“ހޮސްޕިޓަލުގަ މިހުރީ. އިރުކޮޅަކުން ދާނަން ގެއަށް” ޔޫހަން ކޮންމެސް މީހަކާއި ފޯނުން ވާހަކަ ދައްކަމުން ބުންޔެވެ.ޒާރާގެ ހާލު މަޑު މަޑުން ރަނގަޅު ވަމުން އައެވެ. ނަމަވެސް ޒާރާ އަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑެތި އަސަރު ތަކެއް ކޮށްފައެވެ. ފިރިހެން ކުދިން ފެނުނަސް އަނެއް ފަރާތައް މޫނު އަނބުރާލައެވެ.ވީރާ ނުނިދާ ހުރުމުން ކިނާރާގެ އެދުމުގެ މަތިން ވީރާ ވީ ކިނާރާ މެންގެ ގެއަށް އަރާމުކޮށްލަން ގޮސްެއެވެ. ޒާރާ ގާތު އެވަގުތު ހުރީ ޔޫހަން އެކަންޏެވެ. ޔޫހަން ފެނުމުން ބިރުން ޒާރާ ފޮތިގަނޑު ދަށަށް ވަދެ ފިލީއެވެ. އެންމެ ފަހުން ޔޫހަން ކިނާރާއަށް ގުޅައިގެން ގެނައެވެ.

★ 9 ވަނަ ބައި ★

ކައިލާން ކޮޓަރިއަށް ވަދެ ޑްރެސިންގް ޓޭބަލް މަތީގައި އައިނު ބާއްވާފައި ގަމީސް ބާލާ އެއްލާލާފައި ފާހަނައަށް ވަނީ ތާޒާވެލުމުގެ ބޭނުމުގައެވެ. ރެއިން ސުރެން ނުނިދާ ހުރުމުގެ ސަބަބުން އެ ރީތި ދޮން މޫނު ވަނީ މިލާފައެވެ. ލޯ ރަތް ވެފައި ހުރުމުން ކުޑަކޮށް ލޮލުގަ ރިއްސާ ކަހަލަ ގޮތެއްވެސް ހުއްޓެވެ. ފެންވަރައިގެން ނުކުތީ އުނަގަނޑާއި ހިސާބުގައި ތުވާލި އަނދެގެން ލާނެ އެއްޗެއް ނަގާށެވެ. ފަން އިސްތަށިގަނޑު ތެމިފައި ވީ އިރު އޭނަގެ ކަސްރަތީ ހަށިގަނޑު ގައި ފެން ތިކިތައް ބަބުޅަމުން ދެއެވެ. އަލަމާރިން ސޯޓެއް ނަގާ ލައިގެން ގައިގަ ހުރި ފެންތައް ތުވާލިން ހިއްކާ ލާފައި ކައިލާން އިސްތަށިގަނޑު ގައި އަތް ހިނގާލަމުން އައިސް އެނދުމަތީގައި އޮތް އޭނަގެ ފޯނު ހިފައިގެން އޮށޯވެލިއެވެ. ވިސްނެނީ ރޭގަ ހިނގައި ދިޔަ ހާދިސާއެވެ. ޒާރާ މެން ކަހަލަ ރަށުން ބޭރު ކުއްޖަކާއި މާއިޝް ބެހޭންވީ ކީއްވެގެން ހެއްޔެވެ؟ މާއިޝް އޭނަގެ ލޯބި ހުށައެޅުމުން އެ ލޯބި ގަބޫލު ނުކުރުމުން ބާއެވެ؟ އެކި ހިޔާލުތަކުގަޢި އޮއްވައި ނިދުނު އިރެއްވެސް ކައިލާން އަކަށް ނޭނގެއެވެ.

ކާރު ބާރު ބޮޑު މަގަކުން ހެޑްސެޓް އަޅައިގެން ލަވައެއް ޖަހައިގެން ހިނގާފައި ދިޔަ ޔޫހަންގެ ސަމާލުކަން ހުރީ ކޮން ދިމާއަކަށް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ފިރިހެން ވަންތަ ހިނގުމެއްގައި ހިނގާފައި ދިޔަ އިރު ލައިގެން ހުރި ހޫޑީގެ ޒިބު ވަނީ ކުޑަކޮށް މޭމަތި ފެންނަ ވަރަށް ތިރި ކޮށްލާފަ އެވެ. މަގުމަތިން ދިޔަ ޅަ އަންހެން ކުދިންގެ ނަޒަރު ހުއްޓިފައި ހުރީ ޔޫހަން އަށެވެ. އެކަން ފާހަގަ ވުމުން ޔޫހަން ކުޑަކޮށް ހިތްހަމަވެސް ނުޖެހުނެެވެ. ކުރާނީ ވަކި ކީއްހެއްޔެވެ؟ އެއީ އެމީހުންގެ ކަމެއް ތާއެވެ. ގެއަށް ވަދެ ޔޫހަން ފުރަތަމަ ކަމަކަށް ވެސް ދިޔައީ އޭނަގެ މަންމަ އާއި ބައްޕަ ގާތު ރޭގަ އޭނަ އުޅުނީ ހޮސްޕިޓަލުގައި ކަން ބުނާށެވެ. ދޮރުގައި ތަކި ޖަހާލުމާއި އެކު އަހުމަދު ދޮރު ހުޅުވާލިއެވެ. “ދަރިފުޅު ކޮންތާކު އުޅިފަ ތިއައީ” އަތުކުރި ގަޑިއަށް ބަލާލާފައި އަހުމަދު ޔޫހަން ވަންނަން ތަން ދެއްކިއެވެ. “ބައްޕާ! މަންމާ!” ޔޫހަން ފުން ނޭވާއެއް ފަޒާގެ ތެރެއަށްދޫކޮށްލާފައި ބުނަން އައި ވާހަކަ ބުނިއެވެ. ” ރޭގަ ކީއްވެތިވާހަކަ ނުބުނީ. ބައްޕައަށް ވަރަށް ރަނގަޅަށް އިނގޭ އެ މާއިޝް. އިހަކަށް ދުވަހު ކަންނޭނގެ ބޭރުގަ އުޅިފަ އެއައީ. އެތާނގަ އުޅުނު އިރު ޑްރަގް ވެސް ބޭނުން ކުރޭ.” މިންހާ އާއި ޔޫހަންގެ ސަމާލުކަން ހުއްޓިފައި ހުރީ އަހުމަދު ދައްކަން އިން ވާހަކަ އަށެވެ. ” ދަރިފުޅު ދޭ ދެން އަރާމު ކޮށްލަން. ބަނޑު ހައި ވީމަބުނޭ އޭރުން ކާން ހަދައި ދޭނަން” ޔޫހަން ގެ ބޮލުގައި ވަރަށް ލޯބިން މިންހާ ފިރުމާލިއެވެ.

މާއިޝް ހެނދުނު އޭނަގެ އެޕާޓްމަންޓް އަށް ދިޔަ ގޮތަށް އަދި އީރަމް މެންގެ ބަޔަކަށް ނުދެއެވެ. ވީރާ އާއި ޒާރާގެ ހެދުންތައް ބަލާ އައީ އޭނަ ކޮންމެސް އިރަކު ފެނުނު މޫނެއްކަން ޔަގީނެވެ. ނަމަވެސް އެއީ ކާކު ކަމެއް އޭނަގެ ސިކުނޑި އަކަށް އުޅި އުޅިވެސް ނޭނގުނެވެ. އޭސީ ސޯޅަ އަށް ލައިފައި ހުރި އިރުވެސް މާއިޝްގެ ނިތްކުރިން ދާތިކި ބަބުޅަމުން ދިޔައެވެ. ” އަހަރެން ކޮންކަމަކާތަ ބިރުގަންނަންވީއެއް؟ މަށަށް ހަމަ ޔަގީން ޒާރާ އަށް އެކަކު ކައިރީވެސް އަހަރެން އޭނަ ރޭޕް ކޮށްލި ވާހަކަ ނުބުނާނެކަން. ބުންޔަސް ގަބޫލެއް ނުކުރާނެ ވީރާމެންނެއް.” މާއިޝް އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެ ވާހަކަ ތައް އަޑު އިވުނު ދެވަނަ ފަރާތެއް އެތާ ހުއްޓެވެ. އެކަމެއް ހުދު މާއިޝް އަކަށް ވެސް ނޭނގެއެވެ. ވީރާމެން ދިއުމުން ޔޫލީން އެކޮޓަރިއަށް ބަދަލު ވިއެވެ. ޔޫލީން، މަނާލް އަދި އީރަމް ރެއިން ސުރެއް ވީރާ އާއި ޒާރާ އަށް ގުޅޭތޯ އެތަކެއް މަސައްކަތެއް ކުރިއެވެ. ނަމަވެސް ވީރާ އަދި ޒާރާ ގެ ފޯނަށް ގުޅާ ކޮންމެ ފަހަރަކު އޮންނަނީ ހިދުމަތް ކަނޑާލާފައި ކަމަށް ބުނެއެވެ. އެކަމާ ތިން ކުދިން ވެސް ތިބެނީ ވަރަށް މާޔޫސްވެފައެވެ. މިޑް ޓާރމް ބްރޭކް ކަމުން ސްކޫލަށް ދާން ނުޖެހޭތީ ޒާރާ މެންނާއި ދިމާވާނެ އިތުރު ގޮތެއް އެކުދިންނަކަށް ނެތެވެ. އީރަމް އާއި މަނާލް ހިތްވަރު އެކު ވާލި ނަމަވެސް ޔޫލީން ނިންމައިގެން ހުރީ ޒާރާ މެން ދިޔަ ތަނެއް ހޯދާށެވެ.

ޒާރާ ކޮޓަރީގައި އޮތީ ނިކަން ބިރުންނެވެ. މާއިޝް އޭނަ އާއި ބެހުނުކަން ހަނދާން ވާއިރަށް ޒާރާ އިތުރަށް ބިރުގަނެއެވެ. ބިރުގަންނަ ވާހަކަ ކިނާރާ ގާތު ބުނަން އުޅެނިކޮށް ކިނާރާއަށް ފޯނެއް އައުމުން ބޭރަށް ދިޔަ ގޮތަކަށް އަދި ނާދެއެވެ. ވީރާ ކާގެއަށް ވަދެ ޖޫސް ތައްޓެއް ގިރާ ތައްޓަކަށް ދެ ރޮއްޓާއި ހަދާފައި ހުރި ބީންސް އަޅައިގެން ދިޔައީ ޒާރާ އަދި ނުވެސް ކައި ހުރުމުން ނެވެ. ޒާރާ އަށް ހަމަޖެހިފައި ހުރި ކޮޓަރީގެ ދޮރު ހުޅުވާލި އިރު އެއްވެސް އަލިކަމެއް ނެތެވެ. އޭސީގެ ފިނިކަން ފިޔަވައި އިތުރު އެއްވެސް ކަމެއް އިހްސާސެއް ނުކުރެވެއެވެ. ވީރާ ކޮޓަރިއަށް ވަދެ ފޯނުން އަލިކޮށް ލާފައި ކުޑަ މޭޒުމަތީ ތަށިތައް ބަހައްޓާފައި ގޮސް ބޮކި ދިއްލާލިއެވެ. އޭރު ޒާރާ ކޮޓަރީގެ އެއް ކަނުގައި އަމިއްލަ ފައި މަތީ ބޯ އަޅާލައިގެން އިނެވެ. “ދޮންތާ!” ޒާރާ އެހާލުގައި ވަނިކޮށް ފެނުމުން ވީރާގެ ހިތަށް ވަރަށް ވެސް އަސަރު ކޮށްފިއެވެ. މަންމަ އެއްގެ ލޯބި ވީރާ މިހުރިހާ ދުވަހު ހޯދަމުން އައީ ޒާރާގެ ކައިރިންނެވެ. އެންމާ ބަނޑު ދައްތަ ނަމަވެސް ވީރާ ދެކެނީ ޒާރާ އަކީ އޭނަގެ ދެވަނަ މަންމަގެ ގޮތުގައެވެ.

ނިދާފައި އޮތް ޔޫހަންއަށް ހޭލެވުނީ އިރުގެ ދޯދިތައް އޭނަގެ ލޮލަށް އެޅޭތީއެވެ. ކަންނެތް ގޮތަކަށް ހޭލާ ގަޑި ބަލާލިއިރު ހެނދުނު ނުވައެއްވެސް ޖަހާބޮޢުވެއްޖެ އެވެ. ރޭގަ އެހާ ލަހުން ނިދުނީމާ ހޭލެވުނީ ވެސް އެހާ ލަހުންނެވެ. އެނދުން ތެދުވެގެން ގޮސް ފެންވަރާލައިގެން ޔޫހަން ނުކުމެ ނަމާދުކުރިއެވެ. ނަމާދުކޮށް އަވަދިވެގެން ޗާޖަށް ޖަހާފައި އޮތް އޭނަގެ ފޯނު ނެގިއެވެ. އަދި ފޯނު ހުޅުވާލި އިރު އޭނަ ނުދަންނަ ނަންބަރަކުން އެތަށް މިސްޑްކޯލް އެއް އައިސްފައި އިނެވެ. އެކި ފިކުރުތަކާއި ހުރެ އެންމެ ރަނގަޅުވާނީ ގުޅާ ކަން އަހާލުން ކަމަށް ނިންމާ ޔޫހަން އެނަންބަރަށް ގުޅާލިއެވެ. ދެތިން ފަހަރު ރިންގް ވުމުން އެކޮޅުން ފޯނު ނަގައި ވާހަކަ ދެއްކިއެވެ. އަޑު ޖެހުމާއި އެކު އެއީ އޭނަ ދަންނަ އަޑެއްކަން ޔަގީންވިއެވެ. ނަމަވެސް އޭނައަށް ގުޅުމުން ހައިރާންވިއެވެ.

 

★ ނުނިމޭ ★

 

Note : Hi readers I’ll be uploading “haadhahaa lwbivey” next partner after Eid. 26th July 2021. Eid Mubarak in advance readers ♥️

 

 

27

3 Comments

 1. ★ Amy ★

  July 18, 2021 at 12:24 pm

  Next part* sorry for the mistake

  • Thooba

   July 19, 2021 at 12:22 am

   varah reethi mibaives but varah kuru…….yeah i will be waiting for the next episode 🙂

 2. Ra Na

  July 19, 2021 at 11:36 pm

  Vrh reethi 😂
  EID MUBARAK

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!