Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

ޖަވާހިރުގެ ބާރު 6

leaf Level 1
July 20, 2021 2 Mins Read
1 Comment

ބާބު 3 – ބާރުތަށް

ފަނޑުވެފައިވާ ދޫންޏަކީ ސާމަރާ ދޫންޏެކެވެ. އެ ރީތި ސާމަރާ ދޫނި އަހަރެން ކައިރިއަށް އައިސް ފަތްގަނޑު ފަތުރާލިއެވެ. ހީވަނީ ފަތްތަކުގައި އަތްލަން ދިންހެންނެވެ. އޭގެންފަތެއްގައި އަތްލަން އުޅުނީމެވެ. އޭގައި އަތް ބީއްސާލީމެވެ. އެ ފަތް އޮމާން ބާލީހެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އިރުކޮޅެއް ތެރޭގައި އަހަރެންގެ ހަށިގަނޑު ތެރެއިން ކަޅު ޖިންނިއެއް ނިކުތެވެ. އެ ޖިންނީގެ ހާލުވަނީ ސުމަކަށް ގޮއްސައެވެ. އިރުކޮޅެއްތެރޭ އެ ޖިންނި ގެއްލުނެވެ. ސާމަރާދޫނި އަހަރެންގެ ގަޔާއި ދިމާލަށް އުދުހެން ފެށިއެވެ. މަޑު މަޑުން އައިސް އަހަރެންގެ ގައިތެރެއަށް ވަނެވެ. ގައިތެރެއަށް ހީވަނީ މަޑު ބާލީހެއް ވަތްހެންނެވެ. އެހާވެސް އަރާމެވެ. އިރުކޮޅެއްތެރޭ އަހަރެންނަށް ލޯމެރުނެވެ. މަޑުމަޑުން ލޯ ހުޅުވާލަން މަސައްކަތް ކުރީމެވެ. ކުރިމަތީގައި ހުރީ ޖަވާހިތް ގަނޑުވަރެވެ. ގަނޑުވަރުގެ މައި ދޮރު ހުޅުވޭތޯ ބެލީމެވެ. އެތެރޭން ވަނީ ތަޅުލާފައެވެ. ކުއްލިއަކަށް އަހަރެންގެ އަތް ނެގުނެވެ. އެއި އަހަރެންގެ އަމިއްލަ އިހުތިޔާރެއްގައެއް ނޫނެވެ. އަހަރެންގެ އަތުން ނޫކުލައިގެ އައްޔެއް ނިކުމެގެންގޮސް ދޮރުގެ އެތެރެއިން އަޅުވާފައިން ތަޅު ނެއްޓުނެވެ. އަހަރެންނަށްވީ އަޖައިބަކަށެވެ. އެއީ އަހަރެންގެ ސިކުނޑީގައިވެސް އޮތީ ‘ދޮރު އަމިއްލައަށް ހުޅުވޭނެ ނަމަތާއެވެ’.

އެތާ އެކި މަސައްކަތުގައި ތިބި އެހީތެރިންވެސް ދިޔައީ ސިއްސައިގެންނެވެ. ކޮސްވެފައި ހުރެ އަހަރެން އެތެރެއަށް ވަނީމެވެ. ލަދުން ގޮސް އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށްވަދެ ފެންވަރާލައިގެން ގަނޑުވަރުގެ ތެރޭގައިވާ ބަގީޗާއަކަށް ދިޔައީމެވެ. އެތާގެ މީރު ވަސް އެ ހިސާބަށް ނުދަނީސް ދުވައި ފިއެވެ. އެ ތާގައިވާ މާ ތަކާއި އެކިއެކި ރީތި ގަސް ތަކުން ހިތް ފުރިގެން ދިޔަ ކަހަލައެވެ. މާތަށް ވަނީ އެކި ކުލަކުލައިން ދިއްލިފައެވެ. އެކި ބައްޓަމަށް ފަތްތައް ހުރި ގަސްތަކާއި ގުރާފެހި ކުލަ އަރާފަވާ ކާޕެޓު ގަނޑުން އެ ތަން އިތުރަށް ރީތި ވެގެންދެއެވެ. މަޑު ރާގެއްގައި އިވޭ ދޫނި ސޫފާ ސޫފީގެ އަޑުން މުޅި ގަނޑުވަރުތެރެ ވަނީ އެއްއަޑު ކޮއްލާފައެވެ. މީރުވަސްދުވާ މާގަސް ތަކެއް  ކައިރިއަށް ދިޔައީމެވެ. ކައިރިއަށް ދިޔަ ވަރަކުން އަނގަތެރޭގައި މަލުން ދުވާ މީރު ހުވަނދު ވަހުގެ ރަހަލާން ފެށިއެވެ. އެތާ ހުރި ބިޔަ، ފަތް މަދު ގަހެއްގެ ދަށުގައިބަހައްޓާފަވާ ބެންޗެއްގައި އިށީން ދެލީމެވެ. އިރު ކޮޅު ކޮޅާ ކުޑަ ފިނި ވައިރޯޅިއެއް ޖެހިލައެވެ.

އެތާގެ ރީތި ނަޒަރުތަކަށް ގެއްލިފަ އިންދާ ގަނޑުވަރު ކައިރިން މީހަކު ގޮވާލާއިފިއެވެ. ކާކުތޯ ބަލައިލަން އިސްނެގި ވަގުތު އެތަނުން އެއް އެހީތެރިޔާ އަހަރެން ކައިރިއަށް ދުވަމުން އެބާދެއެވެ. އެހީތެރިޔާ ހުއްޓިލާފަ ހަމަޖެހުމުގެ ނޭވާ އެއް ދޫކޮއްލިއެވެ. “ކުޔަރިތެހީއެ ޖެއްވެރުމަ”. (އެހީތެރިޔަކު މަރުވެއްޖެއެވެ.) މިހެން ބުނުމާއެކު އަހަރެން ދުއްވައިގަތީ ބަޑިއަކުން ވަޒަނެއް ޖެހިހާ ބާރަށެވެ. އެމީހާގެ ގައި ވަނީ ހުދު ވެފައެވެ. ހީވާގޮތުން އެމީހާގެ ގައިން ވަނީ ލޭ ބޮއެފައެވެ. ލަސްނުކޮށް ކަފުންކޮށް ވަޅުލީއެވެ. މުޅި އެދުވަސް ވެގެން ދިޔައީ ހިތާމައިގެ ދުވަހަކަށެވެ.

އެރޭ އަހަރެން ނިދަން ވެގެން ކޮޓަރިއަށް ވަދެ އެނދުގައި ހަށިގަނޑު ދަމާލިހެން ފާރުގެ ކަނުން ރިޒުއާނާ ފެނުނެވެ. ” ކޮބާ؟ އަހަރެންގެ މަސައްކަތް ފަށައިފިން. ކޮލުގަޔާއި ގައިގަ ހުރި ލޭތަށް ދައްކާލަމުން ރިޒުއާނާ ބުންޏެވެ.    ނުނިމޭ. ?މި ޕާޓް ލަސްވީ އަޅުގަނޑު ބިޒީވީމަ.

Share Article

Follow Me Written By

leaf

Level 1

Other Articles

Previous

ﷲގެ މަދަދު

Next

ތިޔަ ލޯބީގާ(އިއުލާން)

Next
July 21, 2021

ތިޔަ ލޯބީގާ(އިއުލާން)

Previews
July 20, 2021

ﷲގެ މަދަދު

One Comment

  1. Anonymous says:
    February 22, 2025 at 7:58 am

    Dhn in part up kuran 3 aharaa 7 mas v hama thi beyfulhaa busy kamun thw?????
    Vaahaka up kurun lasvaa sababu kiyuntherinnah anga aala dhinyma kiyuntherin vrh ufaavaane….

Comments are closed.



All Right Reserved!