ދެލޯ ފުހެލުމަށް ފަހު ފޯނަށް ބަލާލި އިރު ގުޅަނީ ޔުހާންއެވެ. ވާހަކަ ދައްކާ ހިތް ނެތުމުން އަޅާނުލަ ފޯނު އޮތްގޮތައް ބޭއްވުމަށްފަހު ފާހަނަ އާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ބޯ ހިއްކަމުން ފާހަަނައިން ނިކުމެ ޝާން ހުއްޓުނީ އަލަމާރި ކުރިމަތީއެވެ. އަލަމާރި ދޮރު ހުޅުވާލުމަށްފަަހު މެންދުރު ނަމާދަށް ދިޔައިރު ލައިގެން ހުރި ޓީޝާޓާއި ޖިންސު ނަގާ ތައްޔާރު ވެލައިގެން ބޭރަށް ނިކުމެ ޔުހާން އަށް ގުޅާލިއެވެ. ޔުހާން ފޯނު ނުނެގުމުން ފޯނު ހިފައިގެން ޖޯލީގައި އޮށޯތީ ގޭމެއް ކުޅެލުމުގެ ނިޔަތުގައެވެ. އެހެން އަޮއްވައި އަސުރަށް ގޮވަން ފެށުމުން ފޯނު ޖީބައް ލަމުން ތެދުވެ މިސްކިތައް ދާން ހިނގައިގަތެވެ. ޝާން މިސްކިތާއި އަރާ ހަމަ ވި އިރު ޔުހާން މިސްކިތައް އަރާތަން ފެނުނެެވެ. އެހެންކަމުން ޝާން ވެސް އަވަހައް ވުޟޫ ކޮއްލައިގެން މިސްކިތައް އެރިއެވެ. ޝާން އާއި ޔުހާން ނަމާދުން ފޭބީ އެކުގައެވެ. ދެއެކުވެރިން ވެސް ސައިބޮއެގެން ކުޅެން ދާނެ ކަމަށް ބުނެފައި ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ޝާން ގެއަށް ގޮސް ވަތް އިރު އޭނާގެ މަންމަ ވެސް ނަމާދު ކޮއްގެން ކޮޓަރިން ނިކުންނަނީއެވެ. މަންމަ ގޮސް ބަދިގެއަށް ވަންނަމުން ސައިބޯން އަންނާށޭ ބުނުމުން ޝާން ގޮސް މޭޒު ކައިރިން ގޮނޑިއެއް ދަމާލުމަށްފަހު ސައިބޯން އިއްތިއެވެ. މަންމަ ކޮފީ ތައްޓެއް ގިރައިގެން އައިސް ޝާން އަށް ދެމުން މަޑު މަޑުން ޝާން އަށް ގޮވާލި ގޮތަކުން ކޮންމެސް ކަމެއް ގޯސް ވެއްޖެއޭ ޝާން ގެ ހަ ވަަނަ ހިއްސު ބުނަން ފެށިއެވެ. ޝާން އިހްތިޔާރު ކުރީ ހިމޭން ކަމެވެ. މަންމަ އަށް ވާހަކަ ދައްކަން ފުރުސަތު ދީގެން އިންް ކަހަލައެވެ. ” މަންމަ އަޑު އަހައިފިން ވާހަކަ އެއް” ކައިރީގައި އިން ގޮނޑިއެއްގައި އިށީނަމުން ސީމާ ބުނެލިއެވެ. ” ކޮން ވާހަކައެއް؟” ހަމަޖެހިލަމުން ޝާން އަހާލިއެވެ. ” ދަރިފުޅާ ސުރިއްޔާ ގޯތި އާލާ އާއި އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނޯ.. އެތެދެއްތަ؟”ސީމާ އަހާލިއެވެ. “މަންމަ އަށް އިނގޭނެ އެއްނު އަހަރެން އެކަހަލަ ކަމެއް ކުރާނަމަ. އެހެން ނޫނަސް އަހަރަމެން ދެމީހުން މިއީ އެކުވެރިން. އާލާ ބިޓެއް ވެސް ހުރޭ. އޭނަ ދެން އަހަރެން ދެކެ ލޮއެއްބެތް ނުވާނެ އެއްނު” މޫނުމަތީގެ އަސަރު ތައް ފޮރުވޭ ތޯ މަސައްކަތް ކުރަމުން ޝާން ބުނެލިއެވެ. “އާލާ ނުވިޔަސް ދަރިފުޅު ލޯބި ވެއެއްނު” ސީދާ ޝާން ގެ މޫނަށް ބަލަން އިނދެ ސީމާ އެހެން ބުނެލި ގޮތުން ހީވީ ދަރިފުޅުގެ އިހުސާސްތައް ދެނެގަންނަން މަސައްކަތް ކުރި ހެންނެވެ. ހިނިގަނޑެއް ޖަހާލުމަށްފަހު ކުޅެން ދަނީ އޭ ބުނެ ޝާން ކާގެއިން ނިކުތީ މަންމަ ކުރިމަތީގައި ހިތުގެ ހާލު ހާމަ ކުރަން ޖެހިދާނެތީ އެވެ.ދަރިފުޅު ނިކުމެގެން ދިޔަ ތަން ބަލަން އިނދެފައި ސީމާ ދެފަރާތަކަށް ބޯހޫރާލުމަށް ފަހު ތެދުވެ ތަށިތައް ނަގަން ފެށިއެވެ.

ވަކި ހިސާބަކަށް ދިޔަތަނާ ފެނުނު މަންޒަރަކުން ޝާން ގެ ފައި ދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ. ކުރިމަތީގައި ހުރި ފަޅުގޭގެ ފާރުގަ ލައްވެލައިގެން އެކަކު އަނެކަކު ގައިގައި ތަތް ވެގަނެގެން އެތިބީ އާލާ އާއި އަޒާންއެވެ. އެދިމާ ނުބަލަން ވެގެން މޫނު އަނބުރާލި ވަގުތު ކުރިމަތިން އާލާގެ ބައްޕަ އަންވަރު އަންނަ ތަން ފެނުނެވެ. އެމަންޒަރު އާލާގެ ބައްޕަ އަށް ފެނިއްޖެ ނަމަ ވާނެ ގޮތް އަންދާޒާ ކޮއްލެވުމުން ދެފަޔައް ލެވުނުހާ ބާރެއް ލައިފައި ޝާން ދުއްވައިގަނެގެން ގޮސް އާލާ އާއި އަޒާން ދުރުކޮށް އާލާ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ފަޅުގެ ތެރެއަށް ވެއްދިއެވެ. “ޝާން މޮޔަ ވެގެ..” އެހިސާބަށް ބުނެވުން ތަނާ ޝާން އާލާގެ އަނގަމަތީގައި އަތް އެޅިއެވެ. ވާނުވާ ނޭނގިފައި ހުރި އަޒާން ރުޅި އައިސްގެން ރޫރޫ އަޅަނީއެވެ. އަތް މުއްކަވާލާފައި ގެތެރެއަށް ވަންނަން އުޅުނު އަޒާން ހުއްޓުނީ ފަހަތުން މީހެއް ވާހަކަ ދެއްކި އަޑު އިވުމުންނެވެ. ” އަނހާ އަޒާން މިގަޑީގަ މިތާ ކީއްކުރަނީ؟” އަންވަރު އަހާލީ ހިސާބަކަށް ހައިރާން ވެފަ ހުރެއެވެ. އަންވަރުގެ އަޑު އިވިފައި ރޯމަހެއް ހެން ޝާން ގެ ކައިރިން ސަލާމަތް ވާން ތެޅެމުން ދިޔަ އާލާ ހިމޭން ވިއެވެ. ޝާން ވެސް އާލާގެ ގައިން ދޫކޮއްލާފައިި ދުރަށް ޖެހިލިއެވެ. އާލާ ކުށްވެރި އަކު ފަދައިން އިސް ޖަހާލިއެވެ. ޝާން އާލާ އަށް ފަސްދިނުމަށްފަހު ލޮލަށް ގިނަ ވަމުން ދިޔަ ކަރުނަތައް ހިނދާލިއެވެ.” އަންވަރު އާއި ވާހަކަ ދައްކަން ހުރެފައި އަންވަރު ދިއުމުން ދުވެފައި ކަހަލަ ގޮތަކަށް އައިސް އަޒާން އެތަނަށް ވަނީ އެވަގުތު އެވެ. ” ދެންވެސް ބަލާލައިގެން އުޅެއްޗޭ. މިއަދު އަަހަރެން މިގޮތައް ކަންތައް ނުކުރި ނަމަ ނޭނގެ ވާނެ ގޮތެއް ވެސް. ސޮރީ އުނދަގު ކުރެވުނީމަ” ޝާން އެހެން ބުނެފައި ހިނގައިގަތުމުން އާލާ ޝުކުރު އަދާ ކުރިއެވެ. ނަމަވެސް އަޒާން އަދިވެސް އެ ރުޅިވެރިކަން މަތީގައި ބަލަން ހުރީއެވެ.

 

ޝާން މެން ކުޅެގެން އައިސް ޝާން މެން ގޯތި ފާރު ބުރި މަތީގައި އިއްތާލިއެވެ. އޭރު ދުރުން އާލާ، އައިލާ އަދި ޒާރާ އަންނަ ތަން ފެނެެއެވެ. ” ހޫން މިޖެހުނީ އަނެއް ހަ ކަންތައް. ދެން ލާހިކެއް ނޫން މަށަށް މިތާ އިންނާކަށް” އަނގަ އަށް ވައްތަރެއް ޖައްސާލުމަށް ފަހު ޒާރާގެ ލޯބިވެރިޔާ އާސިމް އެހެން ބުނެލި އިރު ޒާރާ މެން އެމީހުން ނާއި އަރާ ހަމަ ވަނީއެެވެ. ޒާރާ އާސިމް ކައިރި އަށް ހުއްޓިފައި ބަލާލި ގޮތަކުން އާން މިދަނީ އޭ ކިޔާފައި އާސިމް ހިނގައިގަތުމުން ޔުހާން އާއި ޝާން ކައިިރިއަށް ފާޑާކަށް ހިނިއައެވެ.”ތިދެމީހުން ވެސް ހޭން ނުތިބެ ހަމަ މިހާރު ފެންވަރައިގެން ދޭ ނަމާދަށް” އާލާ އެހެން ބުނުމުން މަޖާ ވެލާފައި ޝާން ވެސް ތިޔަށް ވުރެ ލޯބިން ބުނީމަ ނޫނީ ނުދާނަމޭ ބުނެލިއެވެ. ” އެހެންތަ. ހޫމްމް ޝާން ބޭބީ ލޯބީ ދޭބަ ބަސް އަހައިގެން ނަމާދަށް” ހެމުން ހެމުން އާލާ އެހެން ބުނިއިރު ދުރުގައި އެމީހުންނަށް ބަލަން ހުރި އަޒާން އެކަކަށް ވެސް ނުފެނެއެވެ. އާލާ ބުނި ބަސްތައް އަޒާން އަށް ރަނގަޅައް ވެސް އަޑު އިވުނެވެ. ރުޅި އައިސް ރަތް ވެފައި ހުރި އަޒާން އަޑަށް ބާރު ލާފއި އާލާގެ ނަމުން ގޮވާލިއެެވެ. އާލާ ދިޔައީ ސިއްސައިގެންނެވެ. އެންމެންނަށް އެއްފަހަރާ އެދިމާލަށް ބަލާލެވުނެވެ.

އަޒާން ބާރު ހިނގުމެއްގައި އައިސް އާލާގެ ކޯތާފަތްމަތީގައި ވަރަށް ބާރަށް ޖެހިއެވެ. އަޒާން ޖެހިލެއް ބާރު ކަމުން ވަގުތުން އާލާގެ ދެލޯ ފެން ކަޅިވިއެވެ. އާލާ އަށް ތަދު ވިތަން ފެނިފައި ޝާން އަށް މަޑަކުން ނުހުރެވުނެވެ. ” އޭ އަޒާން ބުނަން ރަނގަޅު ވާހަކައެއް. އަހަރުން މީ އެކުވެރިން. އަހަރުން އެހެން ކީ މަޖަލަކަށް. އެހެންމަ ކައެއަށް ނުޖެހެ ދޯ ތިހާ ވަރެއް އަރައިގެން އައިސް އާލާގެ ގަޔަށް ބޮލަށް އަރާ އަނިޔާ ކުރާކަށް” ޝާން ވެސް ރުޅި އައިސްފައި ބުންޏެވެ. ” ކިހާ ދެރަ ކަމެއް ކަލެޔާ ހެދި. މީ މަށާ އާލާ އާ ދެމީހުން ގެ ކަމެއް. ކަލޭ ނުޖެހޭނެ ކޮންމެ ހެން މަ ކުރަން ވީ ކަންތައް ކިޔާދޭކަށް. މަ އުޅޭނި މަ ބޭނުން ގޮތަކަށް. އެއީ ކަލެޔާ ބެހޭ ކަމެއް ނޫން. މަށައް އިނގެއޭ ތިވާ ގޮތް. އާލާ އަށް އަނިޔާ އެއް ލިބުނީމަ ކައެ ދެރަވީނު. ކިތެންމެ ސިއްރު ކުރަން އުޅުނަސް މަށައް އިނގޭ ކައެ އާލާ ދެކެ ލޯބިވާ ކަން. ދެން އޮވެބަލަ އާލާ ގޮވައިގެން. މަށެއް ނޫޅެން އާލާ އާ ހެދި އެއް. މަށައް އެކަހަލަ ކިތެންމެ އާލާ އެއް ލިބޭނެ. މިއޮއް ހުރިހާ ދުހު ވެސް މަ އޭނާ އާ އެއްކޮއް އުޅުނީ ލޯބިވާތީ އެއްނޫން. މީގރ ފަހުން މަށާ އާލާ އާ އެއްވެސް ގުޅުމެއް ނޯންނާނެ އެހެންވީމަ އާލާ ދެން މަށައް ގުޅައިިގެން ނުވާނެ” އަޒާން ހުރީ ރުޅި އޭގެ އިންތިހާ އަށް އައިހެވެ. ހިތު ހުރި އެއްޗެއް ކިޔާފައި ހިނގައިގަންނަން އުޅުނު އަޒާން ހުއްޓުނީ ޝާން ގެ އަޑަށެވެ. ” އާނ އަހަރެން އާލް ދެކެ ލޯބިވޭ. ވަރަށް ބޮޑައް ލޯބިވޭ. އެންމެ ކުޑަ އިރުން ފެށިގެން ވެސް ލޯބިވޭ އަދިވެސް ވޭ ފަހުން ވެސް ވާނަން. އާލާ ދޫކޮއްލާފަ ގޮސްގެން ދެރަ ވާނި ހަަމަ ކަލެޔައް. އެކަހަލަ ކުއްޖެއް ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެ. ދޭބަލަ ކަލޭ. އާލާ ނުދާނެ ކައެ ފަހަތުން އާދޭސް ކުރަމުންނެއް” ޝާން އަށް ކިޔޭ ނުކިޔޭ ވެސް ނޭނގޭ ފަދައެެވެ. އަޒާން ނުލަފާ ހިނިގަނޑެއް ޖަހާލާފައި ހިނގައިގަތީ އެވެ.

 

ޝާން އަށް ހޭވެރިކަމެއް ވީ ދެނެވެ. ދެންމެ ކިޔުނު އެއްޗިއްސާއި ދޭތެރޭގައި ވިސްނަން ހުއްޓައި ޝާން ސިއްސައިގެން ދިޔައީ ކުއްލިއަކަށް އާާލާ އައިސް ޝާން ގެ ގައިގައި ބައްދާލުމުންނެވެ. ޝާން ވެސް މަޑުަމަޑުން އާލާގެ ގައިގައި ބައްދާލިއެވެ. ދުނިޔޭގެ ހުރިހާ ތަދަކާއި ވޭނަކަށް އާލާ ފޮރުވާލި ފަދަ އެެވެ. ދެން ދުވަހަކު ވެސް މީހަކު އަނިޔާ އެއް ދިނަކަ ނުދޭނަމޭ ބުނި ފަދަ އެވެ. އާލާ އިރުކޮޅަކު އެގޮތައް ހުރުމަށްފަހު ޝާން އާއި ދުރުވެލިއެވެ. ހަމަ ބިމަށް އާދެވުނު ކަހަލައެވެ. ދެން ކުއްލި އަކަށް ރުއިން ބާރު ވިއެވެ. އަދި ފަސް އެނބުރި ދުއްވައިގަތެވެ. “ޝާން ވީ ނީޑް ޔުއާ ހެލްޕް. އާލް އަށް ދެރައެއް ނުދެއްޗޭ. ދެން ދަނީ. ޝީ ނީޑްސް އަސް ރައިޓް ނައު” އެހެން ބުނެ އައިލާ އާއި ޒާރާ ވެސް އާލާ ދިޔަ ދިމާލަށް މިސްރާބު ޖެހިއެވެ. ޒާރާ އާލާ އަށް ދެރައެއް ނުދެއްޗޭ ބުނުމުން އޭގެން ނަގަން ވީ މާނައެއް ނޭނގިފައި ހުރި ޝާން ގެ ހިތައް އަރަމުން ދިޔައީ ދެން ވާނީ ކިހިނެއްބާ ވައެެވެ. ކޮންމެ ގޮތެއް ވިޔަސް ބޭއިޙްތިޔާރުގައި ނަމަ ވެސް އާލާ ގެ ކުރިމަތީގައިލޯބިވާ ކަން ހާމަ ކުރެވިއްޖެއެވެ. ” ހުރިހާ ކަމެއް ވެސް އޯކޭ ވާނެ. ދެން ދަނީ އިޝާ ފަހުން ޖައްސާލާނަން. ވަރަށް ލަސްވޭބަ. އެހާ ވަރަށް ކަންކަމާ ނުވިސްނާ ދެން” ޝާން ގެ ކޮނޑުގައި ޖަހާލުމުން އެހެން ބުނެފައި ޔުހާން ހިނގައިގަތެވެ.

އާލާ ގޮސް ކޮޓަރި އަށް ވަދެ ދޮރު ތަޅުލިއެވެ. ދޮރު ތަޅުލާފައި ހުރުުމުން ފަހަތުން ދިޔަ އައިލާ އާއި ޒާރާ އަށް އެތެރެ އަށް ވަދެވޭ ގޮތެއް ނުވިއެވެ. ދެމީހުން ދޮރުގައި ތަޅާ ތަޅާ ދޮރު ނުހުޅުވުމުން ބަލި ގަބޫލް ކޮއްފައި ގެއަށް ދާން ހިނގައިގަތީ އިޝާ އަށް ގޮވުމުގެ ކުރިން ގެއަށް ދާށެވެ. ޒާރާ އިޝާ ނަމާދު ކޮއްގެން ފޮތެއް ކިޔާލުމުގެ ނިޔަތުގައި ކިޔަވާ މޭޒު ކައިރީ އިއްތި ނަމަވެސް ކިޔަވާ ހިތެއް ނުވިއެވެ. އާލާ އުޅޭނީ ކޮން ހާލެއްގައި ބާވައޭ ހިތައް އަރާ ހާސް ވެވެނީ އެވެ. މިހިޔާލުގައި އެއްތާކަށް ގެއްލިފައި އިންދަައި ފޯނު ރިންގު ވާން ފެށުމުން ޒާރާ ދިޔައީ ސިއްސައިގެންނެވެ. ތެޅި ގަނެފައި ފޯނު ބަލާލި އިރު ގުޅަނީ އައިލާ އެވެ. އަވަހައް ފޯނު ނަގާ ކަންފަތުގައި ޖަހާލި އެވެ. އައިލާ ދެއްކީ ޒާރާ ވެސް ވިސްނަމުން ދިޔަ ކަންތަކުގެ ވާހަކަ އެވެ. އައިލާ ވެސް ކަންބޮޑު ވެގެން އުޅެނީ އާލާ އާއި ދޭތެރޭގައެެވެ. ” ޝާން އެބުނީ އޭނަ ލޯބިވާ ވާހަކަ. އަނެއްކަ އެ ދެމީހުން އެހާ ގުޅޭ” އައިލާ ބުނެލިއެވެ. ” އާނ. ޝާން ވަރަށް ރަނގަޅު ވެސް ވާނެ. ސީމާއްތަ ވެސް ގަބޫލް ވާނެ ކައްނޭނގެ.” ޒާރާ ވެސް އެެހެން ބުނެލީ ފޯރިި އާއި އެކުއެވެ. “އެކަމް މަށަކަށް ހިޔެއްނުވޭ އާލް އޯކޭ ވެދާނެ ހެނެެއް” އައިލާ އެހެން ބުނުމުން ޒާރާ ވެސް އާނ އެކޭ ބުނެލިއެވެ. ” ހިނގާ އާލް ގެއަށް ދާން. އޭނަ އަށް ވިސްނަދޭނި. އޭނަ ކައިރީ ބުނާނި ލޯބި ނުވިޔަސް ޝާން އާއި ރައްޓެހި ވާށޭ ފަހުން ލޯބިވެވޭނެ އޭ.. އޭރަށް އާލް އޯކޭ ވެދާނެ.” އިރުކޮޅަކު ވިސްނަން ހުރެފަ ޒާރާ ބުންޏެވެ. ” އޯކޭ މަ އެބަ ދަން ތިގެއަށް ރެޑީ ވެގެން ހުންނާތި” އައިލާ އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ޒާރާ ވެސް ތެދުވެ ގޭގައި ލާން ގެނގުޅޭ ހެދުން ބަދަލު ކޮއްލާ ކުޑަކޮށް ރީތި ވެލިއެވެ..

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!