ނަފްރަތަކީ ލޯބީގެ ފެށުން 8
އަޔާނީ ގެއަށް ގޮއްސަ އޮށޯވެލީ ނުލާހިކު އުފަލުންެނެވެ..ދެން އިވުނީ މީހަކު ގޭތެރެ ދޮރު ޓަކި ޖެހި އަޑެވެ.އަޔާނީ ގޭތެރެއަށް ނިކުތީ މާއިން ކަމަށް ހިތާއެވެ.ދޮރު ހުޅު ވާލި ވަގުތު އަޔާނީގެ މޫނު ކުލަވަރު ބަދަލުވިފަދައެވެ.އެމީހާ އަޔާނީއަށް ހިނިތުންވެލިއެވެ.އެވަގުތު އަޔާނީ ރުޅިވެރި ކަމިގެ ނަޒަރަކުން އެމީހާ ދިމާލަށް ބަލާލިއެވެ.”ހާދަ ރުޅިއައިއްސަ” އެމީހާ ބުނެލިއެވެ.”ރުޅި އަންނަން ޖެހޭތި ރުޅި މިއައީ” އަޔާނީ ރައްދުދިނެވެ.އެމީހާ ވިހަ ހިނިތުންވުމަކުން އަޔާނީ އަށް ބަލާލިއެވެ.އެވަގުތު އަޔާނީގެ ހިތު ވިންދު އަވަސްވިއެވެ.އަތްފައި ފިނިވާގޮތްވިއެވެ.އަޔާނީ ދޮރުލައްޕަން އުޅެނިކޮށް އެމީހާ ހުށިޔާރު ކަމާއެކު ދޮރުގަ ހިފެހެއްޓިއެވެ.”ދޮންތާ!!!!” އިވުނީ މާއިންގެ އަޑެވެ.އެމީހާ ވަގުތުން ދޮރުން އަތް ދޫކޮއްލިއެވެ.އަދި މާއިން އާއި ހަތަރު ކަޅި ހަމަކޮއްލިއެވެ.އަދި އެމީހާ ވަރަށް އަވަހަށް މާސްކް އަޅާލިއެވެ.އެމީހާ މާސްކު އަޅައިގެން އިނަކަސް ދަންނަ މީހެއް ފާޑު ޖަހައެވެ.”އާލި…” މާއިން ވާހަކަ ދައްކަން ފެށި ތަނާ އެމީހާ ބޭރަށް ދުއްވައިގަތެވެ.”ދޮންތާ އެއީ ކާކު؟” މާއިން ހައިރާންވެ ހުރެ ސުވާލުކޮއްލިއެވެ.”ނޭނގެ އެއީ ދެންމެ މިތަނަށް އައި މީހެއް” އަޔާނީ ދެކޮނޑު އަރުވާލީ ނޭނގޭތިއެއް ނޫނެވެ.މާއިން ފެންޑާތެރެއަށް ފުންނަޒަރެއް ދޫކޮއްލިއެވެ.”ކުޑާމެންގޭގަ މިހާރު ތިއުޅެނީ”މާއިން އެއްސެވެ.”މްމްހްމް” އަޔާނީ ބުނެލިއެވެ.”ދެން އަނެއް ގެޔޯ؟” މާއިން ހައިރާން ވިއެވެ.”އެގެ މިހާރު ވިއްކާލައިފިން” އަޔާނީ ބުނެލިއެވެ.”އޯހް އެއީ ކީއްވެ ވިއްކާލީ” މާއިން ދަނީ ސުވާލު ކުރަމުންނެވެ.”ކުޑާ ބުނެގެން މިގެއަށް އަންނަންވެގެން… ދެން ތިކަހަލަ ސުވާލު ނުކޮއް ހުރެބަލަ” މާއިންގެ ކޮނޑުގަހިފާ އެތާގަ އިން ސޯފައެއްގަ އަޔާނީ ބޭންދުވިއެވެ.
“މައި ސިސްޓަރ” ޒާރާ ކޮޓަރިއަށް ވަތް ތަނާހެން އަނާރާ އައިސް ބައްދާލިއެވެ.”ކޮބާ މިއަދު އަނެއްކަ ހުވަފެނެއް ފެނުނީތަ؟” ޒާރާ ހިނިގަނޑެއް ޖަހާލިއެވެ.އަނާރާ ތުން އަނބުރާލިއެވެ.”ހުވަފެނެއް ފެނުނީމަ އެއް ނޫން ނުފެންނަތާ ގިނައިރު ވީމަ ކޮންތާކަށް ގޮއްސަ ކީއްކޮއްގެން ތިއައީ؟” އަނާރާ އެއްސެވެ.”ފުރަތަމަ ކުރި ކަމެއް ނުބުނާނަން އެންޑް ފަހުން ކުރި ކަމަކީ އަޔާނީ އެންޑް މާއިން ދިމާވީމަ ދިޔައީ ޕާކުތެރެއަށް ގޮއްސަ ދެން މިއައީ” ޒާރާ ބުންޏެވެ.”ދެން ބުނޭ ފުރަތަމަ ކުރީ ކިއެއް” އަނާރާ ބުނެލިއެވެ.”ސީކްރެޓްއެއް” ޒާރާ އެއްމިޔަ ކަނުން ހީނލިއެވެ.”ޔޫ ގޮޓަ އަ ބީއެފް” އަނާރާ ދެލޯ ބޮޑުކޮއްލިއެވެ.”ތިއެއް ނުބުނާނަން” ޒާރާ ބުންޏެވެ.”ޔެސް ޔޫ ގޮޓް އަ ބީއެފް އައި ނޯ ދެޓް ނައު” އަނާރާ އެހެން ބުނިތަނާހެން ޒާރާގެ ހިނިގަނޑު ފަޅައިގެން ދިޔަ ފަދައެވެ.”ވަޓް..އަރ ޔޫ ލާފިނ” އަނާރާ ބުންޏެވެ.”ނޮޕް” ޒާރާ ބުނެލިއެވެ.ދެން އިވުނީ މީހަކު ދޮރުގަ ޓަކި ދިން އަޑެވެ.ޒާރާ ގޮސް ދޮރު ހުޅުވިއެވެ.ކަޅު ކުލައިގެ ދޫ ޓީޝާޓެއް ލައިގެން ހުރި އަންހެއް ކުއްޖެކެވެ.ކަޅު ކުލައިގެ ކުރު ސޯޓު ކޮޅެއް ލައިގެން ހުންނަ އިރު އެ އަލި ހަންގަނޑު ހާމަ އަށް ފެނެއެވެ.އެ އަންހެން ކުއްޖާ ހިނިތުން ވެލިއެވެ.”ރައުދާ..” ޒާރާގެ އެއްފަރާތުގަ އަނާރާ ހުއްޓިލަމުން ބުނެވުނީ ވަކިމަޑަކުންނެއްވެސް ނޫނެވެ.”ޔަގީނޭ ޖަޔަންޓްއެއްގެ އަޑަށްވުރެވެސް އާއްކޮގެ އަޑު ބާރުވާނެކަން” ޒާރާ ދެފަރާތަށް ބޯހުރުވާލިއެވެ.”ހުހް ދައްތަގެ އަޑު ބާރު އަރތް ކުއޭކް އަކަށް ވުރެއްވެސް” އަނާރާ ތުންއަނބުރާލިއެވެ.”ހަހަ އާއްކޮގެ އަޑު ޔުނިވަރސް އަށް އެއްކޮއް އިވޭވަރަށް އަޑުބާރު ވާނެ” ޒާރާ ހޭންފެށިއެވެ.”ޔޫ…އަޑު ދާނެ ހަތް އުޑާއި ހިސާބައް” އަނާރާގެ އިސްތަށިގަނޑު ރީތި ކޮއްލިއެވެ.”ހަތް އުޑު ހިމެނޭނީ ޔުނިވަރސްގައޭ ކޮއްކޯ” ޒާރާ ހޭންފެށިއެވެ.އަނާރާ ތުން އަނބުރާލިއެވެ.ދެމީ ހުންނަށް ހޭވެރިކަން ލިބުނީ ރައުދާ ކަރު ކެހިލުމުންނެވެ.”އޯހް…ސޮރީ އަވަހަށް ވަދޭ އެތެރެއަށް” ރައުދާ އެތެރެއަށް ވަނުމަށް ޒާރާ ތަންދެއްކިއެވެ.”އަސްލު ތިއައީ ކީއްކުރަން؟” ޒާރާ ސޯފާއެއްގަ އިށީންދެލަމުން އަހާލިއެވެ.”ވެލް ސޮރީ ބުނަންވެގެން” ރައުދާ ޖަވާބުދިނެވެ.”ކޮންކަމަކަށް؟” އަނެއްކަވެސް ޒާރާ ކޮއްލީ ސުވާލެކެވެ.”އަހަރެން ވައްތަރުތަ މީހެއްގެ ކޮއްކޮ އާ؟” ރައުދާވެސް ކޮއްލީ ސުވާލެކެވެ.ރައުދާ އެހެން ބުނިތަނާހެން އަނާރާ އަދި ޒާރާ ހުރީ ކަޅި ނުޖަހާ ރައުދާ ދިމާލަށް ބަލަންށެވެ.”ހްމްމް…ވަރަށް ކުރިން ދެކުން ކުއްޖެއް ފާޑު ޖަހާ…ސަތާރަ އަހަރު ކަންނޭނގެ ވާނީ އެކުއްޖާއަށް..ރައުދާ އަށް މިހާރު ކިތައް އަހަރު” ޒާރާ ވަރަށް ވިސްނާލާފަ ބުންޏެވެ.”ސަތާރަ މިހާރު އެއުޅެނީ އަށާރަ އަހަރުވާން” ރައުދާ ބުނެލިއެވެ.”ސޯ ރައުދާގެ ހުންނަނީ ބޭބެއެއްތަ؟ ދައްތައެއްތަ؟ ނޫނީ ކޮއްކޮއެއްތަ؟” ޒާރާ އެއްސެވެ.އެވަގުތު އަނާރާ ހުރީ ވާހަކަ ނުދައްކާ އެދެމީހުން ކިޔާ އެއްޗެހި އަޑު އަހާންށެވެ.”ދައްތަ އެއް އެކަނި ހުންނާނީ” ރައުދާ ޖަވާބުދިނެވެ.”ދައްތަ އަށް ކިތައް އަހަރު؟” އަނާރާއަށް ނުހުރެވިގެން އަހާލިއެވެ.”މިއަންނަ މަހު ވާނެ ވިހި އަހަރު” ރައުދާ ދަނީ ކޮންމެ މީހަކު ކުރާ ސުވާލަކަށް ޖަވާބު ދެމުންނެވެ.”ކޮން ނަމެއް؟” ޒާރާ އެއްސެވެ.ރައުދާ ފުންނޭވައެއް ދޫކޮއްލިއެވެ.”ރީޝާ” ރައުދާ ބުންޏެވެ.”ކީކޭ؟ ރީޝާއޭ؟ ކޮން ރީޝާއެއް؟މަދަންނަ ރީޝާތަ؟” އަނާރާ ފަތިވަރުތައް އަމުނާމިއެވެ.ރައުދާ ހަމަ އެކަނި އަޅުވާލީ ހްމްްމް އެކެވެ.އަނާރާ އާއި ޒާރާގެ ލޯބޮޑު ވިއެވެ.އަދި އަނާރާގެ އަތްފައި ފިނިވި ފަދައެވެ.ބިރުން ތުރުތުރު ލާންފެށިއެވެ.
“މާއިން ކޮންއިރަކު އައީ؟”ނަބާހާ ފެންޑާތެރެއަށް ދޫކޮއްލަމުން އަލްމާސާ އަހާލިއެވެ.”ދެންމެ މިއައީ” މާއިން ކުޑަ ކުއްޖެއްހެން ދުއްވައިގަނެފަ ގޮސް ނަބާހާ އުރާލިއެވެ.”އެހެންދޯ ބޮޑު ނުވާ މާއިން” އަލްމާސާ އެހެން ބުނި ތަނާހެން އަޔާނީގެ ހިނިގަނޑު ފަޅައިގެން ދިޔަފަދައެވެ.”މާއިން އަދިވެސް ކުޑައޭތަ ތިބުނީ” މާއިން ތުންދަމާލިއެވެ.”ހޫނ މާއިން އަދިވެސް ކުޑައޭ މިބުނީ ބަލާ ދެންމެވެސް ދުއްވައިގަތް ގޮތް ބޮޑު މީހެކޭ ބުނެވޭނީވެސް ވަކި ކާކަށް ދޯ އަޔާނީ” އަލްމާސާ އަޔާނީ އަށް ދޯދިނެވެ.އަދި އަޔާނީ އަލްމާސާއާއި އެއްބައިވެލިއެވެ.އެންމެން އެކި ވާހަކަ ދައްކަމުން ދަނިކޮށް ހަވީރު ފަހެއް ޖަހަން އުޅެނިކޮށް މާއިން އިށީނދެގެން އިން ގޮނޑިން ތެދުވިއެވެ.”ކިހިނެއްވީ ތި ތެދުވީ” އަޔާނީ އަދި އަލްމާސާ އަށް ބުނެވުނީ އެކުއެކީގައެވެ.”ގެއަށް ދާންވެގެން މިހާރު އެއުޅެނީ ފަހެއްޖަހަން” މާއިން އަތުގަ ބަލާ އޮތްލަމގަޑިއަށް ބަލާލަމުންބުންޏެވެ. “އާތް މަވެސް ގޮވައިގެން ދޭ…ކުޑާ އެބަ އަންނަން އިނގޭ މީނި ބޮޑު ނުވާ މާއިން އެއްކޮއް އޭނަގެ ގެއަށް ގޮސްލާފަ” އަޔާނީ ކޮޅަށް ތެދުވަމުން ބުންޏެވެ.އަލްމާސާ އާއެކޭ ބުނުމުން މާއިން އަދި އަޔާނީ މިސްރާބު ޖެހީ މާއިންގެ ގެއަށް ދިއުމަށެވެ.” ދޮންތަ ދެން ކިއެއްކުރަން ތިއަންނަނީ”މާއިން އެއްސެވެ.”ބުނީމެންނު އެގެއަށް ގެންގޮސް ދޭނަމޭ ގެންދިޔައިމައޭ ދޮންތަގެ ފްރެންޑްގެ ފޮޓޯ ދައްކާނީ” އަޔާނީ ފޮނިވެލިއެވެ.”އެކަމް އެތާގަ އުޅޭނެ ދެ ފިރިހެން ކުދިން” މާއިން ގޮތް ދުލެއްނުކުރިއެވެ.”ދެކުދިންނޭ ކޮންދެކުދިންނެއް؟” އަޔާނީ އެއްސެވެ.”ހަހް އެކަކަށް ވާނީ އަށާރަ އަހަރު އަނެއް މީހާއަށް އުޅޭނީ ވިހި އަހަރު ވާން” މާއިން ބޯކަހާލިއެވެ.”އެކަމުވެސް ހެޔޮ އެތާގަ ދެފިރިހެނުން އުޅޭ” މާއިން ބުންޏެވެ.”ތިބުނަނީދޮންތައެއް ނުގެންދާނަމޭ ދޯ” އަޔާނީ ދެލޯ ހަނި ކޮއްލިއެވެ.”ނޫނޭ ކުރިމަތީގަ އެއްނު މިއޮތީ މާއިން އުޅޭގެ” މާއިން އެގެއަށް އިށާރާތް ކޮއްލިއެވެ.
އެގެއަށް ވަދެވުން ތަނާހެން އަޔާނީ ވަރަށް ރީއްޗަށް އެގޭތެރެއަށް ނަޒަރު ހިންގާލިއެވެ.ގަދަ ނޫ ކުލަލާފަ ހުރި ފާރު ތަކެވެ.އަދި އަލި ނޫ ކުލައިގެ ފަރނީޗަރސް ތައް ހުރި އިރު ބިންމަތީގަ ހުރި މުށިތައް ހުރީ ހުދު ކުލައިގައެވެ.ކޮންމެ ކަބަޑެއް ހުރީ މަޑު އަދި ގަދަ ނޫކުލައިން އެކި ފާޑުފާޑުގެ ޑިޒައިން ކޮއްފައެވެ.ދެން އަޔާނީ ނަޒަރު ހުއްޓުނީ ސޯފާގަ އޮށޯ ވެގެން ގޭމް ކުޅެން އޮތް ވިޝާން އަށެވެ.އެވަގުތު އަޔާނީގެ ދެލޯ ބޮޑުވިއެވެ.އަނެއް ސޯފާގަ އޮށޯވެގެން އޮތީ ޔާނިއު އެވެ.އަޔާނީ ކޮށި އަރަން ފެށިއެވެ.އެވަގުތު ވިޝާން އަދި ޔާނިއު އަޔާނީ އަށް ބަލާލިއެވެ.ވިޝާންގެ ދެލޯ ބޮޑުވިއެވެ.އަދި މާއިން އަޔާނީ ގޮވައިގެން ދިޔައީ ބަދިގޭ ދިމާލަށެވެ.”އަނ” މާއިން އަޔާނީ އަށް ފެންތައްޓެއް ދިއްކޮއްލިއެވެ.އަދި އަޔާނީ އެފެން ތަށި އެއްނޭވާއިން ބޮއެ ނިންމާލިއެވެ.”ހިނގާ ދާން ގޭތެރެއަށް” މާއިން ބުންޏެވެ.އަދި އަޔާނީ ލަސްތަކެއް ނުކޮއް ދިޔައީ ފެންޑާއަށެވެ.ފެންޑާ ތެރެއަށް ދިޔައިރު ޔާނިއު އަދި ވިޝާން ތިބީ ސޯފާގަ އިށީނދެލައިގެންނެވެ.”ޕިސް ޕިސް އަދިވެސް ނޫޅެވޭ ދޯ މަތިން އެއްޗެއް ލެވޭކަށް” މާއިން އެހެން ބުނި ތަނާހެން ވިޝާން އަދި ޔާނިއުގެ ގަޔަށް ބަލާލިއެވެ.ކަމަކު ދާކަށް ނެތޭ ދެމީހުން ތިބީ ހުސް ހަށިގަނޑާއެވެ.އަދި އެދެމީހުން ހިންދިރުވާލާފަ ދުއްވައިގަތީ އެމީހެއްގެ ކޮޓަރި އާވީ ދިމާލަށެވެ.”މަޑު ނުކޮއް އަންނާތި އިނގޭ ބޭރަށް” މާއިން ބުނެލިއެވެ.” އާނ” ޔާނިއު އަދި ވިޝާން ބުނެލިއެވެ.މިނެޓެއް ނުވަނީސް ދެމީހުން ނިކުތެވެ.އަދި ގޮސް ސޯފާގަ އިށީނެވެ.އެވަގުތު އަޔާނީ އަދި ވިޝާން ހަތަރު ކަޅި ހަމަކޮއްލިއެވެ.އަދި ނުލާހިކު ރީތި ހިނިތުންވުމެއް ވިޝާން އަށް ރައްދުކޮއްލިއެވެ.”ދޮންތާ މީ ވިޝާން މީނައަށް އަށާރަ އަހަރު އެންޑް މި ޔާނިއު ނަވާރަ އަހަރު” މާއިން އެދެމީހުން ތަޢާރަފް ކޮއްދިނެވެ.”މި ކައެ ދޮންތަ؟ އެކަމަކު ކައެ އަށް ވުރެ ތިން އަހަރު ކުޑަ ކުއްޖެއް ފާޑު ޖަހަނީ” ޔާނިއު ބުނެލިއެވެ.” ހުހް ދޮންތަ ވާނީ ދޮންތަ އަށްތާ” މާއިން ބުނެލިއެވެ.”ސޯ ދައްކާ ދޮންތަ ބުނި ފްރެންޑްގެ ފޮޓޯ” މާއިން ފޮނިވެލިއެވެ.ފްރެންޑްއެއް ނޫނޭ އެއީ ކޮޔާ ބޯއި ފްރެންޑް ބަލަ އެއީ ” އަޔާނީ ބުންޏެވެ.”ލާ ނުވެސް ބުނެލަ ކިތައް މަންތް އޮރ ވީކް ވެއްޖެ؟”މާއިން އެއްސެވެ.” ޓޫ މަންތް” އަޔާނީ ވިޝާނައަށް ބަލާލިއެވެ.” އޯހ އޯކޭ ސޯ ވިޝާން ގަނޑު އެންޑް ޔާނިއު ޕޭޕަރ މަގޭ ދޮންތަ ގައިގަ އިނގިލި ކުރި ޖައްސައިލައިގެން ވެސް ނުވާނެ” މާއިން އަމުރު ކޮއްލިއެވެ.ޔާނިއު ތުން އަނބުރާލިއެވެ.އަދި ވިޝާން ހުރީ އޭނާގެ ހިނިގަނޑު މަތަ ކޮއްގެންނެވެ.”ދޮންތާ ދެން ދައްކަބަލަ ފޮޓޯ” މާއިން ތުން އޫކޮއްލިއެވެ.”ހްމްމް މިދައްކަނީ” އަޔާނީ ވިޝާން އާއި ދިމާލަށް ވަރަށް ނޭނގޭ ގޮތަކަށް ބަލާލިއެވެ.އޭރު ވިޝާންވެސް ހުރީ އަޔާނީ އާއި ވީދިމާލަށް ބަލަންށެވެ.އަދި އަޔާނީ އެއްކޮއް ފިރިހެން ކުއްޖެއް ނަގާފަ އިން ފޮޓޯއެއް ދައްކާލިއެވެ.”އޭ ވެއިޓް މި ވިޝާން ތަ؟” މާއިން އަށް އަހާލެވުނެވެ.ވަކި މަޑަކުންނެއްވެސް ނޫނެވެ.އެވަގުތު އަޔާނީ އަދި ވިޝާން އަށް އެކު އެކީގައި “ހްމްމް” ލައްވާލިއެވެ.”ދެން އަދިވެސް މަ މަނާތަ މަ ބިޓު ގައިގަ އަތް ލާން” ވިޝާން ވިހަ ހިނިތުންވުމަކާއު އެކު ބުނެލިއެވެ.”އޭ ކަޑަ ނަހަދާ ހަމަ ތި އުޅެނީ ދޮންތަ އާ ރައްޓެހި ވެގެންތަ” މާއިން ހުރީ އަދިވެސް ގަބޫލު ނުކުރަންށެވެ.”އާއެކޭ މިއުޅެނީ ރައްޓެހި ވެގެންނޭ” ދެން ވާހަމަ ދައްކަން ފެށީ އަޔާނީއެވެ.”ކުޑާއަށް އިނގޭނެ؟” މާއިން އެއްސެވެ.އަދި އެއާއެކު އަޔާނީ އާއެކޭ ބުންޏެވެ.
“ބަލާ ނުވެސް ބުނެލަ މީނަގެ ހުރި ނުބައިކަން ބަލާބަލަ” ޔާނިއު ތުން އަނބުރާލިއެވެ.އަދި ވިޝާން ހިނިގަނޑެއް ޖަހާލިއެވެ.”މަށަށް ދޯ އެހެންވީމަ މީނަ ގައިގަ އަތްވެސް ނުލެވޭނީ އަދި ތިއާއިލާ ތެރެއަށްވެސް ނުވަދެވޭނީ” ޔާނިއު ރަކި ވިއެވެ.”ނޫން އަދި ވަދެވޭނެ ތިއުޅެނީ ވިހި އަހަރު ވާާކަން އަދި ވަދެވޭނެ” އަޔާނީ މާއިން ދިމާލަށް ބަލާލިއެވެ. އަޔާނީ އެބުނި އެތި މާއިން އަށް ނަގައި ގަނެވުމުން އޭނާ ޕަކަޕަކަ ތަޅާފަ ހޭނ ފެށިއެވެ.”ހިނގާ އިހަށް ބޭރަށް ގޮސް ލާފަ އަންނަން” ވިޝާން ގޮސް އަޔާނީ ކޮޅަށް ނެގިއެވެ.”ގުޑް ލަކް މައި ޅިޔަނު” މާއިން ހޭން ފެށިއެވެ.އަޔާނީގެ ކޮލަށް ޖަންބު ކުލަ ވެރިވެގެން ދިޔަ ފަދައެވެ.”އައިތިންކް ސަމްވަން އިޒް ބްލަޝިނ” މާއިން ވަރަށް ނޭނގޭ ކަމަށް ހަދާލާފަ ބުންޏެވެ.މާއިން އަދި ޔާނިއު ޖެއްސެން ފެށުމުން ވިޝާން އަޔާނީ އަތުގަ ދޫނުވާނެ ވަރަށް ބާރާށް ހިފާފަ ބޭރަށް ދުއްވައިގަތެވެ.
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

