އުފުލާލި އިހާއެކު ފެނިގެންދިޔަ ސޫރައިން ޝަވާގެ ހިތްމޭފަޅާފައި ނުކުންނަން އުޅުނު ކަހަލައެވެ. އަތުގައި އޮތް ފޯނަށް ދެއަތުން ބާރުކޮއްލެވުނީ މިއީ ބިރުވެރި ހުވަފެނަކަށްވޭ ތޯއެވެ. ކަޅުކޯޓު ފަޓުލޫނުގައި އަލަތު ފިރިއެއްގެ މަގާމުގައި ހުރި އަޔާހް ފެނިފައި ވަށައިގެންވި މަންޒަރުތައް ޝަވާގެ ލޮލަށް ޣައިބުވިފަދައެވެ. ނުވާންވީ ސަބަބެއް ނެއްތާއެވެ. އެއީ އެހިތުގެ ވިން ދެވެ. ލޯ ދުށުމައް ހަމައެކަނި އެދޭ ސޫރައެވެ. އެސްފިޔަތަކަށް ބަރުވެގެން މަންޒަރު ފުސްވެގެން ދިޔައީ ބަސްބުނާހާ މަދު ވަގުތު ކޮޅެއްގެތެރޭގައެވެ. ޝަވާ އާއި […]
ނަމަވެސް އާހް… ލޯބިވާ އިންސާނާ ހިތުގެ ވެރިއަކީ އެހެން މީހެއްކަން އިނގިހުރެ ކުރިމަތީ އުޅެން ޖެހުމަކީ ކިހާ ވޭން ހުރި ކަމެއްކަން އިނގޭނީ ފަހެ އެވޭނެއް ތަހަންމަލް ކުރަމުންދާ އިންސާނަކަށް ނޫން ހެއްޔެވެ. އަޅައިގެން ހުރި ބުރުގާ ބޮލާ ވަކިކޮށްލަމުން ޝަވާ ވުލޫ ކޮށްލުމައްފަހު ނަމާދުކުރަން އަވަސްވެގަތެވެ. ނަމާދުކޮށް އަވަދިވެގެން އެތައްހާސް އިރަކު މުސައްލަމަތީ އިށީދެ އިދެ ﷲ ގެ ހަޒްރަތުގައި އެތައް އާދޭހެއް ދެންނެވިއެވެ. ދުއާ އަކީ ހުރިހާ ކަމެއްގެވެސް ހައްލެވެ. މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުވެސްމެއެވެ. އިޝާވެސް ކޮށްލުމައްފަހު […]
ގދ. ވާދޫ ގޮޑުދޮށަށްް ބީއްސަމުންދާ ހުދު ފޮނު ރާޅުތައް އޭގެ ވާޖިބް އަދާކުރަމުން ދެއެވެ. ހުދު ބޯކިރު ފަދަ އެހިމުން ދޮންވެލި ގަނޑުގައި އެރާޅުތައްވެސް ބޮސް ދެމުން ދިޔައީ އެފަދަ ދެވަނަ ފުރުސަތަކަށް އެދޭހާލުގައެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅީގެ ސަބަބުން ހިތްތަކަށް ހަމަޖެހުން ގެނުވައިދޭނެކަން ގައިމެވެ. ކަނޑުގެ ލޮނުގަނޑުން ކައިވަތެއްހާ މައްޗަށް އަރަފައިވާ އިރުގެ ސަބަބުން ފަޒާޔަށް އެތަކެއް ކުލަތަކެއް އަރާ ފައިބަމުން ދިޔައެވެ. އެރީތި މަންޒަރަށް ނަޒަރު ހުސްކޮއްލައިގެން ހުރި ޝަވާ ގެ ލޮލުން ކަރުނައިގެ […]
ގޮޑުދަށަަށް ބީއްސަމުންދާ ހުޫދުފޮނުުުޫ ރާޅުޫތައް އޭގެ ވާޖިބުޫ އަދާކުރަމުން ދިޔައެވެ. ހުުޫދު ބޯކިރު ފަދަ އެހިމުން ދޮންވެލިގަނޑުގައި އެރާޅުތައްވެސް ބޮސްދެމުން ދިޔައީ އެފަދަ ދެވަނަ ފުރުސަތަކަށް އެދޭހާލުގައެވެ.. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅީގެ ސަބަބުން ހިތްތަކަަށް ހަމަޖެހުން ގެނުވައިދޭނެކަން ގައިމެވެ. ކަނޑުގެ ލޮނުގަޑުން ކައިވަތެއްހާވަރަށް މައްޗަށް އަރައިފައިވާ އިރުގެ ސަބަބުން ފަޒާޔަށް އެތަކެއް ކުލަތަކެއް އަރާފައިބަމުންދެއެވެ…. ސަލާމް ހުރިހާ ކިއުންތެތިންނަށް.. މީ ޙަގީގީ ހާދިސާއެއްގެ މައްޗައް ބިނާކޮއް ލިޔާ ވާހަކައެއް.. ހަމަ އެއާއެކު އަޅުގަނޑުގެ ފުރަތަމަ ވާހަކަވެސްމެ…ހުރިހާ ކިއުންތެރިންނައް […]