Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

ޖަވާހިރުގެ ބާރު 5

leaf Level 1
July 2, 2021 2 Mins Read
1 Comment

ދޮރުން ނިކުމެވުނީ ބޮޑު ގަސް ތަކެއް ތެރެއަށެވެ. ބޯ ޖަންގައްޔަކަށެވެ.

އެ ގަސް ތަކު ތެރެއިން ގަނޑުވަރު ފެނޭތޯ ބެލީމެވެ. ނަމަވެސް ވަށައިގެން ބޮޑެތި ގަސްތަކެއް ހުރުމުން ގަނޑުވަރެއް ނުފެނުނެވެ. އޭގެން ގަހަކަށް އެރޭތޯ ބެލީމެވެ. ނަމަވެސް ގަހުގެ ތިރީގައި ގޮތްޕެއް ނެތެވެ. އެންމެ ފަހުން އަހަރެންނަށް ޖެހުނީ ހިނގާށެވެ. އެއް މޭލަށް ހިނގިއްޖެއެވެ. މިފަހަރު ފާޑެއްގެ ގަހެއް ފެނުނެވެ. ގަހުގެ ތިރީގައި ގޮފި ތަކެއް ހުއްޓެވެ. ގަހުގެ މައިގަނޑު ހުރީ ނޫ ކުލައިގައެވެ. ގޮފިތަށްވެސް ހުރީ ދެފަރާތަށް ބެހިލާފައެވެ. ގަހުގެ ފަތްތައް ހުރީ އެކިކުލަކުލައިން ދިއްލިފައެވެ. ކާއެއްޗެއް ލިބޭތޯ ބަލަންވެގެން އެ ގަހަށް އެރީމެވެ. އަރަމުން ގޮސް މައްޗަށް އެރުނު ތަނާހެން ގަހުގައި ހޮހޮޅައެއް އިންތަން ދުށީމެވެ. އެ ހޮހޮޅަ ތެރެއައް ވަނީމެވެ. ނަމަވެސް ފެނުނީ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ގަހުގެ މެދުގައި އިނީ ޖަވާހިރެކެވެ. ވަރަށް ރީތި ނޫ ކުލައަކުން ދިއްލިފައި އިން އެ ޖަވާހިރު ކައިރިއަށް ދާން އުޅުނީމެވެ. އަނެއްކާވެސް ޖެހުނީ އަނެއް އަޖައިބާ ކުރިމަތިލާންށެވެ.

މިފަހަރު ކުރިމަތިލީ “ސަން ބާރޑެކެވެ” (ސަންބާރޑް ހުންނާނީ ކާޓޫނުތަކުގައި ފެންނަ ޑްރެގަންގެ ފާޑަކަށެވެ. ނަމަވެސް ފިޔަގަނޑުލާފައި.). ސަން ބާރޑު އައިސް ނިގޫކޮޅު އެއްކޮށް އަހަރެންގެ ގައިގަ އޮޅާލިއެވެ. “މިނާލް! އަހަރެން މިހިރީ މިނާލް އަންނަންދެން!” އަހަރެން ދޫކޮށްލާފަ މައްޗައް އެރި ވަގުތު ބުންޏެވެ. “ކާކު ތީ؟” އަހަރެން ހައިރާން ވެފައި ބުނެލީމެވެ. “އަހަރެންގެ ނަމަކީ ޤަރޫތު. އަހަރެން މިއީ މި ޖަވާހިރު ހިމާޔަތް ކުރަން ފޮނުވި ސަން ބާރޑެއް. އަދި މިއަށްވުރެ ބާރު ގަދަ އެއް ޗެހި ތަކެއް ވާނެ. އަހަރެން މިނާލް ވިހި ދުހު އެތަނަށް ރިޒުއާނާ ގެ އަތް ދަށުން ސަލާމަތް ކޮއްދޭން ދިޔައިން. އެ ދުހު އަހަރެން ހުންނާނީ އެހެން މީހުނަށް ގެއްލިފަ. އެތާ އުޅުނުކަމެއް ނޭނގޭނެ. އެދުވަހު އަހަރެން މިނާލް ވަށިގަނޑަކަށް ލައިފަ މިރަށުންބޭރަށް ގެންގޮސް ކޮންމެވެސް ގެއެއްގެ ދޮރު ކުރިމަތީގައި ބެހެއްޓިން. ނޯޓު ކޮޅެއްގައި ޖަހާފަ އިންނާނީ ‘ މި ކުއްޖާގެ ނަމަކީ މިނާލްއެވެ. މި ކުއްޖާއަށް އަށާރަ އަހަރު ފުރެންދެން ބަލައިދީ، އަށާރަ އަހަރު ވުމުން ހުވަދޫއަށް ފޮނުވާލަ ދީ. މިއީ މީހެއްގެ އަމާނާތެއް’. ދެން އެ ދުވަހު އަހަރެންގެ ރައްޓެހިހިންނާއި އެކު ފިޔަގަނޑުން ބާނި އުފެއްދީ. އަދި ފަޅު ވެރިންނަށް އޮޅުވާލަން ވެގެން ބޯޓު ބަންޑުން ޖެހީ. ދެން މިނާލް ގެންގޮސް ބަނދަރުގައި ބޭއްވީ. ދެން އަހަރެން ބުނެގެން ސަވާރީ ގެނދިޔައީ. މިއީ ކަންތައް ހިނގި ގޮތަކީ ! “. ވާހަކަ ކިޔައިދީ ނިމުން އިރު އަހަރެން ނަށް ހުރީ ރޮވޭ ގޮތް ވެފައެވެ.

” ޤަރޫތު ކަލޭ މަރާލާ ނަން. މިހިރަ މިނާލުވެސް މަރާލާނަން. މީދޯ ކަންތަށް ވީ ގޮތަކީ!” ރިޒުއާނާ ރުޅިއައިސްގެން މޫނުމަތީ ރަތް ކުލަ އަރައެވެ. ރިޒުއާނާ އެއްލި އަލިފާން ބޯޅައަކުން ޤަރޫތު އަނދަން ފަށައިފިއެވެ. “މިނާލް އަހަރެންގެ ބާރުތަކާއި ހަވާލުވޭ! މިޖަވާހިރު ސަލާމަތް ކުރާތި!” އެންމެ ފަހު ބަސް ކޮޅު ބުނުމަށްފަހު ޤަރޫތު މި ދުނިޔެއާ ވަކިވެއްޖެއެވެ. “ތީ މަގޭ ދޮންތައެއް ނޫން! ތީ ހަމަ ނުބައި ޖިންނި އެއް!”އަހަރެންގެ އަނގައިން އަލިފާންގަނޑެއް ދޫކޮއްލީމެވެ. އަލިފާންގަނޑު ބޯޅައަކަށް ބަދަލުވިއެވެ. އެ އަލިފާން ބޯޅަ ގޮސް ރިޒުއާނާގެ މޫނުގައި ޖެހުނެވެ. މުޅި މޫނުމަތި އަނދަން ފެށިއެވެ.

އިރުކޮޅެއްތެރޭ އޭނާގެ މޫނުމަތި ކަޅު ބަބުރަކަށްވިއެވެ. ދެންފެނުނީ ހައިރާންކުރުވަނިވި މަންޒަރެކެވެ. ރިޒުއާނާގެ މޫނުމަތި ބަލައިލަން ނުކެރޭވަރަށް ހުދުވިއެވެ. ” ތި ބާރުތައް އަހަރެން ގަޔަށް ދޫކުރާވަރުން އަހަރެން ރީތިވާނެ. ” ރިޒުއާނާ ވަރަށް ނުލަފާ ހިނި ގަނޑެއް ޖަހާލާފައި ބުންޏެވެ. އަހަރެން ހަދާނެގޮތް ހުސްވެގެން އެންމެފަހުން އެތަނުން ނިކުންނާނެ ގޮތަކާއި މެދު ވިސްނަންފެށީމެވެ. އެވަގުތުގައި ރިޒުއާނާ އަހަރެންނާއި ދިމާލަށް ފިނި ވައިރޯޅިއެއް ދޫކޮއްލިއެވެ. ހަމައެއާއިއެކު އަހަރެންވެސް ގަނޑު ވައިރޯޅިއެއް ދޫކޮއްލީމެވެ. އެގޮތަށް ގޮސް ބޮޑު ހިލަގަނޑެއް އަހަރެމެންގެ ދެމެދުގައި އުފެދުނެވެ. އަހަރެން އެއާއި ދިމާލަށް އަލިފާން ދޫކުރީމެވެ. ނަމަވެސް ކަންތައްވީ އެއާ ޚިލާފަށެވެ. އަލިފާނާއިއެކު ބޯޅަ ދިޔައީ ރިޒުއާނާ ހުރި ގަހުންނިކުންނަ ދޮރާއި ދިމާލަށެވެ.

ރިޒުއާނާ މި ގަހުގެ ބޭރުގައި ބަންދު ވީއެވެ. އަހަރެން މިގަހު އެތެރޭގައި މި ބަންދު ވީއެވެ. ގަހުގެ ތެރޭގައި ހުރި ޖަވާހިރުން ފަނޑު ނޫކުލައެއް ދިއްލިފައި ހުއްޓެވެ. އެއާއި ދިމާލަށް އަހަރެން މަޑު މަޑުން ދިޔައީމެވެ. ކައިރިވި ވަރަކުން އަހަރެންގެ ހަށިގަނޑުގައި ކުދިކުދި ވައިރޯޅި ބީހެމުން ދިޔައެވެ. ޖަވާހިރުގައި ބީހިލުމަށް އަހަރެން ވެވޭހާ ކައިރިއެއް ވީމެވެ. އަހަރެން އޭގައި މަޑުމަޑުން އަތްކާއްތާލީމެވެ. ދިއްލިފައި ހުރި ނޫކުލަ އިތުރަށް ގަދަވެ، އަހަރެންގެ ހިތާއި ދިމާލަށް ނޫ އަލިކޮޅެއް އައެވެ. އަހަރެންގެ ވަށައިގެން ނޫކުލަ ދިއްލުނެވެ. ދެންފެނުނީ ދޫންޏެކެވެ. ފަނޑުކަމުން ސިފަ ކޮއްދޭކަށް ނޭނގުނެވެ.

މި ބައި ތަންކޮޅެއް ކުރުވީތީވެ ކިޔުންތެރިން ކިބައިން މާފަށް އެދެމެވެ. ދެން އަންނަ ޕާޓު ތަންކޮޅެއް ދިގު ކޮއްލާނަމެވެ. ?

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leaf

Level 1

Other Articles

Previous

ވަރުދާ – 9

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަވަނަ ބައި)

Next
July 2, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަވަނަ ބައި)

Previews
July 2, 2021

ވަރުދާ – 9

One Comment

  1. leaf says:
    July 2, 2021 at 10:20 am

    ބާބު 2 ނިމުނީ ދެން ފެށޭނީ އާ ބާބެއް

Comments are closed.

Next Episodeޖަވާހިރުގެ ބާރު 6←


All Right Reserved!