Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި_18

Princess Level 210 Stories100 Comments
June 30, 2021 2 Mins Read
1 Comment

އަހަރެން ބިރިޔާނީ ކައި ނިމިގެން އައިސް ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީ ނިދުމަށްޓަކައެވެ.އއޭރު އަންހެނުންވެސް ކޮޓަރީގައި އުޅެއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އަހަރެންނަށް ނިދުނެވެ. އަހަރެންނަށް ހޭލެވުނީ އަންހެނުން ނަމާދަށް ދާން ގޮވުމުންނެވެ. އަވަސް އަވަހަށް ވުޟޫކޮށްލައިގެން ނުކުމެ ރީތިވެލައިގެން ކޮޓަރިން ބޭރަށް ނުކުތްއިރު ބައްޕަ މެންނާއި އަހުމަދުބެ ވެސް އަހަރެންގެ އިންތިޒާރުގައި ތިއްބެވެ. އަހަރެން ނުކުތުމުން އެމީހުންވެސް ހިނގައިގަތެވެ. މިސްކިތުން އައިސް ގެއަށް ވަތް އިރު އާއިލާ އެންމެން ވަރަށް ރީތިވެގެން ތިއްބެވެ. ހުރިހާ އަންހެނުން ގަދަ ނޫ ކުލައިގެ އަބާޔާ އަކާއި އަޅި ކުލައިގެ ޝޯލް އަޅައިފައި ތިބި އިރު ވަރަށް ވެސް ފުރިހަމަ އެވެ. ހުރިހާ ފިރިހެނުން ހުދު ގަމީހާއި ކަޅު ޖިންސް ލައިފައި ތިބި އިރު ވަރަށް ރީއްޗެވެ. އަދި އެމީހުންން ވަރަށް ގުޅެއެވެ.

އަހަރެންނަށް އަހަރެންގެ އަންހެނުންނާ ދިމާލަށް ބަލަހައްޓައިގެން ހުރެވުން އިރެއްވެސް ނޭނގެއެވެ. އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ މަންމަ ކަރުކެހެލި އަޑަށެވެ. އަހަރެން އަވަހަށް ނުވާ ކަމަށް ހަދާލާފައި ހިނިތުންވެލީމެވެ. ”ކޮންތާކަށް ދާން އެންމެން އެހާ ރީތި ވެގެން މި ތިބީ؟“ އަހަރެން އަހާލީމެވެ. ”މި އުޅެނީ ސައި ބޮއެގެން ހިނގާލަން ދާން“… ޖަވާބުގައި އަންހެނުންގެ މަންމަ ބުނެލިއެވެ. އެންމެން ސައި ބޮއެގެން ދިޔައީ ހިނގާލާށެވެ. ހިނގާލުމުގެ ތެރެއިން އަހަރެމެން ވަރަށް ބައިވަރު ފޮޓޯ ވެސް ނެގިމެވެ. އޭގެ ތެރެއިން އަހަރެންނާއި އަހަރެންގެ އަންހެނުން ނެގި ފޮޓޯ އިންސްޓަގްރާމް އަށް ލީމެވެ. އަދި ”ހެޕީ އެނިވަރސަރީ ވައިފް“ މިހެން ޖަހާލީމެވެ. އަންހެނުންވެސް ހަމަ އެގޮތަށް އަހަރެންނާ އަންހެނުން ނެގި ފޮޓޯއެއް ”ހެޕީ އެނިވަރސަރީ ހަޒްބެންޑް” ޖަހާފައި އިންސްޓަގްރާމް އަށް ލިއެވެ. އަހަރެމެން ހިނގާލައިފައި އައިސް ގެއަށް ވަން މަޣްރިބު ނަމާދު ބަންގި ގޮވަނީއެވެ. އެހެންކަމުން އަހަރެން އަވަހަށް ވުޟޫކޮށްލައިގެން ނުކުމެ ރީތިވެލައިގެން ކޮޓަރިން ބޭރަށް ނުކުތީ މިސްކިތަށް ދާށެވެ.

މިސްކިތުން އައިސް އަހަރެން ކޮޓަރި އަށް ވަން އިރު އަންހެނުން ކިޔަވަން އިނެވެ. އަހަރެންވެސް ކިޔަވާލަަން އިށީނީމެވެ. ކިޔަވާ ނިންމާލީ އިޝާ ނަމާދު ބަންގި ގޮވަން ފެށުމުންނެވެ. އިޝާ ނަމާދުން އައިސް އަހަރެން ވަރަށް ބަނޑި ހައި ވެގެން ކާ ގެއަށް ވަދުނީމެވެ. ކާ ގޭގޭގައި އެއްވެސް މީހަކު ނެތެވެ. ގޮށި ނަގާފައި ބަލާލިއިރު އެއްވެސް އެއްޗެއް ގޮށި ދަށަކުވެސް ނެތެވެ. އަހަރެން ކޮޓަރިއަށް ވަދުން އިރު އަންހެނުން ލޯގަނޑު ކުރިމަތީގައި ރީތިވާން ހުއްޓެވެ.

”ކޮންތާކަށް ދާން ތި ރީތި ވަނީ؟“… އަހަރެން އަންހެނުންނާ ސުވާލު ކޮށްލީމެވެ. ”އެއުޅެނީ މަންމަ ބުނެގެން…. މަންމަ ބުނީ އަށެއް ޖަހަން ވާއިރަށް ރީތި ވެގެން ހުންނާށޭ…. “ޖަވާބު އައީ އަހަރެންގެ ފަހަތުންނެވެ. އަހަރެން ފަހަތް ބަލާލިއިރު މަންމަ ދޮރު ކައިރީގައި ހުއްޓެވެ. އަދި އަހަރެން ގާތުގައިވެސް އަށެއް ޖަހަން ވާއިރަށް ރީތި ވާށޭ ކިޔާފައި ކޮޓަރިން ނުކުމެގެން ދިޔައެވެ. އަހަރެން އަވަހަށް ރީތިވާން ފެށީމެވެ. އަދި ރީތިވެ ނިމުމުން އަންހެނުންނާއެކު ކޮޓަރިން ނުކުތީމެވެ. އޭރު އާއިލާ އެންމެންވެސް ސޯފާ ގައި ތިއްބެވެ. ”އެއޮށް އައީ އެ ދެކުދިން ހިނގާ އަވަހަށް ދަމާ…“އަހަރެމެެން ދެ މީހުންނަށް ބަލާލައިފައި އަހަރެންގެ ބައްޕަ ބުނެލިއެވެ. ”ކޮންތާކަށް ދާން ތިއުޅެނީ…؟ “ އަހަރެން އަހާލީމެވެ. ”ދަރިފުޅާ….. ދަރިފުޅުމެން ކައިވެންޏަށް އަހަރެއް ފުރުނީމަ މަންމަ މެން މިއުޅެނީ ކެއުމެއް ދޭން ވެގެން…..“ ހިނިތުންވެލާފައި މަންމަ ބުނެލިއެވެ.

އަހަރެމެން ހިނގާފައި ދިޔައީ އަހަރެމެން ރަށުގައި ހުންނަ އެންމެ މަޝްހޫރު ރެސްޓޯރެންޓް އަށް އެވެ. އަހަރެމެން ދެމީހުން ދިޔައީ މަންމަ މެން ފަހަތުންނެވެ. އެމީހުން އެރީ ރެސްޓޯރެންޓް އެންމެ މައްޗަށެވެ. އަހަރެމެން ދެ މީހުންވެސް އެ މީހުން ފަހަތުން އެރީމެވެ. ވަކި ހިސާބަކަށް އެރުމަށްފަހު އަހަރެމެން ދެމީހުން މަޑު ކުރަން ޖެހުނީ މަންމަ އާއި ބައްޕާ މަޑު ކުރަން ބުނުމުންނެވެ. އަހަރެމެން އެތާ މަޑު ކޮށްގެން ތިބީމެވެ. މަންމަ އާއި ބައްޕަ އަހަރެމެން ދެ މީހުން މޫނުގައި ފޮތި ގަނޑެއް އެއްސިއެވެ. ”ހިނގާ މަންމަ އާއި ބައްޕަ ގެ އަތުގައި ހިފައިގެން ދެ ކުދިން….“ މަންމަ ބުނެލިއެވެ. އަހަރެމެން ދެ މީހުން މަންމަ އާއި ބައްޕަ ގެ އަތުގައި ހިފައިގެން ދިޔައީ މި ދެވެނީ ކޮންތާކަށް ކަމާއި ވާން މިއުޅެނީ ކީއްކަން ނޭނގޭ ހާލުގައެވެ. މަންމަ އާއި ބައްޕަ އަހަރެމެން ދެ މީހުން ގެނެސް ބޭއްތިއްބީ އޭސީ ގެ ފިނި ވައި ލިބޭ ތަނެއްގައެވެ. އަދި އަހަރެމެންގެ ދެ މީހުންގެ މޫނުގައި އައްސާފައި ވާ ފޮތިކޮޅު ނައްޓާލިއެވެ. އަހަރެމެން ދެ މީހުން ލޯ ހުޅުވުމާއެކު ފެނިގެން ދިޔައީ ހީވެސް ނުކުރާ މަންޒަރެކެވެ.

ނުނިމޭ…….

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Princess

Level 210 Stories100 Comments

Other Articles

Previous

ހިތްދަތި ދުވަސްތައް 16

Next

ހާދަހާ ލޯބިވޭ 6

Next
June 30, 2021

ހާދަހާ ލޯބިވޭ 6

Previews
June 30, 2021

ހިތްދަތި ދުވަސްތައް 16

One Comment

  1. Princess says:
    June 30, 2021 at 10:24 am

    Salaam dear readers . Mee mi vhk ge 18 vana part mi part vex kiyuntherin ah reethi vaane kamah ummeedhu kuran????
    Stay home
    Stay safe all reader❤️❤️❤️❤️❤️❤️❤️❤️

Comments are closed.

Next Episodeލޯބި_19←


All Right Reserved!