*”ބަލާ ނުވެސް ބުނެލަ މީނަގެ ހުރި ނުބައިކަން ބަލާބަލަ” ޔާނިއު ތުން އަނބުރާލިއެވެ.އަދި ވިޝާން ހިނިގަނޑެއް ޖަހާލިއެވެ.”މަށަށް ދޯ އެހެންވީމަ މީނަ ގައިގަ އަތްވެސް ނުލެވޭނީ އަދި ތިއާއިލާ ތެރެއަށްވެސް ނުވަދެވޭނީ” ޔާނިއު ރަކި ވިއެވެ.”ނޫން އަދި ވަދެވޭނެ ތިއުޅެނީ ވިހި އަހަރު ވާާކަން އަދި ވަދެވޭނެ” އަޔާނީ މާއިން ދިމާލަށް ބަލާލިއެވެ. އަޔާނީ އެބުނި އެތި މާއިން އަށް ނަގައި ގަނެވުމުން އޭނާ ޕަކަޕަކަ ތަޅާފަ ހޭނ ފެށިއެވެ.”ހިނގާ އިހަށް ބޭރަށް ގޮސް ލާފަ އަންނަން” ވިޝާން ގޮސް އަޔާނީ ކޮޅަށް ނެގިއެވެ.”ގުޑް ލަކް މައި ޅިޔަނު” މާއިން ހޭން ފެށިއެވެ.އަޔާނީގެ ކޮލަށް ޖަންބު ކުލަ ވެރިވެގެން ދިޔަ ފަދައެވެ.”އައިތިންކް ސަމްވަން އިޒް ބްލަޝިނ” މާއިން ވަރަށް ނޭނގޭ ކަމަށް ހަދާލާފަ ބުންޏެވެ.މާއިން އަދި ޔާނިއު ޖެއްސެން ފެށުމުން ވިޝާން އަޔާނީ އަތުގަ ދޫނުވާނެ ވަރަށް ބާރާށް ހިފާފަ ބޭރަށް ދުއްވައިގަތެވެ.*

ހުކުރު ދުވަހަށް އިރު އެރީ ނުލާހިކު އަވަހަަށެވެ.ކުޑަ ދޮރު ފޮތިގަނޑު އެއްފަރާތައް ކަހާލާފަ ހުރުމުން ނިދާފަ އޮތް ޝިމްރާންގެ ލޮލަށް އިރުގެ އަލި އެޅެންފެށިއެވެ.ލޮލަށް އުނދަނގޫ ވާވަރުން ޝިމްރާން އަނެއް ފަރާތަށް އެނބުރެލިއެވެ.ފަތިހު ފަސް ގަޑި ބައިން ފެށިގެން ޝިމާންގެ ފޯން އެލާމް ވާތާ މިހާރު ގަޑި އިރަކައް ވުރެވެސް ގިނަ އިރު ވެއްޖެއެވެ.ހަމަ އެހާވެސް ޝިމާން ނިދި ގަދައެވެ.ހަގަޑި ސާޅީސް ފަހެއް ވިތަނާ ޝައިމަން ގޮސް ޝިމްރާންގެ ކޮޓަރީގެ ޑަބަލް ކީ ހިފައިގެން ގޮސް ޝިމާންގެ ކޮޓަރި ހުޅުވިއެވެ.ޝިމާން ނިދާފަ އޮތް ގޮތުން ޝިމަން ބޯހޫރުވާލިއެވެ.ވާނީވެސް އެހެންތާއެވެ.އެއްފަޔާ އަދި އެއް އަތް އޮތީ ތަޅުންގަނޑުމަތީގައެވެ.ބޯވެސް އޮތޯ ކިރިޔާ ނުވެއްޓިއެވެ.ބާލިސް އަދި ރަޖާ ގަނޑު އޮތީ ތަޅުންގަނޑު ގައެވެ.”ހަންޑި ދޮންބޭ!!” ޝައިމަން ރުޅި އައިސްގެން ގޮސް ހަޅޭއްލަވައިގަތެވެ.ޝިމާން ސިއްްސައިގެން ގޮސް ތެދުވީ ކޮޅަށެވެ.އަދި ދެލޮލުގަ އަތް އުނގުޅާލިއެވެ.”ކިހިނެއްވީ” ޝިމާން ވަރަށް ނިދި އަޑަކުން ބުނެލިއެވެ.”ކިހިނެއްހޭވީ؟ މަންމަ އެބައިން ރުޅި އައިސްކަން ހަލާކުވާވަރު ވެފަ!” އަނެއްކަވެސް ޝައިމަން ހަޅޭއްލަވައިގަތެވެ.”ބަލާބަލަ ކޮއްކޮ ތީނީ ކިރިޔާ ރެޑް ޗެރީ އަކައް ނުވެ” ޝިމާން ހޭން ފެށިއެވެ.”ހެޔޮ އަވަސް ކޮއްގެން ނިކުމޭ ބޭރައް” ޝައިން ތުން އަނބުރާލާފަ ކޮޓަރިން ނިކުތެވެ.

ޝިމާން އެނދު މަތީގަ އިށީނދެލާފަ ނިދާ ތަންމަތި ރީތި ކޮއްލިއެވެ.ރީތި ކޮއްފަ ޝިމާނ ވަނީ ލާނެ އެއްޗެއް ހިފައިގެން ފެން ވަރަންށެވެ.ފެން މާގަނޑު ދޫކޮއްލާފަ ވަނީމާގަނޑު ދަށަށްށެވެ.ހީކަރަންފެށުމުން ދެއަތް ހާކަން ފެށިއެވެ.ކުއްލި އަކަށް ލޮލު ކުރި މައްޗަށް ސިފަވީ އަންހެން ކުއްޖެއްގެ ސޫރައެވެ.އެ ދޮންދޮން މޫނާއި ދިގު އިސްތަށި ގަނޑެވެ.ކަންފަތުގަ އިނީ ކުޑަ ކުޑަ އެސް ކޮޅެއް ލައްވާފައެވެ.ލޭ ކޮޅެއް ފަދަ އެ ތުންފަތެވެ.ވަގަތުން ފިނި ކަމުގެ އިހްސާސް ފިލައިގެން ދިޔައެވެ.ޝިމާންއަށް ލުއި ހިނިތުންވުމެއް އެތުންފަތަށް ފާއްދާލިއެވެ.ޝިމާން އަށް ހޭވެރިކަން ލިބުނީ އަނެއްކަވެސް ޝައިން ހަޅޭއްލަވައިގަތް އަޑު އިވުމުންނެވެ.”އޯތް މިދަނީ…ފެން ވަރަން ހުއްޓަވެސް އެބަ ޖެއްސުން ކުރެއޭ” ޝިމާންވެސް ބުނީ ވަރަށް ބާރަށެވެ.އަނެއްކަވެސް ޝިމަން ރުޅި އައިސްގެން ގޮސް ތުން އަނބުރާލާފަ ނިކުތީ ބަދިގެއަށް ދިއުމަށެވެ.ޝިމާން ފެންވަރާލައިގެން ނިކުތީ އިސްތަށިގަނޑު ހިއްކަމުންނެވެ.ކަޅު ކުލައިގެ ހޫޑީ އަކާއި ކަޅު ކުލައިގެ ޖިންސު ލައިގެން ހުރުމުން ޝިމާން އާއިވަރަށް ގުޅެއެވެ.ކުލަ ޖައްސާފަ އެހުރި މަޑު ރިހި ކުލައިގެ އިސްތަގަނޑު ހުރީ ފަން ކޮށެވެ.ކަޅު ކުލައިގެ މިނައި ކޮޅަކުން ހުރީ ދެ ކަންފަތް ތޮރު ފާފައެވެ.މަތި އަދި ތިރީ ތުންފަތް ވެސް ހުރީ ތޮރު ފާފައެވެ.ކުރިއަށްވުރެ ޝިމާން ކަޅުވުމުން ފިރިހެން ވަންތަކަން އިތުރު ކޮއްދެއެވެ.ތުނބުޅި އަދި މަތިމަސް ވެސް ނެތުމުން އެއަށް ވުރެވެސް ބޮޑަށް ފިރިހެން ވަންތަކަން އިތުރު ކޮއްދެއެވެ.

ޝިމާން ސެންޓު ފުޅި ގަޔަށް ބުރުވާލާފަ ކޮޓަރިން ނިކުތެވެ.އަދި ގޮސް ޝައިމަން އަށް ޖެއްސުން ކުރަން ފެށިއެވެ.”މަންމާ އިނގޭތަ މިއަދު ދޮންބެ ނިދާފަ އޮތީ ވާލެއްހެން” ޝައިމަން ހޭން ފެށިއެވެ.”ކޮބަ ތި ހޭލިޔަސް އެނދު މަތި ރީތި ކުރާމީހެއް ނޫނެއްނު ދެން ކޮން ވާލަކޭ ކިޔާކަށް” ޝިމާން ވެސް ވަކި ދެރައެއްނުވެއެވެ.”އެހެންދޯ ދޮންބެ ތިޔަ މޮޔައެއް” ޝައިމަން ބުނެލިއެވެ.”ކޮންމެ ޖުމްލައެއްގަ އެބަ ކިޔަމެއްނު ދޮންބެ…”ޝިމާން އެއްމިޔަ ކަނުން ހީލިއެވެ.”ތި ދަރިފިޅުމެން ހުއްޓާލަބަލަ” ޝަހީމާ ބޯހޫރވާލާހަ އަނެއްކަވެސް ގޭތެރެ ފޮޅަން ފެށިއެވެ.”ހާހް…ބީ އަ މޭން ރެސްޕެކްޓް ވޮމެން” ޝައިމަން ތުން އަނބުރާލިއެވެ.އެހެން ބުނިތަނާހެން ޝިމާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.އަދި ބޫޓު ހަރުގަ އިން ކަޅު ކުލައިގެ ނައިކް ބޫޓަކަށް އަރައިގެން ބޭރަށް ނިކުތެވެ.ނިކުތް ތަނާހެން ކުއްޖެއްގައިގެ ޖެހި ނުވެއްޓުނީ ކިރިޔާއެވެ.އެ އަންހެން ކުއްޖާ އޮތީ ޝިމާންގެ އަތު ތެރޭގައެވެ.ޝިމާން އެ އަންހެން ކުއްޖާއަށް ބަލާލިތަނާހެން އެ އަންހެން ކުއްޖާއާ ހަތަރު ކަޅި ހަމަވިއެވެ.މަގުމަތިން ދާ އެހެން މީހުންގެ ނަޒަރުތައް ވެސް ހުއްޓެނީ އެދިމާލަށެވެ.އޭގެން އެއްވެސް ކަމެއް ޝިމާން އަކަށް އިހްސާސް އެއް ނުކުރެވެއެވެ.އެ އަންހެން ކުއްޖާގެ ހާލަކީތޯއެވެ.ޝިމާންގެ އެ ކަޅު ކުލަގަދަ ކަޅި ފެނުމުން ގައިން ހީބިހި ނަގައެވެ.ނަމަވެސް ހަތަރު ކަޅި ޝިމާން އާއި ހަމަކުރަން އެ އަންހެން ކުއްޖާ މި ބޭނުންވީ ކީއްވެގެން ކަމެއް ނޭނގެއެވެ.އެދެމީހުންނަށް ވަދެވިފަ އެތިބީ ދެވަނަ ދުނިޔޭގަ ކަންނޭނގެއެވެ.”ދޮންބޭ ނުވެސް ބުނެލަ…އަންގާލައިގެން އުޅިބަލަ” ޝިމާން އަށް ހޭވެރިކަންވީ ޝައިމަން މަލާމާތް ކޮއްލުމުންނެވެ.ޝިމާން ބޯތެރެއަށް އަތް މަހާލިތަނާ އެ އަންހެން ކުއްޖާ ވެއްޓުނީ ބިންމައްޗަށެވެ.އަދި އެ އަންހެން ކުއްޖާގެ އަނގައިން އާހެއްގެ އަޑު އިވުނެވެ.ޝިމާން ދިޔައީ ވަގުތުން ސިއްސައިގެންނެވެ.

އަދި އެ އަންހެން ކުއްޖާ ތެދުވަން ޝިމާން އަތް ދިއްކޮއްލިއެެވެ.އެ އަންހެން ކުއްޖާ އެވަގުތުގެ ފުރުސަތު ހިފިއެވެ.އަދި އަނެއްކަވެސް ހަތަރު ކަޅި ހަމަވިއެވެ.މިވަގުތު އެ އަންހެން ކުއްޖާ ލަދު ގަންނަ ގޮތް ވިއެވެ.”ދޮންބޭ!! ހާދަ ރީތި ބިޓުންހޭ ނަގައިގެން ތިޔަ އުޅެނީ” ޝައިމަން އަނެއްކަވެސް މަލާމާތް ކޮއްލިއެވެ.”އާހް…މަވަރަށް ދަންނަމޭ މި އަންހެން ކުއްޖާ…މަށަށް ހީވޭ މިއަދު މީނަ މަ ފެންވަރަން އިނދަވެސް ދެކުނިންހެން” ޝިމާން ވަރަށް ވިސްނަން ހުރެފަ ބުނެލިއެވެ.އެވަގުތު ޝައިމަން ހޯހޯ ގޮއްވަން ފެށިއެވެ.”ޝިމާން ލޯންގް ޓައިމް ނޯ ސީ” އެ އަންހެން ކުއްޖާ ބުނެލިއެވެ.”ކަލޯ ގަޔަ އަނާރާ ދޯ…އޯހްް އަހަ ލޯންގް ޓައިމް” ޝިމާން ބުނެލިއެވެ.”މިހާރު ފިހާރަ އަކުން ނުވެސް ދެކެން…ކޮންތާކު މިހާރު އުޅެނީ” އަނާރާ އެއްސެވެ.”ފިހާރައިން ކެނޑުނީ މަ” ޝިމާން ބުންޏެވެ.”އޯހް އެހެންދޯ” އަނާރަ ބުނެލިއެވެ.”ޔޭހް” ޝިމާން ބުންޏެވެ.”ދޮންބޭ ހިނގާ ދާން…ކުރީގެ އެކުވެރިއެއް ފެނުނަސް ހެވެއްނު ދޯ…އަތިރި މައްޗަށް ދިއުމުގެ ކުރިން މިހާރު އިރު އަރައިފި” ޝިމާން ޝައިމަން ދައްކާ އެއްވެސް ވާހަކަ އަކަށް އަޅައިނުލުމުން ޝައިމަން ރުޅި އައެވެ.

“އަނާރާ ކޮބާތަ އަނެއްކަ” ޒާރާ ނިދާ ހޭލި ގޮތައް ފާހަނަ އަށްވެސް ނުވަދެ ނިކުތީ އަނާރާ އުޅޭތޯ ބަލަންށެވެ.ނަމަވެސް އެކަކުގެ ހިލަމެއް ނުވުމުން ޒާރާ ފާޙަނައަށް ވަނީ ދަތް އުނގުޅާފަ މޫނު ދޮވެލުމުގެ ބޭނުމުގައެވެ.ކަޅު ކުލައިގެ ދޫ ޓީޝާޓަކާއި އައިސްބްލޫ ކުލައިގެ ކުރު ގަމީސް ފޮތީގެ ސޯޓު ކޮޅެއް ލައިގެން ހުންނަ އިރު އަންހެން ވަންތަކަން ހާމަ ކޮއްދެއެވެ.އުނަގަނޑާއި ހަމައަށް އަރާވަރުގެ ފަން އިސްތަށިގަނޑެއް ލިބިފަ ހުންނަ އިރު ޖަހަނީ ފަތްމިންޏެއް ފާޑެވެ.ގަދަ ނޫކުލައިގެ ސްކިނީ އަކަށް އަރާފަ ޒާރާ އުޅޭ ގޭތެރެ ތަޅުލާފަ ނިކުތީ ބޭރަށްށެވެ.އޭރު މަގުމަތީގެ ވަރަށް މީހުބް ގިނައެވެ.ޒާރާ ހިނގަން ފެށި ތަނާ މީހުންގެ ލޯތައް އަމާޒުވެފަ ހުންނަނީ ޒާރާއަށެވެ.ޒާރާއަށް އެކަމަށް ފަރުވާލެއް ނުހުންނަނީ މިކަން އާދަ އަކަށް ވެފަ އޮތުމުންނެވެ.ޒާރާގޮސް ‘ރެޑް ވޭވް’ ފިހާރައަށް ވަނީ ރަސްފަންނަށް ދިއުމުގެ ކުރިން ލުއި ކާނާއެއް ގަތުމުގެ ބޭނުމުގައެވެ.މައުންޓެއިން ޑިއުއެއް ނަގާފަ ދިޔައީ ކައުންޓަރ އާ ދިމާލަށެވެ.ކައުންޓރ ގަ ހުރި މީހާ ފެނިފަ ޒާރާއަށް ގަބޫލުކުރެވޭން ދަތިވިއެވެ.

ޒާރާ ގަންނަން ގެނައި ހުރިހާ އެއްޗެއް އަލުން އަނބުރާ ހުރިތަނަށް ލާން ބޭނުންވިއެވެ.ކައުންޓަރ ދޮށުގަ އިން މީހާ އިސް އުފުލާ ބަލާލީ އެތާގަ މީހަކު ހުރިތޯ ބަލަންށެވެ.ކުރިމަތީގަ ހުރި ޒާރާ ފެނުމުން އޭނާއަށް ސިހުނެވެ.ދެ އަހަރު ކޮއްފަ ބަލަން ބޭނުން ނުވާ މަންޒަރު ފެނުމުން ވަކި ނުސިހޭނީ ކާކުހެއްޔެވެ.”ޒާރާ؟” އެ ފިރިހެން ވަންތަ އަޑު ޖެހުމުން ޒާރާ ހީބިހި ނަގައިގަތެވެ.

~ނުނިމޭ~

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!