އެމީހުން ލޮލުކޮޅަށް ގޮސް އޮބާލުމުން ރިއާޝް ތެދުވިއެވެ. “މަންމާ.. އޯކޭތަ ނައި ގޮވައިގެން ހިނގާލަން ދިޔަސް..؟ ވަރަށް އަވަހަށް އަންނާނަން.. ޕްލީޒް..” ރިއާޝް ނިޝާ ކައިރިން ހުއްދަ އަށް އެދުނެވެ. ނިޝާގެ ހުއްދައާ ނުލާ ނައިރާ ގޮވައިގެން އެއްވެސް ތަނަކަށް ދާކަށް ރިއާޝްް ބޭނުމެއް ނުވެއެވެ. ނިޝާ ހީލާފައި ބޯ ޖަހާލީ ރިއާޝްއާ ދޭތެރޭ އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. ރިއާޝް ހީލާފައި ނައިރާގެ އަތުގައި ހިފައިން އަތިރިމައްޗާ ދިމާއަށް ހިނގައިގަތުމުން ރައިޝާ ތުންކޮޅު އޫކޮށްލިއެވެ. “މަންމީ.. އައި ފީލް ސޯ ސިންގްލް ރައިޓް ނައު..” ނައިރާ ކުސްތަޅާލި ގޮތުން ނުހާމެން ކައިރިއަށް ހިނި އައެވެ. “ޑޯންޓް ވޮރީ ދޫނި.. ޔޫ ވިލް ފައިންޑް ދަ ރައިޓް ވަން ސޫން، އިންޝާ ﷲ..” ނުހާ ރައިޝާގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު މާއިޝްގެ އެ ހިތްގައިމު ސޫރަ ރައިޝާގެ ހިތުގައި ކުރެހުނެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެވުނު އިރު، އޭނާގެ ލޯބި ޙާސިލްވޭތޯ ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުނެވެ.

*******

ރާޅު ޖަހާ ފަށުގައި އަތާއަތް ގުޅާލައިގެން ހިނގަމުން ދިޔަ ނައިރާ އަދި ރިއާޝް ދިޔައީ ތަފާތު ވާހަކަތައް ދައްކަމުންނެވެ. ހަނދުވަރުގެ ރިހި އަލީގައި ތިބެގެން މަޑުމަޑުން ދޮންވެލިގަނޑަށް ބީއްސަމުން ދާ ރާޅުތަކުގެ ފިނިކަން އިޙުސާސް ކުރަމުން، މި ދެ ލޯބިވެރިން ހޭދަކުރަމުން މިދާ ފޮނި، އުފާވެރި ވަގުތުތައް މާޒީވާނެކަން ގައިމެވެ. “އާޝް..” ނައިރާ މަޑުމަޑުން ގޮވަލީ ރިއާޝްގެ ސަމާލުކަން ހޯދުމަށެވެ. ބަދަލުގައި ރިއާޝް ހޫމް ލައްވާލަމުން ނައިރާގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. “އެބައޮތް ރައިގެ ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ.. އާޝް ކައިރި ކޮންމެހެންވެސް ބުނަން ޖެހޭ ވާހަކައެއް..” ރިއާޝްގެ އެ ކަތި ނަޒަރުން ލަދުގަންނަ ގޮތް ވި ނަމަވެސް، ނައިރާ އޭނާގެ ބޭނުން ހާމަކުރިއެވެ. “ހޫމް.. ބުނެބަ..” ރިއާޝްގެ ޖަވާބާއެކު ނައިރާ ފުން ނޭވާއެއް ދޫށްލިއެވެ. އަދި ދޮންވެލިގަނޑު މަތީ އިށީނދެލާ، ރިއާޝްއަށްވެސް އިށީނުމަށް އިޝާރާތް ކޮށްލިއެވެ.

“އާޝް.. ރައި ހޭވް ސަމްވަން ހުމް ޝީ ލަވްސް..” ނައިރާ ބުނެލީ ރިއާޝްގެ އަތަށް ފިތާލަމުންނެވެ. ނައިރާގެ އެ ކުއްލި ޖުމުލައިން ރިއާޝްއަށް ލިބުނު ހައިރާންކަމުގެ ހެއްކަކީ އެވަގުތު ރިއާޝްގެ މޫނުމައްޗަށް އެރި ކުލަވަރުތަކެވެ. “ވަޓް..؟ ރާރާ..؟؟ ރާރާ މީހަކު ދެކެ ލޯބިވީ..؟ ކިހިނެއް..؟ ކޮންއިރަކު..؟ ކާކު..؟ އެކަމް ހާދަ ހީނުވޭ…” ރިއާޝް އެއްފަހަރާ ސުވާލުތައް އަމުނާލިއެވެ. “ޔެސް.. އެއީ އަހަރުން ކްލާސް ކުއްޖެއް.. އެއީ.. އަނޭ.. އަމްމް.. ކިހިނެއް ކިޔައިދޭނީވެސް…” މާއިޝް ސިފަކޮށްދޭނެ ގޮތެއް ނޭނގިގެން ނައިރާ ނިޔަފަތި ހަފަން ފެށިއެވެ. “ދެން ކޮންމެސް ގޮތަކަށް ކިޔައިދީބަ..” ރިއާޝް އިނީ ކެތްތެރިކަން ކުޑަވެފައެވެ. “ނަމަކީ މާއިޝް.. ނޮވެމްބަރ މަހުގެ އިލެވެންތްގަ އެއިޓީން ވީ.. އެވްރެޖް ސްޓޫޑެންޓް އެއް.. ދެން ހުންނާނީ ދޮންކޮށް، ދިގުކޮށް، ފަން އިސްތަށިގަނޑެއް ލާފަ.. ދެން ބްރައުން ކުލައިގެ ލޮލެއް.. ހީ އިޒް ހޭންސަމް އަނެއްހެން ބުނަންޏާމުން.. މީ.. އާޝްއަށް އިނގޭތަ އަމާން.. މުޙައްމަދު އަމާން.. އެޕިކް ކޮންސްޓްރަކްޝަން ގެ ސީ.އީ.އޯ.. މާލޭގެ ބިލްޑިންގްސްގެ އިތުރުން ރިޒޯޓްތަކާ ދެތިން ރަށެއްގަވެސް ހުރޭ ގެސްޓްހައުސް.. ހީ އިޒް ރިޗް.. މާއިޝް އަކީ އޭނަގެ ދެވަނަ ދަރިފުޅު..” މާއިޝްއާ ބެހޭގޮތުން ނައިރާއަށް އިނގޭ މިންވަރަކުން ރިއާޝްއަށް ކިޔައިދެމުން ދިޔައެވެ. ޝައުޤުވެރިކަމާއެކު އަޑުއަހަމުން ދިޔަ ރިއާޝް ބޭނުންވީ އެމީހެއްގެ ފަތިފުށް ރަނގަޅަށް ހޯދާ ބަލާށެވެ. އޭނާގެ ކޮއްކޮ ފިރިހެނެއްގެ އަތްމައްޗަށް ދޫކޮށްލުމުގެ ކުރިން އެއީ އިތުބާރު ކުރެވޭ މީހެއްތޯވެސް ބަލަން ޖެހޭނެނޫން ހެއްޔެވެ؟ ގޮތް ނޭނގޭ މީހަކާ ތިމާގެ ކޮއްކޮ ހަވާލު ކުރަން ބޭނުންވާނީ ކޮން ބޭބެއެއް ހެއްޔެވެ؟

“ޑޯންޓް ވޮރީ އާޝް.. މާއިޝް އަކީ ވަރަށް ރަނގަޅު ކުއްޖެއް.. އައި ނޯވ އަ ލޮޓް އެބައުޓް ހިމް.. ބަޓް އޭނަގެ ފެމިލީ އެހާ ރަނގަޅަކަށް ނޭނގޭ.. އޭނަ އަބަދުވެސް ދައްކާނެ މަންމައާ ދޮންތައާ ކޮއްކޮގެ ވާހަކަ.. ބަޓް ހީ ނެވަރ ޓޯކްޑް އެބައުޓް ހިޒް ޑޭޑް.. ދެން ނައި އަކަށްވެސް ނުކެރެ އަހާކަށް.. އެންޑް އައިލް ނީޑް ޔުއަރ ހެލްޕް.. މާއިޝް ބޭނުންވޭ ވަރަށް އަވަހަށް ރައިއަށް ޕްރޮޕޯޒް ކުރަން.. އާޝް ބޭނުންވާ ވަރަކަށް އޭނައާ ބެހޭ ގޮތުން އިންފޮރމޭޝަން ހޯދާފަ ވިޔަސް އޯކޭ.. ނައިއަށް އަންގާލާތި.. ނައިވެސް ބޭނުން ވީހާވެސް އަވަހަކަށް ރައިގެ ކަންތައް ނިންމަދޭން.. އައި ވޯންޓު ސީ ހަރ ހެޕީ..” ރިއާޝް ހާސްވެފައި ހުރިކަން އެނގުމުން ނައިރާ ރިއާޝް ހަމައަކަށް އަޅުވާލަން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެރޭ ދިހައެއް ޖެހި އިރުވެސް، ދެމީހުންނަށް ގޮނޑުދޮށުގައި ތިބެވުނީ ވަގުތު ދިޔަ ގޮތްވެސް ނޭނގިފައެވެ.

“ނައީ.. ދެން ހިނގާ ދާން.. ދިހައެއްވެސް ޖަހައިފި މިހާރު.. މަންމަމެން ހޯދާނެ މިހާރު..” ގަޑި ހިނގާ ދިޔަ ގޮތްވެސް ރިއާޝްއަށް އެނގުނީ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލެވުމުންނެވެ. ނައިރާވެސް އަވަހަށް ތެދުވެ ހެދުން ފޮޅާލާފައި ފައިވާނަށް އަރާލިއެވެ. ރިއާޝްއާ އެއްކޮށް އެއްގަމަށް އަރަން ހިނގައިގަތީ ލަސްވެފައި ހުރުމުންނެވެ.

*******

ކޮޓަރި ދޮރާ އަރާ ހަމަވެފައި ނައިރާ ރިއާޝްއާ ދިމާލަށް ބަލާލިއެވެ. “ލަވް ޔޫ.. ގުޑް ނައިޓް..” ނައިރާގެ އަތަށް ފިތާލަމުން ރިއާޝް ބުނެލި ގޮތުން ނައިރާއަށް ލަދުން އިސްޖަހާލެވުނެވެ. “ލަވް ޔޫ ޓޫ.. ނައިޓް..” އެހެން ބުނެލުމަށްފަހު ނައިރާ އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ރިއާޝްވެސް ބޯ ކަހާލާފައި ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހި އިރު އެ ތުންފަތުގައި ކުޅެލާފައިވަނީ ލުއި ހިނިތުންވުމެކެވެ.

*******

ކޮޓަރިއަށް ވަތް ނައިރާ ހުރީ ރިއާޝްއާ ހުރިހާ ވާހަކައެއް ހިއްސާކޮށްލެވުމުން ނުހަނު ހިތްހަމަ ޖެހިފައެވެ. ދެން ރައިޝާއާއި މާއިޝް ގުޅެން މާ ގިނަ ދުވަހެއް ނެތުމުން ނައިރާގެ ހިތަށް ލިބިފައިވަނީ ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. ރައިޝާ ކޮޓަރީގައި ނެތުމުން ވަށައިގެން ހޯދާލުމަށްފަހު ނައިރާ ދަބަހުން ނިދާ ހެދުން ނަގަން ދިޔައީ ރައިޝާ ފާޚާނާގައި ލަވަ ކިޔާ އަޑު އިވުމުންނެވެ. އެއީ ރައިޝާގެ އާދަކަން އެނގުމުން ބޯހޫރުވާލާފައި ނައިރާ ގޮސް ދަބަހުން ނޫކުލައިގެ ޖަރޒީއަކާއި ކަޅުކުލައިގެ ބޮޑު ހަރުވާޅެއް ނަގާ، ފާޚާނާއަށް ވަންނަން ތައްޔާރ ވެލިއެވެ. އެވަގުތު ފާޚާނާ ދޮރު ހުޅުވުނު އަޑާ އެއްކޮށް ރައިޝާ ލަވަ ކިޔާ އަޑު އިވުމުން ނައިރާ ފާޚާނާއާ ދިމާލަށް ހިނގައިގަތެވެ.

“ސާބަސް ރައީ.. ތި ލަވަ ކިޔުން އިހަށް ހުއްޓާލަބަލަ.. ޕްލީޒް ސްޕެއާރ މައި ބިއުޓިފުލް އިއަރސް.. ޔޫ އަރ ގޮނަ މޭކް މީ ޑެފް!” ފާޚާނާއަށް ވަންނަމުން ނައިރާ ބުނެލިއެވެ. “އޯހ މެޑަމް.. މަގޭ ލަވަ ކިޔުން ނުލާހިކު ރީތިވާނެ އިނގޭ.. ޑޯންޓް މޭކް ފަން އޮފް މައި ޕިޔުރ ޓެލެންޓް.. އިޓްސް އަ ގޯޑް ގިފްޓް ޔޫ ނޯ.. ހަހް.. ސޯ އަންގްރޭޓްފުލް..” ނައިރާ ދޮރު ޖެހުމުން ރައިޝާ ގޮސް ރީތިވާން ފެށިއެވެ. އެ ދިގު އިސްތަށިގަނޑު ރޫޅާލުމަށްފަހު ފުނާއަޅާލާފައި، ދޫކޮށް އައްސާލިއެވެ. މޫނުގަޔާއި، ގައިގައި ނައިޓް ކްރީމް އުނގުޅާލުމަށްފަހު ވާހަކަ ފޮތެއް ހިފައިގެން ރައިޝާ އެނދަށް އެރިއެވެ. ފާޚާނާއިން ނުކުތް ގޮތަށް ނައިރާވެސް ރީތިވެފައި އޮށޯތީ ނިދާށެވެ. މުޅި ދުވަހު އެއްކޮށް ދުވެދުވެފައި އުޅުމުން ވަރުބަލި ވެފައި ތިބުމުން ދެކުދިންނަށްވެސް ނިދުނީ ނިކަން އަވަހަށެވެ. ދެކުދިން އެކީ ހުވަފެނީ ޢާލަމަށް ދަތުރު ކުރަމުން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

*******

ކާރުން ފައިބައިގެން އައިސް ގެއަށް ވަތް ގޮތަށް ރައިޝާ އަވަސްވެގަތީ ކޮޓަރިއަށް ވަދެ ފެންވަރާލާށެވެ. އަދިވެސް ދަތުރު ވަރުބަލިވެފައި ހުރުމުން ނިދާލަންވެސް ރައިޝާ ހުރީ ނުހަނު ބޭނުންވެފައެވެ. ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހި ރައިޝާގެ ލޮލުގައި ރިއާޝް އަޅައިގަތެވެ. ސޯފާގައި އިށީނދެގެން އިނދެ ފޯނުން މީހަކާ މެސެޖު ކުރަމުން ދިޔަ ރިއާޝްގެ ތުންފަތުގައި ވި ރަކި ހިނިތުންވުން ފެނި، ރައިޝާއަށް ރިއާޝް މެސެޖު ކުރަނީ ކާކާކަން ރޭކާލިއެވެ. ލާނެތް ހިނިތުންވުމަކާއި އެކު، ފައިގެ އިނގިލި ތަކުގެ ކުރި ޖައްސަމުން މަޑުމަޑުން ހިނގަމުން ގޮސް ރައިޝާ ސޯފާ ކައިރި ހުއްޓިލުމަށްފަހު ސިއްރުސިއްރުން ރިއާޝްގެ ފޯނަށް ނަޒަރު ހުއްޓާލިއެވެ. ރިއާޝޥްއާއި ނައިރާ ކުރމުން ދިޔަ މެސެޖުތައް ފެނި، ހިނި އަންނަ ގޮތް ވި ނަމަވެސް، ރައިޝާ ހުނުން ހިންދާލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، އެކަން ކާމިޔާބުވީ އެންމެ ދެތިން ސިކުންތަށެވެ. ރައިޝާގެ ހިނިގަނޑު ފަޅައިގެން ދޔަ އިރު ސޯފާ މައްޗަށް ވެއްޓިގަނެވުނެވެ.

“ބަލަ ސިއްރުސިއްރުން އައިސް މީސްމީހުންގެ މެސެޖުތައް ކިޔަނީ ކީއްވެގެންތަ..؟ އޭނނ..! ދެން ކޮންކަމަކާ ތި ހެނީ..؟ މިތާނގަ މީހަކު ޖޯކެއް ކީތަ..؟” ރިއާޝް އެހެން ބުނެލި ގޮތުން ރައިޝާގެ ހުނުން ވީ އިތުރެވެ. އެހެންނަމަވެސް، ހުނުން މައިތިރި ކޮށްލާފައި، ރިއާޝްއަށް ޖަވާބުދިނެވެ. “އެޔޮށް މެސެޖުތަކެއް.. ޗީޗީ.. ސޯ ޗީޒީ.. ޔަކް..! ތިވައްތަރަށް މީހުންނާ މެސެޖު ކުރަން ޖެހެންޏާ މަ ދުވަހަކުވެސް މީހަކާ ރައްޓެއްސެއް ނުވާނަން..! ޖަސްޓް ޔަކް..!” ދެލޯ މަރާ ބާރުކޮށްލަމުން މޫނަށް ވައްތަރެއް ޖައްސާލަމުން ރައިޝާ އެހެން ބުނެލި ގޮތުން ރިއާޝްއަށް އިތުރު ފޯރިއެއް އެރީ ކަންނޭނގެއެވެ.

“އޭ ބްރޯ.. މަ ބަލާނަމޭ އަދި ކިހާ ދުވަހެއް ވަންދެން ރާރާއަށް މީހަކާ ރަށްޓެހި ނުވެ ހުރެވޭތޯ.. ހަމަ ގައިމުވެސް މާއި-” އެހިސާބަށް ބުނެލުމަށްފަހު ރިއާޝްއަށް ހުއްޓާލެވުނީ ބުނަން ނުވާ ވަރުގެ އެއްޗެއް ބުނެވިގެން އުޅޭ ފަދައިންނެވެ. ރައިޝާގެ ދެލޯ ބޮޑުވިތަން ފެނި، ރިއާޝް އަވަހަށް ދަބަސް ނަގައިގެން ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީ ރައިޝާގެ އިތުރު ސުވާލެއް ފެންމަތި ވެދާނެތީއެވެ.

ރިއާޝް “މާއި” އޭ ބުނެފައި ހުއްޓާލި ގޮތުން ރައިޝާގެ ބޮލުގައި ސުވާލުމާކެއް އެޅުނު ކަހަލައެވެ. ރިއާޝްއަށް އަނެއްކާ މާއިޝްއާ ބެހޭގޮތުން ޝައްކުވީ ބާވައޭ ހިތަށް އެރިއެވެ. ނޫނީ މާއިޝްއާ ބެހޭގޮތުން އެނގުނީ ބާވައެވެ؟ ކޮންމެ ގޮތެއް ވިޔަސް، ރިއާޝްއަށް އެ ހުރިހާ ކަމެއް އެނގުނު ގޮތެއް އޮންނަން ޖެހޭނެ ނޫންހެއްޔެވެ؟ އަނެއްކާ ނައިރާ ބުނީބާވައެވެ؟ ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ނައިރާއެއް ނުބުނާނެއެވެ. ރިއާޝް ބުނަން އުޅުނީ އެހެން އެއްޗެއް ކަމަށްވެސް ވެދާނެއެވެ. މިވަގުތު ވަރުބަލިވެފައި، ބޮލަށް އެނބުރުން އަރާފައި ހުރުމުން ރައިޝާ އެކަންތައް ބޮލުން އެއްފަރާތް ކޮށްލާފައި، ކޮޓަރިއަށް ވަތް ނަމަވެސް، އަދިވެސް ހިތުގެ އެއް ކަނެއްގައި ރިއާޝް ބުނަން އުޅުނު ޖުމްލަ ފޮރުވިފައި ވިއެވެ.

*******

އެނދުމަތީގައި ޓީވީ ބަލަން އޮތް މާއިޝްގެ ނަޒަރު ޓީވީއިން ކަސިޔާރުވީ އޭނާގެ ފޯނަށް މީހަކު ގުޅާ އަޑު އިވުމުންނެވެ. ގުޅަނީ ނައިރާކަން އެނގުމުން މާއިޝް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. “މާއިޝް.. ރިއާޝް ބޭނުންވެޔޯ މާއިޝްއާ މީޓް ކޮށްލަން.. މިރޭ ނައިންގަ ސެންޓްރަލް ޕާރކް އިން އޯކޭ ހެއްޔޯ..؟ މާއިޝް.. މާއިޝްއަށް ރައިއަށް ޕްރޮޕޯޒް ކުރެވެން އޮތީ ފުރަތަމަ ރިއާޝްއާ މީޓްކޮށްގެން.. ރިއާޝްއާ މީޓްވިހާ އަވަހަކަށް މަ ހުރިހާ ކަމެއް ނިންމާނަން.. އޯކޭ ދޯ..؟” މާއިޝްއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ، ނައިރާ ހުރިހާ އެއްޗެއް އަމުނާލިއެވެ. “ހޫމް.. އޯކޭ.. މިރޭ އެއިޓްގަ ސެންޓްރަލް ޕާރކަށް މަ ދާނަން.. ނައީ.. އެހެން ހުރިހާ ކަމެއް ނިމިއްޖެތަ..؟” މާއިޝް އަހާލިއެވެ. “ޔެސް.. ހުރިހާ ކަމެއްވެސް ނިމިއްޖެ.. ޑޭ އާފްޓަރ ޓުމޯރޯ އިޒް ދަ ޑޭ އޮފް ދި ޕްރޮޕޯޒަލް.. ލިސެން ކެއަރފުލީ.. މިހާރު ގަޑިން ހައެއް ޖަހަނީ.. ނުވައެއް ޖަހާއިރަށް ރެޑީވާތި.. ގަޑިއަށް ދާތި.. އެންޑް ޑޯންޓް ވޮރީ.. ހީ އިޒް އަ ވެރީ ޖޮލީ އެންޑް ފްރެންޑްލީ ޕަރސަން.. ޑޯންޓް ބީ ނަރވަސް.. އައިމް ޝުއަރ ދެޓް ހީލް ލައިކް ޔޫ.. ދިސް އިޒް ދަ ލާސްޓް ތިންގ ޓު ޑޫ.. އާރ ޔޫ ރެޑީ..؟” ނައިރާ މާއިޝްއަށް ޔަޤީންކަން ދިނެވެ. ” ޔެސް.. އެނީތިންގ ފޯރ ރައި..” އެހެން ބުނުމަށްފަހު މާއިޝް ފޯނު ކަނޑާލިއެވެ.

ނުބުންޏަސް ޙަޤީގަތުގައި އޭނަ އެ ހުރީ ރައިޝާގެ ބޭބެއާ ބައްދަލު ކުރަން ދާން ޖެހޭތީ ކުޑަކޮށް ބިރުންނެވެ. އަނެއްކާ ރިއާޝްއަށް އޭނަ ކަމުނުގޮއްސިއްޔާ ހަދާނީ ކިހިނެއް ބާވައެވެ؟ ނޫނެކެވެ. އޭނާ ރިއާޝްގެ ރުހުން ހޯދާނެއެވެ. އޭނާ އަކީ އެހާ ފިނޑި މީހެއް ނޫނެވެ. އޭނާގެ ލޯބި ޙާސިލް ކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް، އަދި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއްވެސް ވާނެއެވެ. އެއީ ޔަޤީން ކަމެކެވެ.

******

ލޯގަނޑު ކުރިމައްޗަށް ހުއްޓި މާއިޝް އެންމެ ފަހު ފަހަރަށް އޭނާގެ ސޫރައަށް ބަލައިލިއެވެ. ލާފައި ހުރި ކުލައިގެ އަތް ދިގު ގަމީހުގެ އަތުކުރި އޮޅާލާފައި ގިރުވާން ރަނގަޅު ކޮށްލިއެވެ. ހުދު ކުލައިގެ ގަމީހާ އެއްކޮށް ލާފާ ހުރި އައިސްބްލޫ ކުލައިގެ ޖިންސުގެ ފައިކުރި އޮޅާލާފައި ހުރުމުން މާއިޝްއާ ނުހަނު ގުޅެއެވެ. އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ޑްރެސިންގ ޓޭބަލް މަތީގައި އޮތް “ބްލެންކްޕެއިން”ގެ އެންމެ ފަހުގެ އަތުކުރީ ގަޑި އަޅާލުމަށް ފަހު ޖެލް ލައި، އިސްތަށިގަނޑު އޮމާން ކޮށްލިއެވެ. ތުނިތުނިކޮށް ފަޅާފައި ހުރި ތުނބުޅިންނާއި، މިރޭ ލައިގެން ހުރި ގަމީހުން މާއިޝްގެ ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުވެފައި ވާހެން ހީވެއެވެ. އަތުގައި އޮޓް ގަޑިއަށް ބަލައިލުމަށްފަހު ގަޔަށް ސެންޓުކޮޅެއް ބުރުވާލާފައި، މާއިޝް ފުން ނޭވާއެއް ދޫކޮށްލިއެވެ.

ނުވައެއް ޖަހަން ބާކީ ފަނަރަ މިނެޓު ހުރުމުން މާއިޝް އަވަހަށް ކޮޓަރިން ނުކުތެވެ. އެހެންނަމަވެސް، ސިޑިން ފައިބައިގެން ގޮސް ހުއްޓެން މަޖުބޫރުވީ ސޯފާގައި އިން އަމާން ފެނުމުންނެވެ. ފުން ނޭވާއެއް ދޫކޮށްލަމުންމާއިޝް ދޮރާ ދިމާއަށް މިސްރާބު ޖެހީ ހިތާހިތުން އޭނާގެ މަގަށް އަމާން ހުރަސް ނާޅާތޯ ދުޢާ ކުރަމުންނެވެ. “މާއިޝް.. ކޮންތާކަށް ތި ދަނީ..؟” މާއިޝްގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގާލަމުން އަމާން އަހާލިއެވެ. “ރަށްޓެއްސަކާ އެއްކޮށް ސެންޓްރަލް ޕާރކަށް..” ހިތުގައި ވީ ފޫހިކަން މޫނުމަތިން ނުދައްކާ ވޭތޯ ބަލަމުން މާއިޝް ޖަވާބު ދިނެވެ. “އެންމެ ރަނގަޅު.. ދިހައެއް ޖެހުމުގެ ކުރިން ގެއަށް އަންނާތި.. ބައްޕަ އެހާ ހިތްހަމައެއް ނުޖެހޭ މާއިޝް ރޭގަނޑު ގެއިން ބޭރުގައި އުޅެންޏާ..” މާއިޝް ހީކުރި ގޮތާ ޚިލާފަށް އަމާން އެއްވެސް ސުވާލެއް ނުކޮށް ދާން ހުއްދަ ދިނުމުން މާއިޝް ގޮސް ގެއިން ނުކުތެވެ. ގެއާ ކައިރީގައި ޕާރކް ކޮށްފައި ހުރި ސައިކަލަށް އަރާ ސްޓާރޓް ކޮށްލުމަށްފަހު މިސްރާބު ޖެހީ ސެންޓްރަލް ޕާރކާ ދިމާއަށެވެ.

*******

“ކޮބާ އޭނަ..؟” ކެތްތެރިކަން ކުޑަވެފައިވާ މީހެއް ފަދައިން ރިއާޝް ދިޔައީ އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލަމުންނެވެ. “ސާބަސް އާޝް… އަދި ފަސް މިނެޓު އެބަހުއްޓޭ.. ހީ މަސްޓް ބީ އޮން ހިޒް ވޭ ނައު.. އާޝް އެކޭ އަންހެނެކޭ ތަފާތެއް ނެތެއްނު..” ކައިރީގައި ހުރި ޔާޝް އެހެން ބުނުމުން ރިއާޝް ލޯ އަޅާލިއެވެ. “ދެއަރ ހީ އިޒް! އެއީ މާއިޝް!” ނައިރާއށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށްކަން ރޭކާލީ ޕާރކުގައި ތިބި މީހުންވެސް އެދިމާއަށް ބަލައިލުމުންނެވެ. އެހެންކަމުން ކުޑަކޮށް ލަދުގަނެފައި ހުރެ ރިއާޝްގެ ފަހަތަށް ވަނެވެ. ނައިރާ އެހެން ބުނި އަޑު މާއިޝްއަށްވެސް އިވުނީ ކަންނޭނގެއެވެ. ނައިރާމެން ތިބި ދިމާއަށް އަންނަން ފެށުމުން ރިއާޝްއާއި ޔާޝްއަށް މާއިޝްއާ ދިމާއަށް ބަލައިލެވުނެވެ.

ދިގު އިސްކޮޅެކެވެ. ބިޔަ ހަށިގަނޑެކެވެ. ފަން އިސްތަށިގަނޑެކެވެ. މުށިކުލައިގެ ބޮޑު ދެ ލޮލެވެ. އެ ލޮލަށް ހިޔަނި އަޅާފައިވާ ކަޅުކަން ގަދަ، ދިގު އެސްފިޔަތަކެވެ. ޕީޗް ކުލައިގެ ތުންފަތެއްގެ ވެރިއެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. މަޑުމައިތިރި މިޒާޖެއްގެ މީހެއްހެން ހީވިނަމަވެސް، ބޮޑާ، ކިބުރުވެރި ހެނެއް ހިޔެއް ނުވެއެވެ. ބަލާބެލުމަށް ރީތި ޒުވާނެކެވެ. ރައިޝާއަށް އެކަށީގެން ވެއެވެ. މާއިޝް އައިސް އެމީހުންނާ އަރާ ހަމަވި އިރުވެސް ރިއާޝްއާއި ޔާޝްއަށް ހުރެވުނީ ބަލާށެވެ. މާއިޝްވެސް ބުނާނެ އެއްޗެއް ނޭނގުމުން މަޑުން ހުރީއެވެ. ރިއާޝްއަށާއި ޔާޝްއަށްވެސް އެއްޗެއް ބުނަން ނުކެރުމުން ނައިރާ ކަރުކެހެލިއެވެ. “ސޯ… މީ މާއިޝް.. މާއިޝް.. މީ ރިއާޝް.. ރައިގެ ދޮންބެ.. ދެން މީ ރިޔާޝް.. ރައިގެ ކުޑަބެ.. އަހަރުމެން ކިޔަނީ އާޝް އެންޑް ޔާޝް.. ދެން އާޝް ފަށާބަ..” ނައިރާ ރިއާޝްގެ އަތުގައި މަޑުމަޑުން ޖަހާލިއެވެ. ޔާޝް އޭނާގެ ވާހަކަ ފެށީ ރިއާޝް އިސްވެ އެއްޗެކޭ ނުބުނުމުންނެވެ.

“އޯކޭ.. މާއިޝް.. އަހަރުމެން ވަރަށް ގިނަ މަޢުލޫމާތު ހޯދައިފިން މާއިޝްއާ ބެހޭގޮތުން.. އެކަމް ހަމަލޮލަށް ފެނުނީ މި އަދި ކިރިޔާ.. ޔޫ އާރ ހޭންޑްސަމް ބަޑީ..” ޔާޝް ހީލިއެވެ. “ތޭންކްސް..” މާއިޝްވެސް ބަދަލުގައި ހިނިތުންވެލިއެވެ. ” ނައިގެ ފަރާތުން އެނގިފަ އޮތް ގޮތުން ޔޫ އާރ ވެރީ ކޯލްޑް އޮން ދި އައުޓްސައިޑް އެންޑް ސޮފްޓް އޮން ދި އިންސައިޑް.. އެންޑް ވީ ނޯވ ދެޓް ވެރީ ވެލް.. އަހަރުމެން ހަމަ އެކަނި ބުނެލަން ބޭނުންވަނީ…… މާއިޝް ދުވަހަކުވެސް ރައިއަށް ދެރަ ގޮތެއް ނުހަދައްޗޭ.. އޭނަ ދެރަވާ ކަހަލަ އެއްވެސް ކަމެއް ނުކުރައްޗޭ.. އަހަރުމެން އަހަރުމެންގެ ކޮއްކޮ މާއިޝްއާ މި ހަވާލު ކުރަނީ ވަރަށް އިތުބާރު ކޮށްފަ.. ޕްލީޒް.. ލުކް އާފްޓަރ ހަރ ރިއަލީ ވެލް..” އާދޭހުގެ ރާގެއްގައި ޔާޝް އެހެން ބުނެލި ގޮތުން މާއިޝްގެ ހިތް މަޑު ކަފަކޮޅަކަށް ވީ ފަދައެވެ. ދުވަހަކުވެސް ރައިޝާއަށް ދެރަގޮތެއް ނުހަދާނެ ކަމަށް ހިތާހިތުން އަމިއްލަ ނަފްސަށް ވަޢުދު ވިއެވެ. “ޔެސް މާއިޝް.. ވީ ލަވް ހަރ އަ ލޮޓް! ޝީ މީންސް ދި ވޯރލްޑް ޓު މީ.. ޕްލީޒް.. އަހަރެން މާއިޝްއަށް މި ހުއްދަ ދެނީ ވަރަށް ވަރަށް ޓްރަސްޓް ކޮށްފަ..” އެންމެ ފަހުން ރިއާޝް ބުނެލިއެވެ.

“ޑޯންޓް ވޮރީ.. އަޅުގަނޑު ދުވަހަކުވެސް ރައިއަށް ދެރަ ގޮތެއް ނުހަދާނަން.. ޔޫ ގައިޒް ކޭން ޓްރަސްޓް މީ.. އަޅުގަނޑު ގޯސްކޮށް ކަމެއް ކޮށްފިއްޔާ، ޔޫ ކޭން ގިވް މީ އެނީ ޕަނިޝްމެންޓް ޔޫ ވޯންޓް..” މާއިޝް ޔަޤީންކަން ދިނެވެ. މާއިޝްގެ ސާދާ ޖަވާބުން އެކަނިވެސް ރިއާޝްއާއި ޔާޝްއަށް މިއީ ރައިޝާއަށް އެންމެ އެކަށީގެންވާ ކުއްޖާކަން ޔަޤީން ވިއެވެ. “ޔާހ.. އެންޑް ޕްލީޒް ޑޯންޓް ބޯ ސޯ ފޯރމަލް ވިތް އަސް.. ޔޫ ކޭން ޓޯކް ޓު އަސް ނޯރމަލީ.. ދޮންބެ އެންޑް ކުޑަބެ ކިޔަސް އޯކޭ.. ނައު ވީ އާރ ފެމިލީ..” ޔާޝް ގޮސް މާއިޝްގެ ގައިގައި ބައްދާލިއެވެ. މާއިޝްވެސް އުފަލާއި އެކު ޔާޝްގެ ގައިގައި ބައްދާލީ ރައިޝާގެ އާއިލާއާ ގުޅުން ބަދަހި ކުރެވުމުން ﷲ އަށް ޝުކުރު ކުރަމުންނެވެ. “ޔެސް.. ނައު އިޓްސް ދޮންބެ ފޯރ ޔޫ.. ބައި ދަ ވޭ، ހިނގާ ސައިކް ބުރެއް އަޅާލަން ދާން.. ވީ ކޭން އީވެން ޑިސްކަސް ދަ ޕްރޮޕޯޒަލް..” ރިއާޝްވެސް ވަރަށް ވެލާފައި މާއިޝްއާ ވާހަކަ ދެއްކިއެވެ. “ޝުއަރ ބްރޯ..” ލުއި ހުނުމަކާއި އެކު މާއިޝް އެހެން ބުނުމުން ހަތަރު މީހުން އެކީ އެތަނުން ނުކުންނަން ހިނގައިގަތެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާއިޝްއާއި، ރިއާޝް، އަދި ޔާޝްގެ ގުޅުން ވަނީ ބާރު ގޮށަކުން ގޮށް ޖަހާލެވިފައެވެ.

ނުނިމޭ…

 

ނޯޓް: ކަވަރ ޕިކްގައި މީގެ ކުރިން ޖައިޝްގެ ނަން އިން ޕިކްގަ ‘އަރޫން’ ގެ ނަން ޖަހާފަ އިނުމުން ކިޔުންތެރިންނަށް އޮޅުން އަރާނެކަން އަޅުގަނޑަށް ޔަޤީން.. ވީމާ، އަޅުގަނޑު އެކަން އެގޮތަށް ކުރި ސަބަބު ހާމަކޮށްދޭނަން.. މީގެ ދެތިން ދުވަސް ކުރިން އަޅުގަނޑުގެ ދައްތައެއް ވަނީ ކިޔުންތެރިއެއްގެ އެދުމެއް އަޅުގަނޑަށް ހާމަކޮށްދީފަ.. ޖައިޝްގެ ނަން އަރޫންގެ ނަމަށް ބަދަލުކޮށްދޭނެ އެ ކިޔުންތެރިޔާ އެދިފައި ވުމުން އަޅުގަނޑު މިކަން މިގޮތަށް ކުރަން މި ނިންމީ ވަރަށް ވިސްނާފަ.. އަދި ޖައިޝްގެ ކެރެކްޓަރ ވާހަކައަށް ނާންނާތީއާއެކު، ކިޔުންތެރިންނަށް އޮޅުމެއް ނާރާނެކަން އަޅުގަނޑަށް ޔަޤީން.. އަޅުގަނޑަށް ސަޕޯރޓް ކުރާ ކިޔުންތެރިއެއްގެ މިފަދަ ކުޑަ އެދުމެއް އެދުމުން އަޅުގަނޑު ބޭނުންވީ މި އެދުން ފުއްދައިދޭން.. ވީމާ، ޖައިޝްގެ ކެރެކްޓަރ ދެން މި ވާހަކައަށް އަންނާނީ އަރޫންގެ ނަމުގައި ކަމުގައި ދަންނަވާލަން.. ހުރިހާ ކިޔުންތެރިންވެސް މިކަން ބަލައިގަންނާނެ ކަމަށް އުންމީދު ކުރަން..

!Love you all! Stay home, Stay safe

And to that reader who told me to change his name to Aroon: Thank you for supporting me and hope you are happy with my little gift.. Consider this as a special gift from me.. Hope you will keep supporting me.. Stay healthy

Lot’s of love from me <333

 

 

25

13 Comments

  1. luvza

    July 28, 2021 at 2:10 pm

    nayyoooo nayoo nayoooo
    darl i missed you….🌹🌹😘
    alhey haadha lwbi ey mi baives…❤❤❤😊😊
    yay yaash and aash ves ok dhw NICE🤗🤗
    cover ah balafa hithah ai ehcheh ingey since CL ga yaash and reesh ehkkon ulheythee i thought anekkaa emeehun baa ey meega mi ulhenee same name dhw..😅😅
    btw kobaatha reesh 🤔
    e manje khabareh ves nuvey vvvvv misvi CL mathin 😥😥
    salaam bunachey and ahaalaba kon iraku tho CL dhen enmme avahah up vaanee 😁😁😁
    and v surprise vi vaahaka up vefa in than fenunyma 😆😆
    thank nayoo sis ehen kudhinnah ves salaam bunedhechey
    lyssssm
    tvgc
    ss😘😘💖

  2. Nayaa

    July 28, 2021 at 3:53 pm

    Hello my fellow readers! I’m back! How are you all?? Missed you.. Sorry mi prt thankolheh lasveema.. Aslu vacation veema enjoy kohlan vgn ulhuneema dhw.. Heheh.. Insha allah nxt prt vrh avahah kiyaalan libeyne.. Mihaaru mi dhanee liyamun.. Thank you for your support! Love you all so much! Stay safe and Take care!

  3. Nayaa

    July 28, 2021 at 4:00 pm

    Luvee Luvee Luveeee… heheh
    How are u my lovely luvza darl??
    Awwwwnn darl I missed u moreee…
    Alheyyyy tysssssssssmmm ingey lwbiiiii…
    Hehehe yess emeehun hama mi ulheny mi stry ga vx.. Aslu Reesh happy kohlan vgn Nayaa ehen hedhee.. Hehehe..
    Reesh dhw.. Aslu eyna CL up kuranee School tab in.. Dhn school chuttee aeema eynage bappa tab in wifi kandaalee.. Ehenve CL up nukurevigen e ulheny.. Nxt month ga school feshuneema eyna CL up kuran fashaane Insha Allah.. Keep waiting! Yess salaam bunaanan Reesha ah vx ehn kudhinnah vx ingey..
    Asluvx tha?? Keevve surprise v?? Nayaa stry up kurun huttaeh nulamey.. heheh..
    Lymmm..
    U too ss nd tvgc darl…
    Missed u girl!

  4. luvza

    July 28, 2021 at 7:30 pm

    ooh welcome back ehen veema nayoo aah and reesh aima dhen “SANTHI” ah welcome kiyaanee.😅
    kiriyaa mithanun viyya mi dhimaa vanee dhw.. hehe…
    insha allah dhen hama dhiaavaane dhw
    surprise vee dhen aslu miadhu miadhu manman=men biriyaanee hedhyma naayoo mathin handhaanvee dhen ehen hithah ereema ais belee esfiya ah vadhefa dhen beli iru inee 11 mins ago ehen ve aslu surprise vee;…
    ehen noonas mihaaru mihen ulhefa kurevey kanthakaa kiyey ehchihin thimeehun mathin nuhanu bodah handhaan kohdhey…
    well midhuvaskolhu othehnun EURO 2021 ge foot ball mechuthah e ehchis friends aa ehkkon belee i missed reesh ingey tha kaloa mabaeh faharu hinives aadhey my besty bunagnyaa hama reesh uley hen ulheyneee 😂😂😂
    baeh faharu yeh hai chaahatein balaa iru reesh ah araa foari hithah aruvaafa ves hevey 😂😂
    ekam dhevika ge massala dhw 😣😣😑😑
    varah dhera dhen….
    hope to meet soon
    bye
    😉😉😉

  5. Princess

    July 28, 2021 at 7:35 pm

    V reethi Masha Allah ❤️❤️❤️❤️❤️❤️ kon irakuntha next part? V avahah genesdhehchey ingey nayoooo kokkkyy💖💖💖💖
    Miss you and love you sooooooooo much nayoooooo babyyy💖💖💖💖💖❤️❤️❤️❤️❤️💖💖💖😍😍😍😘😘😘😘😘😘

  6. Nayaa

    July 28, 2021 at 8:38 pm

    Hehe thankiu ingey darl ehenveema.. yess mithanun dhw mi meet vanee. yess dhimaa vaane hama…
    what aslutha biryani hedheetha????? alheyyyy nayaa ah fonuvaali nama ethikolheh.. heheh ehn dhw… nayaa vx vrh miss vey enmen mathinvx..
    football dhw… i hate fotball balan ekm mi reesh mennaa jehunu fahun kudakoh beley eba match thah.. heheh.. ekm adhivx mulhin football eh nuve.. heheh… YHC balaa iru enmen vx reesh mathin handhaan vaane dhw.. eii aharumenge Preesha ji ennu.. hahahaha lol! dhevika dhw.. nayaa mihaaru nubalan YHC eh.. star barat balanee… star plus nubele varah.. time nulibenee..
    yhhh c u soon
    bye
    gud nyt
    and once again thankiu ingey thi dhey support ah! really appreciate it!

  7. Nayaa

    July 28, 2021 at 8:41 pm

    In reply to Princess…
    Awwwn thankiu soooo much my dear sisyyyy… nxt prt mihaaru vrh kairi vefa inee nimen.. mirey ninmaalaanan ISA.. dhn up kuraanee maadhamaa noonee day after tmrw.. keep waitng!
    lymmmmmmmmm nd mymmmmmmmm sisooooooo… ss nd tvgc..

  8. Reen

    July 28, 2021 at 9:46 pm

    Helllw nayu!
    Welcome back 💖 hows you ? 😊
    Woww! Vrh vrh rythi mi prt vexx 😄❤ enmme fahun maai rysha mn ge family aa bahdhalu vy dhw! Laaneiy kamey dhww 😂 hehe! Oof! Wait what! Jk n world wide handsome in the cover 😮 woow! Salhi 💖 Luw the cover ❤
    Cyu soon in nxt prt 💞
    Luw you ❤

  9. Nayaa

    July 28, 2021 at 10:06 pm

    hello nayaa ge lwbi lwbi Reen darl…
    i’m good hama dear kihinentha?? and thnx ingey..
    awwwnn thankiu soooo much much much darlooo.. rlly means a lot me!
    hehe yess enme fahun meet v dhw.. laaneiy baekey abadhuvx mee.. hahaha lol..
    yesssssss darl kokkie nd WWH in the cover pic.. Are u also an Army?? wowww so happy to meet an army… jin is my bias nd kookie is my bias wrecker.. bias nd bias wrecker e inee cover ah laafa.. heheh… btw if u r an army, can u plx do a favour for me? actually not for me it’s fr tae tae.. plzz vote taehyung for the most handsome man in the world 2021.. Youpoll most handome man jeheema annaane ingey.. he is in second now.. but we can make him come first! let’s show our army power.. fighting! purple u!
    yhh c u soon..
    luv u more…

    • Reen

      July 29, 2021 at 10:19 am

      Hey dear! Am hama gud alh 😊💖
      Yeshh.. ofc i’m a army! My bias is tae n bias wrecker is jin! Dhn baehfaharu jk vex eheh 😄 yeahh.. if u don mind.. can u give me yo mail! But if u want 😊💞
      Tc 💜
      Luw you 💖
      Purple u ❤

    • Nayaa

      July 30, 2021 at 12:24 pm

      Hey Reen!
      Wowww that’s great! so happy to meet an army!
      mail dhwww… nayaa use kuranee school mail.. ehenma nudheveynu dhw.. really sorry ingey darl… plzz ehchekey hee nkurahche… don’t mind it plzzz 🙁
      u 2 tc
      lyt
      purple you my army frnd!

  10. 🌹Ril🌹

    July 29, 2021 at 10:25 am

    Heyyyyy naayuuu dhoonee❤️❤️
    After a long time cmnt eh kohlee migen hehhe
    Btw Masha Allah vrh vrh Sali mi part vxx as usual ❤️❤️
    And the cover pic it’s awesome dear my bias wreaker cookiieee💜💜 hhehe I love that vrh lwbi Hama❤️❤️❤️
    Wow raiii ah propose kuran uleny dhw waitu❤️❤️❤️❤️ kureveny Hama eduvahakah heeheehe😆😆😆❤️❤️
    Waiting for the next part ingeyy ❤️❤️
    Love uu sooo much ❤️❤️stay safe ❤️❤️

  11. Nayaa

    July 30, 2021 at 12:30 pm

    hey ril sisooooooooo…
    yess it’s been whole dhw.. heheh..
    alheyyyy thakiu ingey sisyyy gandaaaaa…. rlly appreciate it!
    awwwwnnn tysssssm again ingey… cover vrh lwbi nayaa ah vx.. heheh..
    hmmmm wait kohlaa ingey.. heheh… mihaaru inee nimifa.. miadhu noonee maadhamaa submit kohlaanan nxt prt..
    love u moreeeeeee
    u 2 ss nd tvgc darl…
    BTW i’m also waiting for the stry ingey.. mihaaru divorce veem AAttey manje ge stry vx pub nukohdhenee dhw 😉 hahahahahahaha lmaooo.. avahah pub kohdheyshey buney.. mihaaru kiyaa hithun hureveneekee noon… reygavx baivaru faharu mi site ah vanin u ge stry kiyaalaa hithun.. ekm up eh nuvey… anyways, waiting ingey… good luck n ur new stry sisooo!

Comments are closed.