވެ ޖީބުން ރިހި އަނގޮޓިއެއް ނެގީ ރައިޝާ ނުވެސް ވިސްނާ ހުއްޓައެވެ. ވާން މި އުޅެނީ ކިހިނެއްކަން ރޭކާލުމާއެކު، ރައިޝާއަށް ސިހިފައި އަނގަމަތީގައި އަތް އަޅާލެވުނެވެ. އޭރު އެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.

“ރައީ.. އައި ސްވެއަރ އައި ޕްރެކްޓިސްޑް އެ ތައުޒޭންޑްސް އޮފް ޓައިމްސް އިފްރޮންޓް އޮފް މައި މިރޯރ ޓުޑޭ.. ބަޓް މިހާރު އެއްވެސް އެއްޗެއް ހަނދާނެއް ނެތްް.. ހެހެ.. ރައީ.. ވެން ޔޫ ކޭމް އިންޓު މައި ލައިފް، އައި ފެލްޓް އޭޒް އިފް އަ ހަނޑްރެޑްސް އޮފް ފްލާވަރސް ބްލޮސޮމްޑް އިން އަ ގާރޑެން.. އައި ފެލްޓް އޭޒް އިފް އަ ހޯލް ނިއު ޗެޕްޓަރ އޯޕެންޑް އިން މައި ބޯރިންގް ލައިފް.. ރައީ.. ގިނަ ކުދިން އަހަންނަށް ކޮންފެސް ކުރަނީ ބިކޯޒް އޮފް މައި މަނީ އޯރ ލުކްސް.. އެކަމް، ރައި އަހަރެން ދެކެ ލޯބިވީ އަހަރެންގެ ހުރިހާ އުނި ސިފަތަކާވެސް އެކުގަ.. މީގެ ދެ އަހަރު ކުރިން އެންމެ ފުރަތަމަ އަހަރެމެން ދިމާވި ދުވަސް އަހަރެން އަދިވެސް ހަނދާނުގަ އެބަހުރި… އެދުވަހު………”

***

ބާރުބާރަށް ސްކޫލް ގޭޓުން ރައިޝާ ވަދެގެން އައީ ގަޑި ޖެހޭތީއެވެ. އަތުގައި ހުރި ޕޭޕަރުތައް އެއްކޮޅުކޮށްލަމުން އަތުކުރީ ގަޑިއަށް ނަޒަރު ހިންގާލުމަށްފަހު ދުއްވައިގަތް ރައިޝާ މީހެއްގެ މޭމަތީގައި ވަރަށް ބާރަށް ޖެހުނެވެ. ޖެހުނު ގޮތުން ބެލެންސް ނުކުރެވި ރައިޝާ ވެއްޓުނީ އެމީހާ ގައިމައްޗަށެވެ. ޖެހުނު ގޮތުން އުނގަނޑަށް އެރި ތަދު، ފިލައި ދިޔުމުން ރައިޝާއަށް ލޯ ހުޅުވާލެވުނެވެ. އެވަގުތު އޭނަ ސިހުނީ ފެނުނު މުށި ކުލައިގެ ފުން ދެލޮލުންނެވެ. އެހާ ރީތި ދެލޮލެއް އަދި ހަޔާތުގައިވެސް ދެކިފައިނުވާ ފަދައަކުން ރައިޝާއަށް ބަލަން އޮވެވުނެވެ. އެ ރީތި، ފުން ދެލޮލުގެ ތެރެއަށް އޭނާ ގެނބިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

ބާރުބާރަށް ދުވެފައި އައި ކުއްޖަކު އޭނާގެ ގައިގައި ޖެހުމުން ވިސްނާނުލާ ހުއްޓާ މާއިޝްގެ ބެލެންސް ކެޓީ ކުއްލިއަކަށެވެ. ވެއްޓި ޖެހުނު ގޮތުން ބުރަކަށްޓަށް ވީ ތަދު ފިލައިދިޔުމާއެކު އޭނާއަށް ލޯހުޅުވާލެވުނެވެ. އެވަގުތު ފެނުނު ކަޅުކުލައިގެ ބޮޑު ދެލޮލަށް ބަލަހައްޓައިގެން އޮވެވުނެވެ. އެ ރީތި ދެލޮލަށް ހިޔާ އަޅާފައިވާ ކަޅުކަން ގަދަ، ދިގު އެސްފިޔަތަކަށް މާއިޝްއަށް ހިތާހިތުން ތަޢުރީފު ކޮށްލެވުނެވެ.

އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ރައިޝާ އަދި މާއިޝްއަށް ހޭވެރިކަންވީ މަތިން ޖަހާލި ބާރު ގުގުރީގެ އަޑުންނެވެ. ދެމީހުންނަށް އެއްފަހަރާ މައްޗަށް ބަލައިލެވުނު އިރު ވިއްސާރަ ހަދާފައި އޮތްތަން ފެނުނެވެ. މާއިޝް ކަރުކެހިލުމާއެކު ރައިޝާއަށް ހޭވެރިކަންވެ، އަވަހަށް އޭނާގެ ގައިމަތިން ތެދުވިއެވެ. ރައިޝާ ތެދުވުމާއެކު މާއިޝްވެސް ތެދުވެ ޔުނީފޯރމް ރީތިކޮށްލިއެވެ. “ސޮރީ..” ކުރިމަތީގައި ހުރި އަންހެން ކުއްޖާ މަޑުމަޑުން ބުނެލުމާއެކު މާއިޝް ހަމައެކަނި ބޯ ޖަހާލާ އެތަނުން ދިޔުމަށް އަވަސްވެގަތެވެ. މާއިޝް ދިޔުމާއެކުހެން ރައިޝާ އޭނާގެ ގަނޑުތައް ހޮވަން ފެށިއެވެ. ވަޔާ ދަތީ ކިތަންމެ އުނދަގޫވި ނަމަވެސް އެކަން ޖެހުނީ ކުރާށެވެ. އޭނަ މައާފަށް އެދުމުންވެސް އެއްޗެކޭ ނުބުނި ތާނގާ، އެ ގަނޑުތައް ހޮވަން އެހީ ނުވީތީ ރައިޝާއަށް ހިތާހިތުން އޭނައާ ދިމާއަށް އެއްޗެހި ގޮވުނެވެ. ހާދަ ފޮނި މީހެކޭ ހިތަށް އެރިއެވެ.

***

މާ ދުރުން މާއިޝް އެއްލި މާޒީގެ ސަފްޙާއާއި އެކުގައި ރައިޝާއަށް ހިނިތުންވެވުނީ އަދިވެސް އެ ދުވަސް ތަޒާކަމާއިއެކު އޭނާގެ ސިކުނޑީގައި ހަރުލާފައި ވުމުންނެވެ. “އައި ނޯވ ދެޓް ޔޫ ތޯޓް ވަޓް އަ ޖަރކް އައި ވޯޒް ދެޓް ޑޭ.. ހެހެ.. ބަޓް، ދެޓް އިޒް ދި ރިއަލް މީ.. އައި ނެވަރ ނިއު ހައު ޓު އެކްސްޕްރެސް މައި ފީލިންގްސް އެންޑް އިމޯޝަންސް.. ބަޓް، އެ ހުރިހާ ކަމެއް ބަދަލުކޮށްލީ ރައި.. ރައީ.. އެހެން މީހުންހާ އަހަންނަށް ފިލްމީ ނުވެވިދާނެ.. އެކަމަކު އަހަރެން މިހެން މި އަހަނީ ރައި ދެކެ ވަރަށް ވަރަށް ވަރަށް ލޯބިވާތީ.. ރައި ކިޔަވާ ނިމުނުހާ އަވަހަކަށް އަހަރެން ބޭނުން މެރީކުރަން.. ވީހާވެސް އަވަހަކަށް ރައި އަހަރެންގެ ޙައްޤަކަށް ހަދަން ބޭނުން.. އައި ލަވް ޔޫ ރައީ.. ވިލް ޔޫ މެރީ މީ އައިމިނަތް ރައިޝާ އަޙުމަދު ރިޔާޒް..؟” ވަރަށް އަސަރާއިއެކު މާއިޝް އެހެން ބުނެ ނިންމާލުމުން ރައިޝާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ. އަވަސްއަވަހަށް ބޯ ޖަހާލާ އަތް ދިއްކޮށްލެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. ރައިޝާ އާނ ބަސް ދިނުމުން ވީ އުފަލާއިއެކު މާއިޝް އެ ރިހި ކުލައިގެ އަލިމަސް ޖެހި އަނގޮޓި ރައިޝާގެ ވައަތުގެ ކަށިއިނގިލީގައި އަޅުވަދީފައި، އެ އަތަށް ބޮސް ދިނެވެ. އަދި ތެދުވެ ރައިޝާގެ ގައިގައި ބައްދާލިއިރު ދެހިތުގައިވެސް ވަނީ އެކައްޗެކެވެ. އެ ގުޅުން އެއްވެސް ހުރަހެއް ނެތި މުޅި އުމުރަށްވެސް ދިމިގެން ދިޔުމެވެ. ދެމީހުން އެކުގައި ރާޅުޖަހާ ފަށުގައި ސަކަރާތް ޖަހާ، އަބަދާއި އަބަދު އެކުގައި ވުމަށް އެތައް އަހުދަކާއި، ވަޢުދެއް ކުރެވުނެވެ. އެހެންނަމަވެސް، މާ ކުރިން އިލާހީ ޤާނޫނުގައި ލިޔެވިފައިވީ ޙަޤީގަތް ބަދަލު ކުރުމުގެ ކުޅަދާނަކަން އެއްވެސް އިންސާނަކަށް ލިބިގެން ނުވެއެވެ. ތަޤުދީރުގައިވާ އެއްޗެއް ތަދުބީރަކުން ބަދަލެއް ނުކުރެވޭނެ ނޫންތޯއެވެ؟

*******

ރޮވިފައިވާ ޙާލު ރައިޝާ ލޯގަނޑުން އޭނާގެ ސޫރައަށް ބަލައިލިއެވެ. އޭރު ރިޔާޒްމެން ފޮށިތައް ކާރަށް އަރުވަން އުޅެއެވެ. ދެލޯ ފުހެލުމަށްފަހު، ގަދަ ކަމުން ރައިޝާ ހިނިތުންވެލީ އޭނަގެ މައިންބަފައިން ފަޚުރުވެރިވާ ފަދަ މޮޅު ދަރިޔަކަށް ވުމުގެ ދަތުރު ފަށަން ޖެހޭ ވަގުތު އައިސް ޖެހުމުންނެވެ. އޭނާގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ފަށާ ދިގު ދަތުރު ކާމިޔާބު ކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުނެވެ. އެވަގުތު ނައިރާ އައިސް ކޮޓަރިތެރެއަށް ވަނެވެ. ފެންކަޅިވެފައިވީ ދެލޮލާއިއެކު، ނައިރާ އައިސް ރައިޝާގެ ނައިރާގެ ގައިގައި ބައްދާލިއެވެ. ރައިޝާވެސް ނައިރާގެ ގައިގައި ބައްދާލީ، އުމުރު ދުވަހު އެކު އުޅުނު އެކުވެރިޔާއާ އެހާ ގިނަ ދުވަސް ވަންދެން ވަކިވާން ޖެހޭތީއެވެ. ދެކުދިން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު، ނުކުތީ އެއާޕޯޓަށް ދާންވެގެންނެވެ. ރައިޝާ ފުރުވަން ނުހާއާއި، ރިޔާޒްއާއި، ޔާޝްއާއި، ރީޝާއާއި، ރިއާޝްއާއި، ނައިރާގެ އިތުރުން ނިޝާވެސް އެއާޕޯޓަށް ދިޔައެވެ.  މާއިޝްގެ އިތުރުން މާއިޝްގެ އާއިލާވެސް އަންނާނެކަމަށް ބުނުމުން ރައިޝާގެ ހިތަށް ވަނީ ހަމަޖެހުމެއް ލިބިފައެވެ.

*******

އެއާޕޯރޓުގައި ހޭދަވި ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެެސް ރައިޝާ އެތައް ފޮޓޯއެއް ނަގާ، އެތައް ހަނދާންތަކެއް ރައްކާކުރިއެވެ. އެކުގައި އެ ހޭދަވި ކުޑަ ވަގުތުކޮޅުވެސް އެމީހުންނަށްރައިޝާ ފްލައިޓަށް އަރަން ދާ ވަގުތު ޖެހުމުން ވަކިވަކިން އެންމެންގެ މޫނަށް ބަލައިލިއެވެ. އެންމެ ފުރަތަމަ ގޮސް ނުހާއާއި ރިޔާޒްގެ ގައިގައި ބައްދާލާ، އެދެމީހުންނަށް ހިތްވަރު ދިނެވެ. “މަންމަމެން ނުރޮއްޗެ.. މަންމަމެން ރޮންޏާ ރައި ކިހިނެއް ދާނީ..؟ ރައި އަންނާނަމޭ ވަރަށް އަވަހަށް.. އިނގޭ..” ނުހާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން ރައިޝާ ބުނެލިއެވެ. އެއަށްފަހު ގޮސް ޔާޝްއާއި ރިއާޝްގެ ގައިގައިވެސް ބައްދާލިއެވެ. އެދެމީހުންގެ ލޯވެސް ފެންކަޅިވެފައިވީ ނަމަވެސް، ނުރޮއެ ހިތްވަރު ކުރީ ރައިޝާ މާ ބޮޑަށް ދެރަވެދާނެތީއެވެ. ރައިޝާ ގޮސް ނައިރާގެ ގައިގައި ބައްދާލުމާއެކު ނައިރާގެ ބަޑި ފަޅައިގެން ދިޔައެވެ. ނައިރާ ހަމައަކަށް އެޅުވުމަށް ރައިޝާ އެތަކެއް ވާހަކައެއް ދެއްކީ އަސަރުކޮށްފައިވާ އެ ހިތްމަތީގައި ގާގަނޑެއް ބާއްވައިގެންނެވެ. ރައިޝާ ނިޝާއާވެސް ސަލާމްކޮށް ބައްދާލީ އެއީ އޭނާގެ ހިތުން ދެވަނަ މަންމައެއްގެ މަޤާމު ދެވިފައިވާ ފަރާތަކަށް ވީތީއެވެ. ރައިޝާ ގޮސް މާހީންގެ ގައިގައި ބައްދާލުމާއެކު މާހީންގެ ލޮލުންވެސް ކަރުނަ ފައިބަން ފެށިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައިޝާ ވަނީ މާހީންގެ ހިތުން ޚާއްސަ މަޤާމެއް ހޯދާފައެވެ. ރައިޝާގެ ނިތްކުރިއަށް ދޮނެއް ދެމުން، ބަސްއަހައިގެން ކިޔަވާށޭ މާހީން ބުނެލީ އަމިއްލަ ދަރިއަކަށް ނަސޭހަތް ދޭ ފަދައިގެންނެވެ. މާހީންގެ އަތުގައި ހިފާލުމަށްފަހު ލައްބައޭ ބުނެ ރައިޝާ ގޮސް މާނާ ގައިގައިވެސް ބައްދާލާ ވަދާޢީ ސަލާމް ކުރިއެވެ. އެއަށްފަހު، މާނާ ކައިރީގައި ހުރި ފަސްއަހަރުގެ ކުޑަކުޑަ މާނިޝްގެ ގައިގައި ބައްދާލުމަށްފަހު އެކޮލަށް ދޮނެއް ދިނީ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ. “ދޮންބެ ދައްތީ… ވަލަށް ވަލަށް މިސް ވާނެ.. މާއްކޮއާ ގުލައްޗެ އިނގޭ..” މާނިޝްގެ ލޯބި ބަސްމަގުން އެހެން ބުނެލި ގޮތުން ރައިޝާގެ ހިތް ލޯބިން ފުރުނެވެ. “ލައްބަ ދޫނީ.. ކޮންމެ ދުވަހަކުވެސް ގުޅާނަން އިނގޭ.. ކޮއްކި ބަސްއަހައްޗެ އިނގޭ..” މާއިޝްގެ ބޮލުގައި ފިރުމާލުމަށްފަހު ދެން ރައިޝާ ހޯދާލީ އޭނާގެ ހިތް އެންމެ އެދޭ ސޫރައެވެ.

މާހީންގެ ކައިރީގައި ހުރި މާއިޝްގެ ކުރިމަތީގައި ރައިޝާ ހުއްޓިލުމާއެކު މާއިޝް ރައިޝާގެ ގައިގައި ބައްދައިގަތެވެ. ރައިޝާގެ ކޮނޑު ތެމެމުން ދާތީ، މާއިޝް ރޮނީކަން އެނގުނެވެ. “އައިލް މިސް ޔޫ ސޯ މަޗް.. ސޯ މަޗް..” ވައި އަޑަކުން މާއިޝް ބުނެލި އިރު، އެ އަޑުގައިވީ ވޭނާއި ކެކުޅުމެވެ. ހިތާމައާއި ޝަކުވާއެވެ. މާއިޝްގެ އުނަގަނޑުގައި އަތް ވަށާލަމުން ރައިޝާވެސް ލޮލަށް ބޮނޑިވެފައި ހުރި ކަރުނަތައް މިނިވަން ކޮށްލިއެވެ. ދެން މި ލޯބިވެތި ވަގުތުކޮޅު އަވަހަށް ނާންނާނެކަން އެނގުމުން މި ވަގުތުގެ ބޭނުން ހިފުމަށް އެ ދެހިތްވެސް ގޮވަމުން ދިޔައެވެ. އެކަކު އަނެކަކާ ދުރުވާހިތް ނުވެފައި ތިބި ނަމަވެސް، އެ އުފާވެރި ވަގުތުކޮޅު ހުއްޓުމަކަށް އައީ ރައިޝާގެ ފްލައިޓް ފަސް މިނެޓު ތެރޭގައި ފުރާނެ ވާހަކަ ގޮވުމުންނެވެ. ރައިޝާ ގަޔާ ދުރުކޮށްލަމުން މާއިޝް ރައިޝާގެ ނިތަށް ބޮސްދިނީ ނުހަނު ލޯބިންނެވެ. އެވަގުތު ހިތަށް ލިބުނު އުފަލުން ރައިޝާޢަށް ދެލޯ މަރާލެވުނެވެ. “އައި ލަވް ޔޫ..” ރައިޝާގެ އަތުގައި ހިފާ ބާރުކޮށްލަމުން މާއިޝް އެހެން ބުނެލި އިރުވެސް އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. “ލަވް ޔޫ ޓޫ..” މާއިޝްގެ އަތުން ދޫކޮށްލަމުން ރައިޝާ ވައި އަޑުން ބުނެލުމަށްފަހު، ފޮށި ހިފައިގެން ހިނގައިގަތެވެ. ފްލައިޓަށް އަރަމުން ރައިޝާ ފަހަތް ބަލައިލާ އެންމެންނަށް ހަނާއަޅާލިއެވެ. ހީލަމުން ރައިޝާ ފްލައިޓަށް އަރާ، ސީޓުގައި ހަމަޖެހިލިއެވެ. ކުޑަދޮރުން ބޭރު ބަލައިލިއިރު، ނުހާމެން ތިބި ތަން ފެނުމުން ދެލޮލުން ކަރުނަ ފާއްދާލިއެވެ. އެއަށްފަހު އަތުގައި އޮތް ރިހިކުލައިގެ އަލިމަސް ޖެހި އަނގޮޓިއަށް ނަޒަރު ހުއްޓާލާ، ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. ފްލައިޓް ރަންވޭއިން ނައްޓާލުމުން އެންމެ ފަހު ފަހަރަށް ރައިޝާ ކުޑަދޮރުން ބޭރު ބަލައިލިއެވެ. އޭރު ވިލާތަށް ފޫއަޅޫވާލާފައި ފްލައިޓް މައްޗަށް އަރައިފިއެވެ. ތިރީގައިވާ ނޫކުލައިގެ ސާލެއްފަދަ ހަމަހިމޭން ކަނޑުގައިވާ އޭނާގެ އުފަން ވަޒަނަށް ނަޒަރު ހިންގާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު، ސީޓުގައި ބޯ ޖައްސާލާ، ދެލޯ މަރާލީ މި ފެށެނީ އޭނާގެ ޙަޔާތުގެ މުޅިން އާ ބާބެއްކަން ހަނދާން ކުރަމުންނެވެ.

ނުނިމޭ…

28

5 Comments

  1. Nayaa

    September 11, 2021 at 8:49 am

    Salaam dear readers… Here is the 23rd part… Hope you all loved this part as well… Next part alhugandu mihaaru liyan fashanee mi… Insha allah, hama nimunuhaa avahakah submit kohlaanan… Enme lasvegen vx Monday ge kurin submit kohlaanan… Keep waiting… Stay safe and Take care… Love you all… Missed you all… Thank you from the bottom of my heart for all the support you guys are giving me… It means a lot! <333

    • Nayaa

      September 11, 2021 at 3:04 pm

      Next part mihaaru vanee liye nimifa… Maadhamaa noonee monday ga submit kohlaanan insha allah… Keep waiting all 🙂

  2. 🌹YEOJA🌹

    September 11, 2021 at 7:36 pm

    Hlwwww lwbiiii
    Masha Allah mi part vxx Hama vrh nice
    Awesome ngeyyy darl
    Keep goin like this and have a better bright future luws
    Awwwwww aleyy maaish kahala bf eh beynun vany he’s so cutie and understanding loveing etc . Dhwww
    But galde that raii got such a lovely one
    Anywayss hoping to be their futhuree juss like now loving and cute
    Waitting for the next ones
    Stay safe and tvgc ngeyy dhoonsss
    Luvuuu much moree

  3. Nayaa

    September 12, 2021 at 1:50 pm

    hllw ril sisoooooooo…
    aww tysssssssssssmm darloo…
    yess insha allah…
    ahdheyyyy maaish ah vure maa rangalhu bf eh libijje ennu mihaaruvx… hehe… lhiyanbe kihaa rangalhutha??… lol
    nxt prt dhneme submit kohlaanan… dhn aattey kuri hivvareh othee.. haha… keep waiting ingey dear..
    u 2 ss nd tvgc sisyyy..
    lymmmmmmmmmmmm <333
    (and eba oiy vrh bodu vhk eh grp ga bunan vefa.. mirey bunelaanan ingey… u will be shocked after i tell it to u…)

  4. Aminath Mai zer

    September 12, 2021 at 4:29 pm

    This story is soo beautiful nayaa keep it up like this
    Love u soo much ❤️❤️❤️❤️😙💋😍

Comments are closed.