އެތަނަށް އައި ބަޔަކުތިބީ ހުދު ގަމީހާއި ކަޅާއި ނުލުގެ ފަޓުލޫނު ލާފައި ވުމުން އޮފީހެއްގައި މަސައްކަތް ކުރާ ބައެއްކަން ހާމަވެއެވެ. އެމީހުން މައިޝާ ގޮވައިގެން އެތަނުން ދިޔަ ތަން ބަލަން ނިހާލް އަށް ހުރެވޫނީ މޫނު މައްޗަށް ރުޅިވެރިކަން ވެރި ކުރުވައިގެންނެވެ.

 

***************

ހިޔާލު ތަކުގައި އޮތް މައިޝާއަށް ހޭވެރިކަން ވީ ފަތިސް ނަމާދަށް ބަންގި ގޮވުމުންނެވެ. ހިޔާލު ތަކުގައި އޮތުމުން ގަނޑި ހިނގައި ދިޔައި ގޮތްވެސް އޭނާއަށް ނޭނގުނީއެވެ. އަވަސް އަވަހަށް ތެދުވެ ފާޙާނާއަށް ވަނީ ހިތަށް ކުޑަނަމަވެސް ތަސައްލީ އެއް ލިބޭތޯއެވެ. ފާޙާނާ އިން ނުކުމެ އަލަމާރިން ކަޅު ދިގު ހެދުމެއް ނަގާ ލުމަށް ފަހު އަވަސް އަވަހށް އިސްޓާކީނަކާއި ބޮޑު ދޮޅިއެއް އެލުމަށް ފަހު ކަބަޑަކުން މުސައްލައެއް ނަގައިގެން ފަތިސް ނަމާދު ކޮށްލިއެވެ. ނަމާ ދު ކޮށްލުމުން ކުޑަނަމަވެސް ހިނހަމަޖެހުމެއް ލިބުމުން އެނދުގައި ޖައްސާލީ ރޭ އެއްކޮށް ނުނިދާ ހުރުމުގެ ސަބަބުންނާއި ބޮލުގައި އުފެދިފައިވާ ރިހުމަށް ކުޑަ ލުޔެއް ލިބޭތޯއެވެ. އެނދުގައި އޮށޯވެލުމާއި އެކު މައިޝާގެ ލޮލަށް ނިދި ސަވާރު ވީ ސުކުންތު ކޮޅެއް ތެރޭ ގައެވެ.

ވަރުބަލި ކަމާއި އެކު ދެލޯ ހުޅުވާލަމުން މައިޝާ އެނދުމަތިން ތެދުވިއެވެ. އަދި ފާހާނާ އަށް ވަނީ ފުދޭވަރަށް އަލި ވެލާފައި އޮތުމުންނެވެ. ފާހާނާއިން ނުކުތް އިރު މައިޝާގެ މޫނުމަތިން ތާޒާކަން ފެންނަން ހުއްޓެއް ކަމަކު އެމޫނުމަތިން އެއްވެސް އުފަލެއް ފެންނާކަށް ނެތެވެ.

އެއްޗިހި ބަދަލު ކޮށްލަމުން މައިޝާ ކާގެއަށް ވަނީ ސައިތައްޔާރު ކުރާށެވެ. ނަމަވެސް، ބަދިގެއަށް ވަން އިރު މޭޒު މަތީ ހުރި ރިހަ ތައްޓާއި ރޮށި ތަށި ފެނުމުން މައިޝާގެ ހިތުގައި ސުވާލު އުފެދުނެވެ.

“އީތަން ތަ އަނެއްކާ ކެއްކީ؟؟ އަނެއްކާ މެއިޑެއް އުޅެނީތަ؟؟ އުހުން އެހެންނޫނީ ކުރިން ވެސް ފެންނާނެ!!! ދެން އެކަމުން…؟؟؟!!!” މައިޝާ މޭޒު މަތީ އަތުރާފަ ހުރި ކާއެޗިސް އަށް ބަލަމުން ހިތާހިތާ ސުވާލު ކޮށްލިއެވެ. ޖަވާބު ނުލިބި އެތަކެއް ސުވާލެއް މައިޝާގެ ސިކުނޑި ތެރެ ހަލަބޮލި ކޮށްލުވައިފިއެވެ. ފަހަތުން ދޮރެއް ހުޅުވުނު އަޑަށް ސިހިފައި ފަހަތް ބަލައިލެވުނީވެސް އެހެން ވެއެވެ. ކޮޓަރިން ނުކުތް އީތަން ފެނުމުން ކާއެއްޗިސް އާއި ދިމާލަށް ބަލާލަމުން ދެން އީތަން އާއި ދިމާލަށް ބަލާލީ ސުވާލުވެރި ނަޒަރަކުންނެވެ.

 

އޮފީހަށް ދާން ތައްޔާރުވެގެން ކޮޓަރިން ނުކުންނަން ދޮރު ހުޅުވާލި ގަޑީ ބަދިގެ މޭޒުކައިރީ ހުއްޓިލައިގެން ހުރި މައިޝާ ސިހިފައި ބަލައިލިގޮތުންނާއި އެމޫނުމަތިން ފެންނަމުން ދިޔަ ސުވާލުވެރި ނަޒަރުންނާއި، މޭޒުމަތީގައި އަތުރާފަ ހުރި ކާއެއްޗިއްސާއި ދިމާލަށް ބަލާލި ގޮތުން އެ އެއްޗިސް ކެއްކީ ކާކާއި މެދު މައިޝާ ސުވާލު އުފެދިފައިވާކަން އެނގެއެވެ.

 

 

” އަމްމް… އިނގޭ ސުވާލު އުފެދޭނެ ކަން… ހެހެ… އަމްމް.. ކޮއްކޮ.. ގެންނާނެ ކޮންމެ ދުވަހަކު ތިން އިރު ކެއުން ދެން މިއަދު އަހަރެން ބުނިން ކުޑަކޮށް އިތުރަށް ގެންނަށްޗޭ… ދެން މައިޝާ އަދި ސްޓޭބަލް ނޫން ވީމަ އަހަރެން ބޭނުމެއްނޫން މައިޝާ އަދި މަސައްކަތް ކޮށް ހަދާކަށް… އެންޑް މިއޮތީ ފޯނެއް މީގަ އަނެއްހެން އިންނާނީ ދެ ނަމްބަރު ސޭވް ކޮށްފަ އެއީ އަހަރެންގެ ނަމްބަރާއި ކޮއްކޮގެ ނަމްބަރު… އެއްވެސް ކަމަކަށް ބޭނުން ނަމަ ދެމީހުން ކުރެ ކޮންމެވެސް އެކަކަށް އަންގާލާ…!!” އީތަން ޝޫރެކުން ބުޓުނަގާފަ ޖީބުން ފޯނެއް ނަގާ މައިޝާ އަށް ދިއްކުރަމުން ވާހަކަ ދެއްކިއެވެ. ބުނާނެ އިތުރު އެހެން އެއްޗެއް ނޭނގުމުން މައިޝާ ބޯޖަހާލި އެވެ.

“މައިޝާ ސައިބޮއެގެން ރެސްޓް ކޮށްލާ ދެން… އާނ ހަވީރު އެބައިން އެޕައޮއިންޓްމެންޓެއް މައިޝަ ޑޮކްޓާރަށް ދައްކަން… ކޮއްކޮ އަންނާނެ މެންދުރު ކާއެއްޗިސް ހިފައިގެން… އެހެން ވީމަ ކައްކާކަށް ނުޖެހޭނެ… ސޯ ކުރިންވެސް ބުނިހެން އެއްވެސް ކަމަކަށް ބޭނުން ނަމަ ދެމީހުން ކުރެ ކޮންމެވެސް އެކަކު ކައިރީ ބުނެލާ… މީ ބީރައްޓެހިން ކަމަށް ހިނުކުރައްޗޭ… ކޮންސިޑަރ އަސް އޭޒް ޔުއަރ ފްރެންޑްސް… އިނގޭ…” އިތަން ބޫޓަށް އަރާ ނިމިގެން އެޕާރޓްމަންޓްއިން ނުކުންނަމުން ބުނެލިއެވެ. އަދި މައިޝާ ބޯޖަހާލުމުން ބަދަލުގައި ބޯޖަހާލުމަށްފަހު ނުކުމެގެން ދިޔައީ އެވެ. ސައިބޯހިތް ނެތުމުން ސޯފާގައި އޮށޯވެލި ނަމަވެސް ހައިވުމުން ތެދުވީ ކުރިމަތީ ހުރި ގަޑިން ދިހަ ގަޑި ބައިވާން ކައިރިވެފައި ހުރުމުންނެވެ. މެންދުރަށް ބަންގި ގޮވުމުން ފެނަވަރައިގެން ނަމާދު ކުރުމަށްފަހު ނުކުތީ ބޭރު ދޮރުގައި މީހަކު ޓަކި ދިނުމުންނެވެ.

 

އީތަންގެ ކޮއްކޮ ކާއެއްޗިސް ހިފައިގެން އައިއޭ ހިތާ އަވަސްވެގަތީ ދޮރު ހުޅުވާށެވެ. އެހެނަސް ދޮރު ހުޅުވާލި ވަގުތު ބޭރުން ދޮރު ކުރިމަތީ ހުރި ކުއްޖާ ފެނި މައިޝަގެ ހައިރާން ކަން އިތުރު ވިއެވެ. ހަމަ އެއާއި އެކު އެ ބޮޑު ދެލޮލަށް ކަރުނަ ޖަމާވެގަތެވެ.

 

ބޮޑަށް ހުންނަ ދޮންތަ ނިޔާވުމުން ދޮންތަގެ ފިރިމީހާ އަށް ކާއެއްޗިސް ހިފައިގެން ދިޔަ އީމާ އެޕާރޓްމަންޓް ދޮރުގައި ޓަކި ޖަހާލުމަށް ފަހު މަޑު ކޮށްލީ އެތެރެއިން ދޮރު ހުޅުވަންދެކަށެވެ. އީތަން މިގަޑީ ހުންނާނީ އޮފީހުގައި ކަމަށް ވިޔަސް އޭނާގެ ބެލުމުގެ ދަށުގައި އަންހެން ކުއްޖަކު ހުރި ކަމަށް ބުނުމުން އެކުއްޖަކު ދޮރު ހުޅުވަންދެން މަޑުކޮށްލީއެވެ.

މާކަށް ގިނަ އިރު މަޑުކުރަން ނުޖެހި އެތެރެއިން ދޮރު ހުލުވުމުން އީމާ ދޮރު ކުރިމައްޗަށް އެރީ އެ ކުއްޖަކީ ކާކު ތޯ ބަލާލުމަށެވެ. އެހެން ނަމަވެސް ކުރިމަތީ ހުންނާނީ މައިޝާ ކަމަށް އެއްވެސް ގޮތަކަށް އޭނާ ހިޔާލެއް ނުކުރެއެވެ. ރޭގަ ނިހާލް އާއި އެކު މައިޝާ މާލެ ދިޔައީ ސަލާމަތުން ހުރެއެވެ. އެހެންނަމަވެސް މޫނުމަތިންނާއި ތަންތަނުން މަށާއިގެން ގޮސްފައި ހުރުމުން އެ ތަންތަން ވަނީ ރަތްވެފައެވެ. ބައެއް ތަންތަން ހުރީ ނޫފައިގަންފައެވެ.

މައިޝާ ފެނުމުން އީމާގެ ދެލޯ ކަރުނުން ބަރާ ވީ އެކުވެރިޔާ ހުރި ހާލަތު ފެނުމުން ނެވެ. މައިޝާ އަށް ވެސް އީމާ ފެނުމުން ދެލޯ ފެންކަޅިވި ތަން ފެނި އީމާ ވަގުތުން އެތެރެ އަށް ވަދެ މައިޝާގެ ގައިގައި ބައްދާލިއެވެ. ހަމަ އެހިނދުން މައިޝާގެ ބަޑި ފަޅައިގެން ދިޔައެވެ.

 

އެތަށް އިރެއްގެ މަސައްކަތުން މައިޝާ ހަމަޔަކަށް އެޅުނު އިރު އެ ދެލޯ ރަތް ކަމުން ހީވަނީ ލޭ ކޮޅެއް ހެންނެވެ. ދިގު އެސްފިޔަ ތަށް ވެސް ހުރީ ތެތްކޮށްނެވެ. މުޅި މޫނު އެއްކޮށް ރަތްވެފަވާއިރު ތުންފަތް ވެސް ގިނައިރު ރުއިނުގެ ސަބަބުން ވަނި ހިކިފައެވެ. އޭރުވެސް މައިޝާ އަށް ދިޔައީ ގިސްޖެހެމުންނެވެ.

މައިޝާ ހަމަޔަކަށް އެޅުނު ވަގުތު ވީ އީތަން ވެސް ބްރޭކަށާއި މައިޝާ ގޮވައިގެން ޑޮކްޓަރަށް ދައްކަން އައި ވަގުތަށެވެ. މައިޝާ އިން ހާލު ފެނުމުން އީމާ ކައިރި ސުވާލު ކޮށްލުމުން ކުރު ގޮތަކަށް އީމާ ކަން ހިގައި ދިޔަ ގޮތް ކިޔައި ދިނެވެ އެހެން ނަމަވެސް މައިޝާ އާއި ނިހާލް އާއި ދެމެދު ހިނގި އެއްވެސް ކަމެއް ނޭނގޭތީވެ އެވާހަކަ ނުދައްކާ ބޭއްވީ މައިޝާ އަމިއްލަ އަށް ކަން ހިގ ގޮތް ކިޔައިދޭން އެއްބަސް ވުމުންނެވެ.

 

ގިސްލަ ގިސްލާ ރޮވޭ ހާލު މައިޝަ ނިހާލް އާއި އޭނަ ދެމެދު ހިނގި ކަންތަކާއި ނިހާލް މާހިލް އަށް ކުރި އަނިޔާ ތަކުގެ ވާހަކަ އާއި މާހިލް މަރާލި ކަމަށް އެއްބަސް ވީ ވާހަކަ އާއި އެހެނިހެން ހުރިހާ އެއްޗެއްވެސް މައިޝާ އީތަން އާއި އީމާ އަށް ކިޔައިދިނެވެ.

 

~ނުނިމޭ~

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!